ކުރީގެ އަދަދާއި ގުޅޭ : ” އާހިލް ތިހެން އުޅެންޏާ، އަހަރެން ބުނަން ބޭނުންވާ އެންމެ ބޮޑު ވާހަކަ ދެން ކިހިނެއް އާހިލްއަށް ކިޔައިދޭނީ ..؟ ” ވެފައިވާ ދެރައިން ޒާރާގެ ހިތުގައި އުފެދުނީ ޝަކުވާއެކެވެ. ” އާހިލްއަށް އަދިވެސް ގަބޫލެއް ނުކުރެވޭތަ؟ ” އޭގެ އަނެއްދުވަހު އޮންލައިން ވެފައި ޒާރާ، އާހިލްގާތުގައި އަހާލިއެވެ. ” އާނ .. ނުކުރެވޭ .. ކިހިނެއް އަހަރެން ގަބޫލް ކުރާނީ .. އެވާހަކަ ބުނީ އަހަރެން އެމީހަކަށް އިތުބާރުކުރާ މީހެއްވިއްޔަ […]
އަހަރެންގެ ސިފަޖެހިގެންހުރި އެނުބައި މީހާ އަހަރެންގެ ލޯބިވެރިޔާ ގެންގޮސް ރެއިލިންގެ މަތީ ބޭންދުމަށްފަހު އަތްދޫކޮށްލީ އަހަރެންގެ ކުރިމަތީއެވެ. މައިޝާ ކައްސާލައިގެން ތިރިއަށް ވެއްޓުނުއިރު ނުކުޅެދޭ މީހެއް ފަދައިން އެދިމާއަށް އަތްދިއްކޮށްގެން އެއިންގޮތަށް އަހަރެން އިނީމެވެ. ދެން ފެނިގެން ދިޔައީ އަހަރެން ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ސިފައެއްގައިވާ އެއްޗެކެވެ. އަހަރެންގެ ސިފައިގާ ހުރި އެތި އޭގެ އަސްލު ސިފައަށް ބަދަލުވުމަށްފަހު ވައިގެތެރެއަށް ގެއްލިގެންދިޔައީ ވަޔާދާ ސައިބޯނި ބޮކިތަކެއް ފަދައިންނެވެ. އެއާއިއެކު އަހަންނަށް ކޮޅަށް ތެދުވެވިއްޖެއެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި […]
ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިނިވަންދުވަހު، ރަށުގެ ކުދިބޮޑު އެންމެން، ކުޅިވަރު ކުޅޭ ސަރަހައްދަށް އެއްވަމުންދާ ހަވީރުގެ ވަގުތުގައި، ދެލޯބިވެރިން ބައްދަލުކުރުމަށް ހަމަޖެހިފައި އޮތީ މީހުން އެންމެ މަދު، ގަސްތައް ގިނަ ހިސާބުންނެވެ. ގަސްތަކުގެ ތެރޭގައި ހުރި އާހިލް ހުރީ އޭނާގެ ލޯބިވެރިޔާ ޒާރާގެ އިންތިޒާރުގައެވެ. ޒާރާއާ ބައްދަލުކޮށްނުލެވޭތާ ހަފްތާ އެއްވެފައިވުމުން، އާހިލްގެ ކެތްތެރިކަންވެސް ހުރީ ކޮޅުންލުމާއި ގާތްވެފައެވެ. އާހިލްގެ މި އިންތިޒާރަށް ނިމުމެއް އައީ ތަންކޮޅެއް ދުރުން ޒާރާ ހިނގާފައި އަންނަތަން ފެންނަން ފެށުމުންނެވެ. ޒާރާއަކީ […]
ކަޅުފޮއި އަނދިރި ރޭގަނޑެވެ. މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭތެރޭ، ކަނާތްފަރާތުން އޮތް ގޯޅިން ލަނބާލި އަޔާނީ، ދެފައިގައި ހުރި ބާރެއްލާފައި ދުވަމުން ދިޔައިރު، މައިނޭވާލެވެއެވެ. ވައިގަދަކަމުން މަގުގެ ދެފަރާތުގައިވާ ބޮޑެތި ގަސްތައް ހީވަނީ، ދެންމެ ދެންމެ މުލުން ލުހިގެން ހިނގައިދާނެހެންނެވެ. ގަސްގަހުގައިވާ ފަތްތައް އޮފިގަނޑުން ވަކިވެގެން އުދުހެމުންދާއިރު ހީވަނީ، ކުޑަވަރެއްގެ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ނަމަވެސް، މިއިން އެއްވެސްކަމަކަށް ފަރުވާލެއްނެތި ދުވަމުން ދިޔަ އަޔާނީގެ ދެލޮލުގައިވަނީ ބިރުވެރިކަމެވެ. މަގުގެ ނިމޭހިސާބަށް […]
