އައި.ޖީ.އެމް.އެޗް ގެ ހަލަބޮލި މާހައުލުގައި ދެކޮޅުދެކޮޅަށް ހިނގާލަހިނގާލަ ހުރިމީހާގެ މޫނުމަތީގައި އިންތިހާދަރަޖައިގެ ނުތަނަވަސްކަމާއި ކަންބޮޑުވުންފާޅުވެވެހުއްޓެވެ. އޭނާގެ އަންްހެނުން ވިއްސާކޮޓަރިއަށް ވެއްދިތާމިހާރު ބައިގަޑިރުވާންވެފައިވާއިރު އަދި އޭނާ ތަނަކު ހަމަޖެހިލައިގެން ނުހުރެވެއެވެ. އެންމެފުރަތަމަ ދަރިފުޅު އުފަންވާއިރު ބައްޕައެއްގެ ހިތުގައި އުފެދޭވަރުގެ ހާސްކަމެއް މިފަހަރުވެސް އޭނާއަށްް ކުރެވޭކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މިފަހަރު އޭނާގެެއަންހެނުން ބަލިވެއިނީއްސުރެ ހުޅެނީ އަބަދުހެންބަލިވެއެވެ. ” ފާތިމަތު ޒިޔާދާގެ އެހީތެރިއެއް” ހާސްވެކަންބޮޑުވެފައިވާ ހިޝާާމްގެ ހިނގުމަަށް ހުއްޓުމެއްއައީ އޭނާގެ އަންހެނުންގެ އެހީތެރިޔާއަށްގޮވާލުމުންނެވެ. ” ކިހިނެއްތޯވީ.. އަޅުގަނޑުމީ ޒިޔާދާގެ ފިރިމީހާ..” […]
“ނާސް އެކަހަލަ ކަމެއް ނުކުރާނެ.” “ވާން ޤަބޫލުނުކުރިޔަސް އެއޮތީ އެކަން ވެފައެއްނު. ހުރިހާ ކަމެއް ފެނުނީމަވެސް އެކަން ޤަބޫލުކުރާކަށް ނޫޅޭ. ވަރުގަދަ ލޯތްބެއް ތިވަނީ.” ރުކާން އެހެން ބުނެލުމުން މިއުވާން ގާތަށްވެސް ރުޅިއައެވެ. “ރުކޫވެސް އަހަރެންނާ ތިގޮތަށް ތިވާހަކަ ދައްކާކަށް ނުޖެހޭނެ. އަހަރެންނަކަށް ނުވިސްނޭ ރުކޫ ނާސްދެކެ ތިހާ ރުޅިއަންނަންޖެހޭ ސަބަބެއް. އަހަރެންނަށް މިހާރު ހީވާކަހަލަ ރުކޫގެ އަތެއްވެސް މިކަމުގަ ވެޔޭ.” މިއުވާން އައިސްފައިވާ ރުޅީގައި ބުނެވުނެވެ. “ވަޓް!!؟ ތިބުނަނީ އަހަރެންނޭތަ އިއުނާސް މަރާލީ!!؟ ރުކާންއަށް ލިބުނު […]
“ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438” އަކީ 1438 ވަނަ އަހަރުގެ ރޯދަ މަހާއި ގުޅުވައިގެން އެސްފިޔަ.ކޮމް އިން ކުރިއަށް ގެންދާ ކުރުވާހަކަ މުބާރާތެކެވެ. މިބުރާތުގެ މަޤްޞަދަކީ ދިވެހި އަދަބިއްޔާތާއި، ދިވެހިބަހުން ކުރުވާހަކަ ލިޔުމަށް މީހުން އިތުރަށް ޝައުޤުވެރި ކުރުވުމާއި، އެރޮނގުން ކުޅަދާނަ ލިޔުންތެރީންތަކެއް އުފެއްދުމާއި، ދިވެހިބަހުން ލިޔެފައިވާ ފެންވަރު ރަނގަޅު ދީނީ ކުރުވާހަކަތަކެއް ދިވެހި ދަރީންނަށް ލިބިދިނުމެވެ. މިމުބާރާތުގެ ވަނަތަކާއި ވަނަ ހޮވޭގޮތްތައް އަދި މުބާރާތުގެ ޤަވާއިދު ތިރީގައި އެވަނީއެވެ. މިމުބާރާތަށް ވާހަކަ […]
