Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (12)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 24, 2017 7 Mins Read
78 Comments

ދަތުރު ދިގުވެ ކުއްލިއަކަށް ލޯންޗުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލައިފިއެވެ. ލޯންޗުގެ ކެޕްޓަންގެ އެއްވެސް އިޚްތިޔާރެއް އެކަމުގައި ނެތްކަހަލައެވެ. އޭނާވެސް އިނީ ގޮތް ހުސްވެފައެވެ. އޭނާ ދަތުރު ފެށީ ހުރައަށް ދާށެވެ. ނަމަވެސް ލޯންޗުގެ ވަށައިގެން އެރި ދުންތަކާއެކު ލޯންޗުގައިހުރި ޖީޕީއެސް ނިވުނުފަހުން އޭނާއަށް މިހާރު ލޯންޗު ދަތުރުކުރަމުން މިދަނީ ކޮންތާކަށްކަމެއް ނޭނގެއެވެ. އޭނާ އެކަން އެހެންމީހުންނަށް އަންގަން މަސައްކަތްކުރި ނަމަވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ކުޑަމިނުން އެމީހުންނާ ދިމާއަށް ބަލާވެސްނުލެވުނެވެ. ހީވަނީ އިންތަނަށް ގަނޑުވެފައި އިންހެންނެވެ. އެތައްއިރަކު ދުއްވުމަށްފަހު ލޯންޗުގެ ދުވެލި މަޑުވެލައިފިއެވެ. ކުއްލިއަކަށް ކައްޕިއަށްވެސް ދިރުން ލިބިއްޖެއެވެ. އެންމެންނަށް ބޭރު ބަލާލެވުނުއިރު ރަށެއްގެ މަލަމަތި ފެންނަން ފެށުމުން ހައިރާންވެފައި ބަލަން ތިބެވުނީ އެއީ އެއިން މީހަކު ދުވަހަކުވެސް އައިސްފައިވާ ރަށަކަށް ނުވާތީއެވެ. އަނެއްކޮޅުން އެމީހުން ހުރައަށް ފެށި ދަތުރުގައި އެހެން ރަށަކަށް އާދެވުނީތީވެސްމެއެވެ.

“ކައްޕި! މީ ކޮން ރަށެއް؟ ހުރައަށް ފެށި ދަތުރެއް މިރަށަށް ނިމެންވީ ކީއްވެ؟” ޔާމިންއަށް ކެތްނުވެގެން އަހާލެވުނެވެ.

“ނޭނގެ.” ކައްޕިގެ ޖަވާބު ވަރަށް ކުރެވެ.

“ތީ ދެން އަޖައިބެއްނު. ކަލޭ ދުއްވީ. ކަލޭއަކަށް އާދެވުނު ތަނެއް ނޭނގޭ.” ޔާމިންގެ ގާތަށް ރުޅިއައެވެ.

“މީ އަހަރެން ދުވަހަކުވެސް އައި ރަށެއް ނޫން. އަދި ދުވަހަކު ދެކުނު ރަށެއްވެސް ނޫން. ދެން އަހަރެންނަށް ކިހިނެއް އެނގޭނީ މީ ކޮން ރަށެއްކަމެއް؟” ކައްޕި ރުޅިއައިސްފައި ބުންޏެވެ.

“ތެދަށް ބުނޭ! މީ ކޮން ރަށެއްހޭ!؟” ޔާމިން ކައްޕިގެ ޓީޝާޓު ކަރުވަރުގައި ހިފަމުން އޭނާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

“ޔާމްބޭ! ހަމަޖެހިބަލަ. ދޫކުރޭ!” މިއުވާން ގަދަކަމުން ޔާމިންގެ އަތް ނެއްޓުވިއެވެ. އަދި ކައްޕިއާ ދުރުކުރުވިއެވެ.

“ހަމަޖެހޭށޭ!!؟ ބަލަ މީގަ މިތިބީ މާބަނޑު ދެއަންހެނުންނާ ކުޑަ އަންހެންކުދިންތަކެކޭ. ދެންވެސް ތިބީ ގިނައިން އަންހެނުންނޭ. އަނެއްކޮޅުން މީ ކޮންފަދަ ރަށެއް ކަމެއްވެސް ނޭނގެ.” ޔާމިންގެ ރުޅި އަދިވެސް މަޑުވާގޮތެއް ނުވެއެވެ.

“ޔާމްބެވެސް ވިސްނާލަބަލަ. ޔާމްބެވެސް ދުށީމެއްނު ލޯންޗު ވަށައިގެން ދުންތަކެއް އަރާފަ ވީގޮތްގޮތް. އެހެންވީމަ ކައްޕިއަށްވެސް އާދެވުނު ތަނެއް ނޭނގޭނެއެއްނު.” މިއުވާން ޔާމިންއަށް ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ. އޭރު ހުރިހާ އަންހެންވެރިންނަށްވެސް އެކަމަށް ސަމާލުކަން ދެވިއްޖެއެވެ. އިރުކޮޅެއްވީއިރު ކައްޕި އިނީ އޭނާގެ ސީޓްގައެވެ. އޭނާ އުޅުނީ އެމީހުން ތިބީ ކޮން ހިސާބެއްގައިކަން އެނގޭނެ ގޮތެއް ވޭތޯއެވެ.

“ޖީޕީއެސްވެސް ހުންނާނެއެއްނު. އެއިން އެނގޭނެއެއްނު މީ ކޮން ރަށެއްކަން. ކޮން ހިސާބެއްކަންވެސް. ހިނގާބަލަ.” ޔާމިންއަށްވެސް ވިސްނުނީ ކަންނޭނގެއެވެ. އޭނާ އެހެން ބުނިއިރު އެއަޑުގައި ކުރިން ހުރި ރުޅިވެރިކަމެއް ނެތެވެ. މިއުވާންއާއި ޔާމިން ކައްޕި ގާތަށް ދިޔައިރު އޭނާ އުޅެނީ ޖީޕީއެސް ނުހުޅުވިގެންނެވެ.

“މީތި ހަލާކުވީ ކަންނޭނގެ. އޭރު އެ ދުންތަކެއް އެރިތަނާ ނިވުނުގޮތަށް މިއެއް ނުހުޅުވުނޭ.” ކައްޕި ކަންބޮޑުވެފައި އެހެން ބުނެލުމުން މިއުވާންއަށް ބަލާލެވުނީ ޔާމިންއަށެވެ.

“ދެން ކިހިނެއް ހަދާނީ؟” ޔާމިންއަށް އަހާލެވުނެވެ.

“އަހަރެންނަށް ފެންނަނީ މިރަށަށް ފައިބަން.” މިއުވާން ވަރަށް ވިސްނާލާފައި ބުންޏެވެ.

