ލޯބި އަހަރެން ވާނަމޭ (7)
އަވަސްވަމުން ދިޔަ ހިތް ހަމަޔަކަށް އަޅުވާލަމުން އަމާން އަފްރީންއާއި ދުރަށް ޖެހިލިއެވެ. އަފްރީންްވެސް ހަމަބިމަށް އާދެވުމުން މޫނަށް ވައްތަރެއް ޖައްސާލީ އޭނާ އެއްކޮށް ތެމިފައި ހުރުމުންނެވެ. އޭރު ދެންތިބި މީހުން ތިބީ އަފްރީން މޫނަށް ޖައްސައިގެން ހުރި ވައްތަރުން މަޖާވެފައެވެ. “އަދި ވެސް އުޅޭތި ފެން ޖަހަން” އަފްހަމް އަފްރީންގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ. “މޮޅުވިކަމަށް ހީނުކުރާތި އަފޫ ތެންމަން ހަދައިގެން ތިއެންމެން ތި ތިބީ ތެމިފަ” އަފްހަމްއާއި ދިމާލަށް ދޫނެރެލާފައި އަފްރީން ގޮސް ކޮޓަރިއަށް ވަނެވެ. “މުޅި ތާންގަ މިއޮތީ ހުސް ފެން އަފްރާހް ގޭތެރެއަށް ނަަޒަރެއް ދެމުން ބުންޏެވެ. “މަގޭ ފިރިމީހާއާއި މިތިބަ ދެކުދިން ވަރަށް ރަނގަޅުވާނެ މުޅިގެ ސާފްކޮށްދޭނެ ދޯ” މިޝާ ތިން މީހުންނަށް ދޯ ދިނުމުން ތިން މީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އޭމީހުންނަށް ބަހެއް ބުނާނެ ފުރުސަތެއްވެސް ނުދީ މީޝާ ކޮޓަރިތެރެއަށް ދެމިގަތެވެ. “ކޮބާ ކިހާ ވަރެއްވި އެންމެ ފަހުން އަހަރެމެންނާ ސާފުކުރަންވެސް މިޖެހުނީ” އިސްތަށިގަނޑުތެރޭގައި އަތްހިންގާލަމުން އަފްހަމް ބުންޏެވެ.
ލޯގަނޑު ކުރިމަތީ ރީތިވާން ހުރި ހަޔާ ހުރީ ރަތް ކުލައިގެ ބޮޑު މެކްސީއެއް ލާފައެވެ. ހެދުމުގެ ކަރުން ފެށިގެން ރީތި ގޮތަކަށް ހުދުކުލައިގެ އެސްތަކެއް ހިތްޕާލައިފައި ހުރިއިރު މޭދަށުގައި އިން ފޮތިކޮޅު އިނީ ފަހަތައް އައްސާލާ ގޮތަށެވެ. ހެދުމުގައި އިން ކުރު އަތްކޮޅު ރޭދާ ފޮތިކޮޅަކުން ލާފައި ހުރިއިރު ހަޔާގެ ދޮން އަތާ ވަރަށް ގުޅެއެވެ. ހެދުމުގެ ފަސްބައި ދިގުކަމުން އެއްބައި ޓައިލްސްމަތީ އޮތްއިރު ހަޔާގެ އިސްތަށިގަނޑު ހުރީ ރީތިގޮތަކަަށް ހުޅިއެއް ޖަހާ ހަރުކޮށްލާފައެވެ. ކޮށްފައި ހުރި ލުއި މޭކަޕުން ހަޔާގެ ރީތަކަން އިތުރުވެފައި ވާހެންވެސް ހީވެއެވެ. “މަންމަގެ ދަރިފުޅު ރީތިކަން” ކޮޓަރިއަށް ވަދެގެން އައި ހިދާ ދަރިފުޅުގެ ރީތިކަމަށް ތައުރީފް ކޮށްލިއެވެ. އަދި ހިތާހިތުން އެދަރިފުޅު އެސްފީނާއިން ސަލާމަތްކޮށްދިނުމަށް އެދި ދުޢާކޮށްލިއެވެ. “މާލަސްނުވެ ގެއަަށް އަންނަށްޗޭ ދަރިފުޅާ.. އެހާ ގިނައިރު އަންހެންކުދިން ބޭރުގައި އުޅުމަކީ ރަނގަޅުކަމެއް ނޫން” ހިދާ ވަރަށް ލޯބިން ހަޔާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. ހަޔާ “ލައްބަ” އޭ ބުނެ ހިދާގެ ގައިގައި ކުޑަކޮށް ބައްދާލާފައި ދަނީ އޭ ބުނެ ހުދުކުލައިގެ ޕާސްއެއް ހިފައިގެން ލަޔާންއަށް ގުޅައިގެން ގެއިން ނިކުތެވެ. “ޔާން ކޮންތާކު؟؟” “ތިގޭ ދޮރާދިމާލަށް ކާރުގައި މީނީ” ހަޔާ ރަނގަޅަށް