Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް…26 ވަނަ ބައި

writer Level 310 Stories100 Comments
June 15, 2017 8 Mins Read
49 Comments

 

މުއްސަދި އާއިލާއެއްގެ ކުޑަކުއްޖަކު އެފަދަ ހިތާމަވެރިގޮތަކަށް ނިމި ދިޔުން ވެގެންދިޔައީ މީޑިޔާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދިކަމަށެވެ. މަޝްހޫރު ވިޔާފާރިވެރިޔާ ނަކީލްގެ ހުރި ހަމައެކަނި ދަރިފުޅުގެ ކުއްލި މަރުގެ ހަބަރުން އެތަށް ބަޔަކު ހިތާމަ ފާޅުކުރަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ މިއީ ވަރަށް ގާތުން ބަލައި ތަހްޤީގް ކުރަން ޖެހޭ މައްސަލެއްކަމަށް ބުނަމުނެންނެވެ.  އެކަމާއި މެދު އެތަށް ބައެއް ސުވާލު އުފައްދަމުން ދިޔުން ވެގެން ދިޔައީ ޕޮލިހުން ވެސް މިކަމުގައި އިސްސަފުގައި މަސައްކަތްކުރަން ޖެހުނުކަމެއް ކަމުގައެވެ.  ނަކީލްވެސް އާހިތްވަރެއްލާ މަސައްކަތްކުރަމުން ގެންދިޔައީ ދަރިފުޅުގެ މަރުގެ ހަޤީގަތް އެނގުމަށެވެ. ފެންނަން ހުރި ހެކިތަކުން އެއީ އެފަދަ ކުޑަކުއްޖަކު ވެއްޓިގެން ހިގައިދާނެ ކަމެއްކަމަށް ޤަބޫލުނުކުރެވޭތީއާއި އެކުވެސް މެއެވެ. އެހެންކަމުން ނަކީލްއަށް ލިބިފައިވާ ފައިސާއާއި ބާރުގެ ބޭނުން ކޮށްގެން ޕޮރެސެކިޔުޓަރ ގެ ބެލުމުގެ ދަށުން މި މައްސަލަ ތަހްޤީޤް ކުރަމުން ގެންދިޔައީ ވަރަށް ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.

ދުވަސްތަށް ކަޑަތުވަމުންގޮސް ހަފްތާއެއް މަހަކަށް ބަދަލުވެގެން  ދިޔައިރު މީހުންގެ ހަދާނުން މި ހަބަރު ފިލައިދިޔަކަހަލައެވެ. މައުސޫމު ކުއްޖެއްގެ މަރުގެ މަތިން ދުނިޔެ ހަދާން ނައްތާލައި އަމިއްލަ ދިރިއުޅުމާއިގެން މީހުން އުޅެގަތީ އެކަންވެސް މާޒީއާއި އެކީ ފަސްއަޅާ ފޮރުވަމުންނެވެ.މިއީ ދުނިޔޭގެ އާދައެވެ. އަނެކާގެ ހިތާމާއިގައި ކުޑަހިދުކޮޅަކަށް ބައިވެރި ވުމަށް ފަހު ދެން އެއީ ނެތް މީހާކަަށް ވެދާނެއެވެ.

ކިތަންމެ ދުވަހެއް ވޭތުވެ ދިޔަކަމުގައި ވިޔަސް މާޔާއާއި ނަކީލްގެ ހަޔާތަށް އަދިވެސް ވެރިފައިވާ ހުސްކަމާއި ފަޅުކަން ކުރީގެ ފަދައެވެ. ނަތީޤްގެ ހަދާންތަކުގައި ދެމަފިރިން ރޭދުވާ ހޭދަކުރަމުންގެންދަނީ ހިތާމައިގައެވެ. އެކުޑަ ކުޑަ އަޑު ކަންފަތުގައި ހަރުލާފައިވާއިރު ގޭގެ އެތަން މިތަނުން ނަތީޤްގެ ހަރަކާތްތަށް ފެންނަ ފަދައެވެ. ނަތީޤް ކުރި މަޖާކަމެއް ހިތަށް އެރުމުން މޫނުމައްޗަށް ވެރިވާ ހިނިތުންުވުން ފަޑުވެގެންދަނީ އެދުވަހެއް ދެން އަނބުރާ ނުލިބޭނެ ކަން ޔަޤީންވުމުންނެވެ. ކޮންމެގޮތެއްވިޔަސް މާޔާއާއި ނަކީލް ދިރިއުޅުމާއި ކުރިމަތި ލަމުން ގެންދިޔައީ ހިތްވަރާއި އެކީގައެވެ. ނަކީލް އެކަނިވާ ވަގުތެއްވިއްޔާ ދަރިފުޅުމަތިން ހަދާންވެ ކަރުނަ އޮހޮރުވޭ ހިނދު އަދި މާޔާގެ ހާލު ހުންނާނީ ކިހިނެތްހެއްޔެވެ. ނަކީލްއަށް ޓަކައި މާޔާ ފަރުވާއާއިގެން ކުރިއަށް ދިޔައީ މިވަގުތު ނަކީލްއަށް އެންމެ ބޭނުންވާނީ މާޔާގެ އެހީކަން އެގޭތީއެވެ.

އެހެން ދުވަސް ތަކެކޭ އެއްގޮތަށް މިއަދު ވެސް ހެދުނު ހެދުނާ ހޭލައި މޭޒުމައްޗަށް ކާއެއްޗެހި އަރުވަމުންގެންދިޔައީ ނަކީލް އަންނަން ވާއިރަށެވެ.  ނަކީލް ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް މާޔާ މިހާރު ގޭތެރޭގެ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ބައިވެރިވެ އުޅެނީ އެހިތާމަތަކުން އަރައިގަނެވޭނެ ގޮތެއްވޭތޯއެވެ. ނަކީލްވެސް އެކަމާއި އެހާ ވަރަކަށް އަޅާނުލައި ހުންނަނީ އެހެންވެއެވެ. އޭގެ ސަބަބުންވެސް ސިކުނޑިއަށް ކުޑަ ލުޔެއް ލިބިދާނެ ކަމަށްޓަކައެވެ. އެހެންނަމަވެސް މާޔާގެ ކަންތައް ނަކީލް ދިޔައީ ގާތުން ބަލަމުންނެވެ. މާޔާ ލައްވާ ބުރަ މަސައްކަތެއް ނުކޮށް ވޭތޯ މަސައްކަތް ކުރާއިރު ވަޒީފާއަށް ދާވަގުތުތަކުގައިވެސް މާޔާގެ ހާލު އިރުއިރުކޮޅާ ބެލެނީ ހިތުގައި އޮތް ބިރުވެރިކަމެއް ސަބަބުންނެވެ. ކިތަންމެ ހިތް ނޭދުނަސް ނަކީލް އޮފީހަށް ނިކުންނަން ފެށީ މާޔާގެ ވެސް އެދުމުގެ މަތިންނެވެ.