“ވާން! މޮޔަވީތަ؟ މީ ގޮތް ނޭނގޭ ރަށެކޭ. މިރަށަށް ފޭބުން ބުއްދިވެރި ގޮތަކަށް ނުވާނެ. އަހަރެންނަށް ފެންނަނީ މާލެ ދާން.” ޔާމިން ހިތްހަމަނުޖެހިފައި ބުންޏެވެ. އޭރު ރައޫފްއާއި މާހިރުވެސް އައިސް އެމީހުން ގާތު ހުއްޓި ޚަބަރު އޮޅުންފިލުވިއެވެ. ޔާމިން އެމީހުންނަށް ވީގޮތް ކިޔައިދިނެވެ.

“ދަރިފުޅާ! ޔާމިން އެބުނީ ރަނގަޅަށް. މިކަހަލަ ގޮތް ނޭނގޭ ތަނަކަށް ފޭބުން ރަނގަޅެއް ނުވާނެ. އެހެންވީމަ އެންމެ ރަނގަޅުވާނީ ޔާމިން އެބުނިހެން މާލެ ދިޔައިއްޔާ. ދޯ ރައޫފް.” މާހިރު ރައޫފްއަށް ދޯ ދިނުމުން ރައޫފްވެސް އެކަމާ އެއްބަސްވިއެވެ.

“ކައްޕީ! މާލެ ދާން ނައްޓާލާ.” ރައޫފް އެހެން ބުނެލުމުން ކައްޕި ލޯންޗު ސްޓާޓް ކުރެވޭތޯ އުޅުނެވެ. ސްޓާޓެއް ނުވިއެވެ. ތެޔޮވެސް ބަރާބަރަށް އެބަހުއްޓެވެ. ނަމަވެސް އެތައް މަސައްކަތަކުންވެސް ލޯންޗު ސްޓާޓް ކުރެވޭގޮތެއް ނުވިއެވެ.

“ލޯންޗުގަނޑުވެސް ހަލާކުވީތަ؟ ހާދަ ސުންޕާ ދަތުރެކޭ މި ރޭވުނީ. އެހެން ލޯންޗަކަށް ގުޅޭތޯ ބަލަމާ.” ޔާމިން ބުންޏެވެ.

“ގުޅިއްޔާ އަހަރެމެން ކިހިނެއް މިތަން ބުނެދޭނީ. މީ ކޮން ރަށެއްކަން އެނގޭ އެކަކުވެސް މިތާ ހުރީކީ ނޫން. އަނެއްކޮޅުން ޖީޕީއެސް ހަލާކުވެފަ. ދެން…”

“ފޯނުންވެސް ބެލޭނެއެއްނު.” ޔާމިން އެހެން ބުނެފައި ފޯނު ނެގިއިރު ފޯނުގައި ރޭންޖެއް ނެތެވެ.

“ޝިޓް!! އަދި ރޭންޖުވެސް ނުލިބޭ ހިސާބެކޭ މީ.” ޔާމިން ކަންބޮޑުވެފައި ބުނެލިއެވެ.

“ދެން އޮތް ހަމައެކަނި ގޮތަކީ މާތް ﷲއަށް ވަކީލުކޮށްލައިގެން މިރަށަށް ފޭބުން. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.” ،މިއުވާން ބުނެލިއެވެ. މިކަމަކީ އޭނާއަށް ކޮޓަރިތެރެއިން ފެނުނު ކަންތަކާ ގުޅުންހުރި ކަމެއްހެން އޭނާއަށް ހީވަނީއެވެ. ރުކާން ބުނިހެން އެދެމީހުން ދުރުކުރަން އެޖިންނި ބޭނުންވަނީ ހެއްޔެވެ؟ އަނެއްކާ އެއީ މާޝަލްއަށް ނުވެދާނެބާއެވެ. ނަމަވެސް މާޝަލް މަރުވެއްޖެކަމަށް ރުކާން ވަނީ ބުނެފައެވެ. ވީއިރު އޭނާއާއި ރުކާން ދުރުކުރަން އުޅޭނީ ކާކުބާއެވެ. އަނެއްކާ ރުކާންއާ އަޅައިގެންފައި އެހެން ޖިންނިއެއް ހުންނަނީބާއެވެ. މިފަދަ ޚިޔާލުތަކަކުން މިއުވާން ހާސްވެއްޖެއެވެ. ނަމަވެސް އޭނާ އެކަން ނުދައްކާ ހުރީ އެހެންމީހުންނާ ދޭތެރޭ ވިސްނާލާފައެވެ.

ހުރިހާ އަންހެންވެރިން ނުހަނު ހާސްވެފައި ތިބިއިރު ރުކާންގެ ހާލު ވަކިން ބޮޑެވެ. ދަތުރު އަންނަ ވާހަކަ ދެއްކީއްސުރެ އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ނަމަވެސް ރޯދަޔަށްވީތަނާ ވިއްސާރަވެގެން ދަތުރު ކެންސަލްވުމުން ދެން ދަތުރު ނާންނާނެކަމަށް ހީކޮށް އޭނާ ހިތްހަމަޖައްސާލައިގެން ހުރީއެވެ. މިއީ އޭނާއާ ދިމާކުރާ ޖިންނީގެ ކަމަކަށް ނޫނީ ނުވާނެޔޭ އޭނާގެ ހިތް ބުނެއެވެ. ދެން ކުރާނެކަމެއް ނެތެވެ. މިފަހަރު މިއޮތީ ހަމަ ރަނގަޅަށްވެސް އެއެތީގެ އަތްދަށުވެފައެވެ. ދެން މިރަށަށް ނުފައިބާ ޔަޤީނުންވެސް ސަލާމަތެއް ނުވެވޭނެއެވެ. އަދި ސަލާމަތްވާނެކަމުގެ ޔަޤީންކަމެއްވެސް އޭނާއަކަށް ނެތެވެ.

“ހިނގާ ފައިބަމާ.” މާހިރުއާއި ރައޫފް އެހެން ބުނެލުމުން މުނީޒާއަށް ތެޅިގަނެވުނެވެ.

“އަހަރެންނަކަށް ނުކެރޭނެ މިރަށަށް ފައިބާކަށް.” މުނީޒާ އަވަސްއަވަހަށް ބުނެލިއެވެ. ޔުމްނާއާއި ރަހީމާވެސް އެކަމާ އެއްބަސްވީއިރު ރުކާން އެއްވެސް އެއްޗެކޭ ނުބުނެ އިނީ އެރަށަށް ނުފައިބާ ވާނެ އިތުރު ގޮތެއް ނެތްކަން ޔަޤީންވީތީއެވެ.

