ކުރިޔަށް ފިޔަވަޅެއް އަޅަން ފައި ނެގި އަލާނިޔާއަށް ހުއްޓެވުނީ އަޅުވައިގެން ހުރި ދަބަސްތެރެއިން އެއްޗެއް ވައިބްރޭޓް ވުމުންނެވެ. އެޔާއެކު ބެލެންސް ކަޓައިގެން އަލާނިޔާ އިތިފުށަށް ޓެރަސް މައްޗަށް ވެއްޓުނެވެ. އަލާނިޔާ ވީ ތަކަށް ނުބަލާ އޭނާގެ ދަބަހުގައި ހުރި ހުރިހާ އެއްޗެއް އެއްކޮށް ވަރާލިއެވެ. އެޔާއެކު އޭނާޣެ ފޯނު ފެނުމުން ހައިރާން ކަމެއް ލިބުނެވެ. ނަމަވެސް އެޔަށް ވުރެ އަލާނިޔާ ހއިރާން ވީ ދަބަސް ތެރޭ އޮތް ކުޑަކުޑަ ފޮތް ފެނުނީމައެވެ. އޭނާއަކީ އެއް އިރެއްގައިވެސް އެކަހަލަ ފޮތެއް ގެންގުޅުނު މީހެއް ނޫން ވިއްޔާއެވެ. ޝައުގުވެރި ކަމާއެކު އަލާނިޔާ އެފޮތް ހުޅުވާޅިއެވެ.
…………………………………………………………………………………………………….
“ލޯބިވާ ލާނީއަށް،
އަހަރެން، މުލައިލް، މި ސިޓީ މިލިޔަނީ އަލާނިޔާގެ ކިބައިން ނިޔާހަޔަށް މައާފަށް އެދެމުންނެވެ. ލާނީއެވެ. އަހަރެމެން އެންމެން ދުވަހަކުވެސް އެކަކު އަނެކަކަށް އެއްވެސް ކަމެއް ނުފޮރުވުމަށް ވައުދުވީ ދުވަސް ހަނދާން އެބަހުރިހެއްޔެވެ؟ އަހަރެންވެސް ހިތުން ރުހުމުން އެދުވަހު ވައުދުވީމެވެ. ނަމަވެސް މިއަދު އެ ވައުދު އުވާލަން މިޖެހެނީ އަހަރެން އެންމެ ލޯބިވާ ކުދިން ހިމާޔަށް ކުރުމަށެވެ. ލާނީއެވެ. އަހަރެންވެސް ލާނީދެކެ ވަރަށް ލޯބިވަމެވެ. އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ކޮއްކޮއެއް ދެކެވެސް މީހަކު ލޯބިނުވާހާ ބޮޑަށް ލާނީދެކެ އަހަރެން އެފަދައިން ލޯބިވަމެވެ. ލާނީ ވީފަދަ ލޮއެއްބެއް ނުވެވުނަސް މިހިތުގައި ލާނީއަށްޓަކައި ވާ މަގާމް ރޫއަށްވުރެވެސް ބޮޑެވެ.
ލާނީއަށް ހުރިހާއެއްޗެއް އިނގުނު ރޭ އަހަންނަށްވެސް ހުރިހާ އެއްޗެއް އެންގުނެވެ. ލާނީ ލޯބިވާކަމެވެ. އަހަރެންގެ ސަބަބުން ލާނީ ހިތާމަ ކުރާކަމެވެ. ނަމަވެސް އަހަރެން ނޭންގޭ ކަމަށް ހެދީ ދެން އިތުރަށް ލާނީއަށް އަނިޔާއެއް ދޭން ބޭނުން ނުވީތީއެވެ.
ލާނީއެވެ. އިނގޭ ހެއްޔެވެ؟ އަހަރެމެން މިއަދު މި ވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. ނަމަވެސް މިކަމުން އަހަރެމެން ސަލާމަތްކޮށްދެވޭނޭ ހަމައެކަނި ލާނީއަށެވެ. ލާނީގެ މޮޅު ސިކުނޑިން ކަންކަން ރާވާލުމަށް ފަހު އެޓޭކްކުރާށެވެ. ކާކާ ދެކޮޅަށްކަން ބުނަން ހެއްޔެވެ؟ ލާނީގެ އެކުވެރި ރުއާ އާ ދެކޮޅަށެވެ.
