Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ނަވާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
March 1, 2017 3 Mins Read
29 Comments

އެހެނަސް އޭނަ ހިތްވަރު ކޮށްފައި ފިޔަވަޅުތަކެއް އަޅަމުން ގޮސް އެގޭގެ މައިދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ތަގުޅި ކޮށްލަމުން ބެލްޖަހާލިއެވެ.

 

އެ ބެލްގެ އަޑު ޝަފަޤްމެންގެ ކޮޓަރިއާއި ހަމައަށް ފޯރިއެވެ. އެހެނަސް އެވަގުތު އެ ކޮޓަރީގެ އެނދުގައި ހިމޭންކަމާއެކީ ނިދިފައި ތިބި މިޝްކާއާއި ޝަފަޤަކަށް އެ އަޑު އިވޭ ގޮތެއްނުވިއެވެ. ގިނައިރުވާން ފެށުމުން ބޭރުގައި ހުރި ޝިޔާ އަނެއްކާވެސް ބެލްޖަހައިފިއެވެ. ދެން ވެސް އޭނަގެ ކުރިމަތީގައި ހުރި ދޮރަށް ގޮތެއްވާން ނުއުޅުމުން ޝިޔާއަށް އެއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ގޭގައި މީހަކު ނެތީތޯ އޭނަގެ ހިތަށްއެރިއެވެ. ނަމަވެސް ކުޑަދޮރުތަކުގެ ތެރެއިން ގޭގެ ސިޓިންގް ރޫމުގެ ބޮކިތައް ދިއްލިފައިވިތަން ފެނިފައި އެއީ ނާދިރުކަމެއްހެން ޝިޔާއަށް ހީވިއެވެ. ހަމަ އެއާއެކު އޭނަ މާޔޫސްވާ ގޮތްވިއެވެ. ގޭގެ އެތެރެއިން ވެސް ދޮރުމަތީގައި ހުރީ ނޭނގޭ މީހެއްކަން އެނގުމުން ޝަފަޤް ދޮރު ނުހުޅުވީތޯ ހިތް ސުވާލުކުރިއެވެ. ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން ނާއުއްމީދީ ގޮތަކަށް ފުން ނޭވައެއް ދޫކޮށް ޝިޔާއަށް ފަހަތަށް ޖެހިލެވުނެވެ. އެއަށްފަހު މާ ގިނައިރެއްނުވެ އޭނަ އެގެއިން ނިކުމެގެން ދާން ހިނގައިގަތެވެ.

 

**

 

“ޑޭޑް ދެން ކިހިނެއްތަ ހަދާނީ؟ ޝިޔާ އަހަރުމެންގެ އަތުން ދޫވެއްޖެ. މިހާރު އޭތި ވިސާމާ ހަމައަށް ނުފޯރާ ކަމެއް ނޭނގޭ.” ޒައިދް ކަންބޮޑުވުމަކާއެކީ އެހެން ބުނެލީ އޮފީހެއްގެ މޭޒު ކައިރީގައި އިނދެއެވެ.

 

“ދެން ވާންއޮތް ކަމެއްވެއްޖެ. ހިއެއްނުވޭ އަދި އޭތި ވިސާމަށް ލިބުނުހެން. އެނޫންނަމަ އަހަރުމެންނަށް ކޮންމެވެސް އާ މަންޒަރެއް ފެނިގެން ދާނެ. އެހެންވީމަ އޭގެ ކުރިން އަހަރުމެން އެބަޖެހޭ ޝިޔާ ހުއްޓުވަން.” އެވާހަކަ ބުނެލީ ޒައިދްގެ ކުރިމަތީގައި ހުރި ބޮޑު ގޮނޑީގައި ހުރި އޭނަގެ ބައްޕައެވެ. އެ އަޑުގައި ހަމަ ކުޑަވެސް ހާސްކަމެއް ނެތެވެ.

 

“ޕިސް! އައި ޑޯންޓް ވޯންޓް ޓު ގޯ ބައްޕާ! އައި ހޭވް އަ ލައިފް! އެ ޝިޔާއަކީ މަށަށް ކަމުދާ މީހެއްވެސް ނޫން. ބޮޑުބޮޑު ހެދުންގަނޑެއް ލައިގެން ހިތުން ވަރަށް ރީތި ވެގެން އޭނަ އެއުޅެނީ. އެކަމަކު އެއްވެސް ރީއްޗެއް ނޫނޭ! މުސްކުޅި މާމައެއްހެން އޭނަ ގިނަފަހަރު ހީވާނީވެސް.” ޒައިދް އެހެން ބުނެލަމުން ނުބައި ބަހެއް ކިޔާލިއެވެ.