އަހަރެންނަކީ ބައްޕައެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އާއެކެވެ. އަހަރެންނަކީ ބައްޕަގެ ރީނާއެވެ. އަހަރެންގެ ހުރިހާވެސް މީހަކީ ބައްޕައެވެ. އަހަރެން އުމުރުން ތުއްތު އިރު އަހަރެންގެ މަންމަ ވަނީ އަހަރެންނާ އަހަރެންގެ ބައްޕަ ދޫކޮއް ފިލާފައެވެ. އަހަރެން ގެ މަންމައެ ނެއް ކަމަކު، އަހަރެންގެ ބައްޕަ އަހަންނަ އެކަން އިހުސާސް ވިޔަކަ ނުދެއެވެ. ބައްޕަ އަހަންނަ އެހާވެސް ލޯބި ދެއެވެ. އަހަރެން ހޭދަކުރަމުން މި ދަނީ އުފާ ވެރި ދުވަސް ތަކެކެވެ. ދުވަހަކު ހިތާމަޔަކާ ކުރިމަތި ނުލާމީހެކޭ […]
އިރުކޮޅަކު އެހެން ހުރެފައި ކައިރީ ހުރި ނަރުސް ކުއްޖާއަށް އަތުން އިޝާރާތް ކުރަމުން ވާޑުން ނުކުންނަން ހިނގައިގަތެވެ.ކަރުނަފހެމުން ހަސަންފުޅުވެސް ނުކުމެގެން ހިނގަައްޖެ އެވެ. ޒާހިރު އޭނާގެ ކެބިންއަށް ވަދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. ގޮނޑީގައި އިށީނދެ މޭޒުގައި ބޯ ޖަހާލިއެވެ. އެއީ ކާކުބާ އެވެ؟ އެމީހާ އެކިޔަނީ ކީކޭ ހެއްޔެވެ؟ޒާހިރަކީ ދުވަހަކުވެސް ރާއްޖެތެރޭ ރަށަކަށް ދިޔަ މީހެއްވެސް ނޫނެވެ.ދިރިއުޅުމުގެ ކަޅުއަނދިރިކަމުގައި ވަނިކޮށް އޭނާއަށް މިކުރިމަތިވީ ކޮންފަދަ ކަމަކާ ހެއްޔެވެ؟މިހުރިހައި ކަންތައްތަކާ ވިސްނުމުން މީހާ އިތުރަށް ހާސްވުން ނޫން […]
އަހަރެންގެ އަޑުއަހާނެ އެއްވެސް މީހަކު މިދުނިޔެއަކު ނެތް. އަހަރެންގެ މޭގައި މި ރިއްސާ ރިއްސުން އަދި ހިތުގައި އަޅާވޭން އެނގެން ބޭނުންވާ އެކަކުވެސް ނެތް. އަހަންނަކަށް އަހަރެންގެ ދަރިންގެ އެ ފޫހިވެފައިވާ މޫނު އަބަދު ބަލާކަށް ކެތެއްނުވޭ. މި ހިތްދަތިކަމަކީ ނިމުމެއް ނެތްކަމެއްފަދަ. އަހަރެން މަރުވުމުންނޫނީ މި ހިތްދަތިކަމަކަށް ނިމުމެއްނާންނާނެ ކަންނޭގެ. އެހެންބުނެވުމާއެކު އެ ދައްތައަށް ގިސްލެވެން ފެށުނެވެ. ސާރާ އަވަސް އަވަހަށް އެ ދައްތަގެ ކޮނޑުމަތީ އަތް ބާއްވާލީ ހިތްވަރުކުރާށޭ ބުނާފަދައިންނެވެ. އެއްބަޔަކު އެގަދަ ކަނޑުގެ […]
