Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (9)

Psenhi Level 410 Stories100 Comments100 Login
July 15, 2017 2 Mins Read
25 Comments

ޝިމްލާގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ހަމަ އެސިކުންތު ޝިމްލާ ޚަބަރު ހުސްވެގެން ވެއްޓުނެވެ. ޝިމްލާގެ ހަށގަނޑު ތިރިއަށް ވެއްޓުމުގެ ކުރިން އަލްވިން ހުށިޔާރުކަމާއިއެކު އޭނާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އަދި ގެންގޮސް ސިޓިންރޫމް ސޯފާމަތީ ބޭއްވިއެވެ.

“މަންމާ!” އަލްވިންގެ އަޑަށް ޢުލްޔާ ނިކުތީ ކުޑަކޮޓަރިންނެވެ. އޭނާއަށް ފެނުނު މަންޒަރުން ވެގެންއުޅޭގޮތް ފަހުމުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ޝިމްލާގެ ކައިރީ ހުއްޓެމުން ވެގެންއުޅޭގޮތް ކުރުގޮތަކަށް އަލްވިންއަށް ކިޔައިދިނެވެ. އަލްވިން އޭނާގެ ކަންފަތަށް ދެންމެ އެއިވުނު އަޑުތަކަކީ ދޮގަކަށް ވާނެނަމައޭ އެތަށް ފަހަރަކު ހިތަށް އެރިއެވެ. އެވަގުތު އަލްވިންއަށް ހީވީ އަނެއްކާވެސް އޭނާގެ ލޯބި އޭނާގެއަތުން ބީވެގެން ދާންއުޅޭހެންނެވެ. އެދެލޮލުގައިވީ ބިރުވެރިކަމެވެ.

އެތަށް އިރަކު ފެންއުނގުޅާ ހެދުމަށްފަހު ހޭނޭރުމުން އަލްވިން އޭނާގެ ފޯނުނަގާ ނަންބަރު ތަކަކަށް ޑައިލް ކޮށްލިއެވެ.

***

ޝިމްލާ ހޭއެރުމުން ޝިމްލާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިޔައީ އަލްވިންއެވެ. ކޮޓަރިއަށް ވަދެވުމުން އަލްވިން ޝިމްލާގެ ކިބައިން އެދުނީ އެރޭވީ ހުރިހާ ކަމެއް ކިޔާދިނުމަށެވެ. ޝިމްލާ ވިސްނާލަން އިރުކޮޅަކު އިނުމަށްފަހު ފުރަތަމަވެސް ފެއްޓީ ސާޝާގެ ވާހަކައެވެ. ސާޝާއާއި ފުރަތަމަ ދިމާވި ރެއިން ފެށިގެން އެދެމެދުގައި ހިނގި ހުރިހާ ކަމެއް އަކުރުން އަކުރަށް އެއްވެސް ކަމެއް ވަންހަނާ ނުކޮށް ޝިމްލާ އަލްވިންއަށް ކިޔައިދިންއިރު އޭނާގެ ދެން އަލްވިން ޢަމަލުކުރާނެ ގޮތެއް ނޭނގޭހާލު އޭނާ އެކަމާ ކުޑަކޮށްވެސް ޖެހިލުމެއްނުވެއެވެ. ނުވިތާކަށް އޭނާ މިހާރު ބޭނުންވަނީ އަލްވިންއާއި ވީހާބޮޑަކަށް ދުރުވާށެވެ. ނަމަވެސް އޭނާގެ އުޅުމަށް މިއަންނަ ބަދަލުތަކުގެ ސަބަބުން ޚުދު އޭނާވެސް ހައިރާންވާހާވެއެވެ.

ޝިމްލާގެ ވާހަކަތައް އަޑުއަހަމުންދިޔަ އަލްވިންއަށް އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނާގެ ހިތުގައިވެސް ތަކުރާރުކޮށް އުފެދެމުންދިޔައީ ޖަވާބު ހޯދަންދަތި ސުވާލުތަކެކެވެ. އެއީ ކީއްވެ ހެއްޔެވެ؟ ކޮންމެ ފަހަރަކު އޭނާގެ ސޫރަޖެހިގެން އޭނާގެ ލޯބިވާ މީހުންނާއި ދިމާކުރަނީ ކީއްވެ ހެއްޔެވެ؟ އޭތީގެ މަޤްސަދަކީ ކޮބާހެއްޔެވެ؟ ކުރީ ފަހަރު މައިޝާއެވެ! މިފަހަރު އަނެއްކާ…

