ބަރަކާތް ތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކްބާދީ އެސްފިޔައިގެ އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންނަށް އަރިސްކުރަން. އަދި މިފުރުސަތުގައި “ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438“ށް ވާހަކަ ހުށަހެޅުމުގެ ފުރުސަތު 30 ޖޫން 2017 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހަނދުމަފުޅުކޮށް އަރުވަން – ޢީދު މުބާރަކް –
އެބެލުމުގައި އެވާ ލޯބިކަމަކުން ޔޫލް އެހާ ލޯބިން ފަލަކުއަށް ބަލައިލާ ކޮންމެ ފަހަރަކު އެ ހިތުގައިވި ލޯބި އެތަށް ގުނައަކަށް އިތުރު ވެގެން ދެއެވެ. **************** ކުޑަކޮށް ޖެހިލުން ވެފައި ހުރެފައިވެސް ފަލަކު ގޮސް ޔޫލްގެ ފަހަތަށް އަރައި ހަމަޖެހިލިއެވެ.ނަމަވެސް ޔޫލްގެ ގައިގައި ނުޖެހި އިނދެވޭތޯވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދިޔައެވެ.އެކަން ޚުދު ޔޫލްއަށްވެސް އިޙްސާސް ކުރެވެމުން ދިޔައީތީ އޭނާވެސް ސައިކަލް ދުއްވަމުން ދިޔައީ ވަރަަށް ބަލައިގެންނެވެ.އަދި ފަލަކު ގޮވައިގެން ހުޅުމާލޭގެ ރީތި މަގުތަކުގައި […]
“އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ އަޙްމަދު ސަޢީދުގެ އަންހެން ދަރިފުޅު ޑޮކްޓަރ މައިޝާ ސަޢީދު، އުސް އިމާރާތެއްގެ ޓެރެސްއިން ވެއްޓި މަރުވެއްޖެ” އަރައިގެން އައި އިރާއިއެކު ސޯޝަލް މީޑިއާގެ ފަލަ ސުރުޙީތައް ފަޅުފިލުވައިދެމުން ދިޔައީ އެއް ވާހަކައެކެވެ. ކައިވެނި ކުރިތާ ހަތަރުގަޑިއިރުވެސް ހަމަނުވަނިސް ޓެރަސްއިން ފުއްމާލައިގެން އަމިއްލައަށް މަރުވި އަންހެން ކުއްޖެއްގެ ވާހަކައެވެ. މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްއަޑަކުން މިވާހަކަ ދައްކަމުން ދިޔައެވެ. ބައެއް މީހުން ބުނަމުންދިޔައީ އެއީ ކުއްޖާގެ ޢާއިލާއިން ލޯބިވެރިޔާ ނޫން […]
“އަހަންނަށް ކިޔަނީ ޚަދީޖާ..” އެ އަންހެންމީހާ ބުނެލިއެވެ. އަދި ހިތްކަލިތާ ފަދަ ހިނިތުންވުމެއް އިބުރާހީމަށް ހަދިޔާކޮށްލިއެވެ. އެއަށްފަހު އޭނާ އިބުރާހީމަށް ފުރަގަސްދީފައި ދާން ހިނގައިގަތެވެ. ނަމަވެސް އިބުރާހީމްކޮށްލި ކަމަކުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. ޚަދީޖާ ފަހަތް ބަލާލިއެވެ. އޭރު އިބުރާހީމް ހުރީ އޭނާގެ ކަނާއަތުގައި ހިފަހައްޓައިގެންނެވެ. އެވަގުތު ޚަދީޖާގެ ދެލޯ ރަތް ކުލައިން ދިއްލިގެން ދިޔައެވެ. ކިތަންމެ ބޭނުން ނުވިޔަސް އިބުރާހީމް އެއަތުން ދޫކޮށްލީ ޚަދީޖާ ހިތްހަމަނުޖެހުނީކަން އެނގުމުންނެވެ. “އިބުރާހީމް ބަލާ އަންނާނަން އަހަރެން.. އިބުރާހީމް އަހަންނަށް […]
