Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (13)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 25, 2017 8 Mins Read
58 Comments

“ނުގަންނާނެ.”

“ޔަޤީންތޯ؟” މިޝްކާ ސުވާލު ތަކުރާރުކޮށްލިއެވެ. ރުކާން ބޯޖަހާލުމާއެކު މިޝްކާ ލޯމަރާލިއެވެ. އެޔާއެކު އޭނާގެ ގަޔަށް އާދަޔާ ޚިލާފު ބާރުގަނޑެއް އަރާފައި އޭނާގެ ހަށިގަނޑުން ރަންކުލައިގެ ވިދުމެއް ފާޅުވިއެވެ. ބަލަބަލާ ހުއްޓާ ކަރުން ފެށިގެން ހެދުންވެސް ރަންކުލައިގެ މުޅިން އެހެން ޑިޒައިނަކަށްވާ ކަކުލާއި ހަމައަށް ހުރި ހެދުމަކަށް ބަދަލުވިއެވެ. ދެން ބުރަކަށިން މަޑު ދިލައެއް ނަގާފައި ލޭސްކޮޅެއްފަދަ ރަންކުލައިގެ ދެ ވަރަގަނޑު ފާޅުވީ ހިނދު އެދެލޯ ރަންކުލައިން ދިއްލިގެން ދިޔައެވެ. ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން ރުކާންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ނަމަވެސް އޭނާ ވެއްޓުމުގެ ކުރިން މިޝްކާ އޭނާ ހިފެހެއްޓިއެވެ. އޭރު ރުކާންގެ ދެލޯ ވަނީ މެރިފައެވެ. މިޝްކާ ރުކާން ގެންގޮސް އެނދުމަތީގައި ބޭއްވިއެވެ.

“މަންމާ! މަންމާ!” މިޝްކާ ރުކާންގެ މޫނުގައި މަޑުމަޑުން ޖަހާލަމުން ގޮވާލިއެވެ. ރުކާން ދެފަހަރަކު އެސްފިޔަ ޖަހާލާފައި މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު އޭނާއަށް އޮވެވުނީ ކަފަކޮޅެއްހާ މަޑުމަޑު އެނދެއްގައެވެ. އެނދުގައިވެސް ވަނީ އާދަޔާ ޚިލާފު ފިނިކަމެކެވެ. ނަމަވެސް ހަށިގަނޑަށް އުނދަގޫވާވަރަކަށް ފިންޏެއް ނޫނެވެ. އޭސީއެއް، ފަންކާއެއްފަދަ އެއްވެސް އެއްޗެއް ނެތްއިރުވެސް އެކޮޓަރީގައި ފިނިކަން އެއްވަރަކަށް ހިފާލާފައި ހުރީތީ އެކަމާވެސް ރުކާން ހައިރާންވިއެވެ.

“މަންމަ ރަނގަޅުތަ؟” މިޝްކާ ދެރަވެފައި އިނދެ އަހާލިއެވެ. ރުކާން ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“އަޅުގަނޑު ބުނީމެއްނު މަންމަ ބިރުގަންނާނެޔޭ.” މިޝްކާ އެހެން ބުނެލުމުން ރުކާން ހީލިއެވެ.

“މަންމައަށް އެހެންވީ ބިރަކުން ނޫނޭ. ދަރިފުޅުދެކެ މަންމަ ދުވަހަކުވެސް ބިރެއް ނުގަންނާނެ. އެއީ މަންމައަށް އެނގޭ ދަރިފުޅު މަންމަ ބިރުގަންނާނެވަރުގެ ކަމެއް ނުކުރާނެކަން.” ރުކާން މިޝްކާގެ މޫނުގައި ފިރުމާލަމުން އެހެން ބުނެލުމުން މިޝްކާ ހީލިއެވެ. އޭރު އެތުންފަތުގައިވާ ހިނިތުންވުން އިތުރަށް ފުންވެފައިވަނީ ރުކާން އޭނާއަށް ކުރާ އިތުބާރު ފެނިފައެވެ.

**********

“އާހް.” ހިނގަމުން ހިނގަމުންދިޔަ މަލާހާ ގަހުގެ މުލެއްގައި އަޅައިގެންފައި ވެއްޓެންދިޔަ ވަގުތު ހަޅޭއްލަވައިގަނެވުނެވެ.

“މަލާ!” މިއުވާންއަށް މަލާހާގެ ގާތަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ. މަލާހާއާއި މަލްހާ ރައްކާތެރިކުރުމަކީ އޭނާގެވެސް ޒިންމާއެކެވެ.

މަލާ! ތަނަކަށް ތަދުވިތަ؟” މިއުވާން ކަންބޮޑުވެފައި އަހާލިއެވެ.

“ދޮންބޭ! މަލާއަކަށް ތަދެއްނުވޭ. އެ މުލުގަ އަޅައިގެންފަ ވެއްޓުނީ. އެއްވެސް ގޮތެއް ނުވެޔޭ.” މަލާހާ ހިނިތުންވެލަމުން އެހެން ބުނެލުމުން މިއުވާންއަށް ބޯ ހޫރާލެވުނެވެ. އޭރު އެންމެންގެ ފަހަތުގައި ހުރި ރުކާންގެ ގާތަށްވެސް ހުރީ ހިނިއައިސްފައި ނަމަވެސް އިންސާނުންގެ ބަލިކަށިކަން އެވަގުތު އޭނާއަށް ވަޒަންކޮށްލެވުނެވެ. އެޔާއެކު އޭނާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

“ބަލައިގެން އުޅެއްޗޭ. ނޫނީ ތަނަކަށް ތަދުވެ ނޫނީ ތަނެއް ހަލާކުވެސް ވެދާނެ.” މިއުވާން އެހެން ބުނެލަމުން މަލާހާގެ އަތުގައި ހިފާ ނެގިއެވެ. މަލާހާވެސް ބޯޖަހާލަމުން ކުރިއަށް ހިނގައިގަތެވެ. މިފަހަރު އޭނާ ހިނގަމުން ދިޔައީ ތަންކޮޅެއް ބަލައިގެންނެވެ. އޭނާގެ ފައި ބޮޑުވައި އިނގިއްޔަށް ތަދުވި ނަމަވެސް އޭނާ އެވާހަކަ ނުބުނީ އެންމެން ކަންބޮޑުވެގެން އުޅޭނެތީއެވެ.

