Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (8)

Aisha Level 3100 Comments10 Stories100 Login
May 24, 2017 6 Mins Read
44 Comments

މާޒީގެ ހަނދާންތަށް އާވުމުން އެ ހިތުގައި ރިއްސާލިއެވެ. އަދި ކިހާ ދުވަހަކު މިހެން އެކަހެރިވެ އިނދެ ހިތާމަ ކުރަން ޖެހޭނެ ހެއްޔެވެ؟؟ އަމާންގެ ހިތައްއެރިއެވެ. ހިތް ޝަކުވާއިން ފުރެމުން ދިޔައިރުވެސް އެންމެ ލަފްޒެއްވެސް ދުލާ ހަމަޔަށް ނައެވެ. އަފްހަމް ސައިކަލާ އައިސް އަމާންގެ ކައިރިއަށް މަޑުކޮށްލީ އަމާން އެ ހިތާމައިގައި ވަނިކޮށެވެ. ހިޔާލުތަކުން ބޭރުވުމަށް އަމާން ލޯ މަރާލި ވަގުތު ކުރިމަތިން އަފްރީންގެ ސޫރަ ފެނުމުން ސިހިފައި ދެލޯ ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ބޭއިހްތިޔާރުގައި އަފްރީންގެ ނަންވެސް ދުލުން ބޭރުކޮށްލެވުނެވެ. “މާން..” އަފްހަމް އަމާންގެ ކޮނޑުމަތީ އަތްބާއްވައިލަމުން މަޑުމަޑުން ގޮވާލިއެވެ. “އަހޫ..” އަމާން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓާލިއެވެ. “މާންއަށް ޝެއާރ ކުރެވޭނެއޭ.. ބުނެބަލަ އަފޫ ކިހިނެއްވީ؟؟” އަފްހަމް މަޑުމައިތިރިކަމާއެކު އެއްސެވެ. “ނޭނގެ.. އަހޫ.. އަފޫ ފެނުނު ފަހުން ހަމަ އޭނައާއި ދޭތެރޭ ވިސްނެނީ” ކުރިމަތީ އޮތް ކަނޑަށް ނަަޒަރު ހުއްޓާލައިގެން އިނދެ އަމާން ބުންޏެވެ. “ލައިކްވޭތަ އަފޫ ދެކެ” “އާން ލައިކްވޭ އަބަދުވެސް” އަމާންގެ ޖުމްލަ އަޑުއިވުމުން އަފްހަމްގެ ތުންފަތް މައްޗައް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “މާން ބޭނުންތަ އަފޫ؟؟” “އަހޫ އަހަރެންނަށް އަފޫ ބޭނުންވާވަރަށް ލޯބި ނުދެވިއްޖިއްޔާ.. އަހަރެން ބޭނުމެއް ނޫން އަފޫއަށް ދެރައެއް ދޭކަށް” “މާން އަފޫއަށް ހުރިހާއެއްޗެއް ކިޔާދީ އަހަންނަށް ޔަޤީން އަފޫ އަންޑަސްޓޭންޑް ވާނެކަން” އަފޫއަށް ކިހާވަރަކަށް އިނގޭތަ އަހަންނާ ބެހޭގޮތުން؟؟” “މާންއާކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ނޭނގިދާނެ.. ބަޓް މާންގެ ޕާސްޓް އަފޫއަށް އިނގޭނެ” “އެހެންވީއިރު އަހަރެން ވާހަކަ ދައްކާނަން އަފޫ އާ” އަފްހަމް ހިނިތުންވެލަމުން އަމާންގެ ބުރަކަށީގައި ޖަހާލިއެވެ. “ކޮބާތަ ބުނަން އުޅުނު ވާހަކަ؟؟” “ތެދެކޭ ދޯ ހަނދާންވެސް ނެތިފައި މިއިނީ.. މަ ބުނީމެއްނު ކަމުދާ ކުއްޖެއް ފެނުނު ވާހަކަ..އެކުއްޖަކީ ލިއުޝާ އޭ.. އޭނައަށް ޕުރަޕޯސް ކުރިތަން ވެއްޖެ ދެތިން ދުވަސް.. މިރޭ ރައިޑަށް ގޮސްފައި ޔެސް ބުނެފި” “ޔެސް ބުނީތަ.. ކޮންގުރާ ބުރޯ” އަމާން ހިނިތުންވެލަމުން އަފްހަމްގެ ކޮނޑާއި ކޮނޑު ކުޑަކޮށް ޖައްސާލިއެވެ.” “ހައިރާންވެސް ނުވޭތަ ތީނަގެ ކަޒިންގެ ވާހަކައޭ މިބުނީ މަށަށް ކުރިންއަކުން ނޭނގެ އެއީ މާންގެ ކަޒިންއެއް ކަމެއްވެސް” “ހައިރާންވާންވީ ކީއްވެ މަށަށް މާކުރިން އެނގިއްޖެ ވިއްޔާ” އަފްހަމް ހައިރާންވެފައި އަމާންއާއި ދިމާލަށް ބަލާލީ ކިހިނެއްހޭ އަހާލާފަދަ ގޮތަކަށެވެ. “އަފޫ އެއްވެސް ގިފްޓެއް ފޮރުވަންވެފައި އޮވެގެނެއް ނޫނޭ ތިދެމީހުން ފޮނުވާލީކީ އުޝް “ޔެސް” އޭ ބުނަންވެގެން ތި ދެމީހުންނަށް ޕުރައިވެސީ ދޭންވެގެ ތިމީހުން ފޮނުވާލީ” “އަފޫގެ ޕުލޭނެތަ އެއީ” އަމާން ބޯޖަހާލުމުން އަފްހަމް ބޯކަހާލިއެވެ.

