ފަލަކުގެ މޭގައިވާ ހިތަކީ ޔޫލްގެ އަޅަކަށް ވާއިރު ސާހިބު މީހާއަށް ކިޔަމަން ވުމަށްވުރެ ބޮޑު އުފަލެއް އެ ހިތަށް ލިބޭނެ ހެއްޔެވެ؟އެންމެ ފަހުން ޔޫލްގެ އެ ހަރަކާތުގައި ފަލަކު އަށްވެސް ބައިވެރި ވެވުނީއެވެ.
****************
ރިންގު ވަމުން ދިޔަ ފޯނު ނަގައި ހަލޯއޭ ބުނެ ސީމާ އެނދުގައި އޮށޯވެ ލައިގެން އޮތް އޭނާގެ ފިރިމީހާގެ މަގަތުގައި އިށީނދެ ހަމަޖެހިލިއެވެ.އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ އަފީފާއެވެ.ދެ ރަޙުމަތްތެރިން ލައްކަ ގިނައިރު ފޯނުގައި ފޮނި އަނގަ ތަޅަން ތިބެފައި ފޯނު ބޭއްވިއެވެ.ސީމާވަނީ އަފީފާއާއި ދިމާވި ވާހަކަ ހަނީފު ގާތުގައި ވެސް ބުނެފައެވެ.އަދި އަފީފާގެ ދެ ދަރިން އެމީހުންގެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ވާހަކަ ވެސްމެއެވެ.ސީމާއަށް ޝައިބާ ނޭނގުނަސް އޭނާއަށް ވަނީ ފަލަކުއާއި ބައްދަލް ވެފައެވެ.އެހެންވެ ޔޫލްގެ ޙަޔާތުގެ ބައިވެރިއަކަށް ފަލަކުވުމަށް އޭނާގެ ހިތުގައިވި އެދުން އިތުރަށް އައުވެގެން ދިޔައީ ފަލަކު އެއީ އޭނާގެ އެކުވެރިޔާގެ ދަރިއެއްކަން އެނގުމުންނެވެ.
***********
ދުވަސްތައް ފާއިތު ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.އަފީފާވެސް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ސީމާމެން ގެއަށް ދެއެވެ.އޭނާގެ އުއްމީދަކީ ލޯބިވާ ދަރިފުޅުގެ ހުވަފެން ތަކުގައި ކުލަ ޖައްސައި ދިނުމެވެ.ހަމަ އެފަދައިން ސީމާގެވެސް އުއްމީދަކީ ޔޫލްގެ އުފާ ހޯދައިދިނުމެވެ.
ޝައިބާގެ ވަރަށް މަސައްކަތުންވެސް ފަލަކުގެ ހިތުގައި ރަސްކަން ކުރަނީ ކާކުކަމެއް އިނގޭ ގޮތެއް ނުވިއެވެ.އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.ފަލަކުއާއި ޔޫލް ލޯބީގެ ބައްދަލް ވުންތައް ބާއްވަމުން ދިޔައީ އެ ވަގުތަކަށް އެމީހުންނަށް ފަހިވީ ތަނެއްގައި އެހާމެ ސިއްރުންނެވެ.ލޯބީގެ މާތައް ފޮޅުވާކަށް ކޮންމެހެން ރަސްފަންނުގެ ހިތްގައިމު މާޙައުލަކަށް ނުދެއެވެ.ނޫނީ އަތުގުޅައިގެން އިރުއޮއްސޭ މަންޒަރު ބަލާކަށްވެސް ނުދެއެވެ.އެހެނެއްކަމަކު އޮޕަރޭޝަން ތިއޭޓަރ ތެރެއިންވެސް އެމީހުންގެ ޒުވާން ލޯބި ދިޔައީ އިތުރަށް ކުރިފަޅައި އާރޯކަން ހޯދަމުންނެވެ.
***********
މެންދުރު ބްރޭކް ގަޑި ކަމުން ފަލަކުއާއި ޔޫލް ދިޔައީ ސައިކަލުގައި ރެސްޓޯރެންޓަކަށް ކެއުމަށެވެ.ސީމާމެން ގެއިން ނިކުމެގެން ގެއަށްދާން މާވެޔޮ މަގަށް ނިކުތް އަފީފާގެ ލޮލަށް ފެނުނު މަންޒަރަކުން އޭނާގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ.އަދި އަވަސް އަވަހަށް ފަސް އެނބުރި ބަލައިލީ އިތުރަށް ޔަޤީން ކުރުމަށެވެ.ޔޫލްގެ ގައިގައި ބައްދައިގެން ސައިކަލް ފަހަތުގައި އިން ފަލަކު ފެނި އައި ރުޅިން އޭނާގެ މުޅި މޫނުމަތި ރަތްވެގެން ދިޔައެވެ.
ގެއަށް އައިސް ކޮޓަރިއަށް ވަދެ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަފީފާގެ މޫނުމަތިން ހީވަނީ އައިސްފައި ހުރި ރުޅިން އަލިފާން ކަނި ވެސް ބުރާހެންނެވެ.އޭނާ ދުނިޔޭގައި ހުއްޓައި ލޯބިވާ ދަރިފުޅުގެ އުފާތައް އެހެން ބީވެގެން ދާތަން ބަލަން ހަމަހިލާ ނުހުންނާނެއެވެ.މާޒީގައި އެކަން ހިނގާދިޔަ ނަމަވެސް ދެނެއް އެމާޒީ ޢިޔާދަ ވިޔަކަ ނުދޭނެއެވެ.އޭނާ ކުރި ހިތާމަ ދަރިފުޅު ކުރާތަން ދެކެން އެ މައިލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ.
**********
ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ.ފަލަކު ޒީލްގެ ލޯތްބަށް އިންކާރު ކުރުމުން ޒީލްވެސް ބެލީ ފަލަކުއާއި ވީހާވެސް ދުރުދުރުން އުޅެވޭތޯއެވެ.ނަމަވެސް ކެންޓީނުގައި ޝައިބާއާއި އެއްމޭޒެއްގައި އިން ޒީލްއަށް ޝައިބާއަށް ބަލައިލެވުނީ އިވުނު އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ.
“އާނ…ތި އިވުނީ ހަމަ ރަނގަޅަށް….
ފަލްކީގެ ހިތުގަ ވަނީ ޔޫލް…..އަދި އެވަރަކުން ނުނިމޭ
…އެ ދެމީހުން އުޅެނީ ރައްޓެހިވެސް ވެގެން….”ޝައިބާ އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ.ޒީލްއެކޭ އެއްގޮތަށް ރޭގައި ފަލަކު ފާޚާނައި ގައި އުޅެނިކޮށް ފަލަކުގެ ފޯނަށް އައި މެސެޖު ފެނިފައި ޝައިބާއަށް ވެސް ލިބުނު ޝޮކެއް ކުޑައެއް ނޫނެވެ.ނަމަވެސް ލޯބީގައި ހައްދު ފަހަނައަޅާފައިވާ ޔޫލްގެ އެ މެސެޖުން ޝައިބާ ޔޫލްގެ ލޯބީގައި ކައްކަމުން ދިޔަ ޚިޔާލީފޮލާ އެތި ވަނީ ބަންޑުން ވެފައެވެ.އޭނާއަށް ޔޫލްގެ ލޯބި ލިބެން ނެތް ތަނުގައި އެ ލޯބީގެ ޙައްޤުވެރިއަކަށް ފަލަކުވެސް ވިޔަކަ ނުދޭނެއެވެ.ލޯބީގައި ޖެހުނީމައި އަމިއްލަ ލެއަށްވެސް ދޫ ނުކުރެވޭނެ އެވެ.
