Skip to content
އެސްފިޔަ

އިއުނާސް (11)

“އާނ. އަހަރެން ކޮންމެފަދަ ގޮތަކަށް އުޅެން ޖެހުނަސް ވާންގެ އަނތްބެއްގެ ގޮތުގަ އުޅެން ބޭނުން.” މިއުވާންގެ ދެލޮލަށް ބަލަން އިނދެ ރުކާން ބުނެލިއެވެ. އެހެން ބުނުމާއެކު ރުކާން މިއުވާންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. މިއުވާން މަޑުމަޑުން ރުކާން އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި ރުކާންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން މަޑުމަޑުން ރުކާންގެ މޫނާއި ގާތްވަމުން ދިޔައެވެ. ދެމީހުންގެ ހޫނު ނޭވާ އިހުސާސްވާހާ ގާތްވިތަނާ ޖެހި ބާރު ގުގުރިއަކާއެކު މުޅިތަން އަލިވެގެން ދިޔައެވެ. ލިބުނު ސިހުމުގައި ރުކާންއަށް މިއުވާންގެ ގައިގައި ބައްދައިގަނެވުނު ގޮތްވެސް ނޭނގުނެވެ. އެފަދަ ގޮތެއް ވެދާނެކަމަށް ވިސްނާވެސްނުލާ އިންދާ ކުއްލިއަކަށް ރުކާން އެގޮތަށް ބައްދައިގަތުމުން މިއުވާންއަށް ހަށިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. މިއުވާން އެނދުމައްޗަށް ވެއްޓެން ދިޔަ ވަގުތު ފައިން ޖެހިފައި ލެޕްޓޮޕްވެސް ދިޔައީ ވިއްސައިގެންނެވެ. މިއުވާންއަށް ލެޕްޓޮޕް ވެއްޓެން ދިޔަ ދިމާއަށް ބަލާލެވުނު ވަގުތު ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު މަންޒަރުންނެވެ.

މިއުވާން ހަރަކާތެއްވެސް ކޮށްނުލާ އޮތުމުން ރުކާން މިއުވާންއަށް ބަލާލިއެވެ. އޭރު މިއުވާންގެ ދެލޯ ބޮޑުކޮށްލެވިފައިވާއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އެނދުގެ އަނެއް ފަރާތަށެވެ. އެހެންކަމުން ރުކާންވެސް އެނބުރި ބަލާލީ އެނދުގެ އަނެއް ފަރާތަށެވެ. އޭރު އޭނާގެ ހިތުގައި ގޮތްނޭނގޭ ބިރުވެރިކަމެއް އުފެދިފައިވެއެވެ. ރުކާންއަށްވެސް ފެނުނު މަންޒަރުން މިއުވާންގެ ގަމީސް އަތުތެރޭ ބޮނޑިކޮށްލަމުން ކުރިއަށްވުރެވެސް ބާރަށް ހިފަހައްޓާލެވުނެވެ. އެނދާއި ހަމައިން މަތީގައި ލެޕްޓޮޕް ހުއްޓިފައި ހުރިތަން ފެނުމުން އޭނާއަށް ހިންދިރުވާލެވުނެވެ. ދެމީހުން ކަޅިޖަހާނުލާ ތިއްބާ މަޑުމަޑުން ލެޕްޓޮޕް ތިރިވަމުން ގޮސް ތަށިމުށިތަކުމަތީ ޖެހުނު ގޮތުން ހީވީ ނުފެންނަ އަތަކުން މަޑުމަޑުން ލެޕްޓޮޕް ތިރީގައި ބެހެއްޓީހެންނެވެ. އެޔާއެކު ފެނުނީ ރޮނގެއްހެން ކަޅު ދުންތަކެއް ގޮސް ލައްޕާފައިވާ ކުޑަދޮރުގެ ދެދޮރުފަތް ދޭތެރެއިން ބޭރަށް ނުކުތްތަނެވެ. މިއުވާންއަށް ހަމަބިމަށް އާދެވުނީ އޭނާއަށް ބަރުކަމެއް އިހުސާސްވުމުންނެވެ. އޭނާ ބަލާލިއިރު އޭނާގެ ގައިމަތީގައި ކަހަލަ ގޮތަކަށް އޮތް ރުކާންގެ ހެޔެއްނެތެވެ.

“ރުކޫ! ރުކޫ! އޭތް ރުކޫ! ލޯހުޅުވަބަލަ.” މިއުވާން ރުކާން ރީތިކޮށް އެނދުމަތީގައި ބާއްވަމުން ހާސްކަމާއެކު ރުކާންގެ މޫނުގައި މަޑުމަޑުން ޖަހާލަމުން ގޮވަމުން ދިޔައެވެ. ނަމަވެސް ރުކާން އެއްވެސް ހަރަކާތެއް ކޮށްނުލިއެވެ. އެހެންކަމުން އޭނާ އެނދުކައިރީ ހުރި ކުޑަ މޭޒުމަތީގައި ހުރި ފެންފުޅިން އަތަށް ފެންފޮދެއް އަޅާލަމުން ރުކާންގެ މޫނަށް ބުރުވާލިއެވެ. ދެތިން ފަހަރަކު އެހެން ހަދާލިއިރަށް ރުކާން އެސްފިޔަތައް ތަޅުވާލަމުން ލަސްލަހުން ލޯހުޅުވާލިއެވެ. އެދެލޮލުގައިވާ ބިރާއި ސިހުން މިއުވާންއަކަށް ސިއްރެއްނުވިއެވެ.

“ކޮބާ؟ ކޮބާ އޭތި؟” ރުކާންއަށް ކޮޓަރިތެރެ ހޯދާލަމުން އަހާލެވުނެވެ. އެއަޑުންވެސް އޭނާ ބިރުގެންފައިވާވަރު މިއުވާންއަށް އެނގުނެވެ.

“އެއްވެސް އެއްޗެއް ނެތޭ މިތާކު؟” ރުކާންގެ ހިތްހަމަޖައްސައިދިނުމަށްޓަކައި މިއުވާން އެހެން ބުނިއިރު އޭނާގެ ހިތުގައިވެސް ކޮންމެވެސް ވަރަކަށް ބިރުވެރިކަންވިއެވެ. ނަމަވެސް އޭނާ އެކަން ހާމަނުކުރީ މިވަގުތު އޭނާ ބަލިކަށިވެއްޖެނަމަ ރުކާން މާބޮޑަށް ބިރުގަންނާނެކަން ވިސްނޭތީއެވެ.

“ނޫން. އޭތި ދެންމެވެސް މިތާ އުޅުނޭ. ވާންގެ ލެޕްޓޮޕް މަތީގަ ހުއްޓާ ވާންއަށްވެސް ފެނުނެއްނު.” ރުކާން އަދިވެސް އިނީ ސިހިސިހިއެވެ.

“ކޮންއިރަކު؟” މިއުވާންގެ އަޑަށް ހައިރާންކަން ވެރިކުރުވަމުން އަހާލީ އެއްވެސް ކަމެއް ނޭނގޭ މީހަކު ފަދައިންނެވެ.