“ދޮންބޭ! ހިނގާބަ މޫދަށް އެެރެން.” މަލްހާ މިއުވާންގެ އަތުގައި އޮޅުލައިގަންނަމުން ބުނެލިއެވެ. އެޔާއެކު ރުކާންއާއި ދިމާއަށް ހިނގައިގަތް މިއުވާން ހިނގައިގަތީ މޫދާއި ދިމާއަށެވެ. މިއުވާން ހުރީ ރުކާންއާއެކު އެކަހެރިވެވޭނެ ފުރުސަތަކަށް ބަލަބަލައެވެ. ނަމަވެސް މެންދުރުވެގެން ދިޔައިރުވެސް އޭނާއަށް އެފަދަ ފުރުސަތެއް ނުލިބުނެވެ. އޭނާއަށް ނޭނގުނު ކަމަކީ އެހުރިހާ ކަމަކީވެސް ރުކާންގެ ސިފައިގައި އެހުރި ޖިންނީގެ ކަމެއްކަމެވެ.

އަޞްރު ވަނިކޮށް ރުކާން ވަލަށް ވަންނަނިކޮށް މިއުވާންއަށް ފެނުނެވެ. އެހެންކަމުން މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެކަމަށް ބަލާފައި މިއުވާން ރުކާންގެ ފަހަތުން ވަލަށް ވަނެވެ. އެއިން ކަމެއް އެތާ ތިބި އިތުރު މީހަކަށް ރޭކާވެސްނުލީ އެމީހުން ދަތުރު ވަރުބަލީގައި އަރާމުކުރަން ތިބުމުންނެވެ. މިއުވާން ރުކާންގެ ފަހަތުން ވަތްއިރު ރުކާން ފެންނާކަށް ނެތެވެ. އެވަގުތު އެތާ ކައިރިން ގަސްގަނޑު ތެޅިލިއެވެ. އެޔާއެކު ރުކާން ވީ އެތާނގައިކަމަށް މިއުވާން ނިންމިއެވެ. އޭނާ އެހިސާބަށް ދިޔަތަނާ ކުއްލިއަކަށް ފަހަތުން ކުޑަކުއްޖަކު ހީލި އަޑު އިވުމުން އޭނާ ދިޔައީ ސިހިގެންނެވެ. ލިބުނު ސިހުމުގައި އޭނާ ފަހަތަށް ޖެހިލި ވަގުތު ވެއްޓިފައި އޮތް ގަސްގަނޑެއްގައި އަޅައިގެންފައި ނުވެއްޓުނީވެސް ކިރިޔާއެވެ.

“ސޮރީ ބޭބޭ. އަޅުގަނޑު ބޭބެ ބިރުގަންނަވާލާކަށް ނޫން މިއުޅުނީ.” މިޝްކާ ދެރަވެލާފައި ބުނެލިއެވެ. މިއުވާންއަށް ހައިރާންވެފައި މިޝްކާއާ ދިމާ ބަލަން ހުރެވުނީ އެއީ އޭނާ ދުވަހަކުވެސް ދެކެފައިނުވާ ކުއްޖަކަށް ވާތީއެވެ. އަނެއްކޮޅުން މިހުރިހާއިރު އެމީހުން އެރަށުގައި އުޅުނުއިރު އެރަށުގައި އިތުރު ބަޔަކު އުޅޭކަމުގެ ނިޝާނެއްވެސް ނުފެނުނުއިރު އެހާ ކުޑަކުއްޖަކު ކުއްލިއަކަށް ފެނުމުން ހައިރާންވާނެތާއެވެ.

“ތީ ކޮންކުއްޖެއް؟” މިއުވާން މަޑުމައިތިރިކަމާއެކު އަހާލިއެވެ.

“މިޝްކާ!” މިޝްކާ އެހެން ބުނެލުމާއެކު މިއުވާންގެ ބޮލުގައި ރިއްސާލިއެވެ. އެއީ ރުކާންގެ ދަރިފުޅަށްވެސް ކިޔާ ނަމެވެ. މިއީ ރުކާންގެ ދަރިފުޅަށް ވެދާނެބާއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެކުއްޖާއަށް އަދި އަހަރުވެސް ނުވާނެއެވެ. ވީއިރު މިއީ ކޮންކުއްޖެއް ހެއްޔެވެ؟ އަނެއްކާ ދަތުރު އައިސް އުޅުނު ބައެއްގެ ތެރެއިން ގެއްލުނު ކުއްޖެއްބާއެވެ. މިފަދަ ޚިޔާލުތަކެއްގައި މިއުވާން ހުއްޓާ ސިހުނީ މިޝްކާ އޭނާގެ އަތުގައި ހިފާލުމުންނެވެ. އެއަތް ނުހަނު ފިންޏެވެ. މިއުވާން މިޝްކާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭރު އެހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްވިއެވެ.

“ބިރުނުގަނޭ. ބޭބެއަށް ތި ހީކުރެވުނީ ރަނގަޅަށް. އަޅުގަނޑަކީ ރުކާންއާ މާޝަލްގެ ހުރި ހަމައެކަނި ދަރި މިޝްކާ.” މިޝްކާ އެހެން ބުނެލުމާއެކު މިއުވާންއަށް އެއަތް ފޮޅުވާލަން އުޅެވުނެވެ. ނަމަވެސް މިޝްކާ ހިފަހައްޓާފައި ހުރީ އެއަށްވުރެ މާ ބާރަށެވެ. ކުޑައެއްކަމަކު ހާދަހާ ބާރުވެސް ގަދައޭ މިއުވާންގެ ހިތަށްއެރިއެވެ. ޖިންނިއަކަށްވީމަ ކަމަށްވެސް ވެދާނެޔޭ މިއުވާންގެ ހިތަށްއެރިއެވެ. އޭނާގެ ހިތަށް ނުބައި ވަސްވާސްތައް ވަންނަން ފެށިއެވެ. އެވީ ކުޑަ ވަގުތުކޮޅުތެރޭ އެއީ އޭނާގެ އެންމެފަހު ވަގުތުކޮޅޭވެސް އޭނާގެ ހިތަށްއެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ.

“ބޭބޭ! ބިރުނުގަނޭ. އަޅުގަނޑު މިއުޅެނީ ބޭބެއަށް ގެއްލުމެއް ދޭކަށް ނޫން. އަޅުގަނޑަކީ ޖިންނިއަކަށްވިޔަސް އަޅުގަނޑަކީ މުއުމިން ޖިންނިއެއް. އިންސާނީ ނަސްލު ހިއްސާކުރާ ކުއްޖެއް. އެހެންވީމަ އަޅުގަނޑު އިންސާނުންދެކެ ވަރަށް ލޯބިވަން.” މިޝްކާގެ ވާހަކަތަކުން މިއުވާންގެ ހިތުގައިވި ބިރުވެރިކަން މަޑުމަޑުން ނެތެމުން ދިޔައެވެ.