“ފަލްކީ ކާމިޔާބު ކުރަން ބޭނުންތަ؟”ޝައިބާ ޒީލްއަށް ބަލަހައްޓައިގެން އިނދެ މިފަހަރު ކޮށްލީ ސުވާލެކެވެ.ޒީލް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާ ޝައިބާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“މީ އަހަރެން ޒީލްއަށް ކޮށްދޭ ފޭވާ އެއް ނޫން……މި ކަމުގައި ބޮޑީ އަހަރެންގެ އަމިއްލަ އެދުން …އާނ…ތި އިވުނީ ރަނގަޅަށް…..އަހަރެން ބޭނުންވަނީ ޔޫލް ޙާސިލް ކުރަން…..ޒީލްގެ އެއްބާރުލުން ލިބިއްޖެނަމަ އަހަރެމެން ދެމީހުންނަށްވެސް އަހަރެމެންގެ ލޯބި ކާމިޔާބު ކުރެވޭނެ…”ޒީލް ޝައިބާއާއި އެއްބައި ވެލީ ފަލަކުދެކެ އޭނާގެ ހިތާއި ފުރާނައިން ވެވިފައިވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ.އެވަގުތު ޝައިބާގެ މޫނުމައްޗަށް މަކަރުވެރި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.
***********
ދުވަސް ގަނޑަކަށްފަހު އަފީފާގެ ދެމަފިރިން ތައްޔާރު ވަމުން ދިޔައީ އަފީފާގެ އުފަން ރަށް ފ.ނިލަންދުއަށް ދިޔުމަށެވެ.އަފީފާގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ބޮޑުބޭބެގެ އެދުމަށް މިފަހަރުގެ އަލްޙާ ޢީދަށް ރަށަށް ދާން ނިންމީއެވެ.
“ދަރިފުޅާ ޑިއުޓީއަށް ދަމުން ގޭގެ ދޮރުތައް ތަޅުލާފަ ދާން ހަނދާން ކުރާތި….މިހާރު މީ ނިކަން ވަގުން އުޅޭ ޒަމާނެއް…..ތިބޭނީ ހަމަ ބަލަ ބަލާ…އެކޮޅުގަ ބައްޕަމެން ގިނަވެގެން ވާނީ ދެހަފްތާ…”ޝައިބާއާއި ވާހަކަ ދައްކަން ހުރި ޒުހޭރު ޓެކްސީގެ އަޑަށް ބޭރު ބަލައިލިއެވެ.
“މި އާދެވުނީ….ބައްޕަމެން ތި ތިބީ ކޮން ދިމާލެއްގަ؟…”ޓެކްސީއިން ފައިބައި ބައްޕަގެ ކޯލަށް ޖަވާބު ދެމުން ފަލަކު ވާހަކަ ދެއްކިއެވެ.އެވަގުތު ޝައިބާއަށް ފަލަކު ފެނުމުން ގޮވައިލިއެވެ.އޭރު ރަށަށްދާން އައިސް ތިބި މީހުން ބޯޓަށް އަރަން ފަށައިފިއެވެ.ޝައިބާއާއި ފަލަކު މަންމަމެން ބޯޓަށް އެރުމުން އެތަނުގައި މަޑު ކޮށްލައިގެން އިރުކޮޅަކު ތިބުމަށްފަހު ދެ ޓެކްސީ މަޑު ކުރުވައިގެން ޝައިބާ ގެއަށްދިޔައިރު ޑިއުޓީ އަދި ނިމެން ވަގުތު އޮތީމައި ފަލަކު ދިޔައީ ހޮސްޕިޓަލަށެވެ.
އެނދުގައި ހަމަޖެހިލައިގެން ދެފައި ތަޅުވާލަ ތަޅުވާލަ އޮތް ޝައިބާގެ ސިކުނޑީގައި ދިޔައީ މޮޅު ރޭވުމެއް ރާވަމުންނެވެ.ޝައިބާގެ ހިތުގައި ފަލަކުއާއި ދޭތެރޭ ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް ވީނަމަވެސް މިވަގުތަށް ޔޫލްގެ ލޯބި ކާމިޔާބު ކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް އޭނާއަކަށް ނެތެވެ.އެހެންވެ އަވަހަށް ފޯނު ނަގައި ޒީލްއަށް ގުޅައިލުމަށްފަހު އޭނާގެ މޮޅު ރޭވުންގަނޑު ޒީލްއާއި ހިއްސާ ކުރިއެވެ.ޒީލް ފުރަތަމަ އިންކާރު ކުރިޔަސް ޝައިބާ ވަރަށް ވާހަކަ ދެއްކުމުން އެންމެ ފަހުން އެއްބަސް ވީއެވެ.
*********
ޑިއުޓީ ނިންމާލާފައި ގެއަށްދާން ނިކުތް ފަލަކުގެ ފަހަތުން ކަހަލަ ގޮތަކަށް ޔޫލްވެސް ނިކުމެގެން އައެވެ.އަދި އޭނާއާއި އެއްކޮށް ސައިކަލުގައި ގެއަށް ދިއުމަށް އެދުނެވެ.ނަމަވެސް އެހެން ރޭރެއެކޭވެސް އެއްފަދައިން ފަލަކު މިރޭވެސް ގަބޫލެއް ނުވިއެވެ.ޝައިބާއަށް އަދި އެމީހުންގެ ގުޅުން ނޭނގޭނެތީ އެވާހަކަ ޝައިބާއާއި ހިއްސާ ކުރުމުގެ ކުރިން އެދެމީހުން އެކުގައި ފެންނަން ބޭނުން ނުވާތީއެވެ.ޝައިބާ މިހާރު ވެސް ފަލަކު ނުގޮސްގެން ދެފަހަރު ގުޅައިފިއެވެ.ފަހަރުގައި ފަލަކުގެ އިންތިޒާރުގައި ބޭރަށް ނިކުމެވެސް ހުރެދާނެއެވެ.
ފަލަކު ގޮތް ދޫނުކުރާނެކަން ޔޫލްއަށް އެނގުމުން ޓެކްސީއެއް ހުއްޓުވާފައި ފަލަކު އެރުވިއެވެ.ޓެކްސީގޮސް ފަލަކުމެން ގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ފަހަތުގައި ބަލަހައްޓައިގެން އިން ޔޫލްވެސް ގެއަށް ދިއުމަށް ސައިކަލް ދުއްވާލިއެވެ.
