Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޞަފަރު (7 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
June 29, 2017 5 Mins Read
44 Comments

“ދެން މިއޯ؟ އަހަރެންގެ ބަނޑުގައި މިއޮތީ ތީފްގެ ދަރިއެއް ނޫންތަ؟” މައުރީން ބުނެލި އެއްޗަކުން އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަދި ދެލޯ ބޮޑުކޮށްގެން ހުރެ އޭނާއާ ދިމާއަށް ބަލާލީމެވެ. އޭނާ ބަނޑުބޮޑުކަން އަހަންނަށް ކުރިން ނޭނގީ ކީއްވެ ހެއްޔެވެ؟

“މައްސަލައެއް ނެތް.. ތީފްއަށް އުނދަގޫވަންޏާ އަހަރެން ތީފްގެ ހަޔާތުން އަބަދަށް ހިނގައިދާނަން.. ތީފްއަށް އުނދަގޫކުރަން ދެން އަހަންނެއް ނާންނާނަން.. އަހަރެންގެ ބަނޑުގައި މިއޮއް ކުޑަކުޑަ ފުރާނައަށްވެސް ތީފްގެ ހިތުގައި އެއްވެސް ލޯތްބެއް ނެތްކަން އަހަންނަށް އެނގިއްޖެ..” ރޮމުން ގިސްލަމުން މައުރީން އެހެން ބުނުމާއެކު އޮލަ ދުންތަކެއް އައިސް އޭނާ ވަށާލާފިއެވެ. އިސާހިތަކު އޭނާ އެ ދުންތަކުގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. އަހަރެންނަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. މައުރީން އަހަރެންގެ ދަރިއަކަށް ބަލިވެއިންކަން އެނގުމާއެކު އަހަރެން އޭނާ ހުއްޓުވަން ބޭނުންވިއެވެ. އެ ދަރިފުޅަށްޓަކައިވެސް އަހަރެންގެ ހިތުގައި ލޯބި އުފެދިފައިވިއެވެ. ނަމަވެސް އެދެމައިންނަށްވުރެ އަހަންނަށް މުހިންމުވީ މާރިޔާއާއި މާރިޔާގެ ބަނޑުގައި އޮތް ދަރިފުޅެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މާރިޔާ ވިހެއީ ލޯބިލޯބި ފިރިހެންކުއްޖެކެވެ. އެ ހުރިހާ ދުވަހަކު އަހަންނަށް މައުރީންގެ ހިލަމެއްވެސް ނުވެއެވެ. އޭރު އަހަރެންވަނީ އޭނާއާ ނުލައި އުޅެން އާދަވާން ފަށައިފައެވެ. އަހަރެމެން އެ ދަރިފުޅަށް ޒާންގެ ނަމުން ނަންދިނީމެވެ. ޒާންއަކީ ޒިންމާދާރު، ހަރުދަނާ މީހަކަށް ހެދުމަކީ އަހަރެންގެ ޢަޒުމެވެ. ނަމަވެސް ޒާން ބޮޑުވަމުން އައި ވަރަކަށް މައުރީންގެ ހަނދާންތައް އާވާން ފަށައިފިއެވެ. މައުރީންއަށް ލިބުނު ދަރިފުޅު ދެކިލުމަށް އަހަރެންގެ ހިތް އެދި ގޮވަން ފެށިއެވެ. އެއީ ވެސް ހަމަ އަހަރެންގެ ލެޔެވެ. ނަމަވެސް އަހަންނަށް އެ ނަސީބު ލިބޭކަށް ނެތެވެ. އަހަރެން ކިތަންމެ ގިނައިން ގޮވިޔަސް މައުރީން އަހަރެން ގާތަކަށް ނާދެއެވެ.

#~#~#

ފޮތް އެއްކޮށް ކިޔައި ނިންމާލުމަށްފަހު ޒާން ދެއަތުން މޫނުގައި ފިރުމާލިއެވެ. އެއީ ހަމަ އޭނާގެ ބައްޕައަށް ކަންތައް ދިމާވެގެން ދިޔަ ގޮތް ހެއްޔެވެ؟ ޤަބޫލުކުރަން ދަތިވިޔަސް އޭނާ ޖެހޭނީ އެ ވާހަކަތައް ހަމަ ޤަބޫލުކުރާށެވެ. އޭނާއަށްވެސް މިވަނީ އެފަދަ ކަންތައް ގަނޑަކާ ކުރިމަތިލާން ޖެހިފައެވެ. އެވަގުތު އެ ދެލޯ ކުރިމައްޗަށް ސިފަވެގެން ދިޔައީ ޞިފްރީންއެވެ. އޭނާގެ ހިތުގައި މިހާރު ޞިފްރީންއަށްޓަކާ އާ ވިންދެއް ޖަހަން ފަށައިފިއެވެ. އެއީ ލޯބި ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ދެން އޭނާއަށް ޞިފްރީންއާ ނުލައެއް ނޫޅެވޭނެއެވެ.

