އަޅުގަނޑުގެ ފުރަތަމަ އާ ޅެން “ކަލާ ހަނދާން ނުވޭ ހެއްޔެވެ…” ވަރަށް އަވަހަށް އަންނަނީ… އިންތިޒާރު ކޮށްލަށްވާ…
ޒައިނާ ނިދަން ދިޔައިރުވެސް ޒިޔަމްއަށް ވިސްނެމުން ދިޔައީ އެކަހަލަ ކަމެއް ކޮށްފާނެ މީހަކާއި މެދުގައެވެ. އެހެންކަމުން ސިޓިން ރޫމުގައި އޮތް ޒައިނާގެ ދަބަސް ހާވާލީ ޖަވާބު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ޒައިނާގެ ފޯނުގެ ޕިން ކޯޑު ޒިޔަމްއަށް އެނގޭތީ އެއްމެ ފުރަތަމަވެސް ބަލަން ފެއްޓީ ފޯނެވެ. ޒައިނާ ހަމަ ހުރެފައި އެކަހަލަ ތާކަށް ނުދާނެކަން އެނގޭތީއެވެ. ކޯލް ލޮގު ބަލާލިއިރު އެއްމެ ފަހުން ގުޅާފައި އިނީ ސޭވްނުކޮށް އިން ނަންބަރަކަށެވެ. ދެފަހަރު ގުޅާފައި އޮތަސް އެކޮޅުން ފޯނު […]
“ޝިމްލާ!” އަޑު އައިލެއް ބާރުކަމުން ޝިމްލާއަށް ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލެވުނެވެ. އެއަށްފަހު ދެލޯ ބޮޑުކޮށްލަމުން ކޮޅަށް ތެދުވިއެވެ. “ބެމް ބެމް ބެމް” އޭރު ޝިމްލާގެ ކޮޓަރީގެ ދޮރުގައި ތަޅާލެއް ބާރުކަމުން ހީވަނީ ދޮރުވެސް ވައްޓާލަން އުޅޭހެންނެވެ. ސީލިންގް ނުކޮށް ހުންނަ ކޮޓަރިއެއްކަމުން ދޮންމަންމަގެ ހަޅޭކުގެ އަޑު ކަންފަތުގައި ގުގުމަމުންދިޔައީ ބާރު ގުގުރިއެއްގެ ސިފައިގައެވެ. އަވަސް ފިޔަވަޅުތަކެއްގައި ޝިމްލާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ޙަލީމަ ފުރަތަމަވެސް ހިފީ ޝިމްލާގެ ދިގު ބުޅި އިސްތަށިގަނޑުގައެވެ. އެއާއިއެކު އަތުގައި ކަރަންޓް […]
ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހެނދުނު ނުވައެއް ޖަހާ އިރުގައެވެ. ޒިޔަމް ހެނދުނު ހެނދުނައި ތެދުވެގެން ހުރިހާ ކަމެއް އިންތިޒާމް ކުރެވިފައި ވަނީ ރަގަޅަށްތޯ ބެލުމަށް އެތަނަށް ދިޔައެވެ. ޒިޔަމް ކްލިނިކަށް ދިޔައިރު ޝަމްހާ ލޯގަނޑު ކުރިމަތީގައި ފަރިވަމުން ދިޔައީ ބޮޑު ރަސްމިއްޔާތަށް ތައްޔާރުވުމަށެވެ. ޒީންއަށް ގަޑި ޖެހޭ އިރުވެސް ލޯގަނޑުން ޖާގައެއް ނުލިބޭނެކަން އެނގި ފާހަނާއިގައި ހުރި ލޯގަނޑުގެ ބޭނުން ހިފިއެވެ. ސިޓިންރޫމުގައި ހުރި ޒިޔަމް އިރުކޮޅުކޮޅައި އަތުކުރީ އޮތް ގަޑިއަށް ބަލަމުން ދިޔައީ ޝަމްހާއާއި […]
ސީމާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ހަނީފު އާއިއެވެ.އޭރު ހަނީފް އިނީ މާލެ އަންނަން ފެރީއަށް އަރައެވެ.ފްލައިޓް ޑިލޭ ވެގެން ނުފުރިގެން އުޅެނިކޮށް ޔޫލް ގުޅާފައި ފަލަކު ފެނުން ވާހަކައާއި،އެކޮޅުގައި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ބުނުމުން ދަތުރު ކެންސަލް ކުރީއެވެ. **************** “ސަރ…. ހަލާކުވެފައި ހުރި ތަންތަނުގަ ބޭސްއަޅާނެ އެއްޗިހި ލިބޭނެ ގޮތް ހައްދަވާދީ…އަޅުގަނޑަކީވެސް ޑޮކްޓަރެއް….ހޮސްޕިޓަލަށް ނުދިޔަޔަސް އަޅުގަނޑު މެންނަށް މެނޭޖް ކުރެވޭނެ” ޖިޕު ތެރޭގައިވި ހަމަ ހިމޭންކަން ފޫއަޅުވާލަމުން ފަލަކު ވާހަކަ ދެއްކިއެވެ.ފަލަކުގެ ހަށިގަނޑު […]
“ތީފް.. އަހަރެން ތީފްއަށް ވަރަށް ބޮޑުކަމެއް ސިއްރުކޮށްފައި ވާނެ..” މައުރީން މަޑުމަޑުން ބުނެލިއެވެ. “އަހަރެން ތީފް މިތަނަށް ގެނައި އިރު މާރިޔާ އިނީ ދެވަނަ ފަހަރަށް ތީފްގެ ދަރިއަކަށް ބަލިވެ..” މައުރީން އެހެން ބުނުމާއެކު ލަތީފް މައުރީންގެ ކޮނޑުން އަތް ދޫކޮށްލިއެވެ. އެހާ ބޮޑު އޮޅުވާލުމެއް މައުރީން އޭނާއަށް އޮޅުވާލީތީ އެހިތުގައި އެތައް ޝަކުވާއެއް އުފެދިގެން ދިޔައެވެ. “މައުރީން ކީކޭތަ ތި ކިޔަނީ؟” ލަތީފް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހާލިއެވެ. އޭނާއަށް މާރިޔާ ދޫކޮށްލާފައި އާދެވުނީ މާރިޔާ […]
ސައިކަލު އެއައި ބާރުމިނުގައި މަތަނުވުުމުން އައިސްޖެހުނީ އަރޫންގެ ގައިގައެވެ. އެއާއއެކު ވިއްސައިގެން އަރޫންޖެހުނީ ކަންމައްޗަށް ހުރި ފިހާރާއިގެ ދޮރުބުޑަށެވެ. ނަމަވެސް ސައިކަލް މަތަވީ އޭގެ ކަހާލައިގެން ވިއްސަކަށް ފޫޓުދުރަށް ދިޔަފަހުން ޕާކިންޒޯންގައި ހުރި ސައިކަލްތަކުގައި ޖެހިގެންނެވެ. އަރޫންގެ އިތުރުން ސައިކަލުގައި ދުއްވަން އިންމީހާއަށް ވެސް ބޮޑެތިއަނިޔާތަކެއްވެ ވަނީ ހޭނެތިފައެވެ. އެމަޖެންސީރޫމްގައި ކޮޅުކޮޅުމައްޗަށް ޑަކްޓަރުންނާއި ނަރުހުން އަވަދިނެތި އުޅެމުން އެދަނީ ދެންމެ އެކްސިޑެންޓްވެގެން ގެނައި ދެމީހުނަށް އަވަސް ފަރުވާދިނުމުގައެވެ. ސަމީހުއަށް އޭޑީކޭއިން ގުޅުމާއެކު ބިންޔާކައިރީގައި ބުނެފައި އަވަހަށް އެދިމާއަށް […]
ދެކުދިންގެ ޚަބަރެއް ނުވެގެން ކަންތައް ބޮޑުވެފައިހުރި ސީމާއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެކުދިންނާއި ވާހަކަ ދައްކައި ލެވުމުންނެވެ.ފަލަކުވެސް ބޯޓަށް އެރުމުގެ ކުރިން ޝައިބާގެ ފޯނަށް މެސެޖު ކުރުމަށްފަހު ފޯނު ނިއްވާލިއެވެ. *************** ބަލިމީހުން ބަލަމުން ދިޔަ ޝައިބާގެ ފޯނަށް މެސެޖެއް އައުމުން ބަލައިލިއެވެ.ފަލަކު މެސެޖު ކޮށްފައިވަނީ ބޯޓަށް އެ އަރަނީ ކަމަށެވެ.އަދި އެކޮޅަށް ގޮސް ހަމަޖެހިލައިގެން ގުޅާނެ ވާހަކައެވެ.ޝައިބާ ފޫހި ކަމާއިއެކު މެސެޖު ކިޔައިލުމަށްފަހު ފޯނު ބޭއްވިއެވެ.އޭނާއަށް ކޮން މެސެޖެއް ކުރާކަށް ހެއްޔެވެ؟އޭނާގެ ދުނިޔެ އެފުށް މިފުށަށް […]
“ދަރިފުޅާ އަވަހަށް އާދޭ..ޔޫލްގެ ބައްޕަ އެބައިން ކާރުގަ ދަރިފުޅު ބަލާ އައިސް..ޝައިބާއާއި ދެކުދިން ދޭ ކާރުގަ…ބައްޕަ ދާނަން މަންމަ ގޮވައިގެން ސައިކަލްގަ..”ޒުހޭރުގެ އަޑަށް ފަލަކުއާއި ޝައިބާއަށް އެކީ ކަހަލަ ގޮތަކަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ************** ޝައިބާ ކިތަންމެ ބޭނުން ނުވިޔަސް އޭނާއަށް ޙަފްލާގައި ބައިވެރި ވުން ނޫން އިތުރު ގޮތެއް ނެތެވެ.ނުގޮސް ގޭގައި މަޑުކޮށްފިނަމަ ބައްޕަގެ އެތައް ސުވާލު ތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.ނުވިތާކަށް ފިޒާން މެންވެސް އެހާ ސުވާލު ގިނަ ކުރާނެއެވެ.ކޮންމެ ގޮތެއް ވިޔަސް އޭނާގެ […]