Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރީން…(1)

Aufyy <3 Level 1100 Comments10 Stories
June 13, 2017 One Min Read
12 Comments

އައިރީން ވަރުބަލި ކަމާެއެކު ގޭގެ ދޮރުމައްޗަށް އެރި ވަގުތު ތުރުތުރުއަޅާ ބަލި އަޑަކުން ގޮވާލި އަޑު އިވުނެވެ.”ދަރިފުޅާ ފެންފޮދެއް ގެނެސްދީބަލަ” މިއީ އޭނާ މަންމަ ނަޢީމާގެ އަޑެވެ. އައިރީން އަވަސްވެގަތީ ނޢީމާއާށް ފެން ދނުމަށެވެ. އެ މަންމަ ފެނުމުން އައިރީން ހިތުގާ ރިހުމެއް އުފެދުނެވެ. ނަޢީމާ ފެންނަ ކޮންމެ ފަހަރަކު ވެސް އައިރީނަށް ވަނީ މިވަރެވެ. ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކުރީގަ ނަޢީމާގެ ރީތި ހަށިގަނޑު ވަނީ ހިކި އަނަރޫފަ ވެފައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން އެ މައުސޫމް ދެލޯ ވަނީ ވަޅު ހެދިފައެވެ. ނަޢީމާ ހިތާމަ ކުރާތަން އެތެއް ރެއަކު އިއިރީން ގެ ލޮލަށް ވަނީ ފެނިފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އައިރީން ހިތުގައި ފިރިހެނުންނަށް ދެވިފަ އޮންނަ ނަފްރަތުގެ އޮއެވަރު ބޮޑުވެގެން ދެއެވެ. މަންމައަށް ފެންދިނުމަށް ފަހު އައިރީން ދިޔައީ ނަމާދު ކުރާށެވެ.

ފިރިހެން ވަންތަ ހިނގުމެއްގައި އޮފީހަށް ވަދެގެން އައި ޒުވާނާ ފެނި އެންމެންގެ ލޯތަށްް އޭނާއަށް އަމާޒު ވިއެވެ. އެ ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑު ފެނި އެތާތިބި އަންހެން ކުދިންގެ ހިތްތައް ލެނބެމުން ދާ އިރު ފިރިހެން ކުދިން ހތުގައި ހަސަދަވެރިކަން ހިނގާނެކަން ގައިމެވެ. ރީތި ވަރަކަށް ދިގު ވެފައިވާ ފަން އިސްތަށިގަނޑާއި ހީލުމުގެ ސަބަބުން ކޮލަށް އެޅޭ އަޑިކޮޅުން އޭނާގެ ރީތިކަން އިތުރު ކޮށްދެެއެވެ. އެ މަޑު ނޫކުލައިގެ ކަޅި ފެނި އަންހެން ކުދިންގެ ހިތްތައް ފިދާވަމުން ދިޔައިރު މިއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ލީވާން ބެލީ އޭނާގެ ކެބިންއަށް ދެވޭތޯއެވެ. އޭނާ ބައްޕައަށް މިއަދު ބާއްވާ އިންޓަރވިއުއަށް ނާދެވޭނެ ވާހަކަ ބުނުމުން އޭނާ އެކަމާ ހަވާލު ވިއެވެ. އެހެން ކަމުން އެކަމަށް ބޭނުންވާ މުހިއްމު ފައިލްތައް ހިފައިން އޭނާ އަވަސްވެގަތީ މީޓިންގް ހޯލަށް ދިއުމަށެވެ.

ޑްރެސިންގް ޓޭބަލް ލޯގަނޑު ކުރިމަތީ ރީތި ވާން ހުރި އަިއިރީން ހުރީ ހާސް ވެފައެވެ. “އެންމެ ފުރަތަމަ ދުވަހު ވެސް މިދެވެނީ ގަޑި ޖެހިގެން!!”އަައިރީން އަމިއްލަ ނަފްސަށް ޝަކުވާ ކުރިއެވެ. ހުދު ގަމީހަކާއި މެރޫން ކުލައިގެ ޕެންސިލް ސްކާޓް ލައިގެން ހުރިއިރު އޭނާއާ ނުހަނު ގުޅެއެވެ. މުށި ކުލލަިގެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް އައްސާ ތުންފަތުގައި މެރޫން ކުލައިގެ މެޓްް ލިޕސްޓިކެއް ޖައްސާ ލެވިފާ ވާއިރު އޭނާގެ މައުސޫމު ކަން ހާމަ ވެގެންދެއެވެ.ހިތްހަމަޖެހޭ ވަރުވުމުން އޭނާ ގެންގުޅޭ އަތް ދަބަސް ހިފަައިން ނުކުތެވެ. “މަންމާަ ރީން ދަނީ….“ދޮރުން ނުކުންނަމުން ނަޢީމާއަށް އަޑު އިވޭނެ ވަރަށް އައިރީން ގޮވާލިއެވެ. “ގުޑް ލަކް…އިރާދަކުރެއްވިއްޔާ ރީން އަށް ތި ޖޮބް ލިބޭނީ…”ހިނިތުން ވަމުން ނަޢީމާ ބުނެލިއެވެ.”ތެންކްސް މޯމް….ހަނދާންކޮށް ބޭސް ކާތި..”ނަޢީމާ މިހާ ބަލިކޮށް އުޅޭ އިރު ދާން ނުރުހުނު ނަމަވެސް ނަޢީމާ ކިޔާ ވަރުން ދާން އެއްބަސްވީ ހިތާ ދެކޮޅަށެވެ.”ޑޯންޓް ވޮރީ ދޮންތާ…އުލީ މިހުރީނުން…އުލީ މޮމްއަށް ބޭސް ދޭނަން…ބެސްޓް އޮފް ލަކް އިންޓަރވިއުއަށް..”ކޮއްކޮގެ ބަސް ތަކުން އައިރީން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށް ބޭރުގައި އޮތް ޓެކްސީއަށް އަރައި ދާން ވީ މަންޒިލް ޑްރައިވަރު ކައިރި ބުނެ ހަމަޖެހިލިއެވެ. 