ޒާން ލަތީފްގެ ފޮތް، ކަބަޑަށް ލުމަށްފަހު ގަޔަށް ނޫކުލައިގެ ޓީޝާޓެއް މަހާލިއެވެ. މަޑު ހިނގުމެއްގައި އޭނާ ކޮޓަރިން ނިކުމެގެން އައިއިރު ސިޓިންގރޫމު ސޯފާގައި ޒާޔާ އިނެވެ. ފޮތެއް ހިފައިގެން އިންއިރު ޒާން ނިކުތް އަޑު އިވުމާއެކު އޭނާ އިސްއުފުލާ ބަލާލިއެވެ. ނަމަވެސް ހަމަ އެބާރުމިނުގައި އިސްޖަހައިފިއެވެ. ޒާޔާ އެއިނީ އަދިވެސް ޒާންދެކެ ހިތްހަމަނުޖެހިފައިކަން އެނގުމުން އޭނާ ގޮސް ޒާޔާ ގާތުގައި އިށީނެވެ.

“ޒާއްކޮ ކޮން ފޮތެއްތަ ތި ކިޔާލަނީ؟” ޒާން ލޯތްބާއެކު އެހެން އަހާލި ނަމަވެސް ޒާޔާ އެއްޗެކޭ ނުބުނިތާ އޭނާއާ ދިމާ ބަލާވެސް ނުލިއެވެ.

“ދޮންބެ ދެކެ ރުޅިއައިސްފަ ދޯ؟” ޒާން ދެރަވާކަމަށް ހަދާލަމުން އަހާލިއެވެ. އެއާއެކު ޒާޔާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“ސޮރީ ބޭބީ ގާލް..” ޒާން ޒާޔާގެ ކުޑަ ހަށިގަނޑުގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. ނަމަވެސް ޒާޔާ އޭނާގެ އަތް ދުރަށް ލުމަށްފަހު ސޯފާއިން ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. މާރިޔާ ބަދިގެއިން ނިކުމެގެން އައީ އެވަގުތެވެ. ވުމާއެކު ޒާޔާ ދުވެފައި ދިޔަތަން އޭނާއަށް ރީތިކޮށް ފެނުނެވެ.

“ދެމީހުން ކޮންކަމަކާ ތޮޅެގެން ތިއުޅެނީ؟ ޒާއްކޮ ބުނީ ދޮންބެ ރުޅިއައިސްގެން އޭނައާ ދިމާއަށް އެއްޗެހި ކީޔޯ.” މާރިޔާ ޒާންއަށް ބަލާލަމުން ބުނެލީ ސަމާސަ ރާގެއްގައެވެ. ކަމަކާ ނުލާ ޒާން ޒާޔާއާ ދިމާއަށް އެއްޗެހި ނުކިޔާނެކަން އޭނާއަށް އެނގެއެވެ. ޒާން ޒާޔާ ދެކެވާ ލޯބި އޭނާއަށް އޮޅިފަކާ ނެތެވެ.

“ހެހެހެ.. އަސްލު ވީގޮތަކީ އަހަންނަށް ވަރަށް ޚާއްސަ ފަރާތެއް ދިން ފިނިފެންމަލެއް ކޮޓަރީގަ ބަހައްޓާފަ ހުންނާނީ.. ދެން ޒާއްކޮ އެއަށް އަތްލަފާނެތީ އަސްލު ބާރަށް އެއްޗެކޭ ބުނެވުނީ..” ހެމުން ހެމުން ޒާން ބުނެލިއެވެ. މާރިޔާ އެވަގުތު ޒާންއަށް ބަލާލީ ޝަޢުގުވެރި ނަޒަރަކުންނެވެ.