އާދައިގެ މަތިން އަފްރީން ފަތިސްނަމާދު ކޮށްލައިގެން ކޮޓަރީގެ ބެލްކަނީގައި ހުރީ ކޮފީ ބޯށެވެ. މިއަދަކީ އޭނާ އަފްރާހްގެ ކޮސްމެޓިކްސް ވިޔަފާރިއާއި ހަވާލުވާ ދުވަސްކަމުން އޭނާ ހުރީ ކުޑަކޮށް ނުތަނަވަސްވެފައެވެ. އަފްރާހް އޭނާގެ ވެހިކަލްސް އެތެރެ ކުރާ ވިޔާފާރި އަފްހަމްގެ ނަން މައްޗަށް ކުރިއިރު އަފްރީން ބޭނުންވީ ކޮސްމެޓިކްސް ވިޔަފާރިއެވެ. އަފްރީން ކޮފީބުއި މަގު ބަދިގެޔަށް ވަދެ ދޮވެލާފައި ބަގީޗާ ތެރެއަށް ނިކުތެވެ. އަދި ގަސް ތަކަށް ފެންދީފައި އަފްރީން ގެއަށް ވަނީ ގޯތިތެރޭ ކުނިވެސް ކަހާލާފައެވެ. އަދި ބަދިގެއަށް ވަދެ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ފެށިއެވެ. މިޝާ އައުމުން އޭނަވެސް ފޮނުވާލީ މިއަދު ސައި ހަދާނީ އެކަނި ކަމަށް ބުނެއެވެ. މިޝާ “މަންމަވެސް އެހީވާނަމޭ” ބުނުމުން ނޫނެކޭ ކިޔާ ކޮފީ ތައްޓެއް ދީފައި މިޝާ ފޮނުވާލީ ސިޓިން ރޫމަށެވެ. މިޝާ އެ ކޮފީ ތަށި ގެންގޮސް ސްޓަޑީ ރޫމްގައި ފައިލްތަކެއް ނަނގައިގެން އިން އަފްރާހް އަތަށް ދީފައި ތިރިއަށް ފޭބިއިރު ހުރީ އަފްރީންއާއި މެދު ކަންބޮޑުވެފައެވެ. އަފްރީން ނުބުންޏަސް އޭނާ އެހުރީ މިރޭގެ ހަފްލާގެ ސަބަބުން ހާސްވެފަކަން އޭނާއަށް އިނގެއެވެ. މިޝާ ސޯފާގައި އިށީނދެފައި އަފްރީން ގެނެސްފައި ހުރި ކޮފީ ތަށިން އެތިފޮދެއް ބޯލިއެވެ. އެހެން އިންއިރު އޭނާ ދިޔައީ އިރުއިރުކޮޅާ ބަދިގެއާއި ދިމާލަށް ބަލަމުންނެވެ. އެހެން އިންދައި އަމާންއާއި އަފްހަމް އައިސް ގެޔަށް ވަނުމުން މިޝާ އެދެމީހުންނަށް ގޮވާލިއެވެ. “ކިހިނެއްވީ މަމް” “އަފޫ އެހުރީ ވަރަށް ހާސްވެފައި އޭނާ ހަމަޔަކަށް އަޅުވަންދޭބަލަ…އެބަ އުޅޭ ސައި ތައްޔާރުކޮށް.. މަންމަ ބަދިގެޔަށް ވަނީމަ ބުނީ އަފޫ އެކަންޏޭ މިއަދު ސައި ހަދާނީ” “މަމް ޗިލް އަފޫ ހަމަޔަކަށް އަޅުވާލަފާނަން” އަފްހަމްއާއި އަމާން ބަދިގެއަށް ވަތްއިރު އަފްރީން އުޅުނު ގޮތުން ހީވީ ބަޔަކަށް ސައި ދޭން ލަސްވެގެން އުޅުނު ހެންނެވެ. “އަފޫ ދޮންބެ އާއި މާންއަށް ކޮފީއެއް” އަފްރީން ވަގުތުން އަފްހަމްއާއި އަމާންއަށް ކޮފީ ތައްޓެއް ގިރާލާފައި ދިނެވެ. “ބަޔަކު އަންނަނީތަ މިއަދު މިގެޔައަށް ސައިބޯން؟؟” “ނޫން” ރޮށިދަމަމުން އަފްރީން އަފްހަމްއަށް ޖަވާބުދިނެވެ. “އަފޫ” އަފްރީން ހޫމް ލައްވާލިއެވެ. “ބަލާބަލަ މިކޮޅަށް” “ދޮންބެ އަފޫ ބިޒީ އޭ” އަފްހަމް ބަލާކަށް ނުހުރެ ރޮށިފިހާ ތަވާ އުދާފައި ހުރި އުނދުން ނިއްވާލިއެވެ. އަފްރީން އުނދުނާއި ދުރަށް ޖެހިލަމުން ކަބަޑު މަތީ ޖަހާފައި ހުރި ޓައިލްސްމަތީ ކުޑަކޮށް އިށީނދެލިއެވެ. “ބުނެބަލަ ކީއްވެ މާ ހާސްވެފައި ތިހިރީ؟؟” އަފްހަމް އަފްރީންގެ ކުރިމަތީ ހުއްޓިލަމުން ބުންޏެވެ. އޭރު އަމާން އެތާ ހުރި ކުޑަ މޭޒުގައި ލެގިލައިގެން އަފްރީންއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. “އަފޫއަށް ނުވެއްޖިއްޔާ” “އަފޫއަށްވާނޭ އަފޫ އަބަދުވެސް ބޭނުންވީ ބިޒްނަސް ވޮމެންއަކަށް ވާކަށްނު އަނެއްކާ އަފޫއަށް ނުވާނެ ކަމެއް ނޯންނާނެ” އަފްހަމް އަފްރީންގެ ދެއަތުގައި ހިފައިގެން ހުރެ ބުންޏެވެ. އޭރުވެސް އަމާން ހުރީ ކަޅިޖަހާނުލާ އަފްރީންގެ މޫނަށް ބަލަހަށްޓައިގެންނެވެ. އެދިގު އިސްތަށިގަނޑުގައި ހުޅިއެއްޖަހާ ހަރުކޮށްލާފައި ހުރިއިރު ކުދި އިސްތަށިތަށް މޫނުމައްޗަށް ވެރިފައި ހުއްޓެވެ. ލާފައި ހުރި ކަޅުކުލައިގެ އަތްކުރު ޓީޝާޓުގައި އަޅިކުލައިން އޯސަމް ޖަހާފައި އިންއިރު ތިރިން ލައިގެން ހުރީ ގަދަ ނޫކުލައިގެ ޖިންސެކެވެ. ހާސްވެފައި ހުރި އިރު ކުރިއަށްވުރެ އަފްރީން ރީތިހެން އަމާންއަށް ހީވިއެވެ. އަފްރީންގެ ހާލު އަދިއެއަށްވުރެ ބޮޑެވެ. އަމާން އޭނާގެ ކުރިމަތީ ހުރުމުން އެނާއަށް އަފްހަމްއާއި ރަގަނޅަށް ވާހަކަވެސް ނުދެއްކެވެ. ހިތް ތެޅެމުން ދިޔަލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ މޭ ފަޅާލައިފައި ނިކުމެދާނެ ހެންނެވެ. އަފްހަމް ހުރިހާ ކަމެއްވެސް ރަނގަޅުވާނޭއޭ ބުނެ އަފްރީންގެ ގައިގައި ކުޑަކޮށް ބައްދާލާފައި މޭޒު ކައިރީ ހުރި ގޮޑިތަކުން ގޮނޑިއެއްގައި އަމާންއާއި ދެމީހުން އިށީނދެ ކޮފީ ބޯންފެށިއެވެ.