“ކާކު ލެޕް އެނދުމައްޗަށް ލީ؟” ރުކާންއަށް އެނދުމަތީ އޮތް ލެޕްޓޮޕް ފެނުމުން ހައިރާންވެފައި އަހާލިއެވެ. ޚުދު މިއުވާންވެސް އިނީ އެސުވާލުގެ ޖަވާބު ނޭނގިފައެވެ. އޭނާ އެ ނުނަގާކަން އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެހެންވީއިރު އެ އެނދުމައްޗަށްލީ ކާކު ހެއްޔެވެ؟

“ރުކޫއަށް ނިދުނީނު. ރުކޫއަށް ނިދިފަ އޮއްވާ އަހަރެން އެ ނެގީ.” މިއުވާންއަށް ދޮގުހަދަން އުނދަގޫވީނަމަވެސް ހާލަތަށް ވިސްނާފައި ރުކާންއަށް އޮޅުވާލަން މަސައްކަތްކުރިއެވެ.

“ނޫން. އަހަރެން ނުނިދަން. އޭތި ފެނުނީމަ އަހަރެން އަނބުރައިގަތީ. އަހަރެން ރަނގަޅަށް ހަނދާން އެބަހުއްޓޭ ވާން. އަޅެ ވާން. އަހަރެން ދައްކާ ވާހަކަ ޤަބޫލުކޮށްބަލަ. ހެޔޮނުވާނެ. މިގޭގަ ރޫޙާނީ އެއްޗެއް އެބައުޅެޔޭ. ނޭނގެ ކީއްވެކަމެއް. އޭތި ބޭނުންވަނީ އަހަރެމެން ދެމީހުން ދުރުކުރަން. ނޫންނަމަ ކީއްވެ އަހަރެމެންނަށް އުނދަގޫކުރަންވީ؟” ރުކާން އެހެން ބުނުމުން މިއުވާންއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. މިރޭ ފެނުނު ކަންތަކުން އެގޭގައި ރޫޙާނީ ކަންތައްގަނޑެއް އުޅޭކަން އޭނާއަށްވެސް ޔަޤީންވެއްޖެއެވެ. ނަމަވެސް އެއެއްޗެއް އެދެމަފިރިންނަށް އުނދަގޫކުރަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ފަންޑިތަވެރިއެއްގެ އެހީ ހޯދަންވީބާއެވެ. ނަމަވެސް އެއީ އޭނާ ހާދަ ނުރުހޭ ކަމެކެވެ. ފަންޑިތަވެރިންނަކީ ފައިސާއަށް ބޫތުކައިފައި ތިބޭ ބައެކެވެ. ފައިސާ ދެނިކޮށް ދެމަފިރިއެއްގެ ދޭތެރެއަށް ވަންނާކަށް އެމީހުންނަށް އެއްވެސް ކަމަކަށް ނުވާނެއެވެ. މިއުވާންގެ ހިތަށް މިފަދަ އެތައް އެއްޗެއް އަރަމުން ދިޔައެވެ.

“ވާން! ކީއްވެތަ އެއްޗެކޭ ނުބުނީ؟” ރުކާން މިއުވާންގެ ގައިގައި ހިފާ ތަޅުވާލަމުން އަހާލިއެވެ.

“އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއް.”

“ހިނގާ ފަންޑިތަ ހަދާ މީހަކު ހޯދަން. އެމީހާ ލައްވާ ގެއަށް އެއެއްޗިއްސަށް ނުވަދެވޭގޮތް ހަދާނީ.” ރުކާން އެހެން ބުނެލުމުން މިއުވާން ބޯޖަހާލީ އެކަމަށް އެއްބަސްވެގެނެއް ނޫނެވެ. ރުކާންގެ ހިތަށް ހަމަޖެހުމެއްދޭށެވެ. އެއްވެސް ހާލެއްގައި ފަންޑިތަ ހައްދާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާ ފަންޑިތަވެރިންނަށް އިތުބާރެއް ނުކުރެއެވެ. އަނެއްކޮޅުން ފަންޑިތަ ހަދާއިރު ފަރުވާކުޑަކޮށްފިނަމަ އެހެދި މީހާއަށް އެފަންޑިތަ ޖެހޭނެކަމަށް ބުނާއަޑު އޭނާ އަބަދުވެސް އަހައެވެ. ވީއިރު އެވަރުގެ ނުރައްކާ ކަމަކާ ކުރިމަތިލާންވީ ހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު އަވަހަށެވެ. ކޮންމެ ދުވަހަކުވެސް ރުކާން މިއުވާންގެ ގާތުގައި އެވާހަކަ ދައްކައެވެ. ނަމަވެސް މިއުވާން އެކަމަށް މަސައްކަތް ކުރާކަމަށް ބުނެ އެވާހަކަ އޮއްބާލައެވެ. އަދި މުނީޒާމެން ގާތުގައި އެބާވަތުގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ބުނެފައިވާތީ ރުކާންވެސް އެމީހުން ގާތު އެކަހަލަ ވާހަކައެއް ނުދައްކައެވެ. އެހެންކަމުން މުނީޒާމެންނަށް އެކަހަލަ ކަމެއްގެ ހިލަމެއްވެސް ނުވެއެވެ.

އެދުވަހުގެ ފަހުން ރުކާންއަށް ރޫޙާނީ އެއްވެސް އެއްޗެއްގެ އުނދަގުލެއް ނުވާތީ އޭނާ ހުންނަނީ ކުޑަކޮށް ހަމަޖެހިފައެވެ. އެހެންކަމުން އޭނާ މިއުވާންގެ ގާތުގައި އެވާހަކަ ދެއްކުންވެސް މަދުވަމުން ދިޔައެވެ. ނަމަވެސް މިއުވާންގެ ހިތުން އެކަމެއް ނުފިލައެވެ. އެދުވަހުގެފަހުން އޭނާއަށް ތަފާތު އިހުސާސްތަކެއް ކުރެވެއެވެ. އޭނާގެ ގާތުގައި އަބަދުވެސް މީހަކު އުޅޭހެން ހީވަނީއެވެ. ދޭތެރެއަކުން އޭނާއަށް ސިއްރުސިއްރުން ގޮވާލަފާނެއެވެ. އަޑުން އެއީ އިއުނާސްކަން އޭނާއަށް ޔަޤީންވެއެވެ. ނަމަވެސް އިއުނާސް މަރުވެފައިވާތީ އޭނާގެ ހިތުގައި ސުވާލު އުފެދެނީއެވެ. އިއުނާސްއަކީ ޖިންނިއެއްބާއޭވެސް މިހާރު ބައެއްފަހަރު އޭނާގެ ހިތަށްއަރައެވެ. ޖިންނީންނަކީ ސިފަ ބަދަލުކުރުމުގެ ޤާބިލުކަން ލިބިފައިވާ މަޚްލޫޤުންތަކެކެވެ. ވީއިރު އިންސާނެއްގެ ސިފަ ޖެހިގެން އައިސް އިންސާނުންގެ ތެރޭގައި އުޅެފާނެބާއެވެ. މިފަދަ ޚިޔާލުތަކުން އަބަދުވެސް އޭނާގެ ހިތަށް އުނދަގޫކުރެއެވެ. މިކަންތައްތަކުން ސިކުނޑި އެއްފަރާތްކޮށްލަން މިއުވާން ބޭނުންވިއެވެ. އެހެންކަމުން އޭނާ އެކަމަށް ބޭނުންކުރި ހަތިޔާރަކީ ފޮތެވެ.