“މަންމާ! ހާސްނުވެބަލަ. އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެޔޭ. ހިނގާ ފައިބަން. މިހެން ތިއްބަސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ކައިބޮއި ހެދޭނީވެސް ރަށަށް ފައިބައިގެންނު. މިހާރު މަލާމެންވެސް ތިބޭނީ ވަރަށް ބަނޑުހައިވެފަ. އަޅުގަނޑަކަށް ހިޔެއްނުވޭ މިރަށަށް ނުފައިބާ އެނބުރި މާލެ ދެވިދާނެހެނެއް.” މިއުވާން އެންމެފަހުން ބުނި މާނަ ފުން ޖުމްލަ އެކަކަށް ވިސްނައިނުގަނެވުނަސް މިއުވާން އެބުނި އެއްޗެއް ރުކާންއަށް އެނގުނެވެ. އެހެންމީހުންނަށް އެކަން ފާހަގަނުކުރެވުނީ ކަންބޮޑުވެފައި ތިބުމުގެ ސަބަބުންނެވެ. އެތައް ވާހަކައެއް ދެއްކުމުން މުނީޒާ ރަށަށް ފައިބަން އެއްބަސްވީ ހިތާއި ދެކޮޅަށެވެ. އިތުރު އެހެންގޮތެއް ނެތްކަން އެނގުނުއިރު އޭނާ ވިސްނީ ހަމައެކަނި އޭނާގެ ދަރިންކޮޅާމެދުގައެވެ. އަނެއްކޮޅުން ކެއުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ޒުވާން ދެ އަންހެންކުދިންނަށެވެ.

“ހިނގާ ރަށުތެރެއަށް އަރަމާ.” މިއުވާން އެހެން ބުނެފައި އެތެރެއަށް ހިނގައިގަތުމުން ޔާމިން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ވާން! އަހަރެންނަކަށް ނުފެނޭ ރަށުތެރެއަށް އަރާކަށް. ކޮންމެއަކަސް މީ ވަރަށް ސުންޕާ ރަށެއް. މިރަށަށް އައިއިރު ދަތުރުމަތިން ދިމާވީކީ އާދައިގެ ކަމެއްނޫން. އަނެއްކޮޅުން މިރަށަށް ލެފުނުއިރު ޖީޕީއެސްގެ ބޭނުން ނެތި ފޯނުގެ ބޭނުން ނެތުނީމަވެސް އެނގޭ މީ ރަނގަޅު ރަށެއް ނޫންކަން.” ޔާމިން އެހެން ބުނެލުމުން މިއުވާން ޗޮކެއް ކަނޑާލިއެވެ.

“ކޮންކަމަކާ ބިރުންތަ ތިއުޅެނީ؟ މިދުނިޔެ މައްޗަށް މާތް ﷲ ފޮނުއްވާފަ ވަނީ ހަމައެކަނި އިންސާނުންނެއް ނޫނޭ. އަހަރެމެން އެއެއްޗިއްސަށް ގޯނާއެއް ނުކުރަނީސް އެއެއްޗެހި އަހަރެމެންނަކަށް ގޯނާއެއް ނުކުރާނެ. ކިތަންމެ ވަރަކަށް ފިލަން ދުވިޔަސް އަހަރެމެންނަށް މަރަކަށް ނުފިލޭނެ. އެހެންވީމަ އާދޭ! އެކަކުވެސް ވަކިން ތަނަކަށް ނުދާތި! އެންމެން އެކުގަ އުޅެންވާނީ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.” މިއުވާންގެ ވާހަކައިން މާހިރުއަށް ﷲއަށް ޙަމްދުކުރެވުނީ އެފަދަ މާތް ދަރިއަކު އޭނާއަށް ލިބުމުންނެވެ.

މިއުވާންގެ ފަހަތުން އެންމެން ހިނގައިގަތްއިރު ރުކާން ހުރީ ތަންކޮޅެއް ފަހަތުގައެވެ. އޭނާ ހުރީ ދެން ވާނީ ކިހިނެއްބާއޭ ހިތަށް އަރައަރައެވެ. އެހެންމީހުން ފަރާތް ފަރާތަށް އެނބުރެމުން މަޑުމަޑުން ކުރިއަށް ދިޔައެވެ.

“މަންމާ!” މަޑުމަޑުން ހިނގަމުންދިޔަ ރުކާންއަށް ހުއްޓެވުނީ ދާދި ގާތުން މަންމާއޭ ކިޔާފައި ގޮވާލި އަޑަށެވެ. ނުހަނު އޮމާން އަންހެން އަޑެކެވެ.

“ދަރިފުޅާ! މަންމައަށް ފެނިބަލަ.” ރުކާން ބިރުން ހުރިނަމަވެސް އެ ލޯބި އަޑު އިވުމާއެކު މައިވަންތަ ލޯބި އުތުރި އަރައިގަތެވެ. ހިނދުކޮޅެއް ކުރިން އޭނާ ގެންފައިވާ ބިރު ފިލައިގެން ދިޔައީ ބަސްބުނާހާ ހިނދުންނެވެ.

“މަންމާ! އަޅުގަނޑު މިހުރީ މަންމަގެ ފަހަތުގައޭ.” މިޝްކާ އެހެން ބުނެލުމާއެކު ރުކާން ފަސްއެނބުރި ބަލާލިއެވެ. އެޔާއެކު އޭނާއަށް ސިހުމެއް ލިބުނީ ފަސްވަރަކަށް އަހަރުގެ އަންހެންކުއްޖެއް ފެނިފައެވެ. އެއީ ހަމަ އޭނާގެ ދަރިފުޅުބާއޭ ރުކާންގެ ހިތަށްއެރިއެވެ. އޭނާގެ ދަރިފުޅަށް އަދި އެއް އަހަރުވެސް ނުވާނެއެވެ. އެކަމަކު އޭނާގެ ކުރިމަތީ އެހުރީ ފަސްވަރަކަށް އަހަރުގެ އަންހެންކުއްޖެކެވެ. މިޝްކާގެ ބޮޑު ދެލޮލުގައި ހުރީ މާޝަލްގެ ލޯފަދައިން ރަންކުލައެވެ. ފައިތިލައާއި ހަމައަށް ހުރި ދިގު އިސްތަށިގަނޑު އެހާމެ ކަޅުކަން ގަދަވެފައި ނުހަނު ވަރުގަދައެވެ. ހަންގަނޑު އޮމާންވެފައި ބޯކިރު ފޮދެއްހާ ކުލަ އައްޔެވެ. ފަޔާއި ހަމައަށް ހުރި ރަންކުލައިގެ ދަޅައަރާ ހެދުމުން މިޝްކާގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދީފައިވެއެވެ.

“އަޅުގަނޑަށް އެނގޭ މަންމަ ތި ވިސްނަނީ ކޮން އެއްޗެއްކަން؟ މީ ހަމަ މަންމަގެ މިޝްކާއޭ. އަޅުގަނޑުމެންނަކީ ސިފަ ބަދަލުކުރެވޭ ބައެއް. އަޅުގަނޑުގެ އުމުރުން ކިތަންމެ ހަގުވިޔަސް އަޅުގަނޑުމެން ބޭނުންވެއްޖެނަމަ މުސްކުޅިއެއްގެ ސިފައަށްވެސް ބަދަލުވެވިދާނެ.” މިޝްކާ މައުސޫމްކަމާއެކު ބުނެލިއެވެ.