އަފްރީން ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމާލައިފައި އެންމެންނަށް ސައިބޯން ގޮވާލިއެވެ. އަމާންވެސް ގެއަށް ނުގޮސް އިނީ މިޝާ ސައިބޮއިގެން ދާން މަޑުކުރަން އެދުމުންނެވެ. ސައިބޮއި ނިންމާލުމަށްފަހު އަފްރީން ކޮޓަރިއަށް ވަދެ ފެންވަރާލިއެވެ. އަދި ރީތިވެލައިގެން ފޯނު ނަނގާ ލިއުޝާއަށް ގުޅާލިއެވެ. “ކީކޭ އަފޫ؟؟” “އުޝް މިރޭ އަންނާން ދޯ” “މިހާރު ތިންވަނަ ފަހަރަށް ތިހެން ތިއަހަނީ.. ބިރުގަންނަނީ ދޯ” “އުޝް އަހަރެންގެ ސަބަބުން ވިޔަފާރިދަށަށް ގޮސްފިއްޔާ” “އަފޫ.. އަފޫ.. އައި ނޯ ޔޫ ކޭން ޑޫ އިޓް ޔޫ އާރ އަ ބުރޭވް ގާލް” ލިއުޝާ އަފްރީންއާއި ވަރަށް ގިނައިރު ފޯނުން ވާހަކަ ދެއްކުމަށްފަހު އަފްރީން ފޯނު ކަޑާލިއިރު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އިޝާ ނަމާދު ކޮށްލުމަށްފަހު އަފްރީން ރީތިވާން ފެށިއެވެ. ނޭވީ ބުލޫ ކުލައިގެ މަތިކޮޅަކާ ސްކާޓެއް ލައިފައި ހުރިއިރު މަތިކޮޅުގައި އެކުލައިގެ ބީޓުސް ހަރުކޮށްފައި ހުއްޓެވެ. ދިގު އަތެއް އިން އިރު އަތް ހުރީ ލޭސްފޮތިން ލާފައެވެ. އަތުގައިވެސް ބީޓުސް ހަރުކޮށްފައި ހުރި އިރު ސްކާޓްގެ ތިރީގައި ވެސް ބީޓުސް ހަރުކޮށްލާފައި ހުއްޓެވެ. އިސްތަށިގަނޑު ރީތި ސްޓައިލަކަށް ހަދާލައިފައި ހުރި އިރު ހެދުމާއި ގުޅޭ މޭކަޕެއް ކޮށްލާފައި ހުރުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އެހެންޏާ އަބަދުވެސް ލިޕްގުލޯސް ޖައްސާލައިފައި ހުންނަ ތުންފަތުގައި މިރޭ ވަނީ ރަތް ކުލައިގެ ލިޕްސްޓިކެއް ޖައްސާލައިފައެވެ. ކުލޯސެޓަށް ވަދެ ނޭވީ ބުލޫކުލައިގެ ހީލްއެއް ނަގާ އަފްރީން ލިއެވެ. އަދި ކަޅުކުލައިގެ ވިދުން އަރާ ޕާސްއެއް ނަގާ ފޯނާއި ޓިޝޫއަކާ އޭގެ ތެރެއަށް ލިއެވެ. އަދި ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލުމަށް ފަހު ކޮޓަރިން ނިކުމެ ދޮރުޖަހާލިއެވެ. “ދަރިފުޅާ އަފޫ ނިމިއްޖެތަ” އަތުކުރީގަޑި އަަޅަމުން ކޮޓަރިން ނިކުންނަމުން އައި މިޝާ އަފްރީންއަށް ބުންޏެވެ. “ލައްބަ މަންމާ ނިމިއްޖެ” މިޝާ އިސްއުފުލާ ބަލާލީ އަފްރީންގެ އަޑު ކައިރިން އިވުމުންނެވެ. “މާޝަ ﷲ ލޯބިކަން” މިޝާ އަފްރީންގެ ނިއްކުރިއަށް ބޮސްދިނެވެ. “އަފޫ..މިހާރު ހުންނާނީ ރީތި ވެވިފަ ހިނގާ…” ސިޑިން އަރައިގެން އައި އަފްހަމްވެސް އަފްރީން ފެނުމުން ބަސްްހުއްޓުނެވެ. “ޔޫ ލުކް ބިއުޓިފުލް” އަފްހަމްއަށް ބޭއިހްތިޔާރުގައި އަފްރީންއަށް ތައުރީފްކޮށްލެވުނެވެ.

