Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (14) – ފަހުބައި

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 26, 2017 10 Mins Read
92 Comments

“ނާސް އެކަހަލަ ކަމެއް ނުކުރާނެ.”

“ވާން ޤަބޫލުނުކުރިޔަސް އެއޮތީ އެކަން ވެފައެއްނު. ހުރިހާ ކަމެއް ފެނުނީމަވެސް އެކަން ޤަބޫލުކުރާކަށް ނޫޅޭ. ވަރުގަދަ ލޯތްބެއް ތިވަނީ.” ރުކާން އެހެން ބުނެލުމުން މިއުވާން ގާތަށްވެސް ރުޅިއައެވެ.

“ރުކޫވެސް އަހަރެންނާ ތިގޮތަށް ތިވާހަކަ ދައްކާކަށް ނުޖެހޭނެ. އަހަރެންނަކަށް ނުވިސްނޭ ރުކޫ ނާސްދެކެ ތިހާ ރުޅިއަންނަންޖެހޭ ސަބަބެއް. އަހަރެންނަށް މިހާރު ހީވާކަހަލަ ރުކޫގެ އަތެއްވެސް މިކަމުގަ ވެޔޭ.” މިއުވާން އައިސްފައިވާ ރުޅީގައި ބުނެވުނެވެ.

“ވަޓް!!؟ ތިބުނަނީ އަހަރެންނޭތަ އިއުނާސް މަރާލީ!!؟ ރުކާންއަށް ލިބުނު ސިހުމުގައި ބުނެވުނެވެ.

“އާނ..” ކުއްލިއަކަށް ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައީ ނުހަނު ބަރު ފިރިހެން އަޑެކެވެ. އެއަޑަށް މިއުވާންއާއި ރުކާންވެސް ދިޔައީ ސިއްސައިގެންނެވެ. އެއަޑުގައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަންވީއިރު އެއަޑު ގަދަކަމުން ހީވީ ކަންފަތް ބައްވިހެންނެވެ.

“ނޫން.” ރުކާންއަށް ބޯހޫރާލަމުން ބުނެވުނެވެ.

“ކޮން ނޫނެއް؟ އިއުނާސް މަރާލީ ރުކާން.” އެ ޖިންނީގެ ރުޅިވެރި އަޑު އަނެއްކާވެސް މުޅި ކޮޓަރީގައި ގުގުމާލިއެވެ.

“ކީކޭ!!؟ ރުކާންއޭ!!؟ އެކަމަކު ރުކާން ކީއްވެ އިއުނާސް މަރާލަންވީ؟” މިއުވާންއަށް ލިބުނު ހައިރާންކަމުގައި އަހާލެވުނެވެ.

“މިއުވާން ހާސިލްކުރަން.”

“އެކަމަކު އަހަރެން ކިހިނެއް ތިކަން ޤަބޫލުކުރާނީ؟ ހަމަ މީހަކު އެއްޗެއް ބުނެލާއިރަށް ކިހިނެއް ޤަބޫލުކުރާނީ؟” އަޑު އައީ ސީދާ ކޮން ދިމާއަކުންކަން ނޭނގޭތީ ކޮޓަރީގެ އެކި ދިމަދިމާއަށް ބަލަމުން މިއުވާން އަހާލިއެވެ. އޭނާ ކިތަންމެ ހަމަޖެހޭކަމަށް ދައްކަން އުޅުނަސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ.

“އަހަރެންގެ ވާހަކަ ޤަބޫލުނުކުރެވެންޏާ އެހެރަ އަލަމާރީގެ ތަޅުލާ ވަތްގަނޑު ބަލާ. އެތާ އޮތް ރުކާންގެ ޑައިރީގަ އެހުރިހާ ވާހަކައެއް ލިޔެފަ އެބައޮތް.” ޖިންނި އެހެން ބުނެލުމާއެކު މިއުވާންއަށް ބަލާލެވުނީ ރުކާންއާ ދިމާއަށެވެ. އޭރު ރުކާންގެ މޫނުމަތީގައިވަނީ ބިރާއި ސިހުމެވެ. އެހެންކަމުން މިއުވާންއަށް އެއިވުނު ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ބުރަދަނެއް ހުރިކަން ޤަބޫލުކުރެވުނެވެ.

“އެއީ ތެދެއްތަ؟” މިއުވާން ސުވާލުކުރުމުން ރުކާން އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ހުރީ ފުން ވިސްނުމެއްގައެވެ. މިއީ ދުވަހަކުވެސް ވެދާނެކަމަށް އޭނާއަށް ވިސްނިފައިވާ ގޮތެއް ނޫނެވެ. އޭނާ ހީކުރީ އެޙާދިސާއަށްފަހު އެހުރިހާ ކަމެއް ނިމުނީކަމަށެވެ. ނަމަވެސް އެންމެފަހުން އެހުރިހާ ކަމެއް އައިސް އޭނާ، އެކަން އެންމެ އެނގެން ބޭނުންނުވާ މީހާގެ ކުރިމަތީގައި މިއޮއްގެން ހާމަވަނީއެވެ. މިކަމަށް ކޮންމެވެސް ގޮތެއް ހޯދަން ޖެހޭނެއެވެ.

“އަހަރެން މިއަހަނީ އެއީ ތެދެއްހޭ؟” މިއުވާންގެ އަޑު ގަދަވެގެން ދިޔައެވެ.

“އިނދެގެން މިހުރިހާ ދުވަހު އެހާ ރަނގަޅަށް ކަންތައް ކޮށްދީގެން އުޅުނީމަވެސް ތީތަ ވާންއަށް އަހަރެންނަށް ދޭން އެނގުނު ހަދިޔާއަކީ؟” ރުކާން ދެރަވެފައި ބުނެލިއެވެ.

“ސުވާލަށް ޖަވާބުދީ!!” މިއުވާން އަމުރުވެރިކަމާއެކު އެހެން ބުނެލާފައި ބަލާލިގޮތުންވެސް ރުކާންގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ.

“އަހަރެން ހިއެއްނުކުރަން ވާންއަކީ ތިހާ ޝައްކު ބޮޑު މީހަކަށް ވާނެކަމަކަށް. މީހަކު ހަމަ އެއްޗެކޭ ބުނެލާއިރަށް ތެދު ދޮގު ބަލާނުލާ އެކަން ޤަބޫލުކުރާނެ މީހެއް ކަމަކަށްވެސް. އަހަރެން އިތުރަށް ވާންއާއެކު އުޅޭކަށް ބޭނުމެއްނޫން. އަހަރެން މިދަނީ ދާން.” ރުކާން އެހެން ބުނެފައި ދާން ހިނގައިގަތުމުން މިއުވާން ރުކާންގެ ކަރާއި ދިމާއިން އަތް ގެންގޮސް އަނެއް ކޮނޑުގައި އަޅުވާލާފައި ގެނެސް އޭނާގެ ގައިގައި ލައްކޮށްލީ ރުކާންއަށް ގުޑިވެސްނުލެވޭހާ ބާރަށެވެ.

“ރުކާންއަށް ދެވޭނީ އެސުވާލުގެ ޖަވާބުދީފަ. އަހަރެން އެގޮތަށް މީހަކު ދައްކާހާ ވާހަކައެއް ޤަބޫލުކުރަން ބޭނުންނުވާތީ މިއަހަނީ އެއީ ތެދެއްހޭ؟ ކީއްވެތަ އެސުވާލަށް ޖަވާބު ނުދެވިގެން ތިއުޅެނީ؟” މިއުވާން ރުޅިއައިސްފައި ބުންޏެވެ.

“އެއީ އަހަރެން އެކަހަލަ ބޭކާރު ސުވާލަށް ޖަވާބުދޭން ބޭނުންނުވާތީ. ވާން ދޫކުރޭ! ތަދުވެޔޭ..” މިއުވާން ހިފަހައްޓާފައި ހުރިގޮތުންނާއި ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ތަދުވެގެން ރުކާންއަށް ބުނެވުނެވެ.

“ބޭކާރު ސުވާލޭ!! މީހަކު ރުކާންގެ ބޮލުގަ މީހެއްގެ މަރުގެ އިލްޒާމު އަޅުވާއިރު ރުކާން ދެކެނީ އެއީވެސް ބޭކާރު ކަމެއްކަމަށްތަ؟” މިއުވާން ގާތަށް އިތުރަށް ރުޅިއައެވެ.

“ވާން ޕްލީޒް. އަހަރެންނަށް ތަދުވެޔޭ.. ދޫކޮށްލާ! ހެޔޮނުވާނެ.” ރުކާންއަށް ތަދުވެގެން އަނެއްކާވެސް ބުންޏެވެ.

“އަހަރެން ލައްވާ ތަދުކުރުވަން ބޭނުންވާތީއެއްނު ޖަވާބުނުދީ ތިހުންނަނީ. ހެޔޮ ކިތަންމެ ތަދުވިޔަސް.. ޖަވާބުނުދެނީސް ދުލެއް ނުކުރާނަން. އަދި ރުކާންއަކަށް މިތަނަކުން ނުވެސް ދެވޭނެ.” މިއުވާން އެހެން ބުނެލުމާއެކުހެން ރުކާން މިއުވާންގެ އަތުގައި ދަތްއެޅިއެވެ. އެޔާއެކު މިއުވާންގެ އަތް ދޫވިއެވެ. ރުކާން އަވަސްއަވަހަށް ދޮރާއި ދިމާއަށް މިސްރާބުޖެހި ނަމަވެސް އޭނާގެ ނުވަމަހުގެ ބޮޑު ބަނޑާއެކު މާބާރަށް ދާކަށް އޭނާއަކަށް ނުކެރުނެވެ. އޭނާއަށް ދޮރާއި ހަމައަށް ނުދެވެނީސް ކުއްލިއަކަށް ދޮރު ލެއްޕިފައި ތަޅުލެވުނެވެ.