“ދަރިފުޅާ!” ރުކާން މިޝްކާއާއި އެއްވަރަށް ތިރިވެލަމުން މިޝްކާގެ މައުސޫމް އޮމާން މޫނުގައި ފިރުމާލިއެވެ. އަދި މޫނުގައިވެސް އެތައްފަހަރަކު ބޮސްދީފައި އޮޅުލައިގަތްގޮތުން ހީވީ އެތައް ދުވަހެއް ވަންދެން ގެއްލިފައިހުރި ދަރިއަކު ފެނުނުހެންނެވެ. އެ އަސަރުގަދަ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލުވާލާނެކަން ގައިމެވެ. މިޝްކާއަކީ އިންސާނަކަށް ނުވިޔަސް މައިވަންތަކަމުގެ ކުލުނު ވަނީ އެހުރިހާ ކަމެއްގެ މައްޗަށް ބާރުފޯރުވާފައެވެ.

“މަންމާ! މިރަށުން މަންމަމެންގެ އެއްވެސް މީހަކަށް އެއްވެސް ނުރައްކަލެއް ނުވާނެ. މީ އަހަރެމެންގެ އާއިލާގެ އަމިއްލަ ރަށެއް. އަޅުގަނޑުމެން އާއިލާގެ އެއްވެސް ދުޝްމަނަކަށް މިރަށަކަށް ނާދެވޭނެ. އަދި މިރަށެއް ނުވެސް ފެންނާނެ. މަންމަމެން މިރަށަށް ގެނައީ މާމަ ބޭނުންވެގެން. މާމަ ބުނުއްވި މަންމައާ ބައްދަލުކުރަން ބޭނުންފުޅުވާ ވާހަކަ. އެހެންވެގެން މަންމަމެން މިރަށަށް ގެނައީ. އެންމެ ފަސޭހައިން މަންމައާ އެވާހަކަ ދެއްކެވޭނީ މިރަށުންކަމަށްވާތީ.” މިޝްކާ އޮޅުންފިލުވައިދިނެވެ. މިރަށަށް ފޭބީއްސުރެ އެންމެން އުޅެމުންދިޔަ ގޮތް މިޝްކާއަށް ވަނީ އެނގިފައެވެ. އެހެންކަމުން އޭނާ ބޭނުންވީ އެރަށުން އެމީހުންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތްކަމުގެ ޔަޤީންކަންދޭށެވެ.

“މަންމަ އަޅުގަނޑުދެކެ ބިރުގަނޭތޯ؟” ރުކާން މިޝްކާގެ މޫނަށް ބަލަހައްޓައިގެން ހުއްޓާ މިޝްކާ ސުވާލުކޮށްލުމުން ކުޑަކޮށް ސިހިފައި ދުރަށް ޖެހިލެވުނެވެ. އޭނާއަށް މިޝްކާގެ މޫނަށް ބަލާލެވުނެވެ. އެދެލޮލުގައިވާ ހިތްދަތިކަން ރުކާންއަކަށް ސިއްރެއްނުވިއެވެ. މިޝްކާގެ ދެލޮލުން ބުނަން ބޭނުންވީ ވާހަކަތައް ރުކާންއަކަށް ތަރުޖަމާ ކުރާކަށް ނޭނގުނެވެ. ނަމަވެސް އޭނާއަށް އެނގޭހާވެސް އެއްޗަކީ އެދަރިފުޅު އޭނާގެ ގާތުގައި ބުނަން ބޭނުންވާ ވާހަކަތަކެއް ހުރިކަމެވެ. އޭނާ އިންތިޒާރުކުރީ މިޝްކާ އޭނާ ގާތުގައި އެވާހަކަތައް ބުނާނެ ވަގުތަކަށެވެ. ނަމަވެސް އޭނާގެ އިންތިޒާރަކަށް ނިމުމެއް އަންނަ ގޮތެއްނުވިއެވެ. އެހެނެއްކަމަކު އޭނާ އެކަމާ ސުވާލެއް ނުކުރީ މިޝްކާ އެވާހަކަ ދައްކަން ބޭނުންވެގެން އަމިއްލައަށް އެވާހަކަ ބުނަން ފުރުސަތުދޭށެވެ.

“ނޫން. ދަރިފުޅު މިއަދު ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ މަންމަ ދަރިފުޅުދެކެ ބިރެއް ނުގަނޭ. މަންމަމެން ކަހަލަ އިންސާނަކަށް ނުވިޔަސް ތީ ހަމަ މިމަންމަގެ ދަރިއެއް. އެހެންވީމަ މަންމަ ކީއްވެ ދަރިފުޅުދެކެ ބިރުގަންނަންވީ؟” ރުކާން ބުނެލިއެވެ.

“މަންމަ ބައްޕަދެކެ ލޯބިވޭތަ؟”

“މަންމައަކަށް ނޭނގެ ތިސުވާލުގެ ޖަވާބެއް. އެކަމަކު ދުވަހަކުވެސް ބައްޕަ ހިތްހަމަނުޖެހޭނެ ކަމެއް ނުކޮށްވޭތޯ މަސައްކަތްކުރިން. ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ދަރިފުޅުގެ ބައްޕަ މަތިން ވަރަށް ހަނދާންވޭ. ދަރިފުޅުގެ ބައްޕައަކީ ވަރަށް ރަނގަޅު މީހެއް. އިންސާނަކަށް ނުވިޔަސް، މަންމައަށް އެނގިގެން ދުވަހަކުވެސް މީހަކަށް ގެއްލުމެއް ނުދޭ. ހިއެއްނުވޭ މަންމައަށް ނޭނގިވެސް މީހަކަށް ގެއްލުމެއް ދިންހެނެއް.” ރުކާންގެ ދެލޯ ފެންކަޅިވިއެވެ. އޭނާއަށް މާޝަލްދެކެ ލޯބިވެވުނީ ވަގުތީ ގޮތުން ކަމަށްވިޔަސް އޭނާ މާޝަލްގެ ހެޔޮކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އަދި އަމުދުން މިޝްކާ ދުނިޔޭގައި ހުރިހާ ހިނދަކު އެކަން އެގޮތުގައި ދެމިއޮންނާނެއެވެ.

