އަމާން އެތަނުން ނިކުމެގެން ދިޔަ ގޮތައް ގޮސް ކާރަށް އަރާ އިށީނދެ ހަމަޖެހިލިއެވެ. އޭނާއަށް ހީވީ ބޮލުން ބޮޑު ބުރައެއް އުފުލުނު ހެންނެވެ. ވަގުތުން ފޯނު ނަގާ އަފްރީންގެ ނަންބަރަށް ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ފުރަތަމަ ރިންގާއެކު އަފްރީން ފޯން ނަގާ “ހަލޯ” އޭ ބުނެލިއެވެ. “އަފޫ އެބަދަން ބަލާ އެއްވެސް ސުވާލެއް ނުކޮށް އަހަރެންނާއި އެކު އަހަރެން ގެންދާތާކަށް ގޮސްފާނަންތަ؟؟ “އަފްރީން “އާއެކޭ” ބުނުމުން އަމާން ތި ގޭ ކައިރިއަށް އެބަދަމޭ ބުނެ ފޯނު ކަނޑާލިއެވެ. […]
އެންމެގެ ނަޒަރު މަލާކްއަށް ހުއްޓުމުން ލަދުން މިޝާގެ ފަހަތަށް ވަނީީ ހަދާނެ އިތުރުގޮތެއް ނެތުމުންނެވެ. އޭރު އެފަކީރުގެ މޫނަށް ވަނީ ޖަންބުކުލައަރާފައެވެ. “މީހަމަ ބައްޕަ މަލްކޮތަ.. މާޝާ ﷲ ހާދަރީއްޗޭ.. ބައްޕަހީވެސް ނުކުރަން ތިގޮތަށް ބައްޕައަށް ސަޕްރައިޒްއެއް ދޭނެކަމަށް.. މިރޭ ބައްޕަ ވަރަށް އުފާވެއްޖެ.. ” ހިޝާމް އައިިސް މިޝާގެ ފަހަތަށްވަތް މަލާކް އަަެނާގެ ކުުރިމައްޗަށްގެނެސް ވާހަކަދެއްކިއެވެ. ހުދުކުލައިގެ ކަކުލާހަމައަށް އަރާ ހެދުމަކާއެކު ފެހިކުލައިގެ ލެގިންސްއެއް ލާފައިވާއިރު ބޯފޮރުވާލެވިފައިވަނީ ފެހިކުލައިގެ މިޒަމާނުގެ އެންމެ ފެޝަން ޝޯލްއަކުންނެވެ. ޝޯލްއަޅާލާފައިވާގޮތުން […]
އައިރީން ވަރުބަލި ކަމާއެކު ގޭގެ ދޮރު މައްޗަށް އެރި ވަގުތު ތުރުތުރުއަޅާ ބަލި އަޑަކުން ގޮވާލި އަޑު އިވުނެވެ. “ދަރިފުޅާ ފެންފޮދެއް ގެނެސްދީބަލަ” މިއީ އޭނާ މަންމަ ނަޢީމާގެ އަޑެވެ. އައިރީން އަވަސްވެގަތީ އޭނާ މަންމައަށް ފެންދޭށެވެ. އެ މަންމަ ފެނުމުން އައިރީން ހިތުގައި ރިހުމެއް އުފެދުނެވެ. މިއީ ނަޢީމާ ފެނުމުން ކޮންމެ ފަހަރަކު ވެސް އައިރީނަށް ވާވަރެވެ. ކުރީގަ ނަޢީމާގެ ރީތި ހަށިގަނޑު މިހާރު ވަނީ ހިކި އަނަރޫފަ ވެފައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން އެ ދެލޯ ކައިރި ވަނީ ވަޅު ހެދިފައެވެ. ނަޢީމާ ހިތާމަ ކުރާތަން އެތަށް ރެއަކު އައިރީން ގެ ލޮލުން ވަނީ ފެނިފައެވެ. އެއިން ކޮންމެ ފަހަރަކު ވެސް އައިރީން ހިތުގަ ފިރިހެނުންނަށް އޮންނަ ނަފްރަތު ދަނީ ބޮޑު ވަމުންނެވެ……. *********************************************************************