“ކަލޭ ހީކުރީ އެހާ ފަސޭހައިން ސަލާމަތްވެވިދާނެ ކަމަށްތަ؟ މިފަހަރު ކަލޭ ސަލާމަތްކުރާކަށް އެކަކުވެސް ނާންނާނެ. އަހަރެން ކަލޭގެ ފުރާނައަށް ފާރަލާތާ ލައްކަ ދުވަސްވެއްޖެ. މީގެކުރިން އަހަރެންގެ ހުރިހާ ކަމަކަށް ހުރަސް އަޅަމުން އައީ މާޝަލް. އޭނަ މަރާލަން މަސައްކަތްކޮށް އެކަން ކާމިޔާބުނުވިޔަސް އޭނަ ޤުދުރަތީ މަރަކުން މަރުވީތީ އަހަރެންނަށް ލިބުނު ދެވަނަ ފުރުސަތު ގެއްލުވާލީ އޭނަގެ އާއިލާއިން. އެކަމަކު މިފަހަރު ކަލޭ ސަލާމަތްކުރާކަށް އޭނަގެ އާއިލާއެއްވެސް ނާންނާނެ.” ޖިންނީގެ ބަރު އަޑުން ހަޅޭއްލަވައިގެންފައި ޖަހާލި ގަދަ ހިނިގަނޑާއެކު މިއުވާންއަށްވެސް ކަންފަތުގައި އަތްއެޅުނެވެ. ކަންފަތަށް ނުކުޅަދާނަވަރުގެ ގަދަފަދަ އަޑެއް އިވުނުއިރު އެހާ ނާމާނެވެ.

“އަހަރެންގެ ދިރިއުޅުމަށް ވަންނަން ކަލޭ ތީ ކާކު؟ އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަނުމުގެ ބޭނުމަކީ ކޮބާ؟” ރުކާން ބިރުން ހުރެވެސް ނެތް ހިތްވަރުލާފައި އަހާލިއެވެ.

“އަހަރެންނަކީ ކާކުކަން އެނގުން މުހިންމެއް ނޫން. އަހަރެންގެ ބޭނުމަކީ ކަލޭ ދުވަހަކުވެސް އުފަލުގަ އުޅުނަ ނުދިނުން.”

“އެއީ ކީއްވެ؟ އަހަރެން މިއަހަނީ އެއީ ކީއްވެހޭ؟” ރުކާން ހަޅޭއްލަވައިގަތެވެ.

“އެއީ ދެލޯބިވެރިން ދުރުކުރަން ހަތިޔާރަކަށް އަހަރެން ބޭނުންކުރީމަ.”

“ތިކިޔާ އެއްޗެއް އަހަރެންނަކަށް ނުވިސްނޭ.” ރުކާން ބުނެލިއެވެ.

“ވާން! އޭނަ ދައްކާ ވާހަކަ އަޑުނާހާ. އެއީ އިއުނާސްއާ އަޅައިގަނެގެން ހުންނަ ނުލަފާ ޖިންނިއެއް. ރަނގަޅަށް ވިއްޔާ އޭނަ އިއުނާސް މަރާލާފަ އެއުޅެނީ އަހަރެމެން ދެމީހުން ލޯބިން އުޅޭތީ އަހަރެމެން ދެމީހުން ދުރުކުރަން.” ރުކާން މިއުވާންގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. މިއުވާން އެއްޗެކޭ ނުބުނިތާނގައި ރުކާން ދުރުކޮށްލާކަށްވެސް ނޫޅެއެވެ. އޭނާ ހުރީ އިވެމުންދިޔަ ވާހަކަތަކުން ބޯހާސްވެފައެވެ. ޤަބޫލުކުރަންވީ ކޮން ވާހަކައެއްކަމެއް ނޭނގިފައެވެ. ރުކާންގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމުން ޖިންނި އެދެއްކި ވާހަކަތަކަކީ ތެދު ވާހަކަތަކެއްހެންވެސް ހީވެއެވެ. އަނެއްކޮޅުން އިއުނާސްއަކީ އޭނާގެ ފުރާނަފަދައިން ލޯބިވާ ކުއްޖެއްކަން ރުކާންއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އިއުނާސްއަށް ގޮތެއް ވެއްޖެއްޔާ އޭނާ ދުނިޔޭންވެސް މޮޔަވެދާނެކަން ރުކާންއަށް އެނގޭނެއެވެ. ވީއިރު އެނގިއެނގިހުރެ ރުކާން އޭނާއަށް އެވަރުގެ ދެރައެއް ދީފާނެބާއޭވެސް އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“އަހަރެން މިހަދަނީ ދޮގުކަމަށް ވަންޏާ ބުނެބަލަ.. ކަލޭ ދޮންމުޙައްމަދު ލައްވާ ސިހުރު ނުހަދަންތަ އިއުނާސް މަރާލާކަށް؟” ޖިންނީގެ އަޑު އިވިފައި ރުކާންއަށް ސިހިފައި މިއުވާންއަށް ބަލާލެވުނެވެ. އޭރު މިއުވާންވެސް ޤަބޫލުނުކުރެވިފައި ހުރިފަދަ ނަޒަރަކުން ރުކާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ރުކާންއަށް ބޯހޫރާލެވުނީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ.

“ދޮންމުޙައްމަދު ސިހުރު ހެދީ ރުކާން ބުނެގެން. އޭނަ އެކަމަށް ބޭނުންކުރި ޖިންނިއަކީ އަހަރެން. އޭނައަކީ މުޅި ރާއްޖޭގައި ފަންޑިތައާއި ސިހުރު ހެދުމަށް މަޝްހޫރު އައްޑޫ މީހެއް. އަހަރެންނަކީ އިންސާނެއްގެ ސަބަބުން ލޯބިވާ އަނބިމީހާއާއި ދެމަހުގެ ދަރިފުޅު ދުނިޔެއާ ވަކިވެފައިހުރި އެކަނިވެރިއެއް. އޭރު އަހަރެން ބޭނުންވެފައި ހުރީ އެމީހާގެ ކިބައިން ބަދަލުހިފަން. އަހަރެން ދިމާކުރި މީހާއަށް ފަންޑިތަ ހެދީ ދޮންމުޙައްމަދު. އޭރު އޭނަ ހުރީ މިބުނި މީހާއަށް ފަންޑިތަ ހަދަން އައިސް މާލޭގަ. އެކަންތައްގަނޑުގެ ތެރޭގައި އަހަރެންނަށް ހެދުނު ގޯހަކުން ދޮންމުޙައްމަދުގެ ބާރުގެ ދަށަށް އަހަރެން ގެނައީ. އޭނަ އަހަރެންނަށް މަޖުބޫރުކުރީ އަހަރެންގެ ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ އިއުނާސް މަރާލުމަށް. އެއީ އެކަން ކޮށްފިއްޔާ އޭނާއަށް ވަރަށް ބޮޑު އަގެއްދޭން ރުކާން ބުނެފައިވާތީ. މިހާރު އަހަރެންނަށް ރުކާންގެ ކިބައިން ބަދަލު ހިފާނެ ފުރުސަތެއް މިލިބުނީ ދޮންމުޙައްމަދު މިދުނިޔެއިން ވަކިވީމަ. މިކަން ހުއްޓުވާކަށް މިއުވާންއަކަށްވެސް ފުރުސަތެއް ނުލިބޭނެ.” ރުކާން އެނދުގައި އިށީނދެލައިގެން އިނީ ޖިންނީގެ ވާހަކަތަކުން ހުއްޓުން އަރާފައެވެ. އޭނާއަށް އެކަމުގެ ނުރައްކާކަން ކުރިން ވިސްނާނުލެވުނީ ކީއްވެ ހެއްޔެވެ؟ ފަހުން އެކަން ހިލިގެން ހިނގައިދާނެކަމަށް އޭނާއަށް ވިސްނުނުނަމަ އޭނާ އެކަމެއް ނުކުރީހެވެ. ރުކާން އެހެން އިންދާ ކުއްލިއަކަށް މިއުވާން ރުކާންގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

“އަހަރެން ހިއެއްނުކުރަން ރުކާން ތީ ތިހާ އަމިއްލަ އެދުން ބޮޑު ތިހާ ރަޙުމުކުޑަ އަންހެނަކަށް ވާނެކަމަކަށް. އަހަރެންނާ ނާސް ދުރުކުރަން އެހުރިހާ ކަމެއް ކުރިއިރު ތިހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟” މިއުވާން ހީވަނީ ރުޅިއައިސްގެން ފަޅަފަޅައިގެން ހިނގައިދާނެހެންނެވެ. އެ ޖިންނީގެ ވާހަކަތައް ޤަބޫލުކުރަން ކިތަންމެ ބޭނުންނުވިޔަސް ރުކާންގެ އެހިމޭންކަން އޭނާއަށް މާނަކުރެވުނީ ރުކާން އެކަމަށް އެއްބަސްވުންކަމުގައެވެ. ރުކާންއަށްޓަކައި މިއުވާންގެ ހިތް ނަފުރަތުން ފުރިގެންދިޔައެވެ. އޭނާ ރުކާންގެ އަތުން ދޫކޮށްލާފައި ދާން ހިނގައިގަތްތަނާ ރުކާންގެ ބަނޑުގައި އަތްއަޅާލީ ރިއްސައިގަތުމުންނެވެ. ހިނދެއް ހިނދަކަށް ރިހުންގަނޑު ގަދަވަމުން ދިޔައެވެ.

