މަލާކް…
އައި.ޖީ.އެމް.އެޗް ގެ ހަލަބޮލި މާހައުލުގައި ދެކޮޅުދެކޮޅަށް ހިނގާލަހިނގާލަ ހުރިމީހާގެ މޫނުމަތީގައި އިންތިހާދަރަޖައިގެ ނުތަނަވަސްކަމާއި ކަންބޮޑުވުންފާޅުވެވެހުއްޓެވެ. އޭނާގެ އަންްހެނުން ވިއްސާކޮޓަރިއަށް ވެއްދިތާމިހާރު ބައިގަޑިރުވާންވެފައިވާއިރު އަދި އޭނާ ތަނަކު ހަމަޖެހިލައިގެން ނުހުރެވެއެވެ. އެންމެފުރަތަމަ ދަރިފުޅު އުފަންވާއިރު ބައްޕައެއްގެ ހިތުގައި އުފެދޭވަރުގެ ހާސްކަމެއް މިފަހަރުވެސް އޭނާއަށްް ކުރެވޭކަހަލައެވެ.
އެހެން ނުވާންވީ ސަބަބެއްނެތެވެ. މިފަހަރު އޭނާގެެއަންހެނުން ބަލިވެއިނީއްސުރެ ހުޅެނީ އަބަދުހެންބަލިވެއެވެ. ” ފާތިމަތު ޒިޔާދާގެ އެހީތެރިއެއް” ހާސްވެކަންބޮޑުވެފައިވާ ހިޝާާމްގެ ހިނގުމަަށް ހުއްޓުމެއްއައީ އޭނާގެ އަންހެނުންގެ އެހީތެރިޔާއަށްގޮވާލުމުންނެވެ. ” ކިހިނެއްތޯވީ.. އަޅުގަނޑުމީ ޒިޔާދާގެ ފިރިމީހާ..” ހާސްވެފައި ވާ ނަރުސްކުއްޖާގެ މޫނައްބަލަންއިން ހިޝާމްއަށް ކަންބޮޑުވުން ފެނުމާއެކު އަވަހަށް އައިސް ވާހަދެއްކީ އަންހެނުންްގެ ހާލަތުހުރިގޮތް އޮޅުންފިލުވާލުމަށެވެ.
” މީގައި އަވަހަށް ސޮއިކޮއްލަދީ .. ޕޭޝަންޓްގެ ހާލުވަރަށްބޮޑު.. ބޭބީއަށް ގެެލުމެއްވުމުގެކުުރިން އޮޕަރޭޝަންކުރުމަށް ޑޮކްޓަރުން ލަފާދެއްވަނީ…” އެއްފައްްޗަކަށް ހުރިހާވާހަކައެއް އަމުނާލިއިރު ހިޝަމްގެ ލޮލުން ކަރުނަތައްްޖަމާވާންފަށައިފިއެވެ. އަވަހަށް ސޮއިކޮށްލުމާއިއެކު ފައިލްހަވާލުކޮށްލީ ދެމައިންގެހާލު ރަނގަޅުކޮށްދެއްވުމަށްއެދިި ދުޢާކުރާހާލުގައެވެ. ބަރާބަރު އެއްގަޑިއިރުގެ ތެރޭގައި އޮޕަރެޝަންނިމި ދަރިފުޅުއުރާލެވުނުނަމަވެސް އަންހެނުންގެ ހަބަރެއް ނުވުމުން ހިޝާމް ގެހިތް ކުދިކުދިވިކަހަލައެވެ.
” ހެެލޯ .. ދަރިފުޅާމައިޝާ ދަރިފުޅުމެންކައިގެން އާދޭ މިކޮޅަށް ބައްޕައޭރުން މިސްކިތައްގޮސްލާނަން… ” “ލައްބަ ބައްޕާ މިޝާގެފިލާވަޅުތައްމިނިމުނީ ކުޑައިރުކޮޅެއްގެ ތެރޭގައި މިދަނީ..” ހިޝާމް އެންމެ ރަނގަޅޭޭބުނެ ފޯނުކަނޑާލީ ޑޮކްޓަރު އޭނާއަށް ގޮވާވާހަކަބުނުމުންނެވެ.