ބަލާލިއިރު ލަޔާންގެ ކާރު އެ ގޭގެ ދޮރުމަތީ އޮތްތަން ފެނުމުން ހެދުމުގައި ހިފާ ކުޑަކޮށް ހިއްލާލައިގެން ގޮސް ކާރަށް އަރާ ހަމަޖެހިލިއެވެ. ލަޔާންއަށް ހަޔާ ފެނުމުން އިނީ އެހެން ދިމާލަކަށް ބަލާލަންވެސް ނޭނގިފައެވެ. “ޔާން ތި ވަރަށް ނުބަލާބަލަ” ލަޔާން ބަލަހައްޓައިގެން އިނުމުން ލަދުން އިދެ ހަޔާ ބުންޏެވެ. “ހަޔާ ޖައްސާ ޖާދޫއަކުން ނުބަލާ އިދެވޭ ވަރެއްތަ” ލާނަތްވައްތަރަކަށް ލަޔާން އެހެންބުނުމުން ހަޔާގެ ކޯތާފަތައް ޖަންބުކުލަ އަރައިގެން ދިޔައެވެ. ހަޔާއަަށް ވީގޮތް ފެނުމުން ލަޔާން ހިނިތުންވެލަމުން ކާރު ދުއްވާލިއެވެ.
ފަތިހުގެ ހިތްގައިމު ވަގުތުގައި އަފްރީން ހުރީ ބެލްކަނީގައި ކޮފީއެއްބޯށެވެ. އުޑުމަތީގައިވި ރަތްވިލާތަކަށް ނަޒަރު ހުއްޓާލައިގެން އަފްރީން ހުރިއިރު އެތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ކޮފީ ބޮއެ ނިމުމުން ކޮފީ މަގު ހިފައިގެން ގޮސް ބަދިގެޔަށް ވަދެ މަގު ދޮވެލާފައި އަފްރީން ފުއްމޮޑެންފެށީ ރޮށި ފިހުމަށްޓަކައެވެ. އަފްރީން ފެން ކައްކަން އުދުން މައްޗަށް އުދަން ހުއްޓާ މިޝާވެސް އައިސް ބަދިގެޔަށް ވަނެވެ. ހުރި ހަމަ އެކަނި އަންހެން ދަރިފުޅުގެ މުރާލިކަން ފެނި މިޝާގެ ހިތް ފުރިގެން ދިޔައީ ތައުރީފުގެ ބަސްތަކުނެވެ. މިޝާވެސް ކޮފީއެއް ބޯލުމަށްފަހު ބިސްރިހަ ތައްޔާރުކުރަން ފެށިއެވެ. ދެމައިން ސައިހަދާ ނިމުނުއިރު ހުރީ ހައެއް ޖަހާ ސާޅީސް ފަސް މިނެޓް ހިނގާފައެވެ. ހަޔާއާއި މިޝާ ކޮޓަރިއަށް ވަދެ ފެންވަރާ ރީތިވެލައިގެން ނިކުތްއިރު ހުރީ ހަތްގަޑި ވިހި ވެފައެވެ. މަޑުމަޑުން ތިބެ އެންމެން ސައިބޮއި ނިންމާލުމަށްފަހު އަފްހަމްއާއި އަމާން ދިޔައީ އަފްރީންއާއި މިޝާ އަދި އަފްރާހް ފުރުވަން އެޔާޕޯޓަށެވެ. އަފްރާހް ދަނީ އަފްރީން އަދި މިޝާ މެލޭޝިޔާއަށް ގޮސް ހުރިހާ ކަމެއް ހަމަޖެހުމުން އަންނަ ގޮތަަށް ކަމުން އެކޮޅުގައި އަފްރީންގާތު މަޑުކުރަނީ މިޝާ އެކަންޏެވެ. ވަދާއި ސަލާމް ކުރަންވެގެން އަފްރީން އަފްހަމްގެ ކުރިމައްޗަށް އެރިވަގުތު އަފްހަމް އަފްރީން ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. “އައި ވިލް މިސް ޔޫ” އަފްހަމް އެހުރިގޮތަށް ހުރެ ބުންޏެވެ. އަފްރީންވެސް “ވިލް މިސް ޔޫ މޯރ” އޭ ބުނެލިއެވެ. އަފްރީން އަފްހަމްއާއި ދުރުވެލާފައި ކައިރީ ހުރި އަމާންއަށް ހިނިތުންވެލަމުން އަތް ދިއްކޮށްލީ ސަލާމްކޮށްލުމަށެވެ. އަމާން އެއަތުގައި ހިފީވަގުތު ގޮތް ނޭނގޭ އިހްސާސްއެއް ދެޒުވާނުންގެ ހިތުގައި ހިގާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހެންތިއްބައި ދެމީހުންނަށް ހޭވެރިކަންވީ މިޝާ އަފްރީންއަށް ޗެކިންވާން ދާން