Skip to content
އެސްފިޔަ

މިލްކު ކޮށްލީ ހިތޭ……19(ފަހުބައި)

ޒީލް ޝައިބާގެ އިނގިލީގައި އަނގޮޓި އަޅުވާލަ ދިނުމަށްފަހު އަތްތިލައަށް ބޮސްދީފައި ތޭކްސް މައި ވައިފް އޭ ބުނެލުމަށްފަހު އެބޮޑު ހެދުމާއި އެއްކޮށް ޝައިބާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ރޫމްގެ ބޮކި ނިއްވާލިއެވެ.

*****************

ފަލަކު މަޑުމަޑުން ބަލި ގޮތަކަށް ދެލޯ ހުޅުވައިލިއިރު ކައިރީގައި އެނދުގައި ބޯޖަހައިގެން ނިދިފައިއިން ޔޫލް ފެނުމުން ޔޫލްގެ ބޮލުގައި ފިރުމައިލިއެވެ.ފާޚާނައަށް ދާންވެފައި ހުރުމުގެ ސަބަބުން މަޑުމަޑުން ތެދުވެ އައިވީފުޅި ނަގަން އުޅެނިކޮށް ޔޫލްއަށް ހޭލެވުނެވެ.އަދި ފަލަކު ފާޚާނައަށް ދާން ބޭނުންވެގެން އުޅޭކަން އެނގުމުން ޔޫލް ފަލަކު ފާޚާނައަށް ގެންދިޔުމަށްފަހު ގެނެސް އެނދުގައި މަޑުމަޑުން ބޭއްވުމަށްފަހު ފަލަކުގެ ނިތްކުރިއަށް ނުހަނު ލޯބިން ބޮސްދިނެވެ.ޔޫލްގެ ދެގޮތެއް ނުވާ ލޯބިފެނިފައި ފަލަކުގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ލަވް…ލެޓްމީ ޓޭކް އަ ގުޑް ކެއަރ އޮފް ޔޫ އެންޑް އަވަރ ބޭބީ”ޔޫލް ފަލަކުގެ ބަނޑުގައި އަތް އަޅާލާފައި ބުނެލި އެއްޗަކުން ފަލަކުގެ ދެލޯ ބޮޑުވެގެންދިޔައެވެ.އަދި އިސާހިތަކު އެ ދެލޯ ފެންކަޅިވެގެން ދިޔައީ ހިތަށް ވެރިވެގެން ދިޔަ އުފަލެއްގެ ބޮޑުކަމުންނެވެ.ޔޫލް ވެސް މިއޮއްހުރިހާއިރު އެވާހަކަ ނުބުނެ އެ ހުރީ ކުއްލިއަކަށް އެޚަބަރު ލިބުމުން ފަލަކުގެ މޫނުމަތިން ފައުޅުވާން އެހުރި އުފާވެރިކަން ދެކިލާ ހިތުންނެެވެ.ފަލަކުއެއީ ޔޫލްގެ ހިތަށް ވާއިރު، އެދެމީހުންގެ ލޯބިން މިދުނިޔެއަށް އުފަންވާ ކުޑަ ދަރިފުޅު ވާނީ އެހިތުގެ ވިންދަށެވެ.ފަލަކު މޫނުމަތީގައިވާ ހިނިތުން ވުމަކީ ޔޫލްގެ ހިތުގެ ފިނިކަމެވެ.ޔޫލް ގޮނޑިން ތެދުވެ ކުޑަކޮށް ގުދުވެލާފައި ފަލަކުގެ ގައިގައި ބައްދާލީ ރޭ ހަތަރު ދަމުއްސުރެ އެކަމަށް ކެތްމަދުވެފައި ވާތީއެވެ.ނާރސަސް ކައުންޓަރުގައި ތިބި ކުދިންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ވާތަން ފެނުމުން ފަލަކު ލަދުން ޔޫލް ދުރުކޮށްލުމަށްފަހު މީހުން އެބަ ބަލައޭ ބުނެލިއެވެ.

“ސޯ ވަޓް……މަގޭ ޙަލާލު އަނބިމީހާ އެއްނު..”ޔޫލް ގޮނޑީގައި އިށީންނަމުން ބުނެލި އެއްޗަކުން ފަލަކުއަށް ލަދުން އިސްޖަހާލެވުނެވެ.ޔޫލް ފަލަކުދެކެ އެވަނީ ހާދަ ލޯތްބެކެވެ.ކޮންމެ އަންހެން ކުއްޖަކަށްވެސް އެހާ ލޯބިވާނެ ފިރިއަކު ލިބޭނެ ނަމަ ކިހާ ރަނގަޅުހޭ ފަލަކުގެ ހިތަށް އެރިއެވެ.

“މަންމާ…….”

ފީމޭލް ވޯޑަށް ވަދެގެން އަންނަ އަފީފާ ފެނުމުން ފަލަކުއަށް ބުނެލެވުނެވެ.ފަލަކު އެހެން ބުނުމުން ޔޫލްވެސް އެނބުރި ފަހަތަށް ބަލައިލިއެވެ.އޭރު އަފީފާ އައިސް ފަލަކު ބާއްވާފައި އޮތް އެނދާއި އަރައި ހަމަވަނީއެވެ.

**************

ކައިވެންޏަށްފަހު ޝައިބާ ބަދަލުވީ ޒީލް ހިފައިގެން އުޅޭ އެޕާޓްމެންޓަށެވެ.ޒީލްގެ ދޮންތަވެސް ހަފްތާއަކު މާލޭގައި މަޑު ކުރުމަށްފަހު ފުރައިގެން އައްޑޫއަަށް ދިޔައީ އޭނާއަކީ ނަރުހަކަށް ވެފައި ނަގައިގެން އައި ޗުއްޓީ ހަމަވާތީއެވެ.ކޮންމެފަދަ ހާލަތެއްގައި އެމީހުންގެ ކައިވެނި ކުރެވިގެން ދިޔަ ކަމުގައި ވިޔަސް ދެމީހުންވެސް މިހާރުވަނީ އެކަކު އަނެކެއްގެ މައްޗަށް ހިތްޖެހި އުފާވެރި ޙަޔާތެއްގައެވެ.ޒީލްފަދަ އޯގާތެރިއަކު ޙަޔާތުގެ ބައިވެރިއަކަށް ލިބުނީތީ ޝައިބާ މިއަދު އުފާކުރެއެވެ.

***************

“ދަރިފުޅާ…..މަންމަ މިހުރީނު…ދަރިފުޅުދޭ އަރާމު ކޮށްލަން…ގެނޭ މަންމަ އިސްތިރި ކޮށްލާނަން..”
ޔޫލް ހޮސްޕިޓަލަށް ދަމުން މަންމަ ގާތު ފަލަކު ބަލާލައްޗޭ ކިޔާފައި ދިޔުމުން ސީމާ އައިސް ޔޫލްމެންގެ ކޮޓަރި ދޮރު ހުޅުވައިލިއިރު އިސްތިރިކުރަން ހުރި ފަލަކު ފެނުމުން އައިސް އިސްތިރި އަތުލާފަައި ބުނެލިއެވެ.

“މަންމާ…އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނުވެޔޭ….ޔޫލް ހިތްހަމަ ނުޖެހޭތީ ޑިއުޓީއަށްވެސް ނުދާންފެށީ….އެހެންވެ ކަމެއް ނުކޮށް ހުންނަންވީމަ ހަމަ ފޫހިވަނީ.މަންމާ..އެހެން ނޫނަސް އަދި ވިހަންވެސް ހަތްމަހަށްވުރެ ގިނަދުވަސް އެބައޮތް…..”