“ޚާއްސަ ފަރާތެކޭ؟ އަނެއްކާ އެއީ ކާކު؟” މާރިޔާ ގޮސް ޒާންގެ ގާތުގައި އިށީންނަމުން އަހާލިއެވެ. އެ ޚާއްސަ ފަރާތަކީ އަނެއްކާ އަންހެންކުއްޖެއް ބާވައެވެ؟ އެހެންކަމުގައި ވާނަމަ އޭނާއަށް އުފަލުގެ ކޮޅެއް ނެތެވެ.

“ހެހެހެ.. މަންމަ ގާތު ފަހުން ބުނާނަން އިނގޭ..” މާރިޔާގެ އެ ސުވާލުން ޒާން ރަކިވިއެވެ. އަދި ހެމުން އެހެން ބުނެލުމަށްފަހު މިސްރާބުޖެހީ ގެއިން ބޭރަށެވެ. އެވަގުތު އޭނާ ބޭނުންވީ މާރިޔާގެ ސުވާލުތަކުން ރެކޭށެވެ. ޞިފްރީންގެ ވާހަކަ އޭނާ މާރިޔާއަށް ކިޔައިދޭނީވެސް ކިހިނެއް ހެއްޔެވެ؟ ހަމަގައިމުވެސް އޭނާ އާ ޞިފްރީންގެ ގުޅުމަށް މާރިޔާ އެއްބަހެއް ނުވާނެއެވެ.

ޒާން ހިނގަމުން ގޮސް ހުއްޓުނީ ފިހާރައެއް ގޮތަށް ހަދާފައިވާ ތަނެއްގެ ކައިރީގައެވެ. އެތަނަށް ބަލަމުން ދިޔަ ވަގުތު އެ މުނޫމައްޗަށް ހިތާމައިގެ އަސަރު ވެރިވެފައިވިއެވެ. އެއީ ލަފީތްގެ ފިހާރައެވެ. އޭނާ ނިޔާވުމަށްފަހު އެ ފިހާރަ ހިންގާނެ މީހަކު ނުވުމުން އެ ވިޔަފާރި ހުއްޓުމަކަށް އައީއެވެ. މިހާރު އެތަންކޮޅު ހުންނަނީ ސިމެންތީގެ މަސައްކަތް ކުރާ ބަޔަކަށް ކުއްޔަށް ދީފައެވެ. އެމީހުން އެތަން ބޭނުންކުރަނީ ގުދަނެއްގެ ގޮތުގައެވެ. އޭނާވެސް ކުޑައިރު ބައްޕައާއެކު އެ ފިހާރައިގައި އިންނަ ހަނދާން އަދިވެސް ވެއެވެ. އެއީ ކޮންފަދަ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟

އެހެން ހުއްޓާ ޒާން ސިހިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ފަހަތް ބަލާލި ވަގުތު ކުރިމަތީގައި ހުރި މީހާ ފެނި އޭނާއަށް ދެބުމަ ކައިރިކޮށްލެވުނެވެ.

“ޒާން…” ކުރިމަތީގައި ހުރި ރާޔާ އޭނާއަށް ގޮވާލުމާއެކު ޒާން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ރާޔާގެ ސޫރަ ދެކެން ބޭނުންނުވި ނަމަވެސް މިފަހަރު ރާޔާ ފެނުމުން ކުރިން ވާގޮތަށް ހިތަކަށް ތަދެއްނުވެއެވެ. އެއީ ކީއްވެބާއޭ ޒާންގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ އެއީ ޞިފްރީންގެ ސަބަބުންބާއެވެ؟

“ޒާން މިތާ ކީއްކުރަނީ؟” ރާޔާ އަހާލިއެވެ.

“ރާޔާ ނުޖެހޭނެ އަހަރެން ކޮންމެ ކަމެއް ކުރިޔަސް ބަލާކަށް!” ރާޔާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޒާން ބުނެލީ ރުޅިވެރިކަމާއެކުގައެވެ. ރާޔާ އޭނައާ ވާހަކަދައްކަން ލަދެއް ނުގަނޭ ހެއްޔެވެ؟ އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ ޒާން ބާރުބާރަށް ހިނގާފައި ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ރާޔާއާ ހެދި އޭނާއަށް މަގެއްގެ މައްޗަށް ނިކުމެވޭކަށްވެސް ނެތެވެ.

