Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 10

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
June 29, 2017 11 Mins Read
53 Comments

“ދަރިފުޅާ ޒިޔަމް ކިހިނެތްވާނެ މިގޮތް. ޒީންގެ އެކްޕީރިއަންސް އެބަހުރި ކޮންމެހެން ސިއްހީ ދާއިރާ ނޫންކަމުގައި ވިޔަސް. އަނެއްކޮޅުން އެޑްމިން އޮފިސަރ އެއްގެ ގޮތުގައި ޒީން އޯވާ ކުއަލިފައިވޭ” ޒިޔަމްގެ ބަސް ހޯދާލުމަށް ޝާހިދު އަހާލިއެވެ.

‘އޯކޭ” ޒިޔަމް ބުނެލިއެވެ. ހީވަނީ އެނޫން ގޮތެއް ނެތިގެން ބުނީހެންނެވެ. އެހެންވިޔަސް ޒީން ހުރީ އުފަލުންނެވެ. ހީކުރި ވަރަށް ވުރެ ކައިރިން ޒިޔަމްއާއި އެއްކޮށް މަސައްކަތް ކޮށްލަން ލިބުމުން މަގުސަދާއި ހަމައަށް ވާސިލްވާން ފަސޭހަވާނެތީއެވެ.

“އެހެންވީމަ ކޮން ދުވަހަކުން ޒީންއަށް ނުކުމެވޭނީ. ޒީން ބޭނުމިއްޔާ މައްސަލައެއް ނެތް މިއަންނަ މަހުން ފެށިއަސް. މި މަސް ނިމެން ނެތެއްނު އެހޭ ގިނަ ދުވަހެއް” ޒީންގެ ފައިލް ލައްޕާލަމުން ޝާހިދު ބުނެލިއެވެ.

“މާދަމާ އިން ފެށިގެން އަޅުގަނޑު ފައްޓާނަން” ޒީން ނުކުންނާނެ ދުވަހެއް ބުނުމުން ޝާހިދު ނިކުމެގެން ދިޔައީ ޒީންއަށް ބޭނުންވާ އެހެން ކަންތައް ކިޔާ ދިނުމަށް ޒިޔަމްއާއި ހަވާލު ކުރަމުންނެވެ.

ޝާހިދު ނިކުމެގެން ދިޔުމުން އެކެބިންގައި ދެމީހުން އެކަނިވިއެވެ. ޒިޔަމް މޭޒު މަތި ތަރުތީބު ކުރުމަށް އަވަސްވެގަތެވެ. ޒީން އެތާގައި އިންކަންވެސް ނުދަންނަ ކަމަކަށް ހަދާލާފައެވެ.

“ހިތްހަމަ ނުޖެހިފަތަ” ޒިޔަމް ވާހަކަ ނުދެއްކުމުން ޒީން ވާހަކަ ދެއްކިއެވެ. ޒިޔަމް ޒީންއަށް ބަލާލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައި ހިނިތުންވެލިއެވެ.

“ޒީން…” ޒިޔަމް ވާހަކައެއް ދައްކަން ޒީންއަށް ގޮވާލައިފައިވެސް ހުއްޓާލިއެވެ.

“ޒިޔަމްއަށް އެނގޭ އެދުވަހު ޒީން އެމީހާއޭ ކިޔާފަ މުހާތަބު ކުރީ ޒިޔަމްއަށް ކަން” ޒީންއަށް ބަލާލަމުން ޒިޔަމް ބުނެލިއެވެ. ޒީން އެދުވަހު އެމީހާގެ ނަމުން އެވާހަކަ ދެއްކީ ޒިޔަމްއާއި ބެހޭ ގޮތުންނެވެ. ނަމަވެސް އެމީހާގެ ބަދުލުގައި ޒިޔަމްގެ ނަން ޒީން ބޭނުންނުކުރި ސަބަބެއް ޒިޔަމްއަކަށް ނުވިސްނުނެވެ.

“ޒީން ބުނީމެއްނު އެމީހާއަށް އެނގޭނޭ އެއީ ކާކުކަން. އެކަމަކު ކީއްވެބާ އެމީހާ ކުރިން ނޭނގޭ ކަމަށް ހަދައިލައިގެން އުޅުނީ” ޒިޔަމް ކުރިމަތީ އިން އިރުވެސް މިފަހަރުވެސް ޒީން ޒިޔަމްއާއި އެ މުހާތަބު ކުރަނީ ތިންވަނަ މީހާގެ ގޮތުގައެވެ.

“ޒީން އަހަރެން ދެކެ ބިރުގަނޭތަ” ޒިޔަމް މަޑުމަޑުން ސުވާލުކޮށްލިއެވެ.

“ނޫން.. ބިރެއް ނުގަނޭ މިހާރަކު” އަވަސް އަވަހަށް ޒީން ޖަވާބު ދިނެވެ.

“އޯކޭ.. އެކަމަކުވެސް އަހަރެން ޒީން ގާތު މުހިއްމު ވާހަކައެއް ދައްކަން އެބަ އޮތް. އަހަރެން ވަރަށް ވިސްނާފަ ނިއްމި ގޮތެއް މީ. ޒީންއަށް މިކަމުން ފައިދާ ވާނީ” ޒިޔަމްގެ ދައްކަމުން ދިޔަ ވާހަކަ ޒީން ކަނުލައި އަޑު އަހަން އިނެވެ.

“ޒީން އަހަންނަކަށް ނެތް އެއްވެސް ހައިސިއްޔަތެއް ޒީންގެ ޑޮކްޓަރގެ ގޮތުގައި މަސައްކަތް ކުރަން. ޒީންއަށް ތި ދިމާވަމުންދާ ހުރިހާ ކަމަކީ އަހަރެންގެ ކުށް. ޒީންއަށް ތި އިވޭ އަޑުތަކަކީވެސް އަހަންނަށް ބޮޑަށް ލަފާ ކުރެވޭ ގޮތުގައި އެކަމުގެ ސަބަބުން ދިމާވި ކަމެއް. އަހަރެން ޒީންގެ ޑޮކްޓަރ ގެ ގޮތުގައި ހުރުމުން ޒީންއަށް ތިކަންތަކުން ރިކަވާއެއް ނުވެވޭނެ. ނޫނީ ވިޔަސް ވާން ވަރަށް ގިނަ ދުވަސް ނަނގާނެ. ޒީންއަށް ނޭނގުނަސް އަހަރެން ފެންނަ ކޮންމެ ފަހަރަކު ޒީންގެ ސިކުޑީއަށް ވިސްނޭނީ އަހަރެންމީ ގެއްލުންދޭ މީހެއްގެ ގޮތުގަ. އަހަރަމެންނަށް ނޭނގުނަސް ސިކުޑީގައި ބައިވަރު ކަންތައް ހިނގަމުންދާނެ. މިހާރުވެސް. އެގޮތުން ޒީންގެ ސިކުޑި ފައިޓު ކުރާނެ އަހަރެންގެ ކިބައިން ސަލާމަތް ވުމަށް. މިކަންތަކުގެ ސަބަބުން ޒީންގެ ސިކުޑިއަށް އިތުރު ގެއްލުން ލިބުންވެސް އެކަށީގެންވޭ.” ޒިޔަމްގެ ވާހަކަ ކުރިއަށް ގެންދިޔަ ވަރަކަށް މިސްރާބު ހުރި ދިމާ ޒީންއަށް ދަނެގަނެވުނެވެ.

“އަހަރެންނަކަށް ނެތް ދެން އިތުރަކަށް ޒީންގެ ޑޮކްޓަރގެ ގޮތުގައި މަސައްކަތް ކުރެވޭކަށް. ޒީން ބޭނުމިއްޔާ މިތާގައި ވޯކު ކުރާނެ އެހެން ނަފުސާނީ ބަލިތަކުގެ ޑޮކްޓަރެއް. ޑރ.ރީނާ އަކީ ޒިޔަމްއަށް ވުރެ ގިނަ ތަޖުރިބާ ހުރި މޮޅު މީހެއް. ޒީންގެ ފައިލްތަކާއި ޒީންގެ ކޭސް ޒީން ބޭނުމިއްޔާ އަހަރެން ޑރ.ރީނާ އާއި ހަވާލުކޮށްލަދޭނަން. އެގޮތް ކިހިނެތް ވާނެ” މަޑުމައިތިރި ކަމާއި ލަސްލަހުން ޒިޔަމް ކިޔާދިނެވެ.

