“ޒީން މަންމަ މަރުވުމުގެ ކުރިން ޒީން މާ ބޮޑަށް މީހުންނާއި ދުރުން އުޅުނު ވާހަކަ ޔުމްނު ކިޔާދިން. ވީކެއް ކުރިން ކަމަށް ބުނީ… ކިހިނެތްވީ ޒީން އެގޮތަށް އުޅުނު ވާހަކަ ޔުމްނު ބުނަންވީ” ޒިޔަމް އެގެން ބޭނުންވާ ހުރުހާ ސުވާލެއްގެ ޖަވާބު ހޯދަން އަޒުމް ކަނޑަ އަޅައިގެން އިނެވެ. “ޒީންއަށް… މީހަކު ޒީން ރޭޕް ކުރީ” ޒިޔަމް އާއި އެއްގޮތަށް ޒީންވެސް މިއަދު ހުރީ ވަރުގަދަ އަޒުމަކާއިގެންނެވެ. ޒީންގެ ޖުމްލަ ކަންފަތުގައި ޖެހުމާއި އެކު ޒިޔަމް ދިޔައީ […]
ދެހަފްތާފަހުން ފުރުން ހަމަޖެހިފައިވުމާއެކު މަލާކްވެސް ހުރީ ވަރަށް ދެރަވެފައެވެ. “ކުޑާ އަޅެ ވަރަށް ދެރަވޭ.. ވަރަށްމިސްވާނެ.. ” މަލާކް އާއި މިޝާތިބީ މަލާކްގެ ކޮޓަރީގައެވެ. މީރާން އާއި މައިޝާ ބޭޭރަށްނިކުތުމުން އެދެކުދިން އަބަދުވެސް ބަހުސްއަކީ އެއީއެވެ. ގެއަށްވަދެގެން އއި ހިޝާމްއަށް ދެކުދިންގެ ވާހަކަތަށް ރަނގަޅަށް އަޑުއިވުނެވެ. އެއާއެކު ކޮޓަރީދޮރުގައި ޓަކިޖހާލިމަށްފަހު “މަލްކޮ ނިކަން އައިސްދީބަލަ ބައްޕަގެ ކޮޓަރިއަށް.. ” ބުނެފައި ހަރުހިނގުމުގައި ކޮޓަރިއަށް ދިޔައެވެ. “ކިހިނެއްވީތޯ ބައްޕާ އަޅުގަނޑަށް ގޮވާލީ.. ” ކޮޓަރީގެ ދޮރުހުޅުވާފައި ވަތް ނޫރާހުރީ […]
“ހެހެހެ. ފަހަށް ތިބޭނީ ފަސް.. މިކޯއްޗެއް ގަމީހުގަ” ޒިޔަމްގެ ގަމީހުގައި ނެއްޓިފައި ހުރި ރޮނދި ފަށެއް ފެނުމުން ޝަމްހާ އެތަނަށް އިގިލި ދިއްކޮށްލިއެވެ. އަދި ޒިޔަމް ކައިރިއަށް ޖެހިލައި އެރޮނދި ބުރިކޮށްލަން އުޅެނެވެ. ޒީންއަށް ފުރަތަމަ ބުރިން ތިރިއަށް ފޭބި ތަނާ އަތް ދަބަސް ޒިޔަމްގެ ކޮޓަރީގައި ބާއްވާފައި އާދެވުނު ހަނދާން ވިއެވެ. އެވަގުތު އެތާގައި ކަސްޓަމަރ ސާވިސް ކުއްޖެއް ފެންނަން ނެތުމުން އަމިއްލައަށް ގޮސް އެ ނަގަން ޖެހުނެވެ. ވަރަށް ކެތްކޮށްލާފައި ޒިޔަމްގެ ކޮޓަރިއާއި ހިސާބަށް […]
ފަލަކުއާއި ޝައިބާ ދިރިއުޅުމަށްޓަކައި ފޮނި އުއްމީދުތައް ކުރަމުން ދިޔައީ ދެމީހުންވެސް އެކަކު އަނެކެއްގެ ހުވަފެންތައް ހިއްސާ ކުރުމަށް ޚާއްސަ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.ބޯމަތިން ނަގަމުން ދިޔަ ކަޅުފުސް ވިލާތަކުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުގައެވެ. ******************** އޭގެ އެއްހަފްތާ ފަހެވެ.ޑިއުޓީއަށް ދާން ނިކުތް ފަލަކުގެ މޫނުމަތީގައި އެހެން ދުވަސް ދުވަހާއި ޚިލާފަށް ވަނީ މާޔޫސްކަމެވެ.މިއަދަކީ މިއީ އޭނާގެ އުފަން ދުވަހަށް ވާއިރު ޔޫލް ރޭގައި އެހާ ދަންވަންދެން މެސެޖު ކުރަން އޮތްއިރުވެސް ވިޝް ނުކުރީމައެވެ.އަނެއް ކޮޅުން ޝައިބާވެސް […]
އިރުކޮޅެއްނުވެ އަހަރެންގެ ބޮލަށް ފާޑެއްގެ ބާރުގަނޑެއް އަރަންފެށިއެވެ. މުޅި މީހާގެ ގައިން ވާގި ދޫވެ ދެލޯ ފުސްވާން ފެށިއެވެ. މަޑުމަޑުން އަހަރެން ތަޅުގަނޑުމައްޗަށް ދެމުނެވެ. އޭރު އަހަރެންގެ ހަށިގަނޑު އާދަޔާ ޚިލާފަށް ފިނިވާންވެސް ފަށައިފިއެވެ. މުޅި މީހާ ރޫރޫ އަޅަމުން ދިޔައިރު އަހަރެންގެ އަނގައިން ހުދު ކުލައިގެ ފޮނުތަކެއް ނިކުންނަން ފެށިއެވެ. ދެންވީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެން ވަރުބަލި ގޮތަކަށް ދެލޯ ހުޅުވާލީމެވެ. އޭރު ވަށައިގެންވާ މާހައުލު އަހަންނަށް ފެންނަމުން ދިޔައީ ވަރަށް ފުސްކޮށެވެ. ތަންތަން […]
