Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފިރިމީހާގެ ހައްޤުގައި (ފަހުބައި)

shafu
March 2, 2017
12 Mins Read
102 Views
47 Comments

އާ ދުވަހަކަށް އިރުއެރިއެވެ. މެހެކް އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. އޭރު މުޅި ކޮޓަރި ވަނީ އަލިވެފައެވެ.  ފުރަތަމަވެސް އޭނާއަށް ބަލާލެވުނީ ގާތުގައި ބައްދާލައިގެން އޮތް އާހިލްގެ މޫނަށެވެ. ކަޅި ޖަހާނުލާ އެމޫނަށް ބަލަން އޭނާއަށް އޮވެވުނީއެވެ. ކިތަންމެ ވަރަށް ބެލި ނަމަވެސް އޭނާގެ ހިތް ނުފުރޭ ހާވެއެވެ.

އާހިލްގެ މޫނުގައި ބޮސް ދެމުން މެހެކް ލޯ މަރާލިއެވެ. އޭނާ އާހިލްގެ ގައިގައި ބައްދާލުމާއެކު އެހަށިގަނޑުގެ ހޫނުކަން އިޚްސާސްވާން ފެށިއެވެ. ރޭގައި އެހާ ލަހުން ނިދުމުގެ ސަބަބުން ލޮލުގައި ނިދީގެ އަސަރު ވަރަށް ގަދައަށް ހުއްޓެވެ. ދެމީހުން ނިދީ ފަތިސް ނަމާދަށް ފަހުއެވެ.

ގަޑި ބަލާލަން ހަނދާންވީ އެވަގުތުއެވެ. އަވަސް އަވަހަށް އޭނާ ފޯން ނަގާފައި ބަލާލިއިރު އަށެއް ޖަހަނީއެވެ. ޔަޤީނެވެ. މިހާރު ޝިއާމައްތަ އުޅޭނީ ބަދިގޭގައެވެ. އެހެން ހިތަށް އަރާފައި އެނދުން ތެދުވަމުން ކުޑަ ދޮރާ ދިމާއަށް މެހެކް ނަޒަރު ހިންގާލިއެވެ. އޭރުވެސް ނިދި އަންނަވަރުން ދެލޯ ހުޅުވަން އޭނާއަށް އުނދަލެވެ. ބޭރުން އިރުގެ ގަދަ އަލި ފެނުމާއެކު ލޯކުޑަ ކޮށްލެވުނެވެ. ރޭގައި ވެހުނު ވާރޭ އެއްކޮށް އަލިވީއެވެ. ހިތާމަތަކުން ފުރިފައިވި މެހެކްގެ ޚަޔާތައް އުފާވެރިކަން އައި ފަދައިންނެވެ.

އެހެން އިންދައި ކުއްލިއަކަށް އާހިލް، އަތުގައި ހިފާލުމުން މެހެކް ސިހުނެވެ.

“ހޭލެވުނީތަ؟” ވަރަށް ލޯބިން މެހެކް އަހާލިއެވެ.

” ހާދަ އުފާވެއްޖެ އޭ ހޭލިއިރު ތި ލޯބި މޫނު ފެނުނީމަ… އައި ލަވް ޔޫ މެހެކް..އައި ލަވް ޔޫ”. މެހެކް ގައިގައި ބައްދާލަމުން އާހިލް ބުނެލިއެވެ.

ފެންވަރާ ތާޒާވެލައިގެން މެހެކް އަށް ކޮޓަރިން ނުކުމެވުނު އިރު އަށްގަޑި ބައިވަނީއެވެ. އޭނާ ނުކުންއިރު ޝިއާމައްތަ ނަން ހުސްކޮށް މޭޒުމައްޗަށް ނަގަމުން ދިޔަ ކާތަކެތި ފެނި ހައިރާންވިއެވެ. އެހާމެ ލަދުވެސް ގަތެވެ. އޭނާގެ އެއްވެސް އެހީއަކާއި ނުލާ ޝިއާމައްތަ އެހާބައިވަރު ކާއެއްޗެހި އެހެދީ ހާދަހާ ހެނދުނަކާ ތެދުވެގެންނެވެ. އެހެން ހިތަށް އެރުމާއެކު މެހެކްގެ ހިތަށް އުނދަގޫ ވިއެވެ.

ލޭގެ އެއްވެސް ގުޅުމެއް ނެތް ބަޔަކަށް ޓަކައި ޝިއާމައްތަ އެއުފުލަނީ ކިހާ ބޮޑު ބުރައެއް ހެއްޔެވެ؟ އެފަދަ ރަނގަޅު އިންސާނުން މިހާރު މި ދުނިޔޭގައި ގުނާލެވޭހާ މަދުވާނެކަން ޔަޤީނެވެ.

” ޝިއާމައްތާ ހާދަ ކާއެއްޗެއްސެއް ހަދާލާފަ މިހުރީ ؟” މެހެކް ލަދުން ހުރެ ހިނިތުންވަމުން ސުވާލު ކޮށްލިއެވެ.

” އާ ދަރިފުޅާ…. ޝިއާމައްތަ މިއަދު މިހުރީ ވަރަށް އުފަލުން.. ދަރިފުޅަށް ތިހާ ބޮޑު އުފަލެއް ލިބުނީމަ..އެހެންވެ އެކަން ރަނގަޅަށް ފާހަގަ ކޮށްލަން ވާނެއެއްނު”. ޝިއާމައްތަ ހެމުން އެހެން ބުނެލިއިރު އާހިލްވެސް ކޮޓަރިން ނުކުންނަނީއެވެ.

އެންމެން ސައިބޯން ތިބީ އެކީގައެވެ. މޭޒުމަތީގައި ހުރި މީރު ކާތަކެތި ފެނި އާހިލްއަށް ބަލަން އިނދެވުނީއެވެ. އޭނާ އަދިވެސް ކާން ޖެހޭނީ ލޮނު މަދުކޮށްގެންނެވެ. ގަޑިންގަޑިއަށް ކާން ޖެހޭ ބޭސްވެސް އެބަހުއްޓެވެ.

ޝިއާމައްތަ ހުރިހާ ކާއެއްޗެއްވެސް ހަދާފައިވަނީ އެގޮތަށް ވިސްނައިގެންނެވެ. މިހާރު އެގޮތަށް ކާކަށް އާހިލްއަކަށް އެހާ އުނދަގުލެއް ނޫނެވެ.

” ދަރިފުޅުމެން އަދި ރާއްޖެ ނުގޮސް ދުވަސްކޮޅަކު މިކޮޅުގައި މަޑުކޮށްލަންވީނު.. މަޖާ ކޮށްލާފަ ދޯ ދާނީ”. ނަސީރުބޭ ބުނެލިއެވެ.

” ތީ ވަރަށް ރަނގަޅު ޚިޔާލެއް…”. އާހިލް އެޚިޔާލަށް ތާޢީދު ކުރިއެވެ.

” މިފަހަރު ދަރިފުޅުމެން ރާއްޖެ ދާއިރު ޝިއާމައްތަ މެންވެސް ދާނަން އިރާދަކުރެއްވިއްޔަ އެކީގަ”.

” އަސްލުވެސްތަ؟ އަޅޭ ޝިއާމައްތާ ވަރަށް އުފާވެއްޖެ.. އެތައް އަހަރެއް ފަހުން ރާއްޖެ ދަނީ ދޯ”. މެހެކް ހެވިލާފައި ބުނެލިއެވެ.

” އާ އެހާ ދުވަސް ކޮށްލާފަ ދަރިފުޅު ދާތީވެ އެކީގައި ގޮސްލަން ބޭނުން…އެހެން ނޫނީ ދަރިފުޅު މަތިން ކިހާ ހަނދާންވާނެތަ؟.. ކުއްލިއަކަށް ދިޔައީމަ..”. ދެރަވެލާފައި ޝިއާމައްތަ ބުނެލިއެވެ.

“އާ ދެން ފެމެލީ އެންމެންނަށް ދޭނީ ސަޕްރައިޒެއް. އެއާރޕޯޓަށް އަންނަން ނުބުނެ ސީދާ ގެއަށް ދާނީ..”. ރާވާފައި އޮތްގޮތް ނަސީރުބޭ ހާމަ ކޮށްލުމާއެކު ޝިއާމައްތަ ހޫން އަޅުވާލިއެވެ.

” ނަސީރުބޭމެންގެ ގެ ހުންނަނީ ކޮންތާކު؟” އާހިލް އަހާލިއެވެ.

” އަހަރުމެން ތިބޭނީ ހެންވޭރު ބަގީޗާ ގޭގަ ދޯ ޝިއާމާ”.

” އާ ޝިއާމައްތަމެން ގޭގަ ތިބެންވީނު ތި ދެކުދިން”. ޝިއާމައްތަ އެހެން ބުނެލުމާއެކު އާހިލް ބަލާލީ މެހެކް އާއި ދިމާއަށެވެ.

” އަޅުގަނޑުގެ ހުރިހާވެސް މީހަކީ ކާފަ.. ކާފަ އެބަކިޔާ ދާ ގޮތަށް ރަށަށް ދިރިއުޅުން ބަދަލު ކުރަން.. ކާފަ އެކޮޅުގަ ދަނޑުވެރިކަމުގެ މަސައްކަތް ފަށަން ކަމަށް.. ބިމެއް ވެސް ހޯދައިފި މިހާރު… ދެން އަހަންނަށް ވެސް އެކޮޅުން ޖޮބެއް ހޯދިދާނެ..”

