މާޒީގެ ހަނދާންތަށް އާވުމުން އެ ހިތުގައި ރިއްސާލިއެވެ. އަދި ކިހާ ދުވަހަކު މިހެން އެކަހެރިވެ އިނދެ ހިތާމަ ކުރަން ޖެހޭނެ ހެއްޔެވެ؟؟ އަމާންގެ ހިތައްއެރިއެވެ. ހިތް ޝަކުވާއިން ފުރެމުން ދިޔައިރުވެސް އެންމެ ލަފްޒެއްވެސް ދުލާ ހަމަޔަށް ނައެވެ. އަފްހަމް ސައިކަލާ އައިސް އަމާންގެ ކައިރިއަށް މަޑުކޮށްލީ އަމާން އެ ހިތާމައިގައި ވަނިކޮށެވެ. ހިޔާލުތަކުން ބޭރުވުމަށް އަމާން ލޯ މަރާލި ވަގުތު ކުރިމަތިން އަފްރީންގެ ސޫރަ ފެނުމުން ސިހިފައި ދެލޯ ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ބޭއިހްތިޔާރުގައި އަފްރީންގެ ނަންވެސް […]
އެއްވެސް ވަރަކަށް ރަނގަޅުވޭތޯ ޓެސްޓް ކޮށްލީކަމަށް ސަމާހުބުނެ ތެދުވެގެން އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ނަމަވެސް ސާދިޔާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ދީނާއަށް އެކަން ފާހަގަކުރެވުމުން މަންމަ ތީނީ ކިހިނެއްވެފައިހޭ އަހާލިއެވެ. ސާދިޔާ: މިހާރު ކޮންދުވަހެއް ދަރިފުޅު ހުއްޓާނުލާ ތިއެއްޗެހި ކިޔަވާތާ. އެކަމަކު އަދިވެސް ރަނގަޅުނުވޭ. މަންމައަކަށް އެއްވެސް ކުރިއެރުމެއް ތި ކުރާ ކަމަކުން ނުފެނޭ. ދީނާ: މަންމަ ތިހެން ނުވިސްނަބަލަ. ކޮންމެކަމެއްވެސްވާނީ ރަނގަޅަކަށޭ. ނިކަށް ވިސްނާލަބަލަ، މިކަމެއް ދިމާނުވިނަމަ އަހަންނަށް މިހާ ބަދަލެއް ނައީސް އެއްނު. މިކަމުގެ […]
އިރު ފެނުން ތޮޅެލީ މާލޭގެ މަގުތަކަށް ހަލަބޮލިކަން ގެނެސްދެމުންނެވެ.އާދައިގެ މަތިން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ތެރެ ވެސް ފެންނަނީ މަގުތަކޭ އެއްފަދައިން ހަލަބޮލި ކށެވެ. އަތްމަތި އަވަސްކުރަމުން ޒާހިރު ދިޔައީ ކުޑަކުދިންގެ ވާޑުގައި އޮތް އޭނާގެ ޙާއްސަ ބަލިމީހާގެ ހާލަތު ބެލުމަށެވެ.އެއީ މީގެ ދެދުވަސް ކުރިން ވަރަށް ބޮޑަށް ފިހިގެން ގެނެވި އިމަރޖެންސީގައި ފަރުވާ ދެވެމުންދާ ުއުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެ.ވެ.ރޭ ދަންވަރުއްސުރެ އެނދުގއި ބޯ ޖަހައިލައިގެން އޮތް ހަސަންފުޅަށް މީހެއްގެ ހިލަން ވިހެން ހީވުމާއެކު ނިދި […]
އައިސާ އޭނާއަށް އަށް މާމަކިޔާ ކުޑަ އަންހެން ދަރިފުޅު އުރައިލައިގެން ޖޯއްޔާއި ދިމާއަށް ހިނގައިގަތެވެ. މިއީ އައިސައަށް ކޮންމެހެންވެސް ކުރަންޖެހިފަވާ ކަމެކެވެ. އެއީ މިއަދު އެ ތުއްތު ކުއްޖާ ބަލަން ދެވަނަ މީހަކު ނެތީމައެވެ. އެތުއްތު ކުއްޖާގެ މަންމަ ވަނީ އެކުއްޖާ ވަރަށް ކުޑައިރު އަމިއްލައަށް މަރުވެފައެވެ. އެ ކުޑަކުޑަ ދަރިފުޅުގެ ދެލޯ ސިފަކޮށްދެނީ އެކުއްޖާގެ މަންމައެވެ. އެ ޖަންބެއްފަދަ ލޯބިލޯބި ތުންފަތް ހަރަކާތްކޮށް ރޮއެލުމުން ހަމަ މަންމައާއި ވަތްކެއްވެސް ނުވެއެވެ. އާދައިގެ މަތީން ތުއްތު ދަރިފުޅުގެ […]