“ވާން!” ރުކާންގެ ވޭނީ ހަޅޭކުގެ އަޑު އިވުމުން މިއުވާންއަށް ފަސްއެނބުރި ބަލާލެވުނީ ހިތަށް ވަތް ޚިޔާލަކުންނެވެ. އޭރު ރުކާން ބަނޑުގައި ހިފަހައްޓާލައިގެން އެނދުމައްޗަށް ތިރިވަނީއެވެ. ވަގުތު ޖެހުނީކަން މިއުވާންއަށް ވިސްނުމުން ނަފުރަތު އެއްފަރާތްކޮށްލާފައި ރުކާން ގާތަށް ދިޔައީ ރުކާންގެ ބަނޑުގައި އެވާ އޭނާގެ ދަރިފުޅަށްޓަކައެވެ. އޭނާ އަވަސްއަވަހަށް އެމްބިއުލާންސަށް ގުޅާފައި ވަރަށް އަވަހަށް އެގެއަށް އައިސްދިނުމަށް އެދުނެވެ.

މުނީޒާ ފިހާރައިން ތަރުކާރީކޮޅަކާއި މޭވާކޮޅެއް ގަނެގެން ގެއަށް އައިއިރު އެގޭ ދޮރުމަތީގައި އެމްބިއުލާންސް އޮތުމުން ވާނުވާ އެނގޭކަށް ގިނަ ވަގުތެއް ނުނެގިއެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ގޭތެރެއަށް ވަތްއިރު ރުކާން އަތްދަނޑިމައްޗަށް ލައިގެން މިއުވާން ނުކުންނަނީއެވެ. އޭރުވެސް ރުކާން ބަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. މުނީޒާ އަވަސްއަވަހަށް އޭނާ ގެނައި އެއްޗެހި ސޯފާމަތީ ބަހައްޓާފައި މިއުވާންގެ ފަހަތުން ދިޔައެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީ މުނީޒާ ރަހުމާއަށް ގުޅާފައި ރުކާން ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗްއަށް ގެންދާ ވާހަކަ ބުންޏެވެ. ރަހްމާވެސް މިދަނީކަމަށް ބުނެ ފޯނު ބޭއްވިއެވެ.

ރުކާން ހޮސްޕިޓަލަށް ގެންދިއުމާއެކު ވިއްސާ ކޮޓަރިއަށް ވެއްދިއެވެ. ރުކާން ވިއްސާ ކޮޓަރިއަށް ވެއްދުމުން މިއުވާން ހަލުވި ފިޔަވަޅުތަކެއްގައި ހޮސްޕިޓަލުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. މުނީޒާ ގޮވިނަމަވެސް މިއުވާންއަށް އެއަޑު އިވުނުހެނެއް ހިއެއްނުވެއެވެ. އޭނާ ދިޔައީ އެހާ ބާރަށެވެ. ހީވާގޮތުން އެކަމުގައި މިއުވާންގެ އަމިއްލަ އިޚްތިޔާރެއް ނެތެވެ. ނޫންނަމަ މުނީޒާ ގޮވުމުން މިއުވާން ނުހުއްޓިއެއް ނުދާނެއެވެ. މިއުވާން ބޭރަށް ނުކުތްގޮތަށް ކާރަކަށް އެރި ވަގުތަކީ ރައޫފްމެންވެސް އައިސް ހޮސްޕިޓަލަށް ވަތް ވަގުތެވެ. އެމީހުންނަށް މިއުވާން ކާރަށް އަރައިގެން ދިޔަތަން ފެނުނެވެ. އެމީހުން ހީކުރީ މިއުވާން އެދިޔައީ ކޮންމެވެސް މުހިންމު ކަމެއް ދިމާވެގެން ކަމަށެވެ. އެހެންކަމުން އެމީހުން އެކަމާ ބެހޭގޮތުން މުނީޒާއަކާ ސުވާލެއް ނުކުރެއެވެ.

“ކޮބާ ރުކާން؟” ރަހުމާ ކަންބޮޑުވެފައި ހުރެ އަހާލިއެވެ.

“ވިއްސާ ކޮޓަރީގަ. އަދި އެއްވެސް ޚަބަރެއްނުވޭ.” މުނީޒާވެސް ކަންބޮޑުވެފައި އަހާލިއެވެ. އޭނާ ހުރީ މިއުވާން ކަންތައްކުރި ގޮތުން ހިތްހަމަވެސްނުޖެހިފައެވެ.

**********

ކާރުން ފޭބިގޮތަށް މިއުވާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ވަނުމާއެކު ކޮޓަރި އަމިއްލައަށް ތަޅުލެވިއްޖެއެވެ. އެޔާއެކު އޭނާއަށް ސިހިފައި ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭނާއަށް ގެއަށް އާދެވުނު ގޮތަކާއިމެދު އޭނާއަށް ވިސްނާލެވުނެވެ. އެވަގުތު އޭނާއަށް އެ ޖިންނީގެ މަތިން ހަނދާންވުމުން އޭނާ ގާތަށް ރުޅިއައެވެ. މިއުވާން ދޮރު ހުޅުވޭތޯ މަސައްކަތް ކޮށްކޮށްވެސް ނުހުޅުވުމުން އޭނާ ގާތަށް އިތުރަށް ރުޅިއައެވެ.

“މިދެން ކިހާބޮޑު ބަލާއެއް. މަގޭ އަންހެނުން މަރަށް ތެޅޭއިރު މަވީ ގޭގަ ކަލޭގެ ފޮނިކަން ބަލަން ހުންނަންތަ؟ މި ދޮރު ހުޅުވަދީ.” މިއުވާންގެ ގާތަށް އައިސްފައިވާ ގަދަ ރުޅިން އޭނާގެ ދުލުން ދުވަހަކުވެސް ބޭރުނުވާފަދަ ހުތުރު ބަސްތަކަށް ދަންދެން ބޭރުވިއެވެ.

“ހަޅޭއްނުލަވާ!! އަހަރެން ކަލޭ މިގެނައީ ކަލޭ އަދިވެސް އަހަރެންގެ ވާހަކަ ރަނގަޅަށް ޤަބޫލުކުރާނެވަރުގެ ހެއްކެއް ދައްކަން. މިތަނުން ކަލޭއަށް ނުކުމެވޭނީ އަހަރެން ބޭނުންވި އިރަކުން.” އެޖިންނީގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

“ކަލޭ ތިއުޅެނީ އަހަރެންނަށް ބިރު ދައްކަންތަ؟ ކަލޭއަށް އަހަރެން ލައްވާ ގަދަކަމުން އެއްކަމެއްވެސް ނުކުރުވޭނެ.” މިއުވާން ވަނީ ހަމައިން ނައްޓާފައެވެ. އޭނާ ރުކާންއަށް ނަފުރަތުކުރިޔަސް އޭނާގެ ދަރިފުޅަށް ދެރައެއް ލިބޭނެފަދަ އެއްވެސް ކަމަކަށް ފުރުސަތު ދޭކަށް އޭނާ ބޭނުމެއްނޫނެވެ.

“ކަލޭއަށް ތިއުޅެނީ އަހަރެންގެ ބާރު އަދި ނޭނގިގެން. ކަލޭ ހޮސްޕިޓަލުން މިތަނަށް ގެނައި ގޮތަށް އަދިވެސް އަހަރެން ބޭނުން ގޮތެއް ހެދޭނެ. އަހަރެން ބޭނުންނަމަ ކަލޭ މަރާވެސްލެވިދާނެ. އެކަމަކު އަހަރެން ކަލޭ މިތަނަށް މިގެނައީ ކަލޭއަށް ގޮތެއް ހަދާކަށް ނޫން. ކަލޭއަށް ހަޤީޤަތެއް އަންގަންވެގެން.”

“މާތްﷲ ކަލޭމެން ޖިންނީންނަށް ބާރު ދެއްވާފައިވަނީ އެހެން މީހުންނަށް ގޯނާކޮށް ދުއްތުރާތައް ކުރިމަތިކުރުވާކަށް ނޫން. ކަލޭމެންނަށް ބާރު ދެއްވި ފަރާތުން އެބާރު އަތުލައްވަފާނެކަމަށް ކަލޭމެން ނުވިސްނަމުތަ؟ އަދި ބުނަން. އަޖަލު ހަމަވުމުގެ ކުރިން އެކަކަށްވެސް އަނެކެއްގެ ފުރާނައަކާ ނުކުޅެވޭނެ.” މިއުވާން ބުނެލިއެވެ.

“ކަލޭގެ ދަރި އުފަންވާއިރު ކަލޭ އެތާ ހުންނަން ބޭނުމިއްޔާ އަވަސްކުރޭ. އެކުއްޖާ އުފަންވާކަށް ދެން މާގިނައިރެއް ނެތް. ކަލޭ އެވަގުތު އެތާ ނެތިއްޔާ އަހަރެން އެކުއްޖާގެ ދުވަސްވެސް ދުއްވާލާނަން.” އެޖިންނި އެހެން ބުނެލުމާއެކު ކުއްލިއަކަށް އަލަމާރީގެ ތަޅުލާ ވަތްގަނޑު އަލަމާރިން ވަކިވެ ވިއްސައިގެން ދިޔައެވެ. މިއުވާންއަށް އޭގެތެރޭގައި އޮތް ފޮތް ފެނުމުން އެޔާ ދިމާއަށް ހިނގައިގަތެވެ. އެޖިންނި އެހާ އަވަހަށް އޭނާގެ ސިކުނޑިއާ ކުޅެލީއެވެ.