“ނޫން.. އަހަރެންގެ ޑޮކްޓަރުގެ ގޮތުގައި ހުންނަން ޖެހޭނީ ޒިޔަމް. އެހެން މީހެއް ނޫން. ދެން ދަނީ. މާދަމާ އޮފީހަށް އައުމުގެ ކުރިން ދާނަން ޒިޔަމްގެ ކޮންސަލްޓޭޝަން ރޫމަށް. އުއްމީދު ކުރަން އަންނާނެ ކަމަށް” ޒީން ގޮނޑިން ތެދުވަމުން ބުނެލިއެވެ. އަދި އަތް ދަބަސް ކޮނޑަށް ހެޔޮވަރު ކުރަމުން ދާން ހިގައިގަތެވެ.

“ޒީން” ޒީން ދާން ހިގައިގަތުމުން ޒިޔަމް އަވަސް އަވަހަށް ތެދުވިއެވެ. އަދި ކުރިއަށް ދެތިން ފިޔަވަޅު އަޅަމުން ޒީންއަށް ގޮވާލިއެވެ.

“ކީކޭ” ފަހަތް ބަލާލަމުން ޒީން އަހާލިއެވެ.

“ޒީން އަށް ވެސް އެނގޭނެ މީ އިންޕޮސިބަލް ކަމެއްކަން. ދެން ކީއްވެ ތިހެން ތިހަދަނީ” ދެއަތުން ހަރަކާތް ގެންނަމުން ޒިޔަމް ވާހަކަ ދެއްކިއެވެ. އޭރު މޫނު މަތީގައި ވީ ސީރިއަސްކަމެވެ.

“ޒިޔަމް ބިރުގަންނަންވީ އެއްވެސް ކަމެއް ނެތް، އަހަރެން ނެތިން ޒިޔަމްއަށް ބުލެކްމެއިލް ކުރާކަށް. އެއީ ނުކުރާނެ ކަމެއްކަން ޔަގީންކޮށްދޭން” ޒީންގެ އަޑުގައިވެސް ވީ ސީރިއަސްކަމެވެ.

“ތިކަމާ ހެދިއެއްނޫން އަހަރެން މިހެން މިބުނަނީ. އަހަރެންވެސް ބޭނުން ޒީން ރަގަޅުވާން. އަދި އެގޮތް މެދުވެރިވާން އޮތީ ޒީން މިހެން ކަންތައް ކުރުމުން. ސޯ ޕްލީސް ގޮތް ދޫކޮށް ޑރ.ރީނާ ކައިރިން ފަރުވާ ހޯދަންވީނު” ޒިޔަމް އެދުނެވެ.

“ނޫން ޒިޔަމް. ނޫން” ދެކޮޅަށް ބޯ ހަލުވާލަމުން ޒީން ބުންޏެވެ.

“ޒިޔަމްއާއި އަލުން ދިމާވުމަކީ އަދި ޒިޔަމް އަހަރެންގެ ޑޮކްޓަރަށް ވުމަކީ އެއްވެސް ދުވަހަކު އަހަރެން އުއްމީދު ކޮށްގެން ހުރި ކަމެއްނޫން. ޒިޔަމް ފުރަތަމަ ފެނުނު ދުވަހު އަހަރެންނަށް ވީގޮތެއްވެސް ނޭނގޭ. ގެޔަށް ގޮސް ޔުމްނު ގާތުގަވެސް ބުނިން ޒިޔަމް ނޫން އެހެން ޑޮކްޓަރެކޭ ބޭނުމީ. އެކަމަކު މިހާރު ޒީން ބޭނުމެއް ނޫން ޒިޔަމް ނޫން އެހެން މީހެއް. ޒިޔަމްއަށް ޒީންއަށް ފަރުވާ ނުދެވުނަސް އަހަރެން ނެތިން އެކަން ބަދަލު ކުރާކަށް. އުއްމީދު ކުރަން ޒިޔަމްވެސް ޒީން އެދޭ ގޮތަށް ކަންތައް ކުރާނެކަމަށް” ވާހަކަ ނިއްމާލަމުން ޒީން ކުޑަކޮށް ހިނިތުންވެލިއެވެ.

“ޒީން އަހަންނަށް މާފެއް ނުކުރާނަން ދޯ ހަމަ. އަހަރެންގެ ކުށް ކަން ގަބޫލުކުރަން ޒީންގެ އިއްފަތްތެރިކަން ނަގާލެވުމަކީ. އެކަމަކު ޒީން އެއީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫން. އެރޭ އަހަންނަށް ޒީން ފެނުނު ޕާޓީ ތެރެއިން. ޒީން ކައިރިއަށް ދާންވެސް އުޅުނިން. އެކަމަކު ކުޑަކަމެއް ވެގެން ކޮޓަރިއަށް ދިޔައީ. ދެން އަހަންނަކަށް ނޭނގެ ވީނުވީއެއް. ހެދުނު ހޭލި އިރު އެގިއްޖެ ވަރަށް ގޯސްކަމެއް ކުރެވިއްޖެކަން. ޒީން ހޯދަން ވަރަށް އުޅުނިން. އެކަމަކު ޒީން އަހަންނަކަށް ޒީން ނުފެނުނު. މާފަށް އެދެން ޒީން އެއް ނުފެނުނު” ޒީން ދެއްކި އެއްވެސް ވާހަކައެއް ގަބޫލުނުކުރާނެކަން އެނގިވެސް ޒިޔަމް އޭނާގެ ނަޒަރުން ކަންވީ ގޮތް ކިޔާ ދިނެވެ. އޭރު ހިތުން ދުއާ ކުރެވެމުން ދިޔައީ ޒީންގެ މާފު ލިބޭތޯއެވެ.

“ދަނީ ޒިޔަމް. މާދަމާ އަންނާނަން” ޒިޔަމް ދެއްކި އެއްވެސް ވާހަކައަކަށް ރައްދު ނުދީ ޒީން ބޭރަށް ދާން ހިގައިގަތެވެ. ޒިޔަމްވެސް ޒީން ހުއްޓުވާކަށް މިފަހަރު ނޫޅެއެވެ. ދެރަވެފައި ޒީން ނުކުމެގެން ދިޔަތަން ބަލަން ހުރެވުނީއެވެ.

ޒީން ދިޔުމުން މަޑު ހިނގުމެއްގައި ގޮސް ޒިޔަމް އެއްފަރާތުގައި ހުރި ސޯފާގައި އިށީނެވެ. އަދި ދެއަތުގެ އިގިލިތައް އިސްތަށިގަނޑުގެ ތެރެއަށް މަހާލައި ދެފަރާތަށް ބޯ ހަލުވާލިއެވެ. ވެއްޓިފައި މިވާ އަދަވަޅުން ސަލާމަތްވާނެ ގޮތެއް ވިސްނަމުންނެވެ.

“ކަލޯ ހާދަ ވަރެއްވެފަ” ޒީން ދިޔަތާ މާގިނަ އިރެއް ނުވެ ސާއިމް އެތެރެއަށް ވަދެގެން އައެވެ. އޭރު ޒިޔަމް އިނީ ކުރިން އިން ގޮތަށް އިސްޖަހާއިލައިގެންނެވެ. ސާއިމްގެ އަޑު އިވުމާއި އެކީ ޒިޔަމް ހަށިގަނޑު ތެދުކޮށްލައި ރީތިކޮށް އިށީނެވެ. ނަމަވެސް މޫނު މަތިން ނުތަނަވަސްކަން ފެންނަމުން ދިޔައެވެ.

“ކަމެއް ނުވޭ” އަޅާލުން ކުޑަ ގޮތަކަށް ޒިޔަމް ބުނެލިއެވެ. އަދި ޖީބުގައި އޮތް ފޯނު ނަގައި ކުޅެން ފެށީ ދެންމެ ހިގައި ދިޔަ ކަންތަކުގެ ހިޔާލްތަކާއި ދުރުވުމަށެވެ.

“އޯކޭ.. ޒީން މިތަނަށް އެއައީ އޯ. އަނެއްކާ މިފަހަރު ޒިމް ކޮން ކަމެއް ކޮށްގެން” ސާއިމް މިތަނަށް އައި މަގުމަތީގައި ޒީން ފެނިގެން އަހާލިއެވެ.

“މަ ކަމެއް ނުކުރަން މިފަހަރު. ޖޮބް އިންޓަވިއު އަކަށް އައީ..އެޑްމިން އޮފިސަރ އަކަށް އައީ. އެކަމަކު ބައްޕަ މަށާއި އެއްކޮށް ކްލިނިކް ހިންގުން ޒީން އާއި ހަވާލުކޮށްފަ އެދިޔައީ. މާދަމާ ގުޅޭނެ އޮފީހާ”  ޒިޔަމް އިންޓަވިއު ހިގައިދިޔަ ކަންތައް ހުސާލާކޮށްދިނެވެ.

