ފަލަކު ފޯނަށް ޖަވާބު ނުދިނުމުން ޔޫލް ހައްތަހާ ރުޅިގަދަ ވާގޮތް ވިއެވެ.ކޮންމެ ހާލެއްގައި ވިޔަސް ޔޫލްގެ ޙައްޤަކަށް ފަލަކު ހަދާނެއެވެ.ފަލަކު ރުހުނަސް ނުރުހުނަސް މެއެވެ.އޭނާ އުފާވެރި ޙަޔާތަކަށް ކުރި ފޮނި އުއްމީދު ނެތިކޮށްލާ ދުނިޔެ މަތިން ފޫހިކޮށްލާ ލޯތްބަށް އޮތް އިތުބާރު ގެއްލުވާލި މީހަކީ ފަލަކުއެވެ. *********** ނިދިފައިއޮތް ފަލަކުއަށް ހޭލެވުނީ އޭނާގެ ގައިމަތީގައި އަޅާފައި އޮތް ރަޖާ ނަގާ ކޮނޑުގައި ހިފައި މީހަކު ތަޅުވައި ގަތުމުންނެވެ.ފަލަކު ފުންމައިގެން ތެދުވެ ދެލޯ ފޮހެލުމަށްފަހު ބަލައިލީ އޭނާއަށް އެއުޅެވެނީ […]
“ދިރިހުރިހާ ހިނދަކު އެއްނު ދޯ.. ހީވޭތަ އަހަރެން ކަލޭ ދިރިހުއްޓަ ދޭނެހެން؟” މައުވާން ނުރައްކާތެރިގޮތަކަށް ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ތުނޑުޖަހާފައިވާ ލަކުޑިބުރި ޒާންގެ މެއަށް އަމާޒުކޮށްލިއެވެ. ގައިގައި ހުރި ބާރެއްލާފައި އޭނާ އެ ލަކުޑިބުރި ޒާންއާ ދިމާއަށް އެއްލިއެވެ. ޒާން ދެލޯ މަރާލީ އޭނާގެ އަޖަލު އައިސް ޖެހުނީކަން އެނގުމުންނެވެ. “ނޫން!” އިވިގެން ދިޔަ އަޑާއެކު ޒާން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެއާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިންދިރުވާލަމުން އޭނާއަށް ހުރިތަނުގައި ހުރެވުނީ ފެންނަން […]
ޒައިފް އަކީ މާލޭ ގެ ގެދޮރު ހުރި މުއްސަނދި އާއިލާއެެއްގެެ ކުއްޖެކެވެެ.ޝާމިންް ގެ ބައްޕަ އަހަަންމައިދީ އާއި ޒައިފް ގެ ބައްޕަ ފަހުމީ އަކީ ދެ ބިޒްނަސް ޕާޓުނަރުންނެވެ. އެހެެން ކަމުން ވަރަށްް ކުރީއްސުރެެންވެސް އެމީހުން އެރަށަށް ގޮސްއުޅެއެވެ.އޭރުއްސުރެންވެސް ޒައިފް އާއި ޝާމިން އަކީ ވަރަށް ގާތްދެއެކުވެރިންނަށްވަނީވެފައެެވެެ.އާއްމުކޮށްވެސް ސްކޫލް ގެ ބޮޑު ޗުއްޓީ ތަކުގަޔާއި ޢީދު ބަންދު ތަކަށް ޒައިފް އެެ ރަަށަށް ގޮސްއުޅެއެވެ.މި ދަތުރަކީވެސް އެފަދަގޮތަކަށް އެރަށަށް ކުރެވުނު ދަތުރެކެވެ.އޭ ބުރޯ!އަށެއްޖަހާއިރުވާނެ ދޯ ތާސްގަނޑެއްޖަހާލަން މީ […]
ޔޫލްގެ ވާހަކައިން އެއްޗެއް އެނގުނު ކަމަށް ނުހަދާ ޒީލްގެ މޫނުމައްޗަށް ހައިރާންކަން ވެރިކުރުވަމުން ސުވާލު ކުރަން ފެށުމުން ޔޫލް ހަމައިން ނައްޓައި އޭނާގެ ފޯނުގައި ހުރި ފޮޓޯތައް ދައްކާލިއެވެ.އަދި އެޕާރޓްމެންގެ ދޮރު ޕައްކިޔާފައި ޖެހުމަށްފަހު ޔޫލް ނިކުމެގެން ހިނގައްޖެއެވެ. *********** ފަލަކުވެސް ދުވެފައި ކަހަލަ ގޮތަކަށް ޔޫލްގެ ފަހަތުން ނިކުތެވެ.ނަމަވެސް އޭރު ޔޫލް ސައިކަލަށް އަރައި ދުއްވާލައިފިއެވެ.ޔޫލް ގޮސް އޮބާލަންދެން ބަލަހައްޓައިގެން ހުރި ފަލަކުގެ ދެލޯ ވަނީ ކަރުނުން ފޯވެފައެވެ.އެތަން ބަލަހައްޓައިގެން ދުރުގަައި ހުރި ޒީލް އައިސް […]