ޒާން ގޮސް ޖެހިގެން ހުރި ގޯޅިން އަޅާލަންދެން ރާޔާ އެދިމާ ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރެ އޭނާ އެއްވެސް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ. ކުއްލިއަކަށް އޭނާ ސިހުނީ މީހަކު އައިސް އޭނާގެ މެދުހަށީގައި ބައްދާލުމުންނެވެ. އެއީ ނާއިލްކަން އެނގުމުން އެ މޫނުމައްޗަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ބޭބް މިތާ ހުރެ ކޯއްޗެއް ތި ބަލަނީ؟” ނާއިލް އެހެން އަހާލުމުން ރާޔާ އޭނާއާ ވީފަރާތަށް އެނބުރި ވާހަކަދައްކަން ފެށިއެވެ.

“ޒާން އެ ހުންނަގޮތުން އައި ފީލް ސޯ ސޮރީ ފޯ ހިމް.. އަހަރެން ވަރަށް ގޯސްދޯ ނާއީ؟ އޭނަ ދެކެ ލޯބި ނުވާއިރުވެސް އަހަރެން އޭނާއާ ރައްޓެހިވީ ޓައިމް ޕާސްޓް ކޮށްލުމަށް..” ރާޔާ އިސްޖަހާލަމުން ބުނެލިއެވެ.

“ބޭބް އަހަރެމެން ތިކަމާ ބެހޭގޮތުން ވާހަކަދައްކައިފީމެއްނު؟ އިތުރަށް އެވާހަކަ ނުދައްކަމާ ހިނގާ.. އެއީ ބޭބްއަށް ނުވިސްނޭއިރު ކުރެވުނު ކަމެއްނު؟ ދެން ހިނގާބަލަ ކާން ހަދައިދޭން.. ވަރަށް ބަނޑުހައި..” ނާއިލް ލޯތްބާއެކު ބުނެލިއެވެ. އަދި ރާޔާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އޭނާ މިސްރާބުޖެހީ ގެއާ ދިމާއަށެވެ.

** ** **

ހަނދުގެ ރިހި އަލި މޫދަށް އެޅިފައިވީއިރު ރާޅުތައް ވިދަމުންދާ ގޮތުން އަތިރިމަތި ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ރާޅުތައް ދޮންވެލިގަނޑުގައި ބޮސްދެމުންދާ އަޑު ފަޒާގައި ގުގުމާލާފައިވިއެވެ. ޒާން އެ ދޮންވެލިގަނޑު މަތީގައި ކޮޅަށް ހުރިއިރު އެމޫނުމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ. ވަޔާއެކު ޒާންގެ ފަން އިސްތަށިކޮޅު އެގޮތް މިގޮތަށް ހޭވެމުން ދިޔައެވެ.

“ރީން!” އެހެންހުރެ ޒާން ދެތިންފަހަރު ޞިފްރީންއަށް ގޮވާލިއެވެ. އިރުކޮޅެއްނުވެ ދުންތަކެއް އައިސް ޒާންގެ ހަށިގަނޑު ވަށާލިއެވެ. ވަޔާއެކު އެ ދުންތައް ސާފުވާން ފެށުމުން އޭނާގެ ގާތުގައި ހުއްޓެހުރި ޞިފްރީން ފާޅުވިއެވެ. އެ ރަތް ތުންފަތުގައިވާ ފުޅާ ހިނިތުންވުމުންވެސް ޒާން އޭނާއަށް ގޮވީތީ އުފާވެފައި ހުރިވަރު ހާމަވެއެވެ.

“އަހަރެން މަތިން މިސްވީތަ؟” ޞިފްރީން ހީލަމުން އަހާލިއެވެ. ޒާން އެއްޗެކޭ ނުބުނެއެވެ. ޞިފްރީންގެ ބޮލުން ފެށިގެން ފަޔަށް އޭނާ ނަޒަރު ހިންގަމުން ދިޔައެވެ. މިރޭ ޞިފްރީންގެ ރީތިކަން އެތަށް ގުނައަކަށް އިތުރުވެފައިވާކަހަލައެވެ. ޞިފްރީން ފެނުމުން އެހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ނޭވާ ކުރުވެގެން ދިޔައެވެ. ކަކުލާ ހަމައަށް އަރާވަރުގެ ރަތް ހެދުމެއް ލައިފައި ވީއިރު ޞިފްރީންގެ ދިގު އިސްތަށިގަނޑު މައްޗަށް ނަގައި ބޮޑު ހުޅިއެއް ޖަހާފައިވިއެވެ. އެ ދޮން ކަނދުރާ އޮތީ ހާމައަށެވެ. އެއްވެސް މޭކަޕެއް ނުވާ އެ ދޮން މޫނުމަތިން ޒާންއަށް ފެނުނީ މައުސޫމްކަމެވެ. އެ ބޮޑު ދެލޮލުގެ ވަށައިގެންވާ ބޯ އެސްފިޔަތަކުން ދެލޮލަށް ހިޔާ އެޅިފައިވިއެވެ. މިއީ ކޮންފަދަ ރީތި ޕަރީއެއް ހެއްޔެވެ؟