ލިޔެކިޔުމަކީ މިއުވާން ކުރާހިތްވާ ކަމަކަށް ނުވިނަމަވެސް ޓީޗަރަކަށްވުމުން މިހާރު އޭނާ އަނެއްކާވެސް ފޮތްކިޔާ މަޢުލޫމާތު އިތުރުކުރަން ޖެހިފައިވެއެވެ. އެހެންކަމުން އޭނާ އެކިކަހަލަ ފޮތްކިޔައި ތަފާތު ލިޔުންތައް ލިޔެ ހަދައެވެ. ރޯދަމަސް ފެށުމުން އެކަން އިތުރުވަމުން ދިޔައެވެ. ގިނަ ވަގުތު އަޅުކަމުގައި އުޅުމަށްފަހު ދެން ލިބޭ ހުސްވަގުތުގައި މިއުވާން އިންނަނީ އެފޮތެއް ހިފައިގެން ލިޔާށެވެ. މިކަމާ ރުކާން ސުވާލުވެސް ކުރެއެވެ. ނަމަވެސް މިއުވާންގެ ފަރާތަކުން މާ އެދެވޭ ޖަވާބެއް ނުލިބެއެވެ. އޭނާގެ ޖަވާބަކީ ޓީޗަރަކަށް ވުމުން މަޢުލޫމާތު މުއްސަނދިކޮށް ހަދަން ޖެހޭތީ ކުރާ ކަމެއްކަމަށެވެ. ރުކާން އޭނާ ލިޔަން ގެންގުޅޭ ފޮތް ކިޔާލަން ދޭން ބުނުމުން ފަހުން ދޭނެކަމަށް ބުނެ އެފޮތް ނުދީ އުޅެނީ އޭގައި އޭނާ ލިޔެފައިވާ ވާހަކަތަކުގެ ސަބަބުންނެވެ. އޭގައި އޭނާ ލިޔެފައިވަނީ އެދުވަހު އޭނާއަށް ފެނުނު ކަންތަކުގެ ސަބަބުން އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކާއި އޭނާގެ ޚިޔާލުތަކެވެ. އަނެއްކޮޅުން އިއުނާސްއާ ގުޅުވާލާފައި ލިޔެވިފައިހުރި ލިޔުންތައްވެސް އޭނާ އެފޮތް ނުދިނުމުގެ ސަބަބަކަށްވެއެވެ.

ރުކާން ހުރީ މިއުވާން އެހާ ސިއްރުން އެ ގެންގުޅޭ ފޮތުގައި ލިޔެފައިވާ އެއްޗެއް ކިޔުމަށް ކެތްމަދުވެފައެވެ. އޭނާ ހުރީ މިއުވާން އެފޮތް އޭނާއަށް ފެންނަ ހިސާބުގައި ބާއްވާފައި ބޭރަށް ދާނެ ވަގުތަކަށް ބަލަބަލައެވެ. އޭނާއަށް އެފުރުސަތު ލިބުނީ އޭނާ އެކަމަށް އެދިއެދި ހުންނަތާ ދެހަފްތާއެއްވީ ފަހުންނެވެ. ޔާމިން ގުޅާފައި އައިސްދިނުމަށް އެދުމުން މިއުވާން އަވަހަށް ދާންވެގެން ހަނދާންނެތިގެން ފޮތް މޭޒުމަތީ ބާއްވާފައި ދެވުނީއެވެ. ލިބުނު ފުރުސަތުގައި އެންމެ މިނެޓެއްވެސް ނަގާލާކަށް ރުކާން ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ އަވަސްއަވަހަށް ގޮސް ފޮތް ހުޅުވާލިއެވެ. ފުރަތަމަ ގަނޑުގައި ތާނަ އަކުރުން ނުހަނު ރީތި ގޮތަކަށް ފަވާލާ ލިޔެފައިވަނީ އިއުނާސްގެ ނަމެވެ. އެޔާއެކު އޭނާ އިތުރަށް އެފޮތް ކިޔަންވެސް ފޫހިވިއެވެ. ފޮތް މޭޒުމައްޗަށް ޖެހުނީ އައި ރުޅިންނެވެ. އޭނާގެ ހިތް ހަސަދައިން ފުރުނެވެ. ކުދިކިޔައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާއާ އިނދެގެން ހުރެވެސް މިއުވާންގެ ހިތާއި ސިކުނޑީގައި ވަނީ ހަމައެކަނި އިއުނާސްގެ ނަމެވެ. ނިދާފައި އޮންނައިރުވެސް ހޭލާ ހުންނައިރުވެސް މިއުވާންގެ ހިތުގައި ވަނީ ހަމައެކަނި އިއުނާސްގެ ނަމެވެ. މިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟ އިއުނާސް ދުނިޔޭގައި ހުރިނަމަ އޭނާއާ ދޭތެރޭ ވިސްނަން އެންމެ ރަނގަޅެވެ. ނެތް މީހެއްގެ މަތިން އެވަރަށް ހަނދާން ކުރުމުގެ ބޭނުމަކީވެސް ކޮބައިހެއްޔެވެ؟ ވީ ފޫހިން ރުކާން ގޮސް އޮށޯވެލީ އެނދުގައެވެ.

“ދޮންބެދައްތާ!” ދޮރުގައި ޖަހާލަމުން މަލާހާ ގޮވާލި އަޑަށް ރުކާން ދޮރާއި ދިމާއަށް ހިނގައިގަތެވެ.

“ކިހިނެއްވީ؟” ދޮރު ހުޅުވާލަމުން ރުކާން އަހާލިއެވެ.

“ހިނގާބަލަ ކެރަމް ކުޅެން. ވަރަށް ފޫހިވާތީ މިއުޅެނީ. ކިޔާ ކިޔާ އެ މަލްވެސް ނައޭ ކުޅޭކަށް.” މަލާހާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

“އެހެންތަ؟ ދޮންބެދައްތަ މިދަނީ އިރުކޮޅަކުން. މަލާ ދޭ.” ރުކާން ހިނިތުންވެލަމުން އެހެން ބުނެލުމާއެކު މަލާހާ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން ދާން ހިނގައިގަތީ އަވަހަށް އަންނައްޗޭ ބުނެފައެވެ. ރުކާން އާނއެކޭ ބުނެފައި ގޮސް ފޯނު ޗާޖަށް ޖަހާފައި ވަނީ ފާޚާނާއަށެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ނަމާދުކޮށްލިއެވެ. ދެން އޭނާ ދިޔައީ މަލާހާ ފޫހިފިލުވައިދޭށެވެ. އޭނާ ދިޔައިރު މަލާހާ އިނީ ބޯޑުގައި ފޮތިބައި އަތުރާލައިގެން އޭނާގެ އިންތިޒާރުގައެވެ.

“މަލާ ނަމާދުކޮށްފިންތަ؟” ރުކާން އައިގޮތަށް އަހާލިއެވެ.

“ހޫމް. މަލާ މި ފަށަނީ އިނގޭ.” މަލާހާ އެހެން ބުނެފައި ކުޅެން ހަދާލިތަނާ މިއުވާން އައެވެ.

