Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޞަފަރު (6 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
June 28, 2017 5 Mins Read
42 Comments

ޒާންއަށް ހެނދުނު ހޭލެވުނީ އެހެން ދުވަސްތަކާ ޚިލާފަށް 9 ވެސް ޖެހިފަހުންނެވެ. ލޮޑުކަމާއެކު ދެލޯ ހުޅުވައި އޭނާ އެނދުމައްޗަށް ނަޒަރު ހިންގާލިއިރު ލޮލުގައި އަޅައިގަތީ އޭނާގެ ކައިރީގައި ބާއްވާފައި އޮތް ރަތް ފިނިފެންމަލެވެ. ތެދުވެ އެ މާ ނަގައި ވަސްބަލާލުމާއެކު ރޭގައި ވީކަންތައް މަތިން އޭނާ ހަނދާންވިއެވެ. ޞިފްރީންއާއެކު އޭނައަށް ހޭދަކުރެވުނީ ފޮނިފޮނި ވަގުތުކޮޅެކެވެ. ޒާން އެ ފިނިފެންމަލުގެ ފިޔަތަކުގައި މަޑުމަޑުން ފިރުމާލިއެވެ. އޭރު އެ މޫނުމަތީގައި ފުން ހިނިތުންވުމެއްވިއެވެ. އެ މަލަކީ ޞިފްރީން ބާއްވާފައި ދިޔަ އެއްޗެއްކަން އޭނާއަށް ޔަޤީނެވެ.

ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން ޒާން މިޔަދު އޮފީހަށް ދާކަށް ނުޖެހެއެވެ. މަޑު ރާގެއް އަޅުވާލަމުން އޭނާ އެނދުން ތެދުވެ އެނދު ފަޑި މަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ތައްޓަށް ފެންފޮދެއް އަޅާލިއެވެ. އަދި އޭގެ ތެރެއަށް ފިނިފެންމާ ލުމަށްފަހު އޭނާ މިސްރާބުޖެހީ ފާހާނާއާ ދިމާއަށެވެ.

އުނަގަނޑުގައި ތުވާލި އެނދެގެން ޒާން ފާހާނާއިން ނިކުތީ ފެންވަރާ ތަޒާވެލައިގެންނެވެ. އޭރުވެސް އޭނާގެ ހަޑިގަނޑުގައި ހަރުލާފައިވާ ފެންތިކިތައް މުތީތަކެއް ފަދައިން ވިދަމުން ދިޔައެވެ. އެ ބައިމަތި ފުޅާ ހަށިގަނޑުގައި މަސްތައް އެތުރިފައިވާ ގޮތުން ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް މޮޔަކޮށްލާނެކަން ޔަޤީނެވެ. ފަން އިސްތަށިގަނޑު ކުޑަކޮށް ވިނަވާލަމުން އޭނާ އެނދާދިމާއަށް މިސްރާބުޖެހިއިރު އެނދުމަތީގައި އިން ޒާޔާ އެ ލޮލުގައި އަޅައިގަތެވެ. އޭރު ޒާޔާގެ ނަޒަރު ހުއްޓިފައި ހުރީ ބިއްލޫރި ތަށިތެރެއަށް ލާފައި އޮތް ފިނިފެންމަލަށެވެ.

“ދޮންބެ ކޮންތާކުން މިހާ ރެޑް ރޯޒް އެއް ގެނައީ؟” ޒާޔާ އަހާލިއެވެ. އޭނާ އެމަލަށް ބަލަން އިންގޮތުން ޒާން ދެލޯ ހަނިކޮށްލިއެވެ.

“ނުލިބޭނެ އިނގޭ ޒާއްކޮއަކަށް ތި މަލެއް.. އައްނުލާތި!” ޒާންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ޒާޔާ ޒާންއަށް ބަލާލީ ބިރެއް ފެނިގެން އުޅޭފަދައިންނެވެ. ދުވަހަކުވެސް ޒާން އެހާ ބާރަށް އޭނާއާ މުޚާތަބުކޮށްފައި ވާހަކައެއް ނުދައްކައެވެ. އެ ކުޑަ ހިތުގައި ޖެހުމުން ޒާޔާގެ ދެލޮލުން ކަރުނަތިކި ފައިބަން ފެށިއެވެ. ނޭފަތް ދަމަމުން އޭނާ ދުވެފައި އެ ކޮޓަރިން ނިކުމެގެން ދިޔަ ގޮތުން ޒާން ދެރަވިއެވެ. ނަމަވެސް ޞިފްރީން އޭނާއަށް ދިން އެމާ ޒާޔާއަށް ދޭކަށް ހަމަހިލާ އެހިތެއް ނޭދުނެވެ.