މިހާރު އޭނާއަށް ވާނުވާ ކޮންމެސް ވަރަކަށް ރޭކާ ލައިފިއެވެ.ޔުއާން ހިތާމަ ކުރަނީ އެކުއްޖާ މިއަދު މިދުނިޔޭގައި ނެތީމައެވެ.އެންމެ ގާތުގައިވީ އިންސާނާ ދުނިޔެ ދޫކޮށް ދިޔައީމަ ވާނީވެސް އެހެންތާއެވެ.އެކަމަކު އެކުއްޖާ އެންމެ ފަހަރަކުވެސް މަރުވެފައި ވެދާނެކަމަށް ދިމްރާއަށް ވިސްނާލެވިފައެއް ނެތެވެ.އެކުއްޖާ ދެކިލާ ބައްދަލް ކޮށްލަން ބޭނުންވެފައި އިން ދިމްރާއަށް އެހާ ބޮޑު ޝޮކެއް ލިބުނީ އެހެންވެއެވެ. “މަރުވީއޭ…ކީއްވެ؟” އެހެން ބުނެލި އިރުވެސް ދިމްރާގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. “މާ ބޮޑަކަށް ނޭނގޭ..ކުޑަދޮރުން ވެއްޓުނީ ކަމެއް ނުވަތަ ފުންމާލީ ކަމެއް..އެކަމު […]
“ނުގަންނާނެ.” “ޔަޤީންތޯ؟” މިޝްކާ ސުވާލު ތަކުރާރުކޮށްލިއެވެ. ރުކާން ބޯޖަހާލުމާއެކު މިޝްކާ ލޯމަރާލިއެވެ. އެޔާއެކު އޭނާގެ ގަޔަށް އާދަޔާ ޚިލާފު ބާރުގަނޑެއް އަރާފައި އޭނާގެ ހަށިގަނޑުން ރަންކުލައިގެ ވިދުމެއް ފާޅުވިއެވެ. ބަލަބަލާ ހުއްޓާ ކަރުން ފެށިގެން ހެދުންވެސް ރަންކުލައިގެ މުޅިން އެހެން ޑިޒައިނަކަށްވާ ކަކުލާއި ހަމައަށް ހުރި ހެދުމަކަށް ބަދަލުވިއެވެ. ދެން ބުރަކަށިން މަޑު ދިލައެއް ނަގާފައި ލޭސްކޮޅެއްފަދަ ރަންކުލައިގެ ދެ ވަރަގަނޑު ފާޅުވީ ހިނދު އެދެލޯ ރަންކުލައިން ދިއްލިގެން ދިޔައެވެ. ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން ރުކާންގެ ބޮލަށް […]
ދަތުރު ދިގުވެ ކުއްލިއަކަށް ލޯންޗުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލައިފިއެވެ. ލޯންޗުގެ ކެޕްޓަންގެ އެއްވެސް އިޚްތިޔާރެއް އެކަމުގައި ނެތްކަހަލައެވެ. އޭނާވެސް އިނީ ގޮތް ހުސްވެފައެވެ. އޭނާ ދަތުރު ފެށީ ހުރައަށް ދާށެވެ. ނަމަވެސް ލޯންޗުގެ ވަށައިގެން އެރި ދުންތަކާއެކު ލޯންޗުގައިހުރި ޖީޕީއެސް ނިވުނުފަހުން އޭނާއަށް މިހާރު ލޯންޗު ދަތުރުކުރަމުން މިދަނީ ކޮންތާކަށްކަމެއް ނޭނގެއެވެ. އޭނާ އެކަން އެހެންމީހުންނަށް އަންގަން މަސައްކަތްކުރި ނަމަވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ކުޑަމިނުން އެމީހުންނާ ދިމާއަށް ބަލާވެސްނުލެވުނެވެ. ހީވަނީ އިންތަނަށް ގަނޑުވެފައި […]