“އަޅުގަނޑު ބޭބެއާ މި ބައްދަލުކުރީ ކޮންމެހެންވެސް ބުނަންޖެހޭ ވާހަކައެއް ބުނެލަންވެގެން. އަޅުގަނޑު ދެން މަންމައާ ބައްދަލުވާނެކަމެއް ނޭނގެ. އެހެންވީމަ އަޅުގަނޑުގެ މަންމަ ރަނގަޅަށް ބަލައިދެއްޗޭ ބުނަންވެގެން. މިހެން ބުނާއިރުވެސް އަޅުގަނޑަށް އެނގޭ ބޭބެ މަންމަދެކެ ލޯބިނުވިޔަސް ބޭބެ ވަރަށް ރަނގަޅަށް މަންމަ ބަލާނެކަން. އަދި އަޅުގަނޑު ވަރަށް އެދެން އަޅުގަނޑުމެންގެ މެދުގަ މިވާ ސިއްރު އެހެން އެއްވެސް މީހެއް ގާތު ނުބުނުން.” މިޝްކާ އެހެން ބުނެލުމަށްފަހު މިއުވާންގެ އަތުން ދޫކޮށްލިއެވެ.

**********

“ދަރިފުޅާ ރުކާން. މަންމަ ދަރިފުޅާ ވަރަށް މުހިންމު ވާހަކައެއް ދައްކަން އުޅޭތާ ދުވަސްކޮޅެއްވެއްޖެ.” އާޝާ އެހެން ބުނެލުމުން ރުކާންއަށް ހިންދިރުވާލެވުނެވެ. އަނެއްކާ އާޝާ ދައްކަން އެއުޅެނީ ކޮން ވާހަކައެއްބާއެވެ.

“ދަރިފުޅަށްވެސް އެނގޭނެ މިޝްކާއަކީ އިންސާނުންގެ ތެރޭގަ އުޅެވޭނެ ކުއްޖެއް ނޫންކަން. އަދި އާންމުކޮށް އިންސާނުންގެ ތެރެއަށް ގޮސް އުޅުމަކީ އެހާ ރައްކާތެރިކަމެއް ނޫންކަންވެސް.” އާޝާ އެހެން ބުނެލުމުން ރުކާންއަށް ސިހުމެއް ލިބުނެވެ.

“މަންމަ ކީކޭ ބުނަން ތިއުޅެނީ؟” ރުކާންއަށް ލިބުނު ސިހުމުގައި އަހާލެވުނެވެ.

“މަންމަ ބުނަން މިއުޅެނީ ދެން މިޝްކާ ދަރިފުޅު ކައިރިއަށް ގެންދަން މަންމަ އެހާ ބޭނުންނުވާ ވާހަކަ. އެއީ ދަރިފުޅުދެކެ ނޫނީ އެހެން މީހެއްދެކެވެސް ހިތްހަމަނުޖެހިގެނެއް ނޫން.”

“އެކަމަކު މަންމާ. އެއީ އަހަރެންގެ ދަރިފުޅޭ. އަހަރެން ކަހަލަ އިންސާނަކަށް ނުވިޔަސް އަހަރެން މިޝްކާދެކެ އިންތިހާއަށް ލޯބިވަން.” ރުކާންއަށް ރޮވުނެވެ. ކުރިންވެސް އޭނާ ކެތްކުރީ ހާދަ މަސައްކަތަކުންނެވެ. އެއީވެސް ބައެއްފަހަރު އޭނާއަށް މިޝްކާއާއެކު ވަގުތު ހޭދަކުރެވޭތީއެވެ. ނަމަވެސް މުޅި އުމުރަށް މިޝްކާއާ ދުރުގައި ހުރުމަކީ އޭނާއަށް ކެތްވާނެކަމެއް ނޫނެވެ.

“ދަރިފުޅު ވިސްނާލަބަލަ. މިޝްކާ މިހާރު އެދަނީ ބޮޑުވަމުން. އޭނަގެ އުމުރު ކިތަންމެ ހަގަސް އޭނަގެ ވިސްނުން ހުންނަނީ ފަސްވަރަކަށް އަހަރުގެ ކުއްޖެއްހެން. އެހެންވެ އަހަރެން އޭނައަށް މަނާކޮށްފަ އޮންނައިރުވެސް އޭނާ އެހުންނަނީ އެސިފައަށް ބަދަލުވެގެން. އެގޮތަށް އުމުރަށްވުރެ ދޮށީވެގެން އުޅުން ރަނގަޅުނުވާނެކަން އޭނައަށް ވިސްނައިދެވޭތޯ މަންމަ ވަރަށް މަސައްކަތްކުރިން. އެކަމަކު މިޝްކާއަކީ ވަރަށް ބޯހަރު ކުއްޖެއް. އޭނަގެ އެހުންނަނީ ހަމަ މާޝަލްގެ ގޮތް. މާޝަލްވެސް ކުޑައިރު އެހާ ގޮތްދޫނުކުރާނެ.” އާޝާ ބެލީ ރުކާންއަށް ވިސްނައިދެވޭތޯއެވެ.

“މީހުންނަށް ލަނޑުދީ ގޯނާކުރުމަކީ އެއުމުރުގެ ކުދިންނަށް ނުހަނު މަޖާ ކަމަކަށްވާނީ. އެހެން އުޅެނިކޮށް މިޝްކާގެ ފަރާތުން މީހަކަށް ގޯނާއެއް ވެއްޖެއްޔާ ކިހިނެއްވާނީ؟ އޭރުން އެމީހުން ފަންޑިތަ ހަދާނީ. އެކަމުގަ މިޝްކާ އަނދާ އަޅިއަށްވާން ދަރިފުޅު ބޭނުންތަ؟” އާޝާ އެހެން ބުނެލުމާއެކު ރުކާން އަވަސްއަވަހަށް ބޯހޫރާލިއެވެ. އާޝާވެސް އެދައްކަނީ ރަނގަޅު ވާހަކަތަކެއްކަން އޭނާއަށްވެސް ޤަބޫލުކުރެވެއެވެ. ނަމަވެސް މިޝްކާއާ ދުރުގައި ހުރުން އޭނާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

“މަންމަ ކުރިން ދަރިފުޅު ގާތަށް މިޝްކާ ގެންދިޔަޔަސް މިހާރު ގެންދަން ބޭނުންނުވާ އަނެއް ސަބަބަކީ މިއުވާން. ދަރިފުޅު މިއުވާންދެކެ އިންތިހާއަށް ލޯބިވާކަން މަންމައަށް އެނގޭ. މިކަން އެނގުމުން ދަރިފުޅާ މިއުވާންއާ ދޭތެރޭ މައްސަލަ ޖެހުނުކަންވެސް އެނގޭ. އެހެންވީމަ އިތުރަށް މިކަން ކުރިއަށް ގެންދަންޏާ ތިދެކުދިންގެ ގުޅުން ރަނގަޅުނުވެ ހައްތަހާ ގޯސްވާނީ. އެހެންވާކަށް މަންމަ ބޭނުމެއްނޫން. ދަރިފުޅުދެކެ މިއުވާން ލޯތްބެއްނުވޭ. އެކަމަކުވެސް އޭނަ އެ މަސައްކަތްކުރަނީ ދަރިފުޅާއެކު ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ. އެހެންވީމަ މިޝްކާގެ ސަބަބުން އެކަމަށް ހުރަސް އެޅޭކަށް މަންމަ ބޭނުމެއްނޫން.” އާޝާގެ ވާހަކައަށް ރުކާން އެއްޗެކޭ ނުބުނެއެވެ. އޭނާ އިނީ ކަންކުރަންވީ ގޮތަކާމެދު ވިސްނާށެވެ.