 

“އެންމެ ރަނގަޅު. ޒައިދް ދާން ނުޖެހޭ ގޮތަކަށް ޑޭޑް ރޭވުމެއް ރާވާލާނީ. އެކަމަކު ދެންވެސް ޒައިދް ބޭނުމިއްޔާ ޝިޔާ އަދިވެސް ހުރީ ޒައިދްގެ ވާންއުޅޭ އަނބިމީހާގެ މަޤާމުގަ.” ޒައިދްގެ ބައްޕަ ސީރިއަސްކަމާއެކީ އެހެން ބުނެލުމުން އޭނަ ތުންފިއްތާލަމުން ބޯޖަހާލިއެވެ.

 

އެދުވަސްފަހުން ޝިޔާއަށް ނޭނގޭ ސަބަބުތަކާހުރެ އޭނަ ޝަފަޤާއި ބައްދަލުކުރަން އަޅާ ކޮންމެ ފިޔަވަޅަކަށް ހުރަހެއް އެޅެމުން ދިޔައެވެ. ފަހަކަށް އައިސް މަގުމަތީގައި އުޅޭ ފިރިހެނުންނާ ހެދި އޭނައަށްވަނީ ގެއިން ނިކުންނަން ވެސް ދަތިވެފައެވެ. އޭގެ ތެރެއިން މީހަކު އެއްދުވަހު ޝިޔާ ގޭގެ ކައިރީގައި ހުރި ފިހާރައަކަށް ވަންނަން އުޅުނު ވަގުތު އޭނަގެ އަތުގައި ހިފިގޮތުން އޭނަ ގަތީ އަމަށަކު ބިރެއްނޫނެވެ. ޓިއުޝަނަށް ގޮސް އަނބުރާ ގެއަށް ދިޔުމަށްޓަކައި އޭނަ ޓީޗަރުގެ ގޭގެ ދޮރުމަތީގައި ހުންނަ ވަގުތު ވެސް އެފަދަ މީހުންގެ ނަޒަރުތަކާއި ހުތުރު ބަސްތަކާއި ކުރިމަތިލާންވުމުން އެންމެ ފަހުން ޝިޔާ ޓިއުޝަނުން ވެސް ކެނޑިގަތެވެ.

 

ޝިޔާ ޓިއުޝަނުން ކެނޑުނުކަން އަޒާނަށްވުރެ ކުރިން އެނގުނީ އައިމަނަށެވެ. ޝިޔާ ކެނޑުނު ހަފްތާއަށްފަހު އަނެއް ހަފްތާގައި އެންމެ ފުރަތަމައަށް ޓިއުޝަން އޮންނަ ދުވަސް ޖެހުމުގެ ކުރިން ޝިޔާގެ ފަރާތުން އައިމަނަށް އެ ވާހަކަ އިވުނެވެ.

 

 

“މިއުޅޭ ޒާތްޒާތުގެ މީހުންނާހެދި ތަންތަނަށް ދެވޭވަރުވޭތަ؟! ހާދަ ފޫއްސެއްވެޔޭ ގްރްރްރް!!” ޝިޔާ ރުޅިވެރިކަން ދައްކަމުން އެހެން ބުނެލި މަންޒަރު އެ ކްލާހުގެ ކުޑަދޮރުކައިރީ ބޭރުގައި ހުރި އައިމަނަށް އިވުނެވެ. ކެންޓީނަށް ދިޔަ މަގުމަތީގައި އޭނައަށް އެތާ މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

 

“ހަމަ ހުވާ! ދެން އެކަމަކު ޓިއުޝަނަށް ނުދެވުނީމަ ހާދަ ކަޑައޭ ދޯ؟ އާއްމު ގޮތެއްގަ އެންމެ ސްމާރޓް ފިރިހެން ކުދިންނާ މީޓްވާނީ ޓިއުޝަނުން.” ޝިޔާގެ އެކުވެރި މައިރާ ލާނެތް ހިނިތުންވުމަކާއެކީ ބުންޏެވެ. އެ ވާހަކައިން ޝިޔާގެ ހިތަށް އުނދަގޫވި ހިނދު ދުރުގައި ހުރި އައިމަން ޝިޔާ ދެން ބުނެލާނެ ވާހަކައަކަށް ކެތްމަދުވިއެވެ. ޝިޔާ އިރުކޮޅެއް ވަންދެން އިސްޖެހިފައި ހުރެ މައިރާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

 

“ހަމައެކަނި ސްމާރޓްވެގެންނެއްނޫން ދޯ މީހަކާއެކީ އުޅެންވީ؟” ޝިޔާ އަހާލިއެވެ.

