ހުރާގެ އިރުމަތީގައި ޒޯޔާ އިށީދެލައިގެން އިނީ ރަށާއި ގާތްތިމާގެމީހުން ދޫކޮށްލާފައި މާލެދިއުމަށް އޭނާ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ވިސްނާލާށެވެ. އެވަގުތުކޮޅު އޭނާ ހޭދަކުރަމުން ދިޔައީ މާޒީގެ ހަނދާންތައް އާކޮށްލުމުގައެވެ. އޭނާގެ ކުރިމަތީގައި ޅައުމުރުގެ 2 އަންހެން ކުދިންނާއި 1 ފިރިހެންކުއްޖަކު އަތިރިމަތީ ދުވެ ސަކަރާތްޖެހުމުގައި އުުޅުނެވެ. އެކުދިންނަށް ބަލަންއިދެ އޭނާގެ މާޒީއަށް އޭނާ ޖެހިލިއެވެ. އެއީ މީގެ 10 ވަރަކަށް އަހަރުކުރިއެވެ. އަހަރެން މިރަށުން ފުރައިގެން ދިޔަނަމަވެސް މިހަނދާންތައް އަހަންނާއި ވަކިވެގެން ދުވަހަކުވެސް ނުދާނެއެވެ. އަހަންނާ […]
ބަރަކާ ދިޔުމުން ޔަމީނާ ފުންނޭވާއެއް ދޫކޮށްލީ އެ ޝަކުވާތައް މީހަކަށް ކިޔާދެވުމުން ސިކުނޑިއަށް ލިބުނު ލުޔަކުންނެވެ. އެއަށްފަހު ކޮޓަރިއަށް ވަނީ މަޣްރިބް ވަގުތުޖެހޭތީ ނަމާދަށް އަރަން ތައްޔާރުވެލާށެވެ. ނަމަވެސް އަދި ފަނަރަ ވަރަކަށް މިނެޓް އޮތުމުން އަންވާރު ސައިޓަށްވަދެ އޭނާ ކުރިން ލިޔެލާފައިއިން ލިޔުމަކުން ސައިޓް އަޕްޑޭޓް ކޮށްލިއެވެ. ފެޝަން އިންޑަސްޓްރީ ފެޝަނަކީ ކޮބާތޯއެވެ؟ ފެޝަނަކީ އެންމެ ފަހުގެ ސްޓައިލްތަކާއި އުޅުންތަކެވެ. މިޒަމާނުގައި އިންސާނުން ގެންގުޅޭ ހުރިހާ އެއްޗަކާއި، ކުރާ ހުރިހާކަމެއްގައިވެސް ފެޝަންވަނީ ހިމެނިފައެވެ. ފެޝަނާނުލާ ދިރިއުޅުމެއްނުވެއޭ […]
ދިމްރާ ހިތުގެ އަޑިން ނުފެނުމަށް ދުއާ ކޮށްލަ ކޮށްލަ އިނީ ބިރުން ހަލާކުވާވަރުވެފައި އިނދެއެވެ.ކުޑަކޮށް ލޯ ހަނި ކޮށްލައި ބަލައިލިއިރުވެސް ޔުއާން ކައިރިއަށް އަންނަތަން ފެނުމުން އޭނާ ހައްތަހާ ބިރުގަތެވެ. ކަންދިމާކުރިގޮތުން ޔުއާން އައިސް ހުއްޓުނީ ހަމަ އޭނާ އިން ކަބަޑާ ކައިރިއަށެވެ.އެހެނަސް ފެނުނީ ކަމަށް ނިންމައިގެން އިންދާ ނަސީބަކުން ޔުއާން އައިސް ހުޅުވާލީ ކަބަޑުގައި އޭނާ އިން ފަރާތް ނޫން އަނެއްފަރާތުގެ ދޮރުފަތެވެ.ދިމްރާއަށް ޔުއާން އައިސް ކައިރިއަށް ހުއްޓުނީއްސުރެ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލެވުނީ ޔުއާން […]
އިސާހިތަކު އެދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެދިގު އެސްފިޔަތައް ތެމިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިދުކޮޅެއް ތެރޭގައެވެ. އެހެން އެތައް އިރަކު އިނުމަށްފަހު އަމާން ތެދުވީ ގެޔަށް ދިއުމަށެވެ. އޭރުގަޑިން މެންދުރު ދޭއްޖަހައިފިއެވެ. ކޮޓަރިތެރޭގައި ކޮޅުކޮޅަށް ހިނގާލަ ހިނގާލަ ހުރި ހަޔާގެ މޫނުމަތީން ކަންބޮޑުވުން ފާޅުވާން ހުރިއިރު އިރުއިރުކޮޅާ ފޯނުން ލަޔާންއަށް ގުޅަމުން ދިޔައެވެ. މިހާރު އޭނާއަށް ލަޔާންގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. ފޯނުވެސް ނުނެގިއެވެ. ހާސްވެފައި ހުރިވަރުން ކުރަންވީ ކަމެއްވެސް ހަޔާގެ ސިނކުޑިއަށް ނައެވެ. […]