ގަޑިން ނުވައެއް ޖެހިއިރު ހަފްލާ ފެށިގެން ދިޔައެވެ. ޔުނީކް އިންޑަސްޓުރީގެ ހޯލް ފުރިފައި ވަނީ މައްޝްހޫރު ވިޔަފާރި ވެރިންނާއި ރަށުގެ ރައްޔެތުން ވަދެއެވެ. އަފްރާހްގެ ވިޔަފާރިއަކީ މުޅި ރައްޖެއަށް މަޝްހޫރު ވިޔަފާރިއެއްކަމުން މާލެއާއި ރާއްޖެތެރޭގެ ވިޔަފާރިވެރިންނާއި އަދި ނޫސްވެރިންވެސްވަނީި ހަފްލާގައި ބައިވެރިވެފައެވެ. ހުދާއި ކަޅުކުލައިން ހޯލް ޒީނަތްތެރިކޮށްލައިފައި އޮތްއިރު އެހޯލު ތައްޔާރު ކޮށްލާފައި އޮތްލެއް ފުރިހަމަ ކަމުން ކޮންމެ މީހެއްގެ ދުލުންވެސް ތައުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ. ޖަހާލައިފައި ހުރި މަޑުމައިތިރި މިއުޒިކުން ތަނަށްވަނީ އިތުރު ހިތްގައިމު ކަމެއް ގެނެސްދީފައެވެ. އެންމެގެ ސަމާލުކަން ހުއްޓުނީ ސްޓޭޖް މައްޖަށް އަރާ ހުއްޓުނު އަހުމަދު އަފްރާހް ހަލީމްއަށެވެ. ކޮންމެ މީހަކުވެސް އިންތިޒާރުކުރަމުން ދިޔައީ އަފްރާހްގެ އަންހެން ދަރި ފެންނާނެ އިރަކަށެވެ. އަފްރީން ރަށަށް އައިތަން އަދި ހަފްތާއެއް ވެސް ނުވުމާއެކު ގިނަ މީހުންނަށް އަދި އޭނާ ފެނުމުގެ ނަސީބު ވަނީ ނުލިބިފައެވެ. އަފްރާހް ސްޓޭޖްމައްޗަށް އަރާ އަފްރީންގެ ނަން ގޮވާލުމުން މަޑު ހިނގުމެއްގައި އައިސް އަފްރީން އަފްރާހްގެ ކައިރީގައި ހުއްޓިލިއެވެ. އަފްރީންގެ ރީތިކަމަށް ކޮންމެ މީހެއްވެސް ދިޔައީ ހިތާހިތުން ތައުރީފް ކުރަމުންނެވެ. އެމޫނުމަތިން ބޮޑާކަމުގެ އެއްވެސް ސިފައެއް ފެންނަން ނެތްއިރު ތުންފަތްމަތީގައި ވަނީ ހިތްހެޔޮ ހިނިތުންވުމެކެވެ. އަފްރީން އެގްރިމެންޓުގައި ސޮއިކުރުމާއެކު އެންމެން އަތްތިލަބަޑިޖެއްސެވެ. އަފްރީން ސިޑިންފައިބައިގެން ގޮސް މިޝާގެ ގައިގައި ބައްދާލާފައި އަފްހަމްގެ ގައިގައިވެސް ކުޑަކޮށްބައްދާލިއެވެ. އަދި އަފްހަމްގެ ކައިރީގައި ހުރި ލިއުޝާގެ ގައިގައިވެސް ބައްދާލިއެވެ. “ޔޫ ލުކް ގޯރްޖަސް” އަފްރީންއާއި ދުރުވެލަމުން ލިއުޝާ އެކުވެރިޔާއަށް ތައުރީފް ކޮށްލިއެވެ. އަފްރީން ލިިއުޝާއަށް ޝުކުރު އަދާކޮށްފައި އަފްރާހްއާއި އެކު ހިނގައިގަތީ ވިޔަފާރިވެރިންނާ ބައްދަލުކޮށްލުމަށެވެ. އަފްހަމް ކައިރީ އައިސް ހުއްޓުނު އަމާން އަފްރީންއާއި ލިއުޝާއާއި ކޮންމެސް ވާހަކަތަކެއް ދައްކާފައި އަފްހަމް އާއި އަމާން ހޯލުން ނިކުތެވެ. ހަފްލާ ނިމުނު އިރު ހުރީ އެގާރަ ވެސް ޖަހާފައެވެ. މިޝާއާއި އަފްރާހް ގެއަށް ދިއުމުން އަފްހަމްވެސް ކާރުގައި އައީ އަފްރީންއާއި ލިއުޝާ ބަލައެވެ. “ކުޑަކޮށް ދުއްވާލާފައި ދޯ ގެއަށް ދާނީ” އަފްހަމް ލިއުޝާއާއި އަފްރީންއަށް ބުންޏެވެ. އަފްރީންވެސް އެކަމާ އެއްބަސްވީ އޭނާ ވެސް އެކަމަށް ބޭނުންވެފައި އިންވަރުންނެވެ.