ޒާން ޞިފްރީންގެ ކުރިމަތީގައި އެއްކަކޫ ޖަހައިގެން އިށީނެވެ. ޞިފްރީން ދެލޯ ހަނިކޮށްލީ ޒާން ކުރަން އެއުޅޭ ކަމެއް ނޭނގޭ ހާލުއެވެ. ބަލަބަލާ ހުއްޓާ ޒާން އޭނާގެ ފުރަގަހުން ރަތް ފިނިފެންމަލެއް ނެގިއެވެ. އަދި އެއިން ވަސްބަލާލުމަށްފަހު އެމާ ޞިފްރީންއާ ދިމާއަށް ދިއްކޮށްލިއެވެ.

“ރީން.. ވިލް ޔޫ މެރީ މީ؟” ޒާން އެހެން ބުނުމާއެކު ޞިފްރީންއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ޤަބޫލުކުރަން ދަތިވެފައި އޭނާ ޒާންއަށް ބަލާލިއިރު އެދެލޯ ވަނީ ފެންކަޅިވެފައެވެ. ނަމަވެސް އެއީ އުފަލުގެ ކަރުނައެވެ.

“ޒާންތަ ހަމަ ތިހެން ތި އެހީ؟ ޒާން ހަމަ އަހަރެން ބޭނުންތަ؟” ޞިފްރީން އަހާލީ އިތުރަށް ޔަޤީންކޮށްލުމަށްޓަކައެވެ. ޒާން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

“ޒާންއަށް އެނގެއެއްނު އަހަރެންމީ އެހެން ނަސްލެއްގެ މީހެއްކަން؟ އެހެން ވިޔަސް ވަރިހަމަތަ؟” ޞިފްރީން ފިނިފެންމަލުގައި ހިފަން އުޅެފައި އަނެއްކާވެސް އަހާލިއެވެ. ޒާން ހަމަ އެ ހިނިތުންވުމުގައި ހުރެ ބޯ ޖަހާލިއެވެ.

“އަހަރެންގެ ބަސްނާހާ ހިތް ރީންއަށް ދެވިއްޖެ.. އެއްކޮށް ދެވިއްޖެ..” ޒާން ބުނެލިއެވެ. ޞިފްރީން ދެލޯ ފުހެލަމުން ހިނިތުންވެލިއެވެ. ޒާން އިސްވެ އޭނާ ގާތު އިންނަން އަހާތަން އޭނާ ހުވަފެނަކުންވެސް ނުދެކެއެވެ. މަޑުމަޑުން އޭނާ ޒާންގެ އަތުގައިވާ ފިނިފެންމަލުގައި ހިފިއެވެ.

“ޔެސް.. އަހަރެން ބޭނުން ޒާންއާއެކު މުޅި އުމުރު ހޭދަކުރަން.. މި ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އަހަރެން ޒާން ދޫކޮށްލާފައެއް ނުދާނަން..” ޞިފްރީން އެހެން ބުނެލުމާއެކު ޒާން އޭނާގެ ގާތަށް ޖެހެލިއެވެ. އަދި އެ ރަތް ތުންފަތަށް ބޮސް ދިނީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދައިންނެވެ. ކުރިއަށް އޮތް ތޫފާނުގެ ހިލަމެއް ނުވާ ހާލު ޒާން އެރޭގެ ބޮޑުބައި ހޭދަކުރީ ޞިފްރީންއާއެކީގައެވެ.