ސައިބޮއިގެން ޒާން ކޮޓަރިއަށް އެނބުރިއައީ ލަފީތްގެ ފޮތް ކިޔާލުމުގެ ބޭނުމުގައެވެ. އެ ފޮތުގައިވާ ހުރިހާ އެއްޗެއް އެނގެން އޭނާ ބޭނުންވިއެވެ. އެނދަށް އަރާ ހަމަޖެހިލަމުން އޭނާ އެ ފޮތް ކިޔަން ފެށިއެވެ.

#~#~#

މައުރީން އަހަރެން ގެއަށް ގެންގޮސްދިން އިރު މަންމަ އާއި ބައްޕަ ގޭތެރޭގައި އިނެވެ. އަހަރެން ފެންނައިރަށް މަންމަ އައިސް އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަނެ ރޯން ފެށިއެވެ. ބައްޕަ ވެސް އައިސް އަހަރެން ގާތުގައި ހުއްޓެލިއެވެ.

“ކޮންތާކުތަ ރޭ ހަދަރުދަމު ލަތީފް އުޅުނީ؟” މަންމަ ސުވާލުކޮށްލިއެވެ. އަހަންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އިރުކޮޅަކުން ބައްޕަވެސް ކޮންމެވެސް ނަންބަރަކަށް ގުޅާފައި އަހަރެން ފެނުނު ވާހަކަ ބުނެލިއެވެ.

“ރައްޓެއްސެއްގެ ގެއަށް ދިޔައީ..” ފަރުވާކުޑަ ގޮތަކަށް އެހެން ބުނުމަށްފަހު އަހަރެން މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. އޭރު އަހަރެންގެ ހަށިގަނޑާ އެއްވަރަށް ސިކުނޑިވެސް ވީ ވަރުބަލިވެފައެވެ. މާލޭގެ ކާރުބާރޫ ބޮޑު މަގުތަކުގައި ހިނގާފައި އަހަރެން ރައްޓެއްސެއްގެ ގެއަށް ހިނގައިދާނެކަން މަންމަމެން ޤަބޫލުނުކުރާނެކަންވެސް އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކަމާ ފަރުވާލެއް ނުބަހައްޓަމެވެ. އެނދަށް ވެއްޓިގަންނައިރަށް އަހަންނަށް ނިދިއްޖެއެވެ.

އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ހަށިގަނޑުގައި ބީހޭކަމުގެ އިހުސާސްކުރެވެން ފެށުމުންނެވެ. ވަރުބަލި ގޮތަކަށް ދެލޯ ހުޅުވައި ބަލާލިއިރު އަހަރެން ދިޔައީ ސިހިގެންނެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިންވެސް އަހަންނަށް މައުރީންގެ ސޫރަ ފާހަގަކުރަން އެނގުނެވެ.

“މި ތަނަށްވެސް އައީތަ؟” ރުޅިއައިސްފައި އަހަރެން އަހާލީމެވެ. މައުރީންގެ އުނދަގުލާހެދި އަހަރެންގެ ބޯ ހަލާކުވާވަރު ވެއެވެ.

“ކީއްވެ އަހަންނަށް ނާދެވެންވީ؟ ތީފް އަކީ އަހަރެންގެ ފިރިމީހާއެއްނު؟” މައުރީން ޖެހިލުންވުމެއް ނެތި ބުނެލިއެވެ. އަހަރެން ތެދުވެ ދެއަތުން ބޮލުގައި ހިފަހައްޓާލީމެވެ.