“ލައްބަ ކީކޭތޯ..” ހިތްއަވަސްވެފައިވާ ހިޝާމް ވާހަކަދެއްކި ޑޮކްޓަރާއެވެ. “ޒިޔާދާގެ ހާލުވަރަށްް ސީރިއަސް.. ލޭއެހާމަދު އަދި އިރުއިރުކޮޅާހޭނެތެނީ.. އޮޕަރޭޝަނަށްފަހު އައިސީޔޫގައި މިހާރުއެދަނީ ފަރުވާދެވެމުން.. އަޅުގަނޑުމެންނަށްކުރެވޭނީ މަސައްކަތް ޝިފާދެއްވާނީ އެހެންފަރާތަކުން.. ” ޑޮކްޓަރުގެވާހަކަ އަޑުއަހަންއިން ހިޝަމްގެ ލޮލުން ހޯސްލާފައި ކަރުތައް ފައިބައިގަތީ އެއްވެސްއިހްތިޔާރަކާއިނުލައެވެ.
13އަހަރު ފަސް…
“ދަރިފުޅާ ކޮއްކޮމެން ތައްޔާރުވީތަ..؟ އޮފީހަށްދިއުމުގެ ކުރިން ބައްޕަޔަށް ކޮފީއެއްގެނެސްދެއްޗޭ.. ބައްޕަމިއަދު އޮފީހަށްދާާނީ ކޮއްކޮމެން ގެންގޮސްދީފަ.. މިއަދުމީ އެދެކުދިންގެވެސް އެެންމެ ފަހުޓެސްޓު އޮންނަދުވަސްވީމަ އެންމެރަނގަޅުދޯ… ” ހިޝާމް ވާހަކަދެއްކީ އޭނާގެ ދޮށީދަރިފުޅު މައިޝާއާއެވެ.
ޒިޔާދާ ނެތްކަމުގެ އިހްސާސްވީނަމަވެސް އެއިންކަމެއް ދަރިންނަށް ދައްކާލުމެއްނެތި ހިތްވަރާއިއެކު ހިޝާމްއުޅެނީ އެއިންކުއްޖަކަށް އެއްވެސް ކަމަަކަށް ތަފާތުނުކޮށެވެ. ނަތީޖާއެއްޖެގޮތުން މިއަދު މައިޝާއެއުޅެނީީ ކިޔަވާނިންމާ ބޭންކްގެވަޒީފާގައެވެ. މިޝާވެސް މިއަދު އެދަނީ ނަރުސްކަންކިޔަވަމުންނެވެ. ހަމައެގޮތައް މިއީ މަލާކް ގްރޭޑް ނުވައެއްނިންމާއަހަރެވެ. ކޮންމެއަހަރަކުވެސް ކުލާހުން އެއްވަނަ ދަރަޖައިގައި ފާސްވަމުން އަންނަ މަލާކް ގެ އުންމީދަކީ ނޭޝަނަލް ޓޮޕްޓެންގެ އެއްވަނަހޯދުމެވެ. މައިޝާ،މިޝާ އަދި މަލާކް އަކީ ހުނަރުވެރި ގުތުރަތުން އިންތިހާއަށް ރީތިކަންލިބިފައުވާ ތިންކުދިންނެވެ. ……………………………………………
އަރައިގެންއައި އިރާއެކު މ.ތުޅާގިރިގޭތެރޭގައި ހީވަނީ ޢީދެއްއައިސްގެން އުޅޭހެންނެވެ. ހާދިމުންތައް ކޮޅުކޮޅުމައްޗަށް ހަރަކާތްތެރިވާއިރު ބަލްޤިސް އިނީ އެތައްދުވަހަކަށްފަހު ލޯބިވާ ފިރިހެންދަރިފުޅު ޗުއްޓީއަކަަށް އަންނާތީ ހުރިހާކަމެއްވެސް އެންމެފުރިހަމަޔަށް ތައްޔާރުކުރުމަށް އަތުކުރިއޮޅާލައިގެންނެވެ. ” މަންމާ ކޮއްކޮ އަންނައިރަށް ދާާންވީނު ތައްޔާރުވަން .. ބައްޕަ ބުނުއްވި އެޔާޕޯޓަށްދާންތައްޔާރުވެގެންތިބޭށޭ ..” ބަލްޤިސް އެކިހާދިމުންްނަށް ކުރަންވީކަންތައް