“މިހާރު ދަރިފުޅުވެސް ތިއިނީ މިއުވާންގެ ދަރިއަކަށް ބަލިވެ. އެހެންވީމަ މިދުވަސްކޮޅު މިޝްކާގެ ހަނދާންތަކުން އުނދަގޫވިޔަސް ތިދަރިފުޅު ލިބުނީމަ މަޑުމަޑުން އެހަނދާންތަކާ ދުރަށް ދެވިދާނެ. އެކަމަކުވެސް މިޝްކާއަށް ވިސްނޭވަރުވީމަ ދަރިފުޅާ ބައްދަލުކުރެވޭނެގޮތް މަންމަ ހަމަޖައްސާނަން. މިދުވަސްކޮޅު މިޝްކާ ތިތަނަށް ގެންދަން ދަރިފުޅުވެސް މަސައްކަތް ނުކުރޭ. އެކަމުން ހުރިހާ ގެއްލުމެއްވެސް ލިބޭނީ ދަރިފުޅާ މިޝްކާއާ ދެކުދިންނަށް.” އާޝާ އެހެން ބުނެލުމުން ރުކާންވެސް ބޯޖަހާލީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތްކަމަށް ވިސްނާފައެވެ.

“ދެން ހިނގާ މިއުވާންމެން ތިބި ތަނަށް ދާން. މިހާރު އިރުއޮއްސެންވެސް ގާތްވަނީ. އިރުއޮއްސުމުގެ ކުރިން ދަރިފުޅުމެންނަށް ފުރޭނެ. އިރާދަކުރެއްވިއްޔާ އަމާންކަމާއެކު ދަރިފުޅުމެންނަށް އެނބުރި މާލެ ދެވޭނެ.” އާޝާ އެހެން ބުނެލުމާއެކު ރުކާންގެ ގައިގައި ބައްދާލީ ނުހަނު ލޯބިންނެވެ. ދަރިއަކު ވަކިވާހިނދު ކުރެވޭފަދަ އިހުސާސެއް އާޝާއަށް ކުރެވުނެވެ. އޭނާ ރުކާންދެކެ ނުހަނު ލޯބިވެއެވެ. މާޝަލްގެ އެންމެފަހުގެ ވަސިއްޔަތަކީ މާތް ﷲގެ އިރާދަފުޅާއެކު ރުކާންއަށް ހިމާޔަތް ދިނުމެވެ.

“އަހަރެން އެންމެފަހު ފަހަރަށް މިޝްކާއާ ބައްދަލުކޮށްލަން ބޭނުން.” ރުކާން އެހެން ބުނެލުމުން އާޝާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.

**********

“ދަރިފުޅާ މިޝްކާ.” ވަލުތެރޭގައި މިއުވާންގެ ގާތުގައި މިއުވާންގެ އަތުގައި ހިފަހައްޓާލައިގެން އިން މިޝްކާއަށް އާޝާގެ އަޑު އިވިގެން ދިޔައީ ވައި އަޑެއްގެ ގޮތުގައެވެ.

“ބޭބޭ! އަޅުގަނޑު ދާގަޑި ޖެހިއްޖެ. މާމަ އެބަ އަޅުގަނޑު ހޯދާ. ބޭބެ ދޭ ބޭބެގެ މަންމަމެން ގާތަށް. ކުޑައިރުކޮޅެއްތެރޭ މަންމަ ދާނެ.” މިޝްކާ އެހެން ބުނެލުމާއެކު މިއުވާން ހިނިތުންވެލާފައި ބޯޖަހާލިއެވެ. އޭނާގެ ހިތުގައިވީ ބިރުވެރިކަމުގެ ކަންފުޅެއްވެސް މިހާރަކު ނެތެވެ. އެއީ އިންސާނަކަށް ނުވިޔަސް އެމޫނުމަތީގައިވާ މައުސޫމްކަމުންވެސް މީހުންގެ ހިތްތަކާ ކުޅެލާނެކަން ގައިމެވެ. މިއުވާންއަށްވެސް އެވީ އެފަދަ ގޮތެކެވެ. އިންސާނީ ދަރިފަސްކޮޅުވެސް ހިއްސާކުރާ ކުއްޖަކަށް ވުމުންވެސް ކަންނޭނގެއެވެ. އެކުއްޖާއަށްޓަކައި އޭނާގެ ހިތުގައި ލޯބި އުތުރި އަރައިގަތެވެ. އޭނާ މިޝްކާގެ ގައިގައި ބައްދާލީ އަމިއްލަ ދަރިއަކަށް ހިމާޔަތް ދޭފަދައިންނެވެ. މިޝްކާގެ ގައިން ދޫކޮށްލަމުން މިޝްކާގެ އަތުގައި ހިފަހައްޓާލިއެވެ.

“އަޅުގަނޑުގެ މަންމަ ރަނގަޅަށް ބަލާތި. އިރާދަކުރެއްވިއްޔާ އަދި ކޮންމެވެސް ދުވަހަކުން ބޭބެއާ ބައްދަލުވެވޭނެކަމަށް އުއްމީދުކުރަން.” މަޑުމަޑުން ފަހަތަށް ޖެހެމުންދިޔަ މިޝްކާގެ އަތާއި މިއުވާންގެ އަތް ވަކިވެދިޔަ ހިނދު މިއުވާންއަށް ކުރެވުނީ އުފަން ދަރިއަކާއި ވަކިވެގެންދާއިރު ކުރާނެފަދަ ހިތްދަތި އިހުސާސެކެވެ. ނަމަވެސް ޖިންނީންނަށް އިންސާނުންގެ ތެރޭގައި އުޅުމަކީ ފަސޭހަކަމެއް ނޫންކަން މިއުވާންއަށް އެނގެއެވެ. އެހެންކަމުން އޭނާ މިޝްކާ ހުއްޓުވަން މަސައްކަތް ނުކުރީއެވެ. މިޝްކާ އޭނާގެ ލޮލު ކުރިމަތިން ގެއްލުމުން އޭނާގެ ދެލޮލުން ފޭދުނު ކަރުނަތިކި ފޮހެލުމަށްފަހު އޭނާ މިސްރާބުޖެހީ އޭނާގެ މަންމަމެން ތިބި ދިމާއަށް ދިއުމަށެވެ. އެއްވެސް ދަތިކަމެއްނެތި އޭނާއަށް އެދިމާއަށް ނުކުމެވުނެވެ. މިޝްކާ ވަނީ އެމީހުން އެރަށަށް އައި ދަތުރުގައި ކަންތައް ވީގޮތާއި ރުކާންގެ ވާހަކަ ކިޔައިދީފައެވެ. އަދި އޭނާއަށް އެދަތުރުގައި ރުކާންއާ އެކަނި ބައްދަލުވާގޮތް ނުވީ ސަބަބުވެސް މިޝްކާ ވަނީ ކިޔައިދީފައެވެ. މިއުވާން އެހެންމީހުން ތިބި ތަނަށް ދިޔައިރު އެމީހުން ތިބީ އަރާމުކޮށް ނިދާލާފައެވެ.