“ބުނަން! އަހަންނާ ދިމާއަށް ފިރިމީހާއޭ ނުކިޔައްޗޭ އިނގޭ..! އަހަރެން މީ ސްކޫލުގައި އުޅޭ ކުއްޖެކޭ..! ކިހާ ދެރަކަމެއްތަ!” އަހަރެން ބާރަކަށް ހަޅޭއްލަވައިގަތީމެވެ. އޭރު އަހަރެން ހުރީ ބޯ ގޮވާވަރުވެފައެވެ. މައުރީންގެ ކިބައިން ސަލާމަތްވާން އަހަރެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟

އެވަގުތު އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އަހަރެން ސިހުނެވެ. މަންމަ ބޯ ދިއްކޮށްލުމަށްފަހު ހައިރާންކަމާއެކު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ.

“ލަތީފް ކާކާ ތި ވާހަކަދައްކަނީ މާ ބާރަށް؟” މަންމަ އެހެން އަހާލުމުން އަހަރެންނަށް ބަލާލެވުނީ އެނދުމައްޗަށެވެ. އޭރު އެނދުމަތިން މައުރީންގެ ހިލަމެއްވެސް ފެންނާކަށް ނެތެވެ. އަހަރެން ފުން ނޭވައެއް ދޫކޮށްލީމެވެ.

“އެއީ ފޯނުން..” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. މަންމަ ނިތައް ދެތިން ރޫ އަރުވާލުމަށްފަހު ނިކުމެގެން ހިނގައްޖެވެ. އަހަރެން އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރު ތަޅުލީމެވެ. ދޮރު ތަޅުލުމަށްފަހު އެނބުރެލި ވަގުތު އަހަރެން އަނެއްކާވެސް ދިޔައީ ސިހިގެންނެވެ. މައުރީން ހުރީ އަހަންނާ ޖެހޭ ނުޖެހޭ ހިސާބުގައެވެ.

“ކިހާ ދެރަ ކަމެއްތަ؟ ތި ގެއްލިގެއްލިފަ ނުފެނެބަލަ!” އަހަރެން ހަޅޭއްލަވައިގަތީމެވެ. އެވަގުތު މައުރީން އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭނާ ދުރުކޮށްލަންވެސް ނޭނގިފައި ޖެހި ބުދެއް ފަދައިން އަހަރެންނަށް ހުރެވުނީއެވެ. އޭނާގެ ހަށިގަނޑުން ދުވި މަޑު މީރުވަހުގެ ސަބަބުން އަހަރެންނަށް ކުރުވީ އެހެން ކަހަލަ އިހުސާސެކެވެ.

“ތީފް.. އައި ލަވް ޔޫ..” އަހަރެންގެ ކަންފަތިގެ ފޫޅުގައި މަޑުމަޑުން ދަތް އަޅާލަމުން މައުރީން އެހެން ބުނެލިގޮތުން އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވަމުން އަހަރެން އެވަގުތު މައުރީން ދުރަށް ޖައްސާލީމެވެ.

“މައުރީން.. އަހަރެން…” އަހަރެން ބުނަން އުޅުނު ޖުމްލަ ހުއްޓުމަކަށް އައީ މައުރީން ކޮށްލި ކަމަކުންނެވެ. ލައިގެން ހުރި ރަތް ކުލައިގެ ހެދުން ބާލައި ތަޅުންގަނޑުގެ މައްޗަށް އޭނާ ދޫކޮށްލުމާއެކު އެ ދޮން ލޫޅާފަތި ހަށިގަނޑު ހާމައަށް ފެންނަން އޮތެވެ. އަހަންނަށް އަމިއްލަ އިޚްތިޔާރުން ބޭރުވެވުނީ އެ ހިސާބުންނެވެ. މައުރީންގެ ފިރުމުންތަކަށް އަހަންނަށް އިޖާބަދޭން ފެށި އަމިއްލަ ނަފުސުގެ ލަގަން އަތުން ދޫވެގެން ދިޔައެވެ.