އަފްހަމް ގޮސް ކާރު މަޑުކޮށްލީ ރަށުގެ އުތުރު ފަރާތު އަތިރިމައްޗަށް ފައިބަން އޮންނަ މަގަަށެވެ. އޭރު ހަނދުވަރުގެ ރިހި އަލި މުޅި ސަރަހައްދަ ފެތުރިފައި އޮތުމުން އަފްރީން ހުރީ ބޭރަށް ނިކުންނަ ހިތުން ކެއްމަދުވެފައެވެ. އަފްހަމްއާއި ލިއުޝާ ކާރުގެ ދޮރު ހުޅުވާލައިފައި ނިކުތުމުން އަފްރީންވެސް އަވަސް އަވަހަށް ކާރުން ނިކުތެވެ. އަފްހަމް އާއި ލިއުޝާ އަތިރިމައްޗައް ފޭބުމުން އަފްރީންވެސް އެމީހުންގެ ފަސްފަހަތުން އަތިރިމައްޗައް ފޭބިއެވެ. އަދި ލައިގެން ހުރި ހީލްސް ބޭލުމަށްފަހު އަތައް ނެގިއެެވެ. އަތިރިމަތީގެ ވަކިހިސާބަކަށް ދެވުނު ތަނާ މަގެއްހެން ދެފެރާތުގައި ލެޑް އުއްބައްތި ބަހަށްޓާފައި ހުރުމުން އަފްރީންއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެވާނީ އަފްްހަމް ލިއުޝާއަށް ތައްޔާރު ކޮށްދިން ތަނަކަށޭ އަފްރީންގެ ހިތަށް އެރިއެވެ. އެކަމަކު މިއަދަކީ ލިއުޝާގެ އުފަން ދުވަހެއްވެސް ނޫނެ ދެން މީ ކޮންމުނާސަބާތަކާ ގުޅިގެން ތައްޔާރު ކޮށްފައި ހުރިތަނެއްހެއްޔެވެ؟؟ އެމަގުން ލައިފައި ގޮސް އަފްރީންއަށް ވަދެވުނީ ހިތެއްހެން އުއްބައްތި ޖަހާފައި ހުރިތަނަކަށެވެ. އޭގެ މެދުގައި އަމާން ހުއްޓިލައިގެން ހުރުމުން އަފްރީންގެ ހިތް އަވަސްވެގެން ދިޔައެވެ. އަފްރީން މަޑު މަޑުން ގޮސް އެހިތުގެ އެތެރޭގައި މަޑުކޮށްލިއެވެ. އަމާންއަށް އަފްރީންގެ މޫނު އެހާކައިރިން ފެނުމުން ބަލަހަށްޓައިގެން ހުރެވުނީއެވެ. އަމާން ވެލިގަނޑުމަތީ އެއްކަކޫ ޖަހާލަމުން “ވިލް ޔޫ ބީ މައި ގާރލް” އޭ ބުނެލިއެވެ. އަފްރީން ހުރިތާ ހުއްޓުން އަރާފައި ހުރީ ބުނާނެ އެއްޗެއްވެސް ދުލަން ނައުމުންނެވެ. އަފްރީން ބޯޖަހާލީ އެނާގެ ދޫ އިތުރަށް ހަރަކާތް ނުކުރާނެކަން އެނގުމުންނެވެ. އަމާންވެސް ވީ އުފަލުން އަފްރީންގެ ގައިގައި ބައްދައިގަތެވެ. އޭރު ލިއުޝާވެސް ވީއުފަލެއްގެ ބޮޑުކަމުން އަފްހަމްގެ ގައިގައި ބައްދާލައިގެން ހުއްޓެވެ.

