ނަކީލް އިންތިޒާރުކުރަމުން ގެންދަނީ މާޔާ އަންނާނެ ދުވަހަކަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މާޔާ ދުނިޔޭގައި ނެތް ކަން ނަކީލް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. މުޅިއުމުރުވެސް މިގޮތުގައި ހުސްކޮށްލަން ޖެހުނަސް ވަރިހަމަ ފަދައެވެ. މާޔާގެ ލޯބީގައި ދީވާނާވެފައި ވާއިރު ކޮންމެ ސިކުންތެއްވެސް މިހާރު ވޭތުކުރަމުންދަނީ ވޭނާއި ކެކުޅުމުގައެވެ. ލޯބި ވުމަކީ ކުށަކީ ހެއްޔެވެ. މާޔާ ލިބުން ހަމަ ނަސީބުގައި ނެތީހެއްޔެވެ. މިހުރިހާ ޝަކުވާއެއް އަހާނެ މީހެއްވެސް ނެތީހެއްޔެވެ. ރަހުމެއްވެސް ނެތީހެއްޔެވެ. ހަޔާތުގެ ނައު ތޫފާނެއްގައި ޖެހި […]
“އެ ޒާންގެ ދުވަސް އަހަރެން ދުއްވާލާނަން..” ޞަފޫރާއަށް ބަލާލަމުން މައުވާން އެހެން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ. “މައުވާން ނިކަން ވިސްނާލަބަލަ.. ޞިފްރީން ޒާން ދެކެ ފުރާނަ ފަދައިން ލޯބިވޭ.. ޒާންއަށް ދެރަގޮތެއް ދިމާވެއްޖިއްޔާ ޞިފްރީން ފަކީރު ހިތުގައި ޖެހޭނެވަރު މައުވާންއަކަށް ނޭނގޭތަ؟” ޞަފޫރާ ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ. “ޞިފްރީންއަކީ އަހަރެންގެ ހައްޤެއް.. ޒާންއަށް ޞިފްރީންއާއެކީ އުޅުމުގެ ހައްޤެއް ނޯންނާނެ.. އެ ބަލިކަށި އިންސާނާ ފަހަތުން ޞިފްރީން އެދުވަނީ މޮޔަވެގެންތަ؟ ބަލަން ހުންނާތި! މި ފަހަރު މާމައަކަށްވެސް އަހަންނެއް […]
ފޯނު ހިފައިގެން އަރުޝީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ލޯބިވާ ފިރިމީހާ ކައިސަން ގެ އިންތިޒާރުގައެވެ. ކައިސަން އަށް ޕްރޮމޯޝަން ލިބުމާ ގުޅިގެން އެކަމުގެ އުފަލުގައި އަރުޝީ ވަނީ ގޭގައި މިއަދު ވަރަށް ރަނގަޅަށް ކައްކާލާފައެވެ. ކައިސަންއަށް އެންމެ މީރު ކަނޑުކުކުޅުގެ މީރުވަސް ވަނީ މުޅިތަނުގައި ހިފާލާފައެވެ. އޭގެ އިތުރުން ބަނބުކޭލީ ބަތާއި ރިހާކުރާއި ތެލުލި ފަތުގެ އިތުރުން ލޮނުމިރުސް ތައްޓެއްވެސް ހުއްޓެވެ. މީގެ އިތުރުންވެސް މޭޒުމަތީގައި ކައިސަންއަށް މިރުވާނެހެން ހީވާ އެއްޗެއް ހުއްޓެވެ. އަރުޝީ ލައިގެންވެސް […]
“ދަރިފުޅާ ޒިޔަމް ކިހިނެތްވާނެ މިގޮތް. ޒީންގެ އެކްޕީރިއަންސް އެބަހުރި ކޮންމެހެން ސިއްހީ ދާއިރާ ނޫންކަމުގައި ވިޔަސް. އަނެއްކޮޅުން އެޑްމިން އޮފިސަރ އެއްގެ ގޮތުގައި ޒީން އޯވާ ކުއަލިފައިވޭ” ޒިޔަމްގެ ބަސް ހޯދާލުމަށް ޝާހިދު އަހާލިއެވެ. ‘އޯކޭ” ޒިޔަމް ބުނެލިއެވެ. ހީވަނީ އެނޫން ގޮތެއް ނެތިގެން ބުނީހެންނެވެ. އެހެންވިޔަސް ޒީން ހުރީ އުފަލުންނެވެ. ހީކުރި ވަރަށް ވުރެ ކައިރިން ޒިޔަމްއާއި އެއްކޮށް މަސައްކަތް ކޮށްލަން ލިބުމުން މަގުސަދާއި ހަމައަށް ވާސިލްވާން ފަސޭހަވާނެތީއެވެ. “އެހެންވީމަ ކޮން ދުވަހަކުން ޒީންއަށް ނުކުމެވޭނީ. […]
“ދެން މިއޯ؟ އަހަރެންގެ ބަނޑުގައި މިއޮތީ ތީފްގެ ދަރިއެއް ނޫންތަ؟” މައުރީން ބުނެލި އެއްޗަކުން އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަދި ދެލޯ ބޮޑުކޮށްގެން ހުރެ އޭނާއާ ދިމާއަށް ބަލާލީމެވެ. އޭނާ ބަނޑުބޮޑުކަން އަހަންނަށް ކުރިން ނޭނގީ ކީއްވެ ހެއްޔެވެ؟ “މައްސަލައެއް ނެތް.. ތީފްއަށް އުނދަގޫވަންޏާ އަހަރެން ތީފްގެ ހަޔާތުން އަބަދަށް ހިނގައިދާނަން.. ތީފްއަށް އުނދަގޫކުރަން ދެން އަހަންނެއް ނާންނާނަން.. އަހަރެންގެ ބަނޑުގައި މިއޮއް ކުޑަކުޑަ ފުރާނައަށްވެސް ތީފްގެ ހިތުގައި އެއްވެސް ލޯތްބެއް ނެތްކަން އަހަންނަށް […]
ޒާންއަށް ހެނދުނު ހޭލެވުނީ އެހެން ދުވަސްތަކާ ޚިލާފަށް 9 ވެސް ޖެހިފަހުންނެވެ. ލޮޑުކަމާއެކު ދެލޯ ހުޅުވައި އޭނާ އެނދުމައްޗަށް ނަޒަރު ހިންގާލިއިރު ލޮލުގައި އަޅައިގަތީ އޭނާގެ ކައިރީގައި ބާއްވާފައި އޮތް ރަތް ފިނިފެންމަލެވެ. ތެދުވެ އެ މާ ނަގައި ވަސްބަލާލުމާއެކު ރޭގައި ވީކަންތައް މަތިން އޭނާ ހަނދާންވިއެވެ. ޞިފްރީންއާއެކު އޭނައަށް ހޭދަކުރެވުނީ ފޮނިފޮނި ވަގުތުކޮޅެކެވެ. ޒާން އެ ފިނިފެންމަލުގެ ފިޔަތަކުގައި މަޑުމަޑުން ފިރުމާލިއެވެ. އޭރު އެ މޫނުމަތީގައި ފުން ހިނިތުންވުމެއްވިއެވެ. އެ މަލަކީ ޞިފްރީން ބާއްވާފައި ދިޔަ […]
އަހަންނަށް ސަހީމްދެކެ ލޯބިވެވުނީބާއޭ އަނެއްކާވެސް އަހަރެންގެ ހިތަށް އެރިއެވެ. ނުވާންވީ ސަބަބެއް ނެތެވެ. އަންހެން ކުދިން ބޭނުންވާ ހުރިހާ ސިފައެއް ސަހީމްގެ ކިބައިގައި އެބަހުއްޓެވެ. އަހަރެންނަށް ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އެސްފިޔަޖަހާލާ ހިނދުކޮޅެއްގެ ތެރޭ އަހަރެންގެ ހިނިތުންވުން ފަނޑުވީ އިރުކޮޅެއް ކުރިން ސަހީމް ބުނި އެއްޗެއް ހަނދާން ވެގެންނެވެ. ސަހީމް ލޯބިވަނީ ކާކުދެކެބާއެވެ. އަހަރެން ހިތުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ނޭނގޭ ހާލު ސަހީމް ބުނެލިއެވެ. “އަނެއްކާ ނަމާއަށް ލޯބިވެވުނީތަ؟؟” އަހަރެން އަވަސްއަވަހަށް ދެފަރާތަށް ބޯހުރުވާލީ ނޫނެކޭ […]
ފަލަކުގެ މޭގައިވާ ހިތަކީ ޔޫލްގެ އަޅަކަށް ވާއިރު ސާހިބު މީހާއަށް ކިޔަމަން ވުމަށްވުރެ ބޮޑު އުފަލެއް އެ ހިތަށް ލިބޭނެ ހެއްޔެވެ؟އެންމެ ފަހުން ޔޫލްގެ އެ ހަރަކާތުގައި ފަލަކު އަށްވެސް ބައިވެރި ވެވުނީއެވެ. **************** ރިންގު ވަމުން ދިޔަ ފޯނު ނަގައި ހަލޯއޭ ބުނެ ސީމާ އެނދުގައި އޮށޯވެ ލައިގެން އޮތް އޭނާގެ ފިރިމީހާގެ މަގަތުގައި އިށީނދެ ހަމަޖެހިލިއެވެ.އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ އަފީފާއެވެ.ދެ ރަޙުމަތްތެރިން ލައްކަ ގިނައިރު ފޯނުގައި ފޮނި އަނގަ ތަޅަން ތިބެފައި ފޯނު […]
ކުރިޔަށް ފިޔަވަޅެއް އަޅަން ފައި ނެގި އަލާނިޔާއަށް ހުއްޓެވުނީ އަޅުވައިގެން ހުރި ދަބަސްތެރެއިން އެއްޗެއް ވައިބްރޭޓް ވުމުންނެވެ. އެޔާއެކު ބެލެންސް ކަޓައިގެން އަލާނިޔާ އިތިފުށަށް ޓެރަސް މައްޗަށް ވެއްޓުނެވެ. އަލާނިޔާ ވީ ތަކަށް ނުބަލާ އޭނާގެ ދަބަހުގައި ހުރި ހުރިހާ އެއްޗެއް އެއްކޮށް ވަރާލިއެވެ. އެޔާއެކު އޭނާޣެ ފޯނު ފެނުމުން ހައިރާން ކަމެއް ލިބުނެވެ. ނަމަވެސް އެޔަށް ވުރެ އަލާނިޔާ ހއިރާން ވީ ދަބަސް ތެރޭ އޮތް ކުޑަކުޑަ ފޮތް ފެނުނީމައެވެ. އޭނާއަކީ އެއް އިރެއްގައިވެސް އެކަހަލަ […]