މިއުވާން އަވަސްއަވަހަށް ފޮތް ހުޅުވާލިއެވެ. އެޔާއެކު ކުއްލިއަކަށް އަވަސްއަވަހަށް ގަނޑުތައް އުކިއުކިފައި ވަކި ތަނަކަށް ހުއްޓުނެވެ. ހީވީ އޭނާ ކިޔަންވީ ތަން ހޯދައިދިންހެންނެވެ. މިއުވާން ފޮތް ކިޔަންފެށިއެވެ.

**********

އަހަރެން އަބަދުވެސް މިއުވާންދެކެ ލޯބިވަމެވެ. އަހަރެން ހުރީ މިއުވާންގެ ފަރާތުން އިޝާރާތެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އެހެން ހުއްޓާ އަހަރެންނަށް ލިބުނީ އަހަރެންގެ ހިތް ހަލާކުކޮށްލި ޚަބަރެކެވެ. އެހެންމީހެއްގެ ފަރާތަކުން ނޫނެވެ. ޚުދު އަހަރެންގެ ހިތުގެ ރާޖާގެ ފަރާތުންނެވެ. އޭނާ ލޯބިވީ އިއުނާސް ދެކެއެވެ. އޭނާ އަހަރެންނަށްވުރެ ހުރިހާ ގޮތަކުންވެސް ރީތިވެފައި ހުރިހާ ކަމަކަށްވެސް މޮޅުވީތީ އަހަރެން އަބަދުވެސް އޭނާއާ ހަސަދަވެރިވެއެވެ.

މިއުވާންއާއި އިއުނާސް ލޯބީގެ މާތަށް ފޮޅުވަން އެކި ތަންތަނުން ބައްދަލުކުރިތަން އަހަރެން ސިއްރުން ބެލީމެވެ. އެފަދަ ކޮންމެ ވަގުތަކުވެސް އަހަރެންގެ ހިތްދަތިވެއެވެ. އިއުނާސްގެ ބަދަލުގައި އަހަރެން އެމަޤާމުގައި ހުންނާނެނަމައޭ ހިތަށްއަރައެވެ. އެވަގުތު އަހަރެންގެ ޚިޔާލަށް އައީ ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް އަހަރެންނަށް މިއުވާން ހާސިލްކުރުމަށް އެންމެ ފަސޭހަވާނެ އަދި އެންމެ މޮޅު ގޮތަކީ ސިހުރުކަމަށް އަހަރެންނަށް ވިސްނުނެވެ. އެހެންކަމުން އޭރު މާލޭގައިހުރި މަޝްހޫރު ސިހުރުވެރިއެއްކަމަށްވާ ދޮންމުޙައްމަދު ގާތަށް އަހަރެން ދިޔައީމެވެ. އެކަން ޚުދު އަހަރެން އާއިލާ އަދި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ލައިލާއަކަށްވެސް ނޭނގޭނެއެވެ. އަހަރެން ދޮންމުޙައްމަދު ގާތަށް ގޮސް ވީގޮތް ކިޔައިދިނީމެވެ. އޭނާ ބުނީ ދެމީހުން ދުރުކޮށްލުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫންކަމަށެވެ. ނަމަވެސް އަހަރެން އެގޮތް ހިތްހަމައެއްނުޖެހުނެވެ. އެހެންކަމުން އަހަރެން އެދުނީ އިއުނާސް މަރުވާނެ ގޮތެއް ހަދައިދިނުމަށެވެ. ފުރަތަމަ އޭނާ އެކަމާ އިންކާރުކުރިއެވެ. ނަމަވެސް އަހަރެން އޭނާއަށް ބޮޑު އަގެއް ހުށަހެޅުމުން އޭނާ އެކަން ކޮށްދޭން އެއްބަސްވިއެވެ. އެހެންކަމުން އަހަރެން ހިތްހަމަޖައްސާލައިގެން ގެއަށް އައީމެވެ.

އަހަރެން ހިތްހަމަޖައްސާލައިގެން ހުއްޓާ މިއުވާންގެ ފަރާތުން އަހަރެންނަށް އިވުނީ އެދެމީހުން ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެރޭ އިންނަން އުޅޭ ވާހަކައެވެ. އެހެންކަމުން އަހަރެން ހަމަ އެރޭ ދޮންމުޙައްމަދަށް ގުޅައިގެން ވަރަށް އެއްޗެހި ކީމެވެ. އޭނާ ބުނީ އެކައިވެނި ކުރެވުމުގެ ކުރިން އެކަން ނިމޭނެކަމަށެވެ. ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެކަމަށް އޭނާ ބުންޏެވެ. އެފަދަ ކަމެއް ކުރަން އުޅެވޭތީ އަހަރެންގެ ހިތަށް ބިރުވެރިކަންވެސް ވަދެއެވެ. ނަމަވެސް އަހަރެންގެ ހިތުގައިވާ ބިރުވެރިކަމުގެ މައްޗަށް ހަސަދަވެރިކަން ގަދަކޮށް އެމަގުން ކުރިއަށް ދާން ހިތްވަރުދެމުން ދިޔައެވެ. ބުރާސްފަތި ދުވަހުވެސް އަހަރެންނަށް އިއުނާސް ހެޔޮ ހާލުގައި ހުރިތަން ފެނުމުން އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. އަހަރެންގެ ހުރިހާ ރޭވުމެއް ފެނަށްވީއެވެ. އަހަރެން އެދުވަހު ދޮންމުޙައްމަދަށް ގުޅުމުން އޭނާ ފޯނެއް ނުނެގިއެވެ. އެހެންކަމުން އަހަރެންނަށް އެފަދަ ކަމެއް ކުރަން އުޅެވުނީތީ މޮޔަ ހިތަށްއެރިއެވެ. އޭނާ އަނެއްކާ އަހަރެން އެފަދަ ކަމަކައިގެން އޭނާ ގާތަށް ދިޔަކަން ފަޅާއަރުވާނުލާނެބާއޭ އަހަރެންގެ ހިތަށްއެރިއެވެ.

އަހަރެން ކަންބޮޑުވެފައި ހުއްޓާ އެރޭ އަހަރެންނަށް އިވުނީ ކައިވެންޏަށްވެސް ތައްޔާރުވީ ފަހުން އިއުނާސް ދަންޖެހިފައި ހުރި ޚަބަރެވެ. ހަމަ އެރޭ ދޮންމުޙައްމަދު ގުޅާފައި އޭނަގެ މަސައްކަތް ނިންމާލެވިއްޖެކަމާއި އޭނާއަށް ކަނޑައެޅިފައިވާ އުޖޫރަ ދިނުމަށް އެދުނެވެ. އަދި އެ ނުދީފިނަމަ މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނެކަމަށް ބުނެ ބިރު ދެއްކިއެވެ. އެހެންކަމުން އަހަރެން ބައްޕައަށް ސިއްރުން ބައްޕަގެ ކޭޝް ކާޑް ނަގައިގެން ގޮސް ލާރި ނަގާފައި ދޮންމުޙައްމަދަށް ލާރި ދިނީމެވެ. އަދި އޭގެފަހުން އަހަރެންނަށް ދައްކައިގެން އޭނާގެ ފޯނުގައި ރިކޯޑްކޮށްފައިހުރި އަހަރެމެން ދެމީހުންގެ ހުރިހާ ކޯލެއް ފޮހެލިއެވެ. އަހަރެން ހިތްހަމަޖައްސާލައިގެން ގެއަށް އައިނަމަވެސް އޭގެފަހުން އަހަރެންނަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ހިތުގައި އަބަދުވެސް ބިރުވެރިކަން އޮވެއެވެ. ފާޑުފާޑުގެ ބިރުވެރި ހުވަފެންވެސް ފެންނަންފެށީ އާދަޔާ ޚިލާފަށް ގިނައިންނެވެ. އަހަރެންނަށް ރޭގަނޑުގެ ނިދި ނުލިބޭތީ އެންމެންނަށް ސިއްރުން ނިދާބޭސް ކާން ފެށީމެވެ. ދެތިން ފަހަރަކު މިއުވާންއަށް ފެނިގެން އެއްޗެހިވެސް ކިޔެވެ.

އަހަރެން އުއްމީދުކުރީ އިއުނާސް މަރުވުމުން މިއުވާން އަހަރެންނާ ގާތްވާނެކަމަށެވެ. ނަމަވެސް އިއުނާސް މަރުވިފަހުން މިއުވާން އަދި ވަކިން ބޮޑަށް އަހަރެންނާ ދުރެވެ. ބޭރަށް ނިކުމެ އުޅެނީވެސް ހާލަކުން ފަހަރަކުއެވެ. އަހަރެން އެގެއަށް ދިޔަޔަސް އެހާ ގިނައިން ވާހަކައެއް ނުދައްކައެވެ. އަހަރެން މާގިނައިން ވާހަކަދައްކަންޏާ ކޮންމެވެސް ބަހަނާއެއް ދައްކާފައި އަހަރެން ފޮނުވާލައެވެ. އަހަރެންނާ މާޝަލް ބައްދަލުވީވެސް އެކަމުގައި އުޅެނިކޮށެވެ.