” އައިދޯ… ހިނގާ ކާން… ކީލް ނައިގެސް މައި މިހުންނަނީ ނުފެށިފަ… ސީ ވަޓް އައި މޭޓް… ޕްރެންޗް  ޓޯސްޓް”  މާޔާވެސް ކާން އިށީންނަމުން ނަކީލްއާއި ވާހަކަ ދެއްކި ގޮތުން ކަމެއް ވެފައި ހުރިމީހެއްހެންވެސް ހިއެއްނުވެއެވެ.އެ މޫނަށް ވެރިވެފައިވާ ހިނިތުންވުން ފެނި ނަކީލްއަށްވެސް ހިނިތުންވެވުނެވެ.

“މައި ފެވަރިޓް…  ދެން މިއަދަށް ވީ މަސައްކަތް މި ނިމުނީ އިނގޭ މައި… ނައު ޔޫ ހޭވް ޓު ރެސްޓް… ” ނަކީލް މާޔަގެ ކުރިމަށްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީންދެ ތައްޓަށް ކާއެއްޗެހި އަޅަމުން ބުނެލިއެވެ/

” ދަރިފުޅާ…. ނަތީޤް… މަންމީ މިހިރީ ކޮއްކީގެ ފެވަރިޓް…” މާޔާއަށް އެހެން ބުނެވުނީ އިހްތިޔާރުންވެސް ބޭރުގައެވެ. ނަތީޤްއަށް މީރު އެއްޗެއް ތައްޔާރުކޮށްފިއްޔާ އޭގެ ވަސް ޖެހުނަސް ދުވެފައި އަންނަ ކުއްޖަކަށްވީތީ މާޔާއަށް ވެސް ވަނީ އެކަން އާދައަކަށްވެފައެވެ. ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް އިސްޖަހާލެވުނީ ދެނެއް ނަތީޤްއެއް ނާންނާނެކަން ވިސްނުމުންނެވެ. އެލޮލަށް ޖަމާވި ކަރުނަތައް ނަކީލްއަށް ސިއްރުކުރަން ބޭނުންވިޔަސް އެކަންވީ ބޭކާރެއެވެ. ނަކީލްގެ ހިތުގައި ވެސް ރިއްސައިލީ އެހެންވެގެންނެވެ.

ނަކީލް ގޮސް މާޔާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީންދެ މާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުތައް ފޮހެދިނެވެ.” އިޓްސް އޯކޭ… މިއަދު އަހަރުމެންގެ ބޭބީ ނެތަސް…. ހީ ވިލް އޯލްވޭޒް ބީ އެލައިވް އި އަވަރ ހާޓް.. ” މާޔާއަށް ހިތްވަރުދީދީ ނަކީލް ވަރުބަލިވެސް ނުވާފަދައެވެ. މާޔާވެސް ނަކީލް އަށް ބަލާލާ ބޯ ޖަހާލީ ހިނިތުންވަމުންނެވެ.

” ކީލް…. ވާާހަކައެއް ބުނަންތަ.. ރުޅި ނާންނައްޗޭ” މާޔާ ނަކީލްގެ އަތްތިލާގައި ހިފާލަމުން ބުނެލީ ޖެހިލުންވެ ހުރެއެވެ. އެއްވެސް ހަޤީގަތެއް ނެތް ކަމުގައިވިޔަސް އިވެމުން ދާ އަޑުތަކުންވެސް އެކަމާއި މެދު ސުވާލުއުފެދެއެވެ. އެހެން ކަމުން ޖެހިލުން ވި ކަމުގައި ވިޔަސް މާޔާ ނިންމީ ހިތުގެ އުދާސް ނަކީލްއާއި ހިއްސާކުރާށެވެ. މާޔާ ވާހަކަ ކުރިއަށް ގެންދިޔައީ ނަކީލް ބޮލިގެ އިޝާރާތުން އާއެކޭ ބުނުމުންނެވެ.

” އެ ގޭގެ ބެލްކަނިން ކިހިނެތްތަ ބޭބީ ވެއްޓެން ވީކީ… އެހާ އުސްކޮށް ކައިރި ކައިރީ ދަނގަނޑު ޖަހާފަހުންނަނީވެސް… ވަރަށް ޗައިޑް ސޭފްކޮށް… އެހެން ނޫނަސް ބެލްކަނީގައި ހުންނަ ގޮނޑިއަކީވެސް މޫވް ކުރެވޭ ގޮތަށް ހުންނަ އެއްޗެއް ނޫނެއްނު…  ހައު އިޒް އިޓް ޕޮސިބަލް…” މާޔާ ނަކީލްއާއި ހިއްސާކޮށްލީ އެހިތަށް މިހާރު އުދަނގޫ ކުރަމުންދާ އެއް ސުވާލެއެވެ. މާޔާ ހީކުރި ގޮތާއި ހިލާފަށް ނަކީލްގެ މޫނުމަތިން އެއްވެސް ހިތްހަމަ ނުޖެހުމުގެ އަސަރެއް ނުފެނުމުން ފުން ނޭވާއެއް ދޫކުރެވުނެވެ.