“އެކަމާ ދޯ މާ ބޯ ބޮޑުވެ ތީނީ.. މަށަކަށް ނޭނގެ ތިދެމީހުން މެދުގަ ތި ހިނގާ ކަންތަކެއް. އަނެއްކާ ކަމެއް އޮންނަނީތަ” ޒިޔަމް މާ ސީރިއަސްވެފައި އިނުމުން ސާއިމް ސަމާސާކޮށްލަމުން ބުނެލިއެވެ. އެޔާއިއެކު ޒިޔަމްއަށް ދެލޯ ކުޑަކޮށްލަމުން ސާއިމްއާއި ދިމާލަށް ބަލާލެވުނެވެ. ޗުސްތަޅާލުމަށްފަހު ޒިޔަމް ތެދުވެގެން އޭނާގެ މޭޒު ކައިރިއަށް ދިޔަ ގޮތުން ސާއިމްއަށް ކަމެއް ގޯސްވެގެން އުޅޭހެން ހީވިއެވެ.

“ޒީން ޖޮބަށް ނެގީމަތަ ރުޅިއައިސްގެން ތިއުޅެނީ” ސާއިމްއަށް އޭނާއަށް ޝައްކު ކުރެވޭ ކަންތައްތޯ އަހާލިއެވެ.

“ނޭނގެ.. މިސްޓީރިއަސް ގާލްއެއް. އެދުވަހުވެސް އެހާ ޝަކުވާކޮށްފަ ބޭނުމެއް ނުވި އަހަރެން ނޫން އެހެން ޑޮކްޓަރަކަށް ބަދަލުކުރާކަށްވެސް. ދެން އަނެއްކާ މިކަންތައް. ކްލިނިކު ނިއްމާފަ މިތަނަށް އަންނަ އިރުވެސް ޒީން.”މޭޒު ކައިރީ ލައްވެލަމުން ޒިޔަމް ކިޔާ ދިނެވެ. އެކަމަކު އެއީ ޒިޔަމްގެ ހިތުގައި ޒީންގެ ވާހަކަ ލިޔެފައި އޮތް ގޮތެއް ނޫނެވެ. ތަންތަންކޮޅު އުނި ކުރަމުން ވާހަކަ ދެއްކީ ޒީން ފެންނަން އެހިތްވެސް އެދޭތީއެވެ. ނަމަވެސް ދިމާވެފައިވާ ގޮންޖެހުންތައް މާގިނައެވެ. އެކަންތައް ހުރަސް ކުރާނެ އުކުޅެއް ވިސްނުމަކަށް ނާދެއެވެ. ހިތް ނުތަނަވަސްވެފައިވާ ސަބަބަކީ އެއީއެވެ.

“މޭބީ ޝީ ލައިކްސް ޔޫ. އެހެންވެ ކަންނޭނގެ އެއްނު ފަހަތުން އެއުޅެނީ”ހެމުން ސާއިމް އެހެން ބުނެލުމާއި އެކު ޒިޔަމް ސާއިމްގެ ގައިގައި ޖެހުމަށް އަތް ހޫރާލިއެވެ. ނަމަވެސް ހުޝިޔާރާއި އެކު ސާއިމް ފަހަތަށް ޖެހުނެވެ.

“ތީ އިންޕޮސިބަލް ކަމެއް. އެވާހަކަ ބާއްވާ ހިގާ ކޮފީއަކަށް، ވަރަށް ހައި ވެއްޖެ” މޭޒުމަތީ އޮތް ވޮލެޓު ނަގަމުން ޒިޔަމް ބުނެލިއެވެ. ދެމީހުން ކޮފީއަށް ދާން ހިގައިގަތެވެ. އޭރު ޒިޔަމް ހިތަށް ދެންމެ ސާއިމް އެބުނިހެން ވާނެ ނަމައޭ އަރަމުން ދިޔައެވެ. އެކަމަކު މިހާލަތުގައި އެއީ ވުން ނާދިރު ކަމެއްކަން އެގެއެވެ.


 

މިއަދު ބަދީގޭގައި ޒީންގެ އަތްމަތި އަވަހެވެ. އުދުން މަތީ ބޭކެޑް ބީންސް ހަދަން ފިޔާ މީރުކުރަން އުދާފައި ވާއިރު ދެން އެއުޅެނީ އޮރެންޖު ޖޫސް ގިރުމުގައެވެ. ޔުމްނު ބަދިގޭގައި އުޅުމަށްފަހު އޮފީހަށް ދާން ތައްޔާރުވާން ގޮއްސިއެވެ. ޔުމްނު އަށެއް ޖަހަންވާ އިރަށް އޮފީހަށް ދާން ޖެހޭ އިރު ޒީންގެ އޮފީސް ގަޑި ފެށެނީ ނުވައެއް ޖަހާއިރުއެވެ. ނަމަވެސް އޭގެ ކުރިން މިއަދު ޒިޔަމްގެ އެޕޮއިންޓުމެންޓެއް އޮތްކަން ވަނީ ހަނދާނުން ކައްސާލާފައެވެ.

މޭޒުމަތީ ހެދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށްފަހު ޒީންވެސް އޮފީހަށް ދާން ތައްޔާރުވާން ދިޔައެވެ. ޒީން ރީތިވެލައިގެން ނިކުތްއިރު ޔުމްނު ސައިބޮއެ ނިއްމާލަނީއެވެ.

“ހާދަ ރީއްޗޭ.. އޭރުވެސް ބުނީމެއްނު ރީތިވާނޭ” ބަދިގެއަށް ވަދެގެން އައި ޒީން ފެނުމުން ޔުމްނު ތައުރީފުކޮށްލިއެވެ. ޒީން ލައިގެން ހުރީ ކުރިން ދުވަހު ޝޮޕިންއަށް ދިޔައިރު ޔުމްނު ރީތިވާނެ ކަމަށް ބުނެގެން ގަތް ހެދުމެވެ. ފެހިކުލައިގެ އެއްކޮށް ދިގު އެ ހެދުމުގައި ވަނީ ތިރިން ފެށިގެން މައްޗަށް ކަޅު ކުލައިގެ ބޯޑަރެއް އަޅާފައެވެ. ހެދުމުގެ މަތިން ޖެކެޓަކާއި އެއްކޮށް އަޅައިގެން ހުރީ ފެހި ކުލައިގެ ޝޯލްއެކެވެ. ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކްގެ އިތުރުން އެހެން މޭކަޕެއް ފެންނާކަށް ނެތެވެ. މީ ޒީން މިކަހަލަ ހެދުމެއް ލާ ފުރަތަމަ ހެދުން ކަމުގައި ވިޔަސް ޒީން ފެންނަލެއް ނުލާހިކު ފުރިހަމައެވެ.

ރެއިން ފެށިގެން ޑިޔުޓީގައި އުޅުމަށްފަހު ޒައިނާ ސްޓާފު ރޫމަށް އައީ ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށެވެ. ގެޔަށް ދާން ބޭނުން ވިޔަސް ނުވައެއް ޖަހާއިރު ސައިން އައުޓުވެފައި ނޫނީ ދެވެން ނެތެވެ. މޯޅިއަކަށް ދެމިލައި ލޯ ހުޅުވާލި ވަގުތު ލޮލުގައި އަޅައިގަތީ މޭޒު މަތީގައި ހުރި ކުޑަ ގެހެކެވެ. ކައިރިއަށް ގޮސް ރަގަޅަށް ބަލާލިއިރު އަލޯވެރާ ގަހެކެވެ. އޭގެ ކައިރީގައި ހުދުކުލައިގެ ކުޑަ ގަނޑެއްގައި އެއްޗެއް ލިޔެފައި އޮތެވެ.

“ބޭރުގައި މިހިރީ ކަށްޓެވެ. އެއީ ރީތި އައިބުތަކެވެ. އެތެރޭގައި މިހިރީ ފޮނިކަމެވެ. އެއީ މައުސޫމްކަމެވެ. ޒައިނާ ހިނިތުންވުމުން މިހިތަށް ބަހާރު މޫސުމް އަންނަ ކަހަލައެވެ. ތިޔަ ހީލުމުން މާތައްވެސް ފޮޅޭނެކަން ޔަގީނެވެ. ހިތަށް މިވާ ގޮތް ކިޔާދޭން ބޭނުމެވެ. މިއަޖައިބެއް ފަދަ އިހްސާސް ޒައިނާއަށް ވިސްނޭނެ ނަމައެވެ.މިތުރާއެވެ. ތި ފަރި ދެލޯ ނުފެނި މިލޮލަކަށް ނިންޖެއް ނާދެއެވެ. ރާނީއެވެ. ތި ޗާލު ނަން އަހަރެންގެ ހިތުގައި ފެވިއްޖެއެވެ. ލޯބިން މިވަރު ވާނެކަން ކުރިން ނުދައްނަމެވެ.

