“ސޮރީ ގަބޫލު ކުރާނީ ޝަރުތެއްގެ މަތިން..” ލީވާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ.”އައިރީނަށް ދެލޯ ބޮޑުކޮށްފައި ބަލައިލެވުނީ ކުއްލިއަކަށެވެ.”އަނެއްކާ މިމީހާގަނޑު އަހަރެންް ލައްވާ ކީއްކުރަން ހިތުލައިގެން އެހުރީ؟؟” އައިރީން ހިތާހިތުން ބުނެލިއެވެ. “ލުކް މިސްޓާ…އަހަރެން މިތަނަށް މިއައީ ތިމީހާގެ ޝަރުތުތައް އަޑުއަހާ އެކަން ކޮށްދޭކަށް ނޫން…މާޢަފް ކުރުމާ ނުކުރުމާ އެއީ ތިމީހާގެ ކަމެއް…އަހަރެން ކޮންމެހެން ސޮރީ ބުނީވެސް ތިމީހާގެ ރަނގަޅު ކަމަކުން އެހެންނޫނީ ރީތި ކަމުންނާ މުއްސަނދި ކަމަކުންވެސް ނޫން…އެރޭ އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން […]
ހާޝިމް އުޅެނީ ރައްޓެހި ފިރިހެން ކުދިން ތަކަކާއި އެކީ ދެރޫމް އެޕާރޓުމެންޓެއްގައެވެ. މިއީ ޒައިނާ މިގެއަށް އައި ފުރަތަމަ ފަހަރެވެ. އެތެރެއަށް ވަދެގެން އައި ޒައިނާގެ ނަޒަރު ދެ ކޮޓަރީގެ ތަނަށް ހިންގާލިއެވެ. ގޭގެ ހަތަރު ބިތް ކޮންކުރީޓުން ހަދާފައި ހުއްޓަސް އެތޭރޭގައި ގިނައީ ލަކުޑި ފިލާތަކެވެ. ހީވަނީ ޕާރޓިޝަން ޖަހައި ވަކި ކޮށްފައި ހުރިހެންނެވެ. ޒައިނާ އެތެރެއަށް ވަދެގެން އައި އިރު ޓީވީ އިން ގޭމް ކުޅެން ފިރިހެން ކުދިންތަކެއް ތިއްބެވެ. ހާޝިމް ޒައިނާ ގެ […]
ޔުސްރާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އެ މީހާ ހޯދަންދިޔަ ދުވަހެވެ. އެދުވަހު އެ މީހާވެސް ބުނީ އެއީ އާލް ކަމުގައެވެ. އެހެންވިރު އެއީ އަލާނިޔާއަށް ވެދާނެކަމަށް ޔުސްރާގެ ހިތްބުނެލިއެވެ. އެއީ ކުރީގައި އަލާނިޔާ އަމިއްލަޔަށް ކިޔާ އުޅުނީ އާލްކަމަށް ވުމުންނެވެ. “ލާނީ… އެކަހަލަ މީހުންގެ ގައިތެރޭގައި އެކި އެކި މީހުން އުޅޭނެހެން ހީވާނެ. އެކަމަކު ހަގީގަތަކީ އެމީހާގެ ސިކުނޑީގަ އަސްލު އެމީހުންގެ ކަންކަން ނަގައިގަނެފަ ހުންނަކަން.އަހަންނަށް ހީވަނީ ލާނީގެ ރޫ މަރެއް ނުވޭހެން. ލާނީ…އެއީ ރޫ..ރޫއަށް […]
ނަކީލް ފޯނެއް އައުމުން ބޭރަށް ނިކުތީ މާޔާގެ އަތުގައި ބޮސްދިނުމަށް ފަހުގައެވެ. އޮޕްރޭޝަން ކުރިތާ ހަތް ގަނޑިވީއިރުވެސް މާޔާ ހެޔެއް ނޭރުމުން ނަކީލްގެ ހިތް މާޔުސްވެފައިވީ ނަމަވެސް އުއްމީދުކަނޑައިނުލައެވެ. މާޔާ ހޭލާނޭއޭ އެހިތްބުނާތީއެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން ނަކީލް އާދައިގެ ހިނގުމެއްގައި އައިސް ވަތް އިރު ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ކުރަންވީ ކީއްކަމެއް ނުވިސްނިފައި ހުރެވުނީ ހާސްވެފައި ހުރިވަރުންނެވެ. ” މާޔާ…” އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ ބިރުގެންފައިވާ ހާލުގައެވެ. މީވީ ކިހިނެތްހެއްޔެވެ. މިއީ […]
“މިލްކު ކޮށްލީ ހިތޭ” މިވާހަކައަކީ ހިތާމަވެރި ލޯބީގެ ޙާދިސާއެއްގެ މައްޗަށް ބިނާކުރެވިފައިވާ ޚިޔާލީ ވާހަކައެކެވެ. މިއީ އަޅުގަނޑު މިސައިޓަށް ލިޔާ ތިންވަނަ ވާހަކަވެސްމެއެވެ. ކިޔުންތެރިން ހިތްހަމަ ޖެހޭފަދަ ވާހަކައަކަށް މިވާހަކަ ވާނެކަމަށް އުއްމީދު ކުރަން. އިރާދަކުރެއްވިއްޔާ މިމަހު 25 (ޖޫން 25)ން ފެށިގެން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި މިވާހަކަ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ވާހަކަ ދަންނަވަން. އިންތިޒާރު ކޮށްލައްވާ!!!
