އާދައިގެ މަތިން އިޔާން މިއަދުވެސް ދިޔައީ ހޮސްޕިޓަލް އަށެވެ. އޭޑީކޭ ހޮސްޕިޓަލްގައި ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރ ގެ މަޤާމު އަދާ ކުރަމުންދާ އިޔާން ހޮސްޕިޓަލް އަށް ވަދެ އެއްމެ ފުރަތަމަ ވެސް މިސްރާބު ޖެހީ އޭނަ އަށް ހާއްސަ ކުރެވިފައިވާ ކެބިންނަށް ދިޔުމަށެވެ. އިޔާން އަކީ އެއްމެން ގެ ހިތްތައް ކަތިލާވަރުގެ ރީތި ކަމެއް ލިބިފައި ހުރި މީހެކެވެ. ގޮނޑީގައި އިށީ އިނުމަށް ފަހު އިޔާން މޭޒުމައްޗަށް ބަލާލީ އެއްޗެއް ޔަގީން ކޮށްލުމަށެވެ. އޭނަ ހީކުރި […]
ނަކީލްއާއި އެކީ މާޔަ އައީ ކާރު ޕާކްކޮށްލުމަށްފަހު ނަތީޤް ބަލައި އެ އިމާރާތަށް ވަނުމަށެވެ. އެހެންނަމަވެސް މަތިން އިވުނު އަޑާއި އެކު ބިންމައްޗައް ބަލައިލީ އެއްޗެއް ވެއްޓުނު ހެން ހީވުމުންނެވެ. އެއާއި އެކު ފެނުނު މަންޒަރުން މާޔާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ފެނުނު މަންޒަރަކުން އަނގަމަތީ އަތް އެޅުނީ ލިބުނު ސިހުމުގައެވެ. ނަކީލްއަށްވެސް ވީ މާޔާއަށް ވީވަރެވެ. މީހާ ހުރި ފިޔަވަޅުމަތީ ގަނޑުވީ ސިކުނޑިވެސް އެވަގުުތު މަސައްކަތްކުރުން ހުއްޓާލުމުންނެވެ. ވެއްޓުނުގޮތަށް މުޅިއެތާގައި ލޭގެ ކޯރެއް […]
ޔުއާން ބަލައިލުމާއިއެކު ދިމްރާ އަވަސް އަރުވާލާފައި މޫނު އަނބުރާލިތަން އޭނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ.އޭނާގެ ގާތަށް ހިނިއައީ އެހެންވެއެވެ.އެހެންކަމުން އޭނާ އެއްމިޔަކަނުން ހިނިތުންވެލަމުން ދުރު ބަލައިލަން އުޅެނިކޮން ކައިރީ އިން އަޔާޒު ދިމްރާއާއި ދިމާލަށް ބަލަހައްޓައިގެން އިންތަން އޭނާއަށް ފެނުނެވެ. “އައި ގެސް ޝީ ގޮޓް ޖެލަސް” ޔުއާން ވަގުތުން އޭނާގެ ހިނިތުންވުން ފޮރުވާލީ ކައިރީ އިން އަޔާޒު ވާހަކަ ދެއްކުމުންނެވެ. “ހޫ” ޔުއާން ހެދީ ނޭނގޭ ކަމަށެވެ. “ހާހާ..ޑޯންޓް ބީ ކިޑިން މީ..އަހަރެން މިދައްކަނީ ކޮން […]
މަރުވެދާނޭ މާދަމާ ގައިމޭ ދޫކޮއްފަ ލޮއެއްބާ އުފާ ހުސްއަތާ ލޯމަރާލާފަ ދާނޭ ރޮމުން ކޮއްފާ މިތާންގާ އުފާ ތެދެވެރިން ނޫޅެޔޭ އިނގޭ އެކުވެރިން ނޫޅެޔޭ އިނގޭ ކެހިވެރިން ގިނަތަނެއް އިނގޭ ދުނިޔެމީ ދަސްކުރޭ އިނގޭ އެންމެ ކައިރީގާ ހީފަ އުޅޭ ރައްޓެހިން ވާނޭ ފަހުން ބޭވަފާ ކަފުނުގާ ކެތްނުވާ ވަރަށް މަރުވުމުން ރޮއެ ހަދާނޭ ދެދުވަހެއް ނުވެ ހަނދާން ހިތުން މަޑު މަޑުން ގެއްލިދާނޭ ދުނިޔެއަށް ބޯލަބައިގެން ތިބޭ މީހުން ގައިމޭ ނުވާނޭ ލަފާ މަރުވެދާނޭ މާދަމާ […]
” އައި އޭމް ރެޑީ..ޑރ ބޭނުން ގޮތަކަށް ކަންތައް ކުރެއްވީމަ ހުންނާނީ ރަގަޅަށް…އައި ވޯންޓް ޓު ފައިޓް.. ” މާޔާ ޑރ މުހާތަބު ބުނެލިއިރު އެއަޑުގައިވާ ސާބިތުކަމުން ޑރ ކިމްގެ މޫނުމަތީވި ހިނިތުންވުންވެސް ފުޅާވެގެންދިޔައެވެ. …………………………………………………………………………….. ޑޮކްޓަރ ކިމްގެ ބެލުމުގެ ދަށުން މާޔާގެ ބައްޔަށް ފަރުވާ ކުރުން ފެށިގެންދިޔައީ މާޔާއާއި ނަކީލްގެ ހިތުގައި އެތަކެއް އުއްމީދުތަކެއް އާލާކުރުވަމުންނެވެ. މާޔާއަށް ފަރުވާކުރުމަށް ހޮސްޕިޓަލްގައި އެޑްމިޓްކުރާ ދުވަސްދުވަހު ގިނަ ވަގުތު ނަކީލްވެސް ހޭދަކުރަނީ މާޔާއާއި އެކީގައެވެ. ބައެއްފަހަރު ނަތީޤްވެސް އައިސް […]
