Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެހި

Maayan Level 1
June 13, 2017 4 Mins Read
14 Comments

އެންމެ ފުރަތަމަ އަހަންނަށް އޭނަ ފެނުނީ ކައިރި ރަށެއްގައި އޮތް ޝޯއެއްގެ ތެރެއިންނެވެ. ފުރަތަމަ ނަޒަރުންވެސް ހިތަށް ގޮތެއް  ވެގެން ދިޔަ އެވެ. އެއްގޮތަކަށްވެސް އެއީ ކާކު ކަމެއް ނޭނގެ އެވެ. ކުރެވުނު ހާވެސް ކަމަކީ ވައްކަޅިން އެ ޒުވާނާއަށް ބެލުމެވެ. ކޮންތާކު އުޅޭ މީހެއްކަން ނޭނގެތީ ފާޑެއްގެ އަސަރެއް ހިތަށް ކުރި އެވެ. ގާތުގައި ރައްޓެއްސެއް ކައިރީގައި އެއީ ކާކު ތޯ އެހީމަ ދިން ޖަވާބު ކިތަންމެހާވެސް ފުރިހަމަ އެވެ.

“މަށަކަށް ނޭނގެ ކާކު ކަމެއް؟ ކަލޭ އޭނަ އާ ހިތާވީ ދޯ! ކަލެއަކާ ނުވެސް ގުޅޭ”

ރައްޓެހި ކުއްޖާގެ އެ ޖަވާބު އަހަރެން ސީރިއަސް ކޮށް ނުނަގަމެވެ. އެއީ އަބަދުގެވެސް އާދަ އެވެ. ޝޯ ނިންމާފައި އެނބުރި ރަށަށް ދާން ލޯންޗަށް އެރިއިރު އޭނަ ލޯންޗުގައި އިނެވެ. އެންމެ ހައިރާންވީ އެހެންވެ އެވެ. އެހެންވިއްޔާ އޭނަ އައީވެސް އަހަންނާ އެއް ލޯންޗެއްގަ އަހަރުމެން ރަށުންނެވެ. ކުރިން ލޮލުގައި އަޅައިނުގަތީ ތޯއްޗެކެވެ. އެރެއަށް ފަހު އޭނަ ގެއްލުނީ އެވެ. ރަށަކުން ނުވެސް ފެނެ އެވެ. ހޯދާކަށް އަަހަންނެއް ނުވެސް އުޅެމެވެ.

ދެވަނަ ފަހަރަށް އޭނަ އާ ދިމާވީ އަށް ވަރަކަށް މަސް ފަހުން މާލެއިންނެވެ. ފިހާރައެއްގެ ތެރެއިންނެވެ. އަނެއްކާވެސް ފާޑެއްގެ ގޮތެއް ހިތަށްވި އެވެ. އެރެއަށް ވުރެ މާ ރީތިހެންވެސް ހީވެ އެވެ. ކުރިއަށް ވުރެ ހިތަށް ކުރި އަސަރު މި ފަހަރު މާ ވަރުގަދަ އެވެ. އެ ދުވަހު އޭނަ ވާހަކަ ދެއްކި އެވެ. އަހަންނަކާ ނޫނެވެ. ފިހާރައިގެ ސޭޓަކަށް އިން ކުއްޖާ އާ އެވެ. އެ ފިރިހެން ވަންތަ އަޑު އިވުނުކަން ޔަގީނެވެ. ދެއްކި އެއްވެސް ވާހަކައެއް އަހަންނަކަށް ނީވެ އެވެ. ސަމާލުކަން ނުދިނީމައެއް ނޫނެވެ. އޭނާގެ މޫނަށް އަހަރެން ހުރީ ގެއްލި ހުސްވެފަ އެވެ. އަވި އައިނު އަޅައިގެން ހުރެވުނު ކަމީ އަހަރެންގެ ނަސީބެވެ. އެހެން ނަމަވެސް ފަހަތުން އައިސް އެެހެން އަންހެން ކުއްޖަކު ފަހުން އައިސް އޭނަ އާ މާ ގާތްވެ ވާހަކަ ދައްކަން ފެށުމުން ވީ ފޫއްސަކުން އަހަރެން އައީ އެވެ. އެ ދުވަހު ހަތަރު ދަމު އެކަމާ ރުޅި އައިސް ތުން ދަމައިން ހުއްޓަސް އަނެއް ދުވަހަށް އިރު އެރީ އެ ކަމުގެ އެއްވެސް ކަމެއް ނެތި އެވެ.