“މީ ކޮން ޕިއްޒާއެއް؟…އަނެއްކާ މީ މާ ޚާއްސަ ރެއަކީތަ؟”އެތެރެއަށް ވަދެގެން އައި ފަލަކުއަށް ސިޓިންގރޫމް މޭޒުމަތީގައި ހުރި ދެ ޕިއްޒާތަށި ފެނުމުން ޝައިބާއާއި ސުވާލު ކޮށްލިއެވެ.
“ނޫނޭ…ވަކި އެހެނެއް ނޫން…މިރޭ ހަމަ ހިތަށް އެރީ ޕިއްޒާ ގެންނަން…އަވަހަށް އާދޭ ފަލްކީ އަންނަންދެން މިއިނީ…”މިއޮތީ ފަލްކީގެ ފޭވަރިޓް މަޝްރޫމް ޕިއްޒާ، އެންޑް ދިސް އިޒް ފޯ މީ އޭ ކިޔައި ބީފް ޕިއްޒާއިން ފޮއްޗެއް ނަގައި ޝައިބާ ކާންފެށިއެވެ.ފަލަކުވެސް ޕިއްޒާ ފޮއްޗެއް ނަގަމުން މަންމަމެންގެ ޚަބަރެއް ވީތޯ ސުވާލުކޮށްލިއެވެ.
“ހޫމްމް..ބައްޕަ ގުޅި..ބުނި ވަރަށް ކަނޑު ގަދަޔޯ…މަންމަ އޮތީ ނިދިފަޔޯ…ފަތިހު ދެވޭނެޔޯ…ދެން މާދަމާ އެކޮޅަށް ގޮސް ހަމަޖެހިލައިގެން ގުޅާނެ ވާހަކަ ފަލްކީ ކައިރީގަވެސް ބުނާށޯ…”ޝައިބާ ދެ ތައްޓަށް ކޯކު އަޅަމުން ވާހަކަ ދެއްކިއެވެ.
ޕިއްޒާ ކައިގެން ދެމީހުން ތިބީ ސިޓިންގރޫމުގައި ފިލްމެއް ބަލާށެވެ.އޭގެ ވިހިވަރަކަށް މިނެޓް ފަހެވެ.ޝައިބާ ސޯފާގައި ޚަބަރު ހުސްވެފައި އޮތް ފަލަކުއަށް ބަލައިލުމަށްފަހު އަވަހަށް ޒީލްއަށް ގުޅާފައި އެތެރެއަށް އައުމަށް ބުންޏެވެ.
ޒީލް ފަލަކު ނަގައިގަނެގެން ގެންގޮސް އެނދުގައި ވަރަށް މަޑުމަޑުން ބޭއްވިއެވެ.އެއަށްފަހު
ޝައިބާގެ އެދުމަށް ޒީލްގޮސް ސިޓިންގރޫމް ސޯފާގައި މަޑުކޮށްލިއެވެ.ކޮޓަރި ދޮރު ތަޅުލުމަށްފަހު ޝައިބާ ވަރަށް މަޑުމަޑުން ފަލަކު ލައިގެން އޮތް ހެދުމުގެ ޓޮޕްކޮޅު ބޭލުމަށްފަހު ގައިމަތިން ފޮތިގަނޑު އަޅައި ނިވާކޮށްލާފައި ގޮސް ކޮޓަރިދޮރު ހުޅުވުމަށްފަހު ޒީލްއަށް ގޮވައިގެން ގެނައި އިރު ޝައިބާގެ ހިތްވެސް ބާރަށް ތެޅެމުން ދިޔައެވެ.ޒީލް ލައިގެންހުރި ޓީޝާޓް ބޭލުމަށްފަހު ގޮސް ފަލަކުގެ ގާތުގައި އޮށޯތެވެ.ދެމީހުންގެ މެދުގައި ކަމެެއް ހިނގާފައިވާފަދަ ގޮތަކަށް ޝައިބާ ވަރަށް ރޭވުންތެރި ކަމާއިއެކު އެކި ފަރާތް ފަރާތުން ފޮޓޯ ނަގަމުން ގެންދިޔައެވެ.އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމަށް ވިސްނާނުލީތާ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީއެވެ.ހަމަ އެކަނި އެވަރުން ފުއްދާލީކީވެސް ނޫނެވެ.ޝައިބާގެ އެދުމަށް ޒީލް ޚަބަރު ހުސްވެފައިވާ ފަލަކުގެ ކަރުގައި ބޮސްދޭންފެށީ ނުހަނު ބާރަށެވެ.ޝައިބާ ހިތްފުރޭވަރު ވުމުން ޒީލް ކޮޓަރިން ނެރުމަށްފަހު ފަލަކުގެ ހެދުން ލައްވާފައި އެނދުގައި ރީތިކޮށް ބޭއްވިއެވެ.އަދި ދެން ފަލަކުއާއި ޔޫލްގެ ގުޅުން ކެނޑޭކަށް މާގިނަދުވަހެއް ނުނަގާނޭ ޝައިބާ ހިތާއި ހިތުން ކިޔާލިއެވެ.
“ޔަޤީންތަ އަހަރެމެންގެ ޕްލޭން ވޯކް ކުރާނެކަން”..ޒީލް ވަރަށް ހާސް ވެލާފައި ޝައިބާއާއި ސުވާލު ކޮށްލިއެވެ.”ކީއްވެ ވޯކް ނުކުރާނީ…ފަލަކުގެ ކަރުގަ އެހުރި މާކްތަކާއި ފޮޓޯތަކުން އޭނާ ހަތަރު ފަރާތުން ބައްދާލާނެ…ޔޫލްއަށްވެސް އެކަން ޤަބޫލުކުރަން މަޖުބޫރު ވާނެ…ދެން މަބުނި ގޮތަށް ޒީލް ކަންތައް ކުރީމަ ހުރިހާ ކަމެއްވެސް ދާނީ ޕާފެކްޓް ކޮން”.ޝައިބާ އޭނާގެ މޮޅު ޕްލޭންއަށް ފަޚުރުވެރިވަމުން ވާހަކަ ދެއްކިއެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ޔޫލް މިހާރު ފަލަކުގެ ފޯނަށް ބާރަވަރަކަށް މެސެޖް ކޮށްފިއެވެ.ނަމަވެސް ފަލަކުގެ ޚަބަރެއް ނުވުމުން ފަލަކުއަށް ނިދުނީ ކަމަށް ނިންމާ އޭނާވެސް ނިދޭތޯ ވަރަށް މަސައްކަތް ކޮށްފިއެވެ.ނަމަވެސް ހަމަ އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ.ލޯ މަރާލާއިރަށް ފެންނަނީ ފަލަކުގެ މަޢުސޫމް މޫނެވެ.އެގޮތުގައި ބާލީހުގައި ބައްދައިގެން އޮވެ ނިދުނުއިރު ހުންނާނީ ތިނެއްޖަހަން ކައިރިވެފައެވެ.