އާދުވަހަކަަށް އިރު އެރީ އަފްރީންގެ ހަޔާތުގެ އާ ބާބެއް ފަށަމުންނެވެ. ފަތިސް ނަމާދުކޮށްލައިގެން އޭނާ ތިރިއަށް ދިޔައީ ކޮފީ ތައްޓެއް ބޯލުމަށެވެ. އިސްތަށިގަނޑު ވިއްސާލައިގެން ހުރި އިރު ލާފައި ހުރީ އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ހިމަ ޓައިޓެކެވެ. އަފްރީން ފެން ކައްކާ ޖަގަށް ފެންއަޅާ ފެން ހޫނުކުރަން ޖެއްސިއެވެ. އަދި ކޮފީ އަޅާފައި ހުރި ފުޅިން ކޮފީ ޕެކެޓެއް ނަގާ އޭނާގެ މަގައަށް ކޮފީ ޕެކެޓް އޮއްސާލިއެވެ. އަދި ފެން ހޫނުވަންދެން އަލަމާރީގައި އޮތް ބިސްކޯދު އުރެއެއް ނަގައިގެން ކާންފެށިއެވެ. އެހެން އިންދައި އަފްރީން ސިއްސައިގެން ދިޔައީ އޭނާގެ ކައިރީ އަމާން އައިސް އިށީނދެލުމުންނެވެ. “ހާދަ މީރުކޮށް ތިކަނީ؟؟” އަފްރީންއަށް ވީ ގޮތުން ހިނިއައި ނަަމަވެސް އެކަން ފޮރުވާލަމުން އަމާން އެއްސެވެ. “އާން ވަރަށް މީރު” އަފްރީން އަމާންއާއި ބިސްކޯދުު އުރަ ގާތް ކޮށްލާފައި ގޮނޑިން ތެދުވަމުން ބުންޏެވެ. “އަފޫ ދޮންބެއަށްވެސް ކޮފީ އެއް އަފްރީން ތިން ކޮފީ ތަށި ހަދާލައިފައި އަމާންއާއި އަފްހަމްއަށް ދެ ކޮފީ ތަށި ދީފައި އޭނަވެސް ކޮފީ ބޯންފެށިއެވެ. ކޮފީ ބޮއި ނިމުމުން އަފްހަމް އާއި އަމާން ބޭރަށް ނިކުތެވެ. އަފްރީންވެސް މަސްހުނި މޮޑެންވެގެން އެއްޗެހި ކޮށަން ފެށީ މިއަދު އޭނާ މަސްހުނި ކާހިތްވެފައި ހުރުމުންނެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިފައި އެއްޗެހިތައް ކޮށަން ފެއްޓިއިރަށް މިޝާވެސް އައިސް ބަދިގެއަށް ވަނެވެ. “އަފޫ މިއަދު އެންމެ ރަނގަޅޭ ސައި ނެހެދިޔަސް” “ނޫން މަންމާ މި މަސްހުނި ހަނދާނީ އަހަރެން” އަފްރީން ފިޔާ ކޮށަން ހުރެ މިޝާއަށް ބުންޏެވެ. މަސްހުނިގަނޑު ތައްޔާރު ކޮށްފައި އަފްރީން މައްޗަށް އެރީ އޮފީހަށް ދާން ތައްޔާރު ވުމަށެވެ. މަޑު ފިޔާތޮށިކުލައިގެ ސިފޯން ގަމީސްމައްޗަކާ ކަޅުކުލައިގެ ޖިންސެގައި އަފްރީން ފެންނަން ހުރީ ވަރަށް ފޯމަލްކޮށެވެ. އިސްތަށިގަނޑު ނަގާ މައްޗަށް އައްސާލައިފައި ހުރި އިރު ލުއި މޭކަޕެއް ކޮށްލާފައި ހުއްޓެވެ. ވާތުން ކަޅުކުލައިގެ ހޭޑް ބޭގެއް ހިފާލައިގެން ހުރިއިރު އެއަތުގައި ރިހި ކުލައިގެ ގަޑިއެއްވެސް އަޅާލައިފައި އޮތެވެ. މޭޒު ދޮށުގައި އަފްރީންގެ އިންތިޒާރުގައި ތިބި އަފްރާހް އާއި އަފްހަމް އަދި މިޝާވެސް އިނީ ސިޑިން ފައިބައިގެން އައި އަފްރީން ފެނުމުން އާޝޯހުވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

