Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް… 9ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 14, 2017 5 Mins Read
49 Comments

އަހަރުގެ ޗުއްޓީނިމި ކިޔެވެން ފެށެން ގާތްވުމާއެކު ޝަމާލް އާއި އަރޫން ތައްޔާރުވަމުން ދިޔައީ ފުރުމަށެވެ. ހަމައެގޮތަށް ދޮންތަމެން ހަނީމޫނަށް ފުރުމާއެކު މަލާކް ވެސް މައިޝާއާއި އެކު ދިރާސީ އައު އަހަރަށް ތައްޔާރީތަށް ވަމުން ދެއެވެ. ކިތަންމެ ހިތްނޭދުނަސް އަރޫން މަލާކްގެ ކުރިމަތިން ގެއްލޭޗަގުތުކުޑަތަން ވަމުން ދާވަރަކަށް އެފަކީރުގެ ހިތްނުތަނަވަސްވުން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް މުސްތަޤުބަލަށްޓަކައި ކިޔެވުންވެސް އެހާމުހިއްމެވެ. މަލާކް އާއި އެކު ފޮތްތަށް ރެޑީކުރަންހުރި މިޝާ އެއްކައިރިއަށް ޖެހިލީ ޝަމާލް ގުޅުމުންނެވެ.
ރާއްޖޭން ބޭރުގައި ހޭދަކުރަމުން ދިޔަ ދުވަސްތަށް ކުރުކޮށްލުމަށް ފަހު ބަލްޤިސް މާލެ އައީ ކޮންމެހެންވެސް މިފަހަރު އަރޫންއާއި އެކުގައި ބިންޔާފޮނުވާލުމަށެވެ. އޭރުން އޭނާއަށް އެކަމުން ވެސް ސަލާމަތް ވެވޭނެތީއެވެ. އެހާވެސް ބަލްޤިސް ބިންޔާއަށް ނަފުރަތުކުރެއެެވެ. ހަމަ އަންހެންކުއްޖަކަށް ވީކަމަށްޓަކައެވެ. “ދަރިފުޅާާ މަންމައެބައޮތް ވާހަކައެއް ދައްކަންވެފަ.. ” ގެއަށް ވަދެގެން އައި އަރޫން ފެނުމާއެކު ބަލްޤިސް އަރޫން އަށް ގޮވާލިއެވެ. ކޮޓަރިއަށް ދިއުމުގެ ވަދަލުގައި އައިސް ސޯފާގައި އަރޫން އިށީންދެލީ އޭނާގެ މަންމަދައްކާވާހަކަ އަޑުއަހާލުމަށެވެ. “ދަރިފުޅު މިހާރު ޓިކެޓްނެގީތަ.. ” “ނޫން މިއުޅެނީ އެކަމާދާންވެގެން.. ޝަމާލް އައިމަ ހަމަދާން ވީ.. އަނެއްކާ ކިހިނެއްވީ..” އަރޫންވެސް ކޮއްލީސުވާލެކެވެ. “މަންމަ މިވިސްނަނީ ބިންޔާވެސް މިފަހަރު ދަރިފުޅުމެންނާއެކު ފޮނުވަން.. ދަރިފުޅަށްވެސް ލުއިވެސް ވާނުއޭރުން.. އަނެއްކާ އޭނަވެސް އިތުރަށްކިޔެވޭނު.. ” މަސްނޫވީ ހިނިތުންވުމެއް ވެރިކޮށްގެންހުރެ ބަލްޤިސްދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިން އަަރޫންއަށް އެވަގުތު ދޮރުކައިރީގައި ހުރި ބިންޔާފެނުނެވެ. އޭރު ބިންޔާގެ މޫނުމަތިން ފެނުނު ހިތްހަމަޖެހުމުގެ ސަބަބުން އަރޫން އެކަމަށް އެއްބަސްވީ ބިންޔާކައިރީގައި ބުނާނެކަމަށްބުނެއެވެ. އަރޫން ތެދުވެގެންދިއުމުން ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ބަލްޤިސް އަވަހަށް ފޯނުކަންފަތުގައި ޖަހައިގެން ނިކުތީ މީހަކަށްގުޅަންވެފައި އޮތްކަން ހަނދާންވުމުން ނެވެ. ހަމަރަންގަޅަށްވެސް އޭނާގެ ރޭވުންކާމިޔާބުވީއެވެ. އުފަލުންހުރެ އޭނާގެެ އޮފީސް މީހުނާވެސް މިއަދު ވާހަކަދެއްކީ އެހާމެ މަޑުމައިތިރި ކަމާއެކުގައެވެ. ތަޤުދީރުގެ ނިޔާއޮތްގޮތް އެއްވެސް ވަރަކަށް އެނގޭނީ ފަހެކާކަށްހެއްޔެވެ.
ކޮޓަރިއަށް ވަދެވުމާއެކު ބިންޔާއަށް ގުޅާ އައުމަށް އަރޫން އެދުނީ މަންމަ ދެއްކިވާހަކައިން ބިންޔާއެހާ ހިތްހަމަޖެހިފައި ހުރުމުން އޮޅުންފިލުވާުމަށެވެ. “ހެއި.. ދޮންބޭ.. ކިހިނެއްވީ.. ” ކޮޓަރީ ޓަކިޖަހާލުމާއެކު އެތެރެއަށް ވަދެގެން އައި ބިންޔާގެ މޫނުމަތީގައިވަނީ ފުޅާހިނިތުންވުމެކެވެ. އެހާއުފާވެފައިހުއްޓަ އަދި އަރޫންއަކަށް ފެނިފައެއްނެތެވެ. ” ކޮއްކޮ ހާދަ ހެޕީހެންހީވޭ.. އަނެއްކާ ޖަޒްލާންގެ ކަމެއްތަ.. ” ” އެހެންވެސްބުނެވިދާނެ.. އެކަމު ބޮޑަށްއުފާމިވީ.. ދެންމެ މަންމައެބުނިއެއްޗަކުން…” އަތުގެ އިނގިލިތަކާކުޅެމުން ބިންޔާއައިިސް ސޯފާގައި އިށީންދެ ވާހަކަދެއްކިއެވެ. “ތިބުނީ.. ކޮއްކޮ ރެޑީއޭތަ ދޮންބެމެނާއެކުގަ ދާން.. ” ސުވާލުގެ ނަޒަރަކުން ބިންޔާއަށް ބަލަންހުރެ އަރޫން އެހެން އަހާލީ ޖަޒްލާއާއި ދުރަށް ދާންކަންބޮޑު ވެދާނެކަމަށް ހީކޮށެވެ. “ޔެސް.. ޔެސް.. ޔެސް.. ދޮންބޭ.. ބިންކޮ މިހުރީ ހަމަދާން ރެޑީގަ.. މިއަދުނޫނީ ދުވަހަކުވެސް މަންމަގެ ދުލުން ބިންކޮގެ ކިޔެވުމާދޭތެރޭ އެއްޗެއް ނުބުނޭ ވީ އިރު އެފުރުސަތު ގެއްލުވާލަން ބިންކޮބޭނުމެއް ނޫން އެއްގޮތަކަށްވެސް.. އަނެއްކާ ދޮންބެއަށް އިނގޭތަ ފެބްރުއަރީގަ ޖަޒްލާންވެސް އެކޮޅަށް ދާނެ ދެއަހަރުގެ ކޯހަކަށް.. އެހެންވީމަ ދެން މިވަރުގެ ފުރުސަތެއް ލިބޭނެތަ.. ” ހިނިތުންވުމާއެކު ބިންޔާދެއްކިވާހަކަ އަޑުުއަހަން އިން އަރޫން ” ކޮއްކޮވެސް ހާދަ ބްރޭވް ވެއްޖޭ” ބުނެލީ ލާނެތް ހިނިތުން ވުމަކާއެކުގައެވެ. ބައްޕަ އަށް ގުޅާ ބިންޔާވެސް މިފަހަރުދާވާހަކަ ބުނެ ހުުރިހާކަމެއް އަރޫން ހިއްސާކުރިއެވެ. އޮލާވާހަކައިގައި ތިއްބަާ ޝަމާލް އައުމުން އަރޫން ޝަމާލް އާއިވެެސް އެވާހަކަ ހިސާކުރިއެވެ. ދެއެކުވެރިން އެކީގައި އަވަހަށް ޓިކެޓްކަންތައް ހަމަޖަައްސަން ނިކުމެގެން ދިއުމުން ބިންޔާވެސް އަވަހަށް ކޮޓަރިއަށް ގޮސް އެއުފާވެރި ހަބަރު ޖަޒްލާން އަަށްދިނެވެ.