ފަލަކު ޝަކުވާ ކުރާ ގޮތަށް އެހެން ބުނެލުމުން ސީމާގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.އިސްތިރި ބައިންދާފައި އައިސް ފަލަކުގެ ގާތުގައި އިށިނދެ ހަމަ ޖެހިލުމަށްފަހު ވަރަަށް ލޯބިން ފަލަކުއަށް ބަލާލައިފައި ވާހަކަ ދެއްކިއެވެ.
“މަންމައަށް އިނގޭ ދަރިފުޅު ފޫހި ވާނެވަރު….އެކަމަކު ބައްޕަވެސް ބޭނުމެއް ނުވޭ ދަރިފުޅު އިހަށް ޑިއުޓީއަށް ނިކުންނާކަށް…ބަނޑަށް ފަސްމަސްވަރު ވީމަ މަންމަ ބައްޕައާއި ވާހަކަ ދައްކާނަން އިނގޭ…”މަންމަގެ ވާހަކަ އަޑުއަހާފައި ފަލަކު ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހޭގޮތް ވިއެވެ.

****************

“ދެން ޒީލް….ވަރަށް ހީލި ކަރުވަޔޭ….އަޅެ ނޫން…..”ޝައިބާއާއި ޒީލް އެނދުމަތީގައި ސަކަރާތް ޖަހަމުން ދިޔައީ ދެ ކުޑަކުދިން ފަދައިންނެވެ.އެންމެ ފަހުން ސަކަރާތް ޖަހާޖަހާ ވަރުބަލި ވެގެން ޝައިބާ ޒީލްގެ މޭގައި ބޯ އަޅައިގެން އޮށޯވެ ހަމަޖެހިލިއެވެ.

“އިނގޭ އަދި މާ އަވަސްކަން….އެކަމަކު ލެޓްސް ހޭވް އަ ބޭބީ ދޯ”ޒީލް ޝައިބާގެ މާފަން ނޫން އިސްތަށިކޮޅާއި އަތުން ލޯބި ކޮށްލަމުން ވާހަކަ ދެއްކިއެވެ.ޝައިބާއަށް ޒީލްގެ މޭމަތީގައި އަޅާފައި އޮތް ބޯ ހިއްލާލުމަށްފަހު ޒީލްއަށް ބަލައިލެވުނީ އެ އަޑުގައިވި ސީރިއަސް ކަމަކުންނެވެ.ފަލަކު ބަނޑުބޮޑުވި ޚަބަރު ލިބުމުން އެނާވެސްވަނީ ވަރަށް ދަރިއަކު ބޭނުން ވެފައެވެ.

************

ޔޫލް ޑިއުޓީ ނިންމާލާފައި އައި އިރު މަންމައާއި ފަލަކު ސިޓިންގ ރޫމުގައި ދެމައިންގެ އަމިއްލަ ވާހަކައަށް ގެއްލިފައި ތިއްބެވެ.ޔޫލް ފެނުމުން ސީމާ ސޯފާއިން ތެދުވެ މަންމަ މިދަނީ ރައްޓެއްސަކާއި އެއްކޮށް ފިހާރައަކަށްށޭ ކިޔާފައި ގޮސް ކޮޓަރިއަށްވަދެ ވޮލެޓް ހިފައިގެން ނިކުމެގެން ހިނގައްޖެއެވެ.

ފަލަކުވެސް ރިމޯޓް ނަގައި ޓީވީ ނިވާލުމަށްފަހު ޔޫލްގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު ޔޫލްއަށް ކުރިމަތިލިއެވެ.އަދި ޔޫލްގެ ޓައީ ދޫކޮށްލަ ދިނުމަށްފަހު ގަމީހުގެ ގޮށްތައް ނައްޓުވައިދޭން ފެށުމުން،ޔޫލް ފަލަކުގެ އަތުގައި ހިފެހެއްޓިއެވެ.

“ވޯވް…ބަލިވެ އިނީމަ މަގޭ ވައިފް ހާދަ ރޮމޭންޓިކްވެސް ވެއްޖޭ…އައި ޖަސްޓް ލަވް އިޓް…..”ޔޫލްގެ ލާނެތް ބަސްތަކުން ފަލަކު ހަމަ ރަނގަޅަށްވެސް ލަދުގަނެއްޖެއެވެ.ފަލަކު ދެން ޔޫލް އޭ ކިޔައި ލަދުންގޮސް ޔޫލްގެ މޭގައި އަޅައި މޫނު ފޮރުވައިލިއެވެ.ޔޫލް އެވަގުތު ގެނައި ހަރަކާތަކާއި އެކު ފަލަކު އޮތީ ޔޫލްގެ ބާރުގަދަ އަތްދަނޑި މަތީގައެވެ.

އެނދުމަތީގައި މަޑުމަޑުން ފަލަކު ބޭއްވުމަށްފަހު ޔޫލްވެސް ފަލަކުގެ ގާތުގައި އޮށޯވެ ބަނޑުގައި ބައްދާލީ ދަރިފުޅު ދެކިލާހިތުން ކެތްމަދު ވެފައިވާ ޙާލުގައެވެ.ދެމަފިރިން އެކަކު އަނެކެއްގެ އަތުތެރޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލުމަށްފަހު ފެންވަރައިގެން ނިކުމެ ތައްޔާރުވެލީ ފަލަކު މަންމަމެން ގެއަށް ގޮސްލުމަށެެވެ.ދުވަސްތައް އެ ގޮތުގައި ފާއިތުވަމުން ދެއެވެ.

************

=6 މަސް ފަސް=

ހޮސްޕިޓަލުން ނިކުތް ގޮތަށް ޝައިބާއަށް ޒީލްގެ އަތުގައި ހިފައިގަނެގެންފައި ރޮވެން ފެށިއެވެ.މިފަހަރުވެސް ލިބުނީ ހަމަ ނެގެޓިވް ރިޕޯޓެކެވެ.ދަރިއަކު ބޭނުންވެގެން މަސައްކަތް ކުރާތާ ހަމަސްވެގެން ދިޔައީއެވެ.ޒީލް ޝައިބާއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.ކޮންމެ ކަމެއްވެސް ވާނީ އެކަމެއްގެ ވަގުތު އައިސް ޖެހުމުން ކަމަށްވީތީ އަހަރެމެން އިންސާނުންގެ އަތްމަތީގައި އޮތީ ސާބިތުކަމާއިއެކު އެކަމަކަށް އެދި ދުޢާކުރުމެވެ.

***********

އަށްމަހުގެ ބަނޑާއިއެކު ފަލަކުއަށް މިހާރު ހިނގާ ބިނގާވެ އުޅުމަކީވެސް އުނދަގޫ ކަމެކެވެ.ބަލާބެލުމަށް ހީވަނީ ދެންމެ ދެންމެ ވިހަން ބަނޑުގައި ރިއްސައިގަނެފާނެ ހެންނެވެ.

“ދަރިފުޅާ ދައްކަބަލަ ފައި….މަންމަ ބުނީމެއްނު ފައި އެލުވައިގެން ނީންނައްޗޭ…ބަލާބަލަ މިހާރުވެސް ދުޅަވެލާފައި އޮތްވަރު”ފައި އެލުވާލައިގެން ސިޓިން ރޫމުގައި ޓީވީ ބަލަން އިން ފަލަކުގެ ފައިދަށަށް ގޮނޑިއެއް ލަމުން ސީމާ ވާހަކަ ދެއްކިއެވެ.