މާލޭގެ ބިމުގައި ފައި ބީއްސާލުމާއި އެކު ޒިއަމްގެ ހިތަށް ވެރިވީ އުފާވެރިކަމެވެ. ކިތައްމެ ގިނަ ދުވަހެއް ބޭރުގައި ހޭދަ ކުރުމަށްފަހު އުޅެ ބޮޑުވީ ރާއްޖޭގައި ކަމުން ގައުމަށްޓަކައި އުފެދިފައިވާ ލޯބި މޫނުމަތީވި ހިނިތުންވުމުން ދައްކުވައި ދެއެވެ. މީހުން ބުނާތީ އަޑު އަހަމެވެ. މިޒަމާނުގެ ކުދިން ބޭރަށް ދިޔުމުން އަމިއްލަ ގައުމު މަތިން ހަނދާންނެތެވެ. ބަހާއި ހުލްގު ގެއްލެއެވެ. އެހެން ނަމަވެސް ޒިޔަމް އެފަދައެއް ނޫންކަން އޭނާ ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ލައިގެން ހުރީ ވީ ކަރުގެ […]
“އަ..އައި މީން” އާމިލް ދިފާއުގައި އަވަސް އަވަހަށް ވާހަކައެއް ހަދާލަން އަވަސްވެގަތް ނަމަވެސް އިތުރަށް ބަހެއް ނުބުނެވުނީ މޫނު މައްޗަށް އަރައިގެންދިޔަ ނާސިރުގެ އަތުގެ ހޫނު ހަމާލައިގެ ސަބަބުންނެވެ. “ކަލޭތަ އަހަރެން ދަރިފުޅު މަރާލީ” ނާސިރުވެސް ހަޅޭއްލަވައިގަތީ އެހެން ކިޔާފައެވެ. “މާ ބާރަށް ހަޅޭއްނުލަވާ..އަހަރެން ހިފެހެއްޓީމަ އަމިއްލައަށް ގަދަހަދާފަ އޭނާ ވެއްޓުނީ..ދެން އެވަގުތު ކުޑަދޮރު ކައިރީ ހުރުން އެއީ އަހަރެންގެ މައްސަލައެއްނޫން..ޔުއާންގެ ކައިރިއަށް ދާން ގަދަނުހެދިނަމަ މަރެއްނުވީހެއްނު..އެވަރުންވެސްވެއްޖެ ވިއްޔަ ޔުއާންގެ ކިބައިން މާފަށް އެދެންށޭ ކިޔާފަ ޔުއާންގެ […]
“އަލްހަމްދުލިﷲ..މި ބަލާވެރިކަމުން ތި ދެކުދިން ސަލާމަތް ވެއްޖެ..ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން..ބޭބެގެ ދުޢާ ވަނީ ތި ދެކުދިންނާއެކު..” އަލިބެގެ މޫނުމަތި ވަނި އުޖާލާވެފައެވެ. އެތަނުގައި ތިބި ގިނަބައެއްގެ ހިތްތަކުގައި ބިރުވެރިކަން ވީނަމަވެސް ކޮންމެ މީހަކުވެސް ޝުކުރު ކުރަމުން ދިޔައީ މުސީބާތުން ސަލާމަތް ވުމުންނެވެ. އަލިބެ އެފުޅިއަށް ބަލާލަމުން އޭތި ކަޅުކުލައިގެ ކޮތަޅަކަށްލައި އައްސާލިއެވެ. އެފުޅިއަށް ހަދަންވާގޮތް އަލިބެއަށް އެނގެއެވެ. ކައިޝާގެ އަތުގައި ހިފަހައްޓައިގެން ހުރި އީތަންގެ ހިތުގައި ޒިއަދަންއާއި މެދު ހަމްދަރުދީވިޔަސް އޭނާގެ އުނދަގުލުން ސަލާމަތް ވުމުން އުފާވެސް […]