އަރޫންމެން ފުރަން އޮތްދުވަހު މަލާކްމެންގެ މީހުންވެސް ވަދާއީސަލާމްކުރަން އެއަރޕޯޓަށް ދިޔައީ ބިންޔާއެކޮޅުގައި ހުރުމިގެ ކަންތަށް ހަމަޖަައްސަން ސަމީހުދާވާހަކަ ހިޝާމް ކައިރީގައި ބުނުމުންނެވެ. އެކަމުން އެންްމެ ފައިދާކުރީ އަރޫން އާއި މަލާކް އަށެވެ. ކިތަންމެ ކުޑަވަގުތުކޮޅަކު  ނަމަވެސް ދެކުދިން ބައްދަލްކޮށްލީ ޝަމާލްގެ އެހީތެރިކަމާއެކު އެހެންމީހުނަށް ސިއްރުންނެވެ. މަލާކްގެ ހިތްރޮމުން ދިޔަނަމަވެސް ލޮލުން އެންމެކަރުނަ ތިއްކެއް ވައްޓާނުލާ ހުރީ އަރޫން ދެރަނުކުރުމަށެވެ. އެވީ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ބަލްޤިސް އަރޫން ހޯދަންތެޅިގަތެވެ. ނަމަވެސް ސަމީހު އޭނައާއި ޝަމާލް ދިޔައީ ފާހާނާއަށް ކަމަށް ބުނުމުން އިތުރުއެއްޗެއް ބުނަންނުކެރުނީއެވެ. ފްލައިޓް ނައްޓާލާ ގަޑި ޖެހުމާއެކު އަރޫން މަލާކް ގައިން ދޫކޮށްލީ އެނބުރިއަންނަންދެން ބަސްއަހައިގެން ބަލައިގެން އުޅުމަށް ބުނެއެވެ. އަދި ހަމައެހެންމެ އަރޫންއަށް ވަފާތެރިކަމާއެކު އިންތިޒާރުކުރުމަށް އެދެމުންނެވެ. އަރޫން މަލާކްގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އަވަހަށް ހިނގައިގަތީ މިޝާކައިރީގައި ހުރި ޝަމާލްއަށް ހަނާއަޅާލަމުންނެވެ. ބަލްޤިސްއާއި ހިޝާމް އަަށް ވަދާއީސަލާމް ކޮށްލުމަށް ފަހު ޖަޒްލާން ގައި ބައްދާލާފައި އަވަހަށް އައުމަށްބުނެލީ އެހެންމީހުނަށް އަޑުނީވޭވަރަށެވެ. އޭރު ބިންޔާވެސް މަޑުމަޑުން ޝަމާލްއާއެކު އެތެރެއަށް ވަންނަނީއެވެ. ސަމީހުއާއެކުގައި އެތެރެއަށް ވަންނަން ދިޔަ އަރޫން އެންްމެ ފަހުން މަލާކް އަށް ބަލާލީ ހިތްދަތި ކަމާއެކުގައެވެ. އޭރު މަލާކްގެ ލޮލުންވެސް ކަރުނަތައް ވިދާބަބުޅަމުންދެއެވެ. މިހުރިހާއިރު މަލާކް އާއި އަރޫންގެ ކޮންމެ ހަރަކާތަކަށް ފާރަލަމުން ބަލަމުންދާ މީހަކު އެތާންގައި ހުރިކަމެއް އެއިން އެކަކަށްވެސް ރޭކާނުލައެވެ.

