ރެސްޓޯރެންޓުގައި ތިބި އަންހެންވެރިންގެ ނަޒަރު ދޮރާއި ދިމާލަށް ހުއްޓިގެން ދިޔައީ ފިރިހެންވަންތަ ހިނގުމެއްގައި ހަރުކޮށް ހިނގާލާފައި އާއި ފިރިހެން ޒުވާނާ ފެނުމުންނެވެ.ހަށިގަނޑާއި ގުޅޭވަރުގެ އިސްކޮޅެއް ލިބިފައިވާއިރު ހީވަނީ ބޭރު ފިރިހެން މޮޑެލެއް ހެންނެވެ.އެތާ ތިބި ޒުވާން އަންހެންވެރިންގެ ހިތްތަކަށް އެނގުން ވެލައިގެން ދިޔައިރު އެތާ ތިބި ގިނަ ފިރިހެނުންވެސް ބަލަމުން ދިޔައީ ހަސަދައިގެ ނަޒަރަކުނެވެ.އެފަދަ ރީތިކަމެއް ލިބުން ނަމައޭ ހިތަށް އެރި ފިރިހެނުންވެސް މަދެއް ނޫނެވެ.ހުރިހާ ތަކެއްޗަކާއި އިންސާނުން އުފެއްދި ކަލާނގެ ކުޅަދުންވަންތަކަމެވެ. އެތެރެއަށް ވަދެގެން އައި […]
” ލައްބަ ދޫނީ… ތީ މަންމީގެ ޕްރިންސް އެއްނު….ސޮރީ ބެބީ… ލަވް ޔޫ… ” ނަތީޤް އަނެއްކާވެސް ގަޔާ ކައިރިކޮށްލަމުން މާޔާ ބުނެލީ ޔަޤީންކަން ދޭހާލުގައެވެ.އެހެންނަމަވެސް ދަރިފުޅަށް ދޮގު ހަދަންޖެހެމުން އެހިތް ޒަަހަމްވަމުން ދާކަން އެހެން މީހާކަށް އެނގޭނެނަމައެވެ. “ޕްރޮމިސް ތަ ” ނަތީޤް ރުއިން ހުއްޓާލައި އެހެން ބުނެލި އިރު އެއަޑުގައި ދިރުންވިއެވެ. ” ޕްރޮމިސް..” މާޔާވެސް ނަތީޤްގެެ އިސްތަށިގަނޑާއި ކުޅެލައި އެހެންބުނެލީ ކަރުނަތަށް އަނެއްއަތުން ފޮހެމުންނެވެ. ނަކީލްވެސް ނަތީޤްއާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލީ އެކުޑަކުޑަ […]
“ދަރިފުޅާ.. އަރޫން.. ” ސަމީހްގެ އަޑުޖެހުމާއެކު އަރޫން އަވަހަށް އޭނަގެ އާއިލާއާއި ދިމާއަށްބަލާލެވުނެވެ. މަލާކް ވެސް ސިހުންވެހުރެފައި ބަލާލީ އަޑުއައިދިމާއަށެވެ. “އޭތް މިޝާ.. ” ބިންޔާއަށް މިޝާފެނުމާއެކުހެން އައިސް ބައްދާލިއެވެ. މިޝާވެސް އެހާދުވަސްކޮށްފައި އެކުވެރިޔާފެނުމުން ހުުރީ ވަރަށް އުފާވެފައެވެ. މަލާކްއަށްވީ އެހެންގޮތެކެވެ. ސަމީހު މަލާކް އަށް ބަލާގޮތުން ހަދާނެގޮތްހުސްވެފައި ހުންނަންޖެހުނީއެވެ. ބަލްޤިިސް އޭނާގެ ދަރިފުޅުގައިބައްދާލުމަށްފަހު އަވަހަށް މާލެދިއުމަށް އެދުމުން ޝަމާލްމެންވެސް ދިޔައީ އަވަހަށް އެދިމާއަށެވެ. މާލެގެ ހަލަބޮލި މާހައުލާގާތްވިވަރަކަށް އަރޫން އިނީ ބޮލަށް އުނދަގުވެފައެވެ. ނަމަވެސް ކުރިމަތިން […]
ފުރާނައެއް ނެތް ރަައުލްގެ ހަށިގަނޑު ބިންމައްޗަށް ވައްޓާލުމަށްފަހު ޒިއަދަން އޭނަގެ އަތް ނެގީ ރައުލްގެ ގޮހޮރުވެސް ބޭރަށް ދަމައިގަންނަމުންނެވެ. އެއަށްފަހު ޒިއަދަން އެތަނުން ގެއްލިގެން ދިޔައީ އެކަކުނިތަކަށް އަމުރެއް ކުރަމުންނެވެ. ޒިއަދަންގެ ފިޔަވަޅުތަށް އޮބުމާއެކު އެއްކަލަ ކަކުނިތައް ގޮސް ރައުލްގެ ގައިމައްޗަށް ޖެހިގަތެވެ. އެގޮތް މިގޮތަށް ރައުލްގެ ހަށިގަނޑު ވީދަމުން އެކަކުނިތައް ދިޔައީ އެމިހުންގެ ސާހިބުގެ އަމުރަށް ކިޔަމަންވުމުގެ ގޮތުންެވެ. މުޅި ހިސާބުގައި ލޭގެ ކޯރުތައް ދެމިފައިވާއިރު ރައުލް އޮތް ސިފަ ފެނުނު މީހަކު އަނބުރައިގަންނާނެވެ. […]