“ޒައިނާއެވެ! ހީލާށެވެ. ތިރީތި ހިނިތުންވުމުން އަހަރެންގެ މޭ ފުރާލަދޭށެވެ” ގަނޑުކޮޅު ފައްޖަހާލުމަށްފަހު ޒައިނާ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. އަދި ގަސް ކައިރިކޮށްލައި މިއީ ކާކު ކުރަމުންދާ ކަމެއްބާވައޭ ހިތާއި ސުވާލުކުރެވެން ފެށުނެވެ. އެއީ ޒައިނާ ދަންނަ މީހެކެވެ. ކުރިން ދުވަހު ފޮނުވީ ޒައިނާއަށް އެއްމެ މީރުވަސް ދުވާ ވައްތަރުގެ ސެންޓު ފުޅިއެކެވެ. ޒައިނާ އަކީ ގަސް އިންދުމަށް ފޯރި ހުންނަ ކުއްޖެކެވެ. ގޭގެ ޓެރަހުގައި ބައްޕަ ކައިރީ އެދިގެން ވަނީ ކުޑަ ގުރީންހައުސްއެއްވެސް އަޅާފައެވެ. އެތާގައި އެއްމެ ގިނައިން ހުންނަނީ އަލޯވެރާ ގަހެވެ. އިސްތަށިގަނޑުގައި ކުޅެލަ ކުޅެލައި އިން ޒައިނާގެ ހިޔާލްތަކުން ބޭރު ކުރުވީ މީހަކު ދޮރުގައި ޓަކި ޖަހާލުމުންނެވެ.

“ހިނގާބަ ޒީން އަށް މަރުހަބާ ކިޔަން. މިއަދު އޮފީހަށް ނުކުއްނާނެ” ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު ބޯ ދިއްކޮށްލީ ސާއިމް އެވެ.

“ހިނގާ ދާން” ލުއި ހިނިތުންވުމެއް ސާއިމްއަށް ހަދިޔާ ކުރުމަށްފަހު ޒައިނާ ސާއިމްގެ ފަހަތުން ގޮސް ލިފްޓަށް އެރިއެވެ.

ލިފްޓު ތެރޭގައި ވެސް ޒައިނާއަށް ވިސްނެމުން ދިޔައީ އެކަންކުރީ ކާކު ކަމާއި މެދުގައެވެ. ސަބަބު ނުސީދާކޮށް އެގެނުނު ނަމަވެސް ސީދާ ކުރިމައްޗަށް އަންނަން އެހާ ލަދުގަންނަނީބާއޭ ހިތަށް އަރަމުން ދިޔައެވެ.

ޒައިނާގެ ފަހަތުގައި ހުރި ސާއިމް ދިޔައީ ޒައިނާގެ ހަރަކާތްތައް ރަގަޅަށް ބަލަމުންނެވެ. އެއްފަހަރު ބޯ ކަހައި ފިއްޔާ އަނެއް ފަހަރު ނިއްކުރި ކަހާލަފާނެއެވެ. ނޫނީ ދެން އަވަސް އަވަހަށް ދެއަތް މޮޑެލާނެއެވެ.

ލިފްޓު އަށްވަނަ ބުރިއަށް އެރުމާއި އެކު ޒައިނާ ކުއްލިއަކަށް ފަހަތުގައި ހުރި ސާއިމްއަށް ބަލާލިއެވެ. ދެލޯބޮޑުކޮށްގެން ހުރި އިރު އަނގަވެސް ވަނީ ކުޑަކޮށް ހުޅުވިފައެވެ. އަދި ޝަހާދަތް އިނގިލި ދިއްކުރެވިފައިވަނީ ސާއިމްއާއި ދިމާލަށެވެ.

“ކިހިނެތް ވީ” ލާނެތް ގޮތަކަށް ސާއިމް އަހާލިއެވެ.

ނަމަވެސް ޖަވާބު ދިނުމުގެ ބަދަލުގައި ޒައިނާ އަނެއް ފަރާތަށް އެބުރުނެވެ. އަދި ކުރިން ސާއިމްއާއި ދިމާލަށް ދިއްކޮށްގެން ހުރި އިގިލީގެ ނިޔަފަތި ކާން ފެށިއެވެ. ޒައިނާއަށް އެ ހަދިޔާ ފޮނުވަނީ ސާއިމްކަން ޝައްކުވީއެވެ. އަރަތެއްހެން ޒައިނާ ސާއިމްއަށް އޭނައަށް އެއްމެ ކަމުދާ އެއްޗެއްސަކީ ކޮބައިކަން އެނގޭނެ ގޮތް ހޯދިއެވެ. ނަމަވެސް އެއީ އެހެން މީހަކަށްވުންވެސް އެކަށީގެންވެއެވެ. އެހެންވެއްޖެނަމަ މިހާރު އިގިލި ދިއްކޮށްގެން ބެދޭނީ ބޮޑު ލަދެއްގައެވެ.

“ނިޔަފަތިތަކުގަ މަލަން އަޅަންވީތަ”ހެމުން ހެމުން އެހެން ބުނެލަމުން ލިފްޓުގެ ދޮރު ހުޅުވުމުން ސާއިމް ނުކުމެގެން ދިޔައެވެ. ޒައިނާވެސް ހާސްކަން ފިލުވާލުމަށް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ސާއިމްގެ ފަހަތުން ދިޔައެވެ.

ޒީން އަށް އޮފީހަށް އާދެވުނީ ނުވައެއް ޖަހަން ފަނަރަ މިނިޓަށް ވެފައި ވަނިކޮށެވެ. ގަޑިއަށް ފަރުވާތެރިވުމުގައި ޒީންއަކީ ނަމޫނާއެކެވެ. ކޮންމެ ތާކަށް ދިޔައަސް ފަނަރަ ނޫނީ ދިހަ މިނިޓެ ކުރިންދާނެއެވެ. އަމިއްލަ ކަމެއްގައި ވިޔަސް އެހެން މީހެއްގެ ކަމެއްގައި ވީ ނަމަވެސްމެއެވެ.

ޒީންއާއި ހިޔާފަށް ޒިޔަމްއަށް ތާކަށް ދާން ކިޔައިފިނަމަ ދެވޭނީ އެތައް އިރެއް ފަހުންނެވެ. ނަމަވެސް ކިޔަވައި ނިމިގެން މެލޭޝިއާގައި ތަމްރީން ހޯދަން އުޅުމުގެ ތެރޭގައި މިކަންތައް ވަނީ ރަގަޅުވާން ފަށާފައެވެ.

ޒީން މަސައްކަތްކުރަން ހަމަޖެއްސީ ޒިޔަމްއާއި އެއް ކެބިންއެއްގައެވެ. ޖާގައިގެ ގޮތުން އެތަން ބޮޑުވުމާއި އެކީގައެވެ. ޒިޔަމްގެ މޭޒު އެތެރެއަށް ވަދެގެން އަންނަ އިރު ކުރިމައްޗަށް ވަންނަ ގޮތަށް ހުންނައިރު ޒީންގެ މޭޒު ހުންނަނީ ޖެހިގެން ހުންނަ ބިތުގެ އެއްކަނެއްގައެވެ. ދެމީހުންގެ މޭޒުގެ ދެމެދުގައި ވަކި ކުރަން ވަނީ މެދާއި ހަމައަށް ޕާޓިޝަންއެއް ޖަހާފައެވެ. ނަމަވެސް ދެމީހުންނަށްވެސް އެދިމާލަށް ބަލައިފިނަމަ އެކަކު އަނެކަކު ފެންނަވަރަށެވެ.

ޒީން އެތެރެއަށް ވަދެގެން އައި އިރު ޒިޔަމް އިނީ ޒީންގެ މޭޒުގައެވެ. މަޑު ހިގުމެއްގައި ޒީންއައިސް ކުރިމައްޗަށް ހުއްޓިލި އިރުވެސް ރޭކާވެސް ނުލީ މޭޒުމަތީގައި ހުރި ލެޕްޓޮޕަށް ގެއްލިފައި އިން ބޮޑުކަމުންނެވެ.

މޭޒުގެ ކައިރީގައި ހުރި ގޮނޑި ދަމާލައި ޒީން އިށީނެވެ. މީހެއްގެ ހިލަމެއް ވީހެން ޒިޔަމް އެފަރާތް ބަލާލި އިރު ޒީން އިނީ ގޮނޑީގައި އިށީދެގެން ހިނިތުންވެލައިގެންނެވެ. ޒިޔަމް އަވަސް އަވަހަށް ގޮނޑިން ތެދުވެ ސޮރީ އޭ ބުނެލިއެވެ.