10 ވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު އައިރީން ހުރީ ބްލެކްޕާލް ކޮންޕަނީ ކުރިމަތީއެވެ. ހަޔާތުގަވެސް  މިކަހަލަ އިންޓަރވިއު އަކަށް އައި ފުރަތަމަ ފަހަރު ކަމުން އޭނާގެ ހިތް ތެޅެނީ އެއެއް މިއެއް ބަލާފަ އެއްނޫނެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އެތެރެއަށް ދާން ހިނގައިގަތެވެ. އައިރީން ގޮސް ރިސެޕްޝަންގައި ހުރި ކުއްޖާ ކައިރިން އިންޓަރވިއު އޮތް ތަނެއް އޮޅުން ފިލުވާ އެ ދިމާލަށް މިސްރާބު ޖެހިއެވެ. ލަސް ފިޔަވަޅުތަކެއްގައި މީޓިންގް ހޯލާ ދިމާލަށް އައިރީން ހިނގައިފަ ދިޔއިރު އަދިވެސް އޭނާ ހިތް ހަމަ އަކަށް ނޭޅެއެވެ. އެހެންނަމަވެސް ހިތްވަރު ކޮއްފައި ދޮރު ހުޅުވާފައި އެތެރެައަށް ވަނެވެ.

މީޓިންގް ހޯލް ދޮރު ހުޅުވުނު އަޑަށް ލީވާން ފޯނު ބާއްވާ ފަސް އެނބުރި ދޮރާއި ދިމާލަށް ބަލައިލި ވަގުތު ދެ ބުމަ ގޮށް ޖެހުނެވެ. ކުރިމަތީ ހުރީ ދުވަހެއްގެ ކޮޅުން ވެސް އޭނާ ދެން ފެންނާނެ ކަމަށް އެންމެ ހީ ނުކުރާ ސޫރައެވެ. އައިރީނަށްވެސް ވީ އެވަރެވެ. ކުރިޔަށް ފިޔަވަޅެއް އަޅާލަން ނޭގިފައިން އައިރީންގެ ނަޒަރު ވަނީ ކުރިމަތީހުރި ގޮނޑީގައި އިށީނދެގެން ހުރި ލީވާނަށެވެ.”ޔޫ!!” ދެ މީހުންނަށް އެއްފަހަރާ އެހެން ބުނެވުނެވެ. އޭރު ދެ މީހުން މޫނުން ވެސް ފެންނަނީ ރުޅިވެރި ކަމެވެ. ހީވަނީ ދެންމެ ދެންމެ ގަޔަށް އަރައިގަނެފާނެހެންނެވެ..

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

ކެހި

Next

ކަކުނި 24

Next
June 13, 2017

ކަކުނި 24

Previews
June 13, 2017

ކެހި

12 Comments!

  1. Haxan says:
    June 14, 2017 at 10:10 am

    Mi kiyaane gotheh neyngun?

  2. Book Lover says:
    June 14, 2017 at 12:34 pm

    Mmmm….Vaahakaige name keevve beyruga neennany?? Story okay but mistakes kudakoh ebahuri….try…try you can do it!!!☺

    1. kiaara says:
      June 14, 2017 at 1:10 pm

      I new to this site so i dont really knw why….thnk you…next part rangalhu kureveytho balaanan…. 🙂

    2. kiaara says:
      June 14, 2017 at 1:13 pm

      M*

  3. Ahseeam says:
    June 14, 2017 at 2:00 pm

    V reethi story… Massala any avahah nimmaali kan

    1. kiaara says:
      June 14, 2017 at 2:07 pm

      Thank you…next part dhigukohla dheveythoa try kuraanan… 🙂

  4. Psenhi says:
    June 14, 2017 at 7:00 pm

    Hyve rythi vaanehe. Gondyga ishyndhe huri thankolhuga bodah alhaigathy. Anehen maabodu massalaeh neh kiyan undhagookahala. Aavyma undhagoovaane dhigukoh liyan. So keep trying. Ol da bst

    1. Aufyy <3 says:
      June 14, 2017 at 7:53 pm

      Thank you…i’ll keep that in mind… ?

  5. Psenhi says:
    June 14, 2017 at 7:03 pm

    Picture ga vaahakaige name jahaalaba. Eyrun fahagakuran engeyne readers ah gaimuves

    1. Aufyy <3 says:
      June 14, 2017 at 7:54 pm

      Thanxx a lot 4 your help…?

  6. Anonymous says:
    June 15, 2017 at 12:57 am

    Liyun hunna gothun kiyan udhaguvey bt story vvvv reethi

    1. kiaara says:
      June 15, 2017 at 2:21 am

      really??but kiaa lap in beli iru hama owk kohh hury…and thank you… 🙂

Comments are closed.

Next Episodeއައިރީން…(2)←


All Right Reserved!