އެ ފަހުން ދެ ތިން ފަހަރަކު ދިމާވި ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. ފުރަތަމަ ފަހަރަށް ވާހަކަ ދެއްކީ ރައްޓެއްސެއްގެ ކައިވެނި ޕާޓީއަކުންނެވެ. އެކަމަކު އޭނަގެ ނަމެއް އަހަންނެއް ނާހަމެވެ. އެނގެން ބޭނުން ވިޔަސް ގޮތްދައްކަން ވެގެން ނޭހީ އެވެ.

ދެން އައީ ވައިބާ މެސެޖެކެވެ. “ހައި” އެކެވެ. ކާކު ކަމެއް ނޭނގެ އެވެ. ފޮޓޯއަށް ބަލައިލުމުން އޭނަ ކަން އެނގިއްޖެ އެވެ. އޭނައަށް ނަމެއް ދޭނީ މިހިސާބުންނެވެ. އަޒްޔާން އެވެ. ކިޔަން އުނދަގުލަސް ރީތި ނަމެކެވެ. އަހަރުމެން ދެ މީހުންގެ އެކުވެރިކަން ކުރިފަޅައިގެން ދިޔައީ އެ ހިސާބުންނެވެ. ދެ ތިން ދުވަސް ހޭދަވީ އޭނަ އާ ވާހަކަ ދެއްކުމުގަ އެވެ. މެސެޖުންނެވެ. ކިތަންމެ ވާހަކައެއް ދެއްކިއަސް ލޯބީގެ ވާހަކައެއް ނުދައްކަމެވެ. އެކަމަކު އޭނަގެ ބިޓެއް ހުރޭތޯ އަހާ ހިތްވި އެވެ. އަހަން ނުކެރުނީ އެވެ.

“ޒާގެ ބިޓެއް ހުރޭތަ؟” އެ ސުވާލު އަޒްޔާން ކުރީ އެހެން އޭނަ އަހާތޯ ވަގުތު ގުނަގުނާ ވަރުބަލިވި ފަހުންނެވެ. އެކަމަކު އެ މެސަޖަށް ސީން އަރުވާލާފައި އަހަރެން ބޭންދީ އެވެ. އޭނާގެ ހިތް އޮތް ގޮތް ބަލައިލަން ބޭނުންވެގެންވެ. މިނެޓެއް ދެ މިނެޓަށް ބަދަލުވެ ފަސް މިނެޓަށް ވެއްޖެ އެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލީ ކަންނޭނގެ އެވެ. އަނެއްކާވެސް އިތުރު މެސެޖެކެވެ. ސުވާލު މާކު ތަކެއް ޖަހާލާފަ އެވެ. އެ މެސެޖް އަހަރެން ގަބޫލުކުރީ އޭނަ އަހަންނަށް ލައިކް ވަނީ ކަމުގަ އެވެ.

“ނޫން، ހަމަ ސިންގަލްކޮށް،” އަހަރެން ރިޕްލައި ކުރީމެވެ.
“އޯހް. އަހަރެންވެސް، އަހަރުމެން ހާދަ އެއްގޮތޭ ދޯ،” ވިންކް އިމޯޖީ އަކާއެކު އޭނަ ފޮނުވާލި އެވެ.

ދެ ތިން ދުވަސް އަނެއްކާވެސް ފާއިތުވެގެން ހިނގައްޖެ އެވެ. ވާހަކަ ދެއްކުމުގަ އެވެ. އޭނަ އަހަންނަށް ޝައުގުވެރިވާ ކަމުގެ އިތުރު ނިޝާނެއް ނުލިބެ އެވެ.

“މިއަދު އޮފީހަކަށް ނުދަމެއްނު. ބައްޔެއްވެސް ނޫން ދޯ، ހިނގާ ކޮފީއަކަށް،؟” ދެ މީހުން އެކުގައި ފުރަތަމަ ބޭރަށް ދާން ދައުވަތު ދިނީ އޮފީހަށް ނުގޮސް ގޭގައި އޮތް ދުވަހެއްގަ އެވެ. އޮފީހަށް ނުދަންޏާ ގެއިން ނުކުތުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫނެވެ. ހާއްސަކޮށް މެންދުުރުގެ ގަދަ އަވީގަ އެވެ. އޮފީސް ކުއްޖަކަށް ފެނުނަސް ވަރަށް ފޯރި ހުންނާނެ އެވެ. އަދި އޭނަ އާ އެކު ހުއްޓަ ފެނިއްޖެޔާ ދިމާކުރުމުގައި ހައްދެއް ނުހުންނާނެ އެވެ. އޭނަގެ ވާހަކަތައް އަހަރެން އެމީހުންނަށް ކިޔައިދެމެވެ. އެހެން ކަމުން އެ ދައުވަތު އަހަރެން އިންކާރު ކުރީމެވެ. އެހެން ދުވަހަކުން ކަމަށް ބުނެ ނުދިޔަ އީ އެވެ. އޭނަވެސް ގަދަކަމުން އަހަރެން ގެންދާކަށް މަސައްކަތެއް ނުކުރެ އެވެ.