” ތިކަމާ އަހަރެންވެސް ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ…. އެ ތަނަކުން ކުޑަކުއްޖެއް ވެއްޓިދާނެކަމަކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ… އެހެން ނޫނަސް އަަހަރުމެންގެ ނަތީޤްއަކީ އެހެންކުދިންހެން އެހާ ހަލަނި ކުއްޖެއްވެސް ނޫނެއްނު…މަންމަ ބުނާ ގޮތުންނަމަ ނަތީޤް ހުރީ މަންމަ ކޮޓަރީގައި…. އެތާ ހުންނާނީ އުދޯއްޔަކާއި މަންމަގެ މާގަސްތައް..” ނަކީލްވެސް ވިސްނުންތެރިކަމާއި އެކު ބުނަމުންދިޔައީ ނަތީޤްއަމިއްލައަށް އެތަނުން ވެއްޓިދާނެކަމަށް ޤަބޫލުނުކުރެވޭތީއެވެ.

“ނަތީޤް އެހެންނޫނަސް މަލެއް ފެންނަ އިރަށް ދާނީ އެދިމާލަށް…ސޯ ކިހިނެތް ވެއްޓެން ވީ… އައި ހޯޕް ވަޓް އައި އޭމް ތިންކިންގް އިޒް ނޮޓް ރައިޓް..” މާޔާ ނަކީލްގެ އަތުގައި ހިފާލަމުން ބުނެލީ އެ ޖުމްލައިގެ މާނަ ނަކީލްއަށް ވެސް އެނގޭހެން ހީވުމުންނެވެ.

ގޭގެ ބެލް ޖަހާއަޑަށް ދެމީހުންގެ ވާާހަކަ މެދުކަނޑާލަން ޖެހުނެވެ. ކިތަންމެ މުހިއްމު ވާހަކައެއް ކަމުގައި ވިޔަސް ދޮރުމަތީ މެހެމާނަކު މަޑުކުރުވުމަކީ ދެމީހުންވެސް އެހާ ހިތްހަމަ ޖެހޭ ކަމަކަށް ނުވުމުން އަވަސް ވެގަތީ ދޮރު ހުޅުވުމަށެވެ.މާޔާވެސް އަވަސް ވެގަތީ ކޮޓަރިއަށް ގޮސް ބުރުގާ އެޅުމަށެވެ.

މާޔާ ތިރިއަށް ފޭބިއިރު ނަކީލް އާއި ވާހަކަ ދައްކަން ބަގީޗާގައި މަޑުކޮށްގެން ހުރީ ނަތީޤްގެ ކޭސް އާއި ހަވާލުވެގެން އިސްކޮށް ހުރި ފުލުސް މީހާއެވެ. ގެއިން ބޭރުގައި ފުލުހުންގެ ޖިޕް މަޑުކޮށްފައިވާތަން ފެނި މީހާ ފެނި އެދިމާލަށް ދެވުނީ އަވަސް ވެފައިވާ  ހިތަކާއި އެކުގައެވެ.  ނަކީލްއަށް ބަލައިލީ ވާނުވާ އެނގެން ބޭނުންވެފައިވާ ފަދައަކުންނެވެ. އޭރު ނަކީލް މޫނު މަތިން ފެންނަން ހުރި ހިތްހަމަ ނުޖެހުމުންވެސް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން މާޔާއަށް ނަގައިގަނެވުނެވެ.

” އައި ތިންކް ވީ ފައުންޑް ދަ ކަލްޕްރިޓް… ކަންދިމާކުރި ގޮތުން ކުރިމަތީ ހުރި އިމާރާތުން އެކަން ހިނގި ވަގުތު ރިކޯޓް ކުރިކަމަށްވަނީ މީހަކު… ޝީ ކިލްޑް އަވަރ ސަން މައި… ޝީ ޑަސްންޑް ޑިޒާވް ޓު ލިވް…އައި ވިލް ކިލް ހާ…” ނަކީލް މާޔާއަށް ކަންވީގޮތް ކިޔައިދިންއިރު އެ ލޮލަށް ވެސް ކަރުނަ ޖަމާވާންފެށިއެވެ.

މީހަކު ހަމަ އެހާ ރަހުމް ކުޑަވެދާނެ ބާއެވެ. ނޫނެކެވެ . ނަތީޤއަށް އެހެން ހެދި މީހަކަށް ހައްޤު އަދަބު މާޔާ ދޭނެއެވެ. މަޔަކާއި ދަރިއަކު ވަކިކޮށް އެހާ އިހާނަތިކޮށް ހިތީއެވެ. އެކުޑަ ފުރާނަ ކިހާ އާދޭހެއް ކުރާނެ ހެއްޔެވެ. އެއަޑު އިވޭހާ ވެސް ބީރީ ހެއްޔެވެ. ފޮލިސް އިފިސަރ ކޭސްގެ މުހިއްުމު ނުކުތާތަކެއް ނަކީލް މެންނާއި ހިއްސާކުރަމުން ދިޔައީ މަޤާމުގެ ގޮތުން ހައިބަތު ބޮޑުމީހަކަށް ނަކީލްވުމުންނެވެ. މާޔާއަށް ކެތްވީވެސް ވަކި ވަރަކަށެވެ. އެންމެ ފަހުން މާޔާ އަވަސް ވެގަތީ މެލިސާ މެން އުޅޭ ގެއާއި ދިމާލަށް ދިޔުމަށެވެ. ނަކީލްއަށް މާޔާ ނުހުއްޓުވެނީސް ކާރަށް އަރައި ސްޓާޓްކޮށްލީ ނަކީލް ދައްކާވާހަކައެއްވެސް އަޑުނީވޭކަމަށް ހަދަމުންނެވެ. އައިސްފައި ހުރި ރުޅިންވެސް މާޔާއަށް ކާރު ދުއްވަމުން ގެންދެވުނީ ފުދޭވަރަކަށް ބާރަށެވެ. ނަކީލްވެސް މާޔާގެ ފަހަތުން ޕޮލިސް ވޭނުގައި އައީ މާޔާއަށް ކަމެއް ނުވުމަށް އެދޭހާލުގައެވެ.