“ދޮންބެ ނުލަވާނަންތަ؟”

“އުހުނ. އަވަހަށް އާދޭ.” މަލާހާ އުފާވެލާފައި އެހެން ބުނެލުމުން މިއުވާން އެއްފަރާތުގައި އިށީނދެ ރުކާންއަށް ބަލާލިއެވެ. ރުކާން އިނީ މިއުވާންއާ ދިމާ ނުބަލަން ހުވާކޮށްގެން ކަންނޭނގެއެވެ. އެންމެ ފަހަރަކުވެސް ބަލާނުލިއެވެ. އޭނާ އިނީ މިއުވާން އަދިވެސް އިއުނާސްގެ ހަނދާންތައް އާކުރާތީ އެކަމާ ހިތްހަމަނުޖެހިފައެވެ.

“މަލް ނާދޭތަ؟” މިއުވާން އަހާލިއެވެ.

“ހޫމް. ނައި. އޭނަ ބައިންދާ ލެޕް ކުޅެން.” މަލާހާ އެހެން ބުނެލިތަނާ މަލްހާ އައެވެ.

“ދޮންބެވެސް ކުޅެނީތަ؟ އޭރުން މަލްވެސް ކުޅޭނަން.” މަލްހާ މިއުވާންގެ ކުރިމައްޗަށްވީ ފަޅީގައި އިށީންނަމުން ބުނެލިއެވެ.

“ކީއްކުރަން ތިއައީ؟ ދޭ ލެޕް ކުޅެން.” މަލާހާ ހިތްހަމަނުޖެހޭކަމަށް ހެދެމުން ބުނެލިއެވެ.

“ދެން ތިއްތާ. ލެޕް ޗާޖު ހުސްވެގެންނޭ މިއައީ.” މަލްހާ ކުޑަކޮށް ދަމާލާފައި ބުނެލިއެވެ.

“އެހެންވެގެންނޭ ތިއްތަ ބުނީ އަންނާށޭ ކެރަމް ކުޅެން. ގައިމު މިއަކުން ޗާޖު ހުހެއްނުވާނެ.” މަލާހާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ދެން ތީ ކޮންކަމެއް؟ ކުޅެން ފަށާބަލަ. ދޮންބެއާ މަލްއާ. މަލާއާ ދޮންބެދައްތައާ.” އެހެން ބުނުމާއެކު މަލާހާ ކުޅެން ފެށިއެވެ. މިއުވާން ކުޅޭލެއް މޮޅުކަމުން ރުކާން އިނީ ހައިރާންވެފައެވެ. މިއުވާން ކުރާ ކޮންމެ ކަމަކަށްވެސް ހަމަ އެހާ މޮޅީއޭ ރުކާންގެ ހިތަށްއެރިއެވެ.

“އަޅެ ދޮންބެދައްތާ. ތިފޮތި ވައްޓަބަލަ. މަލްމެން ދަރަނީއޭ.” މަލާހާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. އެގަނޑު ނިމުނީ މިއުވާންމެން މޮޅުވެގެންނެވެ. އަޞްރު ނަމާދުކޮށްގެން ކުޅެން ފެށިގޮތަށް އެމީހުން ކުޅުން ހުއްޓީ ހަވީރު ފަސްގަޑި ބައިވުމުންނެވެ.

“ރުކޫ މިރޭ ހާދަ ފާޑަކަށް ތި އިންނަނީ؟ މިއަދު ކުޅެން އިންއިރުވެސް އިނީ ތިހެން. ކޮންކަމަކާތަ ހިތްހަމަނުޖެހިފަ ތި އިންނަނީ؟” މިއުވާން ރުކާންއާ ވާހަކަދެއްކީ ނިދަން ވަދެފައެވެ.

“ހިތްހަމަނުޖެހިފައެއް ނޫން. މިއަދު މާ ވަރުބަލިވީމަ.” ރުކާން އޮޅުވާލަންވެގެން ބުނެލިއެވެ.

“އެހެންނުވާނެ. ރުކޫގެ މޫނުން އެބަ ބުނެދޭ ހިތްހަމަނުޖެހިފަ ހުރިކަން.” މިއުވާން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

“ވާން އަދިވެސް ނާސްގެ ހަނދާންތަކާ ދުރަށް ދާކަށް މަސައްކަތެއް ނުކުރަމެއްނު. އެކަމާ ދެރަވެފަ މިއިނީ.” ރުކާން އެހެން ބުނެލުމުން މިއުވާން ހައިރާންވިއެވެ.

“ކީއްވެ ތިހެން ތިބުނީ؟ އަހަރެން ނާސްގެ މަތިން ހަނދާން ނައްތާލަން ބޭނުންނުވާނަމަ ރުކޫއާއެކު މިހެން ނޫޅޭނެއެއްނު.” މިއުވާން އެހެން ބުނެލުމުން ރުކާންއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“ކަމެއްނުވޭ. އަހަރެންނަށް ހަމަ އެހެން ހީވަނީ.” ރުކާން އެހެން ބުނެލުމުން މިއުވާން ރުކާންއަށް ޝައްކުގެ ނަޒަރަކުން ބަލާލިއެވެ. މިއަދު އޭނާ ފޮތް ބާއްވާފައި ދިއުމުން ރުކާން އެފޮތް ބެލީހެން އޭނާއަށް ޔަޤީނާއި ގާތަށް ހީވިއެވެ. ނަމަވެސް އޭނާ އިތުރަކަށް އެއްޗެއް ނުބުނެއެވެ.

“ހޫމް. ދެން އެވާހަކަ ބާއްވަމާ. އަހަރެން ރުކޫ ގާތު ވާހަކައެއް ދައްކަންވެފަ އެބައޮތް.” މިއުވާން އެހެން ބުނެލުމުން ރުކާން އެކަމަށް ސަމާލުވެލިއެވެ.

“އަހަރެމެން ކުއްޖަކު ހޯދާނީ ކޮންއިރަކުން؟ މިހާރު ބައްޕަވެސް އެވާހަކަ ދައްކައިފި. އަހަރެން މެރީކުރުމުގެ ކުރިންވެސް ބައްޕަ ބުނި ބައްޕަ ވަރަށް ހިތަށްއަރައޭ ބައްޕައަށް ކާފާއޭ ކިޔާފަ ގޮވާލާނެ ކުއްޖަކު ލިބޭނީ ކޮންއިރަކުންބާއޭ؟ އެހެންވެ މިބުނީ. ދެން އަހަރެންވެސް ވަރަށް ބޭނުން ދަރިއަކު.” މިއުވާން އެހެން ބުނެލުމުން ރުކާން ބޯޖަހާލިއެވެ.

“ހޫމް. ދެން ކުއްޖަކު ހޯދަންވީ. މަންމަމެން ބުނާއަޑު އިވޭ ކައިވެނީގެ ކުރީކޮޅު ކުދިން ހޯދީމަ ލޯބި އިތުރުވެޔޯ. އެކަމް އަހަރެން ގިނައިން އަޑުއަހަނީ ކައިވެނީގެ ފަހުން ފިރިމީހާ އަނބިމީހާ މަތިން ފޫހިވާ ވާހަކަ.” ރުކާން އެހެން ބުނެލުމުން މިއުވާން ހީލިއެވެ.