**********

“ދަރިފުޅާ! މަންމަ ދެން މިދަނީ. ދަރިފުޅު މާމަ ބުނާ ބަސްއަހައިގެން އުޅޭތި. މާމަ ނުކުރާށޭ ބުނާ ކަމެއް ނުކުރާތި. ދަރިފުޅާ އަދިވެސް ބައްދަލުވާނެކަމަށް މަންމަ އުއްމީދުކުރަން. މަންމަ ދަރިފުޅާ ކިތަންމެ ދުރުގަ ހުއްޓަސް މަންމަ އަބަދުވެސް ދަރިފުޅު މަތިން ހަނދާންވާނެ. ދަރިފުޅުދެކެ މަންމަ އަބދުވެސް ލޯބިވާކަން ހަނދާންކުރައްޗޭ.” މިޝްކާގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ ރުކާން އެތައް ވާހަކައެއް ދެއްކިއެވެ. އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.

“ދަރިފުޅާ! ދެން ހިނގާ ދާން. މިހާރު މާލަސްވަނީ. އިރުއޮއްސުމުގެ ކުރިން ފުރަންވާނެ. އިރުއޮއްސޭ ދަޅައަށް އަންހެންކުދިން ނުވާނެ ބޭރުގަ އުޅޭކަށް. ޚާއްސަކޮށް މިކަހަލަ ތަންތަނުގަ.” އާޝާ އެހެން ބުނެލުމުން ރުކާންވެސް ދެކޮޅެއް ނުހަދައެވެ. ރުކާންގެ ދެއަތުގައި އާޝާއާއި މިޝްކާ ހިފާލުމާއެކު މުޅިތަން އަލިކޮށްލާފައި ގެއްލުނެވެ. ދެން އެމީހުން ފާޅުވީ މިއުވާންމެން ތިބި ދިމާ ވަލުތެރެއަށެވެ. އެމީހުން އެމަގުން ދިއުމަށް ރުކާން ގާތު ބުންޏެވެ. ރުކާން އެދެމީހުންނަށް ބަލަމުން ފަހަތަށް ފަހަތަށް ގޮސް އަތިރިމައްޗަށް ނުކުމެވުނެވެ. އޭރު މިއުވާން ހުރީ ރުކާންގެ އިންތިޒާރުގައެވެ. ރުކާން ފެނުމާއެކު މިއުވާން ދުވެލާފައި އައިސް ރުކާންގެ ގާތަށް ހުއްޓުނެވެ.

“ރުކޫ ރަނގަޅުތަ؟” މިއުވާން އެހެން އަހާލުމުން ރުކާން ބޯޖަހާލިއެވެ.

“އަވަހަށް ދަތުރު ފަށާ. އިރާދަކުރެއްވިއްޔާ އަމާންކަމާއެކު މާލެ ދެވޭނެ.” އާޝާ ބުނެލިއެވެ. މިއުވާންއަށް ފެނުނީ ހަމައެކަނި މިޝްކާއެވެ. ފެންކަޅިވެފައިވާ ދެލޮލުން އެދެމީހުންނަށް ބަލަން ހުރިތަން ފެނިފައި މިއުވާންވެސް ދެރަވިއެވެ.

“ހިނގާ ދާން. އެއްވެސް ކަމެއްވީކަން އަހަރެމެން މަންމަމެންނަށް އަންގައިގެން ނުވާނެ.” މިއުވާން އެހެން ބުނެލަމުން ނުހަނު ލޯތްބާއެކު ރުކާންގެ ދެލޯ ފޮހެލައިދިނެވެ. އަދި ރުކާން އޭނާގެ ގަޔާ ކައިރިކޮށްލަމުން ހިނގައިގަތީ މިޝްކާމެން ތިބި ދިމާއަށް އަތް ހިއްލާލާ ވަދާޢީ ސަލާމް ކޮށްލަމުންނެވެ. ބަދަލުގައި މިޝްކާވެސް އަތް ހިއްލާލިތަން މިއުވާންއަށް ފެނުނެވެ. މިއުވާންއަށް ނުފެނުނަމަވެސް އާޝާވެސް އަތް ހިއްލާލިތަން ރުކާންއަށް ފެނުނެވެ.

**********

މިއުވާންއާއި ރުކާން ގޮސް އެންމެންނަށް ގޮވިއެވެ.

“ހިނގާ އަނެއްކާވެސް ލޯންޗު ސްޓާޓް ކުރެވޭތޯ ބަލަމާ. ފަޅު ރަށެއްގަ ރޭކުރުން އެހާ ރަނގަޅުވާނެހެނެއް ހިއެއްނުވޭ.” މިއުވާން އެވާހަކަ އެގޮތަށް ދެއްކީ އެހެންމީހުންނަށް ޝައްކެއް ވެދާނެތީއެވެ.

“ތެދެއް އެބުނީ. ހިނގާބަލަ.” މާހިރުމެން އެހެން ބުނެފައި ހިނގައިގަތުމުން އަންހެންވެރިންވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ. އެންމެން ލޯންޗަށް އަރާ ހަމަވުމުން ކައްޕި ލޯންޗު ސްޓާޓްކުރުމުގެ މަސައްކަތް ފެށިއެވެ. ދެފަރަކު ހިފާލާއިރަށް ސްޓާޓް ކުރެވިއްޖެއެވެ. ނަމަވެސް ޖީޕީއެސް ނުހުޅުވުނެވެ. ރުކާންއާއި މިއުވާން ފިޔަވައި އެކަމުގެ ހަޤީޤަތް އެނގޭ އިތުރު މީހަކު އެލޯންޗަކު ނެތެވެ.

“ޖީޕީއެސް ނުލާ ކިހިނެއް ދަތުރުކުރަން އެނގޭނީ. އަހަރެމެންނަށް މި އާދެވިފައި ތިބި ތަނެއްވެސް ނޭނގެ.” ކައްޕި އެހެން ބުނުމާއެކު ލޯންޗުގެ ކުރީކޮޅުން މިޝްކާ ފާޅުވީތަން މިއުވާންއާއި ރުކާންއަށް ފެނުނެވެ. ދާންވީ ދިމާ ބުނެދޭނަން ކަމަށް މިޝްކާ ބުންޏެވެ. މިއުވާންވެސް އެކަމާ އެއްބަސްވީ ލޮލުގެ އިޝާރާތުންނެވެ. އޭނާގެ ހަރަކާތްތަކާމެދު އެހެންމީހަކަށް ޝައްކުވެދާނެތީ އޭނާ ކަންތައްކުރީ ވަރަށް ވިސްނައިގެންނެވެ.