މާޔާ ގޭގެ ދޮރުގައި ތަޅަމުންދިޔައިރު ހީވަނީ ދޮރުވައްޓާލާފާނެހެންނެވެ. އެއަޑަށް ނިހާލްއާއި މެލިސާ ވެސް ތިރިއަށް ފޭބިއިރު އޭރު ޖެނީ ކުދިކިޔަމުން ގޮސް ދޮރުހުޅުވަނީއެވެ. ނަތީޤްގެ މަރާއި ޖެނީ އާއި ގުޅުމެއްވާކަމަށް އެމީހުންނަށް ޝައްކުވެސް ނުކުރެވުނީ އެދުވަހު ޖެނީ ރުއިވަރުންނެވެ.  ޖެނީ ދޮރު ހުޅުވުމާއި އެކު ފެނުނީ މާޔާ ޖެނީ ކޮއްޕާލުމަށް ފަހު އެތެރެއަށް ވަތް ތަނެވެ.  މާޔާ ޖެނީކައިރިއަށް ޖެހިލާ ޖެނީގެ ކޮލަށް އެއަތުގެ ހޫނު ހަމަލާއެއްދިނީ އައިސްފައިވާ ރުޅިންނެވެ.  ފުރަތަމަ ހަމަލާގެ ތަދު ނުފިލަނީސް ހަމަ އެ ހަލުވި މިނުގައި ދެވަނަ ހަމަލާވެސް އަމާޒުވުމުން ޖެނީ ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

 

” އޭއި…ތީ ހާދަ ގޮތެއް ފޮތެއް ވެސް ނެތް އަންހެނެކޭ… މީސްމީހުންގެ ގެއަށް ވަދެގެން ގަޔަށް ބޮލަށް އަރަން ޖެހޭތަ… ހުރޭ.. އަހަރެން މިގުޅަނީ ޕޮލިހަށް…”މެލިސާއަށް ވާނުވާ ނޭނގޭ ހާލު މާޔާއާއި ދިމާލަށް އެއްޗެހި ގޮވައިގަތެވެ. މާޔާ އައިސްފައި ހުރި ރުޅީގައި މެލިސާއާއި ދިމާލަށް ބަލާލި ގޮތުންވެސް ހީވަނީ ފިއްސާލަން އުޅޭހެންނެވެ. ހަޤީގަތުގައި އައިސްފައިވާ ރުޅިން ހެދޭ ނެހެދޭއެއްވެސް މާޔާއަކަށް ނޭނގެެއެވެ.

” މިއީ އަހަރެންގެ ވެސް ގެ… މިގެއަށް ނިސްބަތް ނުވާ މީހަކީ މިހިރަ އަންހެނާ… މަންމަމެން ނިކަން ގުޅާބަ ޕޮލިހަށް… އުހުން… އަހަރެން ގުޅާފާނަން..”  ފުރަތަމަ ފަހަރަށް މާޔާ މެލިސާ ކުރިމަތީގައި އެހާ ހަރުކަށިކޮށް އެއްޗެއް ބުނުމުން އަނގަބަންދުވިއެވެ.

” ޖަސްޓް ގެޓް އައުޓް… މިތަނަށް އައިސް ސީން އެއް ކްރިއޭޓް ކުރާނެ ކަމެއް ނެތް… އަމިއްލަ ދަރިފުޅުވެސް ނުބެލުނެއްނު…” ނިހާލް ކިތަންމެ ރުޅިގަދަވެފައި ހުއްޓަސް ނަތީޤްގެ ކުއްލި ވަކިވެދިޔުމާއި ގުޅިގެން މީހާ ހުންނަނީ މައިތިރިވެފައެވެ. އެކަމުގައިވެސް ނިހާލް ބެލީ މާޔާ ކުއްވެރިކުރެވޭތޯއެވެ.

“ނުދާނަން… ނަކީލް ބުނާހެން އަހަރެންނާއި އަހަރެންގެ ދަރިފުޅާއި ބެހުމުގެ އެއްވެސް ހައްޤެއް ނޯންނާނެ މަންމައާއި ބައްޕައަކަށް… އެކުއްޖާ މަންމަމެންނަށް ފެނުނީ ވަކި މިއަދުތަ… ކޮޮބާ އަަހަރެން ނަކީލްގެ ދަރިއަކަށް ބަލިވެއިން ދުވަހު ތި ލޯތްބެއް… އެދުވަހު ބުނިވާހަކަ މިއަދުވެސް ހަދާން އެބަހުރި… އެ  ދަރި ވައްޓާލާކަށް ނޫންތަ ބޫނީ.. އާން މަންމަމެންގެ ދުޔާ ކިތަންމެ ރަގަޅަށްވެސް އިޖާބަކުރައްވައިފި.. އަަހަރެންގެ ދަރިންތަށް މުދިނިޔެއަށް ނޭވާ ނުލަނީސް މަރުވީ… ހުރި ހަމަ އެކަނި އުއްމީދު ވެސް މަރާލީ… ކޮން ކުށެއް ކޮށްގެންތަ.. މަންމަގެ ދަރިއަކު ދެކެ ލޯބިވެގެންތަ… އަހަރެންގެ އަތުގައި މަންމަމެން އަތުގައި ހުރި ވަރަށް ފައިސާ ނެތަސް އެކަމަކު މި އަންހެނާ ހާ ދަށު ދަރަޖައަކަށް ނުވެއްޓޭނަން ދުވަހަކުވެސް. ” މާޔާ އައިސްފައިވާ ރުޅިން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ފަދައެވެ. ހިތުގައި ފޮރުވައިގެން ހުރި ޝަކުވާތަކާއި ގިލަންތަށް ބޭރުކޮށްލީ އަޑުއަހަން ތިބި މީހުންގެ އަނގަތައް ބަންދުކުރަމުންނެވެ. މާޔާ ދެއްކި ވާހަކައިން ނިހާލްއަށް ޖެހުނީ ކުޑަ ވަރެއްގެ ޝޮކެކެވެ. މާޔާ ބަލިވެން އިންކަން ކުރިން މެލިސާއަށް އެނގޭ ހެއްޔެވެ. އެއީ ތެދު ވާހަކަ ތަކެއް ހެއްޔެެވެ. ނިހާލް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އިވުނީ މާޔާ ޖެނީ ކައިރިއަށް ޖެހިލާ އަނެއްކާވެސް ޖެނީ ކޮއްޕާލިތަނެވެ.