އެރޭ ވީ ކަންތައް ވެގެން ދިޔައީ އަހަންނަށް ވަރަށް އާ ކަމަކަށެވެ. އަހަންނަށް މައުރީން ދެކެ ލޯބިވެވެން ފެށީވެސް އެހިސާބުންނެވެ. ކުރިން މައުރީންގެ ކިބައިން ސަލާމަތްވުމަށް ފަންޑިތަ ވެރިއެއްގެ އެހީ ހޯދަން ނިންމި ނަމަވެސް އަހަރެން އެ ނިންމުން ބަދަލުކުރީމެވެ. މައުރީންގެ ކިބައިން ލިބޭ އުފާތައް އަހަރެންވެސް ބޭނުންވާތީއެވެ.

އޯލެވެލް ނިމުމާއެކު މަންމަ ގާތު އާދޭސްކޮށްގެން އަހަރެން ރަށަށް ބަދަލުވީމެވެ. މައުރީންއާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލެވޭނީވެސް އޭރުންތާއެވެ. ރަށަށްގޮސް އަހަރެން އުޅުނީ ބޮޑުދައިތައެއްގެ ގޭގައެވެ. އޭގެ ދެ އަހަރު ފަހުން މަންމަމެންވެސް ރަށަށް ބަދަލުވިއެވެ. ބައްޕަގެ އެހީގައި އަހަރެން ރަށުގައި ކުޑަވަރެއްގެ ވިޔަފާރިއެއް ފެށީވެސް އެދުވަސްކޮޅެވެ. ހީކުރި ގޮތާ ޚިލާފަށް އަހަރެންގެ ވިޔަފާރި ކުރިއަރައިގެން ދިޔައީ ވަރަށް ވެސް އަވަހަށެވެ. މައުރީން ނުބުންޏަސް އެކަމުގައި މައުރީންގެ އަތެއް ވާކަން އަހަންނަށް އެނގެއެވެ. މައުރީން އަބަދުވެސް އެދެނީ އަހަރެންގެ އުފަލަށާއި ކުރިއެރުމަށްކަން އަހަންނަށް ޔަޤީންވިއެވެ. އޭނާ ދުވަހަކުވެސް އަހަރެން ހިތުގައި ޖެހޭފަދަ ބަހެއް ނުބުނެއެވެ. އެފަދަ ދެވަނަ އަންބެއް އަހަންނަށް ނުލިބޭނެކަން ޔަޤީނެވެ.

އަހަރެންގެ ލޮލުގައި މާރިޔާ އަޅައިގަތީ އުމުރުން 21 އަހަރުގައެވެ. ގައިގެ ހަމުގެ ކުލަ އަލި ނޫނަސް މާރިޔާ އަކީ ވަރަށް ވެސް ރީތި ކުއްޖެކެވެ. އެއްވެސް ލަކުނެއް ލަފެއްހާ ހިސާބު ނުވާ އޮމާން އޮމާން މޫނެކެވެ. ރީތި ލޫޅާފަތި ހަށިގަނޑެކެވެ. އޭނާ އަހަންނާ ފުރަތަމަ ވާހަކަދެއްކި ދުވަސް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. އާދައިގެ މަތިން އެދުވަހު އަހަރެން އިނީ ފިހާރައިގައެވެ. މާރިޔާ ވަދެގެން އަންނަން ފެށުމުން އަހަންނަށް އިން ތަނުން ކޮޅަށް ތެދުވެވުނީ އިޚްތިޔާރުން ބޭރުގައެވެ. އަހަންނަށް ވީގޮތް ފެނި އޭނާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

“ސޭޓު.. ދީބަލަ ދެކިލޯ ފިޔާ..” މާރިޔާ އެހެން ބުނުމާއެކު އަހަރެން އޭނާއަށް ޚިދުމަތް ދިނުމަށް އަވަސްވެގަތީމެވެ. އަވަސްކުރަން ހަދައިގެން އަހަންނަށް ކިރުނީ ދެކިލޯ އަލުއްވެވެ. އަހަރެން މާރިޔާ އަތަށް އަލުވި ކޮތަޅު ދިއްކޮށްލި ވަގުތު އޭނާ އަނެއްކާވެސް ހީލިއެވެ.