 

“އޯ ރިއަލީ؟ ދެން މީހަކު ކިހިނެއްވީމަ ޝިޔާއަށް ކަމުދަނީ؟” މައިރާ ސުވާލުކުރިއެވެ. އެ ހިނދު ޝިޔާ ޖަވާބެއްދޭން އުޅުނު ވަގުތު އެއްލި ކަޅިއަކުން ޝިޔާއަށް ބޭރުގައި ހުރި އައިމަން ފެނުނެވެ. ސިކުންތުކޮޅެއް ވަންދެން ޝިޔާ ގަނޑުވިއެއްކަމަކު އޭނަ މާ ގިނައިރެއްނުވެ އިސްޖަހާލިއެވެ. އައިމަން ހުރީ އޭނަގެ ޖަވާބެއްގެ އިންތިޒާރުގައިކަން އެނގުންވެ އެއްވެސް އެއްޗެއް ނުބުނަން ޝިޔާގެ ހިތް އެދި ގޮވިއެވެ. އޭނަގެ އެންމެ ޢިޝާރާތަކުން ވެސް އައިމަނަށް މި ޙާލަތް ދަތިވެގެން ދާކަށް އޭނަ ނޭދުނީތީވެއެވެ. އެހެނަސް ކޮންމެވެސް އެއްގޮތަކަށް އައިމަންގެ ހިތާއި ހަމައަށް ވާސިލުވެވޭތޯ ބަލަން އެދެވުނު ވަރުން ޝިޔާއަށް ވާހަކަ ދެކެވުނެވެ.

 

“ކަމުދާނީ އެޓްލީސްޓް 5 އިރު ފަސް ނަމާދު ކުރާ މީހަކު. ތިމާ ހެއްދެވި ރަސްކަލާނގެއަށްޓަކައި އެވަރު ވެވޭނެ މީހަކަށްދޯ އިތުބާރު ކުރެވޭނީ؟” ޝިޔާ މައިރާއަށް ނަޒަރު ހުއްޓައިގެން ބުނެލިއެވެ. އޭނަގެ މަޤްޞަދަކަށްވެފައިވީ އޭނަގެ އެ ބަސްތަކުން އައިމަނަށް ނަމާދުކުރަން ހިތްވަރެއް ދިނުމެވެ. އަދި އޭނަގެ އެދުމަކަށް ވީ އެ ނަމާދުތަކުގެ ސަބަބުން އައިމަނަށް ހިދާޔަތް ލިބިގެން ދިޔުމެވެ. އެހެނަސް އައިމަންގެ ހިތުގައި އުތުރި އަރައިގަތީ އެފަދަ އިޙްޞާޞްތަކެއް ނޫނެވެ. ޝިޔާގެ ބަސްތަކުން އައިމަންގެ ހަނދާނަށް އެންމެ ފުރަތަމަ ވެސް އައީ ޒައިދެވެ. ޝިޔާ އެ ދައްކަނީ ޒައިދްގެ ވާހަކަ ކަމަށް އައިމަނަށް ނިންމުނެވެ. އަދި އޭނަ ހުއްޓާ ޝިޔާ އެހެން ބުނާނީ އޭނަ ދެރަކޮށްލުމަށްޓަކައިތާއޭ އޭނަގެ ހިތް ބުންޏެވެ. އެއާއެކު ދެރަވެގެން ދިޔަ ހިތަކާއެކީ އައިމަނަށް އިސްޖަހާލަމުން ކުރިއަށް ހިނގައިގަނެވުނެވެ.