އެ ރެ އެވެ. މެންދުރު ފަހުން އަޒްޔާންގެ ހަބަރެއް ނުވާތީ އަހަރެން ހުރީ މޫޑީވެފަ އެވެ. އެއްވެސް ކަމެއް ނުކޮށް ހަތަރުދަން ގޭގައި ހުރުމުން ހުރި ފޫހިވެފަ އެވެ. ހޭލީއްސުރެ ފޭސްބުކް ހާވާލަ ހާވާލަ އަހަރެން އޮތީ އެވެ.

“ޒާ، މަށަ ރައްޓެހިވާން ވީނުން، ވަރަށް ލައިކް ވޭ،” އަޒްޔާންގެ މެސެޖެއް އައީ ހީވެސް ނުކޮށް ހުއްޓަ އެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވިސްނަން ހުރެވުނީ އެވެ. އަހަރެން ރައްޓެހިވާން ބޭނުންވި އެވެ. އެކަމަކު އެހާ ފަސޭހައިން ސެޓުވާކަށް ބޭނުމެއް ނޫނެވެ. ވިސްނާލާނަމޭ ބުނެ މެސެޖް ކުރި ހިސާބުން އަޒްޔާން ގެއްލުނީ އެވެ. އެއްވެސް ހަބަރެއް ނުވެ އެވެ. ނުވެސް ފެނެ އެވެ. އަހަންނެއްވެސް އޭނައަށް ހަބަރުވެ ހޯދާކަށް ނޫޅެމެވެ. ކިތަންމެ ބޭނުމަސް މީހަކު ނޫޅޭ ވަރުން އުޅުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ.

އޭގެ ފަހުން އަހަންނަށް އޭނަ ފެނުނީ އެތައް ދުވަހެއް ފަހުން އިންސްޓަގްރާމުންނެވެ. ހުރިހހާ ފޮޓޯއަކަށް ލައިކް ދިނީމެވެ. އޭނަ މަތިން އަހަރެން ހަނދާން ހުރިކަން އަންގާލުމަށެވެ. އެހެން ނަމަވެސް އޭނަގެ ހަބަރެއް ނުވެ އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އޭނަ އާ ދިމާވި އެވެ. އަހަރުމެން ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނީ އެރެ އެވެ.

އޮފީސް ނިންމާފައި ގެއަށް ދަނިކޮށް ރޭގަނޑެވެ. އޭރު ތުނިތުނިކޮށް ވާރޭ ވެހެ އެވެ. އޭނަ އަހަރެން ގޮވައިގެން ސައިކަލުގައި މާލެ ވަށައިގެން އެތައް ބުރެއް ޖެހި އެވެ. ދިރިއުޅުމުގެ ވާހަކަ ކިޔައިދިނެވެ. ކުރިން ކިޔައި ނުދޭ ވާހަކަ ތަކެވެ. ކައިވެންޏެއްކޮށް ވަރިކޮށްފައި ހުރި ވާހަކަ އެވެ. އެކަން އަހަންނަށް މައްސަލައަކަށް ނުވެ އެވެ. އެހެން ކަމުން އެ ގުޅުން ފެށީ އެވެ. މުޅި ދުނިޔެއަށް ސިއްރުންނެވެ.