ޝައިބާ ހެނދުނު ޑިއުޓީއަށް ދިޔައިރުވެސް ފަލަކުއަށް ނުހޭލެވެއެވެ.ވާނީވެސް އެހެންތާއެވެ.ރޭގަ ޝައިބާ ފަލަކުގެ ޕިއްޒާއަށް އަޅާފައި ހުރި ބޭސްއެހާވެސް ބާރުގަދައީއެވެ.ޑިއުޓީއަށްދާން ޓެކްސީގައި އިން ޝައިބާއިނީ ވަރަށް ހިތްހަމަ ޖެހިލާފައެވެ.އޭނާ ޔޫލްގެ ލޯތްބަށް ކުރަމުން އައި ދިގު އިންތިޒާރު ނިމުމަކަށް ގެނައުމުގެ ހުރިހާ ތައްޔާރީ ތަކެއްވެސް އެވަނީ ވެ ނިމިފައެވެ.
ފަލަކު ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލުމަށްފަހު ފޯނު ނަގައި ގަޑި ބަލާލިއިރު އަށްގަޑި ބައިވަނީއެވެ.ފުންމައިގެން ތެދުވެ ބޮލުގައި އަތް އަޅައިލެވުނީ ބޮލަށް ފާޑަކަށް ބަރުވެފައި ހުރީމައެވެ.އެއިންގޮތަށް އިނދެ ޔޫލް ފޮނުވާފައި ހުރި މެސެޖުތައް ކިޔަމުން ދިޔައިރު ފަލަކުގެ ތުންފަތުގައި މަޑު ހިނިތުންވުމެއް ދުވެލިއެވެ.މަޑުމަޑުން އެނދުން ތެދުވެގެން ފާޚާނައަށް ވަންނަންދިޔަ ފަލަކުއަށް ލައިގެން ހުރި ހެދުމަށް ބަލައިލެވުނީ އަލަމާރި ދޮރުފަތުގައި އަޅުވާފައި އިން ކޮނޑުގައި އިން އޭނާގެ ނިދާހެދުން ފެނުނީމައެވެ.ރޭގައި އޭނައަށް ނިދުނީ އެއްޗިހިވެސް ބަދަލު ނުކޮށް ހެއްޔެވެ؟ނޫނެކެވެ.އޭނާ އިނީ ސިޓިން ރޫމުގައި ޝައިބާއާއި އެކު ޓީވީ ބަލާށެވެ.އެހެން ވިއްޔާ އޭނާ ކޮޓަރިއަށް އައީ ކޮން އިރަކު ހެއްޔެވެ؟ފަލަކުގެ ހިތުގައި އުފެދިގެން ދިޔަ ސުވާލުތަކަކުން އޭނާއަށް އަވަސްވެވުނީ ޝައިބާއަށް ގުޅާށެވެ.ނަމަވެސް ޝައިބާއަށް ގުޅުމުން އޭނާއަށް ލިބުނު ހައިރާންކަން އަދި މާބޮޑެވެ.ޝައިބާ ބުނިގޮތުން ވިއްޔާ ހެނދުނު ޑިއުޓީއަށްދާން ހޭލެވުނު އިރުވެސް ޝައިބާއަށް އޮވެވުނީ ސިޓިންގރޫމް ސޯފާގައެވެ.އަދި ފެންވަރަން ވެގެން އައިސް ކޮޓަރިއަށް ވަތް އިރު ފަލަކު އެނދުގައި އޮތްތަން ފެނުމުން އޭނާ ހީކުރީ ފަލަކު ނިދި އައިސްގެން ކޮޓަރިއަށް އައިސް އޮށޯތީކަމަށެވެ.
ފާޚާނައަށްވަދެ ފެންވަރައިގެން ނިކުމެ ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ފަލަކުގެ ލޮލުގައި އަޅައިގަތީ އޭނާގެ ކަރުގައި ނޫފާގަނެފަ ކަހަލަ ގޮތަކަށް ހުރި ހަތަރު ތަނެވެ.އެތަންތަނުގައި އަތް ޖައްސާލުމުން މަޑު ރިހުމެއް އިޙްސާސް ވެގެން ދިޔައެވެ.ފަލަކުގެ ހިތަށް ބިރުވެރި ކަމެއް ވަދެގެން ދިޔައެވެ.
“އެކުދިން ގޮވައިގެން އައިނަމަ…”ޖޯލިފަތީގައި އޮށޯވެލައިގެން އޮތް ސައުދު ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ކޮއްކޮ އަފީފާގެ ދެމަފިރިންނާއެވެ.”ކީއްކުރާނީ…އެކުދިންނަށް ޗުުއްޓީއެއް ނުލިބުނޭ ދޯ ޒުހޭރު”.އަފީފާ ޒުހޭރުއަށް ދޯ ދެމުން ވާހަކަ ދެއްކިއެވެ.ޒުހޭރުވެސް އަންހެނުންގެ ވާހަކައާއި އެއްބަސްވުމަށްފަހު އަންނާނަމޭ ފާޚާނައަށް ގޮސްލާފައި ކިޔައި ޖޯލިން ތެދުވެގެން ހިނގައްޖެއެވެ.
ރޭގައި އެހާލަހުން ނިދުމުގެ ސަބަބުން ޔޫލްއަށް ހޭލެވުނީ މެންދުރު ވުމުން މަންމަ ގޮވުމުންނެވެ.ސީމާވެސް މިއޮއް ހުރިހާއިރު ދަރިފުޅަށް ނުގޮވާ އެހުރީ މިއަދު ޔޫލް އިންނާނީ ހަވީރު ޑިއުޓީވީމައެވެ.ތެދުވެ ފޯނު ބަލައިލިއިރު ފަލަކުގެ ދެ މިސްޑްކޯލް އޮތެވެ.ޔޫލް ފަލަކުގެ ނަމްބަރަށް ޑައިލް ކޮށްލުމުން ދެފަހަރަކު ރިންގުވުމަށްފަހު ފަލަކު ފޯނު ނެގިއެވެ.އަދި ރޭގަ ޑިއުޓީއިން ދިޔަތަނާ ނިދުނީމައި މެސެޖަށް ރިޕްލައި ނުކުރެވުނީ ކަމަށް ބުންޏެވެ.ޔޫލްވެސް އިޓްސް އޯކޭ އޭ ކިޔައި އެކަން މާބޮޑު ކަމަކަށް ނުހެދިއެވެ.ފޯނުގައި ދިހަވަރަކަށް މިނެޓް ހުރުމަށްފަހު ޔޫލްދިޔައީ މެންދުރު ނަމާދަށް ދިޔުމަށްޓަކައި އަވަހަށް ފެންވަރައި ތައްޔާރު ވެލުމަށެވެ.
ަޑިއުޓީއަށް ދާން ތައްޔާރު ވަމުންދިޔަ ފަލަކުގެ ހިތަށްވަމުންދަނީ ބުނެދޭން ދަތި އުނދަގޫ ގޮތްތަކެކެވެ.އަނެއްކޮޅުން ކަރުގައި ހުރި ނިޝާން ތަކުންވެސް އެ ހިތްވަނީ ނުތަނަވަސް ވެފައެވެ.އެންމެ ފަހުން ލާފައިހުރި ހެދުމާއި ގުޅޭ ފާޑެއްގެ ޝޯލްއެއް ކަރުގައި ރީތި ގޮތަކަށް އޮޅާލުމަށްފަހު ތެޅިތެޅި އޮތް ހިތަކާއިގެން އޮފީހަށް ދިއުމަށް ނިކުމެ ހިނގައި ގަތެވެ.