**********

މިއުވާން އެހިސާބުން ފޮތް ލައްޕާލީ މާޝަލްގެ ވާހަކަތަކަކީ އޭނާއަށް ރުކާން ކިޔައިދީފައިވާ ވާހަކަތަކަކަށް ވާތީއެވެ. އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔައީ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ އޭނާގެ ލޯބީގައި ދީވާނާވެ މަގު ގެއްލިގެން ދިޔައީތީއެވެ. އަދި އެކަމުގައި ކުށެއްނެތް އަންހެންކުއްޖަކު މިދުނިޔެއާ ވަކިވެގެން ދިޔައީތީވެސްމެއެވެ.

“މިހާރު ޤަބޫލުކުރެވިއްޖެ ދޯ؟ ދެން އަވަހަށް ހޮސްޕިޓަލަށް ދޭ. ލަސްވެއްޖެއްޔާ ނަތީޖާ މާ ރަނގަޅެއް ނުވާނެ.” ޖިންނީގެ އަޑަށް މިއުވާންއަށް ހަމަބިމަށް އާދެވުނެވެ. އެޔާއެކު އޭނާއަށް ދޮރުވެސް ހުޅުވުނު އަޑު އިވުނެވެ. ދުވެފައި ބޭރަށް ނުކުތްގޮތަށް އޭނާ ސައިކަލަށް އަރައިގެން ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ. އޭނާއަކީ ސައިކަލު ބާރަށް ދުއްވާ މީހަކަށް ނުވިޔަސް މިވަގުތު އޭނާ އެދަނީ އޭނާ ސައިކަލުގައި ދާތަން ފެންނަ މީހަކުވެސް ބިރުގަންނާނެހާ ބާރަށެވެ. އެކްސިޑެންޓެއްނުވެ ސަލާމަތުން ހޮސްޕިޓަލަށް ދެވުނީތީ މިއުވާންއަށް ހެއްދެވި ފަރާތަށް ޙަމްދުކުރެވުނެވެ.

ދުވެފައި ދިޔައީ ވިއްސާ ކޮޓަރި ކައިރިއަށެވެ. އޭރު އެތާނގައި ރުކާންގެ އާއިލާއާއި އޭނާގެ އާއިލާގެ އިތުރުން ޔާމިންގެ އާއިލާވެސް އެތާ ތިއްބެވެ. އީޝަލްވެސް ވިހަން ވައްދައިގެން އުޅޭ ޚަބަރު ލިބުމުން އޭނާ ޔާމިންއަށް ހިތްވަރުގެ ދެތިން ބަހެއް ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ޔާމިންއަކަށް ސިއްރެއްނުވިއެވެ.

“ވާން! އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ޔާމިން އެހެން ބުނެލުމުން މިއުވާންއަށް ޔާމިންގެ ގައިގައި ބައްދާލެވުނެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގަތީ އިޚްތިޔާރުން ބޭރުގައެވެ. އޭނާ އެންމެ އިތުބާރުކުރި އެންމެ ގާތް އެއް އެކުވެރިޔާގެ ކެހިވެރިކަމުގެ ސަބަބުން އޭނާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ނަމަވެސް ވަގުތުގެ ގޮތުން އޭނާ އެހުރިހާ ކަމެއް އޮއްބާލިއެވެ. އޭނާ ޔާމިންއާ ދުރުވެލި ވަގުތު ނަރުސް ކުއްޖަކު ނުކުމެ ރުކާން ވިހޭ ޚަބަރުދިނެވެ. ވިހެއީ އަންހެންކުއްޖެއް ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ބުންޏެވެ. އެޔާއެކު މިއުވާންއަށް ﷲއަށް ޙަމްދުކުރެވުނީ ކިތައްފަހަރު ކަމެއްވެސް ނޭނގުނެވެ.

އިރުކޮޅެއްފަހުން ނަރުސްކުއްޖަކު ނުކުމެ އީޝަލް ވިހައިފިކަމަށް ބުންޏެވެ. އަދި ވިހެއީ ފިރިހެން ކުއްޖެއްކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ބުނުމުން ޔާމިންއަށްވެސްވީ މިއުވާންއަށް ވީފަދަ ގޮތެކެވެ. ދެމީހުން ދެމީހުންނަށް މަރުޙަބާ ކިޔަމުން ދިޔައެވެ. އެންމެން އުފަލުން ފުރިފައި ތިއްބާ ޑޮކްޓަރ ނުކުތްއިރު ޑޮކްޓަރގެ މޫނުމަތި މިލާފައިވާ މަންޒަރު ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެންމެނަށްވެސް އެނގުނެވެ. މިއުވާންގެ ބޮލުގައި ރިއްސާލީ ހިތަށް ވެރިވި ޚިޔާލަކުންނެވެ.

“ސޮރީ! ޔުއާރ ވައިފް އިޒް ނޯ މޯރ.” ދެރަވެފައި ޑޮކްޓަރ މިއުވާންއަށް ދިން ޚަބަރާއެކު މުޅި ދުނިޔެވެސް އެނބުރިގަތް ކަހަލައެވެ. ލިބުނު ޚަބަރާއެކު ރަހުމާ އަނބުރައިގަތްއިރު ރައޫފްއަކަށް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. މިއުވާން މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ގޮނޑިބަރިއަށް ވެއްޓިގަތީ އެއްވެސް ވަރެއްނެތް މީހެއްފަދައިންނެވެ. އޭނާގެ ދަރިފުޅު އޭނާ އެކަނިމާއެކަނި ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ މިއުވާންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓުނުއިރު ހުއްޓުން އަރާފައި އިނދެވުނީއެވެ. މާހިރުއާއި ޔާމިން އައިސް މިއުވާންގެ ގާތުގައި އިށީނުމާއެކު މިއުވާން މާހިރުގެ ގައިގައި ބައްދައިގެންފައި ރޯންފެށިއެވެ. ޔާމިންގެ ލޯވެސް ފެންކަޅިވެގެން ދިޔައީ އެކުވެރިޔާއަށް ލިބުނު އުފަލާއިއެކު ލިބުނު ހިތާމައިގެ ސަބަބުންނެވެ.

“ދަރިފުޅާ! ހިތްވަރުކުރޭ!” މާހިރު މިއުވާންގެ ބުރަކަށީގައި ފިރުމަމުން ހިތްވަރުދެމުން ދިޔައެވެ. ޔާމިންވެސް އެކުވެރިޔާއަށް ހިތްވަރުދެމުން ދިޔައީ އޯގާތެރިކަމާއެކުގައެވެ.

“ޑޮކްޓަރ! ކިހިނެއްތޯ މިވީ؟ ހުރިހާ ކަމެއް ރަނގަޅު ވާހަކަ ބުނިތާ ފަސްމިނެޓްވެސް ނުވަނީސް ނުކުމެފަ ތިބުނީ ޝީ އިޒް ނޯ މޯރއޭ..” ރައޫފް ހިތްހަމަނުޖެހިފައި ހުރެ ޑޮކްޓަރާ ވާހަކަދައްކަމުން ދިޔައެވެ.

“މަރަކީ އަޅުގަނޑުމެންގެ ބާރުގައިވާ ކަމެއްނޫން. ކިތަންމެ ސިއްހަތު ސަލާމަތުން ހުއްޓަސް ކޮންމެ މީހަކުވެސް އެމީހެއްގެ ވަގުތު ހަމަވުމުން ދާން ޖެހޭނެ. ރުކާންއަށްވެސްވީ އެހެން. ހިތްވަރުކުރަން ވާނެ. އެނގޭ މިހެން ބުނެލަން ފަސޭހަވިޔަސް އެމީހެއްގެ އާއިލާ މީހުންނަށް އެކަން އުނދަގޫވާނެކަން. އެކަމް ދުނިޔަވީ އިމްތިޙާނުތަކަށް ކެތްކުރަން އަހަރެމެންނަށް ޖެހޭނެ. ދެން އޮތްގޮތަކީ ރުކާންއަށް ހެޔޮދުޢާކުރުން.” ޑޮކްޓަރ އަސަރާއެކު ދެއްކި ވާހަކަތައް ރައޫފްވެސް ޤަބޫލުކުރިއެވެ. ކިތަންމެ ހިތް ނޭދުނަސް ތަޤުދީރަކާއި ދެކޮޅެއް ނުހެދޭނެއެވެ. އެކަން ޖެހޭނީ ޤަބޫލުކުރާށެވެ.

ރުކާންގެ މަރުގެ ހަޤީޤަތް އެނގޭ ހަމައެކަނި އިންސާނަކީ މިއުވާންއެވެ. ނަމަވެސް އޭނާ އެވާހަކަ ދައްކަން ބޭނުންނުވީ ރުކާންގެ އާއިލާއަށް އިތުރު ހިތާމައެއް ނުދޭންވެގެންނެވެ. އަނެއްކޮޅުން އެވާހަކަ ބުނެފިނަމަ އޭނާ ރުކާންއަށްވީ ވަޢުދު އުވާލެވިދާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. ރުކާންގެ ހަޔާތް ކޮންމެ ގޮތަކަށް އޮތްނަމަވެސް އޭނާގެ މަރު ދުވަހަށް ދަންދެން ރުކާންގެ އެސިއްރު އޭނާ ހިފަހައްޓައިދޭނެއެވެ. އަދި މިއަދަށްފަހު ރުކާންއަށްޓަކައި އެހިތުގައި ނަފުރަތު ބާއްވާކަށްވެސް ބޭނުމެއްނޫނެވެ. އޭނާގެ ހިތް ރުކާންއަށްޓަކައި ސާފުކުރަން ބޭނުމެވެ.