އެހެން ނަމަވެސް އަޒްޔާން ވީ އަހަރެން ހީކުރި ކަހަލަ މީހަކަށް ނޫނެވެ. އަހަރެން ކަހަލަ ބިޒީ މީހެކެވެ. ދެ ތިން ދުވަސް ވާއިރު ހަބަރެއް ނުވެ އެވެ. އެކަން މާބޮޑު ކަމަކަށް ނަހަދަމެވެ. އަހަންނަށްވެސް ފަސޭހަ އެވެ. އަބަދު ގުޅާ މީޓް ކުރާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް އަހަރެން ދެރަވެ އެވެ. އެކަނި ރޭގަނޑު އޮފީސް ނިންމާފައި ގެއަށް ދާން ޖެހޭތީ އެވެ. ބަލާ އަންނާނަމޭ ބުނެފައި ފަހުން ނާންނާތީ އެެވެ. ހެންވޭރުކޮޅުން މާފަންނުކޮޅަށް އެކަނި ދަންވަރު އަހަރެން ދާން އޭނައަށް މައްސަލައަކަށް ނުވާތީ އެވެ. އެހެން ރައްޓެހި ފިރިހެން ކުދިންނާ އެކީ ދާން އޭނަ ހިންހަމަ ނުޖެހޭތީ އެވެ. އަހަރެންގެ ހިތް ޝަކުވާއިން ފުރުނެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނަމެވެ. ނަމަވެސް ރައްޓެހިން އަދި އާއިލާ އެކަމާ ހިންހަމަ ނުޖެހުނެެވެ. އެއީ އޭނަ ލޯބި ނުވާތީ ކަމަށް ބުނެ އެވެ.

އަހަރެންގެ ކެއްތެރިކަން ކޮޅުންލީ ކުރީގެ އަންހެނުން އަހަންނަށް ގުޅާނެ ކަމަށް އަޒްޔާން ބުނުމުންނެވެ. އަދި އޭނަ އާ ރަހުމަތްތެރިކަން ފިޔަވާ އިތުރު ގުޅުމެއް ނޯންނަކަމަށް ބުނަން ބުނުމުންނެވެ. އެހެން ނުބުނާނެ ކަމަށް ބުނެ އަހަރެން ފޯނު ކަނޑާލީ އެވެ. އަދި ނަމްބަރު ބްލޮކްވެސް ކޮށްލީމެވެ.

އަޒްޔާންގެ ނަންބަރު އަހަރެން އަންބްލޮކް ކުރީ އޭނަ އާ ރުޅިވާން ވެގެނެވެ. ގާތް މީހުން ލަފާ ދިނީ އެގޮތަށެވެ. މެސެޖް ކޮށްލުމާއެކު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ އަޒްޔާން މެސެޖް ކުރި އެވެ. ކިތަންމެ ދެރަވި ނަމަވެސް އެކަން ނުދައްކަމެވެ. އަޒްޔާން ފެނުނަސް އަޅާވެސް ނުލަމެވެ. ދެ ތިން ފަހަރަު އަޒްޔާން އަހަންނާ ވާހަކަ ދައްކަން ފަހުން މަސައްކަތް ކުރި އެވެ. އެކަމަކު އަހަރެން ބޭނުންނުވީ އެވެ. ހަގީގަތް އެނގުނީމަ އެވެ. އަޒްޔާން އަހަންނަށް ދޮގު ހެދީ އެެވެ. އަހަންނާއެކީ އުޅެމުން ކުރީގެ އަންހެނުންނަށް އަނެއްކާވެސް އިނެވެ.

އަޒްޔާން މަތިން ހަނދާން ނައްތާލާފައި އާ ގުޅުމަކަށް ދާން އެންމެންވެސް ނަސޭހަތްތެރިވި އެވެ. އެކަމަކު އެ ހިތްވަރެއް ނުލިބުނެވެ. އެކުގައި މާގިނަ ވަގުތެއް ހޭދަ ނުކުރެވުނަސް އަހަރެންގެ ހިތުގައި އަޒްޔާނަށް ވަނީ މަތީ ދަރަޖައެއް ދެވިފަ އެވެ. އެހެން ގުޅުމަކަށް ނުދިޔަނަމަވެސް އަހަރެން ހުރީ ހިންހަމަ ޖެހިފަ އެވެ. އިތުރު ގުޅުމަކަށް ދާން ބޭނުންނޫނީ އެވެ. އެކުގައި އުޅުނު ހުރިހާ ކުދިން ކައިވެނިކޮށް ދިރިއުޅުން ފަށާތީ އަހަރެންވެސް އެކަން ބޭނުމެވެ. އެކަމަކު އަހަރެން ފޫހީވީ އެވެ.