“އައްސަލާމް ޢަލައިކުމް….”ސަލާމް ގޮވާލާފައި އެތެރެއަށް ވަދެގެން އައި އަފީފާއަށް ފަލަކުގެ ފޮއްސިވެގެންގޮސް ދުޅަވެފައިވާ ފައިތިލައިގައި ތެޔޮ ދަމައިދެމުން ދިޔަ ސީމާ ފެނިފައި އޭނާ ހިތަށް ބުނެދޭންވެސް ދަތި އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.ސީމާއަކީ އޯގާތެރި ހިތްހެޔޮ މައިދައިތަ އަކަށް ވާނެކަމާއި މެދު އަފީފާ ކުޑަކޮށްވެސް ޝައްކު ކޮށްފައެއް ނުވެއެވެ.ނަމަވެސް ސީމާ ފަލަކުދެކެ އަމިއްލަ ދަރިއަކު ފަދައިން ވާ ލޯތްބާއި އެ އަޅައިލާ އަޅާލުން އަމިއްލަ ލޮލުން ފެނިފައި އޭނާގެ ހިތުގެ ހަމަޖެހުން އިންތިހާއަށް އިތުރު ވެގެން ދިޔައެވެ.

“ދަރިފުޅު ފަޔަށް ހާދަ ވަރެކޭ ވެފައި މިހުރީ”ފަލަކުގެ ފައިތިލައިގައި އަތް ޖައްސާލަމުން އަފީފާ ވާހަކަ ދެއްކިއެވެ.

“މަންމާ…..ބައްޕަ އަނެއްކާ ބަލީތަ؟ނުފެންނަތާ މިހާރު ދެދުވަސް ވެއްޖެ…..”އަފީފާ ފަލަކުގެ ސުވާލަށް ޖަވާބު ދެމުން ބައްޕަ މިދެދުވަހު ދަތެއްގައި ރިއްސާތީ މިސްކިތަށްވެސް ނުދެވޭ ވާހަކަ ބުންޏެވެ.ދެ މައިން ވާހަކަ ދައްކަން އެހެން ތިބެފައި އަފީފާ ގެއަށް ދިޔައީ އަސުރުވުމުންނެވެ.

މަންމަ ދިޔުމުން ފަލަކުވެސް ފެންވަރާލައިގެން ނިކުމެ ޔޫލް ކުރީރޭ ގަނެގެން ގެނެސްދީފައި އިން ޕީޗް ކުލައިގެ ބަނޑުބޮޑު ހެދުން ލުމަށްފަހު ލޯގަނޑު ކުރި މައްޗަށް ހުއްޓިލިއެވެ.ހީވަނީ މިން ނަގައިގެން ފަހާފައި ހުރި ހެދުމެއް ހެންނެވެ.އެހާސް ގަޔަށް ރީތިވެފައި ހެޔޮވަރެވެ.އެވަގުތު ދޮރުގައި ޓަކި ޖަހާލައިފައި ސީމާ ގޮވާލިއަޑަށް ފަލަކު ގޮސް ދޮރު ހުޅުވިއެވެ.

“އަނހާ….ދަރިފުޅު ތަނަކަށް ދާންތަ ތި ތައްޔާރުވަނީ؟”ކަށިކެޔޮ ފަނި ތައްޓެއް ހިފައިގެން ހުރި ސީމާ ވާހަކަ ދެއްކިއެވެ.ފަލަކުވެސް އެއީ ޔޫލް ނިމޭ ގަޑިއަށް ހޮސްޕިޓަލަށް ގޮސް ސަޕްރައިޒެއް ދޭންވެގެންނޭ ބުނެލީ ކުޑަކޮށް ލަދުން ހުރެފައެވެ.ފަލަކުގެ ޖަވާބު އިވިފައި ސީމާގެ މޫނު މައްޗަށް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.އަދި ސައިޑް ޓޭބަލް މަތީގައި ފަނިތަށި ބަހައްޓާފައި އައިސް ފަލަކު ގެންގޮސް ގޮނޑީގައި ބޭންދުމަށްފަހު ބޮލުގައި ފުނާ އަޅައިދޭން ފެށިއެވެ.ޔޫލް ދެކެ އެހާ ލޯބިވާ ބައިވެރިޔަކު ލިބުނީތީ ސީމާވަނީ އުފަލުން ފޮޅިފައެވެ.

***********

“އަހަންނަށް އިނގޭ ޔޫލް އަދިވެސް އަހަންނަށް މަޢާފް ނުކުރާ ކަން…..އެހެންވެ ފަލްކީ ދެކިލާ ހިތުންވެސް ޔޫލް ގޭގައި އުޅޭ ގަޑިއަކު ތިގެއަށް ދާން ނުކެރެނީ…….އެކަމަކު އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން ފަލްކީގެ ކުރިމަތީގައި އަހަރެންގެ ސިއްރު ބޭޒާރު ކޮށްނުލާ ހިފަހައްޓައި ދިނީތީ…….. އަހަރެން އަބަދުވެސް އެދެނީ ތިދެމީހުންނަށް ބާއްޖަވެރި އުފާވެރި ޙަޔާތަކަށް….ފަލްކީ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އާދޭ ފަލްކީގެ ދިރިއުޅުމާ އަހަންނަށް ކުޅެލެވުނު އިހާނެތި ގޮތް………އިނގޭ ބައެއްފަހަރު ފަލްކީ އަށްޓަކައި ޔޫލް އަހަންނާ ވާހަކަ ދެއްކިޔަސް އަހަރެންގެ ޙަޤީގަތް އެނގުނު ދުވަހުން ފެށިގެން ފޫހިވާނެވަރުވެސް…އެހެންވެ އަހަރެމެން މިއުޅެނީ ޒީލްގެ ރަށަށް އައްޑުއަށް ބަދަލުވާން…..”

ޝައިބާގެ ވާހަކަ އަޑު އަހަންހުރި ޔޫލް ގޮނޑިން ތެދުވުމަށްފަހު ޝައިބާއަށް ފުރަގަސްދިނެވެ.

“ޝައިބާ ބޭނުން ތަނަކަށް ދިރިއުޅުން ބަދަލު ކުރުމަކުން އަހަންނަކަށް އެކަމަކުން އަސަރެއް ނުކުރާނެ……މިވީހާދުވަހުވެސް ޝައިބާގެ ނުބައިކަން ފަލަކުއަށް ސިއްރު ކުރަމުން އައި ގޮތަށް ދެންވެސް އަހަރެންގެ ހަށީގައި ހޭ ހުރިހާދުވަހަކު އެކަން ސިއްރު ކުރާނަން……އެއީ ޝައިބާ އަށްޓަކައެއް ނޫން……އެކަމަކު އަހަރެންގެ ލޯބިވާ އަނބިމީހާ އިތުރު ހިތާމައަކަށް ގެނބޭތަން ބަލަން އަހަންނަށް ކެތް ނުވާނެތީ…އަހަންނަށް އިނގޭ މަންމަ ކަންތަކުގައިވެސް ފަލަކު ހިތާމަ ކުރި ވަރު…….. އަހަރެން ކިތަންމެ ބޭނުން ވިޔަސް ޝައިބާ ހިންގި މުޑުދާރު ޢަމަލަށް މަޢާފް ދިނުންވާނީ މަގޭ ފަލަކުގެ ޙައްޤުގައި ވެވޭ އިހުމާލަކަށް އައި އޭމް ސޮރީ…”ޔޫލްގެ ވާހަކަ އަޑުއަހަން ހުރި ޝައިބާ ހުރިތަނަށް ތިރިވެ ރޯންފެށީ އޭނާއަަށް ކެތް ނުކުރެވިގެންނެވެ.

