Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438

Admin 1K Visits3K Visits100 Login500 Login100 Comments500 Comments1K Comments10 Stories100 Stories500 Stories
May 26, 2017 2 Mins Read
14 Comments

“ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438” އަކީ 1438 ވަނަ އަހަރުގެ ރޯދަ މަހާއި ގުޅުވައިގެން އެސްފިޔަ.ކޮމް އިން ކުރިއަށް ގެންދާ ކުރުވާހަކަ މުބާރާތެކެވެ. މިބުރާތުގެ މަޤްޞަދަކީ ދިވެހި އަދަބިއްޔާތާއި، ދިވެހިބަހުން ކުރުވާހަކަ ލިޔުމަށް މީހުން އިތުރަށް ޝައުޤުވެރި ކުރުވުމާއި، އެރޮނގުން ކުޅަދާނަ ލިޔުންތެރީންތަކެއް އުފެއްދުމާއި، ދިވެހިބަހުން ލިޔެފައިވާ ފެންވަރު ރަނގަޅު ދީނީ ކުރުވާހަކަތަކެއް ދިވެހި ދަރީންނަށް ލިބިދިނުމެވެ. މިމުބާރާތުގެ ވަނަތަކާއި ވަނަ ހޮވޭގޮތްތައް އަދި މުބާރާތުގެ ޤަވާއިދު ތިރީގައި އެވަނީއެވެ.

މިމުބާރާތަށް ވާހަކަ ހުށައެޅުމަށް މި ލިންކް ބޭނުންކުރައްވާ.

އެސްފިޔަ ކުރުވާހަކަ މުބާރާތް 1438ގެ ފޭސްބުކް އިވެންޓް


ވަނަ ހޮވޭ ގޮތް:

މިމުބާރާތުގެ ވަނަ ހޮވުމުގައި ބެލެވޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

ވާހަކައިގެ މަޤްބޫލްކަން ( %40 )
ޖަޖުންގެ މާރކްސް ( %60 )
ވާހަކައިގެ މަޤްބޫލްކަން ވަޒަން ކުރުމުގައި ބެލެވޭނީ ތިރީގައިވާ ކަންތައްތަކަށެވެ.
* ފޭސްބުކް ލައިކްއާއި ޝެއާރ – (ކޮންމެ ހިއްސާކުރުމަކަށް 2 ޕޮއިންޓް)
ފޭސްބުކް ލައިކްއާއި ޝެއާރކޮށްގެން ޕޮއިންޓް ލިބޭނީ އެސްފިޔަ ވެބްސައިޓް “esfiya.com” ނުވަތަ “އެސްފިޔަ”އިގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކުރާ ލައިކްއާއި ސެއާރ އަށެވެ.

ހ. މި މުބާރާތަށް އިންސާފުކުރާނީ “އެސްފިޔަ”އިން ކަ ނޑައަޅާ ފަނޑިޔާރުންގެ ކޮމެޓީ އަކުންނެވެ.
ށ. ފަ ނޑިޔާރުންގެ ކޮމިޓީން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.