ބަލްޤިޝް ފްލައިޓް ނައްޓާލުމާއެކުހެންް އަވަހަށް އައިސް ލާންޗަށް އަރާ ހަމަޖެހިލީ ހުރިހާދުވަހު ކުރި ދިގުއިންތިޒާރުގެ ނިމުން އެހާފަސޭހައިން ކާމިޔާބުވުމުންނެވެ. ނަމަވެސް އެއަރޕޯޓް އިން ހިޝާމްފެނުމުން އަނެއްކާވެސް ސަމީހުއާއި ހިޝާމްގެ ގުޅުން ރަނގޅުކަން އެނގުމުން އެކަމާވީ ފޫއްސެއް ބުނެދޭން ނޭންގޭހާވިއެވެ. އަނެއްކޮޅުން މައިޝާއާއި މަލާކް އަކީވެސް ޒިޔާދާގެ ދަރިންކަން މިއަދު އޭނާއަށް ވަނީ ޔަގީންވެފައެވެ. ވީއިރު އެއިންމީހަކުގެ ހިޔަނިވެސް އެއާައިލާއަށް އެޅުނަނުދޭން ބަލްޤިޝް ހުރީ ހުވާކޮށްގެންނެވެ. ލާންޗްް ނައްޓާލަން އުޅެނިކޮށް އިސްކޮޅުން ދިގު ހެޔޮވަރު ވަރެއްގެ ޒުވާނަކުއައިސް ބަލްޤިސްއަށް ގޮވާލިއެވެ. ރޭބަން އައިނަކުން ދެލޯ ފޮރުވާލެވިފައި ވާއިރު ހެދުންއަޅާފައިވާގޮތުން އެމީހަކީ ފެންނަފެނުމަށް ވަރަށް ޝާހީމީހެއް ފާޑުޖަހައެވެ. ބަލްޤިސްއަށް އެވަގުތުމަޑުކުރެވެެން ނެތުމުން އެމީހާއަށް ލާންޗްގައި ދިއުމަށް ދައުވަތުދިނެވެ. ހެވިލާފައި އައިސް ބަލްޤިސްގެ ކުރިމަތީގައި އިށީންދެފައި އެމީހާ ދިއްކޮލީ އަތުގައިވާ ކެމެރާއެވެ. ވާނުވާނެންގިހުރެ ނަމަވެސް އޭގައި ހިފާލުމާއެކު ފެނުން މަންޒަރުން ބަލްޤިސްގެ ދެލޮލުން ކަނިބުރައިގެން ދިޔައެވެ. “އަރޫންގެ އަތުތެރޭގައި އެވަނީ ހަމަ މަލާކްހެއްޔެވެ. ވީއިރު އެވަގުތު ފާހާނަޔަށޭ ކިޔާ ގިސް ގަތްގަނޑަކީ މީޔެވެ. އެއްކަމަކުން މިންޖުވީރު އަނެއްކަމެއް  މިއޮތީލައިިގެންފަތާއެވެ. ” މިހުރިހާ ވާހަކައެއްވީ ބަލްޤިސްގެ ހިތުގައެވެ. ކުރިމަތީގައިއިން މީހާއަށް ބަލްޤިސްގެ މޫނަށް އަރާފައިބަމުންދާ ކުލަތަށް ފެނި ކަމިޔާބީ ހިނިތުންވުމެއް ވެރިކޮށްލީ އޭނާ ބޭނުންވާކަންތަށް ހާސިލްކުރުމުގަ އިތުރަށް ފަސޭހަވާނެކަން ޔަގީންވުމުންނެވެ. މާލެދިޔަމަގުމަތީ އެމީހާގެބޭނުން ވަރަށް ރަނގަޅަށް ބަލްޤިސްއަށްކިޔާދީ އެތަކެއްރޭވުންތަކެއް ރެމޭވިގެން ދިޔައެވެ.