އެވަގުތު ރޫމްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ފަލަކުގެ ދެލޯވެސް ވަނީ ފެންކަޅި ވެފައެވެ.

“ޔޫލް….މީ…ކޮންކަމެއް….މީ…މީ ކޮ…ކޮން ޙަޤީގަތެއް…..ކިހިނެތް ވެގެންތަ ތިއުޅެނީ؟…ކީއްވެތަ ޝައީދެކެ ތިހާ ރުޅިއައިސްގެން ތިއުޅެނީ؟”ފަލަކު އެއް އަތުން އަށްމަހުގެ ބޮޑު ބަނޑުގައި އަތް އަޅައިގެން ހުރެ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައީ އަޅަ އަޅައި ގަންނަމުން ވާނުވާ ނޭނގި ހުރެ އެހާމެ މަޑުންނެވެ.ޔޫލް އަވަހަށް ފަލަކުގެ ގާތަށް އައިސް ކަމެއް ނުވެޔޭ ކިޔައި މަޑުމަޑުން ފަލަކު ގެންގޮސް ކައިރީގައި އިން ގޮނޑީގައި ބައިންދަން މަސައްކަތް ކުރަމުން ދިޔައިރު ޔޫލްގެ ހިތްވެސް ބާރަށް ތެޅެމުން ދިޔައެވެ.އަނެއްކޮޅުން ޝައިބާވެސް ރުއިން ހުއްޓާލެވޭތޯ ނެތް ހިތްވަރު ލައިގެން މަސައްކަތް ކުރަމުން ދިޔައެވެ.

“ކަމެއް ނުވާނަމަ ޝައީ އެވަރަކަށް ނުރޯނެއްނު…އަނެއްކާ ޔޫލްވެސް އެހާ ރުޅިއައިސްގެން އެއްޗިއްސެއް ނުކިޔާނެއްނު……އަހަރެންގެ ޙައްޤުގަ ކޮން ކަމެއް ސިއްރު ކުރާ ވާހަކައެއްތަ؟” ޝައިބާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ތީ ލޯބިއަށް ހީވި ގޮތް….އަހަރެމެން ތިކަހަލަ ވާހަ…………….”ފަލަކު ޔޫލްގެ އަތް ފޮޅުވާލުމަށްފަހު ޔޫލްގެ ވާހަކަ މެދުކަނޑައިލަމުން އަދިވެސް އަހަންނަށް ތި ސިއްރުކުރާކަމެއް އަންގާކަށް ނުވޭހޭ ކިޔާފައި ހަޅޭއް ލަވައިގަތެވެ.ޝައިބާވެސް އިނީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން ގޮތްހުސްވެ ފާޑަކަށް ގަނޑުވެފައެވެ.

“އާހްހް…..އަ…..އާހްހް……އާހް……”އެވަގުތު ފަލަކު ދެއަތުން ބަނޑުގައި ހިފަހައްޓައިގެން ހުރި ތަނަށް ތިރިވީ ބަނޑުގައި ރިއްސައި ގަތުމުންނެވެ.ޔޫލް އަވަހަށް ފަލަކު ނަގައިގަނެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޮބްޒަވޭޝަން ރޫމުގައި ހުރި އެނދެއްގައި ބޭއްވުމަށްފަހު ޑޮކްޓަރ ޝިނާންއަށް ގުޅައިގެން ގެނައީ އެއީ އަންހެނުންގެ ޑޮކްޓަރަކަށް ވާތީއެވެ.އޭރު ޝައިބާވެސް އަފީފާއަށް ގުޅާފައި ފަލަކު ބަނޑުގައި ރިއްސައިގަނެގެން ވެއްދި ޚަބަރު ދިނެވެ.

މާ ގިނައިރެއް ނުވެ ޑޮކްޓަރ ޝިނާން އައިސް ފަލަކު ބެލުމަށްފަހު ދެން މާގިނައިރެއް ނެތް ކަމަށް ބުނެ ފަލަކު ވިއްސާކޮޓަރިއަށް ގެންދިޔުމަށް ބުންޏެވެ.އޭރުވެސް ފަލަކު ހަމަ ބަނޑުގައި ނަގަމުން ދިޔަ ރިހުމަށް ކެތް ނުކުރެވިގެން ތެޅި ފޮޅެނީއެވެ.ވިއްސާ ކޮޓަރިއަށް ވައްދަން އުޅެނިކޮށް އަފީފާއާއި ހަނީފް ދެމަފިރިންވެސް ހަލުވި ހިނގުމެއްގައި އައިސް އެތެރެއަށް ވަނެވެ.ދެފަރާތުން އަފިފާއާއި ސީމާ ފަލަކުގެ ބޮލުގަޔާއި ބަނޑުގައި ފިރުމަމުން ހިތްވަރު ދެމުން ދިޔައެވެ.

ހަލުވި ހިނގުމެއްގައި ހޮސްޕިޓަލަށް ވަދެގެން އައި ޒުހޭރުއަށް ވިއްސާކޮޓަރި ދޮރުމަތީގައި ތިބި ޝައިބާމެން ފެނުމުން އައިސް ފަލަކު ކޮބާތޯ ސުވާލު ކޮށްލިއެވެ.ޝައިބާވެސް ޖަވާބުގައި ފަލަކު އެތެރެއަށް ވެއްދިތާ އިރުކޮޅެއް ވެއްޖެ ކަމަށް ބުންޏެވެ.ޝައިބާ ގުޅާފައި ބުނުމުން ޒީލްވެސް ހުރީ އެތަނަށް އައިސްފައެވެ.

ފަލަކު ޔޫލްގެ އަތުގައި ހިފަހައްޓައިގެން އޮތީ ނުހަނު ބާރަށެވެ.ނަގައިގަންނަ ވޭންވަރުގައި ވެސް ދުލުން ހެޔޮއެއްޗެއް ނޫނީ ނުކިޔައެވެ.

“ލޯބި ހިތްވަރު ކޮށްލާ
މިހާރު އެ ނިމެނީ……”ޔޫލް ފަލަކުގެ ބޮލުގައި ފިރުމަމުން ހިތްވަރު ދެމުން ދިޔަނަމަވެސް ފަލަކު ނަގަމުން ދިޔަ ރިހުމަށް ކެތް ނުކުރެވިގެން ތުންފަތުގައި ދަތް އަޅަމުން ދިޔަ މަންޒަރު ފެނިފައި ޔޫލްގެ ހިތަށްވެސް ތަދުވަމުން ދިޔައީ އިންތިހާއަށެވެ.އެމީހުންގެ ލޯބިލޯބި ދަރިފުޅު މިދުނިޔެއަށް ގެންނަން ފަލަކު ކުރަމުންދާ ހިތްވަރާއި،އުފުލަމުންދާ ވޭން ފެނިފައި ޔޫލްގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

ކުޑަކުޑަ މާމަ ދަރިފުޅުގެ ފުރަތަމަ ރޯލުމުގެ އަޑަށް އަފީފާއާއި ސީމާއަށް އެކުގައި އަލްޙަމްދުލިﷲ އޭ ބުނެލެވުނެވެ.ޒުހޭރުއާއި ހަނީފްގެ މޫނުމައްޗަށްވެސް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ޝައިބާއަށްވެސް އުފަލުންގޮސް ފެންކަޅިވެފައިވާ ޙާލު ޒީލްގެ އަތުގައި ހިފައި ބާރު ކޮށްލެވުނެވެ.