މުބާރާތުގެ ޤަވާޢިދު

• މިމުބާރާތަށް ވާހަކަ ހުށައެޅުމަށް ހާއްޞަ ކުރެވިފައިވާ ސަފްހާ މެދުވެރިކޮށް ހުށައަޅާފައިވާ ވާހަކައަކަށް ވުން.
• ދީނީގޮތުން އިބްރަތެއް ނުވަތަ އިބުރަތްތަކެއް ހާޞިލްވާ ފަދަ ވާހަކައަކަށް ވުން.
• އެސްފިޔައިގެ އާއްމުގަވާއިދާއި އެއްގޮތަށް ލިޔެފައިވާ ވާހަކައެއް ކަމުގައިވާން ޖެހޭނެއެވެ.
• ހުށައަޅާ ވާހަކަ ވާންވާނީ 1000 (އެއްހާސް) ލަފްޒާ 2500 (ދެހާސް ފަސްސަތޭކަ) ލަފުޒާ ދެމެދުގެ ދިގުމިނެއްގެ ވާހަކައަކަށެވެ.
• ހުށައަޅާ ވާހަކައަކީ ސިލްސިލާ ވާހަކައެއް ކަމުގައި ވެގެން ނުވާނެއެވެ.
• މިމުބާރާތަށް ހުށައަޅާ ވާހަކަ އަކީ މީގެ ކުރިން ޝާއިޢުކުރެވިފައިވާ ވާހަކައަކަށް ވެގެން ނުވާނެއެވެ. އަދި މިމުބާރާތް ނިމުމުގެ ކުރިން، މިމުބާރާތަށް ހުށައަޅާ ވާހަކަ އެހެން އެއްވެސް ތަނެއްގައި ޝާއިޢު ކޮށްގެން ނުވާނެއެވެ.
• ކުރިން ޝާއިޢުކޮށްފައިވާ އެއްޗަކުން ބޮޑުބައެއް ނަގައިގެން ލިޔެފައިނުވާ، އަދި އެހެން މުބާރާތަކަށް ހުށަހަޅައިފައިވާ އެއްޗަކުން ބޮޑުބައެއް ނަގައިގެން ލިޔެފައިނުވާވާހަކައަކަށް ވުން.
• ތިރީގައި މިވާފަދަ ވާހަކައެއް ލިޔެފައި ނުވާ ކުރުވާހަކައަކަށް ވުން.

o އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވާފަދަ ވާހަކަ.
o އަދަބާ ޚިލާފުވާފަދަ ވާހަކަ.
o އެއްވެސް މީހެއްގެ އަބުރާބެހޭ ވާހަކަ.
o ޒާތީގޮތުން މީހެއްގެ ކަރާމާތަށް ގެއްލުން ލިބިދާނޭ ފަދަ ވާހަކަ.
o މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާއި ހަމަތަކާ ޚިލާފުވާފަދަ ވާހަކަ.
o މުޖުތަމަޢުގައި ބައިބައިވުން އުފެދިދާނޭ ފަދަ ވާހަކަ.

• މުބާރާތުގައި ބައިވެރިވާ ވާހަކަ ލިޔުންތެރިން، އެލިޔުންތެރިއެއްގެ ޕްރޮފައިލް ޞަފްހާގައިވާ ގުޅޭނެ ފޯނު ނަމްބަރު ފުރިހަމަ ކުރަން ވާނެއެވެ. މިމަޢުލޫމާތުތަކަކީ އާއްމުކޮށް ޝާއިޢު ކުރެވޭނެ އެއްޗެއް ނޫނެވެ.
• މިމުބާރާތަށް ހުށަހަޅާ ވާހަކަތައް ބޭނުންކުރުމާއި، “އެސްފިޔަ”އިން އަލުން އެއެއްޗެއް ބޭނުން ކުރުމާއި، އެހެންފަރާތްތަކާއި ހިއްސާ ކުރުމާއި، ޕަބްލިޝް ކުރުމުގެ ފުރިހަމަ ބާރާއި ޙައްޤު “އެސްފިޔަ” އަށް ލިބިގެންވެއެވެ.


ވާހަކަ ލިޔުމަށް ހުޅުވާލެވިފައިވާ މުއްދަތު

• ފެށޭ ދުވަސް :27 މެއި 2017
• ނިމޭ ދުވަސް :30 ޖޫން 2017
• ވާހަކަތަކަށް ލައިކްއާއި ޝެއާރ ކުރުމުގެ ސުންގަޑި:
* 05 ޖުލައި 2017ގެ ނިޔަލަށް.


މުބާރާތުގެ ވަނަތަކާއި އިނާމް

1 ވަނަ އިނާމް

4000 ރުފިޔާގެ ފައިސާގެ އިނާމް
ޕޮއިޒް ޕާރފިއުމް އިން ހުށައަޅާ ގިފްޓް ވައުޗަރ
ސައިކޮމް ޓިއުޝަން ސެންޓަރުން ހުށައަޅާ 6 މަސް ދުވަހުގެ ކޯހެއް

