ޔައިނާ ގޮސް ކޮޓަރިއަށް ވަނުމަށްފަހު މޭޒުމަތި ހުސްކުރިއެވެ. ޔާއިން އަންނާނެ އިރަކަށް އޭނާއަށް ނީންދެވޭނޭ މިހާރު މަސައްކަތް ފެށުމުން ފަސޭހަވާނޭ ހިތާ އޭނާ އެކަމާއި އުޅުނެވެ. މޭޒުމަތީ ހުރި ހުރިހާ ފޮތްތަކާއި އިތުރު އެހެނިހެން ސާމާނުތަށް އެނދުމަތީ އެއްފަޅިއަކަށް ބަހައްޓާލުމަށްފަހު މުހިންމު ސާމާނުތަށް މޭޒުމަތީ ބެހެއްޓިއެވެ. ޕްރޮޖެކްޓްގެ ގޮތުން އެއްވެސް ލިޔުމެއް ޕްރިންޓް ކުރެވިފައި އޮންނަން ނުޖެހޭތީ މުޅި އެތި ޖެހޭނީ އަތުލިޔުމުން ލިޔާށެވެ. ހުއްދަ އޮތީ ހަމައެކަނި ޕްރިންޓް ކުރި ފޮޓޯތަށް ޖެހުމުގައެވެ. ޔައިނާ […]
“ކޮބައިތަ އެ ނުބައި ހައިވާނަކީ؟ މަށަށް އެހައިވާނު ފެންނަ ދުވަހަކީ އޭނަގެ އެންމެ ފަހު ދުވަސް.” ހުޒާމް ކައިރީގައި ހުރި ބޮޑު ޖަނބުރޯލު ގަހަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. އޭރު އޭނާ ރުޅިއައިސްގެން ތުރުތުރުއަޅައެވެ. ސާރާއަށް އެހެން ހެދި މީހަކު އެނގިއްޖެނަމަ އޭނާ އެމީހަކު ދުލެއް ނުކުރާނެއެވެ. ސާރާއަކީ އޭނާގެ ފުރާނައަށްވުރެވެސް ލޯބިވާ ކުއްޖެކެވެ. އެހެންވީއިރު ސާރާއަށް އެފަދަ ދެރަގޮތެއްވާން އޭނާއަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟ ދުވަސްތައް ފާއިތުވަމުން ދާވަރަކަށް މަޑުމަޑުން ސާރާ ހަމައަކަށް އެޅެމުން އާދެއެވެ. […]
ެ. ކައިރީގަ ތިބި މީހަކަށް ބެލުމެއްނެތި އަހަރެންގޮސް އަތުގަ ހުރި ޖޫސްތަޓި އެ ކުއްޖާ މޫނަށް ޖެހީމެވެ. ” ވަޓް ދަ ހެލް..” އެކުއްޖާ ރުޅި ވެރި ކަމާއެކު އަހަރެންނަށް ބަލާލަމުން ބުނެލިއެވެ. ބަލާކަށް ނުހުރެ އޭނަ އަތު ހުރި ޖޫސް ތަށިވެސް އަހަރެން މޫނަށް ޖެހިއެވެ. އަދި އިތުރަށް ހައިކަލްއާ ގާތްވެލިއެވެ. ހައިކަލްވެސް ހެވިފަ އަހަރެންނަށް ބަލަން ހުއްޓެވެ. އަހަރެން ރުޅިގަދަވެގެން އިތުރު ގޯހެއް ނުހެދެެނީސް އެތަނުން ދާން ހިނގައިގަތީމެވެ. އެއް ފަރާތެއްގަ މަންމައާ ބައްޕަ […]
އެހެން ނަމަވެސް ތަންކޮޅެއް އަވަހަށް އަހަރެންނަށް އާދެވުމުން އަޔާނީގެ މަންމަމެން އަދި ގޭގައި އުޅޭނެތީ އެ ގެޔާ ތަންކޮޅެއް ދުރުގައި ހުރި ފުނަ ގަހެއްގެ ކައިރީ މަޑުކޮށް ލައިގެން ހުރީމެވެ. އެހެން ހުރި އިރުވެސް އަހަރެން ހުރީ ފުރުސަތަކަށް ބަލަ ބަލަ އެވެ. މިގަޑި އަކީ އާންމުކޮން އަޔާނީގެ މަންމަ ކޮއްކޮ ގޮވައިގެން ބޭރަށްދާ ގަޑިކަން ކުރިން އަހަރެންނަށް އެނގިފައި އޮތުމުން ދެން ގޭގައި އުޅޭނީ އަޔާނީ އެކަނިކަން އަހަރެންނަށް ޔަޤީން ވާތީއެވެ. ހަވީރި ވިވީ ހެން […]
“ޒޭން… “ ޒެއިނާ ގޮވަމުންދިޔައީ އޮފީހުގެ ކޭންޓީނުގައި އޭނާގެ ކުރިމަތީ ވާގޮތަށް ކޮފީބޯން އިން ޒޭން އާއެވެ… “ މިހާރު ހަތަރުވަނަ ފަހަރަށް ތި ގޮވީ ޒެއީ.. ދެން ތި ވެގެން އުޅޭ ގޮތެއް ބުނެބަލަ.. “ ޒޭން ބުނެލިއެވެ… ޒޭން އާއި ޒައިނާ އަކީ އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ.. މި ދެމީހުންނަކީ ވެސް މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ މީހުންނެވެ.. . ޒެއިނާ އަކީ އޭނަގެ މަންމް އާއި ބައްޕަގެ ހަމައެކަނި ހުރި ދަރިފުޅެވެ.. […]