އާނ އެކެވެ. ރުއާ އަހަރެމެންގެ ތެރެއަށް ވަދެގަނެގެން އެއުޅެނީ އަހަރެމެންގެ ދުވަސް ދުއްވާލާށެވެ. އަހަރެމެން ކޮންމެ މީހެއްގެ ގޭގައި ދައްކާ ހުރިހާ ވާހަކައެއް އޭނާއަށް އަޑުއިވޭނެއެވެ. އަދި ދާ ހުރިހާ ތަނެއްވެސް ފެންނާނެއެވެ. ކީއްވެކަން އިނގޭހެއްޔެވެ؟ ޕިއްޒާ ކާންދިޔަ ދުވަހު އަހަރެމެން އެންމެންގެ ގަޔަށްވެސް ވަނީ ޗިޕެއް ލެއްވިފައެވެ. ލާނީފިޔަވައެވެ. އެދުވަހު ލާނީ ދާންޖެހުކަން އެއީ ހަމަ ނަސީބެކެވެ. ލާނީއެވެ. ރުއާގެ ސިފައިގައި އައިސްގެން އެއުޅެނީ ރޫއެވެ. އަހަރެމެންގެ އެކުވެރިޔާއެވެ. މިހިތުގެ މަލަކާއެވެ. އަހަންނަށް އިނގުމުން ހާދަ އަސަރެއް ކުރިއެވެ. އޭނާ ބޭނުންވަނީ ލާނީގެ ދުވަސް ދުއްވާލާށެވެ. ރޫ ހީކުރަނީ އެދުވަހު ލާނީ ސަލާމަތްވުމުން އެކަކުވެސް އެނާ ހޯދަން ނޫޅުން ކަމަށެވެ. ނަމަވެސް އަހަރެމެން ކުރި މަސައްކަތް ދެނެވޮޑިގެންވާނީ ﷲ އެވެ. ރޫ އަހަރެން މަރާލަން ފަސް ނުޖެހޭއިރު ލާނީއަށް ގޮތެއް ހަދާލަން ފަސްނުޖެހޭނެކަން ޔަގީނެވެ. އަދި ބުނަންހެއްޔެވެ؟ ރޫ ލާނީ މަރާލަން ރާވައިފައިވަނީ އޭނާ ކުޅިފައިވާ ފިލްމް އެދެމޭ ކަލާޔާ ގާތުގާވުމަށް ރިލީޒް ކުރާ ރޭގައެވެ. އެއީ އޭނާ މިގައުމު ދޫކޮށް ދާންވެސް ހަމަޖެހިފައިވާ ރެއެވެ. ލާނީއަށް އިނގޭހެއްޔެވެ. ކޯޓުން ރުއާގެ މައްޗަށް ކޮށްފައިވާ ތުހުމަތުން އޭނާވަނީ ބަރީއަވެފައެވެ. ލާނީއަށް މިއަދު އެމެސެޖު ލިބޭނެއެވެ. ލާނީއެވެ. އަހަރެން ލާނީދެކެ ވަރަށް ލޯބިވަމެވެ. އަހަރެންގެ ރޫހަށް އަރާމެއްލިބޭނީ އެނުލަފާ އަންހެނާ ހައްޔަރު ކުރުމުންނެވެ. އަހަރެން ލާނީއަށް ވަރަށް އތުބާރު ކުރަމެވެ. ލާނީއަށް ހުރިހާ ކާމިޔާބު ލިބޭނެކަން އަހަންނަށް ޔަގީނެވެ. އަހަރެމެންގެ ގޭގެ ޓީވީ ފަހަތުގައި ރިކޯޑަރެއް އިންނާނެއެވެ. އޭތީގައި ހުރިހާ ހެއްކެތްވެސް ހުންނާނެއެވެ. އަދި ރުއާ އާ ރޫ އަކީ އޭނާކަމަށް އެއްބަސްވެސް ވެފައި އޭނާ ވާނެއެވެ.
