މުއްސަދި އާއިލާއެއްގެ ކުޑަކުއްޖަކު އެފަދަ ހިތާމަވެރިގޮތަކަށް ނިމި ދިޔުން ވެގެންދިޔައީ މީޑިޔާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދިކަމަށެވެ. މަޝްހޫރު ވިޔާފާރިވެރިޔާ ނަކީލްގެ ހުރި ހަމައެކަނި ދަރިފުޅުގެ ކުއްލި މަރުގެ ހަބަރުން އެތަށް ބަޔަކު ހިތާމަ ފާޅުކުރަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ މިއީ ވަރަށް ގާތުން ބަލައި ތަހްޤީގް ކުރަން ޖެހޭ މައްސަލެއްކަމަށް ބުނަމުނެންނެވެ. އެކަމާއި މެދު އެތަށް ބައެއް ސުވާލު އުފައްދަމުން ދިޔުން ވެގެން ދިޔައީ ޕޮލިހުން ވެސް މިކަމުގައި އިސްސަފުގައި މަސައްކަތްކުރަން ޖެހުނުކަމެއް […]
ދެ މީހުން ހީވީ ދެންމެ ދެންމެ ގަޔަށް އަރައިގަނެފާނެ ހެންނެވެ. “ވަޓް ދަ ހެލް އާ ޔޫ ޑުއިންގް ހިއާ؟؟” ލީވާންގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ. އަނެއް ކޮޅުން އައިރީން ހުރީ ބަހެއް ވެސް ބުނަން ނުކެރިފައެވެ. ލީވާން ގެ ރުޅިގަނޑު ފެނި އޭނާވެސް ފަސް ޖެހެވެނީއެވެ. ގޮތް ހުސްވެފައި ވާ މީހަކު ފަދައިން އައިރީން އެތަނުން ނުކުތެވެ. ކިތެއްމެ ވަރަކަށް ރުޅި އަޔަސް ލީވާނަކީ އެތާ ބޮޑު މީހެއް ކަމުން ބަހުސް ކުރަން ބޭނުން […]
ޒީން އިނީ ގުޑާލަންވެސް ނުކެރިފައެވެ. މާޒީގެ ހަނދާންތައް އަޅުވާފައި ހުރި ފިލްމެއްހެން ސިފަ ވަމުން ދިޔައެވެ. އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް އެހަނދާންތަކާއި ދުރުނުވި ހުރި ހިތްދަތި ކަމެވެ. އަށް އަހަރު ކުރިން އޭ ލެވެލް އިމްތިހާން ނިއްމުމަށްފަހު ޒީންއާއި ޔުމްނު ޗުއްޓީއަށް ދިޔައީ ޒީންގެ އުފަން ރަށް ކ.ގުޅިއަށެވެ. ދެމީހުންވެސް އިމްތިހާން ނިއްމާލީ ނުހަނު ފޮނި އުއްމީދީ ނަތީޖާއެއް ލިބޭނެ ކަމާއި މެދު ކުޑަކޮށްވެސް ޝައްކު ނުކޮށެވެ. ދެ އަހަރުގެ ކިޔެވުމުގެ ނަތީޖާ ވަރަށް ފޮނި […]
ރޭގައާއި ކުރީރޭ ނުނިދާ ހުރުމުގެ ސަބަބުން ނިދަން އެއްގޮތަކަށްވެސް އޭނާ ބޭނުންނުވި ކަމުގައިވިޔަސް ތަންމަތީ ޖެހުންހެން ހީނުވެ ދިމްރާއަށް ވެފައި ހުރި ވަރުބަޔެއްގެ ސަބަބުންނާ އެއްކޮން ވަރަށް އަވަހަށް ނިދިއްޖެއެވެ.އެ ނިދިގޮތަށް އޭނާއަށް ހޭލެވުނީވެސް އަސްރުވާން އުޅެނިކޮންނެވެ.އެހެންކަމުން އޭނާ ތިރިއަށް ފޭބީ މެންދުރާއި އަސުރު ނަމާދުވެސް ކޮއްލައިގެންނެވެ.އޭރު މީހާ ހުރީވެސް ވަރަށް ބޮޑަށް ހަމައަކަށް އެޅިފައެވެ.އެކަމަކު އޭރު ޔުއާންގެ މޫނު ބަލައިލަން ދާހިތުން އޭނާއަށް ހުރެވެނީއެއްވެސް ނޫނެވެ.ނަމަވެސް ތިރިއަށް ފޭބުމުންވެސް ޔުއާންގެ ކައިރިއަށް ދިޔުމުގެ ކުރިން އޭނާއަށް […]
މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ކިތަންމެ ވަރުބަލިވެފަ ހުރި ނަމަވެސް އަހަރެންނަށް ނިދޭގޮެތެއް ނުވިއެވެ. ކޮންމެ ރެޔަކުވެސް އަހަރެންގެ ހާލަކީ އެއީއެވެ. ސަމާއާ ދޭތެރޭ ވިސްނާފަ އިތުރަށް މާޔޫސްވަނީއެވެ. ސަމާއާ ދޭތެރޭ އަހަރެންނަށް ނުވިސްނޭ އެންމެ ރެޔެއްވެސް ނުދެއެވެ. އެހަނދާން ތަކާ އަހަރެންނަށް ދުރަށް ދެވޭގޮތެއްވެސް ނުވިއެވެ. ކިތަންމެ ވަރަކަށް ސަމާއާ ދޭތެރޭ ވިސްނާފަ ހިތާމަ ކުރިޔަސް ސަމާ އެނބުރި ނާންނާނެކަން އަހަރެންނަށް އިނގެއެވެ. އެއީ މީގެ އެއްމަސް ދުވަސް ކުރިންނެވެ. އަހަރެންނަށް ހޭލެވުނީ […]
އަހަރުގެ ޗުއްޓީނިމި ކިޔެވެން ފެށެން ގާތްވުމާއެކު ޝަމާލް އާއި އަރޫން ތައްޔާރުވަމުން ދިޔައީ ފުރުމަށެވެ. ހަމައެގޮތަށް ދޮންތަމެން ހަނީމޫނަށް ފުރުމާއެކު މަލާކް ވެސް މައިޝާއާއި އެކު ދިރާސީ އައު އަހަރަށް ތައްޔާރީތަށް ވަމުން ދެއެވެ. ކިތަންމެ ހިތްނޭދުނަސް އަރޫން މަލާކްގެ ކުރިމަތިން ގެއްލޭޗަގުތުކުޑަތަން ވަމުން ދާވަރަކަށް އެފަކީރުގެ ހިތްނުތަނަވަސްވުން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް މުސްތަޤުބަލަށްޓަކައި ކިޔެވުންވެސް އެހާމުހިއްމެވެ. މަލާކް އާއި އެކު ފޮތްތަށް ރެޑީކުރަންހުރި މިޝާ އެއްކައިރިއަށް ޖެހިލީ ޝަމާލް ގުޅުމުންނެވެ. ރާއްޖޭން ބޭރުގައި ހޭދަކުރަމުން ދިޔަ […]
“އެއީ ތެދެއްތަ ދަރިފުޅާ..ގަބުރެއް ލައްގައިގެންނޯ އުޅެނީ..” ގެއަށް ވަދެގެން އައި ކައިޝާއަށް ބަލާލަމުން ހުސްނާ ބުނެލި ވާހަކަ އީތަންއަށް އިވުނެވެ. ސައިކަލު ސްޓާޓް ކޮށްލަމުން ޕޮލިސް ސްޓޭޝަނަށް މިސްރާބު ހުރި އިރު އެހިތަށް އުދަގޫ ވަމުން ދިޔައެވެ. އީތަން ދުވެލާފައި ސްޓޭޝަނަށް ވަދެގެން ދިޔައިރު އެއޮމާން ނިތްކުރިމަތިން ދާތިކިތަށް ބަބުޅަމުން ދިޔައެވެ. އެހިތް ނުތަނަވަސް ވެފައިވާއިރު ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އީތަންއާ އެންމެ ފުރަތަމަވެސް ބައްދަލުވީ އެޕޮލިސްޓޭޝަނުގެ އިންޗާޖްކަމަށްވާ ހަލީމް ސަރ އާއެވެ. އީތަން […]
އައިރީން ވަރުބަލި ކަމާެއެކު ގޭގެ ދޮރުމައްޗަށް އެރި ވަގުތު ތުރުތުރުއަޅާ ބަލި އަޑަކުން ގޮވާލި އަޑު އިވުނެވެ.”ދަރިފުޅާ ފެންފޮދެއް ގެނެސްދީބަލަ” މިއީ އޭނާ މަންމަ ނަޢީމާގެ އަޑެވެ. އައިރީން އަވަސްވެގަތީ ނޢީމާއާށް ފެން ދނުމަށެވެ. އެ މަންމަ ފެނުމުން އައިރީން ހިތުގާ ރިހުމެއް އުފެދުނެވެ. ނަޢީމާ ފެންނަ ކޮންމެ ފަހަރަކު ވެސް އައިރީނަށް ވަނީ މިވަރެވެ. ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކުރީގަ ނަޢީމާގެ ރީތި ހަށިގަނޑު ވަނީ ހިކި އަނަރޫފަ ވެފައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން އެ މައުސޫމް ދެލޯ ވަނީ ވަޅު ހެދިފައެވެ. ނަޢީމާ ހިތާމަ ކުރާތަން އެތެއް ރެއަކު އިއިރީން ގެ ލޮލަށް ވަނީ ފެނިފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އައިރީން ހިތުގައި ފިރިހެނުންނަށް ދެވިފަ އޮންނަ ނަފްރަތުގެ އޮއެވަރު ބޮޑުވެގެން ދެއެވެ. މަންމައަށް ފެންދިނުމަށް ފަހު އައިރީން ދިޔައީ ނަމާދު ކުރާށެވެ. ފިރިހެން ވަންތަ ހިނގުމެއްގައި އޮފީހަށް ވަދެގެން އައި ޒުވާނާ ފެނި އެންމެންގެ ލޯތަށްް އޭނާއަށް އަމާޒު ވިއެވެ. އެ ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑު ފެނި އެތާތިބި އަންހެން ކުދިންގެ ހިތްތައް ލެނބެމުން ދާ އިރު ފިރިހެން ކުދިން ހތުގައި ހަސަދަވެރިކަން ހިނގާނެކަން ގައިމެވެ. ރީތި ވަރަކަށް ދިގު ވެފައިވާ ފަން އިސްތަށިގަނޑާއި ހީލުމުގެ ސަބަބުން ކޮލަށް އެޅޭ އަޑިކޮޅުން އޭނާގެ ރީތިކަން އިތުރު ކޮށްދެެއެވެ. އެ މަޑު ނޫކުލައިގެ ކަޅި ފެނި އަންހެން ކުދިންގެ ހިތްތައް ފިދާވަމުން ދިޔައިރު މިއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ލީވާން ބެލީ އޭނާގެ ކެބިންއަށް ދެވޭތޯއެވެ. އޭނާ ބައްޕައަށް މިއަދު ބާއްވާ އިންޓަރވިއުއަށް ނާދެވޭނެ ވާހަކަ ބުނުމުން އޭނާ އެކަމާ ހަވާލު ވިއެވެ. އެހެން ކަމުން އެކަމަށް ބޭނުންވާ މުހިއްމު ފައިލްތައް ހިފައިން އޭނާ އަވަސްވެގަތީ މީޓިންގް ހޯލަށް ދިއުމަށެވެ. ޑްރެސިންގް ޓޭބަލް ލޯގަނޑު ކުރިމަތީ ރީތި ވާން ހުރި އަިއިރީން ހުރީ ހާސް ވެފައެވެ. “އެންމެ ފުރަތަމަ ދުވަހު ވެސް މިދެވެނީ ގަޑި ޖެހިގެން!!”އަައިރީން އަމިއްލަ ނަފްސަށް ޝަކުވާ ކުރިއެވެ. ހުދު ގަމީހަކާއި މެރޫން ކުލައިގެ ޕެންސިލް ސްކާޓް ލައިގެން ހުރިއިރު އޭނާއާ ނުހަނު ގުޅެއެވެ. މުށި ކުލލަިގެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް އައްސާ ތުންފަތުގައި މެރޫން ކުލައިގެ މެޓްް ލިޕސްޓިކެއް ޖައްސާ ލެވިފާ ވާއިރު އޭނާގެ މައުސޫމު ކަން ހާމަ ވެގެންދެއެވެ.ހިތްހަމަޖެހޭ ވަރުވުމުން އޭނާ ގެންގުޅޭ އަތް ދަބަސް ހިފަައިން ނުކުތެވެ. “މަންމާަ ރީން ދަނީ….“ދޮރުން ނުކުންނަމުން ނަޢީމާއަށް އަޑު އިވޭނެ ވަރަށް އައިރީން ގޮވާލިއެވެ. “ގުޑް ލަކް…އިރާދަކުރެއްވިއްޔާ ރީން އަށް ތި ޖޮބް ލިބޭނީ…”ހިނިތުން ވަމުން ނަޢީމާ ބުނެލިއެވެ.”