Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމަންޓް 4ބީ (ފަސްވަނަބައި)

shama shuaib
March 2, 2017
4 Mins Read
48 Views
10 Comments

މާޒީގެ އުކިފައިވާ ގަނޑުތަކުގެ ތެރެއިން ނިކުމެވުން އިރު ޝަމްހާންއަށް ވަނީ ރޮވިފައެވެ. ފުރޮޅިލަ ފުރޮޅިލާ އެނދުމަތީ އޮއްވާ ފަރްހީން ގުޅަންފެށިއެވެ.” ޝަމް…އަމް.. ކެން އައި ކަމް އޯވާ..؟ އަސްލު މިއަދު ވަރަށް އެކަނި ފީލް ވާތީ… އެންޑް މަންމަމެން މަތިންވެސް ވަރަށް ހަނދާންވޭ… އައި ޑޯންނޯ ވަޓްސް ރޯންގް” ފަރްހީން ވެސް މިއަދު އުޅެނީ އެކަނި ވާތީއެވެ. މަންމަމެންގެ މަތިން ހަނދާންވާތީއެވެ. އޭގެ އިތުރުން އެ ފޮތުގެ ސަބަބުން ހިތުގައިވަނީ ހިޔާލްތަށް ގިންވެ ފުނިޖެހެން ފަށާފައެވެ. އޭނާ މިވާހަކަތައް ޝަމްހާން އަށް ކިޔާދޭން ނުލާހިކު ބޭނުންވެއެވެ. ނަމަވެސް ނޭންގޭ ސަބަބަކާހުރެ ކިޔާދޭން ފަސްޖެހެވެނީއެވެ. ކޮންމެ ގޮތެއްވިޔަސް މިއަދު ކިޔައިދޭން އަޒުމު ކަނޑައަޅާ ފަރްހީން އޭނާގެ އަތް ދަބަހަށް އެ ފޮތް ލުމަށް ފަހު ޝަމްހާންމެން ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ވަގުތަކީ މެންދުރުގެ ހެނދުނުގެ ހޫނުގަދަ ވަގުތުކަމުން ފަރްހީން ވަނީ ދާހިއްލާ ފޯވެފައެވެ. ޝަމްހާންމެން ގެއާ ހިސާބަށް އާދެވުމާއެކު ފަރްހީން ހަމަޖެހިލަމުން އޭނާގެ މޫނު ފޮހެލިއެވެ. އަދި ލިފްޓަށް އަރާ ހަވަނަ ބަޔަށްދިޔުމަށް އެނަންބަރަށް އޮބާލިއެވެ. ލިފްޓުގެ ދޮރު ހުޅުވުމުން ފަރްހީން  ދުވެފައި ގޮސް ޝަމްހާންގެ ގޭތެރެއަށް ދެމިގަތެވެ. އޭރު ބޮސްގަނޑެއް އެޅުމުގެ މަސައްކަތުގައި ޝަމްހާން އަވަދިނެތި އުޅެމުން ދިޔައެވެ. ފަރްހީން އަވަސްވެގަތީ ދެތަށި ކޮފީ ހެދުމަށެވެ.

ދެމީހުން އެއްކޮށް ސައިބުއީ އެކިއެކި މަޖާ ވާހަކަ ދައްކަމުންނެވެ. މިދެއެކުވެރިންނަކީ އާއްމުކޮށް އެކަކު އަނެކަކުގެ ގެއަށްގޮސް މިގޮތަށް އުޅޭ ދެކުދިންނެވެ. ނަމަވެސް ދާދި ފަހުން ފަރްހީންއަށް އައި ބަދަލު ތަކުގެ ސަބަބުން އެކުގައި ހޭދަކުރާ ވަގުތު މަދު ވެފައި ވީނަމަވެސް އަނެއްކައި ވެސް ދެމީހުންގެ ތަރޭގައި ކުރިންއޮންނަ ގާތްކަން ގާއިމު ވިއެވެ. ފަރްހީންވެސް ޝަމްހާން ހުކުރުން އައުމުން ހުރިހާ ވާހަކައެއް ކިޔާދޭން ނިންމިއެވެ. އަދި ދެމީހުންވެގެން އެ އަނހެންކއްޖާ އާ އޭނާގެ ދަރިފުޅު ސަލާމަތް ކޮށްދޭން ނިންމިއެވެ.