” އަހަރެންގެ ދަރިފުޅު ކަލޭ މަރާލީ އޭނަގެ ކޮން ކުށެއް އޮވެގެންތަ… އޭން… ކަލެއަށް ކީއްކޮއްގެންތަ… ކޯއްޗެއް ނުލިބިގެންތަ… ” މާޔާ ޖެނީގެ އިސްތަށިގަނޑު އަތަށް އޮޅާލަމުން އިސްތަށިގަނޑަށް ވާންކޮށްލި ގޮތުން ޖެނީއަށް ރޮއެގަނެވުނީ ތަދުވިވަރުންނެވެ. އެވަގުތަކީ ނަކީލް އަށްވެސް ފުލުހުންނާއި އެކީ އައިސް ވަދެވުނު ވަގުތުކަމުން ނަކީލް އަވަސް ވެގަތީ މާޔާ ދުރު ކުރުވުމަށެވެ. މާޔާ ދައްކަމުން ދިޔަ ވާހަކަ ތަކުން ހުއްޓުން އަރާފައި މެލިސާއާއި ނިހާލް އަށް ތިބެވުނީ ޤަބޫލުނުކުރެވިފައިވާ ފަދައިންނެވެ.

” ކޯ…ކޯއްޗެއް ތިކިޔަނީ…” ނަކީލް މާޔާ ދުރުކުރުމުން ޖެނީއަށް އެހެން ބުނެވުނީވެސް ކިރިޔާއެވެ. އެމޫނުން ދާތިކިތަށް އެހާ އަވަހަށް ބަބުޅަމުން ދިޔައިރު މީހާ ހާސްވެގެން އަޑުވެސް ނިކުންނަނީ ހަމަ ކިރިޔާއެވެ.

” މިކިޔާ އެއްޗެއް ތި ގަމާރު ސިކުނޑިއަށް ނުވިސްނެނީތަ.. ބަލަ އެކުޑަ ކުއްޖާ ރޮއެ އާދޭސް ކުރި އިރު ތި ހިލަހިތަށް އެއްވެސް އެެއްޗެއް ނޭރިތަ… އެހާ ރަހުމް ކުޑަކޮށް އަހަރެންގެ ނަތީޤް ވައްޓާލިއިރު ހީކުރީތަ މިކުށް އަބަދަށްވެސް ފޮރުވިފައި އޮންނާނޭ… ޔޫ އާރ ފިނިސްޑް ޖެނީ… އައި ވިލް މޭކް ޔުއަރ ލައިފް މިސަރެބަލް.. ޖަސްޓް ވެއިޓް އެންޑް ވޮޗް..” މާޔާ އަނޑަށް ބާރުލާފައި އެހެން ބުނެލި އިރު އެ ދެލޮލުން މިހާރުފެންނަމުންދިަޔަ ކުލަވަރުން ޖެނީވެސް ބިރުގެންފިއެވެ. މާޔާއަށް މިހާ ހިތްވަރު ލިބުނީ ކިހިނެތްހެއްޔެވެ.  މާޔާ ޖެނީގެ ހަޤީގަތް އެންމެން ކުރިމަތީ ބޭޒާރުކުރަމުން ދިޔައިރު އެ އަޑުގައިވާ ރިހުން ސިއްރެއްނުވިއެވެ. މާޔާ ދައްކަމުން ދިޔަ ވާހަކަތަކުން މެލިސާއާއި ނިހާލްވެސް ފެންކަޅިވެގެންދިޔައެވެ. ނަކ ދޮރު މަތީ ތިބި ފުލުހުން ފެނުމުން ޖެނީއަށް ބަލާލެވުނީ ނިހާލް އާއި މެލިސާއާއި ދިމާލަށެވެ. އެެއާއި އެކު ފެނުނީ އެމީހުންވެސް މޫނު އަބުރާލި ތަނެވެ.

” މަންމާ… ޤަބޫލުކޮށްބަ… އަހަރެން ކީއްކުރަން..” ޖެނީ މެލިސާ ކައިރިއަށް ގޮސް ފެށީ ރޯށެވެ. އެހެންނަމަެވެސް މެލިސާގެ ފަރާތުންވެސް ލިބުނީ ޖެނީ އުއްމީދުކޮށްގެން ހުރި ކަހަލަ ގާތްކަމެއް ނޫނެވެ. ޖެނީގެ ކޮލަށް މެލިސާ ހޫނު އެތިފަހަރެއް ވީއްލުމުން މުޅި ދުނިޔެވެސް އެބުރުނު ހީވިއެވެ.

” ހަބަރު ދާރު.. މަށަށް މަންމަ ނުކިޔާތި… އަަހަންނަށް އޭރުވެސް ޝައްކުވިޔޭ މީގަ ކަލޭގެ އަތެއް ވާނެއޭ.. ބަލަ އެއީ މަގޭ ހުރި ހަމައެކަނި މާމަ ދަރިފުޅޭ…. ތީ ކޮންކަހަލަ އަންހެނެއްތަ.. ” މެލިސާ ނިހާލްގެ މޭގައި ލައްވެގެން ފެށީ ރޯށެވެ.

” އަހަރެންގެ އަތުން ފައިން ގޯހެއް ހަދައި ކަލޭ ހަމަ އެގޮތަށް ވައްޓާނުލަނީސް ހަމަ މިހާރު އަހަރެން ކުރިމަތން ދުރަށްދޭ… ޕޮލިސް ޖަސްޓް ޓޭކް ހާ އަވޭ… ” ނިހާލްވެސް ފަހުބަސް އިއްވާލިއިރު އެމޫނުމަތިންވެސް ފެންނަމުން ދިޔައީ ރުޅިއާއި ހިތާމައެވެ. މާޔާއާއި ނަކީލް އުއްމީދުކުރިގޮތާއި ހިލާފަށް މަންމަމެން އެކަން އެހާ ފަސޭހައިން ޤަބޫލުކުރުމުން ދެމީހުންވެސް ތިބީ ހައިރާންވެފައެވެ.