“އަހަރެން ހުންނާނީ އެތަނުގެ ސީސީޓީވީ ނަގާފަ. އެކަމު އޭނަ އަޑުއަހާ ޑިވައިސްއެއް ނުފެނޭ އަދި. އެހެންވީމަ އަނގައިން އެންމެ ބަހެއް ބޭރު ކުރިޔަސް ބަސްޓް ވީ…ގުޑް ލަކް.” ލައިތް އަލާނިޔާއަށް ހަދަންވީ ގޮތް ބެނެދިނުމާއެކު ހިތް އަވަސްވެފައި ހުރެވެސް އަލާނިޔާ ހީލިއެވެ. އަދި ހެދުން މަތިން ޖިލްބާބްލުމަށްފަހު މޫނުފޮތިކޮޅުއަޅާލަމުން މުލައިލްމެންގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ފަހަތުން އަންނަ މީހާގެ ހިލަމެއްވެސް ނުވާ ހާލުއެވެ. ގޭގައި މަޑުކޮށްގެން ހުރި ޔުސްރާއަށް މަޑަކުން ނުހުރެވެއެވެ. ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލާ […]
ސާއިމްގެ ދޫވެފައިވާ ހިތް އެދެމުން ދިޔައީ ޒައިނާއަށް އެހިތުގެ ހާލަތު ކިޔާ ދިނުމަށެވެ. ނަމަވެސް އޭގެ ކުރިން ޒިޔަމްގެ ހިޔާލް ހޯދަން ބޭނުމެވެ. ޒިޔަމްއަކީ އެއްމެ ގާތް އެކުވެރިޔާއަށްވެ ހުރެ ކޮއްކޮ އެއް ކައިރިއަށް ދިޔުމުގެ ކުރިން ކޮންމެހެން އަހަން ޖެހޭނެކަމަށް ސާއިމް ގަބޫލުކުރެއެވެ. އެހެންކަމުން މިރޭ ޒިޔަމް އެގެޔަށް މެޗް ބަލަން އައުމުން އެވާހަކަ ދައްކަން ނިއްމައިގެން ސާއިމް ހުއްޓެވެ. ޒިޔަމް ފިޔަވައި މާކޯނީގޭ އާއިލާގެ އެހެން މެމްބަރުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. […]
ބަރުވެފައިވާ ދެލޯ ހުޅުވާލަމުން ޝިމްލާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. “އަހަރެންނަށް މި ފަޅުގޭގެ ތެރެއަށް ވަދެވުނީ ކިހިނެތް؟” ޝިމްލާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ދިއްލާފައިހުރި ފުޅިި ބައްތީގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނުފެނެއެވެ. ކުރިން އޭނާއަށް ފެނުނު ބޮޑުކޮޓަރީގެ ބަދަލުގައި އޭނާއަށް މިހާރު ފެންނަނީ އެންމެ އިހުގެ ގޮތަށް ހަދާފައިވާ ގެއެއްގެ އެތެރެގެއެވެ. އެބޮޑު އެނދުގެ ބަދަލުގައި ދެންމެ އެއޮވެވުނީ އާދައިގެ ރޯނު ފުރި އެނދެއްގައެވެ. ކުރިން ފެންނަންހުރި ޒަމާނީ ފަރުނީޗަރުތަކުގެ ބަދަލުގައި އެވަނީ […]
އަހަރެން އިނީ ވާހަކަ ފޮތެއް ކިޔަން ބެލްކަނީގައެވެ. މަންމަ އަދި ބައްޕަވެސް ގޭގަ ނެތުމުން އަހަރެން ފޫހި ވެގެން ގޮސް ހަލާކުވާ ވަރުވިއެވެ. ފޯނު ރިންގުވި އަޑަށް ބަލައިލި އިރު ސަހީމެވެ. އަހަރެން ފޯނަށް ޖަވާބު ދިނީ ލުއި ހިނިތުން ވުމަކާއި އެކުއެވެ. ހަމައެވަގުތު ބެލް ޖެހި އަޑަށް ސަހީމް ކައިރި މަޑުކޮށްލުމަށް އެދި އަހަރެން އަވަސްވެގަތީ ދޮރު ހުޅުވާށެވެ. ކުރިމަތީ ހުރި ހާޝިދު ފެނި އަހަރެން ހިތުގައި ސުވާލު އުފެދުނެވެ. ހާޝިދު މިއިން ދުވަހަކުވެސް އެގޮތަށް […]
ކުއްލިއަކަށް މޫސުންބަދަލް ވެގެންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ސަމީހުފުރަން ބޭނުންނަމަ މިހާރުވެސް ފުރިދާނެއެވެ. ނަމަވެސްް ރުޅިއައިސް ރަތްވެފައިވާ ކަނޑުގެ ރާޅުތަަކުގެެ އެެއްވެސް ރަހުމެތް ނެތްކަން އެވަގުތު ދަތުރުކުުރަމުން ގެންދިޔަ އުޅަނދުތަކަށް ބަލާލުމުން އޭނާއަށް ވިސްނުނެވެ. އަވަހަށް އަރޫންއަށް ގުޅާފައި އެވާހަކަބުނެފައި އެތެރެއަށްވަނީ މާޔޫސްވާހާލުގައެވެ. ބަލްޤިސް ޔާސީންއަށް ގުޅާލީ އަރޫންމެން އައި ވާހަަކަ އަންގާލުމަށެވެ. “ހެލޯ.. ޔާސީން ބުނިކަންތަށް ކޮށްދީފިން.. މިހާރު އެސޮރު ހުންނާނީ މާލޭގަ .. އެހެންވީމަ މާދަމާރޭ ޑިނާއެއް ތައްޔާރުކުރަމާދޯ.. ” ” އެހެންތަ.. ހާދަ ކިޔަމަންތެރި […]