” ކޮންޕިއުޓަރެއް މިއަންނަ ހަފުތާއިން ފެށިގެން ލިބެން އޮތީ. އޮފީހުގެ ސިސްޓަމް ސޮފްޓުވެއާރ އަޅާފަ ހުންނާނީ ލެޕަށް. ލޮގިން އާއި ޕާސްވޯޑު މިއޮތީ.. ކަންތައް ކުރާނެ ގޮތުގެ އިންސްޓުރަކްޝަން ބޭނުން ކުރަން ފެށީމަ ފެނިގެން ދާނެ. އިތުރު ސުވާލެއް އޮތިއްޔާ އަހަރެން ކައިރީ އެހުމުން ބުނެލަދޭނަން” ލެޕްޓޮޕުގެ ސްކުރީނުން ޒިޔަމް މުހިއްމު ބައިތައް ޒީންއަށް ކިޔާ ދިނުމަށްފަހު ދާން އުޅުނެވެ.

“ޒިޔަމް” ޒީން ގޮވާލި އަޑަށް ޒިޔަމް ފަހަތް ބަލައި ނިތްކުރި މައްޗަށް އަރުވާލީ ކީކޭތޯ އެހުމުގެ ގޮތުންނެވެ.

“ޒީން އަކަށް ނޭނގެ މިޖޮބުގަ ކުރަން ޖެހޭނީ ކޮންކޮން ކަންތައްތައް ކަމެއް. އެބައިވެސް ކިޔާ ދިނިއްޔާ ވަރަށް ރަގަޅު” މަޑުމައިތިރި ކަމާއި އެކު ޒީން އެދުނެވެ.

ޒިޔަމް މަޑު ހިނގުމެއްގައި ގޮސް ޒީން ކައިރީ އިން ގޮނޑީގައި އިށީދެ މައިގަނޑުކޮށް އެމަގާމުގައި ޒީން ކުރަން ޖެހޭ ކަންތައް ކިޔާ ދިނެވެ. ޒީން ދުރަށް ބަލައިގެން އިނެއްކަމަކު ޒިޔަމްއާއި ދިމާލަށް ދޭތެރެއަކުން ބަލައިލައި ބޯ ޖަހާލައެވެ. އަދި ސުވާލެއް އޮތިއްޔާ އަހަމުން ގެންދިޔައެވެ. އިއްޔެ ވީ ކަންތައް ނޫނީ އޭގެ ކުރިން ދެމީހުންގެ މެދުގައި އެއްވެސް ކަމެއް ހިގައިފައި އޮތްހެން ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު ހީނުވެއެވެ. ޒީންއަށް ޒިޔަމް މިވަގުތު ފެންނަމުން ދަނީ އޭނާގެ ބޮސްގެ ގޮތުގައެވެ. ޒިޔަމް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ސީރިއަސް ކަންމަތީގައެވެ. ޒީން ނޫން އެހެންމީހެއް އެގޮނޑީގައި އިންނަމަ ހިތަށް ވެރިވަމުންދާ ޖެހިލުން ކުޑަވީސް ކަމެވެ.

ދެމީހުން ވާހަކައިގައި ތިއްބާ އެތަނަށް އެވަގުތު އައީ ސާއިމް އާއި ޒައިނާއެވެ. ސާއިމް އައިސް ޒިޔަމް ހުރި ފަރާތުގައި މަޑުކޮށްލި އިރު ޒައިނާ އައިސް ޒީންގެ ފަހަތުން އައިސް ބައްދާލިއެވެ.

“ކޮންގުރެޓްސް ލަވް.. އަޅޭ ވަރަށް ހެޕީ ވެއްޖެ. ދެން އަންނާނަން އިނގޭ މިތަނަށް ވަރަށް ގިނައިން.. ބޭބެ ވަރަށް ބޮޑަށް ތޭންކުސް ޒީން ނެގީމަ” ޒީން އާއި އެއްފުރާޅެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ އެއްމެ ބޮޑަށް އުފާވި އެކަކީ ޒައިނާއެވެ.

“ސާއިމްގެ ފަރާތުން ވެސް ކޮންގުރާ. އެކަމަކު ސައި ދޭންވާނެ އިނގޭ، އޭރުން ފުލްކޮށް ކޮންގުރެޓްސް ލިބޭނީ” ހެމުން ސާއިމް ބުނެލިއެވެ. ޒައިނާވެސް ސާއިމް އާއި އެއްބައި ވުމުގެ ގޮތުން ވާހަކަ ދެއްކިއެވެ.

ތިން މީހުން ސައިބޯން ހިގައިގަތުމުން ޒިޔަމް ގޮސް އޭނާގެ މޭޒު ދޮށަށް ދިޔައެވެ.

“ބޭބެ ނާންނަންތަ ސައިބޯން” ދޮރުން ނިކުތްއިރު ފަހަތް ބަލާލިއިރު ޒިޔަމް އެމީހުންނާއި އެކީ ނާންނާތީ ޒައިނާ ސުވާލުކޮށްލިއެވެ.

“ތެދެއް ޒިޔަމް ނާންނަންތަ. ޒީން ދެރަވާނެ އެއްނު ޒިޔަމް ނާންނަންޔާ” ޒިޔަމްއާއި ސަމާސާކޮށްލުމުގެ ގޮތުން ސާއިމް ބުނެލިއެވެ. ޒިޔަމްއަށް ބެލުނީ ޒީންއަށެވެ. އިޝާރާތެއް އަންނަތޯއެވެ. ނަމަވެސް ޒީން އިތުރު ބަހެއް ނުބުނުމުން ޒިޔަމް އޭނާގެ ގޮނޑީގައި އިށީދެ މަސައްކަތާއި ގެން ކުރިއަށް ދާން ފެށިއެވެ.

“ގެއިން ސައިބޮއެގެން އައީ” ކޮންޕިއުޓަރުގެ ސްކުރީނަށް ގެއްލިފައި ހުރެގެން ޒިޔަމް ވާހަކަ ދެއްކިއެވެ. ޒީން އޭނާ ގެންދަން ބޭނުންނުވާނެކަން ޒިޔަމްއަށް އެނގެއެވެ. ނަމަވެސް ޒީން ހަމަ އެއްވެސް ބަހެއް ނުބުނީތީ ހިތުގައި ކުޑަކޮށް ނަމަވެސް ރިއްސާލިއެވެ.

ސާއިމްއާއި ޒައިނާވެސް ހުރީ ޒިޔަމްހެން ޒީން ޒިޔަމް ގާތުގައި އައުމަށް ބުނާނެ ކަމަށް އުއްމީދުކޮށްގެންނެވެ. ޒައިނާ ދެތިން ފަހަރަކު ޒީންއާއި ދިމާލަށް ބަލާލިއެވެ. ޒީންގެ ޖަވާބެއް ނުލިބުން ޒައިނާ ނުކުތެވެ. ޒައިނާގެ ފަހަތުން ޒީން ނުކުއްނަން ދޮރުގައި ހިފާލުމަށްފަހު ފަހަތަށް އެބުރިލައި ޒިޔަމްއާއި ދިމާލަށް ބަލައިލިއެވެ.

“ޒިޔަމްވެސް އަންނަންވީނު”ލުއިގޮތަކަށް ހިނިތުންވެލަމުން ޒީން އަހާލިއެވެ.

ޒިޔަމް ޒީންއާއި ދިމާލަށް ބަލާލުމަށްފަހު ނޫނުކޭ ބުނުމުގެ ގޮތުން ބޯ ހުރާލިއެވެ. ޒީން އަދިވެސް ޒިޔަމްއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ޒިޔަމްގެ ޖަވާބު ބަދަލުވޭތޯއެވެ. އޭރު ފަހަތުގައި ސާއިމް ހުރިކަން ހަނދާނުގައި ނެތެވެ.

ޒީން އަނގައިން ނުބުނި ނަމަވެސް މަޑުކޮށްގެން އެހެރީ ދެވަނަ ފަހަރަށްވެސް އަހާއިލައިގެންކަން ޒިޔަމްއަށް އެނގުނެވެ. އެހެންކަމުން ކޮންޕިއުޓަރުގެ ސްކުރީން އޮފްކޮށްލުމަށްފަހު ދާން ތެދުވިއެވެ.

ޒިޔަމް ތެދުވުމުން ޒީން ބޭރަށް ދިޔައެވެ.

“އަމުރަށްވެސް ކިޔަމަންވާން ފެށީދޯ” ޒިޔަމް އޭނާއާއި އަރައި ހަމަވުމުން ސާއިމް ސަމާސާކޮށްލިއެވެ. ޒިޔަމް އަވަސް އަވަހަށް ސާއިމްގެ ބުރަކަށި މަތީގައި ޖަހައިލީ ކުރިމަތީގައި ހުރި ޒީންއަށް އެއަޑު އިވިދާނެތީ ބިރުންނެވެ.