“އަޅުގަނޑަށް އެނގޭ. މަންމަ އަބަދުވެސް ލޯބިވަނީ މިއުވާން ބޭބެދެކެ. ބައްޕައަށް މަންމަ އެންމެ ފުރަތަމަވެސް ފެނުނީ މިއުވާން ބޭބެ ހެދިގޮތަކުން ދެރަވެގެން އުޅެނިކޮށް. މަންމަގެ ހުރިހާ ކަމެއްވެސް އަޅުގަނޑަށް އެނގޭ. އެކަމަކުވެސް އަޅުގަނޑު މަންމަދެކެ ވަރަށް ލޯބިވޭ.” މިޝްކާގެ ވާހަކައިން ރުކާންއަށް ހައިރާންކަމެއް ލިބުނެވެ. އެ ޙާދިސާތަކަކީ މިޝްކާ ދުނިޔެއަށް އުފަންވުމުގެ ކުރިން ހިނގާފައިވާ ޙާދިސާތަކަކަށްވާއިރު އެކަންކަން މިޝްކާއަށް އެނގޭނީ ކޮންމެވެސް މީހަކު ކިޔައިދިނީމަތާއެވެ. އަނެއްކާ އެވާހަކަތައް މިޝްކާއަށް ކިޔައިދިނީ މާޝަލްބާއެވެ. ނޫނީ އާޝާބާއެވެ. މިފަދަ ޚިޔާލުތަކެއް ވެރިވުމުން ރުކާން ދެރަވިއެވެ. ނަމަވެސް އޭނާ އެކަމާ ވިސްނާކަށް ބޭނުމެއްނުވިއެވެ.

“މަންމަ ދެން ދަނީ.. މިހާރު މާމަމެން މަންމަ ހޯދަން އުޅޭނެ.” ރުކާން އެހެން ބުނެލުމުން މިޝްކާ ހީލި އަޑު މިއުޒިކެއް ފަދައިން ރުކާންގެ ކަންފަތާއި ހަމައަށް ފޯރިއެވެ.

“މާމަމެން މަންމަ ގެއްލިގެނެއް ނޫޅޭނެ. އެއީ މިދަތުރު ނިމެންދެން އަޅުގަނޑުގެ އާއިލާގެ ދައްތައެއް މަންމަގެ ސިފައިގަ އެމީހުންނަށް ފެންނާނެ. އެމީހުންނަށް އެއްވެސް ޝައްކެއް ނުވާނެހެން އެދައްތަ އުޅޭނެ މިއަދު ދަތުރު ނިމެންދެން. މިއަދު އިރުއޮއްސުމުގެ ކުރިން މަންމަމެންނަށް މިރަށުން ފުރޭނެ. އެހުރިހާ ވަގުތަކުވެސް މަންމަ އުޅެނީ އަޅުގަނޑާއިއެކު.” މިޝްކާގެ ވާހަކައިން ރުކާންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

“މަންމަމެން އައި ވަގުތު ހިނގި ހުރިހާ ކަމަކީވެސް މާމަ ކުރި ކަންތައްތަކެއް. އެއީވެސް މަންމަމެންގެ ރައްކަލަކަށް. އަދި މަންމައާ ދައްކަވަން ބޭނުންފުޅުވާ ވަރަށް މުހިންމު ވާހަކައެއް އޮތްކަމަށް މާމަ ބުނުއްވި.” މިޝްކާ އެހެން ބުނެލުމުން ރުކާންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާގެ ޝައްކު ޔަޤީނަށް ބަދަލުނުވީތީ ހިތާހިތުން ﷲއަށް ޙަމްދުކުރެވުނެވެ.

“ކޮބާ މާމަ؟”

“މާމަ އެއޮއްގެން ދުރުވަނީ.” ރުކާންގެ ފަހަތަށް އިނގިލި ދިއްކޮށްލަމުން މިޝްކާ ބުނެލިއެވެ. ރުކާން ފަހަތަށް ބަލާލިއިރު އަންހެނަކު ހިނގާލާފައި އާދެއެވެ. އެއީ މާޝަލްގެ މަންމަ އާޝާއެވެ. އުމުރު ސާޅީހަށްވުރެ މައްޗަށް އަރާފައިވާއިރުވެސް ޒުވާންކަމުން ހީވަނީ ވިހި ފަންސަވީސް އަހަރުގެ އަންހެނެއްހެނެވެ.

“ދަރިފުޅާ ރުކާން. ހިނގާ ގަނޑުވަރަށް.” އާޝާ ހިތްހެޔޮކަމާއެކު ރުކާންގެ އަތުގައި ހިފަމުން ބުނެލިއެވެ. ރުކާންއަށް އާޝާގެ އަތުގެ ފިނިކަން އިހުސާސްކުރެވުނެވެ.

**********

“މީ އަޖައިބެއް ކަހަލަ ރަށެއް. މިއޮއް އަވިގަދައިރުވެސް އެއްވެސް ވަރަކަށް ހޫނެއްނުވޭ.” ޔާމިން ބުނެލިއެވެ.

“އާނ ދޯ؟ އަނެއްކާ މިރަށުން އެއްވެސް ބަޔަކުވެސް ނުފެނޭ. އެކަމަކު މިހިރަ ބަގީޗާތަކާ މަގުތައް ހަދާލާފަ މިއޮތްގޮތުން ހިއެއްނުވޭ މީ ފަޅު ރަށެއްހެނެއްވެސް. ނޫންތަ؟” އީޝަލްގެ ވާހަކައަށް އެންމެންވެސް ތާއީދުކުރިއެވެ.

“އަހަރެންނަށް ހީވަނީ އަހަރެމެން ބިރުން އުޅުނަސް މީ އެކަހަލަ ރަށެއް ނޫންހެން. މިހާރުވެސް ކިހާ ތަނަކަށް ހިނގިއްޖެ. އެކަމަކު އެކަހަލަ ކަމެއްގެ ނިޝާނެއްވެސް ނުފެނެއެއްނު. އެކަހަލަ ރަށެއްނަމަ މިހާއިރުވާއިރު އެކަހަލަ ކަމެއް ނުފެނިއެއް ނުދާނެ.” ޔާމިން ބުނެލިއެވެ.

“އަހަރެން އޭރުވެސް ބުނީމެއްނު އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެޔޭ.” މިއުވާން ހިނިތުންވެލަމުން ބުނެލިއެވެ. އެންމެނަށްވެސް ބޯޖަހާލެވުނެވެ. އޭރު އެމީހުންގެ ފަހަތުން ހިނގަމުންދިޔަ ރުކާންގެ ސިފައިގައިވާ ޖިންނީގެ ތުންފަތުގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ އެހާ ހިމޭންވެފައި ހުރުމުންވެސް އެމީހުންނަށް ޝައްކެއްނުވީތީ އޭނާ ހިތްހަމަޖެހުނެވެ.