“އޭތް! ކަލޭއަށް ހަމަ ކަމެއް ކުރަން ނޭނގެނީތަ؟ ހުވާ މިބުނީ ތީ މަށަށް ޖެހިފަ ހުރި ބޮޑު ކަމެއް! ދެންވެސް މިހުރި ތަށިތަށް ނަގާބަލަ!” 18 އަހަރުގެ ޒީކް އިސްޖެހިފައި ވާ މޫނަކާއެކު މިއަދު މެންދުރަށް ހެދި ބަތާ، ކުކުޅު ތަށް ބިންމަތިން ނެގިއެވެ. ޔަޤީނެވެ. ޒީކް ގެ މަންމަ ސާއިރާ އަށް އެ އެއްޗިހި ކަމުނުދިޔައީއެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ސާއިރާ އަކީ ޒީކްގެ އުފަން މަންމަ އެވެ. ނަމަވެސް ޖަނަވާރަކަށް ނުކުރާ ނަފްރަތް […]
“މަރީ…ކިހިނެއް…ކީއް..ކުރަނީ…” ޖޮނަތަން ބިރުންހުރެ އަހާލިއެވެ. އެވަގުތު މަރީ އޭނާއަށް ދިމާއަށް ދަހިވެތި ނަޒަރަކުން ކަޅި އަޅައިލަމުން ފުނަމައިގެން ތެދުވިއެވެ. ސިއްސައިގެން ދިޔަވަރުން ޖޮނަތަން ފާޑަކަށް ވެއްޓުނެވެ. “މް..މް..މަރީ…” މަޑުމަޑުން އޭރު މަރީ އޭނާޔާ ދިމާއަށް އާދެއެވެ. “ކޮން މަރީއެއް. އަހަރެން މީ ކާސިމު” ************************************************************ ޖޮނަތަން އޭނާގެ ހިޔާލި ދުނިޔެއިން ނިކުމެ ހަމަޖެހިލިއެވެ. އެރޭ މަރުނުވެ އޭނާ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ނަމަވެސް ޖޮނަތަންގެ ހިތްވަރުން އޭނާގެ ދަރިފުޅަށް ޖެހިފައިވާ ބަލި ދެނެގަތެވެ. އެއީ އާދައިގެ ބައްޔެއް […]
މަންމައާއި ބައްޕައަށް ސިއްރުން ގެއިން ނުކުމެގެން ޒިޔާދު އާއި ރިޝްމީއާއި އެކު ޒޯޔާވެސް ކުޅެން ނުކުމެ އުޅެމުންދާ މަންޒަރު އެވަގުތު އޭނާގެ ކުރިމަތީގައި ކުޅެންތިބި 3 ކުދިންގެ ސަބަބުން މޫނުމައްޗަށް ސިފަވަމުންދިޔައެވެ.. ************************* ދުވަހަކީ އުޑުމަތި ސާފުދުވަހެކެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ޒޯޔާހުރީ ރަށުގެ ކުޅީކައިރީގައި އޭނާގެ އެކުވެރިންގެ އިންތިޒާރުގައެވެ. ” ޕޮއް.” ޒޯޔާ ސިއްސައިގެން ގޮސް ފަހަތައް އެބުރުނު އިރު ރިޝްމީ އަދި ޒިޔާދުގެ އިތުރުން އެހެން އަންހެން ކުއްޖެއް ހުރުމުން ސުވާލުގެ ނަޒަރަކުން ޒޯޔާ […]
މައި… ޕްލީސް…. ލޯ ހުޅުވަބަ… ޔޫ ކާންޓް ލީވް މީ އަގެއިން…. ޕްލިސް…” ސްޓްރެޗާރ އެއްގައި މާޔާ އޮޕަރޭޝަން ޓިއޭޓަރަށް ގެންދިޔަ އިރު ނަކީލްވެސް މާޔާގެ އަތުގައި ހިފައިގެން ކުރިއަށް ދިޔައީ އެހެން މިހުންނެކޭ އެއްވަރަށް ހަލުވިމިނެއްގައެވެ. އެއަޑު އެންމެ ފަހަރަކުވެސް ނުކެޑޭ އިރު އެލޮލުން ކަރުނަވެސް ނުހިކެވެ. ލައިފައިވާ ހުދުކުލައިގެ ގަމީސް މާޔާގެ ލެއިން ތަތްތެޅިފައިވީއިރު ނަކީލްގެ ކަދުރާގައިވެސް ވަނީ ހުސްލެއެވެ. މީހުންގެ ނަޒަރު ނަކީލްއަށް އަމާޒުވަމުންދިޔައެއްކަމަކު އެކަމާއިވެސް އެއްވެސް ފަރުވާލެއް ނެތްފަދައެވެ. މާޔާ އޮޕަރޭޝަން […]