ގުޑްލަކް ލަވް.
މުލައިލް”
——————————————————————————————
މުލައިލްގެ ސިޓީ ކިޔާ ނިމުން އިރު އަލާނިޔާއަށް ވަނީ ރޮވިފައެވެ. ހަމަހޭވެރިކަން ވުމާއެކު އަޑުން އަޑު ނަގާ ރޮއެ ގަންނަމުން އަލާނިޔާ ދުވެފައި ލައިތްމެންގެ ގާތަށް ދިޔައެވެ. އެ އަޑަށް ޔުސްރާ އާ ލައިތް ދިޔައީ އެއްލިގެންނެވެ. އަލާނިޔާ ހީވީ ހޭބުއްދި ފިލާ ގޮސްފައިވާ މީހެއްހެނެވެ. އޭނާއަށް އަސަރު ކޮށްފައިވަނީ އެހާވެސް ބޮޑަށެވެ. ލައިތްމެންނަށް އެ ސިޓީ ދައްކާލަމުން އަލާނިޔާ އަނގައިން ބުނަން އުޅެއުޅެ އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އެންމެ ފަހުން ރޯންފަށަމުން ލައިތް އަތަށް ސިޓީ ދިނުމަށްފަހު ޔުސްރާގެ ގައިގައި ބައްދައިގަތެވެ. ލައިތްވެސް ސިޓީކިޔާ ނިމުން އިރު ހުރީ ގަނޑުވެފައެވެ. ޔުސްރާއަށްވީވެސް ހަމަ މިފަދަ ގޮތެކެވެ. ތިން މީހުންނަށްވެސް މުލައިލް އެމީހުންނަށްޓަކާ ކުރި ހިތްވަރު ފެނުމާއެކު ވާންވީ އުފާކަމެއް ނުވަތަ އެމީހުން ދޫކޮށް ދިޔުމުން ވާންވީ ދެރަކަމެއް ނުވިސްނުނެވެ.
އެންމެ ފަހުން އަލާނިޔާގެ ރުއިމުގެ އަޑު މަޑުވަމުންގޮސް ގިސްލުމަކަށް ބަދަލުވިއެވެ. އޭރު ވެސް ލައިތް އަދި ޔުސްރާވެސް ކުރިންވެސް ތިބި ގޮތަށް ތިއްބެވެ. “މުލް.. އެ ވ.. އެ ވީ ގުރުބާނީ އެއީ ބޭކާރު އެއް..އެއްޗަކަށް ވިޔަކަ ނުދޭނަން!” ގިސްލުމުގެ ތެރެއިން އަލާނިޔާ ބުނެލިއެވެ. އަދި ތެދުވަމުން އޭނާގެ އަތް ދަމާލިއެވެ. ދެން ފެނިގެން ދިޔައީ އެއަތް މަތީ ޔުސްރާ އަދި ލައިތްގެ އަތްވެސް ބާއްވާލިތަނެވެ. އޭރު އިރުވެސް ވަނީ އޮއްސެން ގާތްވެފައެވެ. ކޮންމެ މީހަކުވެސް ދެން ރީތިވެލައިގެން ނިކުތީ ކާންދާށެވެ. ނުކައި ހުންނަތތާ ވީ އިރެއްވެސް އެއިން މީހަކަށް ނޭންގެއެވެ. ނަމަވެސް އިނގޭ ކަމަކީ ބަނޑުހައިވެފައިވާކަމެވެ. ތިން މީހުން ހިނގާލައިފައި ދިޔައީ ޕިއްޒާހަޓަށްށެވެ. ރަސްފަންނުގެ އެ ހިތްގައިމު މާހައުލުގައި ގިނަ ބަޔެއްގެ ލޯ އެމީހުންނަށް އަމާޒުވަމުން ދިޔަކަން އިނގުނަސް ކޮންމެ މީހަކުވެސް ބެލީ އަޅާނުލާ ވޭތޯއެވެ. ޕިއްޒާ އައުމާއެކު ތިންމީހުންވެސް މަޑުމަޑޫން ކެއުމަށް އިންސާފު ކުރަން ފެށިއެވެ.