**********

ފަލަކު ވޯޑަށް ނެރުުމުން ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.އަފީފާގެ އުނގުގައި ނިދާލާފައި އޮތް ކުޑަކުޑަ މާމަ ދަރިފުޅަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

“މީ ހަމަ ފަލަކު……ދަރިފުޅު ކުޑައިރުވެސް ހަމަ މި ވައްތަރު ޖަހަ………”އަފީފާގެ ލޮލަށް އިސާހިތަކު ކަރުނަ ޖަމާވެ ރޮވިއްޖެއެވެ.އެމަންޒަރު ބަލަން އޮތް ފަލަކު އަށް ކެތް ނުކުރެވިގެން ބޮލުގެ އިޝާރާތުން ނުރޯށޭ ބުންޏެވެ.މިހާރު އޭނާ އެވަނީ މާޒީގައި ވެ ނިމިފައި އެވާ ކަންތަކަށް މަންމައަށް ހިތް ސާފުކޮށްފައެވެ.ވީއިރު އިރުއިރުކޮޅުން މަންމަ އެކަންތައް ހަނދާންކޮށް ހިތާމަ ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ރޭގަނޑުގެ ވަގުތެވެ.ޔޫލް ގެއަށްގޮސް ފެންވަރާލައިގެން އައުމުން ސީމާވެސް ގެއަަށް ދިޔައީ ފަލަކުއަށް ކާއެއްޗިހި ގެނައުމަށެވެ.ޔޫލް އައިސް ފަލަކު ގާތުގައި އިން ގޮނޑީގައި އިށީނދެ އަރާމުކޮށް ނިދާލާފައި އޮތް ލޯބިލޯބި ކުޑަ ދަރިފުޅަށް ބަލައިލިއެވެ.އަދި އަހަރެމެންގެ މި ލޯބިލޯބި އަންހެން ދަރިފުޅަށް ކިޔާނީ ކޮން ނަމެއްހޭ ބުނެލިއެވެ.ނަމަވެސް ފަލަކު އޮތީ ޔޫލްއާއި ވާހަކަ ނުދައްކަން އަނެއް ފަރާތަށް އެނބުރިއެވެ.ޔޫލް ފަލަކުގެ އަތުގައި ހިފައިލުމަށްފަހު ބޮސްދިނެެެވެ.އަދި ފަލަކުއަށް ދެން އެކަން ސިއްރު ނުކުރެވޭނެކަން އެނގުމުން ޝައިބާގެ ވާހަކަ ފަލަކުއަށް ކިޔައިދިނެވެ.ޔޫލްއާއި ދިމާއަށް ބަލަހައްޓައިގެން އޮތް ފަލަކުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ.ޔޫލް ފަލަކުގެ ކަރުނަތައް ފޮހެލާދީފައި ވަރަށް ލޯބިން ގޮނޑިން ތެދުވެ ކުޑަކޮށް ގުދު ވެލާފައި ފަލަކުގެ ގައިގައި ބައްދާލިއެވެ.ޔޫލްގެ ގައިގައި ދެއަތުން ބައްދައިގެން އޮވެ ފަލަކު ހިތް ފުރޭވަރަށް ރުއިމަށްފަހު ޔޫލްގެ ގައިން ދޫކޮށްލިއެވެ.އަދި ޝައިބާ ގެނެސްދިނުމަށް އެދުނެވެ.

***********

ޝައިބާ މަޑުމަޑުން އެތެރެއަށް ވަދެގެން އައިސް ފަލަކު އޮތް އެނދު ކައިރިއަށް ހުއްޓުމަށްފަހު ކުއްވެރިއަކު ފަދައިން އިސްޖަހާލިއެވެ.ޔޫލް ގުޅާފައި ފަލަކު ޝައިބާއާއި ބައްދަލް ކުރަން ބޭނުންވާ ވާހަކައާއި ފަލަކުއަަށް ހުރިހާ ވާހަކައެއް ކިޔައިދިން ވާހަކަ ބުނުމުން އޭނާ ވަނީ ފަލަކުގެ ކުރިމައްޗަށް އަންނަން ޖެހިލުން ވެފައެވެ.ނަމަވެސް އިތުރު ގޮތެއް ނެތުމުން ހިތްވަރު ކޮށްފައި އައީއެވެ.

“އަހަރެން ވަރަަށް ވަރަށް ދެރަވެއްޖެ ޝައީ އަހަންނާ ދޭތެރޭ އެފަދަ ގޮތަކަށް ކަންތައް ކޮށްލީމަ……އެކަމަކު އަހަރެން ފަހަރެއްގައިވެސް ޝައީ މިގެނައީކީ ބަދަލުހިފާކަށް ނޫނީ އެއްޗިހި ގޮވާކަށް ނޫން….އެކަމަކު އަހަރެން ޝައީއަށާއި ޒީލްއަށް މަޢާފް ކުރިވާހަކަ ބުނަން……އަހަރެން ބޭނުމެއް ނޫން އެ ކަންތައް ބޮޑު ކަންތައް ގަނޑަކަށް ހަދައިގެން އަހަރެމެންނާ ގުޅިފަވާ އެތައް ބައެއްގެ ހިތުގަ ޖައްސާކަށް……އެހެންވީމަ ޝައީވެސް ދެން ރަނގަޅުވާނީ އެކަންތައް ހަނދާން ނައްތާލިއްޔާ…….އަނެއްކޮޅުން މަންމަމެންނަށް އެނގުނަސް ކިހާ ދެރަވާނެ…….”ފަލަކުގެ ވާހަކަ އަޑުއަހަމުން ދިޔަ ޝައިބާ ފަލަކުގެ އަތުގައި ހިފައި ރޮއިގަތެވެ.އަދި އަހަންނަށް މަޢާފްކުރާށޭ ކިޔައި ދެރަވީ ވަރުން ރޮމުން ދިޔައެވެ.ފަލަކު މަޑުމަޑުން ތެދުވެ ޝައިބާގެ އަތުގައި ހިފައިލާ އޭނާގެ ކަރުނަތައް ފޮހެލައިދިނެވެ.ފަލަކު ޝައިބާއަށް މަޢާފް ދިނުމުން ހައިރާންވެފައި ހުރި ޔޫލްވެސް ފަލަކުއާއި ޝައިބާގެ ބުރަކަށީގައި ދެއަތުން ފިރުމާލީ ދެބެންނަށް ހިތްވަރު ދެމުން އަމިއްލަ އަނބިމީހާގެ ހިތްހެޔޮ ކަމާއިމެދު ފަޚުރުވެރި ވަމުންނެވެ.

“ކޮބާތަ ކުޑަކުޑަ ބޭބީކޮޅު….ދެންމެ ޑިއުޓީއަށް އައިތަނާ ޝިނާން އާ ދިމާވެގެން އެނގުނީ ފަލަކް ވިހެއިކަންވެސް
…..”އެތެރެއަށް ވަދެގެން އައި އަރޫޝާ ފެނުމުން ފަލަކުއާއި ޝައިބާ މޫނުމަތި ފޮހެލައި ހަމަޖެހިލިއެވެ.އެނދުގައި ނިދާލާފައި އޮތް ކުޑަދަރިފުޅުގެ އަތްތިލައިގައި ހިފައިލުމަށްފަހު ވަރަށް ލޯބިދޯއޭ ކިޔާފައި އަރޫޝާ ފަލަކުއަށާއި ޔޫލްއަށް ބަލައިލިއެވެ.