ރުކާންގެ ވަކިވެދިއުމާއެކު މިއުވާން އޭނާގެ ދަރިފުޅަށް ހުރިހާ ވަގުތެއް ހުސްކުރުމަށްޓަކައި ވަޒީފާއިން ކެނޑުނެވެ. އޭނާގެ ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކުރުމުން އޭނާގެ ހިތަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނުއިރު އެދަރިފުޅަށް މަންމައެއްގެ ލޯބި އުނިވާތީ އެކަމާ އޭނާ ހިތާމަކުރެއެވެ.

**********

“އީޝަލް! އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން އުޅޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ.” ޔާމިންއާއި އީޝަލް ކޮޓަރީގައި އެކަނިވުމުން ޔާމިން ބުނެލިއެވެ.

“އެއީ އަނެއްކާ ކޮން ވާހަކައެއް؟” އީޝަލް ވަރަށް ޝައުޤުވެރިވެފައި އަހާލިއެވެ.

“ވާންއާ ބެހޭ ވާހަކައެއް.”

“ހޫމް. ބުނެބަލަ. ބުނީމައެއްނު އެނގޭނީ.” އީޝަލް އިނީ ޔާމިން އެބުނަން އުޅޭ ވާހަކައެއް އަޑުއަހަން ކެތްމަދުވެފައެވެ.

“އަހަރެން ބުނަން އުޅުނީ އަހަރެމެން ހިނގާށޭ ވާންގެ ދަރިފުޅު އަހަރެމެން ގެންގުޅޭ ގޮތަށް ގެންނަން. ވާންގެ އާއިލާ ތިއްބަސް އޭނައަށް ކިހާ އުނދަގޫވާނެ އެހާ ކުޑަކުއްޖަކު ގެންގުޅެން. އޭނަ ކިހިނެއް…”

“ހޫމް. ވިސްނިއްޖެ ތިބުނަން އުޅޭ އެއްޗެއް. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. މީހަކަށް އެހީވުމަކުން ލިބޭނެ ދެރައެއް ނޯންނާނެ. އެކަމަކު އަހަރެން ހިތަށްއަރަނީ ވާން އެއްބަސްވާނެބާއޭ.” އީޝަލް އެހެން ބުނުމުން ޔާމިންއަށް ވިސްނާލެވުނެވެ.

“އަހަރެން ވާންއާ ވާހަކަ ދައްކާލާނަން. އޭނަ އެއްބަސްނުވެއްޖެއްޔާ ދެން ކުރާނެކަމެއް ނެތް. އެކަމް އޭނަވެސް އެކަމާ ވިސްނާނެހެން އަހަރެންނަށް ހީވަނީ. އެދަރިފުޅަށް ދެރައެއް ލިބޭނެގޮތަކަށް އޭނަ ފިޔަވަޅެއްވެސް ނާޅާނެކަން އަހަރެންނަށް ޔަޤީން.” ޔާމިން އެހެން ބުނެލުމުން އީޝަލްވެސް ހިނިތުންވެލިއެވެ. ޔާމިންގެ އެވިސްނުން އޭނާއަށް ނުހަނު ކަމުދިޔައެވެ. އެފަދަ ފިރިއަކު ލިބޭނީ ނަސީބުވެރިއަކަށޭވެސް އޭނާގެ ހިތަށްއެރިއެވެ.

**********

ޔާމިން މިއުވާންއާ އެވާހަކަ ދެއްކުމުން ފުރަތަމަ މިއުވާން އެކަމާ އިންކާރުކުރިއެވެ. ނަމަވެސް ޔާމިން އޭނާގެ ގާތުގައި އެވާހަކަ ދެއްކި އަޑު އިވިގެން މާހިރު އޭނާ ގާތުގައި އެވާހަކަ ދެއްކުމުން އޭނާ އެކަމާ އެއްބަސްވިއެވެ. ނަމަވެސް އޭނާ އެއްބަސްވީ އޭނާވެސް އެދަރިފުޅާއެކު ޔާމިންގެ ގެއަށް ބަދަލުވާ ގޮތަށެވެ. އެދަރިފުޅާ ދުރުގައި ހުރުން އޭނާއަށް ކެތްނުވާނެކަމުގައި ބުނަމުންނެވެ. ޔާމިންވެސް އެކަމާ ހިތުން ރުހުމުން ޤަބޫލުވީ މިއުވާން އެކުއްޖާފުޅުދެކެ ލޯބިވާވަރު އެނގޭތީއެވެ. ނޫންނަމަ މިއުވާންގެ މައިންބަފައިން ގަދަވެ ސަލާމަތުން ދުނިޔޭގައި ތިބެ، އޭނާގެ ޚިދުމަތުގައި ތިއްބާވެސް، އޭނާ އެންމެ ބޭނުންވެގެން އުޅުނު ވަޒީފާގައި ލިބި އެދަރިފުޅަށްޓަކައި އޭނާ އެވަޒީފާ ދޫކޮށްނުލީހެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިއުވާންގެ ދަރިފުޅު އިއުނާސްއަށް ދެއަހަރު ވުމުން އޭނާ އެނބުރި އެނާގެ ގެއަށް ބަދަލުވިއެވެ. ވޭތުވެދިޔަ ދެއަހަރު ދުވަހު ޔާމިންއާއި އީޝަލްގެ ފަރާތުން އޭނާއަށް ލިބުނު އެއްބާރުލުމާއި އޭނާގެ ދަރިފުޅަށް ދިން ލޯތްބަށް އަބަދާއި އަބަދު މިއުވާން ޝުކުރުވެރިވެއެވެ. އެދެމަފިރިންނަށް ބާއްޖަވެރި މުސްތަޤުބަލެއް ދެއްވުންއެދި ދުޢާކުރެއެވެ. އަދި ދުވަހަކުވެސް އެ ހެޔޮކަން ހަނދާން ނައްތާނުލަން ވަޢުދުވިއެވެ.

ދުވަސްތައް އޮމާންކަމާއެކު ފާއިތުވަމުން ދިޔައިރު މިއުވާން އެކަނިވެރިކަމާއެކު އޭނާގެ ކުޑަ ދަރިފުޅު ގޮވައިގެން އުޅެމުން ދިޔައީ ނުހަނު ހިތްވަރުންނެވެ. ރުކާންގެ ވަކިވެދިއުމަށްފަހު އޭނާ އިތުރު ކައިވެންޏަކާ ދޭތެރޭ ނުވިސްނައެވެ. އޭނާ ބޭނުންވަނީ އިއުނާސްގެ ހަނދާންތަކާއެކު އުމުރުގެ ބާކީބައި ހޭދަކުރާށެވެ. މިހާރު އޭނާއަށް އިއުނާސްގެ ހަނދާންތަކާ ދުރަށް ނުދެވޭނެހެން އޭނާ ވަނީ އެނަން އޭނާގެ ހަޔާތުގައި ފަވާފައެވެ. މިހާރު އޭނާގެ ހުރިހާވެސް އުފަލަކީ އޭނާގެ ދަރިފުޅެވެ. އެއީ އޭނާގެ ހިތުގެ ފިނިކަމެވެ. ލޮލުގެ ނޫރެވެ. އޭނާގެ އުއްމީދަކީ އޭނާގެ ލޯބިވާ ދަރިފުޅު އިއުނާސްއަކީ މުޖުތަމަޢު ބަލައިގަންނަ، ދީނީ ތަރުބިއްޔަތުން ޒީނަތްތެރިވެފައިވާ ދަރިއެއްގެ ގޮތުގައި ބޮޑުކުރުމެވެ. އޭރުން އޭނާގެ އުމުރުގެ ބާކީބައި އޭނާ ހޭދަކުރާނީ އުފަލުންނެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438

Next

މަލާކް…

Next
May 26, 2017

މަލާކް…

Previews
May 26, 2017

ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438

92 Comments!

  1. Zee says:
    May 26, 2017 at 3:47 pm

    V nice keep it up

    1. Saandy says:
      May 26, 2017 at 6:11 pm

      ThanQ Zee 🙂

  2. Layaa says:
    May 26, 2017 at 3:47 pm

    ޔެސް ފައިނަލީ ވާހަކައަޕްވީ .. މިއުޅެނީ ކިޔާލަަން އިނގޭ

    1. Saandy says:
      May 26, 2017 at 6:12 pm

      Oh ThanQ Layaa 🙂

  3. Saandy says:
    May 26, 2017 at 3:48 pm

    Assalaam A’laikum!! Miothy “IUNAAS” vaahakaige fahubai… Ummeedhu kuran hurihaa kudhinnahves mivaahaka kamudhiya kamah… Vaahakayah libunu madhu binaakuranivi faadukiyunthakah v bodah shukuriyyaa… Binaakuranivi faadukiyumaky Saandy-ah libey kurierumeh… Saandyge vaahakathakah thi dhevvaa supportah hithuge enme funminun shukuru adhaakuran… Hurihaa kudhinnahves baajjaveri dhuvasthakakah edhen… Love u all 🙂

    1. Saandy says:
      May 26, 2017 at 6:28 pm

      Saandyge vaahakathakah inthizaaru kuraa kiyuntherinnah!!
      Saandyge vaahakaeh dhen enme avahahves fennaany Julyga 🙂

    2. Princess Yaa says:
      May 26, 2017 at 9:22 pm

      So sad nimuneema. Sandy haadha lahunney next story thi gennanee. Alhe thankolheh avahah fesheytho balahchey. Biruveri vaahaka akah dhenves inthizaaru kureveny sandy ge. Mi story varah reethi. Nimun genesdheefa inleh varah furihama. Sifakurun ves varah reethi. Varah dheravaane dhen sandy ge story eh kiyaalan nulibi ehaa gina dhuvahu madu kuran jeheynethee. Ekam ves will wait.
      Will miss u sandy.
      Waiting for ur next story. I realy love this Story. Wish u a bright future ??