“ދެން މެހެކްވެސް ބޭނުމިއްޔަ ހިތަދޫ ހޮސްޕިޓަލަށް ޖޮބަށް ދެވިދާނެއެއްނު.. ދޯ”. އާހިލް އެހެން ބުނެލުމާއެކު މެހެކް ބޯ ޖަހާލިއެވެ. ރޭގައިވެސް އާހިލް އެވާހަކަ ދެއްކުމުން މެހެކް އުފަލުން އެކަމަށް އެއްބަސްވިއެވެ. އާހިލް ބުނި ކޮންމެ ކަމެއް ކުރަން އޭނާ ހުރީ ތައްޔާރަށެވެ. ލޯބިވާ ފިރިމީހާ ގާތުގައި ހުރިއްޔާ ކޮންމެ ތަނެއްގައި އުޅެން ޖެހުނު ނަމަވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ.

” އެކަމަކު ކާފަ އާއި ދައްތަ ރަށަށް ފޮނުވާލާފަ އިހަށް ޝިއާމައްތަމެން ގޭގައި މަޑު ކުރާނީ..” އާހިލް ވިސްނަން އިނދެފައި ބުނެލިއެވެ. އަޅުގަނޑު ވަރަށް ބޭނުން އެގޮތް.. މެހެކް ދެކެނީ ތީ މެހެކްގެ މަންމަ އާއި ބައްޕަ ފަދަ ދެމީހުންގެ ގޮތުގައި.. އެ ޤަދަރު އަޅުގަނޑު ހިތުގައިވެސް ދެވިއްޖެ”. އާހިލްގެ މޫނުމަތީގައިވި ލުއި ހިނިތުންވުމާއެކު އޭނާގެ ހިތުގައި އުފެދުނު އުދާސްތައް ފޮރުވަން މަސައްކަތް ކުރިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ މަންމަ އާއި ބައްޕަ ލޮލަށް ފެނިލުމުގެ ނަސީބުވެސް އޭނާއަށް ނުލިބުނެވެ. އެލޯބި އިޚްސާސްކުރަން އޭނާގެ ހިތް ކިތަންމެ ވަރަކަށް އެދެއެވެ. އެހެން ނަމަވެސް އޭނާގެ ތަޤްދީރުގައި އެލޯބި ލިޔެވިފައި ނެތީއެވެ. އެހެން ހިތަށް އެރުމުން އާހިލްގެ ލޮލުން ކަރުނަ ހިލުނެވެ.

” ހާދަ ރަނގަޅު ކުއްޖެކޭ މާޝަﷲ” ޝިއާމައްތަ އުފާވެލާފައި ބުނެލިއެވެ.

ކާން ތިބެގެން އެތަށް ވާހަކައެއް އެމީހުން ދެއްކިއެވެ. އެކި ކަހަލަ މަޖާ ވާހަކައެވެ. ތަންތަނަށް ގޮސް މަޖާކޮއްލުމަށް ވަގުތުން ރޭވުންތައް ރާވާލިއެވެ. އެދުވަސް ނިމިގެން ދިޔައީ އެހާމެ ހިތްހަމަޖެހުމާއި އުފާވެރިކަމާއެކުއެވެ.

ރޭގަނޑުގެ ވަގުތެވެ. މެހެކް އާއި އާހިލް ތިބީ ކޮޓަރީގައެވެ.

” މެހެކް.. މީ ހާދަ ރީތި ގެއެކޭ ދޯ.. އެހާމެ ރީތި ޒަމާނީ ފެންވަރުގެ ފަރްނީޗަރ، އޭސީ، ފާރުފައި ލާފަ މިހުންނަ ކުލަ.. ވަރަށް ސަޅި..” އާހިލް ދިމަދިމާއަށް ނަޒަރު ހިންގަމުން ވާހަކަ ދެއްކި އިރު މެހެކް އާހިލްގެ މޭގައި ބޯ އަޅާލައިގެން އޮތެވެ.

” އަހަރެން ބުނީ… ޝިއާމައްތަ އާއި ނަސީރުބެ އަށް އެވަރަށް ލާރި ލިބެނީ ކިހިނެއްތަ؟ ވާހަކަތައް ކިޔާދެމުން އިވާން ވެސް ބުންޏޭ އެންމެ ފުރަތަމަ އަހަރެންގެ ބޭސް ފަރުވާއަށް ފައިސާ ހޯދަން މެހެކް އެދުނީ ޝިއާމައްތަމެންގެ ގާތުގައޭ”.

” އާ އެއީ ތެދެއް… އަހަރެން އޭރު އެދުނިން.. އޭރު ދެން ޝިއާމައްތަ މެންނަށް ވެސް ކަންތައް ހުރިގޮތުން ބޭސް ފަރުވާއަށް ހަމަވާ ވަރަށް ފައިސާ ދެވެން ނެތީ”.

” މާލޭގަ ހުންނާނެ އެދެމީހުންގެ ގެދޮރު.. ކޮންމެ ތަނެއްވެސް ވަރަށް ރީއްޗަށް ހަދާފަ އެބޮޑު ދެ އިމާރާތް ހުންނަނީ ކުއްޔަށް ދީފަ.. ދެން ކޮންމެ އިމާރާތެއްގެ ތިރީގަ ހުރޭ ބޮޑު ފިހާރައެއް”.

” ލިބޭ ހުރިހާ ލާރިއެއް އާއިލާއަށް އެހީވުމުގަ އެ ޚަރަދު ކުރަނީ.. ދެން އެމީހުންގެ ދަރިއަކުވެސް ނެތް ވިއްޔަ”. މެހެކް ދެރަވެލާފައި ބުނެލިއެވެ.

” ތިއެއްނު އެމީހުންގެ ދަރިއަކީ..” އާހިލް މެހެކް ގެ ކޮލުގައި ބޮސްދެމުން ހިނިތުންވެލިއެވެ.

އުފަލާއި މަޖަލުގައި ދެ ހަފްތާއެއްހައި ދުވަސް އިންޑިއާގައި ވެއަތު ކުރުމަށް ފަހު ރާއްޖެ ދާން އެމީހުން ފުރިއެވެ. ފުރަން ހަމަޖެހުނީ ރޭގަނޑުގެ ތަންކޮޅެއް ލަސްގަޑިއެއްގައެވެ. ދިގު ދަތުރަކަށް ފަހު ރާއްޖެ އާދެވުނު އިރު ބާރަ ޖަހަނީއެވެ.

ހުރިހާ ކަމެއް ނިމިގެން ހަތަރު މީހުން އެކީގައި ބޭރަށް ނުކުތެވެ. ގޭޓުން ބޭރަށް ނުކުމެ ދިމަދިމާއަށް އެންމެން ނަޒަރު ހިންގަން ފެށިއެވެ. އެވަގުތު މެހެކްގެ ލޮލުގައި އަޅައިގަތީ ބޮޑުބޭބެ އާއި ކާފަގެ އިތުރުން ކާފަ ކައިރީގައި ހުރި އަންހެން މީހާއެވެ. އެމީހުން ބަލާއައިސް ތިބީ އެތިން މީހުން އެކަންޏެވެ. އެ އަންހެންމީހާ ފެނި އެއީ އާހިލްގެ ދައްތަ ކަން މެހެކް އަށް އެނގުނެވެ. އޭނާ ފެންނަ ފެނުމަށް ވަރަށް ޅަ ވައްތަރު ޖަހައެވެ.

ފެންކަޅިވެފައި ހުރެ މެހެކް ފެނުމާއެކު ބޮޑުބޭބެ ހިނިތުންވެލިއެވެ. އެލޮލުން ކަރުނަ ފޭދުނީ އިޚްތިޔާރަކާ ނުލައެވެ. މެހެކް ބާރު ބާރަށް ހިނގާފައި ގޮސް ބޮޑުބޭބެގެ ކުރިމައްޗަށް ހުއްޓިލިއެވެ. އެއާއެކު ބޮޑުބޭބެ އިސްޖަހާލިއެވެ.  މެހެކްގެ މޫނު ފެނި މާބޮޑަށް ރޮވިދާނެތީ ކަންނޭނގެއެވެ.

” ބޮޑުބޭބެ އަށް މަޢާފް ކުރޭ ދަރިފުޅާ.. ދަރިފުޅަށް އެންމެ އެހީއަކަށް ބޭނުންވި ދުވަހު ކަންތައް ކުރެވުނު ގޮތުން.. ވަރަށް ދެރަވޭ… ވަރަށް ލަދުގަނޭ…..ލަދުން ގުޅަންވެސް ނުކެރުނު… ދަރިފުޅު ބޮލުގައި އެހާ ބޮޑު ބަދުނާމެއް އެޅިގެން ދިޔައިރު ބަލަން ހުރެވުނީ” އިސްނަގާފައި މެހެކްގެ މޫނަށް ބަލާލިއިރު ބޮޑުބޭބެއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

” ނޫނޭ ބޮޑުބޭބޭ ކޮންމެ މީހަކަށް ވެސް ވާނީ އެހެން.. އަހަރެން މީ ބޮޑުބޭބެ ނަމަވެސް… އެހެން ކަންނޭނގެ ވީހީ”. މެހެކް ބޮޑުބޭބެގެ އަތުގައި ހިފާލިއެވެ. އެނބުރި އާހިލް އާއި ދިމާއަށް ބަލާލިއިރު ކާފަގެ ކޮނޑުމަތީގައި އަތް އަޅާލައިގެން އާހިލް ހުއްޓެވެ. އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމުން ފުރިފައިވި ހިނިތުންވުމެކެވެ.