އެއީ މީގެ ފަސް އަހަރު ކުރިއެވެ. އަހަރެންގެ އުމުރުން އޭރު ފަނަރަ އަހަރު ފުރިހަމަވީއެވެ. އޭރު އަހަރެން އުޅެނީ ގްރޭޑް ނުވައެއްގައެވެ. އަހަންނަކީ ކުޑައިރުއްސުރެވެސް ކިޔެވުމުގައި ރަންވަނަތަކެއް ހޯދަމުންއައި ކުއްޖަކީމެވެ. އަދި އަހަރެންނާއިއެކު އުޅޭ ގިނަ ރައްޓެހި ކުލާސް މޭޓުންވެސްމެއެވެ. ކިޔެވުމަކޭ އެއްފަދައިން ކުޅިވަރު ތަކުގައިވެސް އަހަރެމެންނަކީ ފާހަގަކޮށްލެވޭ ދަރިވަރުންތަކެކެވެ. ނަމަވެސް އަހަރެން އެމީހުންނާއި ޚިޔާލު ތަފާތުވާ އެއްކަމެއް އޮވެއެވެ. އެއީ ފިރިހެންކުދިންނާއި ގައިގޯޅިވެ ގުޅުން ބޭއްވުމެވެ. އާއެކެވެ! ޤްރޭޑް ނުވައަކަށް ދަންދެންވެސް އަހަރެން ހުރީ ހަމަ […]
އެހެން އެތައް އިރަކު އަފްރީން އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި އިންތަނުން ތެދުވެ ޑުރެސިންޓޭބަލް ލޯގަނޑު ކައިރިއަށް ގޮސް އަމިއްލަ ސޫރައަށް ބަލާލިއެވެ. މިހާރު ވާވަރު ވެއްޖޭ ހަޔާގެ ކުޅިގަނޑު ނިންމާލަފައި ނޫނީ އޭނާއަށް ދެން ހަމަ ނޭވާވާއެއް ނުލެވޭނެއެވެ. މިއޮތްހައި ދުވަހު އޭނާ މަޑުން ހުރީ އަމާން ހުރީ އުފަލުގައި ކަމަށް ހީކޮށެވެ. އަމާން އޭނާއަށް ބަރޯސާ ނުކުރިއަސް އެއަނދިރިގަނޑުން އަމާން ނެރެފައި ނޫނީ އޭނާއަށް ހަމަ ނޭވާއެއް ނުލެވޭނެއެވެ. އަފްރީން […]
އެއީމީގެ ސައުވީހަކަށް އަހަރުކުރިއެވެެ. ހިޝާމް އާއި ސަމީހުުގެ ޒަމާންވީ ގާތްގުޅުމަށް އިންޤިލާބެއްގެނުވީ އޭރުގައެެވެ. ސަމީހުގެ ހިތުގެރާނީ ހިޝާމްއާއި ހަވާލުކުރަންޖެހުނީ އެހިތުގައި ވޭންނާޅާތީއެއްނޫނެވެ. ނަމަވެސް ދެމީހުނަށް ވެސް އުފާވެރި ހަޔާތެއްލިބެން އޮތީ އެފަދަގުރުބާނީއެއް ވެގެބް ކަމުގައި ތަގްދީރުގައި ލިޔެވިފައިވުމުން ނެވެ. ނަމަވެެސް ސަމީހުގެ އެމަޖުބޫރީ ކައިވެނި ވެވުނީ ހިޝާމް އާއި ޒިޔާދަގެ ކައިވެންޏަށް ދަރިއަކުލިބުން ފަހުންނެވެ. އެހުރިހާދުވަހުވެސް ހިތުގައި އަތްއަޅާލައިގެން އެމީހުންގެ ހާލުބަލަމުން ގެންދިޔަ ސަމީހުއަށް އެއްވެސް ގޮތެއްނެތި މަައިންބަފައިންގެ އަގު ހިފޭއްޓުމަށް ކުރިކައިވެނި ވެގެންދިޔައީ ހިޝާމް އާއި […]
އެރޭ ދިމްރާ ކާންވެސް ނުކުންނާކަށް ބޭނުމެއްނުވިއެވެ.އެކަމަކު އޭނާ ހަމަޖެހިފައި ހުރިކަން ދައްކަންޏާ ޖެހޭނީ ކާން ނުކުންނާށެވެ. އެކަމުގައި ހިފާ ދަމާކަށް އޭނާ އެގޭ މީހުންނަކަށް ދައްކާކަށް ބޭނުމެއްނޫނެވެ.ހިތާދެކޮޅަށް އޭނާ ކާންނުކުތީ އެހެންވެއެވެ.އެކަންތައް އޭނާ ހަނދާން ނައްތާލައިފިކަން ދައްކަންވެގެންނެވެ. އެހެންނޫނަސް މިރޭވެސް މާލެއަށް މިއީ ތުފާނީ ރެއެކެވެ.ބޭރަށް ކާން ދާ ބަހަނާއެއްވެސް ދެއްކޭނީ އެހެންނޫންނަމަތާއެވެ.އެކަމަކު މިރޭ ވިއްސާރަ ކުރަމުން ދިޔައީ މީހަކަށް ބޭރަށް ނުކުމެލަން ކެރޭނެފަދަ ގޮތަކަށް ނޫނެވެ.އެހާވެސް ބޯކޮށް ވާރެ ވެހެމުން ދިޔައިރު ވައިގެ ތޫފާންވެސް ވަކި […]