އަަަޅުގަނޑު މި ސައިޓަށް ލިޔަންފެށި “ބަދުނާމް” މި ވާހަކަ ގެނެސްދިނުމުގައި ދިމާވި ވަރަށް ބޮޑު ޓެކްނިކަލް އެރާރ އެއްގެ ސަބަބުން ދެން އެވާހަކަ ތިޔަ ބޭފުޅުންނާއި ހަމައަށް ނުގެސްދެވޭނެ ވާހަކަ ދަންނަވާލަން. އަދި އެކަމަށް ނިހާޔަތަށް މައާފަށް އެދެން. އޭގެ އިތުރުން މިހާރު އަޅުގަނޑު އަނެއްކާވެސް ތިޔަ ކިޔުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ “ވާގޮތް ބުނަން ދަތިވޭ” ގެ ފުރަތަމަ އެޕިސޯޑް ބުނެފައިވާ ފަދައިން މިރޭ ގެނެސްދޭނެ ވާހަކަ ދަންނަވާލަން. (ޝުކުރިއްޔާ)
މިވާހަކައަަަަަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ އަށް ހަާއްސަކޮށް ލިޔަން ގަސްތުކޮށްފަވާ ވާހަކައެކެވެ. އެކުވެރިޔާގެ ނަމަކީ ޒައިނާ އެވެ. ވީމާ ޒައިނާ ، މި ކުއްޖާއާއި އެކު ވާހަކައިގައި އުޅޭ ފިރިހެން ބަތަލުގެ ނަން ކަނޑައެޅުމަށް އެދި ތިޔަ އެންމެހާ ކިޔުންތެރިންނަށް ހުޅުވާލަމެވެ. ހުށައަޅާ ނަންތަކުން އެންމެ ކަމުދާ ނަމެއް 29 ޖޫން ވާ ހޯމަ ދުވަހު ގެނެސްދޭ ވާހަކައިގެ ފުރަތަމަ ބައިގައި ހިމަނާލަދޭނެ ވާހަކަ ދަންނަވާލަން.
އައިސާ އޭނާއަށް އަށް މާމަކިޔާ ކުޑަ އަންހެން ދަރިފުޅު އުރައިލައިގެން ޖޯއްޔާއި ދިމާއަށް ހިނގައިގަތެވެ. މިއީ އައިސައަށް ކޮންމެހެންވެސް ކުރަންޖެހިފަވާ ކަމެކެވެ. އެއީ މިއަދު އެ ތުއްތު ކުއްޖާ ބަލަން ދެވަނަ މީހަކު ނެތީމައެވެ. އެތުއްތު ކުއްޖާގެ މަންމަ ވަނީ އެކުއްޖާ ވަރަށް ކުޑައިރު އަމިއްލައަށް މަރުވެފައެވެ. އެ ކުޑަކުޑަ ދަރިފުޅުގެ ދެލޯ ސިފަކޮށްދެނީ އެކުއްޖާގެ މަންމައެވެ. އެ ޖަންބެއްފަދަ ލޯބިލޯބި ތުންފަތް ހަރަކާތްކޮށް ރޮއެލުމުން ހަމަ މަންމައާއި ވަތްކެއްވެސް ނުވެއެވެ. އާދައިގެ މަތީން ތުއްތު ދަރިފުޅުގެ […]