އެވަގުތު ލިބުނު ޝޮކަކުން މަޖުދާގެ ނޭވާވެސް ތާށިވިކަހަލައެވެ. ކައިޝާގެ އަނގައި ދެފަރާތުން ރަތް ކުލައެއް ފޭދެމުން ދިޔައިރު ދެލޮލުގެ ކަޅިވަނީ ހުދުކުލައިގައެވެ. މަޖުދާ ދެފައި ތަޅުވަމުން ދިޔައީ ނޭވާ ހާސްވަމުންދާތީވެއެވެ. ކަޅިމައްޗަށް އަރަމުންދާ ވަރަކަށް މުޅި މީހާ ދިޔައީ ތުރު ތުރު ލަމުންނެވެ. އިސާހިތަކު ކަޅުވިލާތަކުން އުޑުމަތި ފުރާލިއެވެ. ވައިގަދަވެ ތޫފާނެއްގެ މަލަމަތި ދައްކާލީ ފަޅި ސިކުންތުކޮޅެއްގައެވެ. ހިތްތަކަށް ލޮޅުން ގެނުވާފަދަ ބާރު ގުގުރިތަކާ ވިދާލާ ވިދުވަރުތަކުން ރޭގަނޑުގެ ހަމަހިމޭންކަން ގެއްލިއްޖެއެވެ. ކުއްލިއަކަށް އޮއްސާލި ބޮޑުތިކި ވާރޭތިކިތަކުން […]
ކުއްލިއަކަށް ވައިގަދަ ކޮށްލާ އޮއްސާލި ބޮޑުތިކި ވާރޭގެ ތެރެއިން ކުރިމަތިން ބާރު ސްޕީޑުގައި އައި ކާރެއް އެމީހުންގެ ކާރުގައި ޖެހި މުޅި ފަޒާ ގުގުމާލީ ޝަނާޔާގެ ހަޅޭކުގެ އަޑުންނެވެ. (6މަސް ފަސް) “ދަރިފުޅު ދެން ތިހެން ނުކައި ނުބޮއި އުޅުނީމަ މަންމަ ހިތަށް ހާދަ އަސަރު ކުރެޔޭ “.ފިރާޝާ މަސައްކަތް ކުރަމުން ދިޔައީ ޝަނާޔާއަށް ވިސްނައި ދެވޭތޯއެވެ.ނަމަވެސް ޝަނާޔާގެ ދިރިއުޅުމަށް ވަނީ އެ ހިނގާދިޔަ ނުރައްކާތެރި ޙާދިސާއިން ފޫ ނުބެއްދޭ ވަރުގެ ފުން ހިތާމައެއް ލިބިފައެވެ.އެދެމީހުންގެ ލޯބީގެ […]
ސާރާ އަށް ސްކޫލަށް ގޮސް ވަދެވުނު އިރު ޕްރިންސިޕަލް އޭނާގެ ކެބިން އަށް ވަންނަނީއެވެ. ސާރާ ފެނުމުން އަތުގެ އިޝާރާތުން ކެބިން އަށް އައުމަށް ބުންޏެވެ. ސާރާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. އަނެއްކާ ކަމެއް ގޯސްކޮށް ކުރެވުނީ ބާއެވެ؟ ނަމަވެސް ސާރާވެސް ޕްރިންސިޕަލް އާއި ދައްކަންޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުން ކުއްހީތައް ފިލުވާލާފައި މަޑުހިނގުމެއްގައި ގޮސް ކެބިން އަށް ވަނެއެވެ. ސާރާ ކެބިންއަށް ވަނުމާއެކު ޕްރިންސިޕަލް މޭޒް ކުރިމަތީ އިން ގޮނޑީގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. ސާރާ […]
އޭރު އީވާން ލާނެތް ގޮތަކަށް ހިނިތުންވެ ހުރެ ބޯކަހަމުން ކަހަމުން ސިޑިން މައްޗައްއެރިއެވެ. ދީމާ އަކީ މާލޭ އުފަން މީހެކެވެ. ނަމަވެސް އެއޭނާ ފިރިމީހާ އާދިލް އަކީ ތ.އަތޮޅު ބުރުނީ މީހެކެވެ. ދިމާ އާއި އާދިލް ދިމާވީ ދީމާ ސީއެޗްއެސް އީއިން ސްކޫލްއިން އޭލެވެލް ހެދި ދުވަސް ވަރުއެވެ. އޭރު އާދިލް އުޅެނީ އެމް.އައި.ކޮލެޖްގައި އެޗް.އާރުއިން ޑިގްރީ ކިޔަވައެވެ. އާދިލް ދީމާ އަށް ލޯބި ހުށައެޅީ ދީމާ އާދިލް ލިބުމަށް ހިތް އެދި އެދި އޮއްވައެވެ. އުފާވެރި […]
ހުސްނާ ދިޔުމާއިއެކު ޝަނާޔާ އެނދުން ތެދުވެގެން ގޮސް ކޮޓަރި ދޮރު ތަޅުލީ އޭނާ މިއަދު ގެއަށް އެއައި ބޭނުން ލަސްނުކޮށް ފުރިހަމަ ކުރާށެވެ. ޝަނާޔާގެ ދެލޯ ވަނީ ކަރުނުން ފޯވެފައެވެ.އޭނާއާއި އެހާ ގާތުގައި ޖިއާން ވީއިރުވެސް ނޭނގުނީތީއެވެ.އެދުވަހު ހޮސްޕިޓަލުގައި ޖިއާން ރޯލިވަރު ހިތަށްއަރާފައި މޭގައި އަތް އަޅައިލެވުނީ ހަމަ ހިތުގައި ޖެހުނު ވަރުންނެވެ.ޝަނާޔާގެ ހަނދާނުގައި ޖިއާން ނެތްކަމުގައި ވިޔަސް ގައިމު މިއަދާއި ހަމައަަށްވެސް ޝަނާޔާއަށްޓަކައި ޖިއާން އެހުރީ އެހިތުގައި ޝަނާޔާއަށްޓަކައި ވީ ލޯބި ފަނޑު ނުވާތީތާއެވެ.ވީއިރު ޝަނާޔާ […]