” ކޮބާ، ނަސީރު ކިހިނެއް ހާލު؟” ނަސީރުބެ އާއި ސަލާމް ކޮށްލަމުން ބޮޑުބޭބެ އަހާލިއެވެ.

އޭރު ޝިއާމައްތަ ފާޑަކަށް ހުރެގެން ބަލަނީ ޝަބާނާ އާއި ދިމާއަށެވެ. ހީވަނީ ކަމެއް ހަނދާން ކުރާ ހެންނެވެ.

” މެހެކް.. މީ މަގޭ ދައްތަ… ޝަބާނާ ދައްތަ”. އާހިލް މެހެކް އަށް ތަޢާރަފް ކޮށްދިނުމާއެކު ޝަބާނާ ލަދުން ހުރެފައި ހީލިއެވެ. ކުރީގައި އާހިލް އާއި މެދު ކަންތައް ކުރެވިފައި ހުރިގޮތުން ޝަބާނާ ހުރީ ލަދުންކަން މެހެކް އަށް އެނގުނެވެ.

” ނާރސް ޝަބާނާތަ ތީ؟” ކުއްލިއަކަށް ޝިއާމައްތަ އަހާލިއެވެ. އަދިވެސް ހަނދާން ކުރާހެން ހީވާ ފަދަ ގޮތަކަށެވެ.

” ކުރީގަ އުޅުނިން ދޯ ނަރުހަކަށް.. ވަރަށް ވައްތަރުވެގެން މި އަހާލީ.. އަހަރެން ދަންނަން ޝަބާނާ ކިޔާ ނަރުހެއް.. އޭނާ އާއި ވައްތަރުކަމުން”.

” އާ އުޅުނިން ނަރުހަކަށް…. އެކަމަކު.. އެކަމަކު ތީ ކާކު؟ ކިހިނެއް އަހަރެން އިނގުނީ”. ޝަބާނާ ހައިރާން ކަމުގެ ތެރެއިން ހިނިތުންވެލިއެވެ. އޭނާ ވެސް އެއީ ކާކު ތޯ ހަނދާން ކުރަން ފެށިއެވެ.

” އަހަރެން ހަނދާނެއް ނެތް ދޯ.. އެހެންތާ ވާނީ.. އެހާ ދުވަސް ފަހުން މިފެނުނީ.. އަހަރެން މިހުރީ މުސްކުޅިވެފަ ވިއްޔަ”. ޝިއާމައްތަ ކުޑަކޮށް ހީލަމުން ބުނެލިއެވެ.

“މީ…..” ޝިއާމައްތަ އަށް ބުނެވުނީ އެހިސާބަށެވެ.

” ތީ… ތީ.. ޝިއާމާތަ؟”

ދެމީހުންނަށް އެކަކު އަނެކަކު ދެނެގަނެވުމާއެކު އެއީ ކުރީގައި ކޮންމެވެސް ގުޅުމެއް އޮތް ބައެއްހެން މެހެކް އަށް ހީވިއެވެ. މި ދިމާވީ މާ ރަނގަޅައްތާއޭ ހިތަށް އަރުމާއެކު އޭނާއަށް ހިނިތުންވެލެވުނެވެ.

“އާ..މީ ޝިއާމާ.. ހަނދާން ވެއްޖެ ދޯ.. އޭރު ދެން އެހާ ގިނަ މީހުން އަންނާނެ ދޯ ވިހަން… އަހަރެން އަބަދުވެސް ޝަބާނާ މަތިން ހަނދާން ހުރޭ. އަހަރެން ދަރިފުޅުވިހޭ އިރު އެތަނުގައި އެންމެ ހަރަކާތް ތެރިކޮށް އުޅުނު މީހާ ތީ.. އަހަރެންގެ… އަހަރެންގެ ކުއްޖާ މަރުވީނު.. އެކަންވެސް އެންމެ ފުރަތަމަ އިނގުނީ ޝަބާނާ އަކަށްނު… ހަނދާންވެއްޖެތަ؟” ޝިއާމައްތަ ހަނދާން ކޮށްދިނުމުގެ ގޮތުން ބުނެލިއެވެ.

” ޝަބާނާގެ ސިފަ އަދިވެސް އޭރު ހުރިގޮތާ މާބޮޑު ތަފާތެއް ނެތް”.

ޝިއާމައްތަ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔައިރު ޝަބާނާ ނަސީރުބޭގެ އާ ދިމާއަށް ބަލާލިއެވެ.  ދެން އަނެއްކާވެސް ކާފަ އާއި ދިމާއަށް ބަލާލިއެވެ. ބަލާބެލުމަށް އޭނާ މިހާރު ހުރީ ވަރަށް ބޮޑަށް ހާސްވެފައި ހެން ހީވެއެވެ.

އޭނާ ނަރުހެއްގެ ވަޒީފާ އަދާކުރީ އެންމެ އަހަރަކުއެވެ. އޭރު މާލޭގައި ހުރި ކުޑަ ކްލިނިކެއް ކަހަލަ ހޮސްޕިޓަލެއްގައެވެ. އެމުޅި އަހަރުވެސް އެ ހޮސްޕިޓަލުގައި، ވިހޭ ތަނުން މަރުވީ އެންމެ ކުއްޖެކެވެ. އެކުއްޖާ މަތިން އޭނާ ހަނދާން ނެތޭނީ ކިހިނަކުން ހެއްޔެވެ؟ އެ ހަނދާން އޭނާ ހިތަކުން ދުވަހަކުވެސް ނުފިލާނެއެވެ.

އޭރު ކާފަވެސް ފާޑަކަށް ޝަބާނާގެ މޫނަށް ބަލަން ހުއްޓެވެ. ބަލާބެލުމަށް ކާފަވެސް ހުރީ ހާސްވެފައިކަން އެނގެއެވެ.

” އަ..އަހަރެން އެބަ އަންނަން ފާހާނާއަށް ގޮސްލާފަ”. ޝަބާނާ އަޅައިގަންނަމުން ބުނެލިއެވެ.

” އޯކޭ.. ދައްތަ ގޮސްފަ އާދޭ… އަހަރުމެން މި ހިނގައި ގަންނަނީ” އާހިލް ހިނިތުންވަމުން ބުނެލިއެވެ.

” މަޑުކޮއްބަލަ ދަރިފުޅާ” ޝަބާނާ ހިނގައިގަން ވަގުތު ކާފަ ޝަބާނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އޭރު ކާފަގެ ލޯވަނީ ފުރިފައެވެ.

” ހަޤީޤަތް ކިޔާދީ ދަރިފުޅާ.. ބައްޕަ އާދޭސް ކޮށްފަ މިބުނަނީ”.

އެވަގުތު އެންމެން ހައިރާންވެގެން ބަލާލީ ޝަބާނާގެ މޫނަށެވެ. އިސްޖަހާލައިގެން ހުރި އިރު އިރުއިރު ކޮޅުން ވައްކަޅިން ޝިއާމައްތަ އާއި ދިމާއަށް ޝަބާނާ ބަލާލައެވެ. އުޅޭގޮތުން ހީވަނީ އެއީ ވަރަށް ބޮޑު ކުއްވެރިއެއް ހެންނެވެ.

” ހިނގާބަލަ އިހަށް މިތަނުން ބޭރަށް ނުކުމެލަމާ ދޯ”. ޝަބާނާ ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ.

އަޖާއިބުވެފައި ތިބެގެން އެންމެން ބޭރަށް ނުކުމެ އެތާނގެ ބޭރުގައި މަޑުކޮއްލިއެވެ.

” ޝިއާމާ”. ޝަބާނާ މަޑުމަޑުން ގޮވާލިއެވެ. އޭރު އޭނާގެ އަޑު ތުރުތުރު އަޅައެވެ. ނަމަވެސް ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.

” ޝިއާމާ އަހަރެން.. އަހަރެން ބޭނުން ޝިއާމާގެ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ބުނަން”.