“އަމް.. ސޯ ލާނީ ޖެހޭނެ މިރޭ ރުއާ އަށް ގުޅަން. އެކްޓް ނޯމަލް އިނގޭ.. ދެން އަހަރެން ބެލި ބެލުމުން އިނގުނީ މިއަންނަ ހުކުރު ދުވަހުގެ ރޭ އެ ފިލްމް ރިލީޒްކުރަން ހަމަޖެހިފަ ވާކަން. އޮފްކޯޒް. ތިދެމީހުންނަށް އޭނަ އިންވައިޓް ކުރާނެ ދޯ. ކޯޒް ލާނީ ވާނީ އެރޭ އޭނަގެ ޓާގެޓަށް. އެހެން ވީމަ މިއަދު މީ މިހާރު އަންގާރަ ކަމަށް ވާނަމަ ދެން އިންނާނީ އަހަންނާ ޔުސްކަމަށް މިބަލަނީ..ހާސް ނުވާތި. ލާނީއަށްވާނެ”
ލައިތް އަލާނިޔާއަށް ހިތްވަރު ދިނެވ. އަދި ކަންތައްތައް ކުރާނެ ގޮތް ވަރަށް ފުރިހަމަޔަށް ރާވާލިއެވެ. ގެއަށް ދެވުމާއެކު އަލާނިޔާ އެންމެ ފުރަތަމަވެސް ގުޅީ ރުއާއަށެވެ. ތިންވަނަ ރިންގާއެކު ފޯނު ނެގުމާއެކު އަލާނިޔާގެ ނޭވާ އަވސްވާން ފެށިއެވެ. ކައިރީގައި ހުރި ޔުސްރާއަށް މިތަން ފެނުމާއެކު ހަމަޖެހެން ބުންޏެވެ.
“ލާނީ…އަޅޭ އަދި މިއައީ ހަމަ. ވަރަށް ބޮޑަށް ސޮރީ.. އާ ޔޫ އޯކޭ.. އަހަންނަށް އިނގޭ ތިއެންމެނަށްވެސް މުލައިލް ވަރަށް މުހިއްމުކަން. އެކަމު އަހަރެމެން މީ އިންސާނުން. ކޮންމެ މީހެއްވެސް އެމީހެއްގެ ވަގުތު އައިސް ޖެހުނީމަ މަރުވާނެ. އަހަރެމެން ޖެހޭނެ ހިތްވަރު ކުރަން. ހިނގާ އަހަންނާއެކު މާދަން ހަވީރު ޕިއްޒާއެއް ކާލަން ދާން. ކުރިން ބުރުވެސް ލާނީއަކަށް ނުކެވުނެއްނު.”