“ކައްޕި! އަހަރެން ބުނާގޮތަށް ހިނގާ.” މިއުވާން އެހެން ބުނެލުމާއެކު އެންމެންގެ ނަޒަރު މިއުވާންއަށް އަމާޒުވިއެވެ. ނަމަވެސް އޭނާ އެކަމަށް ސަމާލުކަން ނުދީ މިޝްކާ ބުނިގޮތަށް ދާންވީ ދިމާ ބުނެދެމުން ދިޔައެވެ. ކުއްލިއަކަށް އެމީހުން ދަތުރު އައި ގަޑީގައި ވީހެން ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ކުޑަދޮރުތައް ލައްޕާލުމާއެކު ލޯންޗުގެ ވަށައިގެން އެރި ދުންތަކާއެކު ލޯންޗުގެ މިސްރާބު ބަދަލުވެ ދުވެލި ބާރުވެއްޖެއެވެ. ގިނައިރެއްނުވެ ކުރީގައި އޮތްގޮތަށް މޫސުން ބަދަލުވެ ހިމޭންވީއިރު ދުމުގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އޭރު އެމީހުންނަށް ތިބެވުނީ ކުރިން ފަހަރުވެސް އެހެން ދިމާވިއިރު ތިބި ހިސާބުގައެވެ. ކުއްލިއަކަށް ޖީޕީއެސްވެސް ހުޅުވިގެން ދިއުމުން ކައްޕިގެ ދެލޯ ބޮޑުވެގެންދިޔައެވެ. ނަމަވެސް ބިރުން އިނދެވެސް އޭނާ ލޯންޗު ދުއްވަމުން ދިޔައީ ސަލާމަތްވެވެން އޮތީވެސް އޭރުންކަމަށް ވާތީއެވެ.

އޭގެފަހުން އެއްވެސް ކަހަލަ ބިރުވެރިކަމަކާއި ދިމާނުވެ މާލެ އާދެވުނީތީ އެންމެންވެސް ތިބީ ހިތްހަމަޖެހިފައެވެ. އެންމެންގެ ދުލުންވެސް ދެކެވެމުން ދިޔައީ ދަތުރުގެ މަޖާކަމާއި ހިތްގައިމުކަމުގެ ވާހަކައެވެ. މިދަތުރުގެ ހަނދާން މުޅި އުމުރުގައިވެސް ކުރެވޭނެ ވާހަކައެވެ. ނަމަވެސް އެންމެންވެސް އެއްބަސްވި ކަމެއް އޮތެވެ. އެއީ ކަނޑުމަތިން ދިމާވި ކަންތައް އިތުރު މީހަކާ ހިއްސާނުކުރުމެވެ. އެކަމުގެ ސަބަބުން ފާޑުފާޑުގެ އަޑުތައް ފެތުރިގެން ދިއުމާއެކު އެއީ ޖޯކަކަށް ހަދައިގެން ބަޔަކު އެވާހަކަ ދައްކަން އެމީހުން ބޭނުންނުވާތީއެވެ.

“ރުކޫ! ދަތުރާއި ދޭތެރޭ ހިތްހަމަޖެހޭތަ؟ ހަމަ ގައިމުވެސް އަހަރެން ވަރަށް ހިތްހަމަޖެހޭ.” ނިދަން އޮށޯވެފައި މިއުވާން އަހާލިއެވެ.

“އާނ. ހިތްހަމަވެސްޖެހޭ. އެކަމް ދެން މިޝްކާއާ ދިމާނުވާނެތީ ދެރަވަނީ. ކޮންމެގޮތެއްވިޔަސް އެއީ އަހަރެންގެ ދަރިއެއް.” ރުކާން ދެރަވެފައި ބުނެލިއެވެ.

“އަހަރެންވެސް އެކަމާ ވަރަށް ދެރަވޭ. އެކަމް މީ އަހަރެމެން އުފާކުރަންވީ ވަގުތު. މާޝަލްގެ އާއިލާ ރުކޫއާ ދޭތެރޭ ވިސްނާވަރު އެއިން އެ އެނގެނީ.” މިއުވާން އެހެން ބުނެލުމުން ރުކާންވެސް އެކަމާ އެއްބަސްވިއެވެ.

“އާނ. އަހަރެންވެސް އެކަމާ ވަރަށް އުފާވޭ. އަހަރެން ހިތަށްއަރަނީ އިންސާނުންނާ ޖިންނިންނާ ހުރިހާ ގޮތަކުންވެސް ހާދަހާ ތަފާތޭ. މިސާލަކަށް މާޝަލްއަކީ އަހަރެމެންގެ ތެރެއިން މީހެއްނަމަ އަހަރެން މާޝަލްއާ ވަކިވުމުން ނޫނީ މާޝަލް މަރުވުމުން އެ އާއިލާ މީހަކު އަހަރެންނާ ދިމާއަށް ރުހުމުގެ ލޮލަކުން ބަލާވެސްނުލާނެ. އެކަމަކު އެމީހުން ހާދަ ތަފާތޭ.” ރުކާން އެހެން ބުނެލުމުން މިއުވާންއަށްވެސް އެކަމާ އެއްބަސްވެވުނީ ފެނިފައި ހުރި މަންޒަރުތަކުންނެވެ.

“އިރާދަކުރެއްވިއްޔާ ދެން އަހަރެމެންގެ މިދަރިފުޅާއެކު އަބަދުވެސް އުޅޭނީ އުފަލުން.” މިއުވާން ރުކާންގެ ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ. އެއަށްފަހު ރުކާންގެ ގައިގައި ނުހަނު ލޯބިން ބައްދާލިއެވެ. ރުކާންވެސް ފުރިހަމަ ހިތްހަމަޖެހުމާއެކު ފުރަތަމަ ފަހަރަށް ލޯބިވާ ފިރިމީހާގެ މޭގައި ބޮނޑިވެލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު އަވަހަށެވެ. ރުކާންއަށް ދޭތެރެ ދޭތެރެއިން ބިރުވެރި ކަންތައްތައް ފެނުނަސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވީ މިއުވާން އޭނާގެ ފާރަވެރިއަކަށް ވެގެން ހުންނާތީއެވެ. އެކަމާ ރުކާންއާ ދިމާކުރަމުން ގެންދިޔަ ޖިންނީގެ ރުޅި ދިޔައީ ގަދަވަމުންނެވެ. މީގެކުރިން އޭނާގެ މަޤްސަދަށް ހުރަސް އަޅަމުން ދިޔައީ މާޝަލްއެވެ. މާޝަލް މަރުވުމުން އޭނާގެ އާއިލާއެވެ. މިހާރު މިއުވާންވެސް އޭނާގެ މަޤްސަދަށް ހުރަސްއަޅަން ފެށީއެވެ. ނަމަވެސް އޭނާގެ މަޤްސަދު ހާސިލްކޮށްފައި ނޫނީ ހުއްޓާނުލާނެއެވެ. އޭނާއަކީ އެހާ ރަނގަޅު ޖިންނިއެއް ނޫނެވެ. އޭނާއަށް ކެހިދީފައި އެކަކަށްވެސް އުފަލުގައި ނޫޅެވޭނެއެވެ.