ހިޝާމްމެން އެއަރޕޯޓުން ގެއަށްް އައިރު ވެފައިވާ ވަރުބައްޔާއެކު އެމީހެއްގެ ކޮޓަރިއަށް އެމީހަކުވަނީ އަރާމްކޮށްލާށެވެ. ނަމަވެސް މަލާކް އަށްް އެއްގޮތަކަށްވެސް ނޯވެވުނެވެ. އެނމެފަހުން ފާހާނާއަށްވަދެ ގައިދޮވެލައިގެންް ވުޟޫކޮށްލައިގެން ނިކުމެ ދެރަކްއަތުގެ ނަމާދެއްކޮށްލީ އެހިތަށް ތަސައްލީއެއްލިބޭނެ އެންމެ މޮޅުގޮތަކީ އެއީކަން ހަނދާންވުމުންނެެެވެ. ކަންވީވެސް އެހެންނެވެ. ނަމާދު ކޮށްލުމުން ހިތަށް ލިބުނު ހަމަޖެހުގަ އެނދުގައި ޖައްސާލުމާއެކު މާލާކް އަށް ނިދުނީއެވެ.

ހަފްތާއެއްފަހުން ކިޔެވުން ފެށޭތީ މާހިލް ބޭނުންވީ ކުރިންފަހަރު ފަހަރަށް ވުރެ ނަތީޖާކޮންމެ ހެންވެސް ރަނގަޅުކުރާށެވެ. ހަމައެހެންމެ މަލާކްދެކެ ވެސް އޭނަ އެންމެ ރުޅިއަންނަންޖެހޭ އެއްސަބަބަކީވެސް ކުލާހުގެ އެއްވަނަ މާހިލް އަށް ނުލިބި މަލާކްއަށް ކޮންމެފަހަރަކު ލިބޭތީއެވެ. މާހިލްއަށް ލިބެނީ ދެވަނައެވެ. ވުމާއެކު މިފަހަރު ހަފްތާއެއްކުރިން ފޮތްތަށްނާގާ ކިޔަންފެށީ އެއީވެސް މަލާކް ބަލިކަށިކޮށްލުމަށް ހެދޭނެ އެންމެ މޮޅު އެއްގޮތްކަން އޭނާ އަށް ވިސްނުމުން ނެެވެ.