“އެއީ ނުވިސްނޭތީ. ހަޤީޤަތުގަ ދަރިން ލިބުނީމަ ކައިވެނީގެ ހަޤީޤީ އުފާ ލިބޭނީ. ބައެއް މީހުންނަށް ހީވަނީ ދަރިން ލިބުނީމަ އަނބިން މުސްކުޅިވީއޭ. ނޫނީ ދެން އަނބިމީހާއަށް އޭނާއަކަށް ވަގުތެއް ނުދެވޭނެޔޭ. އެކަހަލަ ކަންތައްތައް އަންޑަސްޓޭންޑް ވަންޏާ ހަމަ ސަޅިކޮށް އުޅެވޭނެ.” މިއުވާންގެ ވާހަކައިން ރުކާން ވަރަށް ހިތްހަމަޖެހުނެވެ.

“ރަނގަޅު ވާހަކައެއް. އެކަމަކު އަހަރެމެން ހޯދާނީ ކިތައް ކުދިންތަ؟” ރުކާން އެހެން އަހާލުމުން މިއުވާންއަށް ކުރީގެ ހަނދާނެއްވިއެވެ. އެސުވާލަކީ އިއުނާސްވެސް އޭނާގެ ގާތުގައި ކުރި ސުވާލެކެވެ. އެސުވާލަށް އޭނާ ދިން ސަމާސާ ޖަވާބުވެސް އޭނާ ހަނދާން އެބަހުއްޓެވެ. އެހެންކަމުން އޭނާ މިފަހަރުވެސް އެޖަވާބު ތަކުރާރުކޮށްލިއެވެ.

“ފަނަރަ ވީމަ މަދެއްނު.” ރުކާން އެހެން ބުނެފައި ހީނގަތުމުން މިއުވާންއަށްވެސް ހެވުނެވެ.

“އެހެންވީމަ އެހެންވީމަ ސާޅީހަށް ޓާގެޓް ކޮށްލަމާ.” މިއުވާން އެހެން ބުނެލުމުން ރުކާން މިއުވާންގެ މޭގައި ބޮނޑިވެލިއެވެ.

އުފަލާއި މަޖަލާއި އަޅުކަމުގައި ރޯދަމަސް ނިމުނީ މުޅި އާއިލާއަށް އުފާވެރިކަން ގެންނަމުންނެވެ. ރުކާން ބަލިވެ އިން ޚަބަރު ލިބުމުން ގެއަށް ހީވީ ބަހާރު މޫސުން އައިހެންނެވެ. މިއުވާންގެ މޫނުމަތިންވެސް ނުފިލާ ހިނިތުންވުމެއް ފެންނަން ފެށުމުން މާހިރުގެ ހިތަށް ފިނިކަމެއް ލިބުނެވެ. މިދުވަހަށް އޭނާ އިންތިޒާރުކުރާތާ ހާދަ ދުވަހެކެވެ. މިއުވާން އެޚަބަރު ޔާމިންއަށް ދިނުމުން ޔާމިން މަރުޙަބާ ކިޔަމުން ބުނީ އޭނާގެ އަންހެނުންވެސް އިނީ ބަލިވެކަމަށެވެ. އަދި ބަނޑަށް ހަތަރު ހަފްތާކަމަށް ބުނުމުން މިއުވާންއަށް ހީލެވުނީ ރުކާންގެ ބަނޑަށްވެސް ހަތަރު ހަފްތާކަމަށް ޑޮކްޓަރ ބުނެފައިވާތީއެވެ.

“މިވީ މާ ރަނގަޅަކަށްނު. އެހެންވީމަ ދެމީހުން އެއްދުވަހަކު ވިހައިފިއްޔާ ސަޅިވާނެ. މިކަން ވާނެ ރަނގަޅަށް ސެލެބްރޭޓް ކޮށްލަން.”

“އަދި ނުވޭ ސެލެބްރޭޓް ކުރާކަށް. މިކަން ނިމޭ ދުވަހު ސެލެބްރޭޓް ކޮށްލީމަ މާ ރަނގަޅުވާނެ.” މިއުވާން އެހެން ބުނެލުމުން ޔާމިންވެސް އެއްބަސްވިއެވެ.

“ޔާމްބެ ހާދަ ފާސްޓޭ އިނގޭ އެކަމް. އަދި ކިރިޔާއެއްނު ދެމަސްވަނީ.” މިއުވާން ދިމާކޮށްލާފަދަ ގޮތަކަށް ބުނެލިއެވެ.

“ދެމީހުންގެ ވިސްނުން އެއްގޮތް. ދެމީހުން ދާން ބޭނުންވަނީ އެއް މަންޒިލަކަށް. އެހެންވީމަ ކޮބާ މައްސަލައަކީ؟” ޔާމިން ބުނެލިއެވެ.

“ރަނގަޅު ރަނގަޅު.” މިއުވާންވެސް ތާއީދުކުރިއެވެ.

“އޭތް. މަބުނީ ދަތުރު ރާވާލަންވީނު. ރޯދައިގެ ކުރިން ދާން ކިޔާފަ ވިއްސާރަވެ މާ ގަދަވެގެން ކެންސަލްވީއެއްނު.” ޔާމިން އެހެން ބުނެލުމުން މިއުވާންވެސް އެކަމަށް ތާއީދުކުރިއެވެ.

ރޯދަމަސް ނިމުނުފަހުން ރުކާންއަށް އަޅުކަންތައްތަކާ ދުރުވެވެން ފެށިއެވެ. ނަމާދުވެސް ނުކުރެވޭ ފަހަރު ގިނަވާން ފެށިއެވެ. ނަމަވެސް މިއުވާން ސުވާލުކޮށްލައިފިނަމަ އޭނާގެ ޖަވާބަކަށް ވަނީ ނަމާދުކޮށްފީމޭއެވެ. އެއީ ކިހާ ނުބައި ކަމެއްކަން އޭނާއަށް ވިސްނޭނެނަމައެވެ.

ރުކާންގެ އާއިލާއާއި މިއުވާންގެ އާއިލާ އަދި ޔާމިންގެ އާއިލާ އެކުގައި އެހަފްތާގެ ހޮނިހިރު ދުވަހު ދަތުރުދާން ހަމަޖެހުމުން މަލާހާއާއި މަލްހާ އަދި ރޫޔާ ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ހީވީ އެތައް ދުވަހެއް ވަންދެން ކުރި އުއްމީދެއް ހާސިލްވާތީ އުފަލުން ތިބިހެންނެވެ. ނަމަވެސް މިކަމުން ހިތްހަމަޖެހުމެއް ނުލިބުނީ ރުކާންއަށެވެ. ކޮންމެވެސް ކަމެއް ވާން އުޅޭހެން ހީވެ އޭނާގެ ހިތް ބިރުގަންނަނީއެވެ. ނަމަވެސް އޭނާ އެކަން ހާމަނުކޮށް ހިތާހިތުން ދުޢާކުރަމުން ދިޔައީ ދެރަގޮތެއް ނުވުމަށެވެ.