އެކި އެކި ވާހަކަ ދައްކަމުންގޮސް ފަރްހީން އެންމެފަހުން ފުށްކޮތަޅު ހިފައިގެން އައިސް ޝަމްހާގެ ގަޔަށް އޭތި އޮއްސާލިއެވެ. ދެމީހުން އެގޮތުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ވަރުބަލި ވެގެން ސޯފާގައި ޖައްސާލިއެވެ. ހަގީގަތުގައި އެ ގުޅުމަށް އެކުވެރިކަމުގެ ނަމުން ނަން ދީގެން އުޅުނަސް ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށްޓަކައި ވަނީ ހަގީގީ ލޮއެއްބެވެ. ނަމަވެސް އެކުވެރިކަމަށް ބުރޫއަރައިފާނެކަމުގެ ބިރަށް ބުނަން ފަސްޖެހެވެނީއެވެ. ހުކުރުވަގުތު ވުމުން ޝަމްހާން ފެންވަރައިލައިގެން ހުކުރަށްދާން ރީތިވިއެވެ. އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ޝަމްހާން ފެންނަލެއް ނުލާހިކު ރީއްޗެވެ. ފަރްހީން ހިތުން ޝަމްހާންއަށް ހާސްފަހަރު ތައުރީފު ކުރިއެވެ.

“ކިހިނެއްވި މާވަރަކަށް ތިބަލަނީ..ލޯބި ލޯބި ބެސްޓީ..” ޝަމްހާން އެހެންބުނުމާއެކު ފަރްހީން މޫނަށް ވައްތަރެއްޖައްސާލިއެވެ.”ޖަހާ ކުނި ވައްތަރުން..ޝަމްމުއަށްވުރެ ފަރް މެންގެއަށް ކުނިއުކަން އަންނަ މީހާވެސް ރީތި.”ޝަމްހާންވެސް ދޫނެރުމަށްފަހު ދެން އެމީހާ އިންނަންވީނޫންހޭ ބުނުމަށްފަހު މުސައްލަ ހިފައިގެން ނިކުތެވެ. ފަރްހީން ހެމުން ހެމުން ގޮސް ބަދިގެއަށްވަދެ ނޫޑްލްސް އިން ސޫޕް ހެދިއެވެ. ޝަމްހާން ހުކުރުން އައީ އެއްގަޑި ދެހިއެއްވަނިކޮށެވެ. އޭރު ފަރްހީން މޭޒުމައްޗަށް ތަށިތައް ނަގަނީއެވެ. ކައި ނިމިގެން ވާހަކައެއް ދައްކަން އެބައޮތްކަމަށް ފަރްހީން ޝަމްހާން ގާތު ބުންޏެވެ.

“އޭ. ޑޯންޓް ޓެލްމީ…އެ މީހާޔާ އިންނަން ވީ އޭ..ހަލޯ” ފަރްހީން އާ ދިމާކޮށްލަމުން ޝަމްހާންއަށް އައި ފޯނު ކޯލަށް ޖަވާބު ދިނެވެ. ފޯނު ބޭއްވިއިރު އޭނާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހާސްކަން ފެންނަން ހުއްޓެވެ. ފަރްހީންވެސް ކަންބޮޑުވުމާއެކު ވީ ކިހިނެއްތޯ ސުވާލު ކިރިއެވެ.” ފަރް ބައްޕަ ވަރަށް ބަލި. އައި ނީޑް ޓު ގޯ….” ޝަމްހާންގެ ދެލޯ ވަނީ އޭރު ފެންކަޅިވެފައެވެ. ” އަވަހަށް ދޭ ޓިކެޓް ހަމަޖައްސަން.. އަންނަން ވާއިރަށް ޕެކް ކޮށްދޭނަން.” ޝަމްހާންވެސް ލަސް ކުރުމެއްނެތި އަވަސްއަވަހަށް ނިކުމެގެން ދިޔައެވެ. ފަރްހީން އަވަސްވެގަތީ ޝަމްހާން އަންނަން ވާއިރަށް ދަބަހަށް އެއްޗެހި އަޅާދޭށެވެ.

