ކްރައުން ޕްރައިވެޓް ލިމިޓެޑް އޮފީސް ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ޑްރައިވަރު ނުކުމެގެން ގޮސް ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. އަތުގައި އޮތް އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލަމުން ކާރުގައި އިން ޒުވާނާ އޮފީހުގެ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޮފީހަށް ވަދެވުމާއެކު ކޮންމެ މީހަކުވެސް އަދަބުވެރިކަމާއެކު ކޮއްޅަށް ތެދުވެ ގުޑް މޯނިންގ ސަރ އޭ ބުނަމުން ދެއެވެ. ބަދަލުގައި އެ ޒުވާނާ ވެސް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އޭނާއަށް ޚާއްސް ކުރެވިފައިވާ ކެބިނަށް ވަދެ ހަމަޖެހިލިއެވެ. ލޮލުގައިވާ އައިނު މޭޒުމަތީގައި […]
ޒީން އާއި އަރައި ހަމަވުމުން ޒިޔަމް އިތުރަށް ހިނިތުންވެލިއެވެ. ” އަހަރެން ޒީންގެ ހަސްބެންޑަށް ހަދައިދޭން ކެރިދާނެތަ” ޒިޔަމް އޭނާގެ އެދުން މިފަހަރު އިއްވާލީ ތަފާތު ބަސްތަކަކުންނެވެ. ޒިޔަމްގެ މޫނަށް ބަލަން ހުރެފައި ޒީން ޒިޔަމްގެ މޭގައި ބޯއަޅައިލީ އެވަގުތު ލޮލުން އޮހެރެމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް ވަންހަނާ ކުރާނެ އިތުރު ގޮތެއް ނެތުމުންނެވެ. އަދި މަޑުމަޑުން ބޯ ޖަހައިލީ އާބަސް ބުނުމުގެ ގޮތުންނެވެ. ޒީންގެ އެކުޑަ ހަރަކާތުން ޒިޔަމްއަށް ލިބުނު އުފާ އެތައް ހާސް ގުނައެއް […]
އަށްގަޑި ބައިވިއިރު ނަލަމާ ގެއިން އިވެމުން ދިޔައީ ހޭއަޑާއި ވާހަކަ ދައްކާ އަޑެވެ. ޒިވާން އާއިލާ އަކީ ބޮޑު އާއިލާ އެއް ކަމުން ގޭތެރޭގައި ފުދޭ ވަރަކަށް މީހުން ގިނައެވެ. އަރުޝީގެ އިންތިޒާރުގައި ސޯފާގައި ކަރު އެލުވާލައިގެން ޒިވާން އިންއިރު އާރާވް ހުރީ ދެބޭންގެ ދެދަރި މީހެއް ކަމަށްވާ ކައިލްގެ ދެއަހަރުގެ ކުޑަ ދަރިފުޅު އުރައިގެންނެވެ. ކުޑަ ކުޑަ ޔަލާ އާއި އާރާވް ސަމާސަ ކުރަމުން ދިޔައިރު ކައިލް ކައިރީގައި ހޭން ހުއްޓެވެ. އިރުކޮޅަކުން ކައިލް އެއީ […]
ލައިތް ކޮންމެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައީތީ އަލާނިޔާ ގުދުވެލިއެވެ. މަޑުމަޑުން ލައިތްގެ އަޑު ފޯރިއެވެ.”ތި މޭކަޕް ތަށް ހުރި ފާޑުން ހީވަނީ ފުރޭތައެއްހެން. ޑޮކް ވެސް ލާނީ މިތަނަށް ވެއްދީ ތިހުރި ސިފައިން ބިރުން ކަންނޭންގެ.” ހެއުމުގެ ތެރެއިން އަލާނިޔާ ލައިތްގެ ކޮނޑުގައި މަޑުމަޑޫން ޖަހާލިއެވެ. އަދި ލޯނިބް ފުރިގެންވީ ބެލުމަކުން ބަލާލިއެވެ. ކުއްލިއަކަށް ލައިތް ތެޅެން ފެށިއެވެ. އަދި ލައިތްގެ ލޯ މެރުނެވެ. މެށިނަތަކުން ވެސް ބާރު އަޑުތަކެއްގޮވަމުން ދިޔައެވެ. އަލާނިޔާއަށް […]
ޒީލް ޝައިބާގެ އިނގިލީގައި އަނގޮޓި އަޅުވާލަ ދިނުމަށްފަހު އަތްތިލައަށް ބޮސްދީފައި ތޭކްސް މައި ވައިފް އޭ ބުނެލުމަށްފަހު އެބޮޑު ހެދުމާއި އެއްކޮށް ޝައިބާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ރޫމްގެ ބޮކި ނިއްވާލިއެވެ. ***************** ފަލަކު މަޑުމަޑުން ބަލި ގޮތަކަށް ދެލޯ ހުޅުވައިލިއިރު ކައިރީގައި އެނދުގައި ބޯޖަހައިގެން ނިދިފައިއިން ޔޫލް ފެނުމުން ޔޫލްގެ ބޮލުގައި ފިރުމައިލިއެވެ.ފާޚާނައަށް ދާންވެފައި ހުރުމުގެ ސަބަބުން މަޑުމަޑުން ތެދުވެ އައިވީފުޅި ނަގަން އުޅެނިކޮށް ޔޫލްއަށް ހޭލެވުނެވެ.އަދި ފަލަކު ފާޚާނައަށް ދާން ބޭނުންވެގެން އުޅޭކަން […]
ޝިމްލާގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ހަމަ އެސިކުންތު ޝިމްލާ ޚަބަރު ހުސްވެގެން ވެއްޓުނެވެ. ޝިމްލާގެ ހަށގަނޑު ތިރިއަށް ވެއްޓުމުގެ ކުރިން އަލްވިން ހުށިޔާރުކަމާއިއެކު އޭނާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އަދި ގެންގޮސް ސިޓިންރޫމް ސޯފާމަތީ ބޭއްވިއެވެ. “މަންމާ!” އަލްވިންގެ އަޑަށް ޢުލްޔާ ނިކުތީ ކުޑަކޮޓަރިންނެވެ. އޭނާއަށް ފެނުނު މަންޒަރުން ވެގެންއުޅޭގޮތް ފަހުމުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ޝިމްލާގެ ކައިރީ ހުއްޓެމުން ވެގެންއުޅޭގޮތް ކުރުގޮތަކަށް އަލްވިންއަށް ކިޔައިދިނެވެ. އަލްވިން އޭނާގެ ކަންފަތަށް ދެންމެ އެއިވުނު އަޑުތަކަކީ ދޮގަކަށް ވާނެނަމައޭ […]
އަހަރެން ބޯ ހޫރާލުމަށް ފަހު އާދައިގެމަތިން ދިޔައީ ހިނގާލާށެވެ. އެހެން ދުވަސްތަކާ ޚިލާފަށް އަހަރެންގެ އަތުގައި ޓެނިސް ނެތުމުން އަހަރެން ކަސްރަތުކުރުމުގެ ޚިޔާލު ދޫކޮށްލީމެވެ. ގަޑިން 7 ޖަހަންދެން ހިނގާލުމުގަ ވަގުތު ހޭދަކޮށްލުމަށް ފަހު އަހަރެން ދިޔައީ އެޕާޓްމެންޓަށް ވަންނާށެވެ. އޭރު ޖަލީން ފޯނުން ވާހަކަ ދައްކާ އަޑު އިވި އިވި ހުއްޓެވެ. އަހަރެން ފެނުމުން ޖަލީން ފޯނު ބޭއްވުމަށް ފަހު ހެނދުނުގެ ނާސްތާ އަށް އޯޑަރު ދިނެވެ. އޯޑަރު ކުރި ތަކެތި އަންނަން ދެން އަހަރެން ގަސްދުކުރީ ކޮޓަރިއަށް ވަންނާށެވެ. ކުރާނެ ކަމެއް ނެތުމުން ފޯނަށް އަޅާފަ ހުރި ހިތްގައިމު ނަޝީދްތައް އަޑު އަހަން ފެށީމެވެ. އަހަރެން އެންމެ ފުރަތަމަ ވެސް އަޑު އަހަން ފެށީ މިޝަރީ ރާޝިދް އަލް އަފަސީގެ ‘ރަޙްމާން’ އެވެ. ނަޝީދް ކިޔާފަ ހުރި ރީތިކަމާއި އަސަރުގަދަ ކަމުން އެންމެ ހަރު ހިތުގެ ވެރިޔާގެ ހިތައްވެސް އެނގުން ވެލައިގެން ދާނެކަން ގައިމެވެ. […]
މަސައްކަތަށް ގެބިގެން އިން ޒިޔަމް ސިއްސައިގެން ދިޔައީ މީހަކު ބާރަށް ދޮރުގައި ތަޅައިގަތުމުންނެވެ. ބަލާލިއިރު ސާއިމް އެތެރެއަށް ނުވަދެ ދޮރު ތަންމިނަށް ހުޅުވައިގެން ހުއްޓެވެ. “ކިހިނެތްވީ” ޒިޔަމް އަހާލިއެވެ.ސާއިމް ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔަމްއާއި ދިމާލަށް އެއްޗެއް އެއްލާލިއެވެ. ޒިޔަމް ހުޝިޔާރު ކަމާއި އެކީ އެހިފިއެވެ. އަދި އެޔަށް ބަލާލިއެވެ. “އަސްލުވެސްތަ” ހައިރާންވެފައި ޒިޔަމް އަހާލިއެވެ. ހިތް އަވަސްވެފައި ވާ ހާލުގައެވެ. “އަވަހަށް ދާން އުޅޭ” ދެބުމަ މައްޗަށް އަރުވާލުމަށްފަހު ސާއިމް ބުނެލީ ހިނިތުންވެލަމުންނެވެ. “އެކަމަކު ކިހިނެތް” […]
“ތިބުނާ ކުއްޖެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު މި ގަނޑުކޮޅުގައި ލިޔެލާ.” ބަކުރު ކަރުދާސްގަނޑަކާއި ގަލަމެއް އަމްޖަދުގެ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. އަމްޖަދު އޭގައި ހިފުމަށްފަހު ޖީބުން ނެގި ރުމާލުން އޭނާގެ ނިތްކުރިމަތީ ބަބުޅަމުންދިޔަ ދާތިކިތައް ފުހެލިއިރު އެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ. “މިރޭ ޢިޝާގެ ފަހުން އާދޭ! އޭރުން ދެން ކުރިއަށް ގެންދާނެގޮތަކާއިމެދު މަޝްވަރާކުރާނީ” އަމްޖަދު ދިއްކޮއްލި ގަނޑަށް ބަލާލަމުން ބަކުރު ބުނެލިއެވެ. އަމްޖަދު އިންތިޒާރު ކުރަމުންދިޔައީ އިޝާވަގުތަށެވެ. އިޝާ ނަމާދުން މީހުން […]