ދުވެފައި ގޮސް ލަޔާން ހަޔާގެ ކައިރީގައި ކުޑަ ކަކޫ ޖަހާލަމުން ބިންމަތީގައި އިށީނނެވެ. އަދި ލެއިން ތަތްތެޅިފައި އޮތް ހަޔާ އަތްދަނޑި މައްޗައް ނަގާ އޭނާގެ ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެއްވެތިބި މީހުންތަކުގެ ތެރެއިން ބަޔަކު އައިސް ކާރުގެ ދޮރު ހުޅުވައިދީފައި ހަޔާ ފަހަތު ސީޓުގައި ބޭއްވުމަށް އެހީ ވެދިނެވެ. ހަޔާ ރީއްޗަށް ބާއްވާލައިފައި ލަޔާން ކުރީ ސީޓަށް އަރާ ކާރު ދުއްވާލީ އޭޑީކޭއަށް ދިއުމަށެވެ. ހާސްވެފައި ހުރިވަރުން އޭނާއަށް ކާރު ދުއްވުނީވެސް ވަރަށް ބާރަށެވެ. […]
އަަަޅުގަނޑު މި ސައިޓަށް ލިޔަންފެށި “ބަދުނާމް” މި ވާހަކަ ގެނެސްދިނުމުގައި ދިމާވި ވަރަށް ބޮޑު ޓެކްނިކަލް އެރާރ އެއްގެ ސަބަބުން ދެން އެވާހަކަ ތިޔަ ބޭފުޅުންނާއި ހަމައަށް ނުގެސްދެވޭނެ ވާހަކަ ދަންނަވާލަން. އަދި އެކަމަށް ނިހާޔަތަށް މައާފަށް އެދެން. އޭގެ އިތުރުން މިހާރު އަޅުގަނޑު އަނެއްކާވެސް ތިޔަ ކިޔުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ “ވާގޮތް ބުނަން ދަތިވޭ” ގެ ފުރަތަމަ އެޕިސޯޑް ބުނެފައިވާ ފަދައިން މިރޭ ގެނެސްދޭނެ ވާހަކަ ދަންނަވާލަން. (ޝުކުރިއްޔާ)
އިިތުރަށް ހިޔާލުތަކަށް ގެނބެން ނުހަދާ ދިމްރާ އަތުގައި އޮތް އަނގޮއްޓި ނަގާ ޔުއާންއާއި ދިމާލަށް ދިއްކޮއްލިއެވެ.އެ ނަގަންވެގެން ޔުއާންގެ އަތް ދިމްރާގެ އަތުގައި ބީހުނު ވަގުތު ދެމީހުންނަށްވެސް ސިހިފައި އެކަކު އަނެކަކުގެ ލޮލަށް ބަލައިލެވުނީ ދެމީހުންނަށްވެސް ދެމީހުންގެ އެތެރެހަށީގައި ތަފާތު ކަރަންޓު ރާޅުބާންޏެއް ދަތުރު ކޮއްލިކަމުގެ އިހްސާސް ވުމުންނެވެ. “ދިމް އައިމް ސޮރީ..އަސްލު ތެދަށް ބުނަންޏާ ދިމްއަށް ޓްރަސްޓް ނުކުރާތީއެއް ނޫން އަހަރެން މިއަދު އެގޮތަށް ވާހަކަ ދެއްކީކީއެއް..މޫޑް އޮފްވެފަ ހުރި ދުވަހެއްގަ އެފަދަކަމެއްވީމަ ރުޅި ބޭލުނީ..ސޮރީ..އަހަރެން […]
މިއަދުވީ ވަރަށް ވަރުބަލި ދުވަހަކަށެވެ. އެހެންކަމުން ސާރާ އެއްޗެހި ބަދަލުކޮށްގެން ނުވައެއް ޖަހާކަށްހާއިރު ނިދަން އޮށޯތީ ސްކޫލުގެ ސުވާލުމުބާރާތައް ނަގަންވެފައިހުރި ސުވާލުތައް ފަތިހުނަގަން ހިތައްއަރުވައިގެންނެވެ. ނަމަވެސް ނިދުމުގެ ކުރިން ސައިޓްގެ އަޕްޑޭޓް ތައް ބަލާލަން އޮންލައިން ވީއިރު ބަރަކާއާއި، ދީނާއާއި، އަދި ޔަމީނާވެސް ތިބީ އޮންލައިންގައެވެ. ވީ އުފަލުން އަވަހަށް އަންވާރު ޓީމުގެ ވައިބަރ ގްރޫޕުން ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލުމަށްފަހު އެކަކު އަނެކަކުގެ ހާލުއަހްވާލު އޮޅުންފިލުވާލާފައި އިތުރު ވާހަކައާއިގެން […]
އާދުވަހަކަށް އިރު އަރައިގެން އައި އިރު ރާއްޖޭގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން ވިއެވެ. ޔުސްރާއާއި އަލާނިޔާވެސް ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ އަހަން ޖެހުނު ހަބަރަކީ އިތުރު މީހެއް މަރާލައިފާވާކަމަށް ބުނާ ހަބަރެވެ. އެވަގުތު ދެމީހުންގެ ހިތުގައިވެސް ބިރުވެރި ކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އެންމެފުރަތަމަވެސް އަލާނިޔާ ގުޅާލީ މުލައިލްއަށެވެ. ދެ ރިންގާއެކު މުލައިލްވެސް ފޯނުނެގިއެވެ. އަދި އަލާނިޔާ އެއްޗެކޭ ބުނުމުގެ ކުރިން ޔުސްރާ އާ ދެމީހުން ރަނގަޅުތޯއެއްސެވެ. އަލާނިޔާއަށް މުލައިލް ސަލާމަތުން ހުރިކަން އިނގުމުން ފޯނު ބޭއްވުމަށްފަހު […]