” އަތްނުލާތި އަހަރެން ގައިގަ..” އެތަނުން އަންހެން ފުލުހެއް އައިސް ޖެނީ ގައިގާ ހިފެހެއްޓުމުން އެއަތް ފޮޅުވާލީ ނަޖިހެއް އަތްލިހެން ހީވުމުންކަހަަލަގޮތަކަށެވެ. ” އަހަރެންމީ ކާކު ކަމެއް ނޭނގޭތަ… މައި ޑޭޑް ވިލް ފަޔަރ ޔޫ… ޖަސްޓް ސްޓޭ އަވޭ ފްރޮމް މީ… މާޔާ… ހީނުކުރާތި ކަލޭ މޮޅުވީ ކަމަށް… އާން އެ ޑެވިލް މަރާލީ އަހަރެން… އޭނަ އާއި ހުރެ ޕްލޭނެއް ވެސް ފެއިލް ވީ…އައި ކާންޓް ސްޓޭންޑް ހިމް….. އަހަންނަނަށް ނަކީލް ނުލިބިއްޖިއްޔާ ވަކި ތި މާޔާއަކަށް ވެސް ނުލިބޭނެ…. އައި ވިލް ރޫއިން ޔޫ…“ އެތަނުން ޖެނީ ދަމާފައި ނެރުނު އިރުވެސް އެއަޑު ނުކެޑެއެވެ. ޖެނީގެ އަސްލު ސިފަ ފެނިފައި މެލިސާއަށާއި ނިހާލްއަށްވެސް ތިބީ ކުރާނެ ކަމެއް ނުވިސްނިފައެެވެ، މީހެއް ހުންނަ ގޮތަކުން އެމީހެއްގެ އަސްލެއް ނޭނގޭނެތާއެވެ.  ނަކީލް އާއި މާޔާ ވެސް އެތާ މަޑުކުރަން ނަހަދައި ނިކުތީ ފުލުހުންގެ ފަހަތުން ކަހަލަ ގޮތަކަށެވެ. އޭރުވެސް ޖެނީދިޔައީ ގަދަ ހަދައި ހަޅޭ ލައްވަމުންނެވެ. މެލިސާ އަދި ނިހާލްވެސް  އެމީހުން ފަހަތުން ނިކުތީ މާޔާކުރެން އޮޅުން ފިލުވަން ބޭނުންވާ ކަންތައްތައް ހުރުމުންނެވެ. މާޔާ ދެއްކި ވާހަކަތަކުން ނިހާލްގެ ހިތް މެލިސާއަށް ކިލަބު ވެފައިވީ ނަމަވެސް އެކަމެއް މިވަގުތު ނުދެއްކީ ވަގުތާއި ހާލަތުގެ ގޮތުންނެވެ. އިމާރާތުން ބޭރަށް ނެރެގެން ޕޮލިސް ޖިޕް ކައުރުއަށް ޖެނީ ގެންދާން ފެށުމުން މާޔާ ނަކީލްގެ މޭގައި މޫނު ފޮރުވައިލީ އެއަތުގެ ހިމާޔަތަށް އެދެމުންނެވެ. ނަކީލްވެސް މާޔާގެ ބުރަކަށީ އަތް ވަށައިލީ މާޔާ ކުރި ހިތްވަރަށް ސާބަސް ދެމުންނެވެ.

އެއީ ޖެނީ މެނާއި އެހާ ދުރު ނުވުމުން މިތަން ފެނި ޖެނީގެ ހިތުގައި ރޯވި އަލިފާން ކުރި ފަޅައިގެން ދިޔަ ފަދައެވެ.  ޖެނީ ލޮލުގައި އަޅައިގަތީ ކައިރީ ހުރި ފުލުސް އޮފިސާރ ޖީބު ކައިރީ ޖަހާފައި އިން ބަނޑިއެވެ. އެއާއި އެކު އިތުރު ވިސްނުމަކަށް ނުގޮސް ކައިރީ ހުރި އަންހެން ފުލުސް އޮފިސަރ ފޮޅުވާލީ ކޮންކަހަލަ ބާރެއް ލިބިގެން ކަމެއް ނޭނގެއެވެ. އަވަސް ހަރަކާތުގައި ބަނޑި ނަގައި މާޔާ މެންމާއި ދިމާލަށް އަމާޒުކޮށްލާއި ހަރު އަޑުން ނަކީލްއަށް ގޮވާލީ ނިމުން ކައިރީ ވީއޭ ބުނާފަދައަކުންނެވެ. ނަކީލް ހުރީ ޖެނީ އަށް ފުރަގަސް ދީގެން ކަމުން ނަކީލް އަށް ވުރެ ކުރެން އެތަން ފެނުނީ މާޔާއަށެވެ. މާޔާއަށް ނަކީލް ދުރަށް ކޮށްޕާލެވުނީވެސް ކިރިއާއެވެ. އެވަގުތަކީ ޖެނީ ވަޒަން ޖެހި ވަގުތުކަމަށް ވުމާއި އެކު ވަޒަން އޭގެ މަންޒިލަށް ދަތުރުކުރަން މާކަ ގިނަ އިރެއް ނުނެގިއެވެ. މިކަންތައް ހިނގައި ދިޔައީ ދާދީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް ވުމުން އެއްވެސް މީހަކަށް  މިއަށް އަމަލްކުރާނެ މާބޮޑު ފުރުސަތެއްވެސް ނުލިބުނީއެވެ. އެއާއި އެކު ފުލުހުން ޖެނީ އަތުން ބަޑިއަތުލއި ޖިޕަށް އެރުވީ ދެއަތުގައި ބިނޑި އެޅުވުމަށްފަހުގައެވެ.