އަންވާރު (ސީސަން 01) އަށްވަނަ ޕާޓް

Next

އިއުނާސް (12)

Next
May 24, 2017

އިއުނާސް (12)

Previews
May 24, 2017

އަންވާރު (ސީސަން 01) އަށްވަނަ ޕާޓް

44 Comments!

  1. H says:
    May 24, 2017 at 8:06 pm

    yey mi first

    1. Aisha says:
      May 24, 2017 at 8:12 pm

      Yes dear

  2. Samee says:
    May 24, 2017 at 8:12 pm

    Me 2nd dhw..

    1. Aisha says:
      May 24, 2017 at 8:13 pm

      Yes samee

  3. Samee says:
    May 24, 2017 at 8:13 pm

    Kiyaalaafa cmmnt eh kohlaanah

    1. Aisha says:
      May 24, 2017 at 8:16 pm

      OK waiting for u r comment

  4. Neekko says:
    May 24, 2017 at 8:13 pm

    wowwwwwww…. this stry is awsm…. vvv reethi… masha allah…. keep it up…?????

    1. Aisha says:
      May 24, 2017 at 8:17 pm

      Thank u neekko ? ?

  5. Aisha says:
    May 24, 2017 at 8:15 pm

    Hi.. hurihaa kudhin miothiee 8 th part ves up vefa hope kuran mi part ves kiyhun therinnah kamudhaane kamah ?.. And mistake thah buneladheythi.. Gud nyt love u all ?