“ނޫން! މިފަހަރަކުނޫން” އަލްވިންގެ އަނގައިން އެބަސްތައް ބޭރުވުމާއިއެކު ޝިްލާއަށް އަލްވިންގެ ލޮލަށް ނަޒަރު ހުއްޓާލެވުނެވެ. އެވަގުތު އަލްވިންގެ ލޮލުގެ ތެރެއިން ޝިމްލާއަށް ފެނުނީ ރިހުމެވެ. އަލްވިން އޭނާގެ މާޒީ ޝިމްލާއަށް ކިޔައިދޭން ނުހަނު ބޭނުންވިއެވެ. ޝިމްލާދެކެ ވާ ލޯބި ބުނެދޭން ބޭނުންވިއެވެ. ދެވަނަ ފަހަރަށް އޭނާ ލޯބިވާ ފަރާތް ގެއްލެން ނޭދޭކަން ހާމަކުރަން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ދުލުގައިވަނީ ތަޅެއްލެވިފައެވެ. ހިތް ބުނާކަހަލައެވެ. އަލްވިންއެވެ! ތިޔައީ ކުށެކެވެ. ފުރަތަމަ ލޯބި ބީވީވެސް އަލްވިންއާއިއެކު ކައިވެނީގެ ގޮށުން ބަނދެވުނު ރެއެވެ. ދެވަނަ ފަހަރަށްވެސް ތިބާ ލޯބިވާ ފަރާތް ގެއްލުވާލަން މަސައްކަތް ނުކުރާށެވެ. އޭނާގެ އަމިއްލަ ހާލަށް އޭނާ ދޫކޮށްލާށެވެ. އަލްވިންއަށް އޮތީ ޝިމްލާއާއި ވަކިވުމެވެ.

އަލްވިން އޭނާގެ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އަދި ދެފަރާތަށް ބޯ ހަލުވާލާއެވެ. ދެން ފެނުނީ ކޮޓަރިން ނިކުމެގެން ދިޔަތަނެވެ. އެމަންޒަރު ބަލަން ޝިމްލާއިނީ ހައިރާންވެފައެވެ.

ކްލާސް ނިމުމުން ޝިމްލާ ބޭރަށް ނިކުމެ ގެއަށް ދާން ހިނގައިގަތީ ޝާނާއާއި އެއްކޮށެވެ. ޝާނާއަކީ ޝިމްލާއަށް ކްލާހުން ލިބުނު ހިތްހެޔޮ ރަޙުމަތްތެރިއެކެވެ. މިހާރު ގެއަށްދަނީވެސް އެދެކުދިން އެއްކޮށެވެ.

“ކޮއްކޯ!” ޝިމްލާގެ ކޮނޑުމަތީ އަތް ބާއްވާލަމުް އެމީހަކު ޝިމްލާއަށް ގޮވާލިއިވެ.

“ނޭނގުނު ކާކުކަމެއް!” ޝިމްލާ އެމީހަކާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ.

“ކޮއްކޮ ތީ މާލޭ ކުއްޖެއްތަ؟” ކައިރީގައި ދެން ހުރި މީހާ ސުވާލުކޮށްލުމުން ޝިމްލާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯހޫރާލިއެވެ. އެމީހާގެ މޫނަށް ފުންކޮން ނަޒަރުހިންގާލުމުން ކޮންމެވެސް ތަނަކުން ފެނުނު މީހެއްހެން ހީވިއެވެ. ދެން އެމީހަކު ބުނި އެއްޗަކުން ޝިމްލާގެ ދެބުމަ ހިއްލާލެވުނެވެ.

-ނުނިމޭ-

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ޓެކްސީ (އަށްވަނަ ބައި)

Next

ބަދަލު

Next
July 16, 2017

ބަދަލު

Previews
July 15, 2017

ޓެކްސީ (އަށްވަނަ ބައި)

25 Comments!

  1. Psenhi says:
    July 15, 2017 at 10:54 pm

    Psenhi ah engey unmeedh kuri varahvureves kurukan mi part. Ekmvs mifahar veegoi. 🙁
    Dhen faharakun rangalhuvane Insha Allah

  2. lyn says:
    July 15, 2017 at 11:02 pm

    Alhey ekam maabodah ves kuru mi part..v kiyaahithun indha…why.? 🙁

  3. Psenhi says:
    July 15, 2017 at 11:08 pm

    I’m not feeling well…

  4. Adha? says:
    July 15, 2017 at 11:20 pm

    Alhey haadha curious kohlaafa thi ninmaaly.. mihaaru eba heevey saasha eyee alvin aa jassaalaigen ulhey jinni eh ehen? maybe fandithaige kameh kanneynge?hmm.. can’t wait to read the next ep dear.. kurakass mi part ves varah reethi.. gws dear??❤