ނަކީލްއަށް ބަަލަން ހުރެވުނީ ކުރިމަތިން ފެންނަން ހުރި މަންޒަރުން ދެލޯ ބޮނޑުވެފައެވެ. ފުރާނަ ދަފައިން ލޯބިވާ ފަރާތް އެކޮށްލި ކަމަކުން މުޅި އުމުރަށްވެސް ދަރަނިވެރިވީއެވެ. ހަމަ ނަކީލްއަށްޓަކައި މާޔާ އަމިއްލަ ނަފްސު ނުރައްކަލަކަށް ހުށަހެޅީހެއްޔެވެ.  މާޔާގެ ބަނޑަށް ވަޒަން އަރާފައިވީއިރު ލައިގެން ހުރި މަޑު ފެހިކުލައިގެ ޖިލްބާބްވަނީ ލެއާއި ތަތްތެޅިފައެވެ. ބަނޑުގައި އަތްއަޅައިގެން ހުރި އިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ނަމަވެސް މޫނުމަތީގައިވި ހިނިތުންުވުމަކަށް ބަދަލެއް ނާދެއެވެ. ނަކީލް ދުވެފައި ގޮސް މާޔާ ހަށިގަނޑު ގަޔާއި ކައިރި ކޮށްލާ ބަލައިލީ ޝަކުވާއިން ފުރިގެންވާ ގޮތަކަށެވެ.

” ޔޫ އާރ ސޭފް ދޯ…” މާޔާ އަޑު ކިތަންމެ އުދަނގުލުން ނިކުތް ކަމުގައި ވިޔަސް ނަކީލްގެ އުގުގައި ބޯ އަޅައިގެން އޮތްއިރު ނަކީލްގެ ކޮލުގައި ފިރުމައިލިއެވެ.” އައި ލަވް ޔޫ… މޫވް އޮން ކީލް…” މާޔާ ގެ ލޯ މެރެމުން ދިޔައިރު ނަކީލްގެ ސޫރަދިޔައީ ފުސްވަމުންނެވެ.

“ނޯ ނޯ…ނޯ މައި… ކީއްވެ… ކީއްވެ… ޔޫ ކާންޓް ލީވް މީ މައި… ލޯ ހުޅުވަބަ… ޕްލީޒް… ސްޓޭ ވިތްމީ… މައި… ނޯ… ނޯ..” ނަކީލް މާާޔާގެ ތަޅުވަމުން ގެންދިޔައީ މާޔާ ލޯ ހުޅުވާތޯއެވެ. ނަކީލް ލައިގެން ހުރި ހުދު ގަމީސް ވެސް ރަތްކުލައިން ފެވިފައިވީއިރު އެހިތް ވަނީ ފިސްފިސް ވެފައެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައީ ވެސް އިހްތިޔާރަކާއި ނުލައެވެ .

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

އައިރީން…(2)

Next

މަލާކް… 10ވަނަަބައި

Next
June 15, 2017

މަލާކް… 10ވަނަަބައި

Previews
June 15, 2017

އައިރީން…(2)

49 Comments!

  1. writer says:
    June 15, 2017 at 6:31 pm

    ummedhu kuran kamu dhaane kamah… miadhu exams nimunugothah ni genesdhiny… mistakes huredhaane… correct me… what do u think is going to happen next? is maya going to die ? or is she going to live? what will happen to nakeel ? what will happen to our favorite couple? are they going to get seperated again?

  2. Someone says:
    June 15, 2017 at 6:31 pm

    Wowww…. Hama dhemme mi fenuny. Kiyaalaafa commengt kohlaanan ingey ?

    1. Someone says:
      June 15, 2017 at 6:33 pm

      Yay me first ???

    2. Someone says:
      June 15, 2017 at 6:54 pm

      Alhey! Keeve tha ehen thihedhy writer ??? I am crying! Maya ves maruvaany tha? No way they will never get separated! Ekam heevany seperate vaane hen! ??? But anyways mi part varah heart touching ?? Varah reethi! Waiting for the next part! Yay me first dhw ??

    3. writer says:
      June 15, 2017 at 7:01 pm

      Yh… first…higaa dhw vaagotheh balaalama and thank you

  3. Shau says:
    June 15, 2017 at 6:42 pm

    ??? maayaa maruvy thr.. Keel ekani veri Thi kohly.. V v v Dhera vejje..

    1. writer says:
      June 15, 2017 at 7:02 pm

      Ehntha… lets see dhw maya ah v gotheh

  4. annoying reader says:
    June 15, 2017 at 6:49 pm

    no no no no plz pllzz dnt kill maaya, now natheeq is gone nakeel will be miserable if maya dies. plz save her. just love this part. melisaa ah ves rangalhu filaavalheh dheeba. waiting for the next part

    1. writer says:
      June 15, 2017 at 10:53 pm

      Thank you…. higaa dhw maya ah vaagotheh balaalamaa…. hnmm…

  5. safee says:
    June 15, 2017 at 6:50 pm

    V hadi.den mivarau nukohlius vedhaane kanneyge

    1. writer says:
      June 15, 2017 at 6:59 pm

      Thank you… hadi vi sababeh bune dhiniya ragalhu… and vaahaka kiyaalythy thank you… this is what i planned to do… adhi vareh nukohleveynu dhw..hehe…thank you… i take it as a compliment

    2. Safee says:
      June 15, 2017 at 8:18 pm

      Maayaa gayah badi jehyma.n Dera libey myhaa ah abadhu dera libeythee ve

    3. writer says:
      June 15, 2017 at 10:39 pm

      Ehntha.. hehe.. u are cute…lets see dhw vaagotheh

  6. Azu says:
    June 15, 2017 at 6:51 pm

    Nooooooooo……maya maraanulaathi pls….eyrun keel ah kihineh vaanee…???????

    1. writer says:
      June 15, 2017 at 10:54 pm

      Lets see dhw

  7. Naxy says:
    June 15, 2017 at 6:57 pm

    Oooohhhh no…. kihineh mi vee

    1. writer says:
      June 15, 2017 at 10:57 pm

      Heenukuraa gothakah dhw mi vy

  8. Yalaa says:
    June 15, 2017 at 7:02 pm

    Wow Hama speechless ?
    Story is so beautiful. I loved it. Plz next part avahah genesdhehchey plz plz puleeeeeeeez ??

