ކިޔުންތެރިންގެ ސަމާލު ކަމަށް..މީ އަޅުގަނޑު މިސައިޓަށް ލިޔާ ދެވަނަ ވާހަކަ..މިވާހަކައަކީ ހަގީގީ އަހަރެންގެ ދިރިއުޅުމުގައި އަހަރެން ތަޖުރިބާ ކޮށްފައިވާ ކަމެއްގެމއްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވ. .މިވާހަކަ އަޕްވާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވހު.. ވަަރަށް އަވަހަށް މިވާހަކަ ފެނިގެން ދާނެ.. އިންތިޒާރު ކޮށްލައްވާ..! ********************************** ކުޑަ އިރުއްސުރެ ކިޔެވުމަށް ކައިރާ ނުހަނު ފޯރި ހުރެއެވެ.އެހެން ހުރިހާ ކަމަކުން މަހުރޫމުވެ ކައިރާ ބެލީ ކިޔެވޭތޯއެވެ.ސުކޫލުގެ އެކިއެކި ހަރަކާތްތަކުން އެކި ވަނަތށް ހޯދަމުންދެއެވެ.އިސްކޮޅުން ކުރު ނަމަވެސް ދޮންރީތި އެހާ ހިކި […]
އެއްއަތުން ދަބަހުގައި ހިފައިގެން އަނެއް އަތް ޖީބަށް ޖަހައިގެން މަޑު ހިނގުމެއްގައި ހިނގައިފައި ގެއަށް ވަންނަން އައި ޒާހިރަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުއްނެވެ.ބަލަން ހުރެވުނީ ލޮލަށް އއމަންޒަރު ފެނުނަސް ހިތަށްގަބޫލު ނުކުރެވިގެއްނެވެ.ޒީން.. ޒާހިރަށް މަޑުމަޑުން ގޮވާލެވުނެވެ.ނަމަވެސް ފެނުނީ ޒީނިޔާ ފޮށި ހިފައިގެން ގެއިން ނުކުންނަން އައިތަނެވެ.ޒީން ކޮންތާކަށް؟… ޒީނިޔާ އަށް ރީއްޗަށް އެއަޑުއިވުނު ނަމަވެސް، ރަނގަޅަށް ވިސްނާލިނަމަ އެ އަޑުގައިވި ހިތްދަތިކަމާއި ރިހުން އިހުސާސްވީހެވެ.މަންމަމެންގެއަށް.. އެއަޑުގައިވި ރުޅިވެރިކަން އެނގި އިތުރަށް އެއްޗެކޭ ނުބުނެވެނީސް ޒީނިޔާ ދާން […]
އިރުކޮޅަކު އެހެން ހުރެފައި ކައިރީ ހުރި ނަރުސް ކުއްޖާއަށް އަތުން އިޝާރާތް ކުރަމުން ވާޑުން ނުކުންނަން ހިނގައިގަތެވެ.ކަރުނަފހެމުން ހަސަންފުޅުވެސް ނުކުމެގެން ހިނގަައްޖެ އެވެ. ޒާހިރު އޭނާގެ ކެބިންއަށް ވަދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. ގޮނޑީގައި އިށީނދެ މޭޒުގައި ބޯ ޖަހާލިއެވެ. އެއީ ކާކުބާ އެވެ؟ އެމީހާ އެކިޔަނީ ކީކޭ ހެއްޔެވެ؟ޒާހިރަކީ ދުވަހަކުވެސް ރާއްޖެތެރޭ ރަށަކަށް ދިޔަ މީހެއްވެސް ނޫނެވެ.ދިރިއުޅުމުގެ ކަޅުއަނދިރިކަމުގައި ވަނިކޮށް އޭނާއަށް މިކުރިމަތިވީ ކޮންފަދަ ކަމަކާ ހެއްޔެވެ؟މިހުރިހައި ކަންތައްތަކާ ވިސްނުމުން މީހާ އިތުރަށް ހާސްވުން ނޫން […]
އިރު ފެނުން ތޮޅެލީ މާލޭގެ މަގުތަކަށް ހަލަބޮލިކަން ގެނެސްދެމުންނެވެ.އާދައިގެ މަތިން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ތެރެ ވެސް ފެންނަނީ މަގުތަކޭ އެއްފަދައިން ހަލަބޮލި ކށެވެ. އަތްމަތި އަވަސްކުރަމުން ޒާހިރު ދިޔައީ ކުޑަކުދިންގެ ވާޑުގައި އޮތް އޭނާގެ ޙާއްސަ ބަލިމީހާގެ ހާލަތު ބެލުމަށެވެ.އެއީ މީގެ ދެދުވަސް ކުރިން ވަރަށް ބޮޑަށް ފިހިގެން ގެނެވި އިމަރޖެންސީގައި ފަރުވާ ދެވެމުންދާ ުއުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެ.ވެ.ރޭ ދަންވަރުއްސުރެ އެނދުގއި ބޯ ޖަހައިލައިގެން އޮތް ހަސަންފުޅަށް މީހެއްގެ ހިލަން ވިހެން ހީވުމާއެކު ނިދި […]