އަމާންގެ އެ ގާތްކަމުން އަފްރީންގެ ހިތުގެ ތެޅުން ދިޔައީ ހިނދެއް ހިނދެކަށް ބާރުވަމުންނެވެ. އަމާން ހުރީ އަފްރީންއަށް ވަމުން ދިޔަ ގޮތުން އެތެރެއިން ހީލަ ހީލައެވެ. އަފްރީން ސައިކަލުގެ ކުރީގައި އިނުމުން އަމާންއަށް ވަމުން ދިޔަ ފިނި ވަނީ ކުޑަވެފައެވެ. ނަަމަވެސް އަފްރީންގެ އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ފަނަރަވަރަކަށް މިނެޓް ދުއްވުމަށްފަހު އަފްރީންއާއި އަމާން ގޮސް މަޑުކޮށްލީ މަގުގެ ކޮޅުގައި މަޑުކޮށްލައިގެން ތިބި އަފްހަމްއާއި ލިއުޝާގެ ކައިރިއަށެވެ. އަފްރީން ސައިކަލުގެ ހަރު ޖައްސާލުމަށްފަހު ސައިކަލުމަތީ […]
އެއްއަތުން ދަބަހުގައި ހިފައިގެން އަނެއް އަތް ޖީބަށް ޖަހައިގެން މަޑު ހިނގުމެއްގައި ހިނގައިފައި ގެއަށް ވަންނަން އައި ޒާހިރަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުއްނެވެ.ބަލަން ހުރެވުނީ ލޮލަށް އއމަންޒަރު ފެނުނަސް ހިތަށްގަބޫލު ނުކުރެވިގެއްނެވެ.ޒީން.. ޒާހިރަށް މަޑުމަޑުން ގޮވާލެވުނެވެ.ނަމަވެސް ފެނުނީ ޒީނިޔާ ފޮށި ހިފައިގެން ގެއިން ނުކުންނަން އައިތަނެވެ.ޒީން ކޮންތާކަށް؟… ޒީނިޔާ އަށް ރީއްޗަށް އެއަޑުއިވުނު ނަމަވެސް، ރަނގަޅަށް ވިސްނާލިނަމަ އެ އަޑުގައިވި ހިތްދަތިކަމާއި ރިހުން އިހުސާސްވީހެވެ.މަންމަމެންގެއަށް.. އެއަޑުގައިވި ރުޅިވެރިކަން އެނގި އިތުރަށް އެއްޗެކޭ ނުބުނެވެނީސް ޒީނިޔާ ދާން […]
މަންމާ…!!” މާދުރުން އިވުނީ ބަރު ފިރިހެން އަޑެކެވެ. އެވަގުތު އެދިމާއަށް ދުވެފައި އަންނަމުންދާ ޒިއަދަން ފެނި އިތަން ހާސްވިއިރު ހުސްނާ އެއްފަހަރު ޒިއަދަންގެ މޫނަށް ބަލާލަމުން އަނެއްފަހަރު އީތަންގެ މޫނަށް ބަލާލިއެވެ. ޒިއަދަން ދުމެއްޖަހާފައި އައިގޮތަށް އޭނަގެ މަންމަ ބިމަށް ތިރިވުމުގެ ކުރިން ހިފަހައްޓާލިއެވެ. އީތަން އެދިމާއަށް ބަލަހައްޓައިގެން ހުރީ ޒިއަދަންގެ ހާލަތަށް ހަމްދަރުދީވެހުރެއެވެ. ޒިއަދަން އިސްއުފުލާލަމުން އީތަންއާ ދިމާއަށް ބަލާލިއިރު ދެލޯ ދިއްލިފައިވަނީ ލޭރަތް ކުލައިގައެވެ. ޒިއަދަންގެ ސިފައަށް ބަދަލު އަންނަމުން ދިޔައިރު ހުސްނާ ހުރީ […]
“މިދިޔަ އަހަރު މެލޭގަ އުޅުނީ..އަމް.. ސައިކޯޕާތް ބިހޭވިއާ އެގްޒަމިނާއަކަށް. މިހާރު ނުކުރަން ކަމެއް. މާލޭގަ އެކަހލަ މީހުން އުޅޭކަމެއް ނޭންގެ..ހެހެހެ” އެވަގުތު އެތާތިބި އެންމެންގެ މޫނުންވެސް ފެނުނީ ތަފާތު ކުލަވަރެކެވެ.”ކިހިނެއްވީ.. އަނެއްކާ އެކަހަލަ މީހަކު ދަންނަނީތަ” ހާޝިރް ސުވާލު ކޮށްލުމުން ކޮންމެ މީހަކުވެސް ވަރަށް ނުވާ ކަމަށް ހަދައިފައި ހޭންފެށިއެވެ. ހާޝިރްވެސް އެހުނުމުގައި ބައިވެރިވިއެވެ. އަލާނިޔާ އެ ގޭގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެކިތަންތަން ބަލަމުން ދިޔައީ ޖާސޫސެއް ހެނެވެ. ފަހަރަކު ކޮޓަރިއެއް ބަލަމުން ދިޔައިރު ކޮންމެ […]
މިވާހަކައަަަަަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ އަށް ހަާއްސަކޮށް ލިޔަން ގަސްތުކޮށްފަވާ ވާހަކައެކެވެ. އެކުވެރިޔާގެ ނަމަކީ ޒައިނާ އެވެ. ވީމާ ޒައިނާ ، މި ކުއްޖާއާއި އެކު ވާހަކައިގައި އުޅޭ ފިރިހެން ބަތަލުގެ ނަން ކަނޑައެޅުމަށް އެދި ތިޔަ އެންމެހާ ކިޔުންތެރިންނަށް ހުޅުވާލަމެވެ. ހުށައަޅާ ނަންތަކުން އެންމެ ކަމުދާ ނަމެއް 29 ޖޫން ވާ ހޯމަ ދުވަހު ގެނެސްދޭ ވާހަކައިގެ ފުރަތަމަ ބައިގައި ހިމަނާލަދޭނެ ވާހަކަ ދަންނަވާލަން.
“ބައިލައްކަ ރުފިޔާއަށް އަހަރެން އެ ދޭނީ” “މައްސަލައެއް ނެތް..ބައިގަޑިއިރުތެރޭ އަހަރެން މި ދަނީ ތިގެއަށް” ދިމްރާ މިހެންބުނެ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ.އޭރު މުޅިކުއްޖާ ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ.ނޭވާ ދޫކޮށްލިގޮތުންވެސް ހީވީ ހަމްދާންއަށް ގުޅީއްސުރެ ނުލާ ހުރި ނޭވާ ދޫކޮށްލި ހެންނެވެ. “ދިމް ބައިގަޑއިރުތެރޭ ކިހިނެއް ތިވަރަށް ރުފިޔާ ހޯދާނީ..އާން އަށް ގުޅާފަ ބުނަންވީ ދޯ” މުނާޒް އެންމެ ކަންބޮޑުވީ އެހާ ކުޑަވަގުތުކޮޅެއްގައި ރުފިޔާ ހަމަޖައްސާނެ ގޮތެއް ނުވިސްނުނީތީއެވެ.ފޯނު ކޯލް ކާމިޔާބު ކަމާއިއެކު ނިންމާލެވުނަސް ދެން […]
ލިބުނު ސިހުމުގައި މުލައިލްއަށްވެސް ފަހަތަށް ޖެހިލެވުނެވެ. ޔުސްރާއަށް އެއީ އަލާނިޔާ ކުޑައިރުކަން ނަގައިގަނެވުނު އިރު އެންމެންވެސް ތިބީ ހާސްކަމާ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މުލައިލް ވެސް މެއެވެ. ބޮކި ދިއްލުނީ މުލައިލްމެންގެ ޓީމުގެ ބަޔަކު ކުރި ނުހަނު ބުރަ މަސައްކތުންނެވެ. އޭރު އެތާ އިތުރު މީހެއް ނެތަސް ކުރިންއެ ނުބައި މީހާގެ އަތުގައި އޮތް ބުދުގައި ވަނީ ވަޅީ އަޅާ އެމުޅިއެތި ހަލާކުކޮށްލާފައެވެ. އެ އެންމެންތައް އެތަނުން ނިކުތީ މާޔޫސްވެ ހުރެއެވެ. “މިއަދުވެސް އެހެރީ އެކުޑަ ކުއްޖާގޮތަށް. […]
މިއަދު އިރުއެރީންސުރެ ޔަމީނާ ހުންނަނީ ހިތްއަވަސްވެފައެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ހިތުގައި ހިނގާއިރު، މޫނުމަތިން ރަކި ހިނިތުންވުމެއް ފެނެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތުގައި ނަވާލުގެ ޚިޔާލުތައް ރަސްކަންކުރަމުން އެ ދަނީ ވަކި އިރެއް ބަލާފަކާ ނޫނެވެ. ނަމަވެސް އޭނާ މަސައްކަތްކުރަމުން އެދަނީ މޫނުމަތިން އެއިން އެއްވެސް ކަމެއް އެހެން މީހަކަށް ފާހަގަވިޔަނުދީ ވޭތޯއެވެ. ނާދިރާއަށް އޭނާގެ އެންމެ ހަގު ދަރިފުޅުގެ މޫނުމަތީގައި އެވާ އުފާވެރިކަން ފާހަގަކުރެވުނު ނަމަވެސް ޔަމީނާ އިތުރަށް ލަދު ނުގަންނުވަން ނޭނގޭ […]
ކަމަކު ނުދޭތަ؟؟ އަފްރީން އައިސް ކައިރީގައި ހުއްޓިލަމުން ބުންޏެވެ. “މާ ބޮޑަށްވެސް ކަމުދޭ އަވަހަށް އާދެ ސައިބޯން” އަފްހަމް އަފްރީންގެ އަތުގައި ހިފާ ދަމާލަމުން ބުންޏެވެ. ސައިބޮއި ނިމުމުން އަފްރާހް އަފްރީން ގޮވައިގެން އޮފީހަށް ދިޔައީ މިހާރު އޮފީހުގައި ކަންކަން ހިނގާގޮތް ބުނެލަދިނުމަށެވެ. ފުރަތަމަ ދުވަހުވެސް ސްޓާފުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން އަފްރީންގެ މަސައްކަތް އިތުރަށް ފަސޭހަވެގެން ދިޔައެވެ. އޭނަގެ އެސިސްޓެންޓް ކަމަށްވާ ރައިހާ އޭނާއަށް މިހާރު ހިންގަމުންދާ ޕޮރެޖެކްޓްތަކާއި ހުރިހާއެއްޗެއް ކިޔާދެމުން ދިޔައިރު އަފްރީން […]