“އަރޫވެސް ދެން މާގިނަދުވަހެއް ނުވާނެއްނު….”އެވަގުތު ޝައިބާ އަރޫޝާގެ ބަނޑުގައި އަތް ޖައްސާލާފައި ބުނެލިއެވެ.

“އާނ…..ދެން އަހަރެމެންގެ އިންތިޒާރަށްވެސް ނިމުން އަންނާކަށް މާ ގިނަދުވަހެއް ނެތްދޯ ވައިފް…”ފިޒާން އައިސް އަރޫޝާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.އެޑަމް އެވަރަށް އާދޭސް ކުރުމުންވެސް އަރޫޝާ އެޑަމްއާއި ދެވަނަ ފަހަރަށް ގުޅެން ބޭނުންނުވީ އެޑަމްގެ މަންމަ އެގޮތުގައި ހުއްޓައި ދެންވެސް އެދެމީހުންނަށް އެކުގައި ނޫޅެވޭނެކަން ޔަޤީންވާތީއެވެ.އެހެންވެ ފިޒާން އެދެމުން ދިޔަވަރުން އެޑަމްގެ ހަނދާންތަކާއި ދުރަށް ދިޔުމަށް ފިޒާންއާއި ގުޅުނީއެވެ.ނަމަވެސް ފަލަކުއާއި ޔޫލް ފަދައިން މިއަދު އަރޫޝާއާއި ފިޒާންއަކީވެސް އުފާވެރި ކައިވެންޏެއްގައި ތިބި ދެމަފިރިންނެވެ.

ޔޫލްއަށް ދުރުގައިހުރި ޒީލް ފެނިގެން ގޮސް ޒީލްގެ އަތުގައި ހިފައިގެން ގެނެސް ލެޓްސް ފޮގެޓް އެވްރިތިން އެންޑްް ލިވް ހެޕިލީ އޭ ކިޔައި ޒީލްގެ ބުރަކަށީގައި ޖަހައިލިއެވެ.ޔޫލްއާއި ފަލަކުގެ މަޢާފް ލިބުމުން ޝައިބާގެ މޫނުމައްޗަށްވެސް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.ވާނުވާ ނޭނގިފައިހުރި އަރޫޝާވެސް ފަލަކުގެ މޫނުމަތީގައިވި ފުޅާ ހިނިތުންވުން ފެނިފައި ހުރިހާ ކަމެއް ރަނގަޅު ވީކަން އެނގުމުން އުފާވިއެވެ.

=އެއްއަހަރު ފަސް=

ކުޑަކުޑަ އަންޖަލް ބައްޕައާއިއެކު މޫދުގައި ސަކަރާތް ޖަހަމުން ދިޔަ މަންޒަރު ބަލަން ދޮންވެލިގަނޑު މަތީގައި އިން ފަލަކުގެ މޫނުމަތީގައި ނުފިލާ ހިނިތުން ވުމެއް ވިއެވެ.އެމީހުންގެ ލޯބިން މިދުނިޔެއަށް އުފަންވި ލޯބިލޯބި ދަރިފުޅަކީ ފަލަކުއާއި ޔޫލްގެ އިތުރުން ދެޢާއިލާގެވެސް ހުރިހާ އުފަލެއްގެ އަސްލެވެ.ވާނީވެސް އެހެންތާއެވެ.ކައިވެންޏަށް ދެއަހަރުވުމާއި ގާތްވެފައި ވާއިރުވެސް ޝައިބާއަށް އަދިވެސް ވަނީ މަޔަކަށްވުމުގެ އުފާ ޙާސިލް ނުވެއެވެ.މިހާރުވެސް ވީ އެކަމަށް ފަރުވާކުރަން ރާއްޖެއިން ބޭރަށް ގޮސްފައެވެ.

އަމިއްލަ ދުނިޔެއަކަށް ގެއްލިފަައި އިން ފަލަކުއަށް ހޭވެރިކަންވީ ޔޫލް ފަލަކުގެ ގަޔަށް ފެން ޖެހުމުންނެވެ.އެވަގުތު ލޯބިލޯބި އަންޖަލްގެ ހުނުމުގެ އަޑުން މުޅި ތަނަށްވަނީ އުފާވެރިކަން ގެނުވާފައެވެ.ފަލަކު ވެލިގަނޑު މަތިން ތެދުވެ ވެލި ފޮޅާލުމަށްފަހު ގޮސް މޫދަށް އެރުނެވެ.އަދި ލޯބިލޯބި ދަރިފުޅުގެ ކޮލަށް ލޯބިން ދޮނެއް ދިނެވެ.ޔޫލްވެސް ފަލަކުގެ އުނަގަނޑުގައި އަތް އަޅުވައި ދަމާލުމަށްފަހު ކައިރިކޮށްލާ ފަލަކުގެ ކޮލަށް ދޮނެއް ދިނެވެ.އެވަގުތު ކުޑަކުޑަ އަންޖަލް މަޖާވެގެން މޫދުގެ ލޮނުގަނޑުގައި ދެއަތުން ތަޅަންފެށިއެވެ.ޔޫލްއާއި ފަލަކުއަށް އެކީގައި ހޭން ފެށުނީ ދަރިފުޅުގެ އެ ކޮންމެ ހަރަކާތުން ހިތަށް ފިނިކަން ލިބިގެން ދާތީއެވެ.

**ނިމުނީ**

**މިޕާޓް ކިޔައިލުމަށްފަހު ނިމުމާއި ދޭތެރޭ ކޮންމެ ކިޔުންތެރިއަކުވެސް ދެކޭގޮތް އަންގާލަ ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް**

Comments (192)

  1. .Noor

    Dear Readers…..ThanQ so much 4 the unlimited Support & L❤VE…heeves nukuraahaa support mi vaahaka ah thi hurihaa kiyun theringe faraathun libigen dhiyaeetha V.V.V.V.V.bodah ThanQ..L❤VE U ALL…

    1. .Noor
      .Noor

      *dhiyaeethee

  2. nux

    ooh yess up vehje dhw hehehe kiyaalaafa comment cohlaanan

    1. .Noor
      nux

      Mivaahaka ah thihaa inthixaaru kureethy varah ufaavejje..ThanQ…❤

  3. nux

    nux dhw 1st ???

    1. .Noor
      nux

      Ohh yes u r dear.ThanQ…❤

  4. annoying reader

    varah reerhi story. story maa avahah ninmali thi. but still this story is v beautiful. waiting for a new story. good luck

    1. .Noor
      annoying reader

      ThanQ 4 the beautiful comment annoying reader….will try to come back soon dear..❤

  5. ShAhu

    vaahaka up veytho bala balaa mihunnanee hama.. mihaaru check kurevunu adhadhehves neyge. .
    btw story was awesome…nimmunves hama superb.. and i hope that noor ge ithuru vaahaka thahves kiyaalan libeyne kamah..
    noor..u are a great writer.. keep working like that.. wish u all the best..may Allah bless u.. love you ?