ހަތަރު މީހުން ސައިބޯން ދިޔައީ ކުރިން ދުވަހު ސާއިމް ޒައިނާ އަދި ޒީން ސައިބޯން ދިޔަތަނަށެވެ. ޒީންއާއި ޒައިނާ ކުރިމައްޗަށް ވާހެން ފާރާއި ކައިރީގައި އިން އިރު ސާއިމް އިނީ ޒައިނާއާއި ޖެހިގެން އެއްފަރާތުގައި ހުރި ގޮނޑީގައެވެ. ޒިޔަމް އިނީ ޒީންއާއި ޖެހިގެންނެވެ. ޒީން އުޅުނީ ޒައިނާ ކައިރީ އިންނަން ނަމަވެސް ސާއިމް މާކުރިން ގޮސް ޒައިނާ ކައިރީގައި އިނުމުން އެނޫން އެހެން ގޮތެއް ނެތުމުން ޒިޔަމް ކައިރީ އިނުން ނޫން ގޮތެއް ނެތެވެ.  ސައިބޯން އަޔަސް ކުރިން ގެއިން ސައިބޮއިގެން އައުމުން އެއްމެން ވެސް ނެގީ ބޯނެ އެއްޗެކެވެ.

“ބޭބެ ޔުމްނުގެ ވެޑިން އެބަ އޮތް. އަޅުގަނޑަށްވެސް ދައުވަތު ލިބުނު. އަޅުގަނޑުގެ ޕުލަސް ވަންގެ ގޮތުގަ ދާނަން ދޯ” އެއްމެން އިށީދެ ހަމަޖެހުމުން ޒައިނާ ވާހަކަ ދެއްކިއެވެ.

“ޔުމްނު މެރީ ކުރަނީތަ. ކޮން އިރަކުން ވެޑިން އޮތީ” ކޮފީ ތައްޓަށް ހަކުރު އަޅައި ގިރާލަމުން ޒިޔަމް އަހާލިއެވެ. ޔުމްނުގެ އެއްމެ ގާތް އެކުވެރިޔާ ކައިރީގައި އިން ނަމަވެސް އެސުވާލު އަމާޒު ކުރީ ޒައިނާ އަށެވެ.

“ޓޫ ވީކްސް ފަހުން ދޯ ޒީން” ޖޫސްތަށިން ފޮދެއް ބޯލަމުން ޒައިނާ ޒީންއަށް ދޯއެއް ދިނެވެ.ޒީން ބުމަ އަރުވާލައި ހިނިތުންވެލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“ޒައި ކާކުތަ މިޒަމާނު ބޭބެ ޕްލަސް ވަންގެ ގޮތުގަ ގެންދާނީ.. މަގެންދަން ވީނު. އެހެން ނޫނަސް ޕުލަސް ވަންގެ ގޮތުގައި ޒިޔަމް ގެންދަން ބޭނުންވާ ކުއްޖަކުވެސް ހުރެދާނެ އެއްނު. އަހާލަން ނުކުރުނަސް…” ސާއިމްގެ ވާހަކަ ހުއްޓާލަން ޖެހުނީ މޭޒު ދަށުން ޒިޔަމްގެ ހަމަލާއެއް އައުމުންނެވެ. ޒީން އަށް ކަޅިއެއް އެއްލަމުން ސާއިމް ވާހަކަ ދެއްކި އިރު އެ ދައްކީ އޭނާގެ ވާހަކަކަން ޒީންއަށް ނޭނގުނީ އެވަގުތު އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިނުމުންނެވެ.

އެއްމެން ހީހީފައި ވާހަކަ ދެއްކިއިރުވެސް ޒީން އާއި ޒިޔަމްއާއި ދޭތެރޭ އެއްވެސް ވާހަކައެއް ނުދެކެއެވެ. މިކަން ޒައިނާއާއި ސާއިމްއަށް ވެސް ފާހަގަވިއެވެ.

“ތި ދެމީހުން ވާހަކަ ނުދައްކަން ހުވާކޮށްގެން އައިސްތަ ތިތިބެނީ” ސާއިމް ވާހަކައިގެ މެދުތެރެއިން އަހާލިއެވެ. ޒިޔަމްއާއި ޒީން ދެމީހުން ދެމީހުންނަށް ބަލާލައި ހިނިތުންވެލީ ގަދަކަމުންނެވެ. ޒީން ބޯ ހޫރާލިއެވެ.

“ތި ދެމީހުންހެން އަހަރަމެންނަކީ އަނގަ ގަދަ މިތުރުންނެއް ނޫނޭ ދޯ ޒީން” ޒިޔަމް ޒީން އާއި ލައިގެން ވާހަކަ ދެއްކިއެވެ. ޒިޔަމް އެހެން ބުނެލީ ޒީންވެސް އޭނައާއި ބައިވެރިވާނެ ކަމުގެ އުއްމީދުގައެވެ.

“އާން” ޒިޔަމްއަށް ބަލާލަމުން ޒީން މަޑުމަޑުން ބުނެލިއެވެ. އެޔާއި އެކު ޒިޔަމްގެ މެޔަށް އެހެން ކަހަލަ އިހްސާސެއް ވެރިވިހެން ހީވިއެވެ. ޒީން އަދިވެސް ވާހަކަ ދައްކާނެ ނަމައޭ ހިތަށް އެރިއެވެ.

ގެނައި ބުއިންތައް ހުސްކޮށްލުމަށްފަހު އެއްމެން މަޑުކޮށްގެން ތިބީ ބިލް ގެންނާނެ އިރަކަށެވެ. ޒީން އާއި ޒައިނާ ޔުމްނުގެ ވެޑިންގެ އޮލަ ވާހަކާއިގައި ތިއްބެވެ. ސާއިމްއާއި ޒިޔަމް ދައްކަމުން ދިޔައީ މިރޭ އޮންނަ ފުޓުބޯޅަ މެޗްގެ ވާހަކައެވެ.

“މަލޭ ބުނީމައޭ މި ހަނދާންވީ. މިއަދު ޒައި އަށް ލިބުނު ވަރަށް ލޯބި ގަހެއް. އަލޯ ވެރާ ގަހެއް. އިން ނޯޓުކޮޅުގަ ކޮންމެވެސް އެއްޗެއް ލިޔެފަވެސް” ޒައިނާ ފޯރިއާއިއެކު އެވާހަކަ ދެއްކި އަޑު ކައިރީގައި އިން ސާއިމްއަށް އިވުނެވެ. ޒިޔަމް ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔަސް ކަންފަތް ވަނީ ޒައިނާގެ އަޑަށް ދެވިފައެވެ.

“ކޯއްޗެއް ލިޔެފަ އިނީ… ކާކު ދިނީ” ޒީން އަވަސް އަވަހަށް އަހާލިއެވެ.

“ލިޔެފަ އިން އެއްޗެއް ދައްކާނަން އިނގޭ ކްލިނިކަށް ގޮސް. ނޭނގެ ކާކު ކަމެއް. އެއީ ކަޑަ ތަންކޮޅަކީ. އެމީހަކަށް ޒައިގެ ސްމައިލް އެހާ ރީތި ވަންޏާ ކުރިމައްޗަށް އައިސް ބުނީމަ ވީނު. ވަރަށް ފިޑި މީހެއް ކަންނޭނގެ”ޒައިނާ އަޑު ހަރުކޮށް އެހެން ބުނެލީ ކައިރީގައި އިން ސާއިމްއަށް އަޑު އިއްވާލުމުގެ ގަސްދުގައެވެ.  ޒައިނާ އެހެން ބުނެލި ރާގުން ސާއިމް ގާތަށް ހިނި އައުމުން ފަހަތަށް ޖެހިލައި ގޮނޑީގައި ލެގިލިއެވެ. އަދި އަނގަމަތި ފޮރުވަން ޓިޝޫއެއް ނަގައި އަނގަމަތީގައި އަޅައި ތުންފަތް ފުހެލާކަމަށް ހެދުނެވެ.

“ބޭބެ އަށް އެނގޭތަ ކުރިން ދުވަހު އޮތް ރެޑް ލިޕްސްޓިކަކާއި ސެންޓު ފުޅިއެއްވެސް ފޮނުވާފަ. ސްޓޯކު ކުރާ މީހުންވެސް އުޅޭ ޒަމާނެއް ދޯ” ޒައިނާ ޒިޔަމްވެސް އެވާހަކާއިގައި ބައިވެރިކުރުވަން ބޭނުންވީ ސާއިމްގެ ސަމާލުކަން އިތުރަށް ހޯދުމަށެވެ.