އެންމެންގެ މޫނުމަތީގައިވަނީ ހާސްކަމެވެ. ޝަބާނާއަށް ކުއްލިއަކަށް ވެގެން މިއުޅެނީ ކިހިނެއް ކަމެއް އެކަކަށް ވެސް ނުވިސްނުނެވެ. އެއާއެކު ކުއްލިއަކަށް އާހިލްގެ ޚިޔާލަށް އައީ ކާފަ ބުނި ވާހަކައެވެ. ދައްތަގެ ވަރަށް ބޮޑު ކަމެއް ސިއްރުވެފައި އޮތް ވާހަކަ ކާފަ ވަރަށް ކުރިން ބުނި ހަނދާން ވިއެވެ. ނަމަވެސް އާހިލްއަކަށް އެސިއްރެއް ކާފަ ނުކިޔާދިނެވެ. އަނެއްކާ… އަނެއްކާ އެހާވަރަށް ކަންބޮޑު އެވަނީ އެސިއްރުގެ ސަބަބުން ބާއެވެ؟ ދައްތަ އެހާ ބޮޑަށް ބިރުގަނެ ހާސް އެވަނީ ކީއްވެބާއެވެ.؟

“ޝިއާމާ.. އަހަރެން ވަރަށް ލަދުގަނެ ބިރުގަނެފަ މިހުރީ”. ޝަބާނާ ކިޔަން އުޅޭ އެއްޗެއް ނޭނގިގެން ޝިއާމައްތަ ހުރީ އަނގަމެޅިފައެވެ.

” ޝިއާމާ… އަހަރެން ބޭނުން ވަރަށް ބޮޑު ހަޤީޤަތެއް ޝިއާމާއަށް ކިޔާދޭން.. އެހެންވީމަ ފެށުމުން ތަފްސީލުކޮށް ކިޔާދޭނަން…”.

************

އަހަރެންގެ ކޮއްކޮ ސީރީން އާއި އޭނާގެ ފިރިމީހާ ކައިވެނިކުރީ ވަރަށް ވަރަށް ލޯބިން..”

ސީރީންއަކީ އާހިލްގެ މަންމައެވެ. ކުއްލިއަކަށް މިވަގުތު އެވާހަކަ ޝަބާނާ ދައްތަ މިފެށީ ކީއްވެބާއެވެ؟ މެހެކް ގެ ހިތުގައި އުފެދުނީ އެސުވާލެވެ.

” އެދެމަފިރިން ކައިވެނިކޮށްގެން އަހަރެއްހައި ދުވަހު އުޅުމަށްފަހު ކުއްޖަކު ހޯދަން ނިންމި.. ވަރަށް އުންމީދާއި އެކު.. ނަމަވެސް އެމީހުންގެ ކައިވެންޏަށް ފަސްއަހަރުވީ އިރުވެސް ކުއްޖަކު ނުލިބުނު.. އެމީހުން ޑޮކްޓަރަށް ދެއްކުމުން ބުނީ ސީރީންގެ ކޮންމެވެސް މައްސަލައެއް އުޅެނީއޭ.. އެހެންވީމަ ކުދިން ލިބުމުގައި އުނދަގޫތަކެއް ހުންނާނެ ކަމަށް ލަފާ ކުރެވެޔޭ…”

” ނަމަވެސް މާތް ރަސްކަލާނގެ ހެޔޮ ރަޚްމަތުން ހަމަ އެމަހު ސީރީން ބަނޑުބޮޑު ވެއްޖެ… އެކަމާ އެދެމަފިރިންނާއި މުޅި އާއިލާ އުފާކުރި…އޭރު އަހަރެން ހުރީ މާލޭގަ.. އެ ހޮސްޕިޓަލުގައި.. ނަރުހެއްގެ މަޤާމުގައި.. އަހަރެން ބުނިން ކޮއްކޮ ވިހަން އަންނަން ވާނީ މާލެ އޭ… އަހަރެން ހުރިހާ ކަމެއްގެ ޒިންމާ ނަގާނަމޭ. އެކަމާ އޭނަ ވަރަށް އުފާވި… އެގޮތުގައި އުޅެނިކޮށް ސީރީންގެ ބަނޑަށް ހަ މަސްވީތަނާ ހިނގީ ހީވެސް ނުކުރާ ފަދަ ބޮޑު ހާދިސާއެއް.. މަހަށް ގޮސް ކަނޑުމަތީގައި އުޅެނިކޮށް އޭނާގެ ފިރިމީހާ ކުއްލި ގޮތަކަށް ނިޔާވީ…”. ޝަބާނާގެ ވާހަކަ އަޑު އަހަން އެންމެންވެސް ތިބީ ހައިރާން ކަމާއި ޝައުގުވެރިކަމާއެކުއެވެ. ކާފަ އިސްޖަހައިގެން ރޮމުން ދިޔައިރު އާހިލް ހުރީ ހިތްދަތިވެގެން ގޮސް ހުއްޓުން އަރާފައެވެ. އޭނާގެ މަންމަ އާއި ބައްޕަގެ ވާހަކަ ކާފަވެސް އެހާ ތަފްސީލުކޮށް ނުކިޔާދެއެވެ.

” އެ ހިސާބުން ސީރީން ވަރަށް ބޮޑަށް ސަކަރާތްވި.. އޭނާ ބައެއް ފަހަރު މޮޔަ ވާހަކަވެސް ދައްކަން ފެށި… އޭނަގެ ހަމައެކަނި އުންމީދަކަށް ވީ އެދަރިފުޅު…” އާހިލް އާއި ދިމާއަށް ބަލާލަމުން ޝަބާނާ ބުނެލިއެވެ.

“ދަރިފުޅަށް ކަމެއް ވެއްޖެ ނަމަ މަރުވާނަމޭ ދުނިޔޭގަ ނުހުންނާނަމޭ ކިޔާ ރޮއި ހަދާނެ ފަހުން ފަހުން އައިސް… އޭރު ބައްޕަ ގާތު ބުނެގެން އަހަރެން ސީރީން މާލެ ގެނެސްފިން..ބަނޑަށް އޭރު ނުވަމަސް ވަނީ… އެކަހަލަ ވަޒީފާއެއްގަ ހުންނާތީވެ އޭރު އަހަންނަށް ފުދޭ ވަރަކަށް ލިބޭ…އަހަރުމެން ތިބީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން.. ވިހެއީމަ ވަޒީފާ ދޫކޮށްފަ އަހަރެންވެސް ރަށަށް ދާ ގޮތަށް ހެދީ.. ކޮއްކޮއަށް އެންމެ ބޭނުންވާނީ އަހަރެންގެ އެހީ ކަމުގައި ނިންމާފަ..”

ދެން އެއްރެއަކު ސީރީންގެ ބަނޑުގައި ރިއްސަން ފެށީމަ އަވަހަށް ހޮސްޕިޓަލަށް ގެނައީ.. ﷲގެ ހެޔޮ ރަހުމަތުން އޭނަ ވަރަށް ފަސޭހަ ކަމާއެކު ވިހައި.. ފިރިހެން ކުއްޖެއް…”

މާ ގިނަ އިރުތަކެއް ނުވެ… ޝި..ޝިއާމާ ގެނައީ..ޝިއާމާ ވިހެއީ ވަރަށް ވޭނުގައިކަން އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި.. ލޯބި ލޯބި ފިރިހެން ކުއްޖެއް ޝިއާމާ ވެސް ވިހެއީ…. އަހަރެން ބޭރަށް ނުކުމެ ތި އާއިލާއަށް ކުއްޖާ ދައްކާލުމަށްފަހު ގެނެސް ޝިއާމާގެ ކައިރީ ބާއްވާލީ..  އޭރު ޝިއާމާ އޮތީ ވަރުބަލިވެގެން ލޯ މެރިފަ.. ކުއްޖާވެސް އޮތީ ނިދިފަ.. އަހަރެން ދެން ގޮސް ހުއްޓިލީ އަހަރެން ކޮއްކޮގެ ގާތުގައި.. އޭރު އެތާނގައި ދެ ތިން ނަރުހުން އުޅޭ… ސީރީން ވޯޑަށް ނެރުމުގެ ހުރިހާ އިންތިޒާމް ތައް ހަމަޖެހިފަ އޭރު އޮތީ.. އަހަރެން ބޭބީ ނަގާ އުރާލާފައި ދޮނެއް ދިނިން.. ތުއްތު ކުދިންނަކީ ވަރަށް ބާރަށް ނޭވާ ލާބައެއް.. އެކަމަކު އެކުއްޖާ ނޭވާ ނުލާކަން އަހަންނަށް އެނގިއްޖެ.. ވަގުތުން އަހަރެން އެކި ގޮތްގޮތުން ބެލީއިރު ކުއްޖާ އޮތީ މަރުވެފަ.. ކުއްލިއަކަށް ގަތް ބިރާއެކު އަހަރެންގެ ހަނދާނަށް އައީ ސީރީން ބުނެފައި ހުރި ބަސްތައް.. އެދަރިފުޅަށް ކަމެއް ވެއްޖެ ނަމަ މަރުވާނަމޭ.. މޮޔަވާނެއޭ.. އަހަރެން ހިތަށް ކުރި އަސަރުން ރޮވުނު.. ކޮއްކޮއަށް ވާނެ ގޮތަކާއި މެދު ވިސްނާލެވުމާއެކު އަހަރެން ވަރަށް ބޮޑަށް ހާސްވެއްޖެ.. އޭނާއަށް އެ ޚަބަރު އަހަރެން ދޭނީ ކިހިނެއް ބާއޭ ހިތަށް އެރި… ހިތްދަތިވެގެން އެ ދަރިފުޅު އުރާލައިގެން ހުރެ ދެކޮޅަށް ނަޒަރު ހިންގާލި ވަގުތު…. ލޮލުގައި އަޅައިގަތީ ޝިއާމާގެ ދަރިފުޅު..ދެކުދިން ވަރަށް ވަރަށް ވައްތަރު… އިތުރު ވިސްނުމަކާ ނުލާ ޝިއާމާގެ ދަރިފުޅާ ސީރީންގެ ދަރިފުޅު އަހަރެން ސިއްރު ސިއްރުން ބަ…ބަދަލުކޮއްލީ…” އެ ހިސާބަށް ވާހަކަ ދިއުމުން ޝަބާނާއަށް ރޮއިގަނެވުނެވެ.