ނިދިފައިވާ އޮތް މަލާކް އަށް ހޭލެވުނީ މިޝާ އައިސް ގޮވުމުންނެވެ. އޭރު ވައިބަރ އިން މައިޝާމެން އުޅެނީ ވީޑިއޯކޯލްއެއް ކޮށްގެންްނެވެ. ދޮންތަގެ އަޑުޖެހުމާއެކު މަލާކްއަސް ތެދުވެވުން ގޮތްވެސް ނޭންގުނެވެ. ” ހެއި ދޮންތީ.. ކިހިނެއްތަ.. މިހާރު އެފިލްޓަވަރ ކައިރިއަށް ގޮސްލީތަ.. ރީތި ފޮޓޯކޮޅެއްނަޖައްޗޭ.. ” ހުރިހާއެއްޗެއް އެއްފަހަރާ އަމުނާލުމުން މީރާން އާއި މައިޝާާއަސް ހީލެވުނީ މައިޝާއަށް ވެފައިވާ ވަރުފެނުމިން ނެވެ. އެވަގުތު ފަހަތުގައި އިން ޓަވަރ ފެންނާހެން ފޯނުގެ ކެމެރާ ޖައްސާލީ މީރާންއެވެ. އެއާއެކު ” މާޝާﷲ” އޭޭ ބުނީ މިޝާާއާއި މައިޝާ ދެކުދިންް އެކީގައެވެ. މީީރާން އިރުކޮޅަކު މަލާކްމެންނާއި ވާހަކަ ދައްކަން ުުހުރެފައި ދިޔައީ ކެމެރާއަށް އެތާންގެެ ރީތިމަންޒަރުތައް ރައްކާކޮށްލުމަށެވެ. މައިޝާވެސް ދެކޮއްކޮއަށް ވަށައިފގެން ވާމާހައުލު ދައްކަމުން ދިޔައީ އެމީހުން ކިޔާވަރުން ނެވެ. ހަގީގަތުގައި ތިންކުދިން ވެސްް ވަރަށް ޕެރިހަށަ ދާހިތްވެއެވެެ.  އެހާހިތްގައިމު މަންޒިލަކަށް ދާހިތްނުވާނީފަހެ ކާކުހެއްޔެވެ. ދުނިޔޭގައި ނަންމަޝްހޫޫރު ލޯބިވެރިންގެ މަންޒިލަކީ އެއީއެވެ.

ދުވަސްތަށް މާޒީއާއި އެކުވެ ހަފްތާ ނިމުންގޮޮތްވެސް ނޭންގުނެވެ. މާދަމާއަކީ ދިރާސީއައު އަހަރުގެ ކިޔެވުން ފެށޭދުވަހަށއ ވުުމުން ހިޝާމް ވެސް މަލާކްއަށް ނަސޭހަތްތެރިވީ ކުރިއެކޭއެއްގޮތަށް ނަތީޖާ ދެމެހެއްޓުމަށް އިތުރަށް މަސައްކަތް ކުރުމަށެވެ. މަލާކް އެޗީވް ކުރަން ބޭނުންވާ ގޯލް އާއ ހަމައަށް ވާސިލްވުމަށް ވެވެހުރި ހުރިހާގޮތަކުން ބައްޕަގެ އެހީީތެރިކަން ދޭނެ ވާހަވެސް ބުނެދިނީ ނުހަނު ލޯތްބާއެކުގައެވެ. ބައްގެ ނަސޭހަތް އަޑުއެހުމަށްފަހު މަލާކް އަވަހަށް އޮށޯވެލީ ފަތިހު ތެދުވަން ޖެހޭތީއެވެ.