ގޮވާލުމުންނެވެ. ތެޅިގަނެފައި ދެޒުވާނުން އެކަކު އަނެކަކުގެ އަތުން ދޫކޮށްލިއިރު ހީވީ ވައްކަމެއް ކޮއްގެން ފަޅައަރާފާނެތީ ބިރުން އުޅުނުހެންނެވެ. ޗެކިންވެފައި އަފްރީން އަފްހަމްއާއި އަމާންއަށް ފަހު ފަހަރަށް ބާލާލިއެވެ. އަދި ހިނިތުންވެލަމުން އެމީހުންނަށް ދިމާލަށް އަތް ހޫރާލައިފައި ފުލައިން ކިސްއެއް ފޮނުވާލިއެވެ. އެހާ ދެރަވެފައި ތިއްބާވެސް އަފްރީންގެ މިއަމަލުން ދެޒުވާނުންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަފްރީން ލޯމަތިން ގެއްލުމުން އަމާންގެ ހިތަށް ވެރިވެގެން ދިޔައީ ގާތްމީހަކު އޭނާއާއި ވަރަށް ދުރަށް ދާކަމުގެ އިހްސާސެވެ. އެ މޫނުމަތިން ހައިރާންކަން ފާޅުވީ އެހެންވެއެވެ. އަފްރީން ދިއުމުން ގައިން އެއްބައި މަދުވާކަހަލަ އިހްސާސްއެއް މިވަނީ ކީއްވެގެންތޯ އަމާން އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. ނަމަވެސް ވިސްނަ ވިސްނާވެސް އަމާންއަކަށް އެސުވާލުގެ ޖަވާބެއް ނުލިބުނެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ލަޔާންގެސް ޗުއްޓީ ހަމަވެ އޭނާވެސް އަބުރާ ލަންޑަނަށް ދިޔައެވެ. މިކަމާ މޫޑް އޮފްވީ ހަޔާއެވެ. އެކަނިވެރިކަމަކީ އެނާ އެންމެ ފޫހިވާ އެއްކަންތައް ކަމުން އެނާގެ ބޭނުންތަށް ފުއްދާ އޭނާއާއި އެކު ވަގުތު ހޭދަކުރުމަށް ބައިވެރިޔަކު އޭނާ ބޭނުންވިއެވެ. އަމާންގެ ދިރިއުޅުމަށް އަބުރާ ދާން އޭނާ ނިންމިއިރު އެތުންފަތްމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. އަނިއްކާވެސް ކަޅު ބޯ ވިލާގަނޑެއްގެ ސިފައިގައި ހަޔާ އަމާންގެ ދިރިއުޅުމަށް އައިއިރު ކަންތައްތައް ވަނީ ކޮންމެސް ވަރަކަށް ބަދަލުވެފައެވެ. ހަޔާ ކުރި ދަށުދަރުޖައިގެ އަމަލުން އަމާން ހުރީ އެހާ ފާސޭހައިން ހަޔާއަށް މާފުކުރާގޮތަކަށް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކު އެތައްފަހަރަކު މާފަށްއެދި އާދޭސް ކުރަން ފެށުމުން އަމާންއަށްވެސް އިތުރަށް ކެއްނުވީއެވެ. ލޯބިވާ މީހަކު އެހާލަށް ދޫކޮށްލަން ކެރޭނީވެސް ފަހެ ކާކަށް ހެއްޔެވެ؟؟ އަމާންގެ މި ނިންމުމާދެ ހިތްހަމަނުޖެހުނަސް އަފްހަމް އެއްޗެކޭ ނުބުނެ ހުރީ އެކުވެރީޔާގެ މޫނުމަތިން ގެއްލިފައިވާ ހިނިތުންވުން އަބުރާ ފެންނަން ފެށުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނާވެސް ބޭނުންވަނީ އަމާންއަށް އުފާވެރި ދިރިއުޅެއް ލިބުމަށޭ އެކަން އެގޮތަށް ވާނަމަ އޭނަށް ފުދެއެވެ. އަމާން އަލަށް އަފްހަމްއާއި ހަޔާ ބައްދަލު ކުރުވި ދުވަހު އަފްހަމްވެސް ހުރީ ހަޔާގެ ރީތިކަން ފެނި އާޝޯހުވެފައެވެ. ހަޔާ ފެނުމުން ލޯބި ނުވެވޭނީވެސް ފަހެ ކާކަށް ހެއްޔެވެ؟؟ އަފްހަމްގެ ހިތަށް އެރިއެވެ.
މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ހަޔާގެ ފަރާތުން ކުރިން ހިނގިއެއްވެސް އަމަލެއް ތަކުރާރު ނުވުމުން އަމާން ޤަބޫލްކުރީ ހަޔާ އިސްލާހްވީކަމަށެވެ. ނަމަވެސް އަމާންއަށް ނޭނގޭ ކަމަކީ ކޮންމެ ހައްފަތާއެއްގެ އެއް މެންދަން ހަޔާ ފިރިހެނެއްގެ ތަންމަތީގެ ފަޅުފިލުވާދޭކަމެވެ. ކޮންމެއަކަސް ކަމެއް ފެނޭވަރަށްވުރެ ބޮޑަށް ހަޔާވަނީ އޭނާގެ ދެއްކުންތެރިކަމުން އަމާންގެ ލޯ ބަދެލާފައެވެ. ކޮންމެ ކަމެއް އަބަދު ސިއްރުވެފައި ނޯންނާނެކަން ހަޔާއަށް އެނގޭނެނަމަ އޭނާ އެހެން ނޫޅުނީސްކަން ނޭނގޭ ނަމަވެސް ތަޤުދީރުގައި ކަންވާން އޮތްގޮތް ބަދަލު ކުރެވޭނީވެސް ފަހެ ކާކަށް ހެއްޔެވެ؟؟ އަހަރުގެ ކިޔެވުން ނިމި ހަފްތާއެއް ފާއިތުވެގެން ދިޔައިރަށް މިޝާއާއި އަފްރީން އެމީހުންގެ އުފަން ރަށަށް ދިޔަޔައީ މާލެވެސް ނުގޮހެވެ. އެހެން ކަމުން އެމީހުން ރަށަށް ދިޔައިރުވެސް އަމާންގެ ލޮލަށް އެދެމައިން ފެނިވެސް ނުލައެވެ. އަފްހަމްއަށް އެމީހުންނާއެއްކޮށް ނުދެވުނީ ރަށުގައި ހުންނަ އެމީހުންގެ ފިހާރަޔައަށް މުދާ ގަންނަން ޖެހުމުންނެވެ.
މެންދަމުން އެކެއްޖެހިއިރަށް ކުޑަކޮށް ރީތިވެލައިގެން ގޭގެ ތަޅުދަނޑި ހިފައިގެން ފޯނު ޖީބަށް ކޮށްޕާލައިފައި ހަޔާ ވަރަށް ވަގު ވަގަށް ގޮސް ގޭގެ ބޮޑުދޮރު ހާކޮށްލާފައި ނިކުމެ ގޭގެ ތަޅުލިއެވެ. އަދި މަޑުމަޑުން ގޮސް ދޮރާށި ހާކޮށްލާފައި ނިކުމެ މަގު ދެކޮޅު ހޯދާލުމަށްފަހު އެތާ ހުރި ޒުވާނަކަށް ހަނާއަޅާލިއެވެ. އެޒުވާނާ އައިސް ހަޔާގެ އަތުގައި ހިފައިގެން ހިނގާފައި ގޮސް އެންމެ ކައިރީ އޮތް ގޯޅިން އަބުރާލިއެވެ. ލަޔާންއާއި އަމާން ފިހާރައަށް ބޭނުންވާ ސާމާނުތައް ގަނެގެން ގެޔަށް ދާންވެގެން ޓެކްސީއެއް ލިބޭތޯ ތިބެ ތިބެ ޓެކްސީއެއް ނުލިބުމުން އެންމެ ފަހުން ފައިމަގުގައި ހިނގައިގަތީ މެންދަމު އެކެއް ޖަހަން ކައިރިވެފައި ވުމުންނެވެ. ބައިވަރު ކޮތަޅުތަކާއެކު އަފްހަމްއާއި އަމާން ހިނގަމުން ދިޔައިރު ކޮތަޅުތައް ގިނަކަމުން އެމީހުންނަށް އެ އެެއްޗެހިތައް ހިފެނީވެސް ކިރިޔާއެވެ. އިއްތިފާގުން އަފްހަމްމެން ހަޔާމެން ގޭކައިރީގައި އޮތް ގޯޅިން އަޅުވާލި ވަގުތުވީ ހަޔާއާއި އޭނާއާއިއެކު ހުރި ޒުވާނާވެސް އެމަގަށް އަޅުވާލިވަގުތަށެވެ. އަމާންއަށް ހަޔާ އެޒުވާނާއާއި އެކު ދާތަން ފެނުމުން އަމާންއަށް ކުރެވުނުހާވެސް ކަމަކީ އެމީހުން ލޯމަތިން ގެއްލެންދެން ބަލަހަށްޓައިގެން ހުރުމެވެ. ހަޔާ ހުރީ ފާރާއިވީ ފަރާތައްކަމުން ހަޔާއަކަށް އަމާންމެންނެއް ނުފެނެއެވެ. ނަމަވެސް ހަޔާގެ ކައިރީ ހުރި ޒުވާނާއަށް އަމާންމެން ހަމަ ރީއްޗަށް ފެނުނެވެ. އެމީހުން ހަޔާއާއި ދިމާލަށް ބަލަން ފެށުމުން އެޒުވާނާ ހަޔާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ހަޔާ އޭނާއާއި އިތުރަށް ގާތްކޮށްލިއެވެ. އަމާން ގެޔަށް އައިސް ވެންނިއިރު ރުޅިއައިސްފައި ހުރިވަރުން މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ކޮތަޅުތައް އެއްފަރާތުގައި ބެހެއްޓުމަށްފަހު އަމާން ދިޔަގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަފްހަމްވެސް ކޮތަޅުތައް ބަހައްޓާފައި ގޭގައި ރަނގަޅަށް ތަޅުލުމަށްފަހު ބަދިގެއަށްވަދެ އަލަމާރިން ފެންފުޅިއެއް ނަގާ ކަރުމައްްޗަށް ޖަހާ ފެންފުޅި މެދަކާ ހިސާބައަށް ބޯލިއެވެ. ދެން ގޮސް ކޮޓަރިއަށްވަދެ ތުވާލި ހިފައިގެން ފާހަނައަށްވަދެ ފެންވަރާލައިގެން ނިކުމެ ކުޑަކޮށް ރީތިވެލައިގެން ޖޯޒީ އަކާ ސޯޓެއް ލައިގެން ގޮސް އަމާންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލީ އަމާން ހުންނާނީ އަދި ނުނިދާކަން އޭނައަށް އެނގޭތީއެވެ. އިރުކޮޅަކުން އަމާން ދޮރުހާކޮށްލައިފައި އަފްހަމް ވަންނަން ތަންދެއްކިއެވެ. އަފްހަމް ގޮސް އަމާންގެ އެނދުގައި އިށީނނުމުން އަމާންވެސް ދޮރު ޖަހާލައިފައި ގޮސް އަފްހަމްގެ ކައިރީ އެނދުގައި އިށީނނެވެ. ކޮޓަރިއަށް ހަމަހިމޭންކަން ވެރިވެގެން ދިޔައީ އެކަކު އެއްބަހެއްވެސް ނުކިޔުމުންނެވެ. އަފްހަމް އިނީ އަމާންއަށް ވާހަކަަދައްކަން ފުރުސަތު ދީގެން ކަމުން އޭނާ އިނީ އެއްޗެއް ބުނަން ގަސްތުކޮށްގެނެއް ނޫނެވެ. އެހަމަހިމޭންކަން ފޫއަޅުވާލައިފައި ވާހަކަ ދައްކަން ފެށީ އަމާންއެވެ. އޭނާ ދިޔައީ ހަޔާއަށްޓަކާއި އެހިތުގައިވި ހުރިހައި ޝަކުވާއެއް އަފްހަމްގެ ކުރިމަތީގައި ބަންޑުންކުރަމުންނެވެ. އަފްހަމް އިނީ އެކުވެރިޔާއަށް ލިބިފައިވާ ހިތާމައިން ވީ އެންމެ އަވަހަކަށް މިންޖުކޮށްދޭން ބޭނުންވެފައެވެ. “މާން އެންމެ ފުރަތަމަ ހަޔާ މާންއަށް ހެދިގޮތުން މާންއަށްވީވަރު އަހަރެން މި ދޮލޮލުން ދެކުނިން… މާން ދެވަނަ ފަހަރަށް ހަޔާއާއި ރައްޓެހިވުމުން އަހަރެން ހުރީ ހިތްހަމަވެސް ނުޖެހިފައި.. އެކަމަކު މާންގެ ހިނިތުންވުން އަބުރާ ފެންނަން ފެށީމަ އަހަރެން ވަރަށް އުފާވި އަދި ހަޔާގެ އަމަލުތަކުން އަހަރެން ހީކުރީ ދެން އޭނަ މާންއަށް އެހެން ނަހަދާނެކަމަށް އެކަމު ކަންތައްމިވީ އަހަރެން ހީކުރި ގޮތާ ދިމާ އިނދިކޮޅަށް.. އަަހަރެންނަކަށް ހިޔެއް ނުވެ ހަޔާ އޭނާގެ އުޅުން ބަދަލުކޮށްފާނެ ހެންނެއް.. އެކަމު މާންއަށް އިނގޭނީ ހަދަންވީ ގޮތެއް.. އަހަރެން ބުނާނީ މިފަހަރު ރަނގަޅަށް ވިސްނާފަ ނޫނީ ސްޓެޕެއް ނުނަގާށޭ” އެހެންބުނެފައި އަފްހަމް އެކޮޓަރިން ނިކުމެގެން ދިޔައީ އަމާންއަށް ވިސްނަން ފުރުސަތު ދީފައެވެ. އެރޭގެ ބާކީއޮތްބައި އަމާން ހޭދަކޮށްލީ އަފްހަމް ދެއްކި ވާހަކަތަކާ މެދު ވިސްނުމުގައެވެ.