** ** **

އަތިރިމަތީގައިވާ ގަހެއްގެ ގޮތްޕެއްގައި އިނީ ބަލާބެލުމަށް ވިހީގެ އަހަރުތައް ގުނަމުންދާ ޒުވާނެއްހެން ހީވެއެވެ. ހަމައެކަނި ސޯޓުކޮޅެއް ލައިގެން އިންއިރު އެ ޖާނުން ވަރުގަދަ ހަށިގަނޑު އޮތީ ހަމައަށެވެ. ކޮނޑާހަމައަށް އަރާ ފަން އިސްތަށިގަނޑު ވަޔާއެކު ދެފަރާތަށް ހެލެމުން ދިޔައެވެ. އެ ދެލޯ ރަންކުލައިން ދިއްލިފައިވީއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދޮންވެލިގަނޑު މަތީގައި ލޯބީގެ ވަގުތުތައް ހޭދަކުރަމުން ދިޔަ ޞިފްރީންއާއި ޒާންއަށެވެ. ދެބުމަ ގޮށްޖަހާލަމުން އޭނާ އަތުގައި އޮތް ލަކުޑިބުރި ބިންދާލި ގޮތުންވެސް އޭނާ ރުޅިއައިސްފައިވާ މިންވަރު ހާމަވެއެވެ.

“މައުވާން!” މީހަކު އޭނާގެ ނަމުން ގޮވާލި އަޑާއެކު އެނާ އެދިމާއަށް އެނބުރެލިއެވެ. ކައިރީގައި ހުރި ޞަފޫރާ ފެނި އޭނާގެ ރުޅި ހައްތަހާ ގަދަވިއެވެ.

“ފެނެއެއްނު މާމައަށް ވާނުވާ! މާމަ ޞިފްރީން ހިފެހެއްޓިނަމަ މިހެން ނުވީސް! މިހާރު ކަންތައް އެދަނީ މާ މައްޗަށް! އޭނަގެ މަންމަ ފަދައިން އޭނަ ވެސް ނިމިގެން ދާތަން މާމައަށް ދުވަސްކޮޅަކުން ފެންނާނީ.. އަހަރެން އެހެން ވިޔަކަ ނުދޭނަން.. އެ ޒާންދެ ދުވަސް އަހަރެން ދުއްވާލާނަން..” ޞަފޫރާއަށް ބަލާލަމުން މައުވާން އެހެން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ކުށަކީ ކޮބާ… ފަހުބައި

Next

ވާށެ އޯގާ ހިތާ 10

Next
June 29, 2017

ވާށެ އޯގާ ހިތާ 10

Previews
June 29, 2017

ކުށަކީ ކޮބާ… ފަހުބައި

44 Comments!

  1. maroon says:
    June 29, 2017 at 11:32 am

    V loabi mi part. Javaabu egen beynunvaa baivaru suvaaluthahves eba huri… ???

    1. Liaa says:
      June 29, 2017 at 11:37 am

      Thank u maroon dear ??

  2. Liaa says:
    June 29, 2017 at 11:36 am

    Hey guys.. Internet slow kamun v haalun mi part mi up kurevunii.. comment mi kurevunii ves ulhe ulhe bayyah… ?
    Hope u liked this part too.. ?
    Loves?

  3. Scarlet says:
    June 29, 2017 at 11:42 am

    Nice?….dhn vaany kihineh baa ey hithah arany☺❤

    1. Liaa says:
      June 29, 2017 at 6:48 pm

      Thanks scarlet… ?

  4. Yessiy says:
    June 29, 2017 at 11:59 am

    Vv nice part ves??waiting 4 the next part??

    1. Liaa says:
      June 29, 2017 at 6:49 pm

      Thanks Yessiy☺

  5. Loona says:
    June 29, 2017 at 12:08 pm

    Liaa ge “Vindhuloabin jehifaa hithehggaa” story genesdheynii konirakun??? I love this story also and your ever story is different but very nice and SafaR? story ga innany kithah part

    1. Liaa says:
      June 29, 2017 at 6:51 pm

      “Vindhu lobin jehi hithehgaa” e story thankolheh dhiguvaane.. Liaa ge lap halaak vefa othyma frnd eh ge lap in mi liyanee now.. Lap hedhuniima e stry genasdheynan..
      Safar story ga innaanee kithah parts kan ehen bunaakah neynge…
      Thankyw?

  6. ❤mixoo says:
    June 29, 2017 at 12:26 pm

    varah reethi mibaives… ?
    aneh bayah inthizaaru kuran.?