ނިދިޖެހުން ތަނާއެކުހެންް މަލާކްސިހުނީ މެސެޖްއެއް އައުމުންނެވެ. “ހެއިމަލާ އޮންލައިންވެލާބަ..” އަރޫންގެ މެސެޖްއެކެވެ. މަލާކްއަށް ވައިފައި ނުޖައްސާހުރެވުން ކަން އެނގުނީ އެވަގުތުގައެވެ. އަވަހަށް ވައިފައި އޮންކޮށްލީ އަރޫން ކުޑަވަގުތުކޮޅެއް ދޭން ހިތް އެދިގޮވަމުން ދިއުމުންނެވެ. އެކޮޅަށް ދިޔަފަހުން ވެސް އަދި މިނޫނީ އަރޫންގެ ހަބަރެއްވެފައެއް ނެތެވެ. މަލާކް ވައިބަރ ހުޅުވާލިއިރުު އަރޫންގެ އެތަކެއް މެސެޖެއް މިރޭލިބިފައި ހުއްޓެވެ. މިހާލަހުން ހަބަރެއްވެވުނީމަ މާފަށް އެދިފައެވެ. އުޅެންޖެހުނު ބުރަކަން ހާމަކޮށްދީފައެވެ. ލޯބިވާވަރު ހާމަ ކޮށްދީފައެވެ. އާއަހަރުގެ ކިޔެވުމާށް މަލާކްއަށް މަރުހަބާ ކިޔާފައެވެ. ހުރިހާ މެސެޖް އެއް މަލާކް އަށް ކިޔާލެވުން ތަނާހެން އަރޫން ގުޅާލިއެވެ.

“ހެލޯ މަލް.. ވަރަށް ދެރަވެފަދޯ މިހުުރިހާ ދުވަހު ހަބަރެއްނުވެވުނީމަ.. އަސްލުހަމަ ބުރަކަމުން އެކަން ނުވީ.. އައިގޮތަށް ތިންކޮޓަރީގެ އެޕާރޓްމަންޓް އެއް ހޯދީ.. ބިންކޮ ގޮވައިގެން އައިމަ ކުރިންހެން އެހާ ފްރީއެއް ނުވި.. އެތަނަށް ކުރޯގެ އެޕާޓްމަންްޓްގަ ހުރި  އަރޫންމެންގެ އެއްޗެހިތަށް ބަދަލްކޮށްލާފަ ބިންކޮގެ ކޮލެޖް ކަންކަަން ހަމަޖައްސާފަ ހަމަ ވަގުތުވީމަ މިގުޅީީ..” ” ދެން އަޅެ އޯކޭ.. މަލާއަށް ވިސްނޭ.. އެހެންނޫނަސް އެހާގިންއިން ގުޅުންވެސް ރަނގަޅެއް ނޫނެއްނު.. ދެމީހުންގެ ކިޔެވުމަށްވެސް ބުރޫއަރާނެ އޭރުން.. ” މަލާކް ގެ ވާހަކަ ހުރިގޮތުން އަރޫން އަށްްލިބުނީ ބަޔާން ކުރަން ނޭންގޭހާ އުފާވެރިކަމެކެވެ. ހަގީގަތުގައިވެސް މުސްތަގުބަލާދޭތެރޭ މަލާކް ވަރަސް ވިސްނާކަން މިރޭ އަރޫން އަށް ހާމަވިއެވެ. “އަސްލުމަލާ ތީ ހާދަ ބްރޭވް ކުއްޖެކޭ.. ތިކަހަލަ ލޯބިކުއްޖަކު ލިބުނީމަ އަރޫން ވަރަށް އުފާވޭ.. ދެން އަވަހަށް ބަސްއަހައިގެން ނިދާލާއިނގޭ.. ބަލައިގެން އުޅޭތިި.. އަރޫން ވަރަށް ލޯބިވޭ.. ” ވާހަކަ ކުރުކޮށް ފޯނުބާއްވަން އަރޫން ބޭނުންވީ މަލާކް އަށް ނިދުމުގެ ފުރުސަތުދިނިމަށެވެ. އޭނާގެ ސަބަބުން މަލާކްގެ ކިޔެވުމަށް އެއްވެސް ބުރުލެއް އެރިޔަކަ ނުދޭނެއެވެ. ” ހޫމް އަރޫންވެސް ބަލައިގެން އުޅެއްޗޭ.. މަލާވެސް .. ” އިރުކޮޅަކު ނުބުނަން ލަދުން ހުރެފައިވެސް ލޯބިވާ ވާހަކަ ބުނުމަށް ފަހު ފޯނުބޭއްވިިއިރު މަލާކް އަށް ލިބިފައިވާ ހިތްހަމަޖެހުން އެވަގުތު އޭނާ ފެނުން މީހަކަށް ސިއްރެއްނުވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ކަކުނި 24

Next

ނޭނގުމެއްގެތެރޭގައި..(2)

Next
June 14, 2017

ނޭނގުމެއްގެތެރޭގައި..(2)

Previews
June 13, 2017

ކަކުނި 24

49 Comments!

  1. Aishath says:
    June 14, 2017 at 10:03 am

    Yeyy me first right

    1. Layaa says:
      June 14, 2017 at 10:25 am

      Yah Aishath first. ??