ނިހާދްގެ އަތުތެރޭގައި އޮތްހަޔާ މޭމައްޗާ ހަމަޔަށް ބެޑުށީޓެއް އޮޅާލައިގެން ހުރެ ބިންމަތީ ހުރި އޭނާގެ އަންނައުނުތައް ހިފައިގެން ފާހަނައަށް ވަނެވެ. ނިހާދްވެސް ހަޔާ ނިކުންނަންވަންދެން އިނީ އެއްޗެހިލައިގެންނެވެ. ހަޔާ ފާހަނައިންނިކުމެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ސައިޑް ކަބަޑްމަތީ އޮތްއޭނާގެ ފޯނާއި ގޭގެ ތަޅުދަނޑި ހިފައިގެން އެތަނުން ނިކުންނަން ހިގައިގަތެވެ. ނިހާދްވެސް ހަޔާގެ ފަހަތުން ނިކުމެ ހަޔާއާއި އެއްވަރަށް ހިނގައިގަތެވެ. ގޭގެ ދޮރާށީގެ ތަޅަށް ތަޅުދަނޑި ކޮށްޕާލަމުން ހަޔާމަޑުމަޑުން ދޮރުހުޅުވާލައިިފައި އެތެރެއަށްވަަނެވެ. އަދި ދޮރާށީގައި ތަޅު ލުމަށްފަހު މަޑުމަޑުން ގޮސް ގޭގެ ބޮޑުދޮރު ހުޅުވާލިއެވެ. އެއްވެސް މީހަކު ފެންނަންނެތުމުން މަޑުމަޑުން ދޮރުތަޅުލާފައި ޖިންސުގެ ޖީބަށް ފޯނާއި ތަޅުދަނޑި ލުމަށްފަހު ބަދިގެއަށް ވަދެ އަލަމާރިން ފެންފުޅިއެއް ނަގާ ތައްޓަކަށް ފެން އެޅުމަށްފަހު ފެންތަށި އެއްނޭވައިން ހުސްކޮށްލިއެވެ. އަދި ތަށި ދޮވެލާފައި ތަށި އަޅުވާ އެތީގައި ތަށި އަޅުވާލުމަށްފަހު ފެންފުޅި އަލަމާރިއަށް ލާފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލައިފައި ފޯނާއި ތަޅުދަނޑި ސައިޑް ކަބަޑްމަތީ ބޭއްވުމަށްފަހު ތުވާލި ހިފައިގެން ކަބަޑުން ނިދާހެދުމެއް ނެގުމަށްފަހު ފާހަނައަށް ވަދެ ފެންވަރާލައިގެން ބޯހިއްކާލުމަށްފަހު ބޮލުގައި ފުނާއަޅާފައި އިސްތަށިގަނޑު ފަހަތައް ދޫކޮށްލުމަށްފަހު އެނދަށް އަރާ އޮށޯއްވިއިރަށް ހަޔާއަށް ނިދީގެ ތެރެއަށް ފީނައިގަނެވުނެވެ.
ނަމާދުކޮށްލައިގެން ބެލްކަންޏަށް އަމާން ނިކުތީ ކޮފީ ތައްޓެއް ބޯލުމަށެވެ. ލޯކައިރި ކުޑަކޮށް ދުޅަވެފައި ހުރުމުން ރޭ އެންމެ ލޮލުފިޔައެއްވެސް ޖަހާނުލާކަން އިނގެއެވެ. އިރު ދުނިޔެއަށް އާދުވަހަކަށް މަރުހަަބާ ކިޔަމުން ދިޔައިރު އަމާން ހުރީ އޭނާ ރޭ ވިސްނާފައި ނިންމި ގޮތް ހަޔާއަށް އެންގުމަށް ކެއްމަދުބެވެފައެވެ.