“އަމް ސޮރީ އައި ވޯސް ރޯންގް. ބަޓް އައި ވޮނަ ނޯ އެވްރިތިން އެބައުޓް ހާރ ފްރޮމް ޔޫ.” ޝިމްލާ އަސަރާއިއެކު ބުނެލިއެވެ. ޝިމްލާގެ އަތުގައިވާ ފޮޓޯގައި އަލްވިން ހިފީ ތުރުތުރުލައި އޮތް އަތަކުންނެވެ. ފޮޓޯގަނޑަށް އެއްފަހަރު ޝިމްލާގެ މޫނަށް އަނެއްފަހަރު ބަލާލުމަށްފަހު ފޮޓޯގަނޑު ގެނެސް މޭގައި ޖައްސާލަމުން ލޯމަރާލިއެވެ. ލޯމަރާލައިގެން ސޯފާގައި އިން އަލްވިން ފެނި ޝިމްލާގެ ހިތަށް ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ވެރިވިއެވެ. ލޯމަރާލައިގެން އޮތް ނަމަވެސް އެލޮލުގެ ފުރަގަހުގައިވާ ހިތާމަ ފާޅުވާފަދައެވެ. އެ […]
ހޮސްޕިޓަލުން ނިމިގެން ލަސްނުކޮށް އަހަރެން ދިޔައީ ނާއިމްގެ ގެއަށެވެ. ބާރު ހިގުމެއްގައި ގޮސް ގޭގެ ދޮރުގައި ޓަކި ޖަހާލީމެވެ. އޭރު އަހަރެންގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. “ނާއިމް އެބައުޅުއްވާތޯ” ދޮރު ހުޅުވީ ނާއިމްގެ މަންމައެވެ. ” ނޫން، ނާއިމްގެ ރައްޓެއްސެއް ދޯ” އަހަރެން ދިޔަ ވަގުތަކީ ނާއިމް ބޭރުގައި އުޅުނު ވަގުތެކެވެ. ނާއިމް ނެތުމަކީ އަހަރެން އުއްމީދުކޮށްގެން ހުރި ކަމަކަށް ނުވި ނަމަވެސް ނާއިމް ނެތުމުން އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ޒަރާއާއި ސީދާ […]
އަރުޝީ ހެދުން ފައިދަށުން ދަމައިގަތުމަށްފަހު އާރާވް ދުރަށް ކޮއްޕާލީ އެއްވެސް ހިލޭ ފިރިހެނަކު އަރުޝީ ގައިގާ އަތްލުމަކީ އަރުޝީއަށް ރުހެވޭނެ ކަމަކަށް ނުވާތީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކުރެވުނު ކަންތަކާ ދެރަވިއެވެ.އާރާވް އުޅުނީ އަރުޝީއަށް އެހީވެދޭށެވެ. ބަދަލުގައި އަރުޝީ މިކުރީ ކީއްހެއްޔެވެ. ” އާރާވް ވަރަށް ބޮޑަށް ސޮރީ.. އަސްލު އަހަރެން… އެގޮތަކަށް ނޫން….” އަރުޝީއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ. މިފަހަރުވެސް އާރާވް ލުއިގޮތަކަށް ހީލިއެވެ. މިމަންޒަރުފެނި އަރުޝީ ހައިރާންވިއެއްކަމަކު ލަދުވެސް ގަތެވެ. ހަތްވަނަ ބަޔަށް […]
“އައި އެމް ސޮރީ މިސްޓަރ ރިވާއު. ހީ އިޒް އިން ކޯމާ. ވޭ ކާންޓް ސޭ އެނީތިންގ ޓިލް ހޭ ވޭކްސް އަޕް.” ރިވާއުގެ ކޮނޑު މަތީގައި އަތް ބާއްވާލަމުން ޑޮކްޓަރު ބުނެލި ވާހަކައިން ރިވާއު ހުރީ ގަނޑުވެފައެވެ. މިވީ ކިހިނެތް ހެއްޔެވެ. މަންމަ އަށް ދެން ވާނީ ކިހިނެތްބާވައެވެ. އެ ފަކީރު ރޮއެ ރޮއެ ހަލާކުވެދާނެއެވެ. މިފަދަ ޚިޔާލުތަކުން ރިވާއުގެ ސިކުނޑި ހާސްކުރަމުން ދިޔައެވެ. ދުރުގައި ހުރި ރަޔާންވެސް ހުރީ އެފަދަ ހާލެއްގައެވެ. މަޑު ހިގުމެއްގައި […]
ދަރިފުޅާ ޒޫމީ އަވަސް ކޮށްބަލަ ގަނޑި ޖެހެނީޔޭ…މިމަންޖެއަކަށް ނޭނގޭނެ އެއްވެސް ކަމެށް އަވަސް ކުރާކަށް.މަންމާ މި ނިމުނީޔޭ.އަމީނާ ހާދަ ފޯރިއެއް އެބަ ހުއޓޭ ދޯ! ސަލީމު ބުނެލިއެވެ.ޒޫމީ އަކީ އަމީނާ އާ ސަލީމުގެ ހުރިހަމަ އެކަނި ދަރިފުޅެވެ. އުމުރުން ވާނީ 10 ވަރަކަށް އަހަރެވެ.އާ….ސަލީމް އަށް އިނގެއެއްނު މަ ފުވަމުލަކށް ދާ ހިތްވާވަރު.އަމީނާ ހީލާފާ ބުނެލިއެމެވެ.އެހެންނޫނަސް އެއޮތީ އެއާރޕޯޓާ އެއޗެހި ހަދާފަ.ކުރިން ދިޔައިރު ހޮނޑު ލިޔަސް މި ހާރަކު ހޮނޑު ލާކަށް ނުޖެހޭނެ…ސަލީމު އާ އަމީނާ މީގެ […]