މިއޮއްވީހާއިރު އަލާނިޔާ ރުއިމުގެ ސަބަބުން ލައިތްއިނީ ހިތްކުދިކުދިވެފައެވެ. އެކަކު ގާތު ނުބުންޏަސް އެ ނާޒުކު އަންހެން ކުއްޖާއެއީ އޭނާގެ ހިތުގެ މަލަކާއެވެ. ނަމަވެސް އެންމެ ކުރިންވެސް މުލައިލް އާހެދި އަލާނިޔާއަށް ވާވަރު ފެނުމުން ލައިތްއަށް ފަސްޖެހެވެނީއެވެ. އެހެންނޫނަސް އޭނާއެއީ އަބަދުވެސް މަޑުން ހުންނަ ކުއްޖެއްކަމުން ބުނަން ނުކެރެނީއެވެ. މިހާރުވެސް އަލާނިޔާ މުލައިލް އާހެދި މޮޔަވެފަ ހުންނަވަރުން ނުބުނެވެނީއެވެ. އެހެންކަމުން އަލާނިޔާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކަކީވެސް ލައިތްއަށް ނުހަނު ވޭންދެނިވި ކަމެކެވެ. އަލާނިޔާ ކިތަންމެ ހަމަޖެހޭ ގޮތް […]
“އަހަރެންމީ ވަރަށް ބޮޑު ކުއްވެރިއެއް..ޔާނީގެ މަރުގެ ޒިންމާދާރަކީ އަހަރެން..އަހަރެން ގެއިން ނުކުތީމަ..ޔާނީ ފަހުން ވާހަކަ ދައްކަން އެހާ މަސައްކަތް ކުރަމުން ދިޔައިރު އެ ފުރުސަތު ނުލިބުނީމަ..އެކަމުގެ ހިތާމާއިގަ ޔާނީ އެ މަރުވީ..ޔާނީ ހާދަ މަސައްކަތެއް ކުރިއޭ އަހަރެންގެ ފޯނަށް ގުޅައިގެން ޓޯކް ކުރަން..ބަޓް އަހަރެން އެހުރިހާ ކޯލެއް އިގްނޯރ ކުރީ..އަހަރެން ކިހާ ސެލްފިޝް ދޯ..އަހަރެން ދެރަވީމަ، ޔާނީ އަހަރެން ދޫކޮށްލީމަ އަހަރެން ވިސްނީ އަހަރެންގެ ސެލްފާ ދޭތެރޭ އެކަނި..ޔާނީ އަހަރެން ދެރަ ކުރީތީ އަހަރެން އެ ކޯލްތަށް […]
އެހާ ގިނަދުވަސް ވަންދެން ދޮރު ނުހުޅުވަ ހުރުމުން ދޮރުހުރީ ތާށިވެފައެވެ. ތަންކޮޅެއް ބާރުލާފައި އަހަރެން ދޮރު ކޮއްޕާލީމެވެ. ދޮރު ހުޅުވުމާއެކު ސިކުންތަކަށް އަހަންނަށް ހީވީ އަހަރެންގެ ހަށިގަނޑު ތެރެޔަށް ހޫނު ވައިރޯޅިއެއް ވަދެގެން ދިޔަހެނެވެ. އެއީ މާގިނަ ދުވަސް ވަންދެން ކޮޓަރި ބަންދުކޮށްފައި ހުރުމުން އާވި ވެފައި ހުރުމުން ހީވިއެއްޗެއް ކަމަށް ނިންމާ ކޮޓަރި ތެރެއަށް ވަނުމަށް އަހަރެން ފިޔަވަޅެއް ނެގީމެވެ. އޭރު އަހަރެންގެ ހިތް ހީވަނީ އަހަރެންގެ އަނގައިން ނުކުމެދާނެހެންނެވެ. އަހަރެންގެ ހިތް ދިޔައީ […]