**********

އާޝާ ރުކާންގެ އަތުގައި ހިފައިގެން ގޮސް ގަނޑުވަރަށް ވެއްދުމުން ރުކާންގެ ލޯ ދިޔައީ ތަރަތަރަޖަހައިގެންނެވެ. ދުނިޔެމަތީގެ ކަމެއްބާއޭވެސް އޭނާގެ ހިތަށްއެރިއެވެ. ތާޖު މަހަލްވެސް އެހާ ފުރިހަމަވާނެކަމެއް ނޭނގެއެވެ. ގަނޑުވަރުގެ ހުރިހާ ފާރެއްގައިވެސް ވަނީ ބިއްލޫރިއެވެ. ބިއްލޫރި އެތައް ދޮރަކުން ވަދެވި ނުކުމެވި ވާ އެބޮޑު ގަނޑުވަރުގައި އޭނާ މަގުއޮޅި ނުދާނެބާއޭވެސް އޭނާގެ ހިތަށްއެރިއެވެ. އެ ގަނޑުވަރުގެ އެއްބައިގައި ކުރާ ކަންތައްތައް އަނެއް ބަޔަށް ފެންނަގޮތަށް ހުންނައިރު ހާދަހާ ފުރިހަމައެވެ. ނަމަވެސް ކޮޓަރިތަކުގައި ވަނީ އެތެރެއިން ބޭރު ފެންނަ، ބޭރުން އެތެރެ ނުފެންނަ ބިއްލޫރިއެވެ. މި ގަނޑުވަރު ފަރުމާކޮށްފައިވާލެއް ފުރިހަމަކަމުން ރުކާން ހުރީ ޝޯޚުވެފައެވެ. އެގޮތަށް ހައިރާންވެފައި ގަނޑުވަރުގެ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ހިނގަމުން ދަނިކޮށް ރުކާންއަށް ހުއްޓުމެއް އައީ ކޮޓަރިއަކަށް ވަދެވުމުންނެވެ. އެކޮޓަރީގައިވާ ފަރުނީޗަރުތައް ޖަވާހިރު ފަދައިން ވިދަމުން ދިޔަގޮތުން އޭނާއަށް އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތުނެވެ.

“މަންމާ!” ރުކާންއަށް ކުއްލިއަކަށް ފަސްއެނބުރި ބަލާލެވުނީ މިޝްކާގެ އަޑު އިވުމުންނެވެ.

“ދަރިފުޅާ! މަންމައަށް ކަމެއް ކޮށްދީބަލަ.” ރުކާން މިޝްކާއަށް ބަލާލާފައި ބުނެލިއެވެ.

“ކޮންކަމެއްތޯ؟ އަޅުގަނޑަށް ވާވަރުގެ ކޮންމެ ކަމެއްވެސް އަޅުގަނޑު އުފަލުން ކޮށްދޭނަން.” މިޝްކާ ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ބުނެލިއެވެ.

“ދަރިފުޅާ! މަންމަ ބޭނުން މަންމައަށް ދަރިފުޅުގެ އަސްލު ސޫރައިގަ ފެނިލަން.” ރުކާންއަށް އެހެން ބުނެވުނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ.

“މަންމަ ބިރެއް ނުގަންނާނެތޯ؟” މިޝްކާ އަހާލިއެވެ. އޭނާ ބޭނުންވީ ޔަޤީންކަން ހޯދާށެވެ. އޭނާގެ މަންމަ ބިރުގަންނާނެ ކަމެއް ކުރާކަށް އޭނާ ބޭނުމެއްނޫނެވެ.

“ނުގަންނާނެ.”

“ޔަޤީންތޯ؟” މިޝްކާ ސުވާލު ތަކުރާރުކޮށްލިއެވެ. ރުކާން ބޯޖަހާލުމާއެކު މިޝްކާ ލޯމަރާލިއެވެ. އެޔާއެކު އޭނާގެ ގަޔަށް އާދަޔާ ޚިލާފު ބާރުގަނޑެއް އަރާފައި އޭނާގެ ހަށިގަނޑުން ރަންކުލައިގެ ވިދުމެއް ފާޅުވިއެވެ. ބަލަބަލާ ހުއްޓާ ކަރުން ފެށިގެން ހެދުންވެސް ރަންކުލައިގެ މުޅިން އެހެން ޑިޒައިނަކަށްވާ ކަކުލާއި ހަމައަށް ހުރި ހެދުމަކަށް ބަދަލުވިއެވެ. ދެން ބުރަކަށިން މަޑު ދިލައެއް ނަގާފައި ލޭސްކޮޅެއްފަދަ ރަންކުލައިގެ ދެ ވަރަގަނޑު ފާޅުވީ ހިނދު އެދެލޯ ރަންކުލައިން ދިއްލިގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލޯބި އަހަރެން ވާނަމޭ (8)

Next

އިއުނާސް (13)

Next
May 25, 2017

އިއުނާސް (13)

Previews
May 24, 2017

ލޯބި އަހަރެން ވާނަމޭ (8)

78 Comments!

  1. AKI says:
    May 24, 2017 at 10:06 pm

    mi first dho ..yey

    1. Saandy says:
      May 24, 2017 at 10:22 pm

      Hmm Aki… Mifaharu thy first 🙂

    2. AKI says:
      May 24, 2017 at 10:41 pm

      part 11 ga ves first libunee AKi ah …hehe

    3. Saandy says:
      May 25, 2017 at 12:24 am

      Hmm dhw… Hehehe… I forgot

  2. Saandy says:
    May 24, 2017 at 10:09 pm

    Assalaam A’laikum!! Miothy “IUNAAS” vaahakaige 12 vana bai… Sorry for the delay 🙁 Saandy-ah en’gey mibai ehen baithakahvure kurukan… Ekam mirey up kohdheynamey buneema konmehenves mi up kolladhiny… Dhen oiy bai dhigukolladheynan… Insha Allah!! Ummeedhu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves baajjaveri reyakah edhen… Love u all 🙂

    1. Saandy says:
      May 24, 2017 at 10:14 pm

      Hurihaa kiyuntherinnahves en’gilavvaane fadhain Roadhamas miothy dhaadhi kaireega… Saandy mihaaru mi ulheny Roadha mahah enme fahuge thayyaareethakuga v v bixykoh… Ehenve story liyan v vaguthu nuvey… Ehenve kudakoh delay vany… Storyga baaky othy 2 baikamah lafaakureveny… Baaky bai up kolladheyne dhuvaheh bunan v dhathi… Ehen veema story liyevunuhaa avahakah up kolladheynan… Ehaa laheh nuvaane… Insha Allah!! Hope u all guys will understand & waiting for the story… I really appreciate u guys support… Love u all 🙂

  3. nux says:
    May 24, 2017 at 10:17 pm

    ooh yes so happy up kohladhinymaa adhi nuvess kiyaa comment mikohly ?????

    1. Saandy says:
      May 24, 2017 at 10:23 pm

      Oh Nux… Kiyaalaafa comment kollinama… Hehehe 🙂

  4. Ibbe says:
    May 24, 2017 at 10:19 pm

    Kon irakun den up vaany
    V nice story

    1. Saandy says:
      May 24, 2017 at 10:25 pm

      ThanQ Ibbe… Seedhaa dhuvaheh bunan dhathi… V v bixykoh ulheythy… Ekam maalaheh nuve up kolladheynan… Insha Allah!! 🙂

  5. AKI says:
    May 24, 2017 at 10:21 pm

    v reethi adhi maadhan one part up kohla dheebaa pls pls

    1. Saandy says:
      May 24, 2017 at 10:27 pm

      ThanQ Aki… V bixykoh mi ulheny… So maadhan up kohdheveyne kamuge yaqeenkameh nudheveyne… But I’ll try in’gey 🙂

  6. Aai says:
    May 24, 2017 at 10:35 pm

    Vv deravi delay vma hikuri saandy dhen mivaahakaeh nuliyaane kamah? but saandy u r the best tihaa busy iruves vaahakaliyedey tive .Vaahaka vvvv reethi ??????