ކިޔާދެމުން ދަނިކޮށް އޭނާގެ އަންހެންދަރިފުޅު ބިންޔާއައސް އެހެންބުނުމުން ބަލްޤިސް ވީއެންމެވަހަކަށް މަސައްކަތްނިންމުމަށް އެންގުމަށްފަހު ދިޔައީތައްޔާރުވާށެވެ. ބަލްޤިސް އާއި ސަމީހުއަކީ މާލޭގެ ޤަދަރުވެރި މުއްސަނދި އާއިލާތަކަކަށް ނިސްބަތްވާ ދެދަރިންނަށް ވުމުން އެމީހުންދިރިއުޅެނީ މުއްސަނދިކަމުގައި އުދުހިލާފައޭބުނާހާވެއެވެ. އަމިއްލަ ވިޔަފާރި ދެކުންފުންޏަކާއި ހަރިސޯޓް އޮންނައިރު އެއީ ހަމައެކަނި އެދެމަފިރިންގެ ހިއްސާއޮންނަތަންތަނެވެ.
” ކޮބާ ދަރިފުޅުރެޑީތަ ..މަންމަރެޑީތަ..” ގެއަށްވަދެގެންއައި ސަމީހު ބިންޔާކުރެއްއަހާލިއެވެ. ” ލައްބަ ބައްޕާާ އަޅުގަނޑު ހަމަ ރެޑީީ މަންމަވެސް އެެނިކުންނެވީ ނުންތޯ..” ބިންޔާ އަތުން އިޝާރަތްކޮށް ލީ އޭރު ކޮޓަރިން ނިކުތް އޭނާގެ މަންމައަށެވެ. ބަލްޤިސްއަކީ ޝާހީކޮށް ނޫނީ ބޭރަށްދެވޭމީހެއްނުންކަމުން ތައްޔާރުވެގެން ނިކުތް އިރުހީވަނީ ޝާހީދަރުބާރުުގެ ރަސްކަލެއްގެ އަނބިކަނބަލުން ހެންނެވެ. އެހާވެސް ގޮތްބޮޑުކޮށްލާފައިހުރުމުން ބިންޔާ ހިތްހަމަނުޖެހުންނަމަވެސް މަންމަގެ ވައްތަރު އިނގޭތީ އެއްވެސްއެއްޗެކޭނުބުނެ ދާންހިގައިގަތެވެ.
މަލާކް އާއި މިޝާ ތައްޔާރުވެލައިގެން ފެރީގައި ގޮސް އެއާޕޯޓަށް ފޭބުންއިރު ފްލައޮޓް ޖައްސާފައިވާތީ އަވަހަށް ފައިބައިގެން ދިޔައީ މިޝާގެ ލޯބިވެރިޔާ ލަސްވެފައި ހުންނާނެތީ ކަންބޮޑުވެފައި ތިބެއެވެ. މަލާކް ނާންނަންހުރެފައިވެސް މިއަދު އެހާވަރުން މިޝާކީމަ ބައްޕަކައިރީ ބުނެގެން އައީ ޝަމާލްއަކީ އޭނަވެސް އަދިނުދެކޭ މީހަކަށްވުމުން ދެކެލުމަށެވެ.
ޑޮކްޓަރުކަން ކިޔަވަމުންދާ ޝަމާލްއަކީ އަޙްލާޤްރަނގަޅު ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެ. މިއަދު އޭނާއެއަންނަނީ ދެން ބާކީ އޮތް އަހަރުގައި ނާދެވޭނީތީއާއިއެކު އޭނާގެ ބެސްޓްފްރެންޑްވެސް މިފަހަރު އަންނަންބުނުމުންނެވެ. މިޝާއާއި މަލާކް އަށް އަރައިވަލް ޓާމިލްއަށްދެވުން އިރު ޝަމާލް އާއި އޭނާގެ ބެސްފްރެންޑް ފޮށިހިފައިގެން ނިކުންނަނީއެވެ. މިޝާ ޝަމާލްއަށް ހައި ޖަހާލުމާއެކު އެދިމާއަށް އެތާކައިރީގައި ހުރިޒުވާނާވެސް ބަލާލިއެވެ.