ރުކާންގެ ބަނޑަށް ނުވަ މަހެވެ. އޭނާ އެއްދުވަހަކު އަލަމާރިން އެއްޗެއް ނަގަން އުޅެނިކޮށް ވެއްޓި ތަޅައިގެން ދިޔައީ ފޮޓޯ ލޯގަނޑެކެވެ. އޭނާ އެ ނަގާ ބަލާލިއިރު އެއީ އިއުނާސްގެ ފޮޓޯއެކެވެ. އެއީ ކުރިން ފަހަރުވެސް މިއުވާން އޭނާ ކޮޓަރިން ނެރުނު ފޮޓޯގަނޑެވެ. އައި ރުޅީގައި އޭނާ އެފޮޓޯ ވީދާލަން އުޅެފައިވެސް އޭނާއަށް ހުއްޓެވުނީ މިއުވާންގެ އަޑަށެވެ.

“ވާން އަދިވެސް މިއަންހެނާގެ މަތިން ހަނދާން ނައްތާލާކަށް ނޫޅެމެއްނު. މިހާރު އަހަރެންގެ ފަރާތުން ވާންއަށް ކޮންކަމެއް ނުވާތީ މީނަގެ މަތިން ތި ހަނދާން އާކުރަނީ؟ މީނަ މަތިން ހަނދާންކުރީމަ މާ ބައިވަރު ކަންތައްތަކެއް ފުދެނީތަ؟” ރުކާން ހުރީ ރުޅިއައިސްފައެވެ. އޭނާ މިހާވަރުން އުޅޭއިރުވެސް މިއުވާން އިއުނާސްގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ނުކުރާކަން އެފޮޓޯގަނޑުން ހެކިދެއެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. އެފޮޓޯ އަލަމާރިއަށް ލީގޮތަށް މިއުވާން އެފޮޓޯ މަތިން ހަނދާންނެތުނީއެވެ.

“އަހަރެން ތިފޮޓޯ ނަގައެއް ނުލާނަން.” މިއުވާން ތަންކޮޅެއް ބާރަށް އެހެން ބުނެފައި އައިސް ރުކާންގެ އަތުން ފޮޓޯގަނޑު ޖަހައިގަތެވެ. އެތާ ތަޅައިގެން ގޮސްފައިހުރި ބިއްލޫރިތަކަކަށްވެސް އޭނާއަކަށް ސަމާލުކަމެއް ނުދެވުނެވެ. އެއަށްވުރެ އޭނާ ހުރީ ރުކާން އެއުޅޭ ގޮތަކުން ހިތްހަމަނުޖެހިފައެވެ.

“އޭނާ ވާންއާ ނީންނަންވެގެނެއްނު އަމިއްލައަށް އެ މަރުވީ.” ރުކާން ރުޅިއައިސްފައި ބުންޏެވެ.

“ނާސް އެކަހަލަ ކަމެއް ނުކުރާނެ.”

“ވާން ޤަބޫލުނުކުރިޔަސް އެއޮތީ އެކަން ވެފައެއްނު. ހުރިހާ ކަމެއް ފެނުނީމަވެސް އެކަން ޤަބޫލުކުރާކަށް ނޫޅޭ. ވަރުގަދަ ލޯތްބެއް ތިވަނީ.” ރުކާން އެހެން ބުނެލުމުން މިއުވާން ގާތަށްވެސް ރުޅިއައެވެ.

“ރުކޫވެސް އަހަރެންނާ ތިގޮތަށް ތިވާހަކަ ދައްކާކަށް ނުޖެހޭނެ. އަހަރެންނަކަށް ނުވިސްނޭ ރުކޫ ނާސްދެކެ ތިހާ ރުޅިއަންނަންޖެހޭ ސަބަބެއް. އަހަރެންނަށް މިހާރު ހީވާކަހަލަ ރުކޫގެ އަތެއްވެސް މިކަމުގަ ވެޔޭ.” މިއުވާން އައިސްފައިވާ ރުޅީގައި ބުނެވުނެވެ.

“ވަޓް!!؟ ތިބުނަނީ އަހަރެންނޭތަ އިއުނާސް މަރާލީ!!؟ ރުކާންއަށް ލިބުނު ސިހުމުގައި ބުނެވުނެވެ.

“އާނ…”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އިއުނާސް (12)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(38)

Next
May 25, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(38)

Previews
May 24, 2017

އިއުނާސް (12)

58 Comments!

  1. Saandy says:
    May 25, 2017 at 1:17 pm

    Assalaam A’laikum!! Miothy “IUNAAS” vaahakaige 13 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves baajjaveri dhuvahakah edhen… Love u all 🙂

    1. Saandy says:
      May 25, 2017 at 1:19 pm

      Dhen othy vaahakaige fahu bai.. Enme lasvegen maadhamaa rey up kolladheveythoa masakkaiy kuraanan 🙂

  2. AKI says:
    May 25, 2017 at 1:19 pm

    haadha rangalhey

  3. AKI says:
    May 25, 2017 at 1:20 pm

    anehkaa ves first libunee yey

  4. Zish says:
    May 25, 2017 at 1:31 pm

    Yeee me first

  5. Zish says:
    May 25, 2017 at 1:32 pm

    Second*

  6. Luju says:
    May 25, 2017 at 1:37 pm

    Owh my god thankx thankxx thankxxxxxxxxx so much??kiyaafa comment kollaaanaan thankuuuuu

    1. Saandy says:
      May 25, 2017 at 3:52 pm

      Luju!! You’re welcome 🙂

  7. luhan says:
    May 25, 2017 at 1:41 pm

    Alhe dhn kihinh vaany??V reeethi..???

    1. Saandy says:
      May 25, 2017 at 3:40 pm

      ThanQ Luhan.. Dhen vane gotheh balaalan kuda inthizaareh kollan jeheyny 🙂

  8. jj says:
    May 25, 2017 at 1:42 pm

    vaahakaige namakaa vaahaka a maa bodu gulhumeh nei. mi story and rukan noonee miuvan kee namaves maa reethivees.
    story reethi dhen konmes varakah.