“ޒައި ދެކެ ލައިކް ވާ ކުއްޖެއް ކަމަށްވެސް ވެދާނު” ޒީން ހެމުން އެހެން ބުނެލުމުން ތެދެކޭ ބުނެ ޒިޔަމްވެސް އެވާހަކައަށް އެއްބަސްވިއެވެ.

“މަށަށްވެސް ތިކަހަލަ ކުއްޖެއް ލިބޭނެ ނަމަ ކިހާ ރަގަޅު” ހިނިގަނޑު އޮއްބާލަމުން ސާއިމް މޭޒު ކައިރިއަށް ޖެހިލިއެވެ. ޒައިނާ ލޯ އަޅައިލައި ސާއިމްއަށް ބަލާލިއެވެ. އޭރު ސާއިމްވެސް ހުރީ ޒައިނާއަށް ބަލަހައްޓައިގެންނެވެ.  ޒައިނާ ބޭނުންވި މޫނެއް ސާއިމްގެ މޫނުމަތިން ނުފެނުމުން އަގަޔަށް ވައްތަރެއް ޖައްސާލިއެވެ.

“މިހާރު މަދެކެ ކޮން ރުޅިއެއް ތި އަންނަނީ. އެއްފަހަރުވެސް ނުބުނަމެއްނު ސްޓޯކު ކުރުމަކީ ރަގަޅު ކަމެކޭ” ސާއިމް ޒައިނާއާއި ދިމާކޮށްލިއެވެ.

އެވަގުތު ވެއިޓަރު ބިލް ހިފައިގެން އައުމުން ޒިޔަމްއާއި ޒީން ދާން ތެދުވިއެވެ.

“ނުކޯޅި ހިނގާ ދާން” ބިލް ދައްކަން ޒީން ކައުންޓަރަށް ދިޔުމުން ޒިޔަމް ބުނެލިއެވެ.

ޒައިނާ ސާއިމްއާއި ދިމާލަށް ތުން އަބުރާލަމުން ތެދުވިއެވެ. ސާއިމް އެތަނުން ދިޔައީ ހެވިފައި ހުރެއެވެ.

އޮފީހުގެ ކަންތަކުގައި ޒިޔަމް ޒީންއަށް އެހީތެރިވަމުން ދިޔައެވެ. ކޮންމެ ދުވަހަކު ގަވައިދުން ކުރަން ޖެހޭ ކަންތަކާއި އެހެން މުހިއްމު ކަންތަކެވެ. ޒީން އައުމުން ޒިޔަމް އޭނާގެ މަސައްކަތުގެ އެއްބައި ޒީން އާއި ހަވާލުކުރިއެވެ. ޒީންވެސް ފުރަތަމަ ދުވަސް ކަމުން ބުރަކޮށް އުޅުނީ އޮފީހުގެ ކަންތައް ދަސްކުރުމުގައެވެ. ނޭނގޭ ނޫނީ އޮޅުން އަރާ ކަމެއް އޮތިއްޔާ ޒިޔަމް ކައިރިން އަހާ އޮޅުންފިލުވައެވެ. ފުރަތަމަ ދުވަސް ނިމިގެން ދިޔައީ ޒިޔަމް ހީކޮށްގެން ހުރި ވަރަށް ވުރެ އެކުވެރި މާހައުލެއްގައެވެ. ހީ ސަމާސާ ކުރުން ނެތަސް ޒީން އާއި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އިހުނަށްވުރެ ބަދަހި ވެއްޖެކަމުގެ އިހްސާސް ކުރެވެން ފެށުނެވެ. އަދި އެކަމާއި ޒިޔަމް ހުރީ ހިތްހަމަޖެހި އުފާވެފައެވެ.

ޒިޔަމް އޮފީސް ނިއްމާލުމަށްފަހު ދާން އުޅުނު އިރުވެސް ޒީން މަޝްއޫލުވެ އުޅުނީ ޒިޔަމް މިއަދު ހަވާލުކުރި މަސައްކަތް ނިއްމުމުގައެވެ. ކައިރީގައި އޮތް ފައިލް އަށް ބަލަމުން ލެޕްޓޮޕުގެ ކީބޯޑުގައި ޓައިޕްކުރަމުން ދިޔައީ ނުލާހިކު ފަރިތަކަމާއި އެކީގައެވެ. ޒީން މަސައްކަތަށް ގެބިގެން އިންވަރުން ކުރިމަތީގައި ޒިޔަމް ހުރި ކަމެއްވެސް ނޭނގޭއެވެ.

ޒިޔަމް ދިޔައީ ޒީންގެ ކޮންމެ ހަރަކާތެއް ހިތު ތެރޭގައި ފޮރުވަމުންނެވެ. ޝައުގާއި އެކީގައެވެ. ހީވާ ކަހަލައެވެ. ދެވަނަ ފަހަރަށް މި ފުރުސަތު ނުލިބޭނެއެވެ. ޒީން ހީލާ އިރު ދެކޮލުގައި އުފެދޭ އަޑިކޮޅަކީ ވަރަށް މަދުން ނޫނީ ނުފެންނަ އަޖައިބެއް ފަދަ ސިފައެކެވެ. ޒީންގެ އަޑު ނިދަން ދިޔުމުގެ ކުރިން އަހާލާ ހިތްވެއެވެ. އަތުގައި އޮތް ކެވެލި ކޮޅު ޒީންގެ ފައިގައި އަޅުވާލަން ބޭނުމެވެ. ޒީން ދެކެ މިވާ ލޯތްބަކީ ކުށެއްކަން ސިކުޑި ހިތަށް ވިސްނައިދޭން އުޅުނަސް  އެކަން ވެވޭ ގޮތެއް ނުވެއެވެ. ޒީން ފެންނަ ކޮންމެ ފަހަރަކު އެހިތުގައި ޒީން އަށްޓަކައި ޖަހަމުންދާ ވިންދު އަވަސްވެ ބާރުގަދަވެގެން ދެއެވެ. ކޮންޓުރޯލް ވުމެއް ނެތިއެވެ. ދޫވެފައިވާ ހިތާއި ޖާނުގެ އެދުންތަކުން ނާއުއްމީދުކަން ކެނޑި އުއްމީދުގެ ހުޅުކޮޅު ދިއްލޭނެއޭ ހިތް ސިއްރުން ބުނެއެވެ.

“ޒީން ނުދަންތަ ގެޔަކަށް. މިހާރު ދެގަޑި ބައި ވަނީނު” އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ޒިޔަމް އަހާލިއެވެ.

“އޮފީސް ބަންދު ކުރާ ގަޑި ޖެހުނީތަ. އެކަމަކު ޒިޔަމް ދިން ވޯކު ނުނިމޭ” ދެބުމަ މައްޗަށް އަރުވާލަމުން ޒީން ބުނެލިއެވެ.

“އާން. ދެން މިއަދަށް ނިއްމާލާ. އަހަރެން ދާން އެބަ ޖެހޭ މީޓިން އަކަށް، ދާއިރު ތަޅުލާފަ ދާން ޖެހެނީ. މިތާ ހުންނާނެ ވަރަށް މުހިއްމު ލިޔުންތައް” ޒިޔަމް ކިޔާ ދިނެވެ.

ޒީން ކުރަން އިން މަސައްކަތް ނިއްމާލުމަށްފަހު ދަބަސް ހިފައިގެން ދިޔައެވެ. އަދި ދަމުން ޒިޔަމްއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.


 

ސާއިމްގެ ދޫވެފައިވާ ހިތް އެދެމުން ދިޔައީ ޒައިނާއަށް އެހިތުގެ ހާލަތު ކިޔާ ދިނުމަށެވެ. ނަމަވެސް އޭގެ ކުރިން ޒިޔަމްގެ ހިޔާލް ހޯދަން ބޭނުމެވެ. ޒިޔަމްއަކީ އެއްމެ ގާތް އެކުވެރިޔާއަށްވެ ހުރެ ކޮއްކޮ އެއް ކައިރިއަށް ދިޔުމުގެ ކުރިން ކޮންމެހެން އަހަން ޖެހޭނެކަމަށް ސާއިމް ގަބޫލުކުރެއެވެ.

އެހެންކަމުން މިރޭ ޒިޔަމް އެގެޔަށް މެޗް ބަލަން އައުމުން އެވާހަކަ ދައްކަން ނިއްމައިގެން ސާއިމް ހުއްޓެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޞަފަރު (7 ވަނަ ބައި)

Next

ހިތުގެ މިލްކުވެރިޔާ (އެއްވަނަ ބައި)

Next
June 29, 2017

ހިތުގެ މިލްކުވެރިޔާ (އެއްވަނަ ބައި)

Previews
June 29, 2017

ޞަފަރު (7 ވަނަ ބައި)

53 Comments!

  1. maroon says:
    June 29, 2017 at 9:10 pm

    Here is the 10th ep. Sorry lasvyma. Site ah nuvadhevunu phone inves lap in ves. Admin ah gulhaigen massala hallu kurevuny.. hope u will like this episode. Love u all. If u like the story leave a comment. Like nuvaa kudhinves kyhvekan bunedhinun edhen so i can improve.. loves ???