އެވަގުތު ޝިއާމައްތަ އަށް މޭގައި އަތް އަޅާލެވުނެވެ. އޭނާ ހުރި ތަނަށް ގަނޑުވި ކަހަލައެވެ.

” އަހަރެން ހިތަށް އެރީ ޝިއާމާއަށް ދަރިއަކު ލިބިދާނެ އޭ.. އެކަމަކު.. އެކަމަކު.. އަހަރެންގެ ކޮއްކޮ އަށް ދަރިއަކު ލިބޭނެ ކަމެއް ނޭނގެއޭ.. އެހެންވެ…އެހެންވެ އަހަންނަށް އެހެން ހެދުނީ…”

“އެކަމަކު…އަހަރެން އެކަން ކުރުމަކުން ފައިދާ އެއް ނުވި.. މާ ގިނަ ދުވަސް ނުވެ ސީރީން ނިޔާވެއްޖެ. އެއަށް ފަހުން އަހަންނަށް ވެސް ކައިވެނިކޮށް ކުއްޖަކު ލިބިއްޖެ.. އެކަމަކު ބައްޕަ އަހަރެންގެ ދަރިފުޅާ އާހިލް އާއި މާބޮޑަށް ތަފާތު ކުރަން ފެށުމުން އަހަރެންގެ ހިތް އާހިލް އާއި މެދު ބަދަލުވީ.. ނަފްރަތު އުފެދުނީ އޭރު.. އާހިލްގެ ނަމުގައި އެކައުންޓެއް ހުުޅުވުމަށްފަހު ބައްޕަ ލާރިތަކެއް ޖަމާ ކުރި ދުވަހު އައި ރުޅީގައި ކޮންޓްރޯލް ނުުވެގެން އާހިލް އަކީ އެހެން ބައެއްގެ ދަރިއެއްކަން ބައްޕައަށް އަހަރެން އެންގިން، އާހިލް ކުޑަ އޭރު.. އެކަމާ އަހަންނަށް ދުވަހަކު ވެސް މަޢާފު ނުކުރާނެ ކަމަށް ބުނެ ބައްޕަ އާހިލް ގޮވައިގެން މާލެ ބަދަލުވީ، އަހަރެންގެ ނަފްރަތުން އާހިލް ސަލާމަތް ކުރަން…”

” ޝިއާމާ…އަހަންނަށް…..” ޝަބާނާއަށް ރޮމުން ބުނެވުނީ އެހިސާބަށެވެ.

” ހުއްޓާލާ.. ހަމަ މިހާރު ހުއްޓާލާ”. ނަސީރުބޭ ރޮމުން ހަޅެއްލަވައިގަތެވެ. އޭރު މެހެކް އާއި އާހިލް އަދި ބޮޑުބޭބެ އަށް ވެސް ވަނީ ޝޮކެއް ލިބިފައެވެ. ދުވަހަކުވެސް ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ބޮޑު ހާދިސާއެއް ހިނގާ ދިޔުމުގެ ސަބަބުން އެންމެންވެސް ތިބީ ހުއްޓުން އަރާފައެވެ.

ޝިއާމައްތަ އަނގަމަތީގައި އަތް އަޅައިގެން އިރުގަނޑަކު ހުއްޓުން އަރާފައި ހުރުމަށް ފަހު އާހިލް އާއި ދިމާއަށް ބަލާލިއެވެ. އޭރު އެދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާއަށް މާނޭވާ ލެވެމުން ދިޔައެވެ. ނަސީރުބޭގެ ހާލަކީވެސް އެއީ އެވެ. އެކަކުވެސް ދުލަކުން ބަހެއް ނުބުނެއެވެ. އެންމެންވެސް ތިބީ ދެން ވާނެ ގޮތެއް ބަލާށެވެ.

ޝިއާމައްތަ އައިސް އާހިލްގެ ގާތުގައި ހުއްޓިލިއެވެ. އާހިލްގެ މޫނަށް ބަލަން ފެށިއެވެ. ސައްބީސް އަހަރު ފަހުން ޝިއާމައްތަގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު ގާތުގައި ހުންނަތާ ދެ ހަފްތާ ފާއިތުވެ ދިޔައީއެވެ. އެހާ ގާތުގައި ހުރެވެސް ކާކުކަން ނޭނގި ހުރެގެންނެވެ. ފުރާނަ ފަދަ ލޯބިވާ ދަރިފުޅުގެ ހަނދާނުގައި އެމީހުން ކަރުނަ ނާޅަނީ ކޮން ދުވަހަކު ހެއްޔެވެ؟ އެދަރިފުޅު މަތިން އެމީހުން ހަނދާނުން ފިލާ ދިޔަ އެންމެ ދުވަހެއްވެސް ނާދެއެވެ.

އަނގަމަތިން އަތް ނަގާލުމާއެކު ކޮންމެވެސް އެއްޗެއް ބުނަން ޝިއާމައްތަ ތުންފަތް ތަޅުވާލިއެވެ. މެހެކް ހުރީ އާހިލްގެ އަތުގައި ހިފަހައްޓާލައިގެން ޝިއާމައްތަގެ މޫނަށް ބަލާށެވެ. އޭނާވެސް ހުރީ ފެންކަޅިވެފައެވެ.

ޝިއާމައްތަ އާހިލްގެ މޫނުގައި ދެފަރާތުން ހިފަހައްޓާލިއެވެ. އާހިލްގެ މޫނުގައި ފިރުމަމުން ދިޔައިރު ލުއި ހިނިތުންވުމެއް އެތުންފަތަށް ވެރިވިއެވެ. ނަސީރުބޭ ވެސް އައިސް އާހިލް އާއި ގާތްވެލިއެވެ. އެވަގުތު އެ ތިން މީހުންނަށް ވާގޮތް ބަލަން ހުރި އިރު މެހެކްގެ ހިތަށް ކުރަމުން ދިޔަ އަސަރު ބަޔާން ކުރަން ނޭނގޭ ކަހަލައެވެ. ނަސީރުބޭ ގާތް ވެލުމާއެކު މެހެކް އާހިލްގެ އަތުން ދޫކޮއްލާފައި ދުރަށް ޖެހިލިއެވެ.

” ދަ.. ދަރިފުޅާ”. ޝިއާމައްތަ އާހިލްގެ ގައިގައި އޮޅުލައިގަނެފައި ބާރަށް ރޯން ފެށިއެވެ. އޭރު ނަސީރުބޭވެސް ފުރަގަހުން އާހިލްގެ ގައިގައި ހިފަހައްޓާލައިގެން ހުރެ ރޮނީއެވެ. ދެމީހުން އާހިލްގެ ގައިގައި ބޮސްދީދީފައި ކަރުނަ އަޅާތަން ބަލަން ކެތް ނުވެގެން މެހެކް ވެސް ފުރަގަސް ދިނުމަށްފަހު ރޯން ފެށިއެވެ.

މާތް ރަސްކަލާނގެ މި ލެއްވީ ކޮން ފަދަ ބޮޑު ރަހުމަތެއް ހެއްޔެވެ؟ އެންމެ ގާތުގައި އޭނާ ދެކެ އެހާމެ ލޯބިވި ދެމަފިރިން ހަޤީޤަތުގައިވެސް މިވީ އޭނާގެ މައިންބަފައިންނަށެވެ. އަދިވެސް މެހެކް އަށް އެއީ ހަޤީޤަތެއް ކަމަށް ޤަބޫލު ކުރަން ހުރީ އުނދަގޫވެފައެވެ.

އާހިލްވެސް އިސްޖަހާލައިގެން ހުރެ ރޮނީއެވެ. އެލޯތްބަށް އެދި އޭނާ ލޮލުން ކަރުނަ އަޅާ ޝަކުވާކުރީ ކިތައް ދުވަހު ހެއްޔެވެ؟ މައިން ބަފައިން ދުނިޔޭގައި ސަލާމަތުން ތިބެ އޭނާ އެލޯބިން މަހްރޫމް ކުރުވީއެވެ.

ނަސީރުބޭ ކަރުނަތައް ފޮހެލަމުން ބަލާލީ ޝަބާނާ އާއި ދިމާއަށެވެ. އޭރު އެދެލޯ ވަނީ ރޮއޮރޮއި ރަތް ވެފައެވެ.