ޑިއުޓީއަށް ދާން ސައިކަލަށް އަރައަރައި ހުރި ޔޫލްގެ ފޯނަށް ވައިބާއިން މެސެޖެއް އައެވެ.ބަލައިލިއިރު ޔޫލްގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ.ޒީލްގެ އަތުތެރޭގައި ނިދާލާފައި އެއޮތީ ހަމަ ފަލަކުއެވެ.އޭނާގެ ހިތުގެ ވިންދެވެ.އިރުކޮޅަކުން ފޮޓޯއަކަށްފަހު ފޮޓޯއެއް އަންނަން ފެށިއެވެ.އެ ކޮންމެ ފޮޓޯއެއް ޕްލޭ ކުރަމުން ދިޔައިރު ޔޫލްގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ.ފަލަކު އޭނާގެ ލޯތްބަށް އެފަދަ ގޮތަކަށް ބޭވަފާތެރި ވީތީ އެ ހިތުގައި ރިހުމާއި ޝަކުވާ ފަށްފަށް ވެގެން ދިޔައެވެ.ޔޫލްގެ ދެލޮލުގެ ދިގު އެސްފިޔަ ތަކުން ފާއްދާލި ކަރުނަތިކިތައް ފޮހެލަމުން ފޯނު ޖީބަށް ލުމަށްފަހު ސައިކަލަށް އަރައި ދުއްވާލިއެވެ.
ޑިއުޓީ ނިންމާލާފައި ނިކުތް ޒީލްއަށް ނިކުމެވުނީ ހޮސްޕިޓަލަށް ވަންނަންދިޔަ ފަލަކުގެ ކުރިމައްޗަށެވެ.ފަލަކު ލުއި ހިނިތުން ވުމެއް ރައްދު ކޮށްލާފައި ގޮސް އެތެރެއަށް ވަނެވެ.ނަމަވެސް ޒީލްއަށް ފާޑަކަށް އިސްޖަހާލެވުނީ އޭނާއަށް އެ ކުށެއްނެތް އަންހެން ކުއްޖާ ޙާސިލް ކުރަން ޝައިބާގެ ބަހަށް ހެއްލި ކުރެވުނު ވިޔާނުދާ ޢަމަލުގެ ސަބަބުންނެވެ.
ޔޫލް އެތެރެއަށް ވަދެގެންގޮސް ކައުންޓަރުގައި މިއަދުގެ އޭނާގެ ހުރިހާ އެޕޮއިންޓްމެންޓް ތަކެއް ކެންސަލް ކުރުމަށް ބުންޏެވެ. އަދި ހަލުވި ހިނގުމެއްގައި ގޮސް ފަލަކުގެ ރޫމްގައި ނޮކް ކޮށްލުމަށްފަހު އެތެރެއަށް ވަދެގެން ގޮސް ފަލަކުގެ އަތުގައި ހިފައިގެން ގޮސް ހޮސްޕިޓަލުން ނިކުމެ ސައިކަލަށް އަރައި ދުއްވާލީ ހޮސްޕިޓަލްގެ އެތަށް ސްޓާފުންނެއްގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވީ އިރުވެސް އެކަމަށް އެއްވެސް ފަރުވާލެއް ނެތިއެވެ.ޑޮކްޓަރ ޝިނާންވެސް ހުރީ ހަމަ ވާނުވާ ނޭނގިފައެވެ.އެއިން ކަމަކަށް ސަމާލުކަން ދެވޭ ވަރަށްވުރެ ޔޫލްގެ ހިތުގެ ހާޖާނުގަނޑު މާ ބޮޑެވެ.ސައިކަލް ފަހަތުގައި އިނދެ ފަލަކު ކުރަމުން ދިޔަ ސުވާލުތައްވެސް ޔޫލްއަށް އަޑު ނީވޭ ކަހަލައެވެ.ފަލަކުގެ ހިތް ނުތަނަވަސް ވަމުން ދިޔައީ އިންތިހާއަށެވެ.ޔޫލްގެ އެ ހަރުކަށިކަމުން ނަގާނެ މާނައެއް ނޭނގިފަައި އިން ފަލަކުވެސް ހަމަ ހިމޭންވީ އެދާ ތަނަކަށް ގޮސް ނޫނީ ޔޫލްގެ ދުލުން ބަހެއް ބޭރު ނުކުރާނެކަން ޔަޤީން ވުމުންނެވެ.
ޝާންމެންގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމަށްފަހު ޔޫލް ފަލަކުގެ އަތުގައި ހިފައިގެން އެތެރެއަށް ވަތްއިރު ސިޓިން ރޫމުގައި ފިލްމެއް ބަލަން އިން ޝާން އެމީހުންނަށް ހިނިތުން ވުމެއް ރައްދު ކޮށްލިއެވެ.ޔޫލް ފަލަކު ގޮވައިގެން ގޮސް ޝާންގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު ފަލަކުއަށް ފުރަގަސް ދިނެވެ.
“ލޯބީ…ކީއްވެތަ މިތަނަށް ތި ގެނައީ…ޕްލީޒް ޓޯކް ޓު މީ”ފަލަކުގެ އަޑުގައި ހައިރާން ކަމާއި ހާސްކަން އެކުލެވިގެން ވިއެވެ.ޔޫލް ފަލަކު އާއި ކުރިމަތި ލަމުން އޭނާގެ ފޯނުގައި ހުރި ފޮޓޯތައް ދައްކާލިއެވެ.ފަލަކުއަށް ހައިރާންވެފައި ފޮޓޯތަކަށް ބަލަން ހުރެވުނީއެވެ.މިއީ ކޮންފަދަ ސަމާސާ އެއް ހެއްޔެވެ؟އޭނާ ޒީލްގެ އަތުތެރޭގައި ހުވަފެނެއްގައިވެސް އޮވެފައި ނުވާއިރު އެ ފޮޓޯތަކުން ސާބިތުކުރަން އެއުޅެނީ ކޮން ކަމެއް ހެއްޔެވެ؟”އެބަ އޮތްތަ އަމިއްލަ ދިފާޢުގަ ބުނާނެ އެއްޗެއް؟”ފޮޓޯތަކަށް ބަލަހައްޓައިގެން ގަނޑުވެފައި ހުރި ފަލަކުއަށް ހަމަ ބިމަށް އާދެވުނެވެ.އެދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފައިބައިގަތުމުގެ ކުރިން ފޮހެލުމަށްފަހު ވޭނުން ފުރިފައިވާ އަޑަކުން ޔޫލް އާއި ވާހަކަ ދައްކަން ފެށިއެވެ.