    1. Saandy says:
      May 25, 2017 at 3:42 pm

      ThanQ Jj… Thi faalhukolli khiyaalahves ih’thiraam kuran… Konmes varakah namaves reethi veethy v ufaavejje 🙂

  9. Luju says:
    May 25, 2017 at 1:50 pm

    Wat noon rukaan eh nun naas maraaly varah hynuvey ….. Love it…. Waiting fr the last part of this awesome story ????

    1. Saandy says:
      May 25, 2017 at 3:43 pm

      ThanQ Luju… En’gidhaanethaa dhw kaakukanves 🙂

  10. Maree says:
    May 25, 2017 at 1:52 pm

    vvv reethi

    1. Saandy says:
      May 25, 2017 at 3:44 pm

      ThanQ Maree 🙂

  11. ? says:
    May 25, 2017 at 1:56 pm

    Eee mammee hama rukaan tha maraaly naas

    1. Saandy says:
      May 25, 2017 at 3:44 pm

      Dear!! Balamaa dhw kaakuthoa Naas maraaly 🙂

  12. imoo says:
    May 25, 2017 at 2:00 pm

    varah salhi

    1. Saandy says:
      May 25, 2017 at 3:45 pm

      ThanQ Imoo 🙂

  13. IMOO says:
    May 25, 2017 at 2:01 pm

    NICE

    1. Saandy says:
      May 25, 2017 at 3:45 pm

      ThanQ IMOO 🙂

  14. pritty hajja says:
    May 25, 2017 at 2:15 pm

    thank you sanndy.. v nice mi part vers.
    fahu bayer inthixaaru kureveny….dhern verny kihiner???? hehehe….v nice story.. n v happy to read such stories..

    1. Saandy says:
      May 25, 2017 at 3:46 pm

      ThanQ Pritty Hajja… Dhen vane gotheh balaalan kuda kuda inthizaareh kollaa 🙂

  15. Layaa says:
    May 25, 2017 at 2:24 pm

    Salhi inthixaar kuran fahubayah

    1. Saandy says:
      May 25, 2017 at 3:47 pm

      ThanQ Layaa 🙂

  16. Naadhee says:
    May 25, 2017 at 2:27 pm

    Mi vaahaka v v reethi

    1. Saandy says:
      May 25, 2017 at 3:47 pm

      ThanQ Naadhee 🙂

  17. Shahoo says:
    May 25, 2017 at 2:29 pm

    Wow.varah reethi??.fahu partah varah inthixaaru kurevey saandy??.

    1. Saandy says:
      May 25, 2017 at 3:48 pm

      ThanQ Shahoo 🙂

  18. Aai says:
    May 25, 2017 at 2:50 pm

    I think rukaan killed iunaas saandy v molhu vaahaka liyan fahubai v diguvaane kamah umeedh kuran??????????

    1. Saandy says:
      May 25, 2017 at 3:50 pm

      ThanQ Aai… Mi storyge mihaa thanah genesdhin hurihaa bayakahvure fahubai dhiguvaane… Insha Allah!! 🙂

  19. Chum handi says:
    May 25, 2017 at 3:09 pm

    omg…. this is amazing… kury part thakah cmnt nukury exam dhuvas kolhuveema… but mihaaru nimijje…. waiting for the next episode so eagerly….

    1. Saandy says:
      May 25, 2017 at 3:50 pm

      ThanQ Chum handi… It’s OK… Kiyaaleema v ufaavejje 🙂

  20. silver mist says:
    May 25, 2017 at 3:37 pm

    v v v v reethi…? nxt part ah v v v wait kurevey… Pls pls pls avahah up kohdhehchey

    1. Saandy says:
      May 25, 2017 at 6:01 pm

      ThanQ Silver mist… Insha Allah!! Ehaa laheh nuvaane 🙂

  21. Hunana says:
    May 25, 2017 at 4:01 pm

    Saandy varah interesting mivahaka. I always love jinni world. Vahaka dhigukon gendhahchey adhi pls ingey.

    1. Saandy says:
      May 25, 2017 at 6:02 pm

      ThanQ Hunana… Sorry dear… Dhen othy last part 🙂

  22. Noor says:
    May 25, 2017 at 4:41 pm

    Alhe haadha salhiey thi gendhaagoiy..hama speechless…varah varah furihama…i wish to b a writer like u..❤❤

    1. Saandy says:
      May 25, 2017 at 6:07 pm

      ThanQ Noor… V ufaavejje thihaa bodah kamudhiyaeema 🙂

  23. Addu manje says:
    May 25, 2017 at 7:11 pm

    Varah reethi.. yay!!one more part to go..

    1. Saandy says:
      May 26, 2017 at 12:51 am

      ThanQ Addu manje 🙂

  24. who am i? says:
    May 25, 2017 at 7:56 pm

    v salhi
    keep it up☺?

    1. Saandy says:
      May 26, 2017 at 12:52 am

      ThanQ who am I? 🙂

  25. Samee says:
    May 25, 2017 at 8:10 pm

    Alheyyy.. V nyccc mi prt vess.. Kiheneh baa vaanee dhn.. I think rukaan ge kameh mii naash aa miuvaan dhuru kurun.. Waiting 4 nxt prt..

    1. Saandy says:
      May 26, 2017 at 12:53 am

      ThanQ Samee… Next partga hurihaa haqeeqatheh en’gigendhaane 🙂

  26. messi says:
    May 25, 2017 at 8:28 pm

    wow hama varah habeys
    keep it up saandy ?

    1. Saandy says:
      May 26, 2017 at 12:54 am

      ThanQ Messi 🙂

  27. Zee says:
    May 25, 2017 at 8:33 pm

    Wow..nnnnniiiiiiiccccccceeeee… Story…….

    1. Saandy says:
      May 26, 2017 at 12:54 am

      ThanQ Zee 🙂

  28. Ainth says:
    May 25, 2017 at 9:43 pm

    v salhi …. cnt wait for next part….. waiting…..

    1. Saandy says:
      May 26, 2017 at 12:55 am

      ThanQ Ainth… Next part v avahah up kolladheynan… Insha Allah!! 🙂

  29. Jjeyツ says:
    May 25, 2017 at 11:15 pm

    Nice.waiting for last part?

    1. Saandy says:
      May 26, 2017 at 12:56 am

      ThanQ Jjey… V avahah last part up kolladheynan… Insha Allah!! 🙂

  30. Eeny says:
    May 25, 2017 at 11:33 pm

    V nice ???? love your stories..

    1. Saandy says:
      May 26, 2017 at 12:56 am

      ThanQ Eeny 🙂

  31. remoo says:
    May 26, 2017 at 1:41 am

    last part ga heevi rukaan hen naash ah kameh kuree….mi part vx v reethi …

    1. Saandy says:
      May 26, 2017 at 3:52 pm

      ThanQ Remoo… Now last part uploaded 🙂

Comments are closed.

Next Episodeއިއުނާސް (14) – ފަހުބައި←


All Right Reserved!