“ސޭޓޫ.. އަހަރެން ބުނީ ދެކިލޯ ފިޔައޭ..” އޭނާ އެހެން ބުނުމުން އަހަރެން ރަނގަޅަށްވެސް ރަކިވިއެވެ. އަހަންނާ މާރިޔާ ގެ ރަހުމަތްތެރިކަން ފެށުނީ އެދުވަހެވެ. އޭގެ ފަހުން މަގުމަތިން ފެންނަ ވަގުތު ނުވަތަ ފިހާރައަށް އަންނަ ވަގުތު އޭނާ އަހަންނާ ވާހަކަ ދައްކައެވެ. އިސާހިތަކު ދެމީހުންގެ ނަންބަރު ބަދަލުކޮށް ފޯނުން ގުޅައި ވާހަކަ ދައްކަން ވެސް ފެށީމެވެ. ރަހުމަތްތެރިކަމުގެ އެގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަހަންނަށް ހަޤީޤީ ލޯތްބަކީ ކޯއްޗެއްކަން ވިސްނުނީ މާރިޔާ ގެ ސަބަބުންނެވެ. އޭރުވެސް އަހަންނާ މައުރީންގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނައި ނަމަވެސް މައުރީންގެ ބަދަލުވެފައިވާ މިޒާޖު އަހަންނަށް ފާހަގަކުރެވެއެވެ. އަދި އެއީ އަހަރެން މާރިޔާ އާ ގުޅިގެން އުޅޭތީކަންވެސް އެނގެއެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. މައުރީން ދެރަވިޔަސް ހެޔޮކަމަށް އަހަރެން މާރިޔާއާ ކައިވެނި ކުރީ މަންމައާއި ބައްޕަގެ ވެސް ރުހުމުގައެވެ.

އަހަރެމެން ކައިވެނިކޮށްގެން އުޅުނީ އަހަރެން އަމިއްލަ ލާރީގައި ހެދި ގޭގައެވެ. ރަނގަޅު ފެންވަރަކަށް އެގެ ހަދާފައިވުމާއެކު މާރިޔާވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ނަމަވެސް ކައިވެނީގެ ކުރީކޮޅު މާރިޔާއަށް ބިރުވެރި އެތަށް ކަމަކާ ދިމާވަމުން ދިޔައެވެ. ބައެއް ފަހަރު އޭނާ ނިދާފައި އޮއްވާ ބިރުވެރި އަޑުއަޑު އިވޭތީ ފުންމައިގެން ތެދުވާނެވެ. އަނެއްބައި ފަހަރު އޭނާ ފާހާނާއަށް ވަންނަ ވަގުތު ފާހާނާތަށި ތެރޭގައި ހުސް ލޭ ހުރެދާނެއެވެ. އެއީ ހުސް މައުރީންގެ ކަންތައްކަން އަހަންނަށް އެނގުނެވެ. އަހަރެން މާރިޔާއާ އިނުމުން އައިސްފައިވާ ރުޅި މައުރީން ބާލަމުން ދިޔައީ މާރިޔާއަށެވެ. އޭގެ ފަހުން އަހަރެން އެއްދުވަހު މައުރީންއާ އެކަމާ ބެހޭގޮތުން ވާހަކަދެއްކީމެވެ.

“މައުރީން ކީކޭ ހިތައިގެންތަ މާރިޔާއަށް ތި ޖެއްސުން ކުރަނީ؟” އަހަރެން ހިތްހަމަނުޖެހި ހުރެ މައުރީންއާ ސުވާލުކޮށްލީމެވެ. އޭރު އަހަރެމެން ތިބީ ރަށުގެ އަތިރިމަތީގެ ހިތްގައިމު ދޮންވެލިގަނޑު މަތީގައެވެ.