ފުންނިންޖަކުން ނިދާފައި އޮތް ހަޔާއަށް ލޯ ހުޅުވާލެވުނީ ސައިޑް ކަބަޑްމަތީ އޮތް އޭނާގެ ފޯނު ރިންގުވަން ފެށުމުންނެވެ. ދެ ލޯ ގަދަކަމުން ހުޅުވާ ގުޅަނީ ކާކުތޯ ބަލާލިއިރު މާން ޖަހާފައި އިނުމުން ހަޔާ ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. “އަށެއް ޖަހާއިރު ރީތިވެގެން ހުންނައްޗޭ ބަލާ ދާނަން” ހަޔާ “ހޫމް” އޭ ބުނުމުން އަމާން ފޯނުކަނޑާލިއެވެ. ކަނެތްކަމާއެކު ތެދުވެ މޯޅިއަކަށް ދެމިލަމުން ހަޔާ އެނދުން ތެދުވެ ފާހަނައަށްވަނެވެ. “ކޮބާ” އަމާން ހަޔާގެ ފޯނަށް ގުޅާފައި އެހެން އެހީ ވަގުތު ހަޔާ ގޭގެ ދޮރާށި ހާކޮށްލައިފައި ނިކުންނަނީއެވެ. އަމާން ފެނުމުން ހަޔާ ހިތާހިތުން އަމާންއަށް ތައުރީފްކޮށްލިއެވެ. ކަޅުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި އަމާން ފެންނަނީ ވަރަށް ސުމާޓް ކޮށެވެ. ގަމީހުގެ އަތްކުރި އޮޅަބޮއްޓާ ހަމައަށް އޮޅާލައިފައި ހުރިއިރު އިސްތަށިގަނޑު ހުރީ ޖެލްލާ ރީތިގޮތަކަށް ތަތްކޮށްލާފައެވެ. އެތޫނު ދެލޯ ކަޅުކުލައިގެ އަވިއައިނަކުން ފޮރުވާލާފައި ހުރިކަން އެއީ އޭނާގެ ނަސީބެކެވެ. ހަޔާގެ ހިތައް އެރިއެވެ. ހަޔާ ގޮވައިގެން އަފްހަމް ދިޔައީ ރަސްފަންނަށެވެ. “މިތަނަށް މިއައީ ކީއްކުރަން!!” ހައިރާންވެފައި ހަޔާ އަމާން ކުރެން އެހުމުން އަމާން ބަހެއްވެސް ނުބުނެ އަތިރިމަތިން ލާފާއި ދުރަށް ހިނގައިގަތެވެ. އަމާން ގޮސް މަޑުކޮށްލީ އެންމެ ފުރަތަމަ އޭނާ ހަޔާއަށް ލޯބި ހުށައެޅި ތާންްގައެވެ. މިތާންގަލާ އަހަރެން އެންމެ ލޯބިވި ކުއްޖާއަށް ލޯބި ހުށައެޅީ މީގެ އެއަހަރު ކުރިން.. ވަރަށް ލޯބިން އެއްމަސްދުވަހު އުޅެފައި އަހަންނަށް އެކުއްޖާ ގެއްލުނީ.. އެދުވަހަށް ފަހު އަހަރެންނަށް ފެނުނީ އެކުއްޖާގެ ސިފައިގައި ހުރި އެހެން މީހެއް އަހަރެން ނުވެސް ދަންނަ މީހެއް.. ހަޔާ އަހަރެން ހިޔެއް ނުކުރަން އަހަރެންނަށް ލޯބިވެވުނީ ތިހާ ދަށު ދަރުޖައިގެ މީހެއް ދެކެ ކަމެއް ހަޔާއަށް އިނގޭތަ ހަޔާ ތިހަލާކުކޮށްލަނީ އަހަރުމެންގެ ދިރިއުޅުން އެކަންޏެއް ނޫނެވެ. އަމިއްލަ ދިރިއުޅުން ތިދެއަތުން ތިހަލާކު ކުރަނީ އެވަރު ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްްތަ ތީ..” ހަޔާ އިސްޖެހި ގޮތައް އިސްއުފުލާލަންވެސް ނުކެރިފައި ހުރީ އޭނާ ހަމަ ރަނގަޅަށް ވެސް ބޭޒާރު ވެއްޖެކަން އެނގުމުންނެވެ. “މި އަމާންއެއް ތިކަހަލަ ވިޔާނުދާ މީހެއް ބޭނުމެއް ނޫން.. އަހަރެންދިން ފުރުސަތުގެ ބޭނުން ހަޔާ އަމިއްލަ އަތުން ތި ނަނގާލީ.. މިއަދަށްފަހު ތީ އަހަރެންނާ ބެހޭ މީހެއް ނޫން” އެހެން ބުނެފައި ހަޔާ ފަސްދީފައި އަމާން ހިނގައިގަތެވެ. އޭރު ހަޔާ ހުއްޓުން އަރާފައި ހުރިތާ ހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.




