Skip to content
އެސްފިޔަ

ޔަނާލް..!!

އިރު ފެނުން ތޮޅެލީ މާލޭގެ މަގުތަކަށް ހަލަބޮލިކަން ގެނެސްދެމުންނެވެ.އާދައިގެ މަތިން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ތެރެ ވެސް ފެންނަނީ މަގުތަކޭ އެއްފަދައިން ހަލަބޮލި ކށެވެ. އަތްމަތި އަވަސްކުރަމުން ޒާހިރު ދިޔައީ ކުޑަކުދިންގެ ވާޑުގައި އޮތް އޭނާގެ ޙާއްސަ ބަލިމީހާގެ ހާލަތު ބެލުމަށެވެ.އެއީ މީގެ ދެދުވަސް ކުރިން ވަރަށް ބޮޑަށް ފިހިގެން ގެނެވި އިމަރޖެންސީގައި ފަރުވާ ދެވެމުންދާ ުއުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެ.ވެ.ރޭ ދަންވަރުއްސުރެ އެނދުގއި ބޯ ޖަހައިލައިގެން އޮތް ހަސަންފުޅަށް މީހެއްގެ ހިލަން ވިހެން ހީވުމާއެކު ނިދި ލޮލަކާއި އެކު ބޯހިއްލާ ބަލާލި އެވެ. “ޑަކުަޓަރު!! އަހަރެންގެ ދަރިފުޅު ރަނގަޅުތޯ؟..” ޒާހިރުގެ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައީ ފެންނަ ކޮންމެ ފަހަރަކު އެ މީހާ އެ ސުވާލުތައް ކުރާތީ އެވެ. ދެން ފަރުވާ ކުރަން ގެނެސްފަައި އޮންނަންޏާ ރަނގަޅު ވާނެތާ އެވެ. ޒާހިރުގެ ހިތަށް އަރައެވެ. “މިހެން ފަރުވާ ކުރަން ނުޖެހުނީހެއްނު ދަރިންނަށް ރަނގަޅަށް ބަލާނަމަ.” ސުވާލުތަށް ގިނަކަމުން ޒާހިރަށް އެހެން ބުނެލެވުނީ ދަތްކުނޑި ވިކާފަ ެއެވެ. ” އާނހް..އަހަރެންގެ ދަރިފުޅަށް މިހެން މިދިމާވީ އަހަރެންނަށް ނުބެލިގެން.. އެކަމަކު ކަލޭގެ ދަރިފޅު މީހުންނަށް ޖެއްސުން ކުރަމުން މުޅި ރަށުގައި އެދުވަނީ ކަލެއަށް ބެލޭވަރުންތަ…؟”ޒާހިރުގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފާ އެމީހާ ވަރަށް ބާރަށް ބުނެލި އެވެ. އެވަގުތު ޒާހިރުގެ ކައިރީ ހުރި ނަރުސް ކުއްޖާ ވެސް ހީވީ ކަރަންޓުގައި ޖެހުނު ހެންނެވެ. އެތަނުގައި ތިބި ހުރިހައި އެންމެންގެ ނަޒަރު ވަނީ ޒާހިރުގެ މޫނަށް ހުއްޓިފަ އެވެ.ޒާހިރުގެ ހައިރާންކަން ވެރިވެފައި އެވާ މޫނުން ފެއްނަމުން ދިޔައީ ސުވާލު މާރކު ތަކެވެ. އިރުކޮޅަކު އެހެން ހުރެފައި ކައިރީ ހުރި ނަރުސް ކުއްޖާ އަށް އަތުން އިޝާރަތް ކުރަމުން ވާޑުން ނުކުންނަން ހިނގައިގަތެވެ.ކަރުނަ ފޮހެމުން ހަސަންފުޅު ވެސް ނުކުމެގެން ހިންގައްޖެ އެވެ. …
މީ އަޅުގަނޑު މި ގޮތަށް ލިޔާ ފުރަތަމަ ވާހަކަ. އުއްމީދު ކުރަނީ ތިޔަ ހުރިހާ ކިޔުންތެރިންނަށް ވެސް މި ފެށުން ރަނގަޅުވާނެ ކަމަށް…..

Comments (15)

  1. eyesh

    Mee kurin kiyaafa oiy vaahaka eh

  2. Aai

    Hadieh noon

  3. Kudaa

    I like it.
    Hope to read new parts soon.

  4. Noor

    Gdluck Thuhu…

  5. Mal

    Mi copy eh

  6. Maree

    reethi kuriyah dhashey bunanee

  7. Cenhi

    V reethivanehen hyvany. V kiyahithun meenee. Good luck

  8. ShAhu

    feshun varah reethi..
    vaahakaves reethi vaane kamah ummeedhu kuran..
    hope kuran regular koh kiyaalan libeyne kamah..
    best of luck Thuhu..

  9. Thuhu

    Yaa .. May be.. Aslu feshun reethi kollan vaahaa ehge feshun nagaafa… It will be different.. 🙂

  10. Pinkish

    Hyvany reethi vaane hn… gud luck.. ??

  11. Aisha

    Reethi.. Waiting for u r story.. Varah intresting feshun

  12. song joong ki..Korean

    nice. up the next part soon

  13. lara

    reethivaane

  14. Maxu

    Waau thuhu ge vaahaka thah …..i luv ol ur stories thuhu..

  15. cenhi

    Thuhu Ehen vahakaehves liyunintha?

Comments are closed.