އަލާނިޔާއަށް ހާސް ވީވަރުން އެކަމާ އެއްބަސް ވުމަށްފަހު އަވަހަށް ފޯނު ކަނޑާލިއެވެ. ޔުސްރާއަށް އަނގަމަތީ އަތް އަޅާލެވުނީ އަލާނިޔާ އެކަމަށް އެއްބަސްވީތީއެވެ. “ލާނީ.. ކިހިނެއް ތި ހެދީ. އޭނަ އެއުޅެނީ ލާނީ ޓްރެކް ކުރާށޭ. އެހެން ވިޔަކަ ނުދެވޭނެ ދޯ…” ޔުސްރާ ވަރަށް ކަންބޮޑު ވިއެވެ. އަލާނިޔާވެސް ހާސްވެފައި އެނާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
އަލާނިޔާ އޭނާގެ އަތުގައި އޮތް ގަޑިއަށް އިރު އިރު ކޮޅާ ބަލާލައެވެ. ރުއާ ބުނިތަނަށް އައިސް އިންނަތާ ބަރާބަރު ފަސްމިނެޓު ވީއެވެ. ކިރިޔާ އައްސާލެވޭ އިސްތަށިކޮޅު އައްސާލާފައި ވީއިރު އެމޫނުމަތީގައިވަނީ ވަރުބަލި ކަމެވެ. ލުއި މޭކަޕެއް ކޮށްފައިވީއިރުވެސް އޭނާގެ މޫނަށް ބަލައިލައިފިނަމަ ރޮއެފައިވާ މިނަވަރު ހާމަވެގެން ދާނެއެވެ. ރުއާ އައީ ހަތަރުގަޑި ފަނަރައިގައެވެ. އެންމެފުރަތަމަވެސް މައާފަށް އެދުނީ ލަސްވީތީއެވެ. އަލާނިޔާ ފަނޑު ހިނިތުންވުމަކުން އެވާހަކަ ހިނދާލިއެވެ. ކާއެއްޗިއްސަށް އޯޑަރު ކުރުމަށްފަހު ރުއާ ބެލީ އަލާނިޔާއާ ވާހަކަދެއްކޭތޯއެވެ. އެންމެ ފަހުން އެކަން ކާމިޔާބު ނުވުމުން ކީއް ވީތޯ އަހާލިއެވެ.
“ރުއާއަށް އިނގޭތަ؟ މުލް މަރުވުމުން އަހަރެން ހިތަށް އެރީ މުލްގެ ގާރލް ފްރެންޑް ދެރަވާނެ ވަރު. އާނ. ހައިރާން ވެއްޖެ ދޯ.. މުލް އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އެއީ އަހަރެންގެ ބެސްޓް ފްރެންޑް ރޫ. ރޫ އެއީ މިހިތުގެ އެއްބައި. އެކަމަކު ދިމާވި ހާދިޘާއެއްގަ އަހަންނަށް ރޫ ގެއްލުނީ. އޭގެ ފަހުން އަހަރެމެން އެކަކަށްވެސް ނުއެއް ނިދޭ. ހިތަށް އަރަނީ ރޫ ކޮބާ ބާއޭ؟؟. އެންމެ ފަހުން ރޫ ގެއްލުނުތާ ފަސްއަހަރު ފަހުން ޕޮލިހުން ކަނޑައެޅީ ރޫ މަރުވީ ކަމަށް. އޭރު އަހަރެމެން އެކަކުވެސް ހަނދާނެއް ނެތް. މިބުނީ ދިމާވި ހާދިޡާއެއްގަ އަހަރެމެން ތިން މީހުންގެ ކުރީގެ ހަނދާންތަށް ފޮހެވިގެން ދިޔައީއޭ…އޭރުވެސް އަހަންނަށް އަބަދުވެސް މީހަކު މަދުވާހެން ހީވޭ.. އެކަމު އެއީ އަހަރެންގެ ލޯބިވާ ރޫކަން އިނގުނީ މިދިޔަ ހޮނިހިރު ދުވަހު އަހަރެން ކުރީގެ ޑައިރީކިޔުމާއެކު ހަނދާން ތައް އިޔާދަވެގެން. އަހަންނަށް އިނގޭ އަހަރެންގެ ރޫ މަރުނުވާކަން…ޝީ ނީޑްސް ހެލްޕް..”
އަލާނިޔާ ކަރުނަތަށް ފޮހެލިއެވެ. އޭރު ރުއާ އަށްވެސް ވަނީ ރޮވިފައެވެ. އޭނާއަށް މިއޮއްވީހާދުވަހު ނޭންގޭ އެތަށް ކަމެއް އެހާ އަސަރުގައި އަލާނިޔާ ހާމަކޮށްލުމުން އޭނާގެ ހިތަށްވެސް އަސަރު ކުރީއެވެ. އަލާނިޔާ ކަރުނައިގެ ތެރެއިން ރުއާއަށް ނުފެންނާނެހެން ހީލިއެވެ. އަދި ލައިތްއަށް މެސެޖެއްކޮށްލިއެވެ. އެއާއެކު ލައިތް އަލާނިޔާއަށް ގުޅާލިއެވެ. “ކީކޭ…ޔުސް!!!.. ރުއާ. އަހަރެން ދާންޖެހިއްޖެ. ޔުސް އެބައުޅޭ ސިޑިން ވެއްޓިގެން..ސޮރީ. އެހެން ފަހަރަކުން ކާނީ.” އަލާނިޔާ އަވަސް އަރުވާލާފައި ޓެކްސީއަކަށް އަރައިގެން ދިޔައީ ރުއާ އެއްވެސް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ހާސްވެސް ކޮށްލާފައެވެ.