ހޮނިހިރު ދުވަހެވެ. އެންމެން ހޭބޯނާރާ ދަތުރުދާން ތައްޔާރުވަމުން ދިޔައިރު ރުކާން ހުރީ ނެގިމަޑުވެފައެވެ. ހެނދުނު ހޭލީއްސުރެ އޭނާގެ ހިތް ގޯސްވަނީއެވެ. ހިތް ނުތަނަވަސްވަނީއެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭހެން ހީވަނީއެވެ. ނަމަވެސް އެއްވެސް މީހަކު އެކަމާ އަޅައެއްނުލައެވެ. ފަހަރުގައި އެމީހުން ދަތުރު ދިއުމުގެ ޖޯޝުގައި ތިބުމުން އޭނާގެ ނުތަނަވަސްކަން ފާހަގަނުކުރެވުނީ ކަންނޭނގެއެވެ. ކޮންމެގޮތެއްވިޔަސް އެމީހުން އެސުވާލު އޭނާއާ ނުކުރުމުން އޭނާ ހިތްހަމަޖެހުނެވެ. ނޫންނަމަ އޭނާ އެކަން ފޮރުވުމަށްޓަކައި ދޮގުތަކެއް ހަދަން ޖެހުނީހެވެ.

މާލެއިން ހުރައަށް ފެށި ދަތުރުގެ ވަކި ހިސާބަކުން ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދާލާފައި ބޯކޮށް ވާރޭ ވެހިގެންފިއެވެ. ލޯންޗު ހަލުވަން ފެށި ގޮތުން ކުދިންތައް އެކުދިންގެ މައިންބަފައިންގެ ގައިގައި ބައްދާލައިގެން ތިބީ ބޭރު ބަލާލަންވެސް ބިރުންނެވެ. ލޯންޗުގައި ތިބި އަންހެނުންތައްވެސް ތިބީ އެފަދަ ހާލެއްގައެވެ. ރުކާންގެ ހިތް ތެޅިގަތީ އޭގެ މަޤާމު ދޫކޮށް ބޭރަށް ނުކުމެދާނެހެން ހީވާހާ ބާރަށެވެ. މިއަދު ހޭލީއްސުރެ އޭނާގެ ހިތް ގޯސްވީ ސަބަބަކީ މިއީތާއޭ އޭނާގެ ހިތަށް އެރިއެވެ. މިއުވާންގެ ގައިގައި ބައްދާލައިގެން ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮތްއިރު މިއުވާންއަށްވެސް އޭނާގެ ހިތުގެ ތެޅުން އިހުސާސްކުރެވުނެވެ.

“ބޭބީ. ކާމް ޑައުން. އިރާދަކުރެއްވިއްޔާ އެއްވެސް ގޮތެއް ނުވާނެ.” މިއުވާން ރުކާންގެ ހިތްހަމަޖައްސައިދޭންވެގެން ބުންޏެވެ. އޭނާ ރުކާން އޭނާގެ އުނގުގައި ބޭއްވީ ރުކާންގެ ބަނޑުގައިވާ އޭނާގެ ދަރިފުޅަށް ގެއްލުމެއް ވެދާނެތީއެވެ. ކޮންމެފަދަ ހާލެއްގައިވެސް އޭނާ ރުކާންއާ އެދަރިފުޅު ސަލާމަތްކުރަން ބޭނުންވިއެވެ.

ހުރިހާ ދޮރުތަކެއް ލައްޕާފައިވާތީ ލޯންޗު ވަނީ އެއްކޮށް ބަންދުވެފައެވެ. އެހާ ބޯކޮށް ވާރޭ ވެހެމުން ދާތީ ކުޑަދޮރެއްވެސް ހުޅުވާލެވޭކަށް ނެތެވެ. ވައިރޯޅިއެއްވެސް ވަންނާނެ ޖާގައެއް ނެތެވެ. އެއްކޮށް ބަންދުވެފައިވުމުން އޭގެ އަސަރު، ލޯންޗުގައި ތިބި ކުޑަކުދިންނާއި ކަނޑަށް ބަލި އަންހެނުންނަށް ކުރާކަށް ގިނަ ވަގުތެއް ނުނެގިއެވެ. އެމީހުން ހޮޑު އޮއްސަން ފެށުމުން ފިރިހެންވެރިން އެކަމައިގެން އުޅެން ފެށިއެވެ. މިއުވާންއާއި ޔާމިން އެމީހުންގެ އަނބީންނަށް އެހީވަމުން ދިޔައިރު މާހިރުއާއި މުނީޒާ ތިބީ މަލާހާއާއި މަލްހާގެ ގާތުގައި އެކުދިންގެ ޚިދުމަތުގައެވެ. ރަހީމާ ރޫޔާ ގޮވައިގެން އިންއިރު ރައޫފް ދިޔައީ ޔުމްނާއާއި ޔާމިންގެ މަންމައަށް އެހީވާށެވެ. އެކަމުން މިންޖުވެވުނުއިރު އަންހެންވެރިން ތިބީ ރަނގަޅަށް ދެމިފައެވެ.

ކުއްލިއަކަށް ލޯންޗުގެ ދުވެލި ކުރިއަށްވުރެ ބާރުވިއެވެ. މިއުވާންއާއި ލޯންޗުގައި ތިބި ފިރިހެންވެރިން ތިބީ ވަމުންދާގޮތް ބަލާށެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައިރު ލޯންޗުގެ ވަށައިގެން ދުމުން ފުރި އެއްވެސް ތަނެއް ނުފެންނަ ގޮތް ވެއްޖެއެވެ. މިއުވާންއާއި ދެން ތިބި ފިރިހެނުންނަށް ތެދުވެވުނީ ހިތަށް ވަތް ނުބައި ޚިޔާލުތަކަކުންނެވެ. ނަމަވެސް އެމީހުންނަށް ކުރެވޭނެ ކަމެއްވެސް އޮތީއެއްނޫނެވެ. އަނެއްކޮޅުން އެމީހުންގެ އަނބިދަރީންގެ ހާލާއިހެދި ވާގޮތެއް ބަލާލަން އެއްފަރާތަށް ޖެހިލެވޭކަށްވެސް ނެތެވެ. ސަލާމަތްކަމާއި އަމާންކަމާއެކު އެމީހުންގެ މަންޒިލަށް ދެވޭތޯ ދުޢާކުރުން ނޫންގޮތެއް ނެތެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކު އިންތަނެއްގައި އިށީނދެ އެމީހެއްގެ ގާތުގައި ތިބި ބަޔަކަށް ހިމާޔަތްތެރިކަން ފޯރުކޮށްދީގެން ތިބީއެވެ.