“ލޯބި އަހަރެން މިފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެހެން ހީވަނީތަ؟އަހަންނަކަށް ނޭނގެ ތީ ކިހިނެތް ހަދާފަ ހުރި ފޮޓޯ ތަކެއް ކަމެއް..އިނގޭހާވެސް ކަމަކީ އަހަންނާ ޒީލްއާއި ދެމެދު ތިފަދަ ގުޅުމެއް ހިނގާފައި ނުވާކަން”.ޔޫލް ހުރީ ފަލަކުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އިންތިހާއަށް ހިތުގައި ޖެހިފައެވެ.އެއިން ކޮންމެ ކަރުނަ ތިއްކެއްވެސް ފަލަކުގެ ކުށެއް ނެތްކަން ހާމަކުރަން މަސައްކަތް ކުރަމުން ދާކަހަލައެވެ.ނަމަވެސް އަނެއްކާވެސް އެވަގުތު ޔޫލްގެ ފޯނަށް އައި މެސެޖު ކިޔާލުމަށްފަހު ޔޫލް އިސްދަށަށް ޖަހައިގެން ރޮއިރޮއި ހުރި ފަލަކުގެ ކަރުގައި އޮޅާލާފައި އޮތް ޝޯލް ދަމައިގަތީ ފަލަކުއަށް ނުވެސް އެނގި ހުއްޓައެވެ.އެކަހަލަ ކަމަކާއި ނުވިސްނާ ހުރި ފަލަކުއަށް ކަރުގައި ދެއަތް އަޅައި ފޮރުވާލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ.ފަލަކުގެ ކަރުގައި ހުރި ނިޝާން ތަކުން ޔޫލްގެ ކުރިމަތީގައި އޭނާ ބޭޒާރުވެ ކުށްވެރިވެ ނިމިއްޖެ އެވެ. ޔޫލްއަށް ކުރި އަސަރެއްގެ ބޮޑުކަމުން ގޮށްމުއްކަވައި ފާރުގައި ޖަހާލުމަށްފަހު ދެލޯ މަރާލެވުނެވެ.ފަލަކު ނޫން ނޫނޭ ކިޔައި ޔޫލްގެ ގައިގައި ފަހަތުން ބައްދާލުމަށްފަހު އަޑުން އަޑު ނަގައި ރޮއިގަތެވެ. ޖެހިގެން އައި ސިކުންތުގައި ފެނުނީ ޔޫލް ފަލަކު އޭނާއާއި ދުރުކޮށްލި ތަނެވެ.ނަމަވެސް ފަލަކު ޔޫލްއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
“ތީ އަހަރެން މިދުނިޔެއިންވެސް އެންމެ ލޯބިވި މިހިތުގެ ފިނިކަން…އެކަމަކު މިހާރު މިސިކުންތުން ފެށިގެން ތިފަދަ……………ލީވް އިޓް….”ފަލަކުއަށް ކުޑާމިސް ބަހެއް ބުނަންވެސް އެހިތަށް ކެތް ނުވާއިރު ފަލަކުއާއި ނުލާ އެ ދިރިއުޅުން ވޭތިކުރާނެ ގޮތެއް ނޭނގޭޙާލު ކޮޓަރިން ނިކުމެގެން ދިޔައީ ދުލުގައި އޮތް ބަސް ފުރިހަމަ ކުރާނެހާ ހިތްވަރު ނެތުމުންނެވެ.
ޔޫލް ދިޔުމުން ފަލަކުވެސް ޓައިލްސްތައް މަތީގައި އޮތް ޝޯލް ނަގައި ކަރުގައި އޮޅާލުމަށްފަހު ކަރުނަ ފޮހެލަމުން ތިރިއަށް ފޭބި އިރު ގޭ ދޮރުމަތީގައި ޔޫލް ދިޔަތަން ބަލަހައްޓައިގެން ހުރި ޝާންވެސް ހުރީ ވާނުވާ ނޭނގިފައެވެ.ފަލަކުއަށްވެސް ކުރެވުނުހާވެސް ކަމަކީ ކުއްވެރިއަކު ފަދައިން އިސްޖަހާލައިގެން ހުރެ އެގެއިން ނިކުމެގެން ދިޔުމެވެ.އޭނާގެ އެއްވެސް ކުށެއް ނެތި އެވަނީ ނިމުމެއްނުވާ ހިތްދަތި ކަމެއްގެ ތެރެއަށް ގެނބިފައެވެ.އެކަމުގައި އޭނާއަށް ޔޫލް ކުށްވެރި ކުރެވޭކަށްވެސް ނެތެވެ.ޔޫލްގެ އަތުތެރޭގައި އެހެން ކުއްޖަކު ވީނަމަވެސް އޭނާއަށް ވެސް ނުރުހެވޭނެކަން ގައިމެވެ.
********
އެނދުގައި ހަމަޖެހިލައިގެން އޮތް ޝައިބާ ފަލަކުގެ ކަރުގައި ހުރި ނިޝާންތަކުން އެފޮޓޯތަކުގައި އެހުރީ ތެދުކަން ހާމަވާނޭ ކިޔައި މެސެޖުކުރި ސިމްކޮޅު އޭނާ ފޯނުން ނަގައި،ކަތުރުން ސިމް ކުދިކުދިކޮށް ކޮށާލުމަށްފަހު ކޮޓަރި ތެރެއަށް އުކާލިއެވެ.އަދި ފަލްކީ ސޮރީ އޭ ކިޔައި ބާރުބާރަށް ހޭން ފެށިއެވެ.
*********
ވަކި މިސްރާބެއް ނެތި ބާރު ސްޕީޑުގައި ސައިކަލް ދުއްވަމުން ދިޔަ ޔޫލް ހީވަނީ ދެންމެ ދެންމެ އެއްޗެއްގައި ޖެހިދާނެ ހެންނެވެ.އޭނާ އެހާ ލޯބިވާ ކުއްޖަކު އެހިތުން ދުވަހެއްގައިވެސް ނެރެ އެއްލާލެވޭނެ ހެއްޔެވެ؟ކުއްލިއަކަށް ޝާންމެން ގޭގައި ފަލަކު ބަހައްޓާފައި ނިކުމެގެން އާދެވުން ހަނދާންވެގެން އެގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.ނަމަވެސް ޝާންގެ ފަރާތުން އެނގުނު ގޮތުގައި ޔޫލްގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ފަލަކުވެސް ނިކުމެގެން ހިނގައްޖެއެވެ.