އަލާނިޔާ ގެޔަށް ވަނުމާއެކު ޔުސްރާ އައި ގޮތަށް އައިސް އަލާނިޔާގެ ގައިގައި އޮޅުލައިގަތެވެ. “ނުކަން ދޯ؟” ޔުސްރާގެ ސުވާލަށް އަލާނިޔާ ބޯ ޖަހާލުމާއެކު ތިން އެކުވެރިންނަށްވެސް އެކުގައި ހީލެވުނެވެ. “ލާނީ. މިއޮތީ ޖިލްބާބް ދެމް މޫނުފޮތިކޮޅު. ދޭ ގޮސް ރިކޯޑާރ ހިފައިގެން އަންނަން. އަހަރެން ހުންނާނީ އެތަނުގެ ސީސީޓީވީ ނަގާފަ. އެކަމު އޭނަ އަޑުއަހާ ޑިވައިސްއެއް ނުފެނޭ އަދި. އެހެންވީމަ އަނގައިން އެންމެ ބަހެއް ބޭރު ކުރިޔަސް ބަސްޓް ވީ…ގުޑް ލަކް.” ލައިތް އަލާނިޔާއަށް ހަދަންވީ ގޮތް ބެނެދިނުމާއެކު ހިތް އަވަސްވެފައި ހުރެވެސް އަލާނިޔާ ހީލިއެވެ. އަދި ހެދުން މަތިން ޖިލްބާބްލުމަށްފަހު މޫނުފޮތިކޮޅުއަޅާލަމުން މުލައިލްމެންގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ފަހަތުން އަންނަ މީހާގެ ހިލަމެއްވެސް ނުވާ ހާލުއެވެ.
ނުނިމޭ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.





okey so as soon as i finished my first three exams, avahah upp kohlli mi.. hope u like this part too..
Finally !!
Kiyaalaafa comment kohlaanan!!!
Nyc!!!
Varah thrilling!!!
koba song hye kyo kihinehtha??
v nice.. avahaha up kohdhyba ..konirakun next part.. v birun mihunnany laany ah vaanee keehkameh nengeythy..????
Reethi❤❤
V v v nice ..waiting for nxt part ?
v reethi.
Alhey! Laany ah dhera gotheh nahadhahchey ingey..❣varah reethi mi part ves.. waiting for next part ??
Mivaahaka ehkoh nimuniima kiyaani…..hiikurann vvvv rythi vaane kamah☺
Enmen ge gaige thereyga device inna iru moonu fothi kolha ehches dhyyfa ewahaka dhahkaatha
Ya. I was thinking about it too.
Tracking device bodyga hunna iru letter ki aduves adhi moonu alhan bunikanves ingeyne dhow dhekolhu jassa bala
Oooooooh. Mi part kee iru varah hiyy thelhunu. Alhe laani salaamaiy kurachey. And laany mulail vee sacrifice beykaaru nukollaanamey buni goiy imagine kolleema asluves varah hurt vi. Hithah arany ekujjaa fakeeru haadha dhera eh vaaneyey 🙁 anyways story hama varah salhi ingey. As usual. 😀 When next ep. Im so damn worried for laany. Kihinehbaa vaany????? Omg…..
alhey ehme reethi hisaabun nihmaa thilyy … laaany ah dhera gotheh nuhadhaathii … waiting next part
Just wow
When is next part pls?