    1. Liaa says:
      June 29, 2017 at 6:52 pm

      Thanks mixoo ☺

  7. sam♥ says:
    June 29, 2017 at 12:38 pm

    wow layaa … waiting next part

    1. gurey says:
      June 29, 2017 at 1:11 pm

      Varah salhi

    2. Liaa says:
      June 29, 2017 at 6:52 pm

      Thankyou sam and gurey ☺

  8. khajja says:
    June 29, 2017 at 1:02 pm

    Ohhh wow masha allah v rythi zaan ah dheragothen hedhiya nudhechchey zaan n reen gulhuvaafa zaan ge dad ge viyafaarives reen huregen start kuramaa anekkaaves dhw? stry v rythi n kon irakun nxt prt waiting keep it up ly liyaa???❤❤❤?????

    1. Liaa says:
      June 29, 2017 at 6:54 pm

      Thankyou khajja ?
      Leta see dhw wat happens next

  9. ???? says:
    June 29, 2017 at 1:34 pm

    Beautiful. …. n dhen ekamu zaan n reen nugulhuvahche….. eyrun ehaa salhi eh nuvaane…… .. ….. waiting 4 the nxt prt ingey

    1. Liaa says:
      June 29, 2017 at 6:55 pm

      Thankyou dear.. lets see dhw wat happens??

  10. HARLEY quinn says:
    June 29, 2017 at 1:41 pm

    amaaazing,, cant wait to c what will heppens next. nice storyyy….
    thank u for uploading a beautiful story, i luv it liaa…

    1. Liaa says:
      June 29, 2017 at 6:56 pm

      Thank u dear ☺

  11. Mazuw says:
    June 29, 2017 at 1:49 pm

    liaaaa…..haadha thihthi stwry ekey dw..i just luv it

  12. Mazuw says:
    June 29, 2017 at 1:51 pm

    Ekam liaa…Zaan maraa nulahchey alhe

    1. Liaa says:
      June 29, 2017 at 6:57 pm

      Thank u dear ☺

  13. yaanaa says:
    June 29, 2017 at 2:20 pm

    Hama dheevaanaa kohlaafi?yaanaa boyfriend mathin miss vee zaan uley goi kiyaa fa?luv this part 2?

    1. Liaa says:
      June 29, 2017 at 6:59 pm

      Ehenthaa? Yaanaa ge bf ves hama ehaa romantic tha? ??

  14. Jjey:) says:
    June 29, 2017 at 2:46 pm

    Nice❤

    1. Liaa says:
      June 29, 2017 at 7:00 pm

      Thanks dear ☺

  15. Adha? says:
    June 29, 2017 at 4:40 pm

    Zaan ah dhera gotheh nahadhahchey liaa… varah reethi mi part ves… waiting for next part ???

    1. Liaa says:
      June 29, 2017 at 7:07 pm

      Thanks Adha ☺

  16. who am i? says:
    June 29, 2017 at 5:19 pm

    wow ❣❣?
    keep it up liaa ❣❣

    1. Liaa says:
      June 29, 2017 at 7:08 pm

      Thanks who am i ☺

  17. xim says:
    June 29, 2017 at 5:26 pm

    story loabikannn??

    1. Liaa says:
      June 29, 2017 at 7:09 pm

      Thanks xim ?

  18. shan says:
    June 29, 2017 at 6:18 pm

    Varah reethi. Dhen kon irakun aneh part genes dhaynee. Waitinga ingay

    1. Liaa says:
      June 29, 2017 at 7:09 pm

      Thanks shan.. veehaaves avahah up kohdheynan ☺

  19. xim says:
    June 29, 2017 at 9:05 pm

    u’r wlc Liaa

  20. ROMAN REGINS says:
    June 29, 2017 at 9:38 pm

    Wow nice when next part and love it

    1. Liaa says:
      June 30, 2017 at 8:00 am

      Thank u dear ?

  21. Muha says:
    June 30, 2017 at 1:16 am

    Hey kon irakun next part up kohdheiny and kon dhuvas thakehga? Reethi mi vaahaka ehfaharaa mi kiyaaly hurihaa bayeh inthaa indhe. Waiting to see what happens next!

    1. Liaa says:
      June 30, 2017 at 8:01 am

      Thanks Muha.. veehaaves avahah up kohdheynan ☺

  22. remoo says:
    June 30, 2017 at 1:26 am

    wow v reeethi

    1. Liaa says:
      June 30, 2017 at 8:02 am

      Thanks remoo☺

  23. maroon says:
    June 30, 2017 at 2:07 am

    V furihama mi baives ?

    1. Liaa says:
      June 30, 2017 at 8:02 am

      Thanks maroon ?

Comments are closed.

Next Episodeޞަފަރު (8 ވަނަ ބައި)←


All Right Reserved!