 

އެ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ޝިޔާ ޓިއުޝަނުން ވަކިވިކަން އެނގުނު ހިނދު އަޒާން މާޔޫސްވާ ގޮތްވިއެވެ. ޝިޔާގެ ފަރާތުން ފެނުނު ޖެހިލުންކަން ކުޑަ ޝަޚުޞިއްޔަތުގެ ސަބަބުން ޝިޔާއާއި މެދު އަޒާންގެ ހިތުގައި އޮތް ޝައުޤުވެރިކަން އިތުރުވަމުން ދިޔައެވެ. އޭނަ އަޖާއިބުވާ ގޮތްވީ ދީނީވެފައިވެސް ޝިޔާ ސްކޫލްގެ ކަންތައްތަކުގައި ވެސް އެންމެ ކުރީ ސަފުތަކުން ފެންނަމުން ދިޔައީތީވެއެވެ. ހުދާއަށް ވުރެ ބޮޑަށް އޭނައަށް ޝިޔާގެ ޝަޚުޞިއްޔަތު ކަމުދާންފެށިހެން ހީވި ދުވަހު އަޒާނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ހުދާ މި ހުރިހާ ދުވަހު އޭނަގެ އެކަނިވެރިކަން ފިލުވައިދީފައިވަނިކޮށް އޭނަ ދޫކޮށްލުމުން އެ ހެދެނީ ވަރަށް ބޮޑު ނާއިންސާފެއްހެން އޭނައަށް ހީވީތީވެއެވެ. އެހެންކަމުން އޭނަ މިހުރިހާ ދުވަހު ހުދާ ކަމުދިޔަ ސަބަބު ހުދާއަށް ކިޔައިދީ އޭނަގެ ހިތަށް އުނދަގޫކުރަމުން އަންނަ ސުވާލުތައް ހުދާއާއި ޙިއްޞާ ކުރަން އޭނަ ނިންމިއެވެ. އޭގެ ސަބަބުން އޭނައާއި ހުދާގެ ގުޅުން އަނެއްކާވެސް ބަދަހިވެގެން ދާނެ ކަމުގެ އުއްމީދުގައެވެ.

 

“ހުދޫ އައި ވޯންޓް ޓު މީޓް ޔޫ……..އެކަނި.” އަޒާން މަޑުމައިތިރި އަޑަކުން އެހެން ބުނެލީ އެއްދުވަހު އިންޓަވަލް ގަޑީގައި ހުދާއާއެކީ ލައިބްރަރީއަށް ގޮހެވެ. އޭނަ ބުނި ޖުމްލައިގައި ދެމާނައެއް އެކުލެވޭކަން އޭނައަށް އެނގުންވީ ބުނެވުނު ފަހުންނެވެ. ހުދާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވުމުން އަޒާން ހިސާބަކަށް ލަދުވެސް ގަންނަ ގޮތްވިއެވެ. އެހެނަސް ހުދާއަށް އޭނަ އަސްލު މާނަކުރީ ކިހިނެއްކަން ދަނެގެން އެގޮތަށް ކަންތައް ކުރާނެކަމަށް އަޒާނަށް ނިންމުނެވެ. ނަމަވެސް އަޒާނަށް ނޭނގުނުކަމަކީ ހުދާއަކީ އެއްދުވަހެއްގައި ވެސް އޭނައަށް ހެޔޮ އެދުނު މީހެއްނޫންކަމެވެ. ހުދާ އޭނައާއި ރައްޓެހިވީވެސް އައިމަން އޭނައަށްޓަކައި ހުދާ ދޫކޮށްލުމުގެ ބަދަލު ހިފަންކަމެވެ. އަދި އޭނަގެ މަޤްޞަދަކީ އަޒާނާއި އައިމަން ވެސް ދުވަހަކުވެސް ބަދުނާމު ނުވާވަރަށް ބަދުނާމުކޮށްލުންކަމެވެ. ހަމަ މިއާއެކު އެ ރޭވުމުގެ ތެރެއިން އެމީހުން މުޅި ޢުމުރަށް ޝުކުރުވެރިވާނެ ނިޢުމަތެއް ލިބިގެންދާނެކަން ވެސް އެމީހުންނަށް ރޭކާނުލައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތުގެ އެދުމޭތީ (5 ވަނަބައި)

Next

ހުވަފެން (5)

Next
March 1, 2017

ހުވަފެން (5)

Previews
February 28, 2017

ހިތުގެ އެދުމޭތީ (5 ވަނަބައި)