    3. Saandy says:
      May 26, 2017 at 10:12 pm

      ThanQ Princess Yaa… V ufaavejje mivaahaka ehaa kamudhiyaeema… 🙂
      Yeah… Roadha mahu story liyan v time nuvaane… Roadhamas nimeyny June nimey hisaabugaehnu… Ehenve 🙂

  4. Addu manje says:
    May 26, 2017 at 3:54 pm

    Varah reethi.. Hope to see a new story of you soon.. i love all ur stories… all of them are awesome.. 🙂

    1. Saandy says:
      May 26, 2017 at 6:13 pm

      ThanQ Addu manje… Insha Allah!! Adhives Saandyge ehen stories fennaane… Ekam enme avahahves fennaany Ramazan mas nimuneema 🙂

  5. luhan says:
    May 26, 2017 at 3:59 pm

    Wow..V reethi…???

    1. Saandy says:
      May 26, 2017 at 6:14 pm

      ThanQ Luhan 🙂

  6. bagari says:
    May 26, 2017 at 4:06 pm

    goaheh noon

    1. Saandy says:
      May 26, 2017 at 6:15 pm

      ThanQ Bagari 🙂

  7. Samee says:
    May 26, 2017 at 4:26 pm

    Wow.. Awsm stwrry eh.. Ekm saandy.. Mi vaahaka nimuneema v dhera… Adhives saandy ge mikahala reethi vaahaka akh inthizaaru kuran.. Gud luck

    1. Saandy says:
      May 26, 2017 at 6:15 pm

      ThanQ Samee… Insha Allah!! Adhives Saandyge vaahakathah fennaane 🙂

  8. Ayra says:
    May 26, 2017 at 4:43 pm

    Mashah eyruves buneemennu rukaan ey iunaas maraalee..

    1. Saandy says:
      May 26, 2017 at 6:16 pm

      ThanQ Ayra… Ayrage guess hama v dhimaavey 🙂

  9. ????? says:
    May 26, 2017 at 4:45 pm

    Sandy…!! Keehvetha miuzaan bappa emme furathama baiga iunaas vaahaka dhekkeema sissaaagen dhiyaee..adhi miuvaange mammavxx iunaasge vaahaka dhekkeema sissaagen dhiya…ekeehve sandy..i wanna knw

    1. Saandy says:
      May 26, 2017 at 6:18 pm

      ThanQ dear… E-ee Miuvaan-ah Iunaas dhuniyeyga neiykan feel nuveyey buneemaehnu emeehun sihuny 🙂

  10. Arkaa says:
    May 26, 2017 at 5:21 pm

    Wow jus awsm hama… Vrh reethi ..n mivahaka vx nimuny dho…ramazaan Mubarak saandy

    1. Saandy says:
      May 26, 2017 at 6:20 pm

      ThanQ Arkaa… Hmm… Mivaahakaves nimuny 🙂
      Ramazan Mubaarak 🙂

  11. nux says:
    May 26, 2017 at 5:48 pm

    wow wow nice ending v asarugadha hama rangalhahvess rovihje hopekuran varah avahah mikahala asarugadha stryeh kiyaalan libaynekamah may god bless u 4 a happy life ☺☺have grt ramxan luv ???

    1. Saandy says:
      May 26, 2017 at 6:21 pm

      ThanQ Nux… Insha Allah!! Adhives Saandyge vaahakathah kiyaalan libeyne 🙂
      Ramazan Mubaarak 🙂

  12. Julie says:
    May 26, 2017 at 5:50 pm

    Varah rythi koh kuriyah dhiya vaahaka eh. Nimun hadi

    1. Saandy says:
      May 26, 2017 at 6:22 pm

      ThanQ Julie… Konme vaahakaehga happy ending eh naannaane 🙂

  13. Chum handi says:
    May 26, 2017 at 5:55 pm

    it’s damn amazing….. alhey rukaan haadha goahey… btw saandy myge season 2 neren v nun…. mee hama hiyaaleh… and RAMAZAN MUBAARIC….. bye…..

    1. Saandy says:
      May 26, 2017 at 6:26 pm

      ThanQ Chum handi… Hmm dhw… Aslu v goas 🙂
      Season 2 gennan thidhin khiyaalu goaheh noon… Ekam Saandy ehaa liyaa hitheh nuvey series stories… Ekam khiyaalu badhalu vejjeyyaa season 2 nugennaanamekey nubunaanan 🙂
      Ramazan Mubaarak!! 🙂

  14. Khajja says:
    May 26, 2017 at 6:27 pm

    Wow masha allah v rythi v furihama stry eh n sandy u r the best writer v v v rythi????mivaahaka feshigen nimendhen kiyaifin adhi mi ee mi stry ah alhuganduge 1st comment hama v obiness sandy ge nw stry akah ummy dhukuran luv u more n Ramazaan mubaarak

    1. Saandy says:
      May 26, 2017 at 6:34 pm

      ThanQ Khajja… V ufaavejje fahu bayah namaves comment kolleema 🙂
      Ramazan Mubaarak!! 🙂

  15. Youaremine says:
    May 26, 2017 at 6:58 pm

    saandy explain kohdyfaanan tha e jnni rukaan aaa avaly sababu. Me akah get eh nuvi!!

    1. Saandy says:
      May 26, 2017 at 8:19 pm

      E jinni ulhuny Rukaange kibain badhalu hifan… E-ee Rukaange sababun eynayah ehen meehaku maran jehuneema

    2. Youaremine says:
      May 26, 2017 at 9:28 pm

      Ehenve dhw!
      Thanks!
      Now i got it!

    3. Saandy says:
      May 26, 2017 at 10:09 pm

      Youaremine!! Welcome 🙂

  16. hei says:
    May 26, 2017 at 7:04 pm

    Varah reethi mi vaahaka

    1. Saandy says:
      May 26, 2017 at 8:20 pm

      ThanQ Hei 🙂

  17. Someone says:
    May 26, 2017 at 7:11 pm

    Masha Allah… Adhi alah mi comment kury mi vaaahka ah! Aslu nimunyma comment kuran hury! Hehe.. This is a very nice story saandy! And waiting for a new story of urs! ????

    1. Saandy says:
      May 26, 2017 at 8:22 pm

      ThanQ Someone… Insha Allah!! Adhi Saandyge ithuru storythah fennaane 🙂

  18. Noor says:
    May 26, 2017 at 7:42 pm

    Story is just Awsm like ur other stories..❤❤

    1. Saandy says:
      May 26, 2017 at 8:23 pm

      ThanQ Noor 🙂

  19. jj says:
    May 26, 2017 at 8:00 pm

    magey suvaalu thakuge javaabu adhives nulibey. keehvehey male’ school eh ge ehaa gina kudhin dhanna meehakah miuvaan v? kurin buni e suvaaluge javaabu adhi libeyne ey. dhen rukan ah bappa ge cash card pin libunee kihinehbaa? and ehaa baivaru laari madhu v ma bappa suvaalu nu ufedheybaa? rukan kahala meehun maraa meeheh protect kuran jinni thakeh ulhunee keehve baa? vaahaka ah “iunas” mi nan kee keehvebaa? I mean ehves gulhumeh nei aslu. miuvaan dhivehi teaching hedhy kon iraku baa? I mean specially male’ school eh ge teaching jobeh libeynee gaimu kiyevymathaa dho. vaahaka kiyaa nimunu iru huree hus javaabu nulibey suvaalu. mihen v ma kamaku nudhaane ehnu. ma kuri furathama comment ga ves hunin rukan ey iunas maraaly.

    1. Saandy says:
      May 26, 2017 at 8:32 pm

      ThanQ Jj.. Baeh suvaaluthah han’dhaanun kassaalaigen javaabu nudhevi oiykan qaboolu kuran… V ufaavejje ekankan buneladheefa othyma 🙂

      * Miuvaan-aky mussanjeh… Reethi meeheh… So schoolge gina kudhin dhannaane ehnu… Evaahaka vakin bunenulevi otheema thi alhainugathy
      * Rukaan protect kuran ulhuny eynayaa moyavefa huri jinnieh… Dhen eyna maruvumuge kurin eyna family ah vasiyyaiy kuri Rukaan-ah balan… E-ee e jinnithah eyna protect kuran ulhunu sababaky
      * Dhen Iunaas mivaahakayah ky Iunaasge maruge sababun meege hurihaa haadhisaaeh hin’gaafa othyma
      * Dhen Miuvaan teaching hedhi vaahaka nuliyuny aslu visnaaleemaves en’geyne kanneynge Male’ schoolehge teacherakah form laaneeves ekahala kankamah v balaafakan… Ekahala evves kameh nethi application form nuves laane ehnu

      Ummeedhu kuran mihaaru thikuri suvaaluthakun gina suvaaluthakuge javaabu libijje kamah 🙂

  20. silver mist says:
    May 26, 2017 at 8:53 pm

    Wow…… Mi story v v v reethi
    Saandy he ehen vaahaka akah v v v wait kurevey…

    1. Saandy says:
      May 26, 2017 at 8:55 pm

      ThanQ Silver mist.. Insha Allah!! Julyga new story eh genesdheynan… Insha Allah!! 🙂

  21. lai says:
    May 26, 2017 at 9:18 pm

    Hama habeys..??adhives v rythi vaahaka thakeh liyaane kamah ummeedhu kuran..all the best??