މަލާކްއަަށް އެޒުވާނާ ފެނިފައި ހުރެވުނީ ބަސްހުއްޓިފައެވެ. އޭނާހީވަނީ ސުޕަމޮޑެލްއެއްހެންނެވެ. ހައިރާންވާހާރީތި މޮޑެލްހިނގިމެކެވެ އިސްކޮޅުން ހަފޫޓްހުންނާނެކަން ގައިމެވެ. ބާމަތިފުޅާ ސްމާޓްް ހަށިގަނޑެކެވެ. ފަންއިސްތަށިގަނޑު ކޮށާލާފައިވަނީ ފިރިހެންވަންތަ ރީތި ސްޓައިލަކަށެވެ. ކަލުކުލަގަދަ ބުމައެކެވެ. މެދުމިނުގެ ނޭފަތެކެވެ. ފުލްލިޕްސް ނުހަނު ރަތެވެ. ހުދުކުލައިގެ ޓީޝާޓަކާއި ކްރީމްކުލައިގެ ޖިންސެއްގައި ހުރިއިރު އޭނާޔާ ނުހަނުގުޅެއެވެ. މަލާކް އެންމެ ހައިރާންވީ ހިނިތުންވެލުމުން ކަނާތު ކޯތާފަތަށް އެޅުނު ހިތްކަތިލާފަދަ އަޑިކޮޅުފެނުމުންނެވެ.
އެޒުވާނާ އަވިއައިނަކުން ލޯފޮރުވާލައިގެން ހުރިކަން އެއީ މަލާކްގެ ނަސީބެވެ. ސަބަބަކީއެޒުވާއާއު ހަތަރުކަޅިހަމަވެއްޖެނަމަ އަނބުރައިގަންނާނެކަން މަލާކް އަށް ޔަޤީންވީވަރުންނެވެ. މަލާކް އަށް ހަމަބިމަށް އާދެވުނީ މިޝާ އޭނާގެ އަތުގައިހިފާ ދަމާލުމުންނެވެ. އޭރު އެދެޒުވާނުންވެސް އެމީހުނާދިމާއަށް ހުރެއާދެއެެެ.
” ދަރިފުޅާ އަރޫން..” …..
48 Comments
Comments are closed.
Assalaam alaikum… hurihaa kiverinnah ramadaan mubaarak.. malaak mee layaage furathama vaahaka misitega publish kuraa.. unmeedhukuran hurihaa ekuverinnahvess kamudhaanekamah.. adhi ehvaahaka Kimmel ekuveriehge faadukiumahvess ufalaaeku maruhabaa kiyaana .. ? aee faadukiumakee libey kurierumakahveema.. ???
Alhugandu unmeedhukuran nanthah vess thiya ekuverinnahkamudhaanekamah
vvvv salhi. kyp it up……☺
Shukuran zzaauu… ? ramadaan kareem
yeyyyýy…me 1 st dw….. nd roadha mubaarak
Yes dear?
layaage first vaahaka dhw…. anyway happy ending eh genesdheythi….. hyve vvvperfect vaanehen…?????
nd engeytha myge trailer vx up kohffa othy my b’dayga. so mi story vvv special for me dhwww.
Asslu ..? v ufaavejje ..
Aroon tha kiyani malaak ge boy ah ……..v.reethi mi part ves ……thankolheh kuruhen have you ….keep it up and Ramadaan mubarak
Assluvess thankolhehkurudhw.. insha allah dhen part thah dhigukoh genessdheynan … ? humm aroon reethidhw enamel..
Assluvess thankolhehkurudhw.. insha allah dhen part thah dhigukoh genessdheynan … ? humm aroon reethidhw enan..?