“ތީފް ކީކޭ ހިތައިގެންތަ އަހަންނަށް ތިހެން ތި ހަދަނީ؟ އަހަރެންގެ ފަރާތުން ތީފްއަށް އުނިވީ ކޮންކަމެއްތަ؟” މައުރީން ބުނެލިއެވެ. އެއަޑުގައިވީ ވޭން އަހަންނަކަށް ނުއޮޅުނެވެ. އޭނާ ދެރަވެފައި ހުރުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރަކަށް އަސަރުކުރިއެވެ. އޭނާއަކީ އަހަރެންގެ އުމުރުން 16 އަހަރުންފެށިގެން އަހަރެންގެ ހަޔާތުގެ ބައިވެރިޔާއެވެ. ނަމަވެސް ޖިންނިއަކާއެކު އަހަރެން މުޅި އުމުރު ހޭދަކުރާނީވެސް ކިހިނެއް ހެއްޔެވެ؟

“އަހަންނަށް އެނގެއޭ މައުރީން ދެރަވާކަން އަހަރެން މާރިޔާއާ ގުޅުނީމަ.. އެކަމަކުވެސް މައުރީން ނުޖެހޭނެ އަހަރެންގެ އަންހެނުންނަށް ތިގޮތަށް ބިރުދައްކާކަށް..” އަހަރެން ދެއަތް އުރާލަމުން ބުނެލީމެވެ. މައުރީން ހިތްދަތިކަމާއެކު އަހަންނާ ދިމާއަށް ބަލާލިއެވެ. އޭރު އެބޯ އެސްފިޔަތައް ފޫދުއްވާފައި ލޭކަރުނަ އޮހޮރެމުން ދިޔައެވެ.

“ދެން އަހަރެންމީ ކާކު؟ އަހަރެންވެސް މީ ތީފްގެ އަންބެއް ނޫންތަ؟” މައުރީން އަހާލިއެވެ. އޭރު އޭނާގެ މަޑު ގިސްލުމުގެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމާލާފައި ވިއެވެ.

“މައުރީން ޕްލީސް.. އަހަރެން ދޫކޮށްލާފަ މައުރީންމެންގެ ދުނިޔެއަށްދޭ..! މައުރީންއާހެދި އަހަންނަށް ވަނީ ހުސް އުނދަގޫ.. މިހާރު މާރިޔާ އެއިނީ އަހަރެންގެ ދަރިޔަކަށް ބަލިވެއޭ.. އަހަރެން ބޭނުމެއް ނޫން މައުރީން އޭނާއަށް އުނދަގޫ ކުރާކަށް..!” އަހަރެން ބުނެލީމެވެ. އެއާއެކު މައުރީން އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. އަދި އަހަރެންގެ އަތް ގެންގޮސް ޖައްސާލީ އޭނާގެ ބަނޑުގައެވެ.

“ދެން މިއޯ؟ އަހަރެންގެ ބަނޑުގައި މިއޮތީ ތީފްގެ ދަރިއެއް ނޫންތަ؟” މައުރީން ބުނެލި އެއްޗަކުން އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަދި ދެލޯ ބޮޑުކޮށްގެން ހުރެ އޭނާއާ ދިމާއަށް ބަލާލީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އައިރީން…(6)

Next

ކުށަކީ ކޮބާ… ފަހުބައި

Next
June 29, 2017

ކުށަކީ ކޮބާ… ފަހުބައި

Previews
June 28, 2017

އައިރީން…(6)

42 Comments!

  1. Liaa says:
    June 28, 2017 at 8:22 pm

    Hii guys… if you liked this part leave a comment…
    Loves ☺?

  2. Scarlet says:
    June 28, 2017 at 8:25 pm

    Varah interesting mi part ves?? next partves varah kiyaa hihhvey eba❤?

    1. Liaa says:
      June 28, 2017 at 8:35 pm

      Thankyou scarlet ??

  3. Flower princess says:
    June 28, 2017 at 8:26 pm

    Wow. Varah reethi. Waiting….

    1. Liaa says:
      June 28, 2017 at 8:36 pm

      Thankyou Flower princess ?

  4. Scarlet says:
    June 28, 2017 at 8:27 pm

    Next partves avahah up kohdhehchey…waiting…?❤

  5. HARLEY quinn says:
    June 28, 2017 at 8:37 pm

    wowww. amazing waiting for the next

    1. Liaa says:
      June 28, 2017 at 9:15 pm

      Thanks dear?

  6. yaanaa says:
    June 28, 2017 at 8:39 pm

    Omg Liaa I m speachless ?