29 Comments!

  1. Jana says:
    March 1, 2017 at 12:24 am

    Assalam’alaikum. dhen oiy bai thursday ga In Sha Allah. mi baiga hunnaany gina manzaruthah himanaafa. varah varah masakkaiy kurin word count in dhigu kureveytho ves. ekamaku dhen ithurah hureveykahves neh. varah tiring dhuvahakah fahu mi bai mi liyuny. mifaharuves rangalhu kuranvy kanthah kiyuntherin faahanga kollun edhen In Sha Allah. thiya kiyuntherin kureefaharu dhin khiyaalu thakaa eggothah rangalhu kureveytho masakkaiy kurin 🙂

  2. 404 Error! says:
    March 1, 2017 at 12:39 am

    v salhi… ekm e siteega oii ehche ulhe ulhe engeykah nuvi ???? waiting 4 nxt part…

    1. Jana says:
      March 1, 2017 at 7:09 am

      Alhamdhulillah! 🙂 adhi engeyne In Sha Allah

  3. yam says:
    March 1, 2017 at 12:51 am

    hnmmm.. nice ekm kuru dho.. enme 3 kanthah maigandu mihingee.. adhi thibunaahaa dhigeh ves noon..

    1. Jana says:
      March 1, 2017 at 7:14 am

      Kuru. Ekamaku kuree bayah vure dhigu kanneynge dho? In Sha Allah jana eba masakkaiy kuran jana ge schedule ah badhalu genesgen ves vaahaka ah gina vaguthu dheveytho 🙂 iyyega ves ulhunin thankolheh kurin vaahaka liyan ekamaku kan dhimaakuri gothun nuvi. In Sha Allah hama masakkaiy kuramun dhaanan avahah dhigukoh genesdheveytho 🙂

  4. Me says:
    March 1, 2017 at 6:39 am

    Varah kuru

    1. Jana says:
      March 1, 2017 at 7:15 am

      Thee hama jana ves amilla nafsu gaathu kuraa shakuvaa. Masakkaiy eba kuran rangalhu kureveytho In Sha Allah

  5. rim says:
    March 1, 2017 at 7:21 am

    Aslu kurin genesdheyleh v v v dhigu mihaaru genesdheyleh maa maa maa maa bodah kurii vaahaka kiyan feshi iruhiikurin fudhey varakah dhiguvaane kamah ekam kuraanekameh nehthaa v v dheravehje mivaahaka nimeniidhw.

  6. Vaahaka kiyaa kujja says:
    March 1, 2017 at 8:28 am

    Kurun konme dhuvahaku genairu v dhigu. Ekm mihaaru dhuvaskohffa genna iru mi innany v kurukoh..jana plx thankolheh dhigukoh genesdhehchey dhuvaskohllaafa gennairu

  7. Eleesha says:
    March 1, 2017 at 9:26 am

    Jana buni dhigu vaane ey… Ekm kuru.. 49 episodes ae iru ves maa bodu hageegatheh neyngey ahi ves.. Hama knmme dhuhuku ves azaan and aiman ge life in thankolheh genessa mihaaru thi nimmaalanee.. Knmme dhuhuku up nukuriyas dhigikon week aku 2 days ga genesdheveynnu..

  8. Kudakamana says:
    March 1, 2017 at 10:44 am

    Alhey jana gandaa, haadha kurey mi part ves, ekam e sity ga oiy ehcheh balaa hithun keh madhu vesfa mihunnanee, ehen veema jana kokky ah liyevunu dhigakah liyedheebala, week aku eh dhuvahu liyanveenu kokky, eyrah varah dhigukoh liyeveyne ennu, alhe alhe plx dhen part varah dhigukoh liyahchey, n mi part ves reethi, masha allah, bt hama hijra akee hama life change kolli vaahaka eh, jazakallah khairan jana… ?

    1. Jana fan says:
      March 1, 2017 at 4:19 pm

      Hama asluves. Varah bodu hihvareh libunu story eh hijra aky

  9. Saj says:
    March 1, 2017 at 11:57 am

    busy koh ulhemunves vahaka dhigukoh liyeveytho masakkah kurathy v ufa vey.vahaka medhunukendi genesdhinun ummeedhaky
    keep it up jana.
    Jazakallah khairan

  10. ninni says:
    March 1, 2017 at 12:55 pm

    ebunee thedheh. 49 parts is too mch evves hageegatheh neyngi kuriyah dhaan. mi vaahaka ekanyeh noon aamukoh hurihaa vaahaka akun ves hadhanee dhigu dhammamun gos emme last episode in kanthah thah falhaa aruvaaalanee. as if one episode is enough to unfold all d drama. eyge badhaluga madu madu faharaku kameh niulhemun dhaa kamah viyyaa reethee. ehfaharun kanthah thah nimmaalaa vaahaka mi site ga ginaee

    1. Bint Aby says:
      March 1, 2017 at 10:21 pm

      totally agree ?