ގޭގެ ބޮޑުދޮރު ތަޅުދަނޑިން ހުޅުވާލިއަޑަށް ބަރަކާ ބަލާލިއިރު އާޔަން މަސައްކަތްތަށް ނިންމާފައި އައިސް ގެއަށް ވަނީއެވެ. ބަރަކާ ލެޕްޓޮޕް ނިއްވާލާފައި އުފާވެރި ހިނިތުންވުމަކާއެކު އާޔަންއަށް މަރުހަބާކީ ލޯބިން ބައްދާލަމުންނެވެ. ނަމަވެސް އާޔަން ބަރަކާ ކުޑަކޮށް ދުރުކޮށްލާފައި މިހިރީ ހަޑިވެފައި ކަމަށް ބުންޏެވެ. ބަރަކާ ތިއައީ ކޮންމަސައްކަތެއްގަ އުޅެފަތާ އެހީ މޫނުމަތިން ވަރަށް ވަރުބަލިކަން ފެންނަމުންދާތީއެވެ. އާޔަން ގޮސް އެތާއިން ގޮނޑީގައި އިށީނދެ އަރައިގެންހުރި ބޫޓް ބާލަން އިނދެ ވާހަކަދެއްކިއެވެ. އާޔަން: މިއައީ އަލަށްހެދި އިމާރާތެއްގަ ކަރަންޓް މަސައްކަތު […]
ސީޑީ ޑްރައިވް ހުޅުވާލުމާއިއެކު ޔުއާންއަށް ގަބޫލު ނުކުރެވިފައި ބަލަން އިނދެވުނީ އޭނާ މިއަދު ހޯދި ސީޑީ އޭގައި އޮތްތަން ފެނުމުންނެވެ.އެ ފެނުމާއިއެކު ޔުއާންއަށް ވާނުވާވެސް ރޭކާލައިފިއެވެ. އޭނާ އިއްޔެ ގެންދިޔަ ލެޕްޓޮޕް ބައިންދާފައި ގޭގައި އިން ލެޕްޓޮޕް މިއަދު ގެންދިޔައީ އޭގައި މީޓިންއަށް ބޭނުންވާނެ ބައެއް އެއްޗެހި ހުރީމައެވެ.އިއްޔެ ގެންގުޅުނު ލެޕްޓޮޕަށް އެ ޗެކްކުރަން ލެއްވިގޮތަށް އޭނާއަށް އެ އޮތީ ސީޑީ ހަދާންނެތިގެން ނުނެގިފައެވެ.އެކަމަކު އޭނާއަށް އެކަން މިގަޑީ ނުވިސްނި ކުރިން ވިސްނުނު ނަމަ ކޮންފަދަ ހެއްޔެވެ؟އޭނާ […]
އަވަސްވަމުން ދިޔަ ހިތް ހަމަޔަކަށް އަޅުވާލަމުން އަމާން އަފްރީންއާއި ދުރަށް ޖެހިލިއެވެ. އަފްރީންްވެސް ހަމަބިމަށް އާދެވުމުން މޫނަށް ވައްތަރެއް ޖައްސާލީ އޭނާ އެއްކޮށް ތެމިފައި ހުރުމުންނެވެ. އޭރު ދެންތިބި މީހުން ތިބީ އަފްރީން މޫނަށް ޖައްސައިގެން ހުރި ވައްތަރުން މަޖާވެފައެވެ. “އަދި ވެސް އުޅޭތި ފެން ޖަހަން” އަފްހަމް އަފްރީންގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ. “މޮޅުވިކަމަށް ހީނުކުރާތި އަފޫ ތެންމަން ހަދައިގެން ތިއެންމެން ތި ތިބީ ތެމިފަ” އަފްހަމްއާއި ދިމާލަށް ދޫނެރެލާފައި އަފްރީން ގޮސް ކޮޓަރިއަށް ވަނެވެ. […]
އިޝާނަމާދު ކޮށްލައިގެން ޔަމީނާ ނުކުތީ ލޫތު ކިޔާވަރުން އޭނަޔާއެކު ބޭރަށް ދިއުމަށެވެ. ކޮޓަރިން ނިކުތްއިރު ނާދިރާ އާއި ރަޝީދު ތިބީ ކާމޭޒު ކައިރީ ރޭގަނޑު ކެއުމަށް އިންސާފުކުރާށެވެ. ޔަމީނާ ފެނުމުން އެދެމީހުން ދައްކަމުން އައި ވާހަކަ ހުއްޓާލާފައި ޔަމީނާ އަށް ސަމާލުކަން ދިނެވެ. ޔަމީނާ ލޫތުއާއެކު ބޭރަށްގޮސްލާފައި އެބައަންނަމޭ ބުނުމުން ރަޝީދު ބޯޖަހާލީ އެކަމަށް ހުއްދަ ދިނުމަށެވެ. ގެއިންނިކުތްއިރު ލޫތު އިނީ ސައިކަލުމަތީ ޔަމީނާގެ އިންތިޒާރުގައެވެ. ޔަމީނާ ފެނުމުން ހާދަލަހޭ ކިޔާފައި ޝަކުވާކޮށްލިއެވެ. ސައިކަލު ގޮސްހުއްޓީ ބީޗް […]
“އާނ. އަހަރެން ކޮންމެފަދަ ގޮތަކަށް އުޅެން ޖެހުނަސް ވާންގެ އަނތްބެއްގެ ގޮތުގަ އުޅެން ބޭނުން.” މިއުވާންގެ ދެލޮލަށް ބަލަން އިނދެ ރުކާން ބުނެލިއެވެ. އެހެން ބުނުމާއެކު ރުކާން މިއުވާންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. މިއުވާން މަޑުމަޑުން ރުކާން އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި ރުކާންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން މަޑުމަޑުން ރުކާންގެ މޫނާއި ގާތްވަމުން ދިޔައެވެ. ދެމީހުންގެ ހޫނު ނޭވާ އިހުސާސްވާހާ ގާތްވިތަނާ ޖެހި ބާރު ގުގުރިއަކާއެކު މުޅިތަން އަލިވެގެން ދިޔައެވެ. ލިބުނު ސިހުމުގައި ރުކާންއަށް […]