ހަމަ އެވަގުތު އަހަރެން ފައިދަށުގައި އޮތް އެއްޗެއްގައި އަޅައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. އަހަރެން ރުޅިވެރި ނަޒަރަކުން ކައިރި ހުރި ޒުވާނާ އާއި ދިމާލަށް ބަލައިލީމެވެ. އެ ޒުވާނާއަށް އަހަރެން ހުރިހެން ހީވެސް ނުވާފަދައެވެ.”ވަޓް ދަ….ކިހިނެއް ވެގެންތަ ތިއުޅެނީ؟؟؟ އަހަރެން މިތާ އުޅޭތީ އުދަނގޫ ވިއްޔާ ރީއްޗަށް ބުނެބަލަ…” އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގަތެވެ. އެޒުވާނާ އެއިން ގޮތަށް އިނދެ އަހަރެންނާ ދިމާލަށް ބަލައިލަމުން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ގައިގެ […]
“ލައިތް. އަމް. އެގޭގަ އޮތް ހޭންޑް ބޭންގެ ބަލާ…”އަލާނިޔާ ފަކީރުގެ އަޑު ނުވެސް ނިކުމެއެވެ. އެކަނިވާ ހުރިހާ ވަގުތެއްގައި ރޮއެރޮއެ އެފަކީރު ވަނީ ބަލިވެފައެވެ. ލައިތް އަލާޏިޔާ ދިޔުން މަނާކުރިއެވެ. އަދި ސިނާއަށް ގުޅާލުމަށްފަހު އެ ގެނަސްދިނުމަށް އެދުނެވެ. ދެން ހަގީގަތް ފަޅާއަރާކަށް ގިނައިރެއް ނޯންނާނެތާއެވެ. ނަމަވެސް އޭގެ ކުރިން އެ އެންމެ ސަލާމަތުން ތިބެންވެސް އެބަޖެހޭ ނޫންހެއްޔެވެ؟ ފަނަރަ ވަރަކަށް މިނެޓު ފަހުން ސިނާ އަލާނިޔާގެ ދަބަސް ހިފައިގެން އައެވެ. އަލާނިޔާ އޭތި އަޅުވާލަމުން ފޯނު […]
ހޮނިހިރު ދުވަހުގެރޭ 00:00 މިނެޓްގައި ފިތުރު ޢީދުގެ މުނާސަބަތުގައި ހުރިހާ ކިޔުންތެރިންނަށް “މިލްކު ކޮށްލީ ހިތޭ”ގެ ދިގު އެޕިސޯޑެއް ގެނެސްދޭނެ ވާހަކަ ދަންނަވަން… ޝުކުރިއްޔާ!!!
“ނޫރާ .. ނަމާއެއްވަރަށް ކުއްޖާވެސް ހާދަރީއްޗޭ.. ހީވަނީ ހަމަ ބޭރުމޮޑެލް އެއްހެން.. ހަމަޔަޤީން އަހަރެންގެ ދަރިފުޅަށް ނޫރާކަމުދާނެކަން.. ” މިހުރިހާ ވާހަކައެއްވީ ބަލްޤިސްގެ ހިތުތެރޭގައެވެ. ނޫރާއައިސް ގޮނޑީގައި އިށީން އިރުވެސް ބަލްޤިސް އަށް އެނުންދިމާލަކަށް ބަލާވެސް ނުލެވެއެވެ. “މިހާރު އަހަރުމެންގެ ދަރިންވެސް ބޮޑެތިވީޔޭދޯ.. ” ބަލްޤިސް ހިތިގައި ހިނގާލި ޝުއޫރަކުން އެބަސްތަށް ދުލުން ބޭރުވީ އެއްވެސް އިހްތިޔާރަކާާނުލައެވެ. “އާން އަހަރެމެންގެ ނޫޫރާވެސް މިހާރު ކިޔަވާ އެނިމެނީ .. އަންނަ އަހަރު މެދުތެރޭ ކިޔެވުން ނިންމާފަ އަހަރުމެންގެ މަސައްކަތަށް […]
އޮފީހުގެ މަސައްކަތް ނިންމާލުމަށްފަހު ޒާންއަށް ގެއަށް ދެވޭވަރުވީ މެންދުރުވަނިކޮށެވެ. އޭރު އޭނާގެ ބޮލުގެ ރިހުން ދެގުނައަށް އިތުރު ވެފައިހެން ހީވެއެވެ. ބައިސްކަލުގައި ގޮސް ގޭ ކައިރިއަށް މަޑުކޮށްލިއިރު މާރިޔާގެ އަތުގައި ހިފައިގެން ޒާޔާ ގޭދޮށުގައި ހުއްޓެވެ. ޔުނީފޯމު ލައިގެން ހުރިއިރު ޒާޔާގެ ބުޅި އިސްތަށިކޮޅު ގަތާލާފައިވިއެވެ. “ހިނގާ ދޮންބެ ގެންގޮސްދޭނަން.. އަވަހަށް އަރާ!” ޒާން ޒާޔާއަށް ބަލާލަމުން ބުނެލިއެވެ. ލޯބިކޮށް ހީލަމުން ޒާޔާ ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ބައިސްކަލުގެ ފަހަތު ސީޓަށް އެރިއެވެ. “ދައްކާ ދަބަސް […]