    1. Saandy says:
      May 25, 2017 at 12:03 am

      ThanQ Aai… Nooney… Iraadha kurevviyyaa Saandy fashaa story eh ekkoh ninmaanan 🙂

  7. Kudaa says:
    May 24, 2017 at 10:35 pm

    Varah reethi. Sandy. I just love this story.Dhen kon dhuvahaku up koh dhevey ni?

    1. Saandy says:
      May 25, 2017 at 12:04 am

      ThanQ Kudaa… Insha Allah!! V avahah 🙂

  8. silver mist says:
    May 24, 2017 at 10:42 pm

    Wow v v v v reethi? can’t wait for nxt part plz plz avahah up kohdhehchey?

    1. Saandy says:
      May 25, 2017 at 12:05 am

      ThanQ Silver mist… Veehaaves avahakah up kolladheynan… Insha Allah!! 🙂

  9. nux says:
    May 24, 2017 at 10:43 pm

    alhey ???haadha reethi hisaabakah dhookohlaafa ay thi dhiyae v interesting mibai kiyaahithun indhaa nimuny??????btw v inthixaaru eba kurevay next partah ingey midhuvass kolhuge gothun buxy vaanekanvess but thihaa buxykon ulhemunvess upkohladhinymaa v bodhukon thanx ingey love u stry v furihama dhen bunaane ehchehvess neh??have a grt nite ????

    1. Saandy says:
      May 25, 2017 at 12:07 am

      ThanQ Nux… Next part v avahah up kolladheynan… Insha Allah!! 🙂

  10. Zee says:
    May 24, 2017 at 10:52 pm

    Maasha Allah …. Nice story saandy love u……..

    1. Saandy says:
      May 25, 2017 at 12:08 am

      ThanQ Zee 🙂

  11. messi says:
    May 24, 2017 at 11:04 pm

    wow wow wow saandy
    haadhaa vaa ryhchey hama neih bunaane eh ves ehcheh vhk yaa dhey the rey
    saandy ahareh haadha inthizaareh kohfi mey up kuraane vaguthakah ……

    1. Saandy says:
      May 25, 2017 at 12:10 am

      ThanQ Messi… V gina kudhin inthizaaruga thibikan en’geythy ehen baithakahvure thankolheh kurukoh viyas up kolladhiny 🙂

  12. Riffu says:
    May 24, 2017 at 11:05 pm

    Rukaan ge sifaiga huri jinn ge moonun fathahaige hinithunvun fennany keeve? Anehka kameh raavanee baaaaa?
    V reethi mi part ves.. Ekam haadha avahakah nimmaalan thi ulheny?..

    1. Saandy says:
      May 25, 2017 at 12:16 am

      ThanQ Riffu… Let’s see dhw reyvumehthoa… 🙂
      Nooney.. Avahah ninmaalaakah noon… Mee hama Saandy mivaahaka gendhan reyvi varu 🙂

  13. Samee says:
    May 24, 2017 at 11:08 pm

    Wowowow.. V nycc mi prt vess.. Its owk saandy kudakh delay vias.. Ekm v kiyaahithun mihuree nxt prt.. Bt I can understand ingey.. All the best saandy.. Gud nyt..Tc..

    1. Samee says:
      May 24, 2017 at 11:10 pm

      Hurihaa kudhin ah “RAMZAN MUBAARIC”

    2. Saandy says:
      May 25, 2017 at 12:17 am

      ThanQ Samee… Insha Allah!! Ehaa laheh nuve genesdheveythoa masakkaiy kuraanan 🙂

    3. Saandy says:
      May 25, 2017 at 12:18 am

      Samee! Ramazan Mubaarak 🙂

  14. Riffu says:
    May 24, 2017 at 11:08 pm

    I thought saandy thee girl ekey ??? saandy ge biography eh dheyn veenu?

    1. Saandy says:
      May 25, 2017 at 12:19 am

      Riffu… Hehehe noon… Mee hama boy eh… 🙂
      Biography-ekey!!? Thikamaa visnaanan :p

  15. Cenhi says:
    May 24, 2017 at 11:14 pm

    V inthixar kurevijje. N story x awasome.

    1. Saandy says:
      May 25, 2017 at 12:20 am

      ThanQ Cenhi 🙂

  16. Aisha says:
    May 24, 2017 at 11:40 pm

    Wow alhe haadha molhey saandy.. Varah reethi sifakohlaafa huna goiy.. Waiting 4 the next part ?

    1. Saandy says:
      May 25, 2017 at 12:21 am

      ThanQ Aisha… Next part v avahah up kolladheynan… Insha Allah!! 🙂

  17. Remoo says:
    May 24, 2017 at 11:43 pm

    V reethi hisaabakun mi part nimma thilee…v reethi mi part vx

    1. Saandy says:
      May 25, 2017 at 12:22 am

      ThanQ Remoo 🙂

  18. Arkaa says:
    May 24, 2017 at 11:47 pm

    Very interesting …I like this part too..was waiting for this part n finally yeah ehe..dhn vaany kihineh baa?

    1. Saandy says:
      May 25, 2017 at 12:22 am

      ThanQ Arkaa… Dhen vaagothehves balamaa dhw 🙂

  19. Addu manje says:
    May 25, 2017 at 12:20 am

    Wow.. Its awesome like always.. I cant wait to read the next part…

    1. Saandy says:
      May 25, 2017 at 12:23 am

      ThanQ Addu manje… Next part v avahah up kolladheynan… Insha Allah!! 🙂

  20. pritty hajja says:
    May 25, 2017 at 1:20 am

    woooooooooooooooooow sanndy v nice mi part vers.. v kiyaa hithun kiyaa nimerly awaher aneh part uppkoh dhy thi…

    1. Saandy says:
      May 25, 2017 at 9:45 am

      ThanQ Pritty Hajja… Mihaaruves free vaa dheythere dheytherein story liyamun midhany… Liye ninmaalaafa up kolladheynan… Insha Allah!! Ehaa laheh nuvaane 🙂

  21. mai says:
    May 25, 2017 at 1:25 am

    Ehme gavaaidhun story up koh hadhaa award sandy ah dhygen alhugand hury.. ekam mihaar ekan badhal vehjje.. ehenya sandy story up kurany liye nihmaafa.. mifahar vx ehen hedhi nama v ufaavis ?