**********
ޖަވާބު ނޭނގޭ އެތައް ސުވާލު ތަކެއް ފަލަކުގެ ސިކުނޑީގައި އެނބުރެމުން ދާއިރު ޔޫލްގެ ކުރިމަތީގައި އޭނާގެ ކުށެއް ނެތްކަން ހާމަކުރެވޭނީވެސް ކިހިނެތް ހެއްޔެވެ؟އަނެއްކާ އޭނާގެ ކަރުގައި އެހުރި ނިޝާންތަކަކީ ކިހިނެތް އައި ނިޝާން ތަކެއް ބާވައެވެ.ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ފަލަކު ވަރަށް ހިތްވަރު ކުރަމުން ޔޫލްގެ ފޯނަށް ގުޅަން ފެށިއެވެ.ދެފަހަރަކު ބިޒީ ކޮށްލުމަށްފަހު ވެސް ޔޫލް ފޯނު ނެގީ ފަލަކު ހޮސްޕިޓަލުގައިވެސް ނެތީމަ އޭނާ ކަންތައް ބޮޑުވެފައި ހުރި ވަރުންނެވެ.ފޯނު ނަގައި ވާހަކަ ދެއްކިއިރު އެއަޑުގައި ވޭނާއި ރުޅި އެކުލެވިގެންވިއެވެ.ނަމަވެސް ފަލަކުގެ އެދުމަށް އޭނާގެ ކުށެއް ނެތްކަން ހާމަކުރުމަށް ފުރުސަތެއް ދިނުމަށްފަހު ފަލަކު ހުރިތަން ބުނުމުން އެތަނަށް ބަލާ އައިސް ސައިކަލު މަޑު ކޮށްލިއެވެ.
ޔޫލްގެ ރަތްވެފައިވާ ދެލޯ ފެނުމުން ފަލަކުގެ ހިތުގެ ވޭން އިތުރުވެގެން ދިޔައެވެ.ޒީލްގެ އެޕާޓްމެންޓަށް ދިޔުމަށް ފަލަކު އެދުމުން ފަލަކުއަށް ނުބަލަން ދުރު ބަލަހައްޓައިގެން އިން ޔޫލްއަށް ކުއްލިއަކަށް ފަލަކުއަށް ބަލައިލެވުނެވެ.ފަލަކުގެ ދުލުން އެނަން އަޑުއަހަން ޔޫލްއަށް އެހާ އުނދަގޫ ވާއިރު ޒީލްގެ ތަންމަތި ފަޅުފިލުވައި ދީފައި އެވާ ފޮޓޯ ތަކުން އަސަރު ނުކުރާ އެންމެ ނާރެއްވެސް އޭނާގެ ހަށިގަނޑުގައި ނުވެއެވެ.
ފަލަކު ސައިކަލަށް އެރުމުން ޔޫލްހަމަ އެންމެ ބަހެއްވެސް ނުކިޔައި ސައިކަލު ދުއްވާލިއެވެ.އެދެމެދަށް ވެރިވެފައިވާ މަރުފަދަ ހިމޭންކަމުން ދެމީހުންގެ ހިތުންވެސް ލޭ ކޮށެމުން ދިޔައެވެ.އިއްޔެއާއި ޖެހެންދެން އެހާ އުފަލުން އުޅުނު ދެ ލޯބިވެރިންގެ ޙަޔާތަށް އައިސްފައި އެވާ ތޫފާނުގެ ބޮޑުކަމާއެވެ.ޔޫލް ހިތާއި ހިތުން ދުޢާ ކުރަމުން ދިޔައީ ކޮންމެވެސް ގޮތަކުން އެފޮޓޯތައް ދޮގަކަށް ވުމަށެވެ.އޭނާ ފަލަކު ދެކެ ވީ ސާފު ތެދުވެރި ލޯތްބެކެވެ.ވީއިރު މިފަދަ ގޮތަކަށް އެލޯބިީގެ ނިމުން އައިސްގެން ނުވާނެއެވެ.
*********
އަރޫޝާ މިހާރު ފަލަކުގެ ފޯނަށް އެތަށް ފަހަރަކު ގުޅައިފިއެވެ.ނަމަވެސް ފޯނު އޮންނަނީ ނިއްވާލާފައެވެ.އަނެއް ކޮޅުން ޝިނާން ބުނި އެއްޗަކުން އަނެއްކާ ފަލަކުއާއި ޔޫލްއާއި މައްސަލައެއް ޖެހުނީ ބާއޭ ހިތަށް އަރައި އޭނާ ހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ.އެންމެ ފަހުން ޔޫލްގެ ނަންބަރު ހޯދުމަށްފަހު ޑައިލް ކޮށްލިއެވެ.ދެފަހަރަކު ފޯނު ރިންގު ވުމުން ޔޫލްވެސް ކޯލް ބިޒީ ކޮށްލީއެވެ.ހަމަ ޔަޤީނުންވެސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެއެވެ.އެހެންނޫނީ ޑިއުޓީ ދޫކޮށްލާފައި ދެމީހުން އެގޮތަކަށް ނުދާނެއެވެ.އަރޫޝާ ހިތާއި ހިތުން ކިޔާލިއެވެ.
***********
އެޕާޓްމެންޓް ދޮރުގައި ބެލް ޖެހުމުން ޒީލް އައިސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ފަލަކު ފެނުމުން އައިސް ފަލަކުގެ ގައިގައި ބައްދާލުމަށްފަހު ދުރުވެލަމުން ޒީލް ވާހަކަ ދެއްކިއެވެ.
“ހޭއި ބޭބް..ޑިއުޓީގަ ހުރެފަ ތިއައީ މާ ބޮޑަށް މިސްވީތަ؟ގުޅާލާފަ ބުނެލިނަމަ ބަލައި ދިޔައީމުހޭ”.ފަލަކުއަށް ހުރެވުނީ ދެލޯ ބޮޑުވެފައެވެ.”ޒީލް…ތީ ކޮން ސަމާސާއެއް..ހޫމްމް…ކީއްވެ އަހަރެންގެ ދިރިއުޅުމާ ތިކުޅެނީ”.ފަލަކުގެ ހަލާކުވެފައިވާ ހިތުގައި ކިތަންމެ ޝަކުވާއެއް ވިޔަސް ދުލުން ބޭރުކޮށްލެވުނީ އެވަރަށެވެ.ރޮމުން ރޮމުން ޒީލްގެ ފައިބުޑަށް ތިރިވިއެވެ.އެވަގުތު ޒީލް ފަލަކު ނަގަން ކަމަށް ހަދައި އޭނާގެ އަތުގެ އިނގިލިތަކުން ފަލަކުގެ ކޮނޑުގައި ފިއްތާލިއެވެ.ރޮއި ރޮއި އިން ފަލަކުގެ އަނގައިން މަޑު އާހެއް ނިކުމެގެން ދިޔައެވެ.ޒީލް ފަލަކު ނަގައި ހުށިޔާރު ކަމާއިއެކު ނިޝާނަށް ތީރުހަރާލީ އެމީހުންގެ ކުޅިގަނޑަށް ފަތަޙަ ގެނުވަމުންނެވެ.