” ހުންނަ ނުލަފާކަން ދެކެބަލަ.. ގޮތް ކުޑަ އަންހެނާ…ކަލޭ ތިކުރީ ކިހާބޮޑު ފާފައެއް ކަން އެނގޭތަ؟ ސައްބީސް އަހަރުމިވީ އަހަރުމެން ދެމަފިރިން ހިތާމަކުރާތާ… ކޮންމެ ދުވަހަކުވެސް ދަރިފުޅު މަތިން ހަނދާން ކުރުމުގަ ވޭތުވަނީ..ކަލެއަށް މަޢާފް ކުރާނީ ކިހިނެއް؟ ޖަލުގައި ކަލޭ ހުންނަން ވާނީ.. އެއީ ކަލެއަށް އެންމެ އެކަށީގެންވާ ތަނަކީ…މި ގުޅަނީ ޕޮލިހުންނަށް މިހާރު”. ނަސީރުބޭގެ ރުޅިގަނޑު ކޮންޓްރޯލެއް ނުވިއެވެ. ޝަބާނާ ރޮމުން ކާފަގެ އަތުގައި ހިފާލިއެވެ. އޭނާ ހީވަނީ ކޮންމެ އަދަބަކަށް ވެސް ތައްޔާރުވެގެން ހުރި ހެންނެވެ.

” ބައްޕާ”. ކުއްލިއަކަށް އިވުނު އަޑާއެކު ނަސީރުބޭ ގަނޑުވި ކަހަލައެވެ. އެއަޑު އަހާލާ ހިތުން އޭނާ ލޮލުން ކަރުނަ އެޅީ ކިތައް ދުވަހު ހެއްޔެވެ؟ ” މަ…މަންމާ” އަނެއްކާވެސް އާހިލް ބުނެލިއަޑު އިވުނެވެ.

” ބައްޕާ….ދައްތަ ބަހައްޓާ.. ޕޮލިހުންނަށް ގުޅާނެ ކަމެއް ނެތް… ދައްތަ ކުރި ފާފަ ދައްތަ އަށް އިޚްސާސް ވެއްޖެ.. އެވަރުން އަހަންނަށް ފުދިއްޖެ…މިއަދު ވެސް ދައްތަ ހަޤީޤަތް ނުކިޔާދިން ނަމަ ކިހިނެއް އެނގޭނީ ތީ އަހަރެންގެ ލޯބިވާ މަންމަ އާއި ބައްޕަ ކަން؟ ” އާހިލް މަޑު ހިނގުމެއްގައި އައިސް ނަސީރުބޭގެ ކޮނޑުގައި ހިފާލިއެވެ.

” ދެން އިރާދަކުރެއްވިއްޔާ އަހަރެން މަންމަ އާއި ބައްޕަ އަކާ ވަތްކެއް ނުވާނެ” އާހިލް ހަމައަކަށް އެޅިއްޖެ ކަން މެހެކް އަށް ވިސްނުނެވެ.

” އެންމެ ރަނގަޅު ދަރިފުޅާ.. ބައްޕަގެ ލޯބިވާ ފުރާނަ ފަދަ ދަރިފުޅަށް ޓަކައި މި ދޫކޮއްލީ”. ނަސީރުބޭ އާހިލްގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.

ޝިއާމައްތަ އައިސް ގާތުގައި ހުއްޓިލުމާއެކު، ޝިއާމައްތަގެ ކަރުނަތައް އާހިލް ފޮހެލަ ދިނެވެ. އަދި ޝިއާމައްތަގެ އަތުގައި ހިފާލުމާއެކު ނަސީރުބޭ އާހިލްގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. އެވަގުތު ކައިރީގައި ހުރި މެހެކް ގައިގައި ޝިއާމައްތަ ރޮމުން އޮޅުލައިގަތެވެ.

” ދަރިފުޅާ.. ހުރިހާ ޝުކުރެއް މަންމަގެ ލޯބިވާ މެހެކް އަށް އިނގޭ.. މަންމަ މިއަދު ވަރަށް ވަރަށް އުފާވެއްޖެ.. ކެނޑިނޭޅި ދުޢާ ކުރިން މަންމަގެ ދަރިފުޅު ސުވަރުގެއިން މަންމަ އަށް ދެއްވުމަށް.. އެކަމަކު މާތް ރަސްކަލާނގެ ދުނިޔެއިންވެސް އެދަރިފުޅެ ދެއްވައިފި.. މެހެކްގެ ލޯބިވާ ފިރިމީހާ އަކީ މަންމަގެ ދަރިފުޅޭ.. ކަރުނަ އޮހެމުން ދިޔަ ނަމަވެސް ޝިއާމައްތަ އަށް ހެވުނެވެ. ހީވަނީ އުފަލުން މޮޔަވެފައި ހުރި ހެންނެވެ. އެންމެންވެސް އޭރު ރޮނީއެވެ.

” އަހަންނަށް ވެސް މަޢާފް ކޮށްދީ”. ކުއްލިއަކަށް ކާފަގެ އަޑު އިވުނެވެ.

” އަހަންނަށް ވެސް އެހަޤީޤަތް އެނގި ހުރެ އާހިލްގެ މައިން ބަފައިން ހޯދާކަށް އެއްވެސް މަސައްކަތެއް ނުކުރެވުނު.. އަހަރެން އާހިލް ދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އެހެންވެ އަސްލު އެހެންވީ…އާހިލް އަހަންނާއި ދުރަށް ދާން ހިތް ނޭދުނީ”

އެވަގުތު ނަސީރުބޭ ކާފަގެ ކޮނޑުގައި ހިފާލިއެވެ.

” ވަރަށް ބޮޑަށް ޝުކުރުވެރިވަން، ލޯބިން އަހަރުމެންގެ ދަރިފުޅު ބަލާ ބޮޑުކޮއްދިނީމަ.. އެހެން ބައެއްގެ ދަރިއެއްކަން އެނގިހުރެ އެހާ ލޯބި ދިނީމަ ވަރަށް ވަރަށް އުފާ ވެއްޖެ.. އާހިލް އަށް ޓަކައި ތިވީ ޤުރުބާނީތައް އަހަރުމެން ހަނދާނުގައި އަބަދުވެސް ބަހައްޓާނަން.. ހިނގާ އަހަރުމެންނާއެކު ދާން…”

” ވަރަށް ވަރަށް އުފާވެއްޖެ މަޢާފްކޮށްދިނީމަ.. އެކަމަކު.. އަހަންނަކަށް ނެތް ދެވޭކަށް.. އަހަންނަށް ޔަޤީން ނަސީރުމެންނަށް ދުވަހަކުވެސް ޝަބާނާއަށް މަޢާފް ނުކޮށްދެވޭނެކަން.. އެއީ ވާނެ ކަމެއް ނޫން.. އާހިލްވެސް އެހެން ބުންޏަސް އަސްލު މަޢާފެއް ނުކުރެވޭނެ.. އެހެންވީމަ އަހަރެން ދެން ދާނީ ޝަބާނާ އާއެކު ރަށަށް. އާހިލް ދަރިފުޅު ދެން ހުރޭ މައިން ބަފައިންގެ ގާތުގައި…ކާފަ ރޮމުން އާހިލްގެ އަތުގައި ހިފާފައި ބޮސްދިނެވެ. ހުރިހާ ކަމެއް ސިއްރު ކުރެވުމުން އެމޫނު މަތީގައިވަނީ ލަދުވެތިކަމެވެ.

” ކާފަ ނުދޭ.. އަހަރުމެން ގާތު ހުރޭ”. އަސަރާއެކު އެހެން ބުނެލިއިރު އާހިލް އަށް ހުރީ ރޮވޭގޮތްވެފައެވެ. އެތައް ދުވަހަކު ލޯބިދީ އޭނާ ބަލާ ބޮޑުކުރި މީހާ މަތިން ހަނދާނުން ފިލާނީ ކިހިނަކުން ހެއްޔެވެ؟

” ނޫން ދަރިފުޅާ… ދަރިފުޅު ދެން އެހެން އުޅެލާފަ ޖައްސާލާ ކާފަގެ ގާތަށް.. ކާފަ ބުނާ އެއްޗެއް ވިއްޔާ ހޯދައިދީ.. ދެން ތަނުގަ އޮންނަން ޖެހިއްޖެ ހާލަތެއްގައި ކާފައަށް އަޅާލީމަ ނިމުނީ.. ކާފަ ހުންނާނީ ރަށުގައި އިނގޭ… ދަރިފުޅުގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާތި”.

ކާފަ ގެ ފަހު ނިންމުމަކަށް ބަދަލެއް ނުގެނައެވެ. ޝަބާނާއަށް ޓަކައެވެ. އާހިލް އަށް ވެސް އެގޮތަށް އެއްބަސް ވާން މަޖުބޫރުވިއެވެ.

ހިނިތުންވަމުން އެންމެން އެކީގައި ފެރީ އާއި ދިމާއަށް ހިނގައިގަތީ އެގޮތުގައި ތިބެގެންނެވެ. އާހިލްގެ ގައިން އެދެމަފިރިން ދޫކުރަން ވެސް ބޭނުން ނުވާ ކަހަލައެވެ.

މެހެކްގެ ހިތަށް ވެރިވަމުން ދިޔައީ ބަޔާން ނުކުރެވޭފަދަ އުފާވެރި އިޚްސާސްތަކެކެވެ. ހުރިހާ ދުވަހަކު އޭނާ އަށް ގޮސް މިހުރެވުނީ އޭނާގެ މައިންބަފައިންނަށް ވެފައި ތިބި ދެމީހުންގެ ގާތުގައެވެ. އެހެން ހިތަށް އެރުމާއެކު އޭނާއަށް ހިނިތުންވެލެވުނެވެ. އާއިލާއަށް “ސަޕްރައިޒް” ދޭން އައީ ޝިއާމައްތަ މެންނެވެ. އެކަމަކު ދުވަހަކުވެސް ލިބޭނެކަމަށް ހީނުކުރި ސަޕްރައިޒެއް އެލިބުނީ އެމީހުންނަށެވެ.

” ދަރިފުޅާ މިއަދު މެހެކް ދަރިފުޅުގެ އަންބަކަށް ނުވި ނަމަ މިހެން ނުވީސް ކަންނޭނގެ.. މުޅި އުމުރު ހޭދަވީހީ މިކަން ނޭނގި ކަންނޭނގެ.. އަސްލު މަންމަ މެން މިތަނަށް މިއައީވެސް މެހެކް އެހާ ހިތާމައިގައި އުޅެނިކޮށް މެހެކް އަށް އެހާބޮޑު އުފަލެއް ލިބުނީމަ، ދެން މެހެކް ރާއްޖެ އަންނަން ނިންމީމަ މަންމަމެން ވެސް އަންނަ ހިތްވީ… ދަރިފުޅު ދެކެ އެހާ ލޯބިވާ ދަރިފުޅުގެ ހައްޤުގައި ޤުރުބާން ވަމުން އަންނަ އަންބެއް މީ.. ދުވަހަކުވެސް ދެން ދުރުނުވާތި މެހެކް އާ.. މީ ދަރިފުޅު ގެ ނަސީބު” ޝިއާމައްތަ ހިނިތުންވަމުން މެހެކްގެ އަތުގައި ހިފާލިއެވެ.

އެވަގުތު މެހެކް އާއި ދިމާއަށް އާހިލް ވަރަށް ލޯބިން ބަލާލިއެވެ. އެމޫނުމަތީގައި ވަނީ ޝުކުރުވެރިކަމުން ފުރިފައިވި ހިނިތުންވުމެކެވެ.

އެގޮތުގައި އުފާވެރިކަމުގެ ދުވަސްތައް ވެއަތުވަމުން ދިޔައެވެ. މިހާރު އާހިލް އަކީ ބޮޑު ކުންފުންޏެއްގެ ވެރިއެކެވެ. ޝިއާމައްތަ އާއި ނަސީރުބޭގެ ބޮޑު ދެ އިމާރާތްވެސް ވަނީ އާހިލްގެ ނަން މައްޗަށް ރެޖިސްޓްރީކޮއްފައެވެ. އެދެމަފިރިން އުފަލާއެކު ލޯބިވާ ދަރިފުޅުގެ ހައްޤުގައި ވެވުނު ޤުރުބާނީއެއް ވެއެވެ.

އިވާން ވެސް ރާއްޖެ އައިސް ސާދުނާ އާއި ކައިވެނިކޮށް ކުލަގަދަ ހަފްލާއެއް ބޭއްވުމަށް ފަހު ހަފްތާއެއް ހައި ދުވަސް ރާއްޖޭގައި ހޭދަކުރުމަށްފަހު، ދިރިއުޅުން މެލޭޝިއާއަށް ބަދަލު ކުރިއެވެ. އިވާން އިތުރަށް ޑޮކްޓަރުކަމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވާތީއެވެ.

****

އެއް އަހަރު ފަސް

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އޮފީސް ނިންމާފައި އާހިލް ގެއަށް އައެވެ. ސިޓިންގްރޫމްގައި އޭނާގެ މަންމަ އާއި ބައްޕަ ތިއްބެވެ. އެމީހުން ފެނުމާއެކު އޭނާ އައިސް ސޯފާގައި އިށީ އިނދެލިއެވެ.

“ދަރިފުޅު ތި އައީ ދޯ؟” އާހިލްގެ ބޮލުގައި ފިރުމާލަމުން ޝިއާމައްތަ ބުނެލިއެވެ.

” ދޭ އެއްޗެހި ބަދަލުކޮއްލައިގެން ބައްޕަ އާއެކު ކޮފީއެއް ބޯލަން އަންނަން”.

” އާ އެބަ އަންނަން އިނގޭ ބައްޕާ”.

ހެވިލާފައި އެހެން ބުނެލުމަށްފަހު، ރީތި ތަނަވަސް ސިޓިންރޫމް ގައި ހިނގާފައި ގޮސް އާހިލް ވަނީ ކޮޓަރިއަށެވެ. މަޑުމަޑުން ކޮޓަރިއަށް ވަދެވުމާއެކު، އާހިލްއަށް ލިބުނީ ސިހުމެކެވެ. އޭރު އެނދުމަތީގައި އޮވެ މެހެކް ރޮނީއެވެ.

އާހިލްގެ ހިތަށް އެތައް ހާސް ސުވާލެއް ޖަމާވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް މެހެކް ގާތުގައި އިށީއިނދެލިއެވެ.

” މެހެކް މަގޭ ލޯބި ރާނީ” ކީއްވެ ތިރޮނީ؟ ކަމެއްވީތަ އަނެއްކާ.؟ ބަލީތަ؟  ހާސްވެފައި ހުރެ އެއް ނޭވާއިން، އާހިލް ސުވާލު ކޮއްލިއެވެ.

މެހެކް ކަރުނަ ފޮހެލަމުން ކޮޅަށް ތެދުވިއެވެ. ދެން ދިއްކޮއްލީ ސިޓީ އުރައެކެވެ. “އާހިލް އަހަރެން…” މެހެކް ބޯ ހޫރުވާލަމުން އަނެއްކާވެސް ރޯން ފެށިއެވެ.

އާހިލް ވެސް ކޮޅަށް ތެދުވަމުން އަވަސް އަވަހަށް އެ ބަލާލިއެވެ. އެވަގުތު އޭނާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ” ޕޮޒިޓިވް”. ހަމަ އެސިކުންތުގައި އާހިލް ގާތަށް ހިނިއައެވެ. އުފަލުން ގޮސް އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ.

” އާހިލް އައި އެމް ޕްރެގްނެންޓް”. މެހެކް އާހިލް ގައިގައި އޮޅުލައިގަންނަމުން ހޭންފެށިއެވެ

” އަލްހަމްދް ﷲ.. ވަރަށް ވަރަށް އުފާވެއްޖެ.. ކިހިނެއް އެނގުނީ؟” މަންމަ މެންނަށް އެނގޭނެތަ؟.

” ދުވަސްކޮޅެއް ވެއްޖެ ކުޑަކޮށް ބޯ އަނބުރާތާ.. އެހެންވެ ސިއްރުން ޓެސްޓް ހަދާލީ..މަންމަ އަށް ވެސް ނޭނގި ހޮސްޕިޓަލަށް ދިޔައީ..” މެހެކް ހެމުން ކިޔާދިނެވެ.

“އަސްލުވެސްތަ؟ ހާދަ ދުވަހެއް ވެއްޖެއޭ، މި ދުވަހަށް އިންތިޒާރު ކުރާތާ”. މެހެކް ގެނެސް ގަޔާލާ ބޮނޑިކޮއްލަމުން އާހިލް ބުނެލިއެވެ.

” އާހިލް….ތިރިވެލާ ބަލަ އަޅެ” އާހިލްގެ މޭމައްޗަށް ގައިގެ ބާރު ދޫކޮއްލައިގެން ހުރެ މެހެކް ބުނެލިއެވެ.

އާހިލް ކަކޫ މައްޗަށް ތިރިވެލުމުން، އާހިލްގެ ބޮލުގައި ހިފައި މެހެކްގެ ބަނޑުގައި އާހިލްގެ ކަންފަތް ޖައްސާލިއެވެ.

” ސިއްރު ސިއްރުން ބައްޕާއޭ ގޮވާ އަޑެއް ނީވޭތަ؟”.

އެވަގުތު އާހިލް ބަސް ހުއްޓުނެވެ. ކުރިއަށް ވުރެ ބާރަށް މެހެކްގެ ގައިގައި ބައްދަލިއެވެ.

މި ހިނދުކޮޅު ތެރޭގައި މި ގާތްކަމާއި މި ލޯބީގައި މުޅި އުމުރު ހޭދަވާނެ ނަމައޭ ވީ އުފަލުން މެހެކް ހިތަށް އެރިއެވެ.

އެއް ހަށިގަނޑެއް ހެން އެކުވެފައި އާހިލް އާއި މެހެކް ތިއްބެވެ. އެވަގުތު މެހެކް އަށް މަޑުމަޑުން ލޯމަރާލެވުނެވެ. އޭނާއަށް ލިބުނު އެތައް ހާސް ހިތާމަތަކެއްގެ ފަހަތުގައި ހީވެސް ނުކުރާ ވަރަށް ހުރި އުފާތައް އެނގޭނީ ކާކަށް ހެއްޔެވެ؟ އޭނާގެ ލޯބިވާ ފިރިމީހާގެ ހައްޤުގައި އޭނާ ވަމުން ދިޔަ ޤުރުބާނީގެ އަގު މާތް ރަސްކަލާނގެ އެދެއްވީ އޭނާ ހީވެސް ނުކުރާފަދަ ފުރިހަމަ ކޮށެވެ. އާހިލް އާއި އެކު ދިރިއުޅުމާއިގެން އޭނާ ދާނީ ކުރިއަށެވެ. އިރާދަކުރެއްވިއްޔާ މުޅި އުމުރު އޭނާ ހޭދަކުރާނީ އެގޮތުގައެވެ. ލޯބިވާ ފިރިމީހާގެ ހައްޤުގައެވެ.

(ނިމުނީ)

 

 

47
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

ޖުވާ ކުޅުމާއި އެސް.އެމް.އެސް އިން ނަސީބު ވަޒަން ކުރުން.

Next

ހުވަފެން (6)

Next
March 2, 2017

ހުވަފެން (6)

Previews
March 1, 2017

ޖުވާ ކުޅުމާއި އެސް.އެމް.އެސް އިން ނަސީބު ވަޒަން ކުރުން.

47 Comments

  1. Petite says:
    March 2, 2017 at 3:17 am

    Wowwww!! Hama speechles!! Varah reethi. . Keekey dhn bunaanee.. thaureef koh koh nunimeyne. Meee varah varah reethi story eh.. just wowwww. ?????❤❤❤❤

    1. Petite says:
      March 2, 2017 at 3:19 am

      I ‘m the first dhw ?
      Shafu u are the best.. love you n your stories.. ???

    2. shafu says:
      March 2, 2017 at 3:22 am

      Petite love u too.. v ufaa vehjje.. thankx alot thi dhin supportah.. ???

    3. Petite says:
      March 2, 2017 at 3:22 am

      Alhey mi story hama nimunu ey dhw.. varah varah varah reethi ingey..❤❤❤ shafuge new story eh fennaanetha kuriyah oiythaa? Just asking ingey cox i love your story a lot.. ?

    4. shafu says:
      March 2, 2017 at 8:38 am

      Labba new story eh liyan eba visnan.. ekam adhi dvaskolheh fahun.. fehnaane yagynunvx in sha Allah ?

  2. shafu says:
    March 2, 2017 at 3:19 am

    Finally story nimuny.. ? mi story aky kudhinnah kamudhiya story eh kamah uhmydh kuran.. adi alhugandah support dhin hurihaa kudhinnah v haahsakoh thankx ingey.. love u all.. ??❤❤

    1. Petite says:
      March 2, 2017 at 3:23 am

      Love you more ??❤❤

    2. shafu says:
      March 2, 2017 at 11:49 pm

      ??❤

  3. Fan says:
    March 2, 2017 at 5:23 am

    Amazingly beautiful..with different unexpected twists
    May Allah bless u with success dear ☺️☺️❤️

    1. shafu says:
      March 2, 2017 at 11:52 pm

      Thankkx fan.. ? ❤❤

  4. Ulya says:
    March 2, 2017 at 5:42 am

    Very nice…????wa!ting for your new story

    1. shafu says:
      March 2, 2017 at 11:53 pm

      Thankx ulya.. ❤❤ new story eh liyan visnan eba.. ekam dvaskolheh fahun

  5. Shy says:
    March 2, 2017 at 8:22 am

    Alhey hama rangalhaves rovijje. Vaahaka varah reethi. Thanks shafu.

    1. shafu says:
      March 2, 2017 at 11:55 pm

      Thankx shy ahvx.. ❤❤

  6. Anjee says:
    March 2, 2017 at 9:43 am

    Wow v salhi story eh mi…kurin mi stry feney esfiya in but kiyaa hitheh nuvey..heekuri ehaa reecheh nuvaanekamah..mihaar hithah araa mee ey esfiyaa ga in ehme nice stry aky….naseebehnuh kiyun kan…shafu u are a perfect writer..dhn konirakun shafu ge new stry eh kiyaalan libeyni…

    1. shafu says:
      March 2, 2017 at 11:56 pm

      Aslvxtha.. hehe thankx alot anjee.. kiyaalyma v ufaavehje ?

  7. Esfiya says:
    March 2, 2017 at 9:45 am

    Salhi vara furihama

    1. shafu says:
      March 2, 2017 at 11:57 pm

      Thankx esfiya ❤❤

  8. Azu says:
    March 2, 2017 at 9:48 am

    Just wow……?????❤❤

    1. shafu says:
      March 2, 2017 at 11:58 pm

      Thankx azu ❤❤

  9. princes says:
    March 2, 2017 at 10:03 am

    Haada avahah tininmaalee adi digukurinama
    .

    Superb

    1. shafu says:
      March 3, 2017 at 12:00 am

      Thankx princes..❤❤ hehe kudakoh thafaathkoh nihmaalan kamah..

  10. Dhondhooni says:
    March 2, 2017 at 10:29 am

    WOWW…
    VARAH REETHI….
    abadhuves hithaharaa aahil ei shiyaamaahtha ge dhariekey
    ekamu migothahvaanekamakah hiehnukuran..v reethi
    thanx shafu..new story akah inthizaarukuran

    1. shafu says:
      March 3, 2017 at 12:02 am

      Hehe..thankx dhondhooni.. ? ahil shiyamahtage darieh hen hyvi dhw.. hehe.. new story eh gehnan adi dvaskolheh nagaane.. nihmaafa dhn new story up kuran fashaany in sha Allah

  11. ely says:
    March 2, 2017 at 11:51 am

    Wow ? beautifull story. All the best ?

    1. shafu says:
      March 3, 2017 at 12:03 am

      Thankx ely❤❤

  12. DESTINY says:
    March 2, 2017 at 11:54 am

    varah salhi. hama habeys. start another story plx. thn aa vsahaka eh fashaa avahah. cant wait to see more of your stories. hama thivareh neh. OBINESS TO THE MAX!!!

    1. shafu says:
      March 3, 2017 at 12:04 am

      Thankx destiny.. ❤❤ liye nihmafa in sha Allah genesdeynan

  13. Kiuntheri eh says:
    March 2, 2017 at 12:02 pm

    Amazing!! Speechless!!

    1. shafu says:
      March 3, 2017 at 12:05 am

      Thankx kiyuntheriya. ❤❤

  14. 404 Error! says:
    March 2, 2017 at 1:15 pm

    wow ????
    haadha reehchey ??
    asluves varah salhi hama bunaane ehcheh ves neygunu.❤❤
    shafu ge new stwry akah varh inthizaaru kurevey eba…☺?? waiting waiting…

    1. shafu says:
      March 3, 2017 at 12:06 am

      Thankx 404 error.. in sha Allah genesdeynan new story eh. Ekam dvaskolheh fahun

  15. allu says:
    March 2, 2017 at 2:08 pm

    V v v v reethi hama bunaane ehves ehcheh nei Chen liyaa vaahakaves hama mihaareethi vaane kamah ummydhu kuran v v v molhu

    1. shafu says:
      March 3, 2017 at 12:10 am

      Vv ufaavejje.. in sha Allah try kuraanan ☺☺☺☺

  16. Aphy says:
    March 2, 2017 at 3:15 pm

    Wow..v nyc..hama 1 vana hehe..v salhi feshunves nimunves..kiyunu story thakun vv kamudhiya story eh mee..adhives mikahala ithuru storythah kiyaalan libeyne kamah heekuran..keep it up dear?

  17. shafu says:
    March 3, 2017 at 12:09 am

    Thankx aphy..in sha Allah libeyne adi kiyaalan

  18. Thihoooooo says:
    March 3, 2017 at 1:27 pm

    Varah lobi story ah igaa mee you am the world best story for me . love you and your story . ma hama abadu vas think kuraany you am my best friend forever.

  19. rain says:
    March 3, 2017 at 2:37 pm

    Shafu my v v rythi story eh. ??..story ge hurihaa poster ga e huhnany eh kujjehtha? Vattar hen hyvany. V furihama ingey masha Allah

  20. shiu says:
    March 3, 2017 at 4:29 pm

    Rovihje…..vvv reethi

  21. Ahmed Fayax says:
    March 29, 2017 at 8:54 pm

    Wow… Vvvvvvvv salhi vaahaka eh… Hama ehaa dherave 2 lolun fen ves ai… ????

  22. shafu says:
    April 21, 2017 at 9:39 pm

    vvvvvvv reethi ..

  23. Wishy says:
    May 20, 2017 at 7:41 pm

    Best story eva..

  24. Wishy says:
    May 20, 2017 at 7:41 pm

    Hama rovihje..Best story eva..

  25. sis says:
    May 30, 2017 at 9:08 am

    Wow vvvvvvv reythi :-*

  26. Angry birds says:
    November 17, 2017 at 5:11 pm

    Mi vahaka kiyafa ahannah vx vv rovijje.. My mi site ga in enme salhi Vahaka.. Hama hyvany aslu kuri mathin sifa vaa hen… V Nice.. Shafu ge ehen vahaka eh liyany Kn irakun.. I am waiting ingey.. Vv salhi aslu.. Mioh hurihaa dhuvas vy iru vx mi vahaka eh nueh kiyey.. Ehnve kurin comment nukurevuny.. Shafu vahaka eh liyane kamuga inthizaaru ga.. Mi comment fenunyma replyeh kohlache Shafu plxxxxxx

  27. ގަގަ says:
    June 30, 2018 at 4:19 pm

    amazing <3 <3 <3

  28. ifaasha says:
    April 10, 2019 at 12:38 am

    Gorgeous❤

Comments are closed.

All Right Reserved!