ދަތުރު ދިގުވެ ކުއްލިއަކަށް ލޯންޗުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލައިފިއެވެ. ލޯންޗުގެ ކެޕްޓަންގެ އެއްވެސް އިޚްތިޔާރެއް އެކަމުގައި ނެތްކަހަލައެވެ. އޭނާވެސް އިނީ ގޮތް ހުސްވެފައެވެ. އޭނާ ދަތުރު ފެށީ ހުރައަށް ދާށެވެ. ނަމަވެސް ލޯންޗުގެ ވަށައިގެން އެރި ދުންތަކާއެކު ލޯންޗުގައިހުރި ޖީޕީއެސް ނިވުނުފަހުން އޭނާއަށް މިހާރު ލޯންޗު ދަތުރުކުރަމުން މިދަނީ ކޮންތާކަށްކަމެއް ނޭނގެއެވެ. އޭނާ އެކަން އެހެންމީހުންނަށް އަންގަން މަސައްކަތްކުރި ނަމަވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ކުޑަމިނުން އެމީހުންނާ ދިމާއަށް ބަލާވެސްނުލެވުނެވެ. ހީވަނީ އިންތަނަށް ގަނޑުވެފައި އިންހެންނެވެ. އެތައްއިރަކު ދުއްވުމަށްފަހު ލޯންޗުގެ ދުވެލި މަޑުވެލައިފިއެވެ. ކުއްލިއަކަށް ކައްޕިއަށްވެސް ދިރުން ލިބިއްޖެއެވެ. އެންމެންނަށް ބޭރު ބަލާލެވުނުއިރު ރަށެއްގެ މަލަމަތި ފެންނަން ފެށުމުން ހައިރާންވެފައި ބަލަން ތިބެވުނީ އެއީ އެއިން މީހަކު ދުވަހަކުވެސް އައިސްފައިވާ ރަށަކަށް ނުވާތީއެވެ. އަނެއްކޮޅުން އެމީހުން ހުރައަށް ފެށި ދަތުރުގައި އެހެން ރަށަކަށް އާދެވުނީތީވެސްމެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (102)

  1. AKI

    me first dho

    1. Saandy
      AKI

      Hmm Aki… Thy first mifaharu 🙂

  2. AKI

    yey.. yey

  3. Saandy

    Assalaam A’laikum!! Miothy “IUNAAS” vaahakaige 11 vana bai… Sorry buni gadiyah upkoh nudhevuneema… Network massalayaa hedhi buni gadiyah up kohnudhevi lasvy… Next part “TUESDAY”ga… Insha Allah!! Ummeedhu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves baajjaveri reyakah edhen… Love u all 🙂

  4. Aish

    Yes!!!!

    1. Saandy
      Aish

      ThanQ Aish 🙂

  5. Ayesha

    Varah salhi. Great work Saandy. Waiting for next update ?

    1. Saandy
      Ayesha

      ThanQ Ayesha… Insha Allah!! I’ll upload it v soon 🙂

  6. HUD

    v reeethi

    1. Saandy
      HUD

      ThanQ HUD 🙂

  7. Ammuty

    V reethi..ekam haadha kurey mi part.. next part dhigukohlahchey

    1. Saandy
      Ammuty

      ThanQ Ammuty… Keevvebaa baeh kudhinnah kuruhen heevany? Hama hurihaa baeh ehvarah mi genesdheny… Try kuraanan in’gey dhigu kolleveythoa 🙂

  8. xee

    v v reethi.. waitn 4 nxt prt..

    1. Saandy
      xee

      ThanQ Xee… Next part v Tuesdayga… Insha Allah!! 🙂

  9. Addu manje

    Varah reethi.. looking foward to the nxt and.. by the way saandy mi vaahakaiga innanee kithah part hen heevanee?

    1. Addu manje
      Addu manje

      to the nxt part*

    2. Saandy
      Addu manje

      ThanQ Addu manje… Heevany baaky othy 3-5 parts hen 🙂

  10. Thaa

    Warah salhi kiyaahithun indhaa enimunee

    1. Saandy
      Thaa

      ThanQ Thaa… Dhen next partah inthizaaru kollaany dhw 🙂

  11. iunaas?

    kon rasha baa

    1. Saandy
      iunaas?

      ThanQ Iunaas… Neynge hama ehgothakahves… Next partga en’geythoa balaany dhw 🙂

  12. nux

    wow kiyaabaathuhay ??????vaan miulheny keehbaa i think rukoo maraalan kannayge e ulheny jinni????v interesting mi part… love you saandy next part v kiyaahithun hurevenyehnoon???but waiting????all the best dear

    1. Saandy
      nux

      ThanQ Nuxu… En’gidhaanethaa dhw vaan ulhey gothehves 🙂

  13. Hunana

    Wow v Nice

    1. Saandy
      Hunana

      ThanQ Hunana 🙂

  14. Kudaa

    I love it. Mi vaahaka haadha cute ey…. cant wait for next part…..

    1. Saandy
      Kudaa

      ThanQ Kudaa.. Ekamves next partah kuda kuda inthizaareh kollan jeheyny 🙂

  15. messi

    varah reethi reethi kamun sifavegen dhaahen ves hyve.
    saaba hey saandy
    vaahaka varah furihama mihaa hisaabaa jehen dhen…

    1. nux
      messi

      aslhuvess dhw ????

    2. Saandy
      messi

      ThanQ Messi & Nux… V ufaavejje thikuraa support fenifa 🙂

  16. pritty hajja

    v nice ingey mi ba vers.. v kiyaa hithun kiyaa ninmerly..

    1. Saandy
      pritty hajja

      ThanQ Pritty Hajja 🙂

  17. Luju

    Wow???konrashebba e ulhey iunaas ge kameh hen hyvany … I love ittttttttt❤❤❤❤

    1. Saandy
      Luju

      ThanQ Luju… Next partga erasheh en’geythoa balamaa dhw… Iunaasge kamakah vunves ekasheegenvey 🙂

  18. ithoo

    Anehkaa kon rashakah a dhevuny.. Alhe rukoo aa baby ah gotheh nuhadhahchey.. V nice mi part vx saandy.. Kiyaa varakah stry kuriah vaan oih gotheh ingen beynun vany.. Keep it up saandy?

    1. Saandy
      ithoo

      ThanQ Ithoo… E dhevunu rasheh next partga en’geythoa balamaa dhw 🙂

  19. Jjeyツ

    Nice

    1. Saandy
      Jjeyツ

      ThanQ Jjey 🙂

  20. Aai

    Haada rreechey ☺ konrashakah baa edevuni ?? looking forward to the nxt

    1. Saandy
      Aai

      ThanQ Aai… E rasheh en’geythoa balamaa dhw… Next part Tuesdayga 🙂

  21. Thaathi

    Kuree vaahakaiga gendhiya kahala rashakah anekkaa nugendhachchey saandy e

    1. Saandy
      Thaathi

      ThanQ Thaathi 🙂

  22. Any

    V nice

    1. Saandy
      Any

      ThanQ Any 🙂

  23. Maree

    vvvvv reeethi

    1. Saandy
      Maree

      ThanQ Maree 🙂

  24. Love

    wow nala aey saandy.

    1. Saandy
      Love

      ThanQ Love 🙂

  25. jj

    rukan ah dhun kolheh fenigen faint vaan v keehve?
    eyna gaimu ulhuny jinni akaa marry koh genno. dhariaku libunu vaahaka ves oi. e dhari ah feed kuran gennany kon iraku tha? e dhari aa eky rukan time spend eh nukureytha? ehaa loabivi jinni eh ge dhari eh amilla bandun viheiiru alhaa nulany kyhve? jinni dhari eh vias maivantha kamuge loabi onnan vaane dho. e kujjaa ves rukan ah beynun vegen noolhey tha?
    mi suvaalu thakuga javaabu dheebala.

    1. Saandy
      jj

      ThanQ Jj… Rukaan birun gos faint v… Eyna marry kuri jinni eyna kairy ulheny insaanehge sifaiga… Rukaan-ah jinni dheke loabivevuny jinni eynage sikun’diah baaru foaruvaigen kamah liyefa onnaane kureega… Dhen huri suvaaluthakuge javaabu adhi libeyne 🙂

  26. Noor

    Alheyyy..dhen vaany kihinei baa..story varah unique reethi gotheh ebuhuri..waiting for next part dear..??????