އެދުވަހުގެ ފަހެއްގެ ފްލައިޓުން ޖާގަ ލިބުމުން ޝަމްހާން އެދުވަހު ފުރިއެވެ. ފަރްހީން އަނެއްކާވެސް މާޔޫސް ވިއެވެ. އެއްކަމަކުން އަރައި ނުގަނެވި އުޅެނިކޮށް އަނެއްކަމަކާ ކުރިމަތިވީއެވެ. މިއަދު ހުރިހާ ވާހަކައެއް ކިޔާދޭން ނިންމައިގެން ހުރި ފަރްހީން އަށް އަނެއްކާވެސް ލަސްވީއެވެ. އެންމެ ފަހުން ފަރްހީން އަމިއްލަޔަށް އެކުއްޖާއަށް އެހީވެވޭތޯ ބަލަން ނިންމިއެވެ. ނަމަވެސް އެކުއްޖާ އުޅޭތަނެއްވެސް ނޭންގޭއިރު އެހީވާނީ ކިހިނެއްތޯ ފަރްހީންގެ ހިތަށް އަރަމުން ދިޔައެވެ. އެފޮތުގައި ވާގޮތުންނަމަ އެގެ ހުންނަނީ ކޮންމެސް ބޯޅަ ދަނޑެއްގެ ކުރިމަތީގައެވެ.

އެންމެ ފަހުން ފަރްހީން އަނެއްކާވެސް އެ ފޮތް ހާވަން ފެށިއެވެ. އިތުރު އެއްވެސްތާކު އިތުރު ނަންބަރެއް ނުވަތަ ނަމެއް ލިޔެފައިވޭތޯ ބެލުމަށެވެ. ފަރްހީންގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. ފޮތުގެ އެންމެ ފަހަތު ޞަފްހާގައި ނިޒާމް ގެ ނަމުގައި ނަމްބަރެއް އިނވެ. އަވސްއަވަހަށް ފަރްހީން އެ ނަންބަރަށް ގުޅިއެވެ. އެކޮޅުން ފޯނު ނެގީ ބަރު އަޑެއްގެ ވެރި ފިރިހެނެކެވެ. އެމީހާގެ އެންމެ ލަފްޒަކުންވެސް ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. “މްމްމް…ކުއްޖަކު ލިބިދާނެތަ؟ އަހަރެންގެ ރަހުމަތްތެރިއަކު މި ނަންބަރު ދިނީ..ބުނި ވަރށް ފައްކާ ކުއްޖެކޯ ގެން ގުޅެނީ..ހާހެއް ދޭނަން. ” ފަރްހީންވެސް އަޑު ބަރު ކޮށްލަމުން ހިތްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ. އަދި އެ ކުއްޖާއާ ބައްދަލު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފަރްހީން ގަބޫލު ކުރިއެވެ. ފަރްހީން އެހެން ބުނުމާއެކު އެކޮޅުން އެމީހާ ހީލިއަޑު އިވުނެވެ.

ފަސްވަރަކަށް މިނެޓު ފަހުން ދާންވީ އެޑްރެހާ އެޕާރޓްމަންޓް ނަންބަރު ލިޔެފައިވާ މެސެޖެއްއައެވެ. ފަރްހީންވެސް މިރޭ އަށްގަޑި ބަޔަށް ގަޑި ކިޔެވެ. އަށެއްޖަހައިފިއެވެ. ލޯގަނޑު ކުރިމަތީ ހުރިފަރްހީން އަށް ބަލައިލުމަށްފަހު އެއީ އަންހެން ކުއްޖެކޭ އެކަކުވެސް ނުބުނާނެއެވެ. ކޯޓު ފަޓު ލޫނު ލައިފައި ވީއިރު ފިރިހެން އިސްތަށިގަނޑެއް ޖަހާ ސަޅި ގޮތަކަށް ހިއްލާލާފައިވެއެވެ. އަދި ހަމަ އެހެންމެ ތުނި ތުނބުޅުއެއް ހިތްޕާފައިވީއިރު އެކަކަށްވެސް އެއީ ފަރްހީންކަމެއް ދެނެއެއް ނުގަނެވޭނެއެވެ. އެހާވެސް ފަރްހީން ބަދަލްވެފައިވާލެއް ފުރިހަމައެވެ. އަށްގަޑިބައިވީއިރު ފަރްހީން ހުރީ ދީފައިވާ އެޑްރެހުގައެވެ. ޖީބުން އެއްހާސް ރުފިޔާ ނެގުމަށްފަހު އެ ފިރިހެން މީހާއާ ހަވާލް ކުރުމަށްފަހު ފަރްހީން ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