  2. Addu manje says:
    June 29, 2017 at 9:27 pm

    Varah reethi.. 🙂

    1. maroon says:
      June 30, 2017 at 7:40 am

      Thanku addu manje ??

  3. Xxxx says:
    June 29, 2017 at 9:40 pm

    Story v.v.nice ..???keep it up.waiting . waiting

    1. maroon says:
      June 30, 2017 at 7:41 am

      Xxxx ? thanku lots?

  4. Adha? says:
    June 29, 2017 at 9:47 pm

    Great work maroon! Haadha reehchey bunaane ehchehves neyngun ehaaves reethi mi part?❣ zai ah gift fonuvaa mysterious guy akee saaee tha.. ehenveema saaee haadha romantic ey dw?.. e note ga liyefa oiy basskolhu kiyaafa zai ah vure alhugandu ufaavefa meenee?.. hehehe… next part kiyaahithun kehmadhu vefa❣??

    1. maroon says:
      June 30, 2017 at 7:43 am

      Thanku adha ?
      Yup ei saee ?
      I bet u were smiling when u finished reading the note ?
      V happy vejje ngey comment kiyaalaafa hehehe ?

    2. Adha? says:
      June 30, 2017 at 2:13 pm

      Yes i was.. hehehe? ?

  5. chim says:
    June 29, 2017 at 9:52 pm

    Story chi reethi v furihama..
    Konme episodeh ves foohikameh nethi repeat koh kiyaalan..keep it up?

    1. maroon says:
      June 30, 2017 at 7:44 am

      Chim ?
      So happy thanku chim ?

  6. niky says:
    June 29, 2017 at 9:56 pm

    I m first dhw

    1. maroon says:
      June 30, 2017 at 7:45 am

      Mifaharu noon dhw.. ekamakuves maroon v happy vejje niky story kiyaalyma. Thanku?

  7. Some one says:
    June 29, 2017 at 10:01 pm

    Wow!!!! V v v lwbi story!!! huvaaa v kiyaaahiy eba vey! Can’t wait!!!! When nxt prt???

    1. maroon says:
      June 30, 2017 at 7:46 am

      Some one thanku ?
      Next ep saturday night.. see u then ?
      Loves?

  8. HARLEY quinn says:
    June 29, 2017 at 10:07 pm

    woww. awsommme.
    pls upload the next episode soon cant wait to know what will heppen next..

    1. maroon says:
      June 30, 2017 at 7:47 am

      Thanku dear ?
      Yes u can read it saturday night ?

  9. sam♥ says:
    June 29, 2017 at 10:12 pm

    wow roon … haaadhaa lovely ey stry …. zee alhe zim ah maaf kuraanethaa … sam.n zaee v lobii ulhey leh heheheeh …♡♡♡♡
    thank roon mihaaa dhigukon stry genes dheythii …. keep it up roon …. ilove this stry ..
    roon sam beynun roon aa frnd vaan viber number libidhaanethaa ???

    1. maroon says:
      June 30, 2017 at 7:50 am

      Sam ?
      Do u think she will forgive him??
      Hehehe sam and zai dhw ?
      Want to be friends. Ekamaku mithaa number jehyma emmenah fennaane ehnu.. ehen gotheh?
      ??

    2. sam♥ says:
      June 30, 2017 at 9:00 am

      sam fb ves use eh nukuran … dhen kihineh hadhaaanyyy … so sad 🙁

    3. maroon says:
      June 30, 2017 at 9:43 am

      If u want u can mail me [email protected]
      ?

  10. pinkyyy says:
    June 29, 2017 at 10:13 pm

    Story vv reethi?

    1. gurey says:
      June 29, 2017 at 11:44 pm

      Varah salhi

    2. maroon says:
      June 30, 2017 at 7:52 am

      Thanku gurey ?

    3. maroon says:
      June 30, 2017 at 7:50 am

      Thanku pinkyyy ?

  11. shan says:
    June 29, 2017 at 10:53 pm

    Varah reethi
    Inthizaaru kurevay

    1. maroon says:
      June 30, 2017 at 7:51 am

      Thanku shan ?

  12. Aaby says:
    June 29, 2017 at 11:00 pm

    Wow. Varah reethi. Dhen kon irakun next part up kohdheynee… ? ❣❣❣

    1. maroon says:
      June 30, 2017 at 7:51 am

      Thanku aaby. Saturday night ??

  13. Smile says:
    June 29, 2017 at 11:20 pm

    Thank u vaahaka genesdhineethee 🙂 vvvvvvvvvv reeeeethi, kiyaa hithun indha e nimuny 🙁
    Aneh bai kon irakun??? 🙂

    1. maroon says:
      June 30, 2017 at 7:52 am

      Thanku smile ??
      Next ep saturday night ?

  14. who am i? says:
    June 29, 2017 at 11:45 pm

    wow???❣❣❣

    1. maroon says:
      June 30, 2017 at 7:53 am

      Thanku dear ??

  15. khajja says:
    June 29, 2017 at 11:55 pm

    Ohhh my god ?? masha allah v v vrythi ummydhukurevun gothan stry adhi e dhany ??? saaim laskuran nuhadhaa proporse kollaa n ziam adhives close veveytho balaa zeen aa thankolheh close velyma proporse kollaa insha allah kaamiyaab vaane n ziyamge dad v surprise vaane dhw ?? thanks maroon waiting nxt prt n gud nyt???❤❤❤❤??????

    1. maroon says:
      June 30, 2017 at 7:55 am

      Khajja ?
      Thanku lots ? higaa dhw thihen veythw balama. So happy u like the story ?
      Tc

  16. kiaara says:
    June 30, 2017 at 3:30 am

    maroon!! this story is hama woahhhh…!!! <3
    dhn oii part ahh inthixaaru kureveyyyy… 🙂 <3

    1. maroon says:
      June 30, 2017 at 7:55 am

      Thanku kiaara ??
      See u saturday night ?

  17. Saadhu says:
    June 30, 2017 at 9:07 am

    V reethi ?

    1. maroon says:
      June 30, 2017 at 9:28 am

      Thanku saadhu ?

  18. yaakko says:
    June 30, 2017 at 9:34 am

    nice storyyy

    1. maroon says:
      June 30, 2017 at 9:44 am

      Thanku yaakko ?

  19. Neel says:
    June 30, 2017 at 1:55 pm

    Nice

    1. maroon says:
      June 30, 2017 at 8:28 pm

      Thanku neel ?

  20. Some one says:
    June 30, 2017 at 10:13 pm

    Mirey dw nxt prt????0

    1. maroon says:
      July 1, 2017 at 1:11 am

      Saturday nightga..

  21. vaahaka foshi says:
    June 30, 2017 at 11:26 pm

    haadha lahun nxt part. balabala mi indheveny

    1. maroon says:
      July 1, 2017 at 1:13 am

      Dhedhuvahun ehdhuvahu upkoh dheny . Sorry it is the best i can do

  22. reysh says:
    July 1, 2017 at 12:29 am

    Maroon dhuvahakuves gulhi ah dhiyain tha?actually i am from gulhi ehenve ahaalee rashuge nan vaahaka akun mifenunee alah..aslu vaahaka varah reethi dhen vaane goi hithah ves nugenevey kahala vaahaka eh mee..kyp up…?

    1. maroon says:
      July 1, 2017 at 1:15 am

      Nope nudhan. Ekamaku v v v special rasheh thy ngey. V dhaahiyvey.. thi nan fenunymaves…. hehe. Thanks reysh ??????? loves ❤❤❤❤

  23. ???? says:
    July 1, 2017 at 12:49 am

    Salhi….. keep it up maroon ?? waiting 4 the nxt prt. …

    1. maroon says:
      July 1, 2017 at 1:16 am

      Thanku dear ?

  24. Reethi jinni says:
    July 1, 2017 at 8:58 am

    OMG, I hope zeen , ziam ah maafukohgen love story fesheyne kamah
    Saim ulhey gotheh dhw…….
    Haadha romantic ey
    Love the story , waiting for the next part ?

    1. maroon says:
      July 1, 2017 at 2:10 pm

      Thanku reethi jinni. ?
      I will upload it tonight around 7 or soon if possible ?

  25. red says:
    July 3, 2017 at 3:15 pm

    Nice …..next part kn irakun

Comments are closed.


All Right Reserved!