    1. .Noor
      ShAhu

      Ohhh…thanQ so much 4 the lovely comment dear..ThanQ ShAhu..❤

  6. Addu gal

    Varh reethi v furihama ❤❤❤ ehn story akah inthizaaru kuran???

    1. .Noor
      Addu gal

      V.happy to know that dear…in sha Allah..❤

  7. Mizky

    Hama reethi. Dhen hama nihmaaleetha. Axcidehtu kohlan ulhunee mamma kah vx even vaane dhew

    1. .Noor
      Mizky

      ThanQ 4 the comment dear.❤…but i didnt get last sentence of ur comment dear..sorry

  8. shabaa

    V reethi vaahaka eh

    1. .Noor
      shabaa

      ThanQ shabaa..❤

  9. ebaulhey

    v rythi vaahaka… noor ge ehn vaahaka akah inthizaaru kuran…

    1. .Noor
      ebaulhey

      Oh ThanQ…in sha Allah..❤

  10. mary

    Maasha allah v reethi v furihama vaahakaeh mikahala dhevana vaahaka yakah inthizaaru kuran

    1. .Noor
      mary

      Ohhh..happy to know that dear. THANq..❤

  11. Lubu

    Oh….v salhi vaahaka nimun…. but adhives reethivaane zeel menah dharitaku libumun n two family enjoy kuraa manzarakun ninmaalumun…. thanks lot lovely story egee…..n aroo ge dhari vess genainama…
    Ninmaalumun…..v hope kurin ehen…. but varah reethi ninmun egee..
    Thanks lot

    1. .Noor
      Lubu

      I really appriciate ur cute comment dear.
      ThanQ Lubu..❤

  12. Rau

    Alhe haadha reethi vaahaka ekey… so beautiful..?

    1. .Noor
      Rau

      Alheyyy..ThanQ Rau.
      ❤

  13. Only

    Waahaka nimun goiy v riithi. Ekm v dheravejje waahaka nimuniima. Alhe Noor adhivx beynun Noor ge ehn waahakaeh kiyaalan.

    1. .Noor
      Only

      Ohhh…varah ufaavejje mi story thihaa kamudhiyaeema..in sha Allah will back with a new story…A v.big thanQ dear..❤

  14. nux

    v furihama nimun hama superb ????tnx noor thihaa loabi story eh kiyaalan geness dhinyma hope kuran v avahah noorge new story eh kiyaalan libeynekamah have a grt day noor lvu???????

    1. .Noor
      nux

      Varah ufaavejje nux ge comment kiyaalaafa..vaahaka feshigen nimendhen thihaa shauguveri kamaai eku kiyaaleema v.v.v.ufaavejje.ThanQ dear..in sha Allah will b back with a new story..❤

  15. Only

    Noor is the best

    1. .Noor
      Only

      Oh…..thanQ so so much dear..❤

  16. ????

    Alheyyyy sam……. haadha avahakah?? but story is perrrrfect. …..?? waiting for a new story ingey??????

    1. .Noor
      ????

      ThanQ 4 the lovely cimment dear..❤

  17. aish

    Vaahaka varah reethi… But shaiba ah kudhin nulibeythee v dhera…

    1. .Noor
      aish

      Ohhh…dhen mifaharu vee goiy dhw…thanQ dear..❤

  18. Shaai

    Superb story☺

    1. .Noor
      Shaai

      ThanQ Shaai..v.happy that u liked the story that much..❤

  19. Lilllii♡♡

    Woww… v rythi mi part.. noor thikuraa hihvarah saabas dhen. ?
    Hopin to see another luvly story of u..☺

    1. .Noor
      Lilllii♡♡

      Ohh..v.happy to c ur comment Lilllii..ThanQ dear..in sha Allah..❤

  20. Anee

    Vaahaka varah reethi.. I had been waiting for this part…comment nukuriyas abadhuvx mi vaahaka kiyan..
    All the best and hope for new stories from you Noor…

    1. .Noor
      Anee

      Happy to c ur v.first comment Anee…i hope i will b able to c ur comments frm my upcoming stories…ThanQ dear.❤

  21. luhan

    V v v v v reeethi..Noor ge ehn stry eh kiyan libeynee kn irakn??

    1. .Noor
      luhan

      So happy to know that luhan…cant tell yet dear…but will try to come back soooooon..❤

  22. Siyaa

    V reethi mivaahaka keep it up next story bune labala

    1. .Noor
      Siyaa

      ThanQ Siyaa…happy to c ur comment dear..❤

    2. .Noor
      Siyaa

      Adhi nenge next story fennaane dhuvaheh bunaakah dear..

  23. Navya

    Aaachaaa❤ vaahaka v reethi nimigen dhiya goiy… gud luck❤Noorge ithuru vaahaka akah inthizaaru kuran? tc lov u?

    1. .Noor
      Navya

      ThanQ 4 the lovely comment dear…in sha Allah..❤

  24. Azoo ahoo

    mihaa hisaabun nimunima v dhyra

    1. .Noor
      Azoo ahoo

      Alheyy…sorry to disappoint u dear..but vaahaka feshigen nimendhen kiyaaleema varah bodah thanQ dear..❤

  25. Xxxx

    Story nimunee dhooo…Thankx 4 the lovely story..keep it up..???????????will miss u..once again v.time ah up kohdhey thee v.happy vey n thank u.??

    1. .Noor
      Xxxx

      Ohhh..will miss u n ur lovely comments dear..thanQ for the v.cute comment..

    2. .Noor
      Xxxx

      Hey i forgot to giv u …..here is my ❤..hehe

    3. Xxxx
      Xxxx

      ☺?????????

    4. .Noor
      Xxxx

      ???

  26. Axu

    V salhi keep it up❤❤

    1. .Noor
      Axu

      ThanQ so so much Axu…❤

  27. Rishu

    Wow?? vrh vrh vrh reethi mi part vx. Adhi vx mi kahala lwbi story eh kiyaalan libeyne kamah unmeedhu kuran.

    1. .Noor
      Rishu

      Varah ufaavejje Rishu ah mi story kamudhiyaeema..in sha Allah will b back with a new story..thanQ Rishu..❤

  28. Afee

    V reethi nimigen dhiya goi kiyaahithun kiyaali story eh mee?

    1. .Noor
      Afee

      Alheyyy..so happy to know that dear..ThanQ Afee..❤

  29. Juvey

    Wow v happy ending eh …v nice story ..????

    1. .Noor
      Juvey

      Thanx 4 the v.sweeeeet comment Juvey..vaahaka nimendhen thihaa shauguga kiyaalyma varah ufaavejje…❤

  30. Rose

    Nice

    1. .Noor
      Rose

      ThanQ Rose.❤

  31. Eekko

    Vvvvvvvvvvv reeethi… enme dheravee shaiba ah kujjak nulibi ninmmaalyma…e ufaaveri habaraa eku ninmaalinama dhw…

    1. .Noor
      Eekko

      Ya..Its a very good idea..but mifaharu vegoiy dhw..anyways varah ufaavejje Eekko ge commenteh kiyaalan libuneema..ThanQ dear..❤

  32. sam♥

    wow noor lovely end .. vvvvvvvv lobiii mi stry i love it .. thankoo mihaa lobii stry eh genesdhinymaa …. waiting next stry ..noor
    dhuvahakah fahuu dhww cmnt eh mikurevunyyy
    … v buxy ehnve nukurevenyyy sorry … ekm stry kiyan hama .heheheh …. keep it up noor love u so much ….. ♡♡♡♡♡♡♡♡♡

    1. .Noor
      sam♥

      Thihaa busy koh ulhefavex mihaa loabi commenteh kollyma thanQ dear..❤

  33. Maa

    Nimumaa dheytherey Maa ah heevanee mi story ge dhevana baeh annaaane hen… anyway nice story and keep ur hard work improving…

    1. .Noor
      Maa

      Haha..thanQ Maa…lets c dhw…varah ufaavejje story nimendhen kiyaaleema…thanQ dear…❤

  34. leen

    v reethi story

    1. .Noor
      leen

      ThanQ leen..❤❤

  35. leen

    v reethi story .v inthizaar kuran noor ge new story akah

    1. .Noor
      leen

      IN SHA ALLAH soon will b back with a new story..ThanQ ..❤❤

  36. Psenhi

    Story x awesome n waiting 4 a new story. Good Luck Noor

    1. .Noor
      Psenhi

      Happy to c ur comment dear…ThanQ..