    1. Saandy
      Noor

      ThanQ Noor… Dhen vaagothehves balamaa dhw… Next part Tuesdayga… Insha Allah!! 🙂

  27. Riffu

    Biruveri rashakah dhw e dhevunee ??? alheyyy miu,ruku and baby ah gotheh nahadhacheyyy..

    1. Saandy
      Riffu

      ThanQ Riffu… Biruveri rashakah e dhevuny… Dhen balamaa dhw meehakah gotheh veythoa 🙂

  28. Thushaa

    V rythi mi part ves

    1. Saandy
      Thushaa

      ThanQ Thushaa 🙂

  29. jimeeeee

    V reethi..v kiyaa hivvaa story eh…

    1. Saandy
      jimeeeee

      ThanQ Jimeeeee 🙂

  30. Zee

    V v reethi waiting for next part

    1. Saandy
      Zee

      ThanQ Zee… Next part Tuesdayga… Insha Allah!! 🙂

  31. silver mist

    Wow v v v reethi

    1. Saandy
      silver mist

      ThanQ Silver mist 🙂

  32. Aisha

    Alhe konrashakah edhevuniee anihkaa rkuoo ah gotheh nahadhachey plx.. Next part ga vaagoiy balaalan varah beynun

    1. Saandy
      Aisha

      ThanQ Aisha… E dhevunu rasheh next partga en’geythoa balamaa dhw… Next part Tuesdayga… Insha Allah!! 🙂

  33. Sam

    Mashah hyvany rukaan hn hurihaa nubaeh hedhy..dhn neynge dw..vaagotheh engidhaanethaa dw..btw story vvvv reethi..keep it up..waitingggggggg☺️

    1. Saandy
      Sam

      ThanQ Sam… En’gidhaanethaa dhw… Next part Tuesdayga… Insha Allah!! 🙂

  34. Anonymous

    wowww haadha salhi partekey.. getting more interest

    1. Saandy
      Anonymous

      ThanQ Anonymous 🙂

  35. Eeny

    Storu varah reethi saandy☺

    1. Saandy
      Eeny

      ThanQ Eeny 🙂

  36. Aisha

    My biggest question is why did iunaas killed herself on her wedding dau. Why?

    1. Saandy
      Aisha

      ThanQ Aisha… Esuvaaluge javaabu libeykah dhen maagina dhuvaheh neiy… Kuda kuda inthizaareh kollan jeheyny thisuvaaluge javaabu hoadhan 🙂

  37. Izu

    Sifa kurun haadha salhi ey. Loa kurimathy hama sifavaahen hyvanee. Varah salhi story eh mi ?

    1. Saandy
      Izu

      ThanQ Izu… V ufaavejje Izu ah mivaahaka ehaa kamudhiyaeema 🙂

  38. Cenhi

    Saandy. Mi story feshunu dhuvaskolhu bxy kamun nukiyunyma adhi mafukohgen mihury feshey hisabun kiyan. CX saandy GE story rythi nuvenudhane. N yes I read it from da begining n its superb. Waiting for next episode 🙂

    1. Saandy
      Cenhi

      ThanQ Cenhi… Next part mirey up kolladheynan… Insha Allah!! I’m really bixy these days… Roadhamas kairivaathy… But I’ll try to upload it tonight at 9-10pm… Hope u guys will understand 🙂

  39. N@700

    This stry is super..i love it …first to last…its toooooo super…good work…n keep it up

    1. Saandy
      N@700

      ThanQ N@700 🙂

  40. Shahoo

    Saandyyyy knirakun up vaany dhn. V kiyaa hithun mi iny

    1. Saandy
      Shahoo

      ThanQ Shahoo… Mirey… Insha Allah!! Roadha mas kairivaathy v v bixykoh mi ulheny… Hama neyvaaves nulevigen mi ulheny… But I’ll try at my best to upload 12th part at tonight 9-10pm… Hope u will understand 🙂

  41. Thuthi

    Story mirey up nuvanyytha alhe?? ??????

    1. Saandy
      Thuthi

      Sorry Thuthi… Hama bixykamun nuvy… V try kurin story liyelaane vagutheh veythoa… Ekam mirey 9-10 aa dheytherey up kolleveythoa eba v masakkaiy kuran 🙂

  42. Ainth

    koba mireyge part waiting…………

    1. Saandy
      Ainth

      ThanQ Ainth… Mirey up kolladheynan… Insha Allah!! 🙂

  43. Nixam

    koabaa 12 vana bai

    1. Saandy
      Nixam

      Nixam!! Sorry for the delay 🙁 Insha Allah!! Mirey up kolladheynan… 🙂

  44. Aai

    Kobaa 12vana bay saandy pls up kohdeeba????haada intizaareh kurimey?????

    1. Saandy
      Aai

      ThanQ Aai… 🙂 Mirey up kolladheynan… Insha Allah!! Sorry for the delay 🙁

  45. Who? ?

    Up nukuriyas habaru velaabala!!

    1. Saandy
      Who? ?

      Who?? Sorry for the delay… Adhi khabareh nuvevuneema… 🙁 Roadhamas annaathy v v bixykoh mi ulheny… Ehenve khabareh nuvevuny… Hope u will understand… Insha Allah!! Mirey 12 vana bai up kolladheynan 🙂

  46. Riffu

    Saaaaandy kobaaaaaaaaa?
    Keh kurag dhathiveyyyyyy

    1. Saandy
      Riffu

      Sorry Riffu… 🙁 I’m really v v bixy these days… I’ll upload it tonight at 9-10pm… Insha Allah!! ThanQ for ur support 🙂

  47. Maxu

    thedheh saandy….Avahah up kohdhybaa …can’t wait eyyyy

    1. Saandy
      Maxu

      ThanQ Maxu… 🙂 Sorry for the delay 🙁 I’ll upload it tonight at 9-10pm… Insha Allah!! 🙂

  48. thuhthi

    Saandy koba 9 jahaa bodu vejje nun.. ????
    Vaahakaeh up nuvey.. !!!!

    1. Saandy
      thuhthi

      Thuhthi!! Sorry dear… Saandy buny 9-10 aa dheytherey up kohdheveythoa masakkaiy kuraanamey… Ekam 10:05 ga up kohdhevuny… Sorry for the delay 🙁 Mihaaru up kohfa inaany 🙂

  49. zaru

    koniraaku vahakaeh up nuveynun…

    1. Saandy
      zaru

      Zaru!! Sorry for the delay 🙁 Up kohfa innaany mihaaru… 10 ge kurin up kureveythoa masakkaiy kury… But 10:05 ga up kurevuny 🙂

  50. Juu

    kobaa vaahaka already mihaar 10 vx vejje

    1. Saandy
      Juu

      Juu… Story up kohfa innaany mihaaru… 5mins lasvejje… Sorry for the delay 🙂

  51. Riffu

    Thank you saandy. Up nukurevuneema ves habareh veema ? btw saandy thee girl ehtha?

    1. Saandy
      Riffu

      Welcome Riffu!! Saandy aky boy eh… ThanQ for the understanding dear 🙂

Comments are closed.