ކޮޓަރިތެރެ ވަނީ ވަރަށް ފުރިހަމަށް ތައްޔާރު ކޮށްފައެވެ. ރަތް ފިނިފެންމަލު ގެ ފިޔަތަކުން ކޮޓަރި ޒީނަތްތެރި ކުރެވިފައިވީއިރު އުއްބަތީގެ އަލިން ކޮޓަރިވަނީ އަލި ކުރެވިފައެވެ. އެއްލި ކަޅިއަކުން އެނދުގައި އިންއަނހެން ކުއްޖާ ފަރްހީންގެ ލޮލުގައި އަޅައިގަތެވެ. ކަޅުކުލައިގެ ކުރުހެދުމެއްގައި އިން އެހަންހެން ކުއްޖަކީ ޝަމްހާކަން ފަރްހީން ދެނެގަތެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ފަރްހީން އެ އަންހެންކުއްޖާގެ ދެ ކޮނޑުގައި ހިފާ ނެގިއެވެ. އޭރު މުޅިމީހާ ތުރުތުރު އަޅަމުން ދިޔައެވެ. އެލޯ ކަރުނުން ފުރިފައިވީއިރު ވަނީ އިސްޖެހިފައެވެ. އެންމެފަހުން ކެތްނުވެގެން ޝަމްހާއަށް ރޮވުނެވެ. ފަރްހީން ޝަމްހާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. ކަޅުކަންގަދަ ކަޅިއެކެވެ. ދޮގު އެސްފިޔަތަކެކެވެ. ދޮންވަށް މޫނެކެވެ. އެ ލޯވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. މޫނުވަނީ މިލާފައެވެ. އެފޮތުގައި ވާގޮތުންނަމަ މިހާރު ޝަމްހާއަށް ތިރީސް އަހަރުވާނެއެވެ. ނަމަވެސް ފެންނަ ފެނުމަށް އުމުރުން ވާނީ ފަންސަވީހަކަށް އަހަރެވެ.

“އަހަރެން ދޫކޮށްލާ..ހެޔޮނުވާނެ….” އެ އަޑު ކުރެހިގެން ދިޔައެވެ. ފަރްހީންވެސް އޭނާގެ ފޭކު އިސްތަށިގަނޑާ ތުނބުޅި ނައްޓާލުމަށްފަހު ޝަމްހާއަށް ހަގީގަތްކިޔާދިނެވެ. އަދި މިއައީ އެހީވާންކަމަށްބުނެ ފަރްހީން ޝަމްހާއަށް އެކިގޮތްގޮތުން ހިތްވަރު ދިނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޝަމްހާ ފަރްހީންގެ ގައިގައި ބައްދާލިއެވެ. ސަތާރަ އަހަރުވަންދެން އޭނާކުރި ދުޢާ އިޖާބަކުރއްވީތީ ﷲއަށް ހަމްދު ކުރިއެވެ. “ހާސްނުވޭ….އަހަރެންގެ ވަރަށް ކްލޯޒް ފްރެންޑެއް ހުންނާނެ…އޭނަ އައިމަ ހުރިހާކަމެއް ވެސް ރަނގަޅުވާނެ. އަހަރެމެން ދެމީހުންވެގެން ޝަމްހާ މިތަނުން ސަލާމަތް ކޮށްދޭނަން. އެކަމު އަދިފަސް ވަރަކަށް ދުވަސް ވެދާނެ. އެކަމު ހާސް ނުވޭ..އަހަރެން ވަރަށް މޮޅުގޮތެއް ވިސްނާފަ އޮންނާނީ.”