ވަޒީފާއަށް އިތުރަށް ހުސްވީ އެހެންވެ އެވެ. މަސައްކަތުގައި ކުރިއަށް ވުރެ ގިނަ ވަގުތު ހޭދަކުރަން ފެށީމެވެ. ކުރިއެރުންވެސް ލިބުނެވެ. އަނެއްކާވެސް އަޒްޔާން އަހަރެންގެ ހަޔާތަށް އައީ އެ ދުވަސް ވަރު އެވެ. އަންބެއް ނުހުންނަކަން ޔަގީންކޮށް ދިނެވެ. އެކަމަކު އަހަރެން އަދިވެސް ގަބޫލެއް ނުކުރާނަމެވެ. އެކަމަކު ވަކި އެއްވެސް ނުބުނެ ހުރީމެވެ. ދެ ވަނަ ފުރުސަތެއް ދިނުމަކީ މައްސަލައެއް ނޫން ކަމަށް ބަލައިގެންނެވެ. އެކަމަކު އޭގެފަހުން އަހަންްނަށް ހަމަޖެހުމެއް ނުލިބެ އެވެ. ބޭނުންވަނީ އަޒްޔާނާއި ވަކިވާށެވެ. އަޒްޔާނާއި އަހަރެން އަނެއްކާވެސް ވަކިވީ އެވެ.

މިހާރު މީ އޭގެ ފަސް އަހަރު ކުރި އެވެ. އަދިވެސް އަހަރެން މިހުރީ އެވެ. މީހަކާ ނުގުޅެމެވެ. އެކަމަކު އަޒްޔާންގެ ލޯބީގައި ދީވާނާ ވެގެނެއް ނޫނެވެ. ވީ ގޮތެއް އަހަންނަކަށް ނޭނގެ އެވެ. ބޭނުންވަނީ އެކަނި ހުރެ ނިމިދާށެވެ. ކިތަންމެ ޒުވާނުންނެއް ލޯބި ހުށަހެޅިވެސްމެ އެވެ.

މަގުމަތިން އަދިވެސް އަޒްޔާން ފެެނެ އެވެ. ހަ އަހަރުގެ ފިރިހެން ކުއްޖަކު ގޮވައިގެން އުޅެނިކޮށެވެ. އަންހެނުންނާ އެކީގައިވެސް ފެނެ އެވެ. ކުރީގެ އަންހެނުން ކަމަށް ބުނެ އަޒްޔާން ދެއްކި ކުއްޖާ އެވެ.

އަޒްޔާންގެ ދިރިއުޅުން އުފާވެރި އެވެ. އެހެން ނަމަވެސް އަހަރެން އަދިވެސް ހުރި ގޮތަށެވެ.

Share Article

Follow Me Written By

Maayan

Level 1

Other Articles

Previous

ލޯބި އަހަރެން ވާނަމޭ (ފަހު ބައި)

Next

އައިރީން…(1)

Next
June 13, 2017

އައިރީން…(1)

Previews
June 13, 2017

ލޯބި އަހަރެން ވާނަމޭ (ފަހު ބައި)

14 Comments!

  1. xoe says:
    June 13, 2017 at 3:37 pm

    awwwnnn varah salhi

  2. Haxan says:
    June 13, 2017 at 3:56 pm

    Salhi

  3. xoe says:
    June 13, 2017 at 4:02 pm

    yayyyy me first dhowwww

  4. Noor says:
    June 13, 2017 at 4:07 pm

    Wow..varah salhi..???

  5. Iz says:
    June 13, 2017 at 5:11 pm

    Mee kuru vaahaka eh tha?

  6. Adha? says:
    June 13, 2017 at 6:02 pm

    Varah reethi.. dhigu vaahaka eh gothah genanama adhi varah reethi vis??

  7. Oohoo says:
    June 13, 2017 at 6:02 pm

    Ehaa reehcheh nuun…. e anhenn kuhjaa ah happy life eh nulibunyma

  8. Khajja says:
    June 13, 2017 at 7:23 pm

    Rythi ekam e anhenkujjaa ah life eh nulibunyma sad?? e anhenkujjaa emme boy akaa hure boys mathin foohivyma massala aky anyway stry nice ❤??

  9. Zuuuu says:
    June 13, 2017 at 7:42 pm

    Mi dhen vaahaka eh tha? evves rycheh n00n!! thaakun thaakun nujehey

    1. Cokky says:
      June 13, 2017 at 9:00 pm

      Agreed mia vuren rythi koh mi liyeveyne

  10. Nana says:
    June 14, 2017 at 12:26 am

    Vrh salhi.. Mihaaru gina kudhin alhey goiy hama thyy

  11. Azyaan says:
    June 14, 2017 at 7:34 am

    Fas aharu kuri?? Or fas aharu fas??

  12. warah vaahaka says:
    June 14, 2017 at 9:37 am

    “mihaaru mee eyge fas aharu kuriyewe” hama eh nujeheynu !! fas aharu fahey ehnu bunan jeheyny

  13. Sweetie says:
    June 14, 2017 at 4:28 pm

    Kada. Messageves kada. Nimunves kada.

Comments are closed.



All Right Reserved!