    1. Saandy says:
      May 26, 2017 at 10:10 pm

      ThanQ Lai… Insha Allah!! Adhives Saandyge ithuru vaahakathakeh fennaane 🙂

  22. Thuthi says:
    May 26, 2017 at 9:32 pm

    Rukaan dhari kobaa?? Eyna protect kuraa myhun kobaa?? ???

    1. Saandy says:
      May 26, 2017 at 10:14 pm

      Thuthi!! Emeehunnah naadhevuneenu… Aashaa bunyehnu dhen Rukaange dhari boduvandhen nufonuvan ninmi vaahaka 🙂

  23. ithoo says:
    May 26, 2017 at 9:35 pm

    Nimuny dww.. So sad..ekamu vx stryy v v reethi ingey.. N saandyge ithuru stry akah inthixaaru kuraanan..

    1. Saandy says:
      May 26, 2017 at 10:15 pm

      ThanQ Ithoo… Insha Allah!! Julyga Saandyge new story eh genesdheynan 🙂

  24. pritty hajja says:
    May 26, 2017 at 9:53 pm

    nice ending even though its a sad ending… v nice mi storry.. sorry thankolher lahun kiyaa levuny.. ramlllan mahuge heyo edhun thah aris kuran…… v nice story.. loved it so much <3 <3 <3

    1. Saandy says:
      May 26, 2017 at 10:16 pm

      ThanQ Pritty hajja 🙂
      Ramadan Mubaarak!! 🙂

  25. Layaa says:
    May 26, 2017 at 10:04 pm

    Story vvvv salhi nimumee dhw inthixaar kuran ehen vaahakayakah

    1. Saandy says:
      May 26, 2017 at 10:17 pm

      ThanQ Layaa 🙂

  26. Kudaa says:
    May 26, 2017 at 10:07 pm

    Reethi varah. I love it.

    1. Saandy says:
      May 26, 2017 at 10:17 pm

      ThanQ Kudaa 🙂

  27. Zee says:
    May 26, 2017 at 10:17 pm

    Nimunee dho……. Nice story..

    1. Saandy says:
      May 26, 2017 at 10:18 pm

      ThanQ Zee… Hmm nimuny 🙂

  28. messi says:
    May 26, 2017 at 10:46 pm

    varah ves reethi mi vhk varah ufaa vejje saandy mi vhk nimen dhen up kury thy

    1. Saandy says:
      May 27, 2017 at 3:21 am

      ThanQ Messi 🙂

  29. Thaa says:
    May 26, 2017 at 11:01 pm

    Haadha reehchey abadhuves sandyge vaahakathah varah kiyun hurihaa vaahakaves varah reethi ur the best writer sandy

    1. Saandy says:
      May 27, 2017 at 3:22 am

      ThanQ Thaa… V ufaavejje Saandyge vaahakathah kiyaakan en’guneema adhi kamudhiyaeema 🙂

  30. Aisha says:
    May 26, 2017 at 11:43 pm

    Varah reethi mi vaahaka saandy ge ithuru vaahaka akah eba inthizaaru kuran.. Ramadaan Kareem ?

    1. Saandy says:
      May 27, 2017 at 3:23 am

      ThanQ Aisha… Saandyge ithuru vaahakathah kuriah oiythaa fennaane… Insha Allah!! 🙂
      Ramadan Mubaarak!! 🙂

  31. Anonymous says:
    May 27, 2017 at 12:28 am

    Aslu miah vuren rythivaane nimmalamun kommeves varakah jinni kujjage vaahaka kommeves varakah himanaalinama. E kujja othy bunefa beybe r dhimaa vaanekamah

    1. Saandy says:
      May 27, 2017 at 3:26 am

      ThanQ Anonymous… Thy v ran’galhu khiyaaleh… Thikahala faadukiyun beynunvany 🙂

  32. Fan says:
    May 27, 2017 at 1:06 am

    Great job sandy!!
    May Allah bless u with more success..
    Ramazan mubarik too ?

    1. Saandy says:
      May 27, 2017 at 3:27 am

      ThanQ Fan 🙂
      Ramadan Mubaarak!! 🙂

  33. remoo says:
    May 27, 2017 at 1:45 am

    v reethi…..

    1. Saandy says:
      May 27, 2017 at 3:29 am

      ThanQ Remoo 🙂

  34. Eeny says:
    May 27, 2017 at 5:33 am

    Saandy, varah reethi story???

    1. Saandy says:
      May 27, 2017 at 3:29 pm

      ThanQ Eeny 🙂

  35. mai says:
    May 27, 2017 at 12:07 pm

    Mavx mi story v kiyaa hithun ky.. ekam mi vaahaka ah iunaas nukiyaa miuvaan ky nama maa reethivis.. nuny e sirru, kahala nameh.. iunaas aky mivaahakaiga ulhey ves myheh noon viyya.. mivaahakaiga mi ahnany hama ekani iunaas ge hiyaal.. maa salhivis kahneyge iunaas maru nuvu nama.. maru vikamah dakkaafa.. dhen rukaan maashal aa eku jinni duniyeah fonuvaali nama.. hehe..

    1. Saandy says:
      May 27, 2017 at 3:30 pm

      ThanQ Mai… Thikhiyaalu hama heyohithun balaigenfin… Dhen liyaa vaahakaehga mivaahakain kudhin faahaga kuri kankan ran’galhu kureveythoa masakkaiy kuraanan 🙂

  36. Kiyaa kujja says:
    May 27, 2017 at 12:16 pm

    Vaahaka ekkoh kiyaa nimumun mi comment kollee.
    Story varah reethi. Storyga sifa kohdhinunthavves varah reethi. Saandyge biruveri vaahaka miee mihaathanah Saandy liunu emme reethi vaahaka. Dhenves biruveri vaahakaeh genes dheyn feney

    1. Saandy says:
      May 27, 2017 at 3:31 pm

      ThanQ Kiyaa kujja… Insha Allah!! Adhives biruveri vaahakaeh genesdheynan… Ekam vaki dhuvaheh bunaakah neynge 🙂

  37. makoo says:
    May 27, 2017 at 1:29 pm

    Wooow it’s so heart touching
    Vaahaka varah reethi

    1. Saandy says:
      May 27, 2017 at 3:32 pm

      ThanQ Makoo 🙂

  38. Nee says:
    May 27, 2017 at 4:43 pm

    Vaahaka varah reethi, ekam nimun kamaku nudhey rukaan a adhabu lhiben jeheyne . adi e family a ves ingen vaane

    1. Saandy says:
      May 27, 2017 at 6:15 pm

      ThanQ Nee… Aslu jinni Rukaan maraaly… Beyru fushun aniyaaeh fennan netheema qudhurathy mareh kamah doctor ves heekury… E-ee aslu evy gothaky… Eyna kuri kuh Miuvaan sirrukuri sababuves onnaane bunelaafa… Thi faalhukolli khiyaalaky hama v ran’galhu khiyaaleh 🙂

  39. Anonymous says:
    May 27, 2017 at 4:56 pm

    vaahaka vvv salhi.. saandy ge ehn vaahakaeh kiyaalan avahah libeyne kamh heekuran.. emeehaku kuri kushehge adhabu a libuny.. vvvvv reethi

    1. Saandy says:
      May 27, 2017 at 6:16 pm

      ThanQ Anonymous… Hmm dhw… Insha Allah!! Julyga Saandyge new story eh kiyaalan libeyne 🙂

  40. Laishaa says:
    May 27, 2017 at 7:57 pm

    Nice mi story saandy kuriyan dey kaamiyaabukamaaeku

    1. Saandy says:
      May 27, 2017 at 9:15 pm

      ThanQ Laishaa 🙂

  41. Maree says:
    May 28, 2017 at 12:59 am

    v furihama nimunves hama vvvv salhi

    1. Saandy says:
      May 28, 2017 at 12:39 pm

      ThanQ Maree 🙂

  42. Aakki says:
    May 28, 2017 at 12:39 pm

    VVvv rythi story. Nimmalamun jinni kujjayah kimmeves varakah ali alhuvaalinama v furihama vys. Ekujja annaniru mammayah v goy egun muhimmu. Jinnieh v Ma badhal hifunves ejashygen vey. Any ways story v rythi. Emme salhi thankolhaky story daily koh up kohdheythy. Trustful writer eh luv n keep it.

    1. Saandy says:
      May 28, 2017 at 12:40 pm

      ThanQ Aakki… Thy hama v ran’galhu khiyaaleh 🙂

  43. Liaa says:
    May 28, 2017 at 9:06 pm

    Saandy… mi story v reethi… kiyaa hithun indhe kiyaa levijje ☺
    Good luck and keep up the good work ingeyy ?

    1. Saandy says:
      May 28, 2017 at 11:51 pm

      ThanQ Liaa… V ufaavejje… Insha Allah!! I’ll try at my best 🙂

  44. އަޙްމަދު ފަޔާޟް says:
    July 18, 2017 at 9:58 am

    ވަރަށް ރީތި

    1. Saandy says:
      July 18, 2017 at 1:25 pm

      ޝުކުރިއްޔާ އަޙްމަދު ފަޔާޟް

Comments are closed.



All Right Reserved!