    1. Liaa says:
      June 28, 2017 at 9:16 pm

      Thanks yaanaa ☺

  7. Lovely? says:
    June 28, 2017 at 8:41 pm

    Wowww varah reethi

    1. Liaa says:
      June 28, 2017 at 9:18 pm

      Thanks dear ?

  8. Hussain says:
    June 28, 2017 at 8:50 pm

    Pls make each part longer. This is really intetesting dear.

    1. Liaa says:
      June 28, 2017 at 9:19 pm

      Thanks.. will try ingey dear ?

  9. Adha? says:
    June 28, 2017 at 9:17 pm

    Oh wow! Its amazing.. varah reethi ingey..? waiting for next part ??

    1. Liaa says:
      June 28, 2017 at 9:21 pm

      Thanks Adha ?

  10. ❤mixoo says:
    June 28, 2017 at 9:34 pm

    woww… can’t wait for the next part.

    1. Liaa says:
      June 29, 2017 at 6:33 am

      Thanks mixoo

  11. Yessiy says:
    June 28, 2017 at 9:55 pm

    Vv nice mi part ves??

    1. Liaa says:
      June 29, 2017 at 6:34 am

      Thanks yessiy ☺

  12. xim says:
    June 28, 2017 at 10:31 pm

    thiness kann loabeh dhww …..??? any way story ga neh hama bunaane ehceh..so keep going?

    1. Liaa says:
      June 29, 2017 at 6:35 am

      Ehentha xim ? ?

  13. sam♥ says:
    June 28, 2017 at 10:36 pm

    waiting next part … stry v salhiii♡laya

    1. Liaa says:
      June 29, 2017 at 6:36 am

      Thanks sam… ?
      And laya eh noon ingry.. Liaa

  14. Pop says:
    June 28, 2017 at 10:45 pm

    Vv nice. When next part?

    1. Liaa says:
      June 29, 2017 at 6:37 am

      Thanks pop ☺

  15. ROMAN REGINS says:
    June 28, 2017 at 11:02 pm

    Wow vv nice mi part ves and keep it up liaa

    1. Liaa says:
      June 29, 2017 at 6:37 am

      Thanks dear☺

  16. khajja says:
    June 28, 2017 at 11:45 pm

    Wow masha allah it’s amazing nxt prt v kiyaahiyvejje kon irakun nxt prt stry hama superb thanks liyaa ly ???❤❤waiting n gud nyt

    1. Liaa says:
      June 29, 2017 at 6:38 am

      Thanks khajja for the lovely comment ??

  17. nonns says:
    June 29, 2017 at 12:31 am

    Wow. So interesting. Varah kiyaahithun kiyaa eh story miee. Mifaharu hama yageenunves theef ge boa halaaku vaane dhw. 😀 when next ep?

    1. Liaa says:
      June 29, 2017 at 6:40 am

      Hehe .. theef ge boa govaafa dhw now ves e hury… ?
      Thanks fr the lovely comment nonns ?
      Veehaaves avahah up koh dheynan

  18. ¥¡m says:
    June 29, 2017 at 2:04 am

    Itx amazing keep it up?

    1. Liaa says:
      June 29, 2017 at 6:40 am

      Thanks dear ☺

  19. who am i? says:
    June 29, 2017 at 3:32 am

    wow wow ❣❣

    1. Liaa says:
      June 29, 2017 at 6:41 am

      Thanks who am i ?

  20. ???? says:
    June 29, 2017 at 4:27 am

    Wow???….. waiting 4 the nxt prt ingey……

    1. Liaa says:
      June 29, 2017 at 6:42 am

      Thanks dear ?

  21. remoo says:
    June 29, 2017 at 6:11 am

    hoe hoe wt a beautiful part…..:x 😡

  22. Jjey:) says:
    June 29, 2017 at 12:16 pm

    Nice

  23. xim says:
    June 29, 2017 at 3:42 pm

    Aaaaan heevanee ehnnn…???

  24. Love you says:
    August 12, 2017 at 11:30 pm

    Liaa kba tha story…….andhirifaraah 2 session kba tha alhey

Comments are closed.

Next Episodeޞަފަރު (7 ވަނަ ބައި)←


All Right Reserved!