Feshun salhi..❤❤
Shukuran noor ?
Vaaahaka v reeethi nd shauguveri… Shaugu nugelleygothAh kuriah gendhaaane kamah heehkuran.. Avahah up kuraane kamah vx ummeedhu kuran❤️❤️❤️
Shukuran maee ? inshaa allah shauguverikan nugehli vaahaka ninmaaleveythw v masahkaikuraanan ? and vaahaka up kodheveythw balaanan sunday night ga ?
Ramdan mubarak…Feshunn v reethi ??
Shukuran… ?
Hiivey v nala vaaane hen story…. mi prt hama v lwbi.. Kon irakun nxt part????
Shukuran some one ? inshaa allah sunday night ‘
haadha lahun….. kehtherikan kolhunlaafaane layaa….????
Ramazaanmahuga varah undhaguvaane konmedhuvahaku up kuran dhoonyaa.. ? keitherivey ..
Haaan….. Assssu knme dhuvahaku genesdhey nama v happy vaane!!! Eyrah hndhain hunnaniii es!!! Try kurun edhen…. ??
Story v reethi… but i think story ga meehun vaahaka dhakkaairu thankolhe thafseel koh evaahaka e bunany kaaku tho bunan jehey ne hen. And story feshi hisaabun heevany layaa varah avas aruvaalaafa story liyunu hen and thankolhe kury.. but story ge idea varah reethi ingey!! Anekka evves echekey heenu kurachey mihen buny ma. Aslu vaahaka liyun iru kury bai dhiya goi dhe faharu keema ves e bunany keekey kan nuvisnuny thee ….. btw laya ah ves ramdhan mubaarak ingey!!!
THANKS…??
Aww tnx buneladhineema ? yes varah avassaruvaalaafa liunee .. insha allah dhenoipart miahvure rangalhuvaane
Alhey layaa jazlaan laaba
Jazlaandhw mivissnanee ingey konmevess dhedhimaakunvess enankiyaameehaku ardheythw ?
V salhi?
Shukuran shii ?
ramazan mubaaric…….. vrh salhi story eh… but kudakoh kuru ingey…. and hope you’ll upload the story until the end….
Shukuran chum ..? insha allah sep feshumuge kurin konmehenvess ninmaanan..
Nice story…..
Shukuran zee ?
Alhe Malaak ufan vithaa 13 aharu fas ekm Malaak ulheny gr 9 ga… E keehve? 15 aharuga ehnu 9 ga ulheny… layaa thaareekh thah genna iru visnaalun muhinmu vaane dho liyun thakuga… Ramazan Mubarak.
Eaky massala eh nooney..
This is a story..
N u know.. mai vs gr 9 ga ulhunu ir age is 13..
So thats not a problem
v v v reethii uhmeeedh kuran nimendhen genesss dheyne kamah …. plx up next part ….. keep it up… layaa
Hii laayaa.. Varah reethi feshun hope dhn anna bai vx reeethi vaane kamah … Bext of luk… Ramadhaan mubarik for all readerss
Mashaa Allah v reethi feshun,keep it up dear,next part soon plx can’t wait
Masha Allah. Varah reethi mi first part! Hope to read next part! Ramazan Kareem ??
Woww.
Keep it up!
Ramadan mubaarak
V bodah aisha naseema ge vaahaka thakaa ehgoiy…heevanee eynage vaahakathakun dhaskohfa oiyhen…inthihaa ah rich, handsome with dimple,poor girl…..bla bla…Oh sorry…i just feel like that u r v much copying aisha naseem style and i hate that style…please try to make it real and normal….
Ahanna mulhin ves fennanee aisha nasym style ge vaahakathah…varah handsome meehunna rich family aa bondu ganduvaru fadha gey thakaa perfect life….ehen bunanya emmenves copy dho
aisha seen hithaadhoo tha? Her stories are beautiful bet this one will be amazing as well ehenviyya
Varah Sahi. Waiting for next part
Vara reethi
Mivaahaka konn,dhuvass thakehga geness dheniiii
v furihama masha allah
Mi vaahaka dhenn nerenii konn dhuvahakunn