  5. ROMAN REGINS says:
    July 15, 2017 at 11:25 pm

    It’s OK but story nice and get well soon

  6. khajja says:
    July 15, 2017 at 11:39 pm

    Alhey haadha kurey??? but stry v cute masha allah?☺ when nxt prt mi site ge stry thah mihaaru genesdheygothun baeffaharu foohivesvey mihaaru mivaguthu mi site ga stry liyaa hurihaa writers ves 3 dhuvahun 1 dhuvahu kahala gothakah stry up kurany ehenve v sad?? ehennoony vakihisaabakun stry ah vaagothenneygi hutte dhaane kykkuraany kiyaamyhunginavyma kanneynge ekam emmen eggoiynuvaane kanves engey kameh dhimaavedhaane ekam emmenah effaharaa evvaguthaku dhimaavumaky v naadhirukameh dhw vaagoiyves angaalaanama readers ves hiyhamaves jeheyne dhw anyway mistry v rythi v inthizaaru kurevey mistry ah alvinge dhiri ulhumaa kulhe fanditha hadhaamyhaa dhw shimlaa aa evaahaka dhakkany ekam keevve myhunge dhiriulhumaa egothan ekulheny???? when nxt prt avahah up kolla dhechchey plx can’t wait plx plx plx

  7. nux says:
    July 15, 2017 at 11:43 pm

    v nice mi partvess outstanding ???next part avass kohlahchey n gws dear ??

  8. Merr says:
    July 15, 2017 at 11:52 pm

    Varah kiyaa hithun huree ❤
    Ekam haadha kurey ?

  9. who am i? says:
    July 16, 2017 at 5:20 am

    wow vvv salhi ??
    bt haadha kurey
    waiting fr nxt part..

  10. Nash says:
    July 16, 2017 at 6:04 am

    Midhn boduvaru ekm.. dhamakun badieh jahaahen vaahaka mi up vany eves dhefolhuvaiy… mihaaru esfiya site kamaku nudhay…. 3 dhuvas vaairuves new part eh kiyaalan nulibay??

    1. Star Boy says:
      July 16, 2017 at 9:20 am

      Esfiya site eh noon kamunudhany,, liya meehun kamunudhany,, site akun noon up kurany,, liya meehun up kurany

  11. Hajja says:
    July 16, 2017 at 7:00 am

    Maabodah ves kuree…..kamaku nudhey ehaa kuruveema eh

  12. Hussen Twęñtÿ says:
    July 16, 2017 at 8:59 am

    Layan Ibrahim UmEy Monalisa Jay

    1. Monalisa Jay says:
      July 16, 2017 at 9:04 am

      ehennaa 😀

  13. Psenhi says:
    July 16, 2017 at 9:44 am

    Thnkx everyone. Happy 2 have comments from new readers. Adhi rangalhuvane Insha Allah 🙂

  14. zainab says:
    July 16, 2017 at 10:06 am

    den meehaku rulhi aisgen ehche bunefiyaa ebuni meeha nulafa vaanee ehen veema ma angaiga zip alhuvaifin

  15. Lilllii♡♡ says:
    July 16, 2017 at 2:00 pm

    Wow.. im so curious.. love it..??

  16. Nothing to say says:
    July 16, 2017 at 3:05 pm

    Wow vv reethi vaahaka eh waiting 4 next part

  17. ibbe says:
    July 16, 2017 at 4:31 pm

    eyy hama v salhi story
    ummedhu kuran kaaku ge comment eh kan ingeyne kamah

    1. Psenhi says:
      July 18, 2017 at 12:18 am

      Ya engijjeye. Thnkx

  18. Nasiha Ahmed Nasiha says:
    July 16, 2017 at 4:59 pm

    Humey Humey

  19. Ish says:
    July 16, 2017 at 5:09 pm

    Actually vaahaka liyuntherin up kurevunu varakun uploaded kurey dhww… They try their best… So aslu ehves meehakah ehves ehcheh buneveykah noannane… Emeehakah rangalhu nooniyya nukimun enme rangalhee… Btw thia story is awesome… Keep it up…?

    1. maroon says:
      July 17, 2017 at 8:01 pm

      ??? v thedhu…eves insaanun. Hama ekani vaahaka liyun ekani noon onnaany.. offyhah dhamun adhi ehen kanthah kuramun vaahaka liye genesdheny ,balives vaane… psenhi dhuvahakuves story eh nunimmaa nei.. she can do it.in sha allah she will. v salhi mi part. Waiting ❤❤❤❤ gws

  20. Psenhi says:
    July 16, 2017 at 6:10 pm

    Thnkx ol. Thikahala comments kiyalyma v hivvarulibey kuriah dhan. N I don’t mind c in negative comments as well 🙂

  21. Umey says:
    July 18, 2017 at 6:56 pm

    Konirukun next part upload kon kuranyy .. waiting for next part

Comments are closed.


All Right Reserved!