Hi guys.. Here is the 7 th part hope u like it.. Dhen Aisha mifaharu varah check kurin mistake huritho but huredhaane Aisha ah nufeni hunnane dho hama hurehjihyaamu buneladheythi so I can correct it.. Gud nyt all ?
yey mi first
Yes Aki u r first ?
well done love you ????ayaa ah rangalhu filaavalheh dhehchey ????waiting 4 tha next part
Thank u leen..? luv u too dear ?
Aisha dhorakre hulhuvaa eche kanneyge. Haakurun kiyani huvadhoo meehun. Bae ibaraai kolhu maa dhigee. But love this story inge.
Thank u ? dear next partga thikanthah raglhukohlaanan
dhoru hulhuvaafa vannany. Dhoru haaeh nukuraane. good story ekam mihaaruves Maazee tha? olhijje now. kobaa Afham ge gf Afreenge bestfriend? Afreen furuvanves nudhey?
Mazee nimuniee dear.. Next part ga innaniee present genesdhieefa
Salhi?
Thank u rose ?
Yeyy… Me second…. ??
V v v v v v v v v v v v riiithi… Hama kiyaaahiyy vaniii… Thnkxxx v avahah genesdhiniiima!!! ☺
Yeyy u r 4 th.. Thank u dear ?
Bayen thankolhuga name than olhifa hurihen heevea.waiting next parts
Kothanehga kan buneladhinihyhaa varah ragalhu
Afreen gea badaluga hayaa n meeshaa fenvaraagen nukin kaman dhw ineee.i notice that one,its ok dear,we love your story so much
Alhey thank u hayaa jehifa iniee dhw.. Thank u beneladhineema.. Haapy to hear that ?
Afham liyan v thanehga layaan liyevifa eba in… Shp ah gos annanikoh ethsnuga iny egothah liyevifa… Btw stry vrh nice…
Oh thank u buneladhieenma.. Glade u like it ?
Mistory v reethi .. Bt liumuge miatakes v gina, midhiyapartgavess hayaa reethivi vaahakavess in, n Grammar mistakes too.. aish layaabunaanee miyahvure reethikoh fashuvikoh aish ahliyeveyney .. thee v brave kujjehnudhw..? ehenveema liyelaafa upkohlumuge kurin ehfaharu namavess kiyaalaba ingey .. eyrun mistakes repeatnuvaane .. ? btw mid story v v v habeys.. n keep it ??.. konirakun next part ine?,
Aisha eba balan mistakes madhu kureveytho.. Thank u layaa for the support.. Tomorrow ga enme lasvegen genesdheynan next part
Finally anehka ves hayaa aai amaan dhuruvy !!!!!!????
Yes dear ?
ދޮރު ހާވާލައިފައި އެއް ނޫން ޑިއާ، ދޮރު ހުޅުވާލައިފައި،،، ވާހަކަ ވަރަށް ރީތި
thank u shiu buneladhineema
next part kin irakuntha
Enme lasvegen maadhan genesdheynan
Avas avahah liyunas fukeh bodu..
Ehaa kuru
Ekamu last part vure dhigukoh up kohfa innaniee ves.. Next part miahvure ves dhigukohla dheynan
Yey…. Miadhu dww nxt prt ess….. ?? shukriyaaa aishaa!!!???
Varah try kuraanan miadhu genesdheveytho enme lasvegen maadhan genesdheynan
Nice good job
Thank u sajoo ?
Mashaa Allah v reethi mi part ves, keep it up dear,next part soon plx
Thank u ? dear..insha Allah maadhan genesdheynan
Awlhey me 16 th?But love this story dear ✨keep it up ❤️Lurrrv yuh✨
Alhey dhen faharakun onnane thiahvure mathin hoadhan dhw ? thank u niher ? luv u too ?
v v v v happy assu avahah genes dheythiii…. ??? kiyun theringe bas v ahaa kujjeh thiii knme akass… ?
Alhey thank u ? kiyun therin happy koh thieema Aisha ves happy vaanu dhw
Kn irakn stry up vaany???
Up koha innaniee luhan