    2. .Noor
      Psenhi

      Happy to c ur comment dear…ThanQ..❤

  37. Reader

    V salhi ending. Shaibaa ah evy enme rangalhah hama

    1. .Noor
      Reader

      Varah ufaavejje Reader comment kollyma..thanQ dear..❤

  38. Anjal

    Nimun varahves hadi☹️

    1. .Noor
      Anjal

      Dhen mifaharu veegoiy dho..anyways vaahaka kiyaaleema varah bodah thanQ dear..❤

  39. Adha?

    Nimuny dw? maa avahakah thi ninmaaly noor.. thankolheh dhigukn genes dhinnama adhi… but mi story hama vvvvvvvvvv reethi.. kithanme praise kuriyass evess madhuvaane mi story ah..?
    Feshigen nimen dheka foohikameh nethi knme part eh ves kee nd wait ves kury❤ mi story ehaaves reethi..? thanks noor.. dhathi undhagoo thakaa ekuves story ge parts thah lasnuve up koh dhinythy.. thanks a lot…❤ really appreciate ur hardwork nd kindness among the readers? nd i hope lass nuve new stories eh fennaane kamah…?
    Loves❤ will miss you soooo much ❤tc❤

    1. .Noor
      Adha?

      Alheyyyy…One of the cutest comment..v.v.v. Bodah ThanQ
      vaahaka feshigen nimendhen dhegothehnuve thi dhin love n supportah..in sha Allah will b back sooooon dear..❤

  40. Chum handi

    alheyyy haadha loabi eyy… enmen happy… this is what i wanted……. one of the most loveliest story i’ve ever read in my whole life…… dhen vrh miss vaane noor….. hoping to see another boootiful story of yours…. gdnyt…. tgc… ly….

    1. .Noor
      Chum handi

      Alheyyyy…Varah ufaavejje chum ge cute cute comment kiyaalaafa…a big big thanQ with a ❤

  41. Neera Bilaal

    Hyvany saibaage life halaaku vaanyhen

    1. .Noor
      Neera Bilaal

      Dear this is the end of the story..happy to c ur comment dear..❤

  42. Ami

    Story v v reethi ingey..nimmun ves bunaany hama habeys..hykuran mikahala reethi story eh v avahah genesdheyne kamah..thirogun samee ah kuri erun dhen..thanx samee

    1. .Noor
      Ami

      Ohh…happy to c ur lovely comment dear..ThanQ Ami..❤

  43. Blume

    V rythi..

    1. .Noor
      Blume

      A Big ThanQ Blume.❤

  44. ?????

    Vvvvv rythi ninmunnnn hama???? noor ge aa vaahaka akan inthi zaaru kurann hykurann kiyann libeyne kamah

    1. .Noor
      ?????

      IN SHA ALLAH soon will b back with a new story…varah ufaavejje alhuganduge story thihaa kamudhiyaeema ..thanQ dear..❤❤

  45. ?Hajja?

    Alhey nimuny eydhw. Obiness to the max. Vrh rythi. Waiting for new story from u dear

    1. .Noor
      ?Hajja?

      Ohh..happy to c ur cute comment ❤Hajja❤..ThanQ dear.❤

  46. Aashaa

    Shaiba ah kid eh nulibunyma v dhera..i know the feeling ehaa varah try kohggen kid eh nulibunyma vaane dhera.. I am suffering that too ?

    1. .Noor
      Aashaa

      Alheyyy..so sad to know that Aashaa..In sha Allah SOOOOOON u will b BLESSED with a cute baby..AAMEEN..❤

  47. ROMAN REGINS

    Wow nice noor and love it

    1. .Noor
      ROMAN REGINS

      & just love ur comment dear..ThanQ ROMAN REGINS..❤

  48. Shain

    wow… Hama dhemme mi feshigen nimendhen kiyaaly… vara furihama vaahaka eh… hope u’ll come with a another beautiful story…

    1. .Noor
      Shain

      Varah ufaavejje Shain ge commeteh kiyaalan libunyma…thanQ dear..in sha Allah..❤

  49. yaanaa

    Varah inthizaaru kurevimacha story eh mi Noor mena abadhuves trust kureve ingey varah loabi story eh mi this is one of the best stories in ma life?vaashe oagaa hithaa,milku kohlee hithey,Loa mereyiru heevaa gaathugaa vaahen is da most adorable stories and the top of the lovely stories.noor I am very speechless about your talent.gud job I am always with u Noor?have a bright future and please write mre stories ? also don’t forget I will be waiting for u????❤

    1. .Noor
      yaanaa

      How can i 4get u dear…u have been one of the most supporting reader frm my very first story onwards…with so much of hardships im able to make it bcs of the love & support i get frm such readers like u dear…i wud like to c ur comments frm my upcoming stories too..A big thanQ yaanaa..❤

  50. yaanaa

    Kurevey*??

  51. Tutee ?

    ?❤️?????????????
    Story vrh rythi … Heekuran adhi mikahala loabi waahaka thakeh kiyaalan libeyne kamah .. ?

    1. .Noor
      Tutee ?

      In sha Allah…varah ufaavey mikahala sweeet comments kiyaalan libunyma..A big big huge ThanQ Tutee..❤

  52. song joong ki..KOREAN

    wowww. love it. mee varahhhh kiyaa hithun kiyaali story eh, noor ge story tha vvvvvvvv reethi. especially this story. NOOR HAMA FAN’UN GE HIYY VX MILKUKOHLAIFIYO!!!! well, noor ge mikahala v furihama ehn story akah wait kuran. LY.. TC.. 🙂 🙂 😀

    1. .Noor
      song joong ki..KOREAN

      ❤❤❤❤❤Alheyyyy….song joong.. KOREAN mi reethi commentah alhuganduge hiyves milku kollaifi..hehe..varah ufaavejje story nimendhenves thi dhin love & supportah..ThanQ dear..in sha Allah will b back with a new story..❤❤❤

    2. song joong ki..KOREAN
      song joong ki..KOREAN

      😀 ehnthrr! wc and thankyou veryyy much mihaa furihama n mihaa reethi story eh genes dhinyma. noor aky song joong ki v support kuraa writer eh. 🙂 🙂 🙂 good luck. may god bless u 🙂

    3. .Noor
      song joong ki..KOREAN

      Ohh..ThanQ dear..& u r one of my favourite reader..❤❤❤

    4. song joong ki..KOREAN
      song joong ki..KOREAN

      ohhh thanksss noor. vv happy vejje!!! 😀 😀

    5. .Noor
      song joong ki..KOREAN

      ???