ފަރްހީން އޭނާގެ ރޭވުން ޝަމްހާއަށް ކިޔާދިނެވެ. ޝަމްހާހުރީ ކިތަންމެ ބިރުން ކަމގައި ވީނަމަވެސް އޭނާވެސް ދެން މިޖަލުގައި އުޅޭކަށް ބޭނުމެއްނޫނެވެ. ސަމާއަށް އުފާވެރި މުސްތަގްބަލެއްވެސް ހޯދަދޭން އެބަޖެހެއެވެ. ވީއިރު ލިބުނު ފުރުސަތުގެ ބޭނުންހިފަން އޭނާވެސް ނިންމިއެވެ. ތިރީސް މިނެޓުފަހުން ފަރްހީން އަނެއްކާވެސް ތުނބުޅިޔާއެއްޗެހި ޖެހުމަށްފަހު ކޮޓަރިން ނިކުތެވެ. ފުރަތަމަވެސް ބޭރަށް އެޅި ފަޔަވަލާއެކު ގޮސް ޖެހުނީ ނިޒާމްގެ ގައިގައެވެ. އަނެއްކާ ނިޒާމް އެމީހުންގެ ވާހަކަތައް އަޑުއެހީ ނޫންބާއޭ ފަރްހީން ގެ ހިތަށް އެރިއެވެ. ވަގުތުން ފަރްހީންގެ ގައިން ދާހިއްލާލިއެވެ. ނޭވާއަވަސްވެ މުޅިމީހާ ފިނިވިއެވެ. ފަރްހީންގެ ކުރިމަތީ އެހުރީ ބޮޑު އިސްކޮޅުން ދިގު ވަރުގަދަ ފިރިހެނެކެ. ދޮރު ވެސް ހުރީ ނިޒާމްގެ ފުރަގަހަށް ވާގޮތަށެވެ. ދެން ސަލާމަތެއް ނުވެވޭނޭ ފަރްހީންގެ ހިތް ބާރަށް ގޮވަމުން ދިޔައެވެ.

ނުނިމޭ…

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shama shuaib

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ހުވަފެން (6)

Next

އިންތިޒާރުގައި ހުރިން.. (8)

Next
March 2, 2017

އިންތިޒާރުގައި ހުރިން.. (8)

Previews
March 2, 2017

ހުވަފެން (6)

10 Comments

  1. Anonymous says:
    March 2, 2017 at 11:24 am

    vaahaka vvvvv reethi.. thankolheh kury..bt its ok.. up soon.. waiting for another part

  2. Naa says:
    March 2, 2017 at 1:25 pm

    Wow……

  3. Maree says:
    March 2, 2017 at 1:42 pm

    VV reethi

  4. 404 Error! says:
    March 2, 2017 at 1:43 pm

    wow varah salhi ?? ekm maakuru…

  5. princes says:
    March 2, 2017 at 1:49 pm

    Next ephisode thankolheh avahah genes dehchey

  6. shafu says:
    March 2, 2017 at 2:19 pm

    wow v reethi =) ekam maakury…….

  7. imagination says:
    March 2, 2017 at 6:29 pm

    thanks everyone… <3 next ep in sha allah on sat

  8. shuzy says:
    March 3, 2017 at 12:02 am

    V v reethi inthzàru mikuranne next part annaane dhuvahakah

  9. muggy says:
    March 6, 2017 at 6:51 pm

    v v reethi story eh..v dhuvas kollaafa story eh mi kilyaaly mihaa rythi..waiting for another part…keep it up ingey…

  10. imagination says:
    March 7, 2017 at 6:34 pm

    alheyy.. thanks everyone.. <3 really appreciate ur luv. hiyehves nukuran age in kuda vi ma mihaa support libifa luv libeyne kamakah ves… thanks.. u all are my encouragement <3 <3 <3
    and v sorry.. next sundayga story upp kohdheveyyni…gaumii vaahaka dhehkumuge mubaaraai nimuniima

Comments are closed.

All Right Reserved!