  2. Aishath says:
    June 14, 2017 at 10:05 am

    Vvvvvvv salhi mi part ves..waiting for the next part…Thank you layaa

    1. Layaa says:
      June 14, 2017 at 10:26 am

      Thank you dear Aishath ..thank you so much.. ??

  3. aish says:
    June 14, 2017 at 10:16 am

    V reethi mi part ves..

    1. Layaa says:
      June 14, 2017 at 10:27 am

      Thank you dear aish

    2. Layaa says:
      June 14, 2017 at 10:28 am

      ???

  4. Layaa says:
    June 14, 2017 at 10:24 am

    Kihinehtha surprise .. unmeedhukuran hurihaa ekuverinnahves kamudhaanekmah. Loabivey hurihaa ekuverindhekevess.. ? ??

    1. ??? says:
      June 14, 2017 at 10:37 am

      Hama?????

  5. ??? says:
    June 14, 2017 at 10:24 am

    Adhi nukiyaa miulhenii hykurann mibaivess rythi vaanekamah☺☺

    1. Layaa says:
      June 14, 2017 at 10:31 am

      Avahah kiyaalaa ?

    2. ??? says:
      June 14, 2017 at 10:35 am

      Vvvv rythi mibai vessss???

    3. Layaa says:
      June 14, 2017 at 10:41 am

      Thank you my dear ??

  6. Anonymous says:
    June 14, 2017 at 10:26 am

    varah salhi ingey mi part vx.. dhn alhe khineh baa dhw vaany.. waiting for another part..

    1. Layaa says:
      June 14, 2017 at 10:30 am

      Hehe dhw dhen hama vaagotheh ingemeun madumadun dhaanee..? btw thank you for the lovely comment dear anonymous ??

  7. EYEMEE says:
    June 14, 2017 at 10:33 am

    v rythi………

    1. Layaa says:
      June 14, 2017 at 10:42 am

      Thnakyou EYEMEE ??

  8. Layaa says:
    June 14, 2017 at 10:46 am

    Wow vvvv nice

    1. Layaa says:
      June 14, 2017 at 12:08 pm

      Thank you dear Layaa..??

  9. naash says:
    June 14, 2017 at 10:59 am

    vvvvvv reeethi mi part vesss

  10. Ainth says:
    June 14, 2017 at 11:07 am

    v salhi next part konirakun

    1. Layaa says:
      June 14, 2017 at 12:09 pm

      Thank you dear ainth ?? insha allah v enemeavahakah geneveythw balaanan

  11. Book Lover says:
    June 14, 2017 at 11:20 am

    Layaa….alhe haadha rangalhey!!
    Malaak aai Aroon v close vejje dho…neynge dho dhen vaane gotheh ves…
    I HATE YOU MAAHILLLL!!!!!!!!!
    Aslu ves mi kujjaa aai hedhy noovey kameh kurevey kah ves!!
    Dhen mi Balgis ge massala akee koba tha?? Ziyaadha ge dhariyakah vun eiee malaak ge kusheh noonehnun! Ekam ves e Balgis eh hunnany Ziyaadha aai v jassaalaafa dho!! Ziyaadha vanee maruvefa. dhen kevvegen Ziyaadha ge dharinnah maazee ga vefai vaa kanthah thaku ge rulhi baalan veekee??
    Balgis akee moya eh! Mahil akee ves moya eh!! ??
    Layaa…. alhe Aroon dhiyaeetha kiyavan..ehen gaumakah?? Aroon dhiyaee kiyavantha??
    And Sameeh keevvegen eyna ge maazee balgis ah kiyadhinee?? Nukiyaidhinnama Balgis eh Malaak akah e hurihaa rulhi eh nubaalaane dho Ziyaadha ge dhari akah veethee ey kiyaafa!!
    Oh… btw… Layaa ge surprise aai medhu v happy!!??Mi part ves vvvv loabi…V WAIT KUREVEY NEXT BAYAH!!??

    1. Layaa says:
      June 14, 2017 at 12:12 pm

      Hehe alhey book lover.. ehaadhen rulhinaadhebla.. ? dhuniyega ulheyiru dhimaavaane varahguna imthihaanuthah.. hama egothah insaanunge thereyga ves hurihaa vahtharehge meehunvess vaanedhw. ? baehmeehun ulheyne maazeeaavegen ehen like bagiss alhaanulaadhw.. Hehe.. btw thank you dear book lover.. ? thanks alot .. ?