2 ވަނަ އިނާމް

2500 ރުފިޔާގެ ފައިސާގެ އިނާމް
ޕޮއިޒް ޕާރފިއުމް އިން ހުށައަޅާ ގިފްޓް ވައުޗަރ

3 ވަނަ އިނާމް

1500 ރުފިޔާގެ ފައިސާގެ އިނާމް
ޕޮއިޒް ޕާރފިއުމް އިން ހުށައަޅާ ގިފްޓް ވައުޗަރ

* މީގެ އިތުރުން މިމުބާރާތުގެ އެންމެހާ ބައިވެރިންނަށް ހަނދާނީ ލިޔުމެއް ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ވަނަ ތަކަށް ހޮވޭ ވާހަކަތައް ހިމެނޭ މަޖައްލާއެއް ނެރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިފުރުސަތުގައި އެސްފިޔައިގެ ލިޔުންތެރިންނާއި ކިޔުންތެރިން އެސްފިޔައަށް ދެއްވާ ތަރުހީބަށް ޝުކުރުވެރިވަމެވެ.

 ރަމަޟާން މުބާރިކް..!!!

Share Article

Follow Me Written By

Admin

1K Visits3K Visits100 Login500 Login100 Comments500 Comments1K Comments10 Stories100 Stories500 Stories

Other Articles

Previous

ހިތުގެެ ތެޅުން…

Next

އިއުނާސް (14) – ފަހުބައި

Next
May 26, 2017

އިއުނާސް (14) – ފަހުބައި

Previews
May 26, 2017

ހިތުގެެ ތެޅުން…

14 Comments!

  1. Saandy says:
    May 26, 2017 at 4:21 pm

    Mee varah kaamiyaabu mubaaraathakah vaane kamah ummeedhu kuran… Iburaiytheri reethi vaahakathakeh kiyaalan libeyne kamah ummeedhu kuran 🙂

    1. raf says:
      May 26, 2017 at 4:52 pm

      insha allah

  2. Aaishaa says:
    May 26, 2017 at 6:56 pm

    Mi mubaaraathugai himeneyny hama ekani dheenee kankamuge mahchah liya vaahaka tho
    Nuny rivethi akhlaagaai islaam dheenugai baaru alhuvvaafaivaa kankamuge mahchah liyeveynetho
    Misaalakah mainbafainnah alhaalun
    Dharinge hagguthakah rakkaatherivun
    Mifadha kankamuge mahchah liyeveynetho

    1. Admin says:
      May 26, 2017 at 7:18 pm

      Aaishaa, yes you can write. islaam dheenugai baaru alhuvvaafaivaa kankamuge mahchah liyeveyne. If you need more info call us on 7997991

    2. Aaishaa says:
      May 26, 2017 at 7:34 pm

      Thank you admin

  3. Faiha says:
    May 26, 2017 at 8:39 pm

    V rangalhu kameh.. faahish kanthah thah himeney vaahakathah huttaalumah fahu abadhuves dheenaa hilaaf nuvaa ibraiyytheri vaahaka ekani up kurevey site eh kamugaa mi site hadhamaatho.
    Konme amalakyvx suvaal veveyne amaleh.

  4. Amoo says:
    May 26, 2017 at 11:51 pm

    Really can’t wait to read all stories….

  5. Mary says:
    May 27, 2017 at 9:21 am

    Baeh waahaka thakuga beynunkuraa photo hurey, islaamee mujuthamauaa nugulhey, Ahlaagee mingadaa khilaafu photoves. Gavaaidhuge photoah evves sharutheh nethyma hadhaan kolladheyn beynun.

    1. Mary says:
      May 27, 2017 at 9:24 am

      Dheenee kuru waahaka mubaaraathehga dheenee mingadu thakaa khilaaf photo beynun kurevigen nuvaane kanneyge.

  6. Faalih says:
    June 1, 2017 at 3:30 pm

    Fookolhuga roavyma kuruvaahaka mubaarai advertised kury :-/

  7. Hira says:
    June 2, 2017 at 12:12 am

    konthaakutha post kurany

    1. Admin says:
      June 2, 2017 at 5:24 pm

      https://www.esfiya.com/mp/1438/

  8. inaya says:
    June 3, 2017 at 8:42 pm

    varah rangalhu kameh..keep it up esfiya

  9. Saandy says:
    July 11, 2017 at 8:55 pm

    Meege natheejaa aanmu kurany kon irakun?? Natheejaa members ah fenna gotheh aanmu kurumaky v muhinmu kameh kamugai dheken

Comments are closed.



All Right Reserved!