ފަތިހުގެ ރަންދޯދިތަށް ބިމަށްއެޅެެމުން އަލިކުރަމުން އައިރު ބިންޔާ އަވަދިނެތި އުޅެމުންދިޔައީ އަވަހަށް ނަމާދު ކޮށްލެވޭތޯއެވެ. ރޭގައި އެހާވަރަށް ފޯންއެލާމްކުރުމުން ވެސް ހޭނުލެެވުނީއެވެ. “ބޭބް.. ބޭބް.. އަދިވެސްނުހޭލަނީތަ.. ” ބިންޔާގެ ކޮޓަރީގައި ޓަކިދެމުން ޖަޒްލާންގޮވާލިއެވެ. “ނޫނޭ މިނިކުންނަނީ.. ދެންމެގަ ހޭލެވުނީ.. ” ޖަޒްލާންއަށް ގޮވާލެވުނީ ބިންޔާ ސަލާމްދިންތަނާ އެކުހެން ވުމުން އަވަހަށް ޖަވާބުދިނެވެ. ޖަޒްލާން ހެމުން ހެމުން އަވަހަށްގޮސް ސޯފާގައި އިށީންދެލީ އަދި ނިކުންނަން އިރުނަގާނެކަން އިނގޭތީއެވެ. ސޯފާގައި ވާހަކަފޮތަކަށް ގެއްލިފައި އިން މިޝާ ސިހުނީ ފަހަތުންއައިސް މަލާކް […]
ޒިޔަމްއަށް އެތަނަށް އާދެވުނު އިރު ސާއިމް ހުރީ ޒީންއަށް ބޭނުންވާ ޓެސްޓުތަކެއް ހެދުމަށް ލޭ ނަގާށެވެ. ޒިޔަމް އައިސް ވެގެން އުޅޭ ގޮތް އެހުމުން ސާއިމް ވީ ގޮތް ކިޔާ ދިނެވެ. ދުޅަވެފައިވާ ތަން ބަލާލުމަށް ޒިޔަމް ޒީންގެ ފައިގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑު ކަހާލިއެވެ. ޒިޔަމް ޒީންގެ ދުޅަވެފައިވާ ފަޔަށް ބަލައިލުމާއި އެކު ލާން އުޅުނު ނޭވާ އަރުތެރޭގައި ތާށިވީހެން ހީވިއެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލުމަށްފަހު ބެލި އިރުވެސް ފެންނަނީ ހަމަ ކުރިން […]
ޒާން ތެދުވެ އެއްގަމަށް ދާން އެނބުރެލިތަނާ އޭނާ އަށް ސިހުނުވަރުން މޭގައި އަތްވެސް އަޅާލެވުނެވެ. ދެލޯ ބޮޑުކޮށްގެން އޭނާ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުއްޓެވެ. ރަތްކުލައިގެ ހެދުމުގައިވާ އެ ފަތްމިންޏެއް ފަދަ އަންހެން ކުއްޖާގެ ދިގު އިސްތަށިގަނޑު މުޅި އެ ހިސާބުގައި ފެތުރިފައިވިއެވެ. އޭނާ ޒާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒާންގެ ކައިރިއަށް ޖެހެލިއެވެ. “ޒާން…” ކުރިމަތީގައި ހުރި ޞިފްރީން ޒާންއަށް ގޮވާލީ ލޯތްބާއެކީގައެވެ. ލޭކޮޅެއްފަދަ ރަތް ތުންފަތުގައި ރަކި ހިނިތުންވުމެއް ވިއެވެ. “ކަ..ކާކު ތީ؟” […]
ވަރަށް ދުރު ސަރަހައްދެއްގައި އުޅުނު ދެމަފިރިންނަށް ލޯބި އަންހެން ކުއްޖަކު ލިބުނެވެ. ސިންދުރެއްލާ އަކީ މުށި ކުލައަށްދާ އިސްތަށިގަނޑެއްގެ ވެރިއެކެވެ. ސިންދުރެއްލާ ބޮޑުވަމުން އަންނަނީ ވަރަށް އުފާވެރި ދިރިއުޅުމަކުންނެވެ. ދެއަހަރުފަހެވެ. ސިންދުރެއްލާ ސްކޫލަށް ދާންފެށިއެވެ. ސިންދުރެއްލާ ސްކޫލަށް ލާން ދަނީ ސިންދުރެއްލާގެ މަންމައެވެ. އެއްދުވަހަކު ސިންދުރެއްލާ ސްކޫލަށް ލައިފަ އަންނަނިކޮށް ފަހަތުންއައ މީހަ ސިންދުރެއްލާ މަންމަގެ އަތުގައި ހިފާފަ ނުދަމައިގެންނަމަ ސިންދުރެއްލާގެ މަންމަ އެކްސިޑެންޓުވީހެވެ. އެހެންވެ އެހީތެރި މީހައަށް ޝުކުރު އަދާކުރުގެ ގޮތުން ސިންދުރެއްލާގެ މަންމަ ފަހަތަށް އެނބުރިލިތަނާ […]