    1. writer says:
      June 16, 2017 at 12:53 am

      Thank you… i ll try

  9. Navii says:
    June 15, 2017 at 7:11 pm

    Oh no.. kihinei mi v?.. Maaya

    1. writer says:
      June 16, 2017 at 12:54 am

      Kihinei ba mi v

  10. NaXy says:
    June 15, 2017 at 7:13 pm

    Alhey maaya maraa nulah chey. Nakeel ekani vee plx plx thihen nuhadhaa. Story v reethi

    1. writer says:
      June 16, 2017 at 1:02 am

      Thnk you… lets see dhw

  11. Aisha says:
    June 15, 2017 at 7:17 pm

    Alhey maaya maruvaanieetha??? noon plx writer nakeel ekani kohnulaa mayaa save kurey ?

    1. writer says:
      June 16, 2017 at 1:04 am

      Hehe.. aisha lets see…

  12. Khadheeja says:
    June 15, 2017 at 7:19 pm

    Keevve mai maraalee???

    1. writer says:
      June 16, 2017 at 1:12 pm

      Adhi numaran?

  13. ??? says:
    June 15, 2017 at 7:37 pm

    Maaya maraiii nulahchey vvvv rythi mi baii vess?

    1. writer says:
      June 16, 2017 at 2:02 pm

      Thank you… lets see dhw

  14. Ainth says:
    June 15, 2017 at 7:42 pm

    Vaahaka nimuny tha mi

    1. writer says:
      June 16, 2017 at 2:04 pm

      Nop

  15. nonns says:
    June 15, 2017 at 7:45 pm

    Alheeyyy. Why writer?? Why did u do this. Heyo nuvaane maayaa maraanulacheyy. Aaadheys Koffa mibuny. Maaya ekuri kamakun kiriya hama nurovunee. That picture ah balaafa ves hihfalhaigen nudhiya ee kiriya. Jennnyyy!!!!! Curse you devil. If u were infront of me I’ll nolhaalanings your face. Btw story hama habeys ingey. Keep it up writer. When next ep??

  16. AKI says:
    June 15, 2017 at 7:55 pm

    vvv reethi mi part ves.. next part avahah up kohla dheebaa pls pls…. ekamu maaya maraa nulaathi

  17. Ssss? says:
    June 15, 2017 at 7:58 pm

    Hama asslu vess rovijje
    ?…can’t wait for next part…. Love this story??

  18. Noor says:
    June 15, 2017 at 8:00 pm

    Ohhhh….next partah hama neyvaa hifahattaalaigen…

  19. sam♥ says:
    June 15, 2017 at 8:00 pm

    alhey rovaa thilyyy … mayaaa ah ehn nuhadhaa … nakeel ekaniii kohlanthaa alhey thiviss nanyy hama … writer plx mayaa maraa nulaaa …. lovely stry ♥♥waiting next part hahah … thank u ….

  20. Adha? says:
    June 15, 2017 at 8:05 pm

    No.. no..no..maayaa Adhi nuvey dw mareh!? maayaa thihen nakeel dhookohfa nudhahchey..? nakeel kihineh ulheynee maayaa aa nulaa.. writer pls save her.. ?ehaa lobi lobi couple eh separated viya nudhy plss…? alhugandu miadhu mi part keen 2 times..ehfaharu hithah eree maayaa will die ey.. eyrun kanneynge ey story ge title aa gulheynee ?dhen anneh faharu hithah eree maayaa maru nuvaane ey… she’s very strong. She can fight with death too…nd mayaa varuma story ves end vaany noonhey ?..aaaah! Boa govaifi..?dhen avahah next part genesdhee writer eyrun dhen engeynee vaanuvaa eh..? varah reethi mi part ves..
    Curiously Waiting 4 next part…??

    1. Adha? says:
      June 15, 2017 at 8:12 pm

      Alhey! E thedhekey dw adhi photo ga ves eynee nakeel ekanin dww.. no no she can’t leave him like that.. writer plss do something ???

  21. Xxxx says:
    June 15, 2017 at 8:35 pm

    Waiting.waiting.such an emotional n touching story.??.

  22. Fathun says:
    June 15, 2017 at 9:34 pm

    Alhey maraalitha nooooooo?????????? plz ehen nuhadha ehenvihyya keel ves maralaa. Buni kihineh efakeeru dhiri hunnani hama rooni next episode up vandhekah ????????????

  23. Anonymous says:
    June 15, 2017 at 9:39 pm

    haadha dera ey.. maayaa ves nakeel dhookohlaafa danytha? waiting for another part.. dhn othy last part tha?

  24. Shaa says:
    June 15, 2017 at 9:57 pm

    Evara Maya numarashey buneemaves maralee.???

  25. sadh says:
    June 15, 2017 at 11:03 pm

    Alhe noon. E dhemyhunnah ithuru dhera eh nudhehche dear. Regular kon mi vaahaka kiyan inge. And this is my first comment. Varah rythi mi vaahaka. Thank you for bringing your ideas bautifully like this. Good luck for exams. ❤️ Waiting for the next part.

  26. iru says:
    June 16, 2017 at 8:55 am

    Alhey den keeh kuran tha maaya gayah thi badijehee. Adhi matuves jeheyne eh nun maafah ves edhen…..adhi nuvaane ingey mareh

  27. Zail n zoya says:
    June 16, 2017 at 10:18 am

    Very touch n sad story,alhugadu ves preg vi twiss dheakudhin nan but i lose one ??mi story kiyaafa varan dhearavaa konmea faharaku ves i miss u my baby,any way story v v v v reethi .writer keep it up,midhaairaa kuri earu eadhen???

    1. Zail n zoya says:
      June 16, 2017 at 10:22 am

      Its my first comment.hama story teethi kamun coment nukon nuhurea vuny?

  28. Tulip Mode says:
    June 16, 2017 at 9:22 pm

    Nafee Ibrahim

  29. AKI says:
    June 16, 2017 at 11:39 pm

    avahah up kohla dheebaa pls pls…

  30. writer says:
    June 17, 2017 at 4:52 pm

    Vaahaka avahah kureveytho try kuraanan… hurihaa comment akah reply nukereveny comment kuran udhagu vumun… ekacheh thin faharu send kuraa iru ves nuwey…admin plx solve this issue… v udhagu mihaaru

Comments are closed.


All Right Reserved!