Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަރުވެދާނޭ މާދަމާ ގައިމޭ (1)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
June 14, 2017 5 Mins Read
28 Comments

މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ކިތަންމެ ވަރުބަލިވެފަ ހުރި ނަމަވެސް އަހަރެންނަށް ނިދޭގޮެތެއް ނުވިއެވެ. ކޮންމެ ރެޔަކުވެސް އަހަރެންގެ ހާލަކީ އެއީއެވެ. ސަމާއާ ދޭތެރޭ ވިސްނާފަ އިތުރަށް މާޔޫސްވަނީއެވެ. ސަމާއާ ދޭތެރޭ އަހަރެންނަށް ނުވިސްނޭ އެންމެ ރެޔެއްވެސް ނުދެއެވެ. އެހަނދާން ތަކާ އަހަރެންނަށް ދުރަށް ދެވޭގޮތެއްވެސް ނުވިއެވެ. ކިތަންމެ ވަރަކަށް ސަމާއާ ދޭތެރޭ ވިސްނާފަ ހިތާމަ ކުރިޔަސް ސަމާ އެނބުރި ނާންނާނެކަން އަހަރެންނަށް އިނގެއެވެ.

 

އެއީ މީގެ އެއްމަސް ދުވަސް ކުރިންނެވެ.

 

އަހަރެންނަށް ހޭލެވުނީ ފޯން ރިންގް ވާ އަޑަށެވެ.

” ފައި އައި ނީޑް ޓް ޓޯކް ޓް ޔޫ.. ޕްލީޒް ރެޑީވެބަ.. އެބަދަން ފައިމިންގެޔަށް..”  އަހަރެންނަށް އިތުުރު އެއްޗެއް ބުނަން ފުރުސަތުވެސް ނުދީ ސަމާ ފޯން ކަނޑާލިއެވެ. ފޯނުން ގަޑި ބަލާލި އިރު އަދި އަށެއް ޖަހަނީއެވެ. ތެދުވާ ހިތް ނުވެފަ ހުރި ނަމަވެސް ސަމާގެ އަޑުގަވާ ނުތަނަވަސްކަމާ ހާސްކަން އިހްސާސްވެފަ އަހަރެންނަށް ތެދުވަން މަޖްބޫރުވިއެވެ. ސަމާއަކީ ސްކޫލް ދައުރުންސުރެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.

 

ތައްޔާރުވާން ހުއްޓާ މީހަކު ދޮރުގަ ޓަކި ޖަހާ އަޑަށް އަހަރެން ގޮސް ދޮރުހުޅުވާލި އިރު ސަމާއެވެ.

” ފައި އެހާ ކުރިން ގުޅާފަ ބުނީމަވެސް ރެޑީ ވެ ނުނިމޭތަ..” ސަމާ ޝަކުވާ ކޮއްލަމުން ވަދެ އެނދުގަ އިށީންނިއެވެ.

” ނޫން މި ނިމެނީ އޭ.. ދެން ބުނެބަ ކިހިނެތްވީތަ ތިހާ ހާސްވެފަ ތިހިރީ… މިހާ ހެނދުނާ ކޮންތާކަށް ދާންތަ..” ލޯގަނޑު ކުރިމަތީ ޝޯލް އަޅަން ހުރެ  އަހަރެން ސަމާއާ ސުވާލްކޮލީމެވެ.

” ފައި އަހަރެންނަށް ވަރަށް ބޮޑު މިސްޓޭކެއް ހެދިއްޖެ.. ” ސަމާ އިސް ދަށަށް ޖަހާލައިގެން އިނދެ ބުނެލިއެވެ.

” އަނެއްކާވެސް އައްޔަ ގުޅީމަ ދިޔައީދޯ..” އަހަރެން އައިސް ސަމާ ކައިރީ އިށީންދެލަމުން ބުނެލީމެވެ.

” ނޫން އެޔަށް ވުރެ ބޮޑު ކަމެއް.. ޕްރޮމިސްކޮއްބަ ފައި ދުވަހަކުވެސް އަހަރެންނާ ފްރެންޑްޝިޕް ކަނޑާނުލާނެ ކަމަށް.. މިވާހަކަ ބުނީމަ ފައިވެސް އަހަރެން ދޫކޮއްލާފަ ގޮސްދާނެތީ ބިރުގަނޭ..” ސަމާ އަހަރެންގެ އަތުގަ ހިފާލަމުން ބުނެލިއެވެ.

” އައި ޕްރޮމިސް.. ޔުއާ މައި ބެސްޓް ފްރެންޑް.. ހައު ކޭން އައި ލިވް ވިތު އައުޓް ޔޫ..” އަހަރެން ހަމަ ޖެހޭގޮތް ދައްކަމުން އެހެން ބުނެލި ނަމަވެސް އަހަރެންގެ ހިތުގަ އެތަށް ސުވާލް ތަކެއް އުފެދެމުން ދިޔައެވެ. ސަމާ އަނެއްކާ ކީއްކުރީބާއޭ ހިތަށް އެރިއެވެ.  ސަމާގެ އަމަލުތަށް ހުންނަ ގޮތުން އަހަރެން އޭނައަށް ނަސޭހަތް ދިނަސް ގަބޫލް ކުރަނީއެއް ނޫނެވެ. ފަހަކަށް އައިސް އަހަރެން ކުރިޔަށްވުރެ ސަމާއާ ދުރުން އުޅެން ފެށީމެވެ. އެކަން ސަމާއަށްވެސް ފާހަގަ ވާނެ ކަންނޭންގެއެވެ.

” ފައި އައި އޭމް ޕްރެގް..” ސަމާ އިސްދަށަށް ޖަހާލައިގެން އިނދެ ކުއްވެރިއެއް ފަދައިން ބުނެލިއެވެ.

” ވަޓް..” އަހަރެންނަށް އިނީ ގަބޫލް ނުކުރެވިފައެވެ. އެވަރަށް ސަމާއަށް ނަސޭހަތް ދޭއިރުވެސް  ސަމާ އޭގެން ނަސޭހަތަކު އަޑު ނޭހީމަ ދެރަވިއެވެ.

“ޔެސް ފައި އަހަރެން ޕްރެގް.. އަޅެ ކިހިނެތްތަ އަހަރެން ހަދާނީ..” ސަމާއަށް ރޮވޭގޮތް ވިއެވެ.

” ކިހިނެތް ޕްރެގްކަން އިނގެނީ.. ޓެސްޓް ހެދީތަ..” އަހަރެންވެސް އިނީ ކަންބޮޑު ވެފައެވެ.

” އަހަރެން ޕީ ނުވާތާ ދެމަސް މިވީ.. ދެން ހެނދުނު ހޭލާއިރު ބޮލަށް ފާޑެއްގެ ގޮތެއްވެފަ ހުންނާތީ  ޝައްކުވެގެން ޓެސްޓް ކިޓެއް ގަނެގެން ބެލި އިރު ޕްރެގް.. އެހެންވެ ހޮސްޕިޓަލްއަށް ދާންވެގެން ފައި ކައިރީ ރެޑީ ވާށޭ ބުނީ.. އަހަރެން ބޭނުން ޔަގީން ކުރަން.. އަޅެ ޕްރެގް ވިއްޔާ އަހަރެން ކިހިނެތް ދެން ހަދާނީ.. މަންމަމިނަށް ކޮން މޫނެއް އަހަރެން ދައްކާނީ.. އަހަރެން ބޭނުމެއްނޫން އެބޯޓް ކޮއްލާކަށްވެސް.. އެކަމް އަހަރެންނަށް އެނޫން ގޮތެއްވެސް ނެތް.. ނަހަލާލް ދަރިއަކާއެކު އަހަރެން މިދުނިޔޭގެ ލަދާ ކުރިމަތިލާނީ ކިހިނެތް..” ސަމާ އެއްފަހަރާ ހުރިހާ އެއްޗެއް ކިޔާލިއެވެ.

” ސަމާ ހަމަޖެހިބަ.. އަދި ތިހާ ބޮޑަށް ވިސްނާކަށް ނުވެއެއްނު.. މީހުން ބުނޭ ޓެސްޓް ކިޓްއިން ބައެއްފަހަރު ނުބައިކޮށްވެސް ދައްކައޭ..  ހޮސްޕިޓަލްއިން ޓެސްޓް ހަދަން ހިނގާ އަވަހަށް.. ހަމަ އޭގެން ޕްސިޓިވް ވެފަ ޓެސްޓްއިން ނެގަޓިވްވެސް ވޭ..” އަހަރެން ސަމާއާ ދޭތެރޭ ހިތް ހަމަ ނުޖެހިފަހުރި ނަމަވެސް މިވަގުތުގަ ބޮޑަށް ބެލީ ސަމާ ހިތް ހަމަ ޖެހޭ ފަދަ އެއްޗެއް ބުނެވޭތޯއެވެ. އެބޯޓް ކުރުމާ މުޅިން ދެކޮޅު ނަމަވެސް މިވަގުތު އެއްޗެކޭ ނުބުނީ އޭނަ އިން ހާލު ފެނިފައެވެ. ޓެސްޓްގެ ނަތީޖާ ލިބުނީމަ އެކަމާ ވާހަކަ ދައްކަން އަހަރެން ފަސްކޮއްލީމެވެ.

” ބައިދަވޭ ކާކަށް ޕްރެގް ވީ..” އަހަރެެން އެންމެ ކުރަން ބޭނުންވި ސުވާލް ކޮއްލީމެވެ.

”  ނޭންގެ.. އެފްބީއިން ދިމާވި މީހެއް.. އަހަރެން އޭނަ ކައިރީ ޕްރެގް ވާހަކަ ބުނި އިރަށް އަހަރެން ބުލޮކް ކޮއްލައިފި.. ފޯނަށް ގުޅަންވެސް ވަރަށް މަސެއްކަތް ކޮއްފިން.. އަހަރެންނަކަށް ނޭންގެ އެއީ ކޮންރަށަކު ކާކު ކަމެއްވެސް..” ސަމާ އިތުރަށް މާޔޫސްވެފަ ބުނެލިއެވެ.

” އަހަރެން ކިތަށް ފަހަރު ސަމާ ކައިރީ ބުނާނީ ފެންނަހާ މީހަކާއެކީ ގޮސް ތިހެން ނޫޅޭށޭ.. އެންމެ ފަހުން ހުރިހާ ދެރައެއް ތި ލިބުނީ ހަމަ ސަމާ އަކަށްނު.. ” އަހަރެން ހިތްހަމަ ނުޖެހިފަ ހުރެ ބުނެލީމެވެ. ސަމާވެސް އިތުރު އެއްޗެކޭ ނުބުނެއެވެ. އޭނަގެ ކުށް ގަބޫލް ކުރެވުނީ ކަންނޭންގެއެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. އުމުރުން އެންމެ ވިހި އަހަރުގަ އޭނަ އެއިނީ ނަހަލާލަށް ބަލިވެއެވެ. އެކަމާ ބެހޭގޮތުން އިތުރު ވާހަކައެއް ނުދައްކާ ދެމީހުންވެސް ނިކުމެ ޓެކްސީއެއް ހޯދައިގެން ދިޔައީ އޭޑީކޭއަށްށެވެ. ސަމާ ކަންތައް ކުރިގޮތުން ހިތްހަމަނުޖެހިފަ ހުރި ނަމަވެސް ސަމާގެ ހާލުފެނިފަ އަހަރެންނަށް ހަމްދަރްދީވެވުނެވެ. ޓެސްޓްގެ ނަތީޖާ ލިބޭނީ މާދަން ކަމުގަ ބުނުމުން ދެމީހުންވެސް ދިޔައީ އޭޑީކޭ ކެންޓީނަށެވެ.

” ޓެސްޓް ޕޮސިޓިވް ވެއްޖިއްޔާ އަހަރެން ކިހިނެތް ހަދާނީ.. އައި އޭމް ނޮޓް ރެޑީ ފޯދިސް ފައި.. މަންމަމެން ކައިރީ ބުނާނީވެސް ކީކޭ.. އެމީހުންގެ ސުވާލް ތަކަށް އަހަރެން ދޭނީވެސް ކޮން ޖަވާބެއް.. ” ސަމާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ ޓެސްޓް ނަތީޖާ ލިބުނީމަ ގޮތެއްވިސްނާނީ ކަމަށް އަހަރެން ބުނީމެވެ. އަހަރެން މަސެއްކަތް ކުރީ އެކި ވާހަަކަތަށް ދައްކައިގެން ސަމާ ހިތްހަމަ ޖައްސާލެވޭތޯއެވެ. ނަމަވެސް އަހަރެންގެ ވާހަކަތަކަށް މާބޮޑު ސަމާލްކަމެއް ނުދީ ސަމާ އިނީ އޭނާގެ އަމިއްލަ ދުނިޔެއަކަށް ގެއްލިހުސްވެފައެވެ. އެދުވަހު އަހަރެން ގެޔަށް ދިޔައީ މާބޮޑަށް ކަންކަމާ ނުވިސްނަން ސަމާއަށް ނަސޭހަތް ދީފައެވެ. އެހެން ބުނި ނަމަވެސް އޭނަ ވިސްނާނެކަން އަހަރެންނަށް އިނގެއެވެ. އަހަރެންނަށް އެހާ ފަސޭހައިން ހިތްވަރު ދޭން އިނގުނަސް ސަމާ ކުރިމަތިލަމުން އެދާ ކަންތަށް އަހަރެންނަށް އިހްސާސްވެސް ކޮށްނުލެވޭނެކަން ޔަގީނެވެ. އެކަން ތަޖްރިބާކުރި މީހަކަށް ނޫނީ އެ އިހްސާސް ތަކެއް ނޭންގޭނެއެވެ.  އަހަރެން ގެޔަށް ދިޔައިރު ބައްޕައާ ދޮންބެ ސިޓިންރޫމްގަ ޓީވީ ބަލަން ތިއްބެވެ.

” ދަރިފުޅާ ފައިހާ މަންމަ ބުނި ސަމާއާ އެކީ ހޮސްޕިޓަލްއަށް ދިޔަ ވާހަކަ.. އަނެއްކާ ސަމާ މާބޮޑަށް ބަލީތަ.. ސަމާގެ މަންމަމެން ކޮބާތަ..” ބައްޕަ އަހަރެން ފެނިގެން ސުވާލް ކޮއްލިއެވެ. އަހަރެން ދުވަހަކުވެސް ބައްޕަކައިރީ ދޮގެއް ހަދާފައެއް ނޯންނާނެވެ. އެހެން ކަމުން އެސުވާލަށް ޖަވާބްދޭން އަހަރެންނަށް ފުދޭވަރަކަށް އުނދަގޫވިއެވެ. ބައްޕަ ކައިރީ ސަމާގެ ވާހަަކަ ތެދަށް ބުނެވޭކަށްވެސް ނެތެވެ.

” ސަމާ ބޮލަށް ފާޑެއްގެ ގޮތެއްވާތީ ޑޮކްޓަރަށް ދައްކާލަން ދިޔައީ..ސަމާ މަންމަ ކައިރީ ބުނެފިއްޔާ މާ ކަންތައް ބޮޑުކޮއްލަފާނެތީ ކަންނޭންގެ ނުބުނީ.. ”  އަހަރެން އެއްކޮށް ތެދުހާމަ ނުކުރިޔަސް ދޮގު ނުހަދާ ބުނީމެވެ.

އިތުރަށް ބައްޕަ ސުވާލެއް ކޮއްފާނެތީ އަހަރެން އަވަހަށް ދިޔައީ ކޮޓަރިއަށެވެ.

ސަމާއާ ދޭތެރޭ ނޫން ކަމަކާ އަހަރެންނަކަށް ނުވިސްނެއެވެ. ސަމާ ކައިރީ އެވަރަށް ޒިނޭ ކުރުމާ ދުރުހެލިވާން އަހަރެން ނަސޭހަތް ދިން ވަރެއްވެސް ނޭންގެއެވެ. އަހަރެންވެސް މީ މާބޮޑަށް ދީނީ ކަންތަކާ ހޭލުންތެރިމީހަކަށް ނުވި ނަމަވެސް  ކުރިންސުރެވެސް ޒިނޭ އެއީ އަހަރެން އެންމެ ބިރު ގަންނަ އެއް ފާފައެވެ. ގްރޭޑް އަށެއްގެ އިސްލާމް ސާރ ޒިނޭ ފިލާވަޅު ކިޔާދިން ފަހުން ދުވަހަކުވެސް ޖިނޭ ނުކުރަން އަހަރެން އަޒްމް ކަންޑައެޅީމެވެ. އަދި އެގޮތުގަ އަހަރެން ދެމި ހުރީމެވެ. ސަމާ ފުރަތަމަ އެކަން ކޮއްފަ އެވާހަކަ ދެއްކި ދުވަހުވެސް އަހަރެން އެކަމާ ދުރުހެލިވާން ނަސޭހަތް ދިނީމެވެ. އެއީ ކިހާ ބޮޑ ފާފައެއްކަން ވިސްނަދިނީމެވެ. ސަމާ ބުނީ އެކަން އެއްފަހަރުވެސް ކޮއްފިއްޔާ ދުރު ނުވެވޭނެ ކަމަށެވެ. ނަމަވެސް ތައުބާވެ އެކަން ނުކުރަން އަޒްމް ކަނޑައަޅައިގެން  ހުރިއްޔާ ނުކޮށް ހުރެވޭނެކަމަށް އަހަރެން ވިސްނަދިން ނަމަވެސް އޭނަ މާބޮޑު ސަމާލްކަމެއް ނުދެއެވެ.  އެގޮތަށް އޭނައަށް ނުހުރެވެންޔާ ރަނގަޅު ކުއްޖަކާ ކައިވެނި ކުރުމަށްވެސް އަހަރެން އެދުނީމެވެ. ނަމަވެސް ސަމާގެ ހިޔާލުގައި ކައިވެނި ކުރާވަރަށް އަދި އޭނާ ބޮޑެއް ނުވެއެވެ. އަދި އެންމެ ވިހި އަހަރުގަ ކައިވެނި ކޮއްގެން އުޅޭނީ ކިހިނެތްހޭ އަހަރެން ކައިރީ އަހާލީ މަލާމާތުގެ ރާގަކަށެވެ. ކައިވެނިން ބޭރުގަ ކައިވެނި ކޮއްގެން ކުރާ ކަންތަށް ކުރެވޭ އިރު ކައިވެނި ކުރަން އޭނަ ކުޑަވާންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ހަރާމް ގޮތުގަ ލައްޒަތާ އަރާމު ހޯދުމަށްވުރެ ހަލާލު ގޮތް އެކަން ކުރުމުން ދުނިޔެއާ އާހިރަތުގެ އަޒާބުން ސަލާމާތްވާނެ ކަމަށް އަހަރެން އޭނައަށް ވިސްނަދޭން މަސެއްކަތް ކުރީމެވެ. އެންމެފަހުން  ސަމާއާ މާބޮޑަށް ޖަދަލު ނުކުރަންވެގެން އަހަރެން އެވާހަކަ ނުދައްކަމެވެ. ފަހުން އައިސް އެކަމާ ގުޅޭ ގޮތުން އަހަރެން ކައިރީ އެހާ ވާހަކަ ދައްކާވެސް ނުހަދާނެވެ. އެއްދުވަހަކު ނޫހުގެ އިން ހަގީގީ ހާދިސާއެއް ފެނިގެން އަހަރެން އޭނައަށް ދެއްކީމެވެ. ޖިނޭކޮއްފަ ފިރިހެންމީހާ ފާހާނާއަށް ވަދެފަ ނިކުތްއިރު އަންހެން މީހާ މަރުވެފަ އޮތްވާހަކައެވެ. އެވާހަކަ ކިޔާފަ ކޮންމެ މީހަކުވެސް އެކަން ކުރަން ޖެހިލުންވާނެކަން ޔަގީނެވެ. މީހެއްގެ މަރު އައިސް ބައްދަލްކުރާނީ ކޮންއިރަކު ކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. އެކަން ކުރަން ތިއްބާވެސް އަޖަލް ހަމަވެދާނެއެވެ. އެ ފާހިޝްކަންމަތީ މިދުނިޔެއިން ވަކިވެގެން ދާން ބޭނުންވާނީ ކާކު ހެއްޔެވެ؟ ތައުބާވާން ފުރުސަތު ނުލިބި އެފަދަ ބޮޑު ފާފައެއްގެ ތެރޭގަ ނިމިގެންދާން އެކަކުވެސް ބޭނުން ނުވާނެކަން ޔަގީނެވެ.

މެންދުރު ނަމާދުގެ ބަންގީގެ އަޑަށް އަހަރެން އަވަސް ވެގަތީ ވެލޫ ކުރާށެވެ. ވުލޫ ކޮއްލައިގެން އަހަރެން ދިޔައީ ގޭގަ އިންނަ ޕްރޭޔާ ރޫމަށެވެ. ބައްޕަ އިންނަނީ ގޭގަ ކުޑަ ކުޑަ ނަމާދު ކުރާ ކޮޓަރިއެއް ހަދާފައެވެ. ކޮންމެ ވަގުތެއްގަވެސް އަހަރެން މަންމައާ އެކު ނަމާދު ކުރަނީ އެތާންގައެވެެ. އަހަރެންވެސް ދީނީ ކަންތަކަށް އިސްކަން ދޭން ފެށުނީ ބައްޕަގެ ފަރާތުންނެވެ. ބައްޕައަކީ މަޖީދިއްޔާ ސުކޫލްގެ އިސްލާމް ޓީޗަރެވެ. ބައްޕައަށް ލިބުނު ސްކޮލާޝިޕެއްގަ މިސްރަށް ގޮސް ކޯސް ހަދައިގެން އައި ފަހުން ބައްޕަ ވަރަށް ދީނީ ކަންތަކަށް ސަމާލްކަން ދެއެވެ.

އޭގެ އަނެއްދުވަހު ސަމާ ގުޅުމުން އޭނައާ އެކު ނަތީޖާ ނަގަން އަހަރެން ދިޔައީމެވެ. ނަތީޖާ ބަލާފަ އޭނާގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އޭގަ ވަނީ ކީކޭކަން ހަމަ ރަނގަޅަށްވެސް އަހަރެންނަށް ނަގައިގަނެވުނެވެ.

 

? ނުނިމޭ ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

ނޭނގުމެއްގެތެރޭގައި..(2)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (49)

Next
June 14, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (49)

Previews
June 14, 2017

ނޭނގުމެއްގެތެރޭގައި..(2)

28 Comments!

  1. Mimmi ❤️ says:
    June 14, 2017 at 10:29 am

    Hai readers ?
    Here is the 1st part of maruvedhaaney maadhamaa gaimey ?
    Mi storyge part thah thankolheh kuruvaane. Try kuraanan dailykoh upkohdheveythw ?. Enjoy reading ?

  2. Layaa says:
    June 14, 2017 at 10:39 am

    Vaahaka varah reethivaanehen heevanee.. mimmi ge kureege vaahakathah ha reethikoh mivaahakavesss kuriyah gendhaane kamah unmeedhukuran ?? btw baeh mistakes ebahuri .. liumuga.. dhen oil partga ekankan rangalhukohleema hama baraanaruvaane.. ? keep it up my dear..

    1. Mimmi ❤️ says:
      July 25, 2017 at 2:58 pm

      Thankx Layaa ?

  3. Addu manje says:
    June 14, 2017 at 10:39 am

    Varah reethi.. nxt part dhigu vaane kamah heekuran.. 🙂

    1. Mimmi ❤️ says:
      July 25, 2017 at 2:58 pm

      Thankx Addu manje ?

  4. Greeny says:
    June 14, 2017 at 10:44 am

    Me first v nice

    1. Mimmi ❤️ says:
      July 25, 2017 at 2:59 pm

      Thankx Greeny ?

  5. Amyy says:
    June 14, 2017 at 10:58 am

    Nice

    1. Mimmi ❤️ says:
      July 25, 2017 at 3:00 pm

      Thankx Amyy ?

  6. Adha? says:
    June 14, 2017 at 12:03 pm

    Varah reethi.. waiting for next part …..

    1. Mimmi ❤️ says:
      July 25, 2017 at 3:00 pm

      Thankx Adha ?

  7. sam♥ says:
    June 14, 2017 at 12:09 pm

    nice stry

    1. Mimmi ❤️ says:
      July 25, 2017 at 3:01 pm

      Thankx sam ?

  8. Fathun says:
    June 14, 2017 at 12:19 pm

    Wow ?
    Roadha mahaa dhimaakoh mikahala dheenee vaahaka eh genesdheythi varah ufaavejja. Heevany varah reethi vaanehen… 2 vana partah varah inthizaaru kurevey ?

    1. Mimmi ❤️ says:
      July 25, 2017 at 3:02 pm

      Thankx Fathun ?

  9. Aisha says:
    June 14, 2017 at 12:56 pm

    Wow varah reethi ❤ waiting igey ?

    1. Mimmi ❤️ says:
      July 25, 2017 at 3:03 pm

      Thankx Aisha ?

  10. firu says:
    June 14, 2017 at 1:07 pm

    omg wow. ❤ mi part ves hama varah reethi. keep it up dear….. vaahaka reethi vaane kamah ummeedhu kurevey

    1. Mimmi ❤️ says:
      July 25, 2017 at 3:04 pm

      Thankx Firu ?

  11. Khajja says:
    June 14, 2017 at 1:22 pm

    Masha allah v rythi thankolheh dhigu kolla dheh chey nxt prt n thankolhen avahah up kolla dhehchey plx mi stry hyvey v rythivaane hen gud luck keep it up❤❤❤????

    1. Mimmi ❤️ says:
      July 25, 2017 at 3:18 pm

      Thankx Khajja ?

  12. Saandy says:
    June 14, 2017 at 4:37 pm

    V reethi feshumeh… Mimmi! Mee real story ehtha?? Waiting for the next part… Keep it up Mimmi 🙂

    1. Mimmi ❤️ says:
      July 25, 2017 at 3:19 pm

      Thankx Saandy ?

  13. Scarlet says:
    June 14, 2017 at 5:10 pm

    reethi vaan ehn heevany mi vaahaka.. Ummeedhukuran varah reethi vaane kamah

  14. Eeny says:
    June 14, 2017 at 5:15 pm

    Varah reethi

  15. nonns says:
    June 14, 2017 at 7:34 pm

    Varah reethi vaanehen heevey mu story. Ummeedhu kurany mimmi mi story nimendhen genesdheyne kamah. Like last time 😀

  16. who am i? says:
    June 15, 2017 at 4:56 am

    wow mimmi v salhi stwry ❣?
    keep It UP…??

  17. neem says:
    June 15, 2017 at 7:43 pm

    Konirakun 2nd part

Comments are closed.

Next Episodeމަރުވެދާނޭ މާދަމާ ގައިމޭ (2)←


All Right Reserved!