ތެންކްސް މޯމް….ހަނދާންކޮށް ބޭސް ކާތި..”ނަޢީމާ މިހާ ބަލިކޮށް އުޅޭ އިރު ދާން ނުރުހުނު ނަމަވެސް ނަޢީމާ ކިޔާ ވަރުން ދާން އެއްބަސްވީ ހިތާ ދެކޮޅަށެވެ.”ޑޯންޓް ވޮރީ ދޮންތާ…އުލީ މިހުރީނުން…އުލީ މޮމްއަށް ބޭސް ދޭނަން…ބެސްޓް އޮފް ލަކް އިންޓަރވިއުއަށް..”ކޮއްކޮގެ ބަސް ތަކުން އައިރީން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށް ބޭރުގައި އޮތް ޓެކްސީއަށް އަރައި ދާން ވީ މަންޒިލް ޑްރައިވަރު ކައިރި ބުނެ ހަމަޖެހިލިއެވެ. 10 ވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު އައިރީން ހުރީ ބްލެކްޕާލް ކޮންޕަނީ ކުރިމަތީއެވެ. ހަޔާތުގަވެސް މިކަހަލަ އިންޓަރވިއު އަކަށް އައި ފުރަތަމަ ފަހަރު ކަމުން އޭނާގެ ހިތް ތެޅެނީ އެއެއް މިއެއް ބަލާފަ އެއްނޫނެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އެތެރެއަށް ދާން ހިނގައިގަތެވެ. އައިރީން ގޮސް ރިސެޕްޝަންގައި ހުރި ކުއްޖާ ކައިރިން އިންޓަރވިއު އޮތް ތަނެއް އޮޅުން ފިލުވާ އެ ދިމާލަށް މިސްރާބު ޖެހިއެވެ. ލަސް ފިޔަވަޅުތަކެއްގައި މީޓިންގް ހޯލާ ދިމާލަށް އައިރީން ހިނގައިފަ ދިޔއިރު އަދިވެސް އޭނާ ހިތް ހަމަ އަކަށް ނޭޅެއެވެ. އެހެންނަމަވެސް ހިތްވަރު ކޮއްފައި ދޮރު ހުޅުވާފައި އެތެރެައަށް ވަނެވެ. މީޓިންގް ހޯލް ދޮރު ހުޅުވުނު އަޑަށް ލީވާން ފޯނު ބާއްވާ ފަސް އެނބުރި ދޮރާއި ދިމާލަށް ބަލައިލި ވަގުތު ދެ ބުމަ ގޮށް ޖެހުނެވެ. ކުރިމަތީ ހުރީ ދުވަހެއްގެ ކޮޅުން ވެސް އޭނާ ދެން ފެންނާނެ ކަމަށް އެންމެ ހީ ނުކުރާ ސޫރައެވެ. އައިރީނަށްވެސް ވީ އެވަރެވެ. ކުރިޔަށް ފިޔަވަޅެއް އަޅާލަން ނޭގިފައިން އައިރީންގެ ނަޒަރު ވަނީ ކުރިމަތީހުރި ގޮނޑީގައި އިށީނދެގެން ހުރި ލީވާނަށެވެ.”ޔޫ!!” ދެ މީހުންނަށް އެއްފަހަރާ އެހެން ބުނެވުނެވެ. އޭރު ދެ މީހުން މޫނުން ވެސް ފެންނަނީ ރުޅިވެރި ކަމެވެ. ހީވަނީ ދެންމެ ދެންމެ ގަޔަށް އަރައިގަނެފާނެހެންނެވެ.. -ނުނިމޭ-
އެންމެ ފުރަތަމަ އަހަންނަށް އޭނަ ފެނުނީ ކައިރި ރަށެއްގައި އޮތް ޝޯއެއްގެ ތެރެއިންނެވެ. ފުރަތަމަ ނަޒަރުންވެސް ހިތަށް ގޮތެއް ވެގެން ދިޔަ އެވެ. އެއްގޮތަކަށްވެސް އެއީ ކާކު ކަމެއް ނޭނގެ އެވެ. ކުރެވުނު ހާވެސް ކަމަކީ ވައްކަޅިން އެ ޒުވާނާއަށް ބެލުމެވެ. ކޮންތާކު އުޅޭ މީހެއްކަން ނޭނގެތީ ފާޑެއްގެ އަސަރެއް ހިތަށް ކުރި އެވެ. ގާތުގައި ރައްޓެއްސެއް ކައިރީގައި އެއީ ކާކު ތޯ އެހީމަ ދިން ޖަވާބު ކިތަންމެހާވެސް ފުރިހަމަ އެވެ. “މަށަކަށް ނޭނގެ ކާކު ކަމެއް؟ […]