    2. Bint Aby says:
      March 1, 2017 at 10:28 pm

      aslu vahaka now dhigudhammany. nothing much happened in this part too. story line is not going forward. it’s been ages and nothing is being revealed . everyday we reading almost the same thing. that puts off ppl and they leave, even the ppl u might be inspiring somehow thru the story. hope u make things better insha Allah

  11. Shaaa says:
    March 1, 2017 at 1:14 pm

    Yes mi part heekury v dhigu vaane kamah bt ? plzzzz dhn nerey part dhigukoh genesdhyba plxxxx

  12. Jana says:
    March 1, 2017 at 3:21 pm

    Assalam’alaikum. Kiyuntheringe khiyaaluthakah balaafa jana beynunvany mihaaru vaahaka genesdhemun dhaa gothah badhaleh gennan. Dhen vaahaka up vaany komme thursday akaa saturday aku. Mi thursday dhookollaafa hamajehilaigen dhen genesdheyn beynunvany next saturday ga. In Sha Allah miadhuves liyan fashan miulheny. Kiyuntherinnah mihaaru jana ah ithubaaruves nukureveyne kanneynge. Varah dheravey ekamaamedhuves. Ekamaku In Sha Allah rangalhuvaane adhi. Maai Allah alhamenge vaguthugai barakaaiy lavvaashi. Ameen!

  13. Shaaa says:
    March 1, 2017 at 4:23 pm

    Aameen. Thanx janaa?

  14. rim says:
    March 1, 2017 at 5:28 pm

    Aameen thanx jana ummeedh kuran dhigukoh genes dheynekamah plxx plxx plxxxxxxxxxxxxxxxxxx

  15. Iz says:
    March 1, 2017 at 11:01 pm

    Thiya kuraa hiyvarah hama saabas. Jana ge vaahakathah v Iburaytheri. dheenee gothun egifa huri ehchehi mihaaru ge mujuthama ai gulhuvaagen genes dhyfa hunna goy v kamudhey. adhives bodah mihaaru kuraa goas kanthahthakai dheenuga ekan angavaafa onna goythah genesdheyne kamah hykuran. Mihaathah fenunu emme kamudhaa liyuntheriyaa thee. Masha Allah. Jana ge thi masakkathugai barakaiy lavaashi aameen

    1. Jana says:
      March 3, 2017 at 9:08 pm

      Ameen! Jana ah mujuthamauga hingaa goas kanthah engey minvarakun ekankamah ali alhuvamun midhany. eh vaahaka akun hurihaa kameh highlight nukureveyne dho? In Sha Allah kuriah huri vaahaka thakun thafaathu massalathah fenigen dhaane. Alhamdhulillah! 🙂

  16. Freedom says:
    March 3, 2017 at 12:51 pm

    Koba jaansis , Thursday ga up eh nuvey

    1. Jana says:
      March 3, 2017 at 9:09 pm

      fahun oiy comment nudheken dho freedom? 🙂 dhen up vaany saturday ga. Maadhamaa In Sha Allah 🙂

  17. Xaa says:
    March 4, 2017 at 6:41 pm

    Today is Saturday…. But no update

  18. me says:
    March 4, 2017 at 6:45 pm

    Ya so fake foohivejje mivaahaka kiyanves

  19. Same says:
    March 4, 2017 at 8:12 pm

    Whres da story? Plx upload soon!

  20. Xyzl says:
    March 4, 2017 at 11:03 pm

    next part??????

  21. i'm me! says:
    March 5, 2017 at 1:32 am

    jana ves fake vy dhw…. up vaane ey bunefa kihinaii thihedhy????? adhi jana fahun up kuri parts thah maa kuru ???

Comments are closed.

Next Episodeޢަޞްރު (ފަންސާސްވަނަ ބައި)←


All Right Reserved!