    1. Saandy says:
      May 25, 2017 at 9:49 am

      ThanQ Mai… Mifaharuves egothah hadhan ulhuny… But edhuvaskolhu Saandy v balikoh ulhuny… Dhen bixy veemayaa ekkoh story ekkoh nuliyevuny… Ekam trailerga vaki dhuvaheh buneema edhuvahu up kuran feshy… E-ee aslu veegothaky 🙂
      Baeh faharu ekahala kuda kuda delaythah annaane… 2 parts delay vefa innaany mi storyga… Dhen liyaa story eh ekkoh nimuneema trailer ves nereyny 🙂

  22. ithoo says:
    May 25, 2017 at 2:58 am

    Masha Allah.. Mi part vx v salhi saandy.. A ganduvarah dhevey nama dww..hehe..keep it up dearr..?

    1. Saandy says:
      May 25, 2017 at 9:50 am

      ThanQ Ithoo… Hmm dhw… Ethanah dheveynama Hehehe 🙂

  23. Hey says:
    May 25, 2017 at 6:47 am

    Sandy girl o boy

    1. Saandy says:
      May 25, 2017 at 9:50 am

      Hey!! Saandy-aky “BOY” eh 🙂

  24. Vaahaka says:
    May 25, 2017 at 7:40 am

    Vaahakatha varah kurukan faahaga kohlan

    1. Saandy says:
      May 25, 2017 at 9:52 am

      ThanQ Vaahaka!! Thi khiyaalahves ih’thiraam kuran… Saandy abadhuves storyge baithah fahthany 1800-2000 words aa dheythereah… Ekam mibai eyahvure kuruvaane… E-ee midhuvaskolhuge gothun ehaa varah dhigukollan vaguthu nuvy 🙂

  25. Maree says:
    May 25, 2017 at 8:05 am

    vvv reethi mi feshey barakaai thetheri Ramzn mahu ge heyo edhumaa thahuniyaa thibaa aa thibaa ge Aailaa ah aris kuran Ramdhan mubaarak

    1. Saandy says:
      May 25, 2017 at 9:54 am

      ThanQ Maree… Maree-aa Mareege aailaa-ahves Ramazan mahuge heyo edhumaai thahuniyaa ariskuran 🙂

  26. No name says:
    May 25, 2017 at 8:44 am

    Mi story v v reethi…saandy ge story thah abadhuvx kiyan…bt mi story ge name mi story ah ehaa match eh noon…12 parts genesdhin iruvx iunaas ge maa gina vaahaka thakeh noony iunaas aa gulhey maa gina kanthakeh neh hingaafa eh…ehnve mihen mibunelee…mi concept hama v habeys…

    1. Saandy says:
      May 25, 2017 at 9:56 am

      ThanQ No name… Namaai dheytherey thi faalhukolli khiyaalahves ih’thiraam kuran… Namaa dheytherey Saandy ehcheh bunaanan fahu baiga 🙂

  27. Pinkish says:
    May 25, 2017 at 9:02 am

    Wow… saandy.. v v reethi..? knirakun tha iunaas ge kameh fennaanyy.. baaky 2 bayeyy bunyma hama suvaalu kurevunyy.. vaahakaige name ah iunaas kiyaafa adhivx iunaas ge ehvx habreh dhabareh nuvaathyy mihen mi ahaalyy… hehe..

    1. Saandy says:
      May 25, 2017 at 9:57 am

      ThanQ Pinkish… Dhen othy IUNAASge kanthah falhaaerun… 🙂

  28. nonns says:
    May 25, 2017 at 9:56 am

    Wooww saandy. Varah obi mi part. Kiya kiyaa hutta e nimunee. And where is that ghost rukasn aa dhimaa kuraa?

    1. nonns says:
      May 25, 2017 at 9:57 am

      Rukaan* 😀

    2. Saandy says:
      May 25, 2017 at 9:59 am

      ThanQ Nonns… Roadhamas veema dhimaa nukurevuneenu… Let’s see dhw dhen vaagotheh 🙂

    3. Saandy says:
      May 25, 2017 at 10:00 am

      Roadhamas veema jinni-ah Rukaan-aa dhimaa nukurevuneenu… Baaky oiy baiga jinneege bai annaane fudhey varakah 🙂

  29. Luju says:
    May 25, 2017 at 10:31 am

    Woooooooow???thankgod biruveri rashehkamah neyvaa laanves nukerifa iny ? fairy akaa vahthary rukaan ge babe so swyyt… Dhen kihinehba vaany.. Anehka maashal tha iunaas maraaly ? Plxxx avahah next part up kohdhybaa… Extremely waiting????

    1. Saandy says:
      May 25, 2017 at 1:20 pm

      ThanQ Luju… 13th part up kohfa innaany mihaaru… Iunaasge maruge sirru en’geyne next partga… E-ee last part 🙂

  30. Eeny says:
    May 25, 2017 at 10:43 am

    Varah reethi

    1. Saandy says:
      May 25, 2017 at 1:21 pm

      ThanQ Eeny 🙂

  31. Jjeyツ says:
    May 25, 2017 at 11:04 am

    Nice. Waiting?

    1. Saandy says:
      May 25, 2017 at 1:22 pm

      ThanQ Jjey… Mihaaru 13 vana bai up kollaafa innaany 🙂

  32. Noor says:
    May 25, 2017 at 11:29 am

    Mi part ves varah varah salhi.saandy ge hurihaa vaahakaehves varah varah reethi..u r an excerllent writer dear…just love ur ideas…❤❤❤❤❤

    1. Saandy says:
      May 25, 2017 at 1:22 pm

      ThanQ Noor.. V ufaavejje 🙂

  33. Desert Rose says:
    May 25, 2017 at 12:01 pm

    Maa Sha Allah. An awesome story .. Adhi story dhaagothun Iunash ah vure Rukan mi name story ah kiyan maagulhey .. ?

    1. Saandy says:
      May 25, 2017 at 1:24 pm

      ThanQ Desert Rose… Next partga bunelaanan aslu mi story ah “IUNAAS” kiyan ninmy keevvekan… Eyrun minan hama v gulhey kamah kiyuntherinnahves qaboolu kureveyne kamah mi balany 🙂

  34. fareedha says:
    May 25, 2017 at 12:34 pm

    Mi vaahaka yah keevve iunaas kiyanee

    1. Saandy says:
      May 25, 2017 at 1:25 pm

      Fareedha!! Next partga sababu bunelaanan 🙂

  35. Layaa says:
    May 25, 2017 at 1:26 pm

    Wow vvvvv salhi

    1. Saandy says:
      May 25, 2017 at 1:35 pm

      ThanQ Layaa 🙂

  36. Love says:
    May 25, 2017 at 10:45 pm

    Alhey avahah up kohdheh chey. kiyaahithun indha nnimuneee mi part ves v v v v v v v habeys. Saandy vareh neh hama. ?

    1. Saandy says:
      May 26, 2017 at 12:50 am

      ThanQ Love… 13th part already uploaded 🙂

Comments are closed.

Next Episodeއިއުނާސް (13)←


All Right Reserved!