  12. sam♥ says:
    June 14, 2017 at 11:42 am

    wow .. waiting next part … hehe thankxx layaa stryy up kohladhineeemaa.. lovely stry♥♥♥♥

    1. Layaa says:
      June 14, 2017 at 12:14 pm

      Thank you my dear sam♥ ??

  13. Adha? says:
    June 14, 2017 at 11:52 am

    Alhey! Dhen mi maahil gandu neynge malaa ah hadhaane gothehves? layaa malaa aa aroon dhen breakup nukurahchey?? love this part too… suprise ves hama varah best.. next part ves suprise eh gothah genesdhehchey?? ly..
    Waiting….

    1. Layaa says:
      June 14, 2017 at 12:16 pm

      Love u too dear ? thankyou. Thank you so much for the lovely comment . ??

  14. nonns says:
    June 14, 2017 at 12:26 pm

    Wow. Vvvvv reethi mi part ves. Haadha cute ey dhw malaak and aroon ulhey goiy. Varah understanding dhemmeehun. Alhe next part avaskollevi dhaane tha layaa!! Pls…

    1. Layaa says:
      June 14, 2017 at 3:17 pm

      Awwn thank you dear.. nonns .. ?? v enme avahakah upkohla dheynan insha allah.. Layaa miss him v tired ehenve liyanfashaafavess behehtee.. vaguthulibunhaa avahakah liyelaafa upkohladheynan. Ly ?

  15. §ama? says:
    June 14, 2017 at 1:48 pm

    Maa shaa ALLAH v reethi

    1. Layaa says:
      June 15, 2017 at 5:26 pm

      Thank you sama?

  16. Chum handi says:
    June 14, 2017 at 2:11 pm

    vrh loabi… but e balgish v maraalan…. dhen ethaa huri shaahy vatharu jahaa meehaa akee eulhey maahil ge dad kaneynge… emeehaa aa balgish aa vegen malaak ah majubooru kuraanee kanneynge maahil aa rahtehi vaan…. alheyyy… aroon annaane nama dho malaak kairi ah varah avahah…. waiting for the nxt prt so eagerlyyy….

    1. Layaa says:
      June 14, 2017 at 3:19 pm

      Hehe alhey chumm ehaa avahah hiyvarueluvaaleetha ? btw thank you for the lovely comment dear .. ly .. ??

  17. Robin says:
    June 14, 2017 at 4:00 pm

    Mi part ves varah furihama??…Haadha loihbey dhw malaa aa aroon..❤❤..thanks layaa ah mi part ves avahah up kohdhinyma..☺

    1. Layaa says:
      June 14, 2017 at 4:53 pm

      V ufaavejje ..? thank you dear robin. Thanks a lots.. ?

  18. Sinaa says:
    June 14, 2017 at 4:24 pm

    Wow vrh loabi mi prt vex keep it up layaa

    1. Layaa says:
      June 14, 2017 at 4:55 pm

      Thank you my dear sinaa.. ??

  19. ♥♥♥♥♥♥♥♥♥ says:
    June 14, 2017 at 4:50 pm

    Maashaa Allah mi part ves varah reethi♡♡♡

    1. Layaa says:
      June 14, 2017 at 4:56 pm

      Shukuran.. my dear .. ??

  20. ♥♥♥♥♥♥♥♥♥ says:
    June 14, 2017 at 5:41 pm

    When next part? ♡♡♡

    1. Layaa says:
      June 14, 2017 at 6:45 pm

      Insha allah type kurevunhaa avahakah

  21. Some one says:
    June 14, 2017 at 10:32 pm

    V salhi!!?

    1. Layaa says:
      June 14, 2017 at 11:33 pm

      Thank you my dear some one

  22. kiaara says:
    June 15, 2017 at 7:12 pm

    Wow?…vr vr reethi mi part vxx…waiting… ?

    1. Layaa says:
      June 15, 2017 at 7:41 pm

      Thank you dear kiaara? ?

  23. Aisha says:
    June 15, 2017 at 7:45 pm

    Woww.. Hama varah reethi mi part vex??? ebodaavegn ulhey soru dho eiee.. ? waiting igey ?

  24. Mysha says:
    June 18, 2017 at 4:00 pm

    Alhe e maahilu keevegentha eulheny
    Maasha allah mi part ves vvvvvvvv reethi.

  25. Anonymous says:
    November 5, 2017 at 7:22 pm

    I don’t think brave is the correct word to use based on the situation.

Comments are closed.


All Right Reserved!