އިރުކޮޅަކުން މީހަކު އަހަރެންގެ ގައިގައި ބީހެން ފެށިއެވެ. އަދި އަންނައުނު ބާލުވާ އުކާލިއެވެ. އެހިސާބުން އަހަރެންވެސް ލޯހުޅުވާ ތެޅިގަތީމެވެ. ނަމަވެސް އެއީ މާކުރިން ވެސް އެހެންވާނޭކަމަށސް ތައްޔާރުވެގެން ހުރިކަހަލައެވެ. އަހަރެންގެ އަތާފައި އެއްސުމަށްފަހު އަނގަޔަށް އަހަރެންގެ ނައިޓީ ގެންވުމަށްފަހު މަޑު މަޑުން ނިޒާމްބެ އަހަރެންނާ ގާތް ވަމުން ދިޔައެވެ. އަހަރެންވެސް ތެޅިފޮޅެމުން ދިޔައީ މިނުބައި އަމަލު ހިންގާ މީހާގެ ވަކިތަކުން ސަލާމަތް ވެވޭތޯއެވެ. އަހަރެންގެ ނަސީބުވެސް އަހަންނަށް ފިލީއެވެ. އަހަރެންދެކެ ލަދުންނެވެ. އެ ނުބައި މީހާ އަހަރެން […]
“ޝުބް.. އަހަރެމެންގެ ހައްޔަރުގައި އެބަ ހުރި ރާޖް ސާރ އާ ޝާކިންއާ ދެމީހުން ވެސް.. ޝުބް ކަންބޮޑުވެދާބެތީ ނުބުނީ..” އަރޫންގެ އެ ބަސްތަކާއެކު އަހަރެން ސިހިފައި އޭނާއަށް ބަލާލީމެވެ. ޝަކުވާގެ ނަޒަރުން އޭނާއަށް ބަލަން ހުރިއިރު އަހަރެންގެ ދެލޯ ފެންކަޅިވެ، މަޑުމަޑުން ފުސްވަމުން ދިޔައެވެ. ކޯތާފަތް މައްޗަށް ކަރުނަތައް އޮހިގަތް އިރުވެސް އަރޫން ފާޑަކަށް އަހަންނާ ދިމާ ބަލަން ހުއްޓެވެ. އަހަރެން މި ދެރަވަނީ ކީއްވެ ހެއްޔެވެ؟ ރާޖް ސާރ އާއި ޝާކިން އަތުލައިގަނެވުމުން އަހަރެން ވާންވީ […]
” މެހެކް ދަރިފުޅާ” ޝިއާމައްތަ އައިސް މެހެކް ގެ ގާތުގައި ހުއްޓިލިއެވެ. ” ދަރިފުޅު ތި ހުންނަނީ އެކައްޗެއްވެސް ނުކާ މިއަދުވެސް. ކޮންމެވެސް އެއްޗެއް ކާލަން އުޅޭ”. މެހެކްގެ ބޮލުގައި ފިރުމާލަމުން ޝިއާމައްތަ ބުނެލިއެވެ. ” ޝިއާމައްތަ އަށް އެނގޭތަ؟ މިއަދަކީ…. އަހަންނާއި އާހިލްގެ ކައިވެންޏަށް ހަތް މަސްވީ ދުވަސް. ވަރަށް ހަނދާންވޭ އާހިލް މަތިން”. މެހެކް އިސްޖަހާލަމުން ބުނެލިއެވެ. އެއަޑު އިވިފައި ޝިއާމައްތަ ވެސް ދެރަވިއެވެ. ” ދަރިފުޅާ ހިނގާބަލަ އެއްޗެއް ކާލަން..”. ބުނާނެ އެއްޗެއް […]
މެންދަމުގެ ވަގުތެވެ. ހުޒާމް އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. އެހެން ރޭރޭ އޭނާއަށް ނުނިދިފައި އޮންނަނީ މާޒީގެ ހަނދާންތައް އުނދަގޫކުރާވަރުންނެވެ. އެހެނަސް މިރޭ އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ މިއަދު ހަވީރު ފެނުނު އަންހެންކުއްޖާއާއެވެ. މީގެ ކުރިން ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަކަށް އެފަދަ ގޮތެއް ނުވެއެވެ. ނަމަވެސް މިއަދު އެފެނުނު ކުއްޖާގެ ސަބަބުން އޭނާގެ ހިތަށް ލޮޅުމެއް އަރައިފިއެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް ހަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. ޕަރީއެއްފަދަ އެރީތި އަންހެންކުއްޖާ ހުޒާމްގެ ސިކުނޑިން ވަގުތުކޮޅެއް ހޯދައިފިއެވެ. […]