  6. Pinkish says:
    May 24, 2017 at 8:20 pm

    Nice..

    1. Aisha says:
      May 24, 2017 at 8:21 pm

      Thank u pinkish ?

  7. Samee says:
    May 24, 2017 at 8:30 pm

    Wow.. V nycc stwrry.. Bt thankolhe kuruhen heevey… Waiting 4 nxt prt….

    1. Aisha says:
      May 24, 2017 at 8:41 pm

      Thankolheh kuru dho.. Next part dhigukohla dheynan igey ? thank u samee

  8. Zail says:
    May 24, 2017 at 8:42 pm

    Nice story

    1. Aisha says:
      May 24, 2017 at 8:44 pm

      Thanku zail ?

  9. Neeve says:
    May 24, 2017 at 8:42 pm

    V reeethi

    1. Aisha says:
      May 24, 2017 at 8:45 pm

      Thank u neeve ?

  10. Zee says:
    May 24, 2017 at 8:50 pm

    Wow nice story…….

    1. Aisha says:
      May 24, 2017 at 8:52 pm

      Thank u dear ?

  11. nonns says:
    May 24, 2017 at 9:00 pm

    Wow. V reethi. But thankolheh kuru.When next part 😀

    1. Aisha says:
      May 24, 2017 at 9:02 pm

      Sorry 4 that next part dhigu kohla dheynan.. Fridayga ?

  12. Hello says:
    May 24, 2017 at 9:06 pm

    This is one of the stories i read daily
    Varah reethi❤
    Ekamu kudhi kudhi mistakes ebahuri
    Like heel uh araanee laanee ingey dear
    And beads ethaa ga jehifa eyny beats dhw
    Ekahala thanthan rangalhu kohleema ok vaane
    Keep up the good work ❤❤

    1. Aisha says:
      May 24, 2017 at 9:11 pm

      Aww thank u.. ? and mistakes buneladhineema varah ufaaveje thank u dear ?

  13. Shopaholic says:
    May 24, 2017 at 10:34 pm

    I want a closet like afreen’s!!

    1. Aisha says:
      May 24, 2017 at 10:41 pm

      Alhey.. insha Allah u will get one dear ?

    2. Shopaholic says:
      May 24, 2017 at 11:42 pm

      ? i hope so too
      This is a lovely story…. Superb descriptions too

    3. Aisha says:
      May 25, 2017 at 12:21 am

      Glad u like it ??

  14. Some one says:
    May 24, 2017 at 10:46 pm

    V v v v v v v v v v v v v v v v riiithi hama as olwyxx… Alhe when nxt prttt????

    1. Aisha says:
      May 24, 2017 at 11:22 pm

      Thank u ?? fridayga enme lasvegen genesdheynan ekamu mi balaniee maadhan genesdheveytho

  15. cenhi says:
    May 25, 2017 at 12:17 am

    ???

    1. Aisha says:
      May 25, 2017 at 12:22 am

      ???

  16. ShAhu says:
    May 25, 2017 at 1:12 am

    varah reethi
    keep it up
    waiting for next part

    1. Aisha says:
      May 25, 2017 at 9:17 am

      Thank u shAhu ?

  17. ithoo says:
    May 25, 2017 at 3:01 am

    Mi part vx v reethi dearr.. Keep it up…Eagerly waiting for the next part???

    1. Aisha says:
      May 25, 2017 at 9:18 am

      Thank u ithoo? keep waiting ?

  18. Any says:
    May 25, 2017 at 6:10 am

    Wow v nice

    1. Aisha says:
      May 25, 2017 at 9:19 am

      Thank u dear ?

  19. haw shia shaba shi r says:
    May 25, 2017 at 12:13 pm

    Mashaa Allah v reethi mi part ves,keep it up dear,Keep it up dear,next part soon plx

    1. Aisha says:
      May 25, 2017 at 11:26 pm

      Thank u ? yes dear ?

  20. Some one says:
    May 25, 2017 at 1:27 pm

    Aishaa mi story ga ulhey afreen,amaan and afham ge age akii kobaaa mihaaaru??

    1. Aisha says:
      May 25, 2017 at 6:09 pm

      Afham ah 24 afreen ah 22 liusha ah yes hama same age amaan 23

  21. Some one says:
    May 25, 2017 at 9:52 pm

    Owh!!! Owkeyy!!

  22. Anonymous says:
    May 29, 2017 at 10:11 pm

    kobaa 9 vana part..varah kiyaa hithun mi iny

    1. Aisha says:
      May 30, 2017 at 12:50 pm

      Up kofa innaniee

Comments are closed.

Next Episodeލޯބި އަހަރެން ވަނަމޭ (9)←


All Right Reserved!