“ބޭބް…ރޭގަ މާ ބޮޑުވަރު ވެފަ ހުރީތަ؟ދައްކަބަލަ ބަލާލަން”.ޒީލް ފަލަކުގެ ކަރުގައި އޮޅާލާފައި އޮތް ޝޯލް ނަގަން ހިފައިލުމުން ފަލަކުއަށް ކެތް ނުކުރެވިގެން ޒީލްގެ އަތް ފޮޅުވާލުމަށްފަހު ޒީލްގެ މޫނުމަތީ ގައިހުރިބާރުލާ ޖެހިއެވެ.އަދި ތިއުޅެނީ އަހަރެން ޒީލްގެ ލޯތްބަށް ފުރަގަސް ދިނީމަ އެކަމުގެ ބަދަލު ހިފަންށޭ ކިޔައި ހަޅޭއް ލަވައިގަތްއިރު ފަލަކު ހުރިހާ އުއްމީދެއްވެސް ވަނީ ކުދިކުދި ވެފައެވެ.އެއްކޮޅުން ލޯބިވެރިޔާ ގެއްލެނީއެވެ.އަނެއްކޮޅުން އެހާ ގާތް އެކުވެރިއަކު ކެހި ދިނީއެވެ.
އަތްޖަހަމުން އެތެރެއަށް ވަދެގެން އައި ޔޫލް ފެނުމުން ޒީލް ނުވާކަމަކަށް ހަދާފައި ގޮސް ޔޫލް ކައިރިއަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ.
“ޔޫލް…ޕްލީޒް ޑޯންޓް މިސްއަންޑަސްޓޭންޑް.ވީ އާ ޖަސްޓް ފްރޭންޑްސް…ތިހީކުރާ ކަހަލަ………..”.ޒީލް ދައްކަމުންދިޔަ ވާހަކައިގެ އެއްބައި ދުލުގައި އޮއްވައި ޔޫލް ބުނެލި އެއްޗަކުން ރޮއިރޮއި ގިސްލެވެމުން ދިޔަ ފަލަކުގެ ދުނިޔެ ހީވީ ގަނޑުވި ހެންނެވެ.
“އެގްޒާކްޓްލީ…ޖަސްޓް ފްރެންޑްސްގެ ގޮތުގައި ތިބެގެން އެހިސާބަށް ދެވޭއިރު ދެން އިތުރު ގުޅުމެއް އެއްވެސް މީހަކު ބޭނުމެއްވެސް ނުވާނެއްނު….އެހެންނޫނަސް އަހަރެން ލޯބިވީ ފަލަކު އެހާމުޑުދާރު ޢަމަލެއް ނުހިންގާނެ…”ޔޫލްގެ ވާހަކައިން އެއްޗެއް އެނގުނު ކަމަށް ނުހަދާ ޒީލް ހައިރާންކަން ދައްކަމުން ސުވާލުކުރަން ފެށުމުން ޔޫލް ހަމައިން ނައްޓާ އޭނާގެ ފޯނުގައި ހުރި ފޮޓޯތައް ދައްކާލިއެވެ.އަދި އެޕާރޓްމެންޓްގެ ދޮރު ޕައްކިޔާފައި ޖެހުމަށްފަހު ނިކުމެގެން ދިޔައެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.





Dear Readers..Tomorrow & day after tomorrow i will b v.busy..so according to my word here is the Thursday part of “milku kollee hithey part 6”..
Noor please don’t do this?yool nd falkee…
Thanx dear…dnt worry…i will do somethn to unite them
Yool falky dhoonukohlaathii plx plx , falky ah ehn nuhadhaaa nooor…. Haadha dhera veye sam ,,, kokk eh ves nunen ae ,, hate u saibaa … Hitheh oveh nam egothah kanthah nukurys vvvvvv fooohivey….???
Waiting next part noor .. Story vvv lovely n touching igey ?? ….love u noor ???
Thanx sam..will do somethn 4 them dear..love u too
Alhe noon falkeee..?
Thanx Layaa..
Hate zeel n shaiba,,,,,story iz awesome as always..thank u..
Thanx Xxxx..
Alhey kihinehtha mivee! Haadha dheraey dw.. 2 love birds ah mihen veema varah hurt vejje ? varah reethi mi part ves.. waiting for next part ❣?
Thanx Adha..
Dhen no!!!!!!! Eoh loabi loabi koh ulhunu love birds thi dhuru kollee tha.?????! Heyo nuvaane ehenbhadhan. CURSE YOU ZEEL AND SHAIBA yool and falak ge hithah haadha asareh kuraaneyey. Ehennoonas zeel and falak nuves gulhey. Shaiba and yool ves. Anyways varah reethi mi part. Ekam mi part kiyaafa hama rovijje 🙁 ummeedhu kurany varah avahah happy parts annaane kamah
Thanx nonns…plx keep waiting 4 next part…
Noory… falky ah dhera gotheh nuhadhahchey…. v salhi mi part ???
Thanx maroon..
Alhey kihineh thihedhee?
Thanx pinkyyy…plx dnt b sad…i will try to do somthn for them
urgh varah foohi vey. i m so not going to read this story again. i am very disappointed shaiba ladhuge kanfulheh ves neh. yool ves foni vaahaka dhakkafa believe kohfi fenna haa echeh. i hate it
Awwwhh..sorry to disappoint u annoying reader…but i wish u read next part too..
haadha sad eyy…mi part vx v reethi…waiting..
Thanx Rau..
Plx ehennahadhi noor but still story is nice ??
Thanx dear..
Keeh ve life ga always girl ah ehaa dhera libenee .v sad vehjje.ven Next part
Ohhh dear…bcs Shaibaa kahala anhenunves dhuniyeyga ulheythy…anyways plx dnt b sad…soon Falak will come out of that….
In sha Allah sunday
dhnnn no.. thihedhi gothun mivaahaka mathin foohi vehje ..yool and falak dhuru nukurahchey noor plx ..next part thankolheh avahah up kohdhevidhaanetha? .. i’m curious to know what will happen next . shaiba and zeel haadha goahey dhw
Will try dear…n thanx nym
V obi higey
Thanx Shyn
Noor….alhey….plixx…heyo nuvaane falkii ah thihen hadhaakah..e fakiiru roe roe halaaku vedhaane ehnu…ekam hama stwry vrh rythi nd vrh touching
luv uh noor.. :.
Thanx 4 the lovely comment Mazuw..
nice episode..
when next episode???
cant wait to c what will heppen next, avahah up khla dheebalaaaa
Thanx HARLEY quinn..
Awwwwnn.. haadha reechey vaahaka… dhn vaany kihinehbaa… waiting for another part… falkee fakeerah hadhaalaa goi balaabala…
Thanx Anonymous..
so touching???????❤??
Thanx Aish
No noor. Please make them apart soon. Shaiba and zeel hate them. Anyway very nice story ? . When next episode upload kuraany?
Thanx Samy…in sha Allah sunday
Alhe wen nxt prt . Avas kohdhyba plx plx
Thanx Shyn..will try dear
when next part…..
In sha Allah tonight
noor mirey thankolheh avahah up kohdhehchey.. waiting waiting
Hey Doll…sorry dear kurin up koh nudhevunyma…but just now i hav up the 7th part..
Alhe 5th Vanna part kobaatha ?
v vvvv salhi vrhkeh asluvx…..hama habeys…..aslu rani vx stry liyaa hihvey….. bt stry liyan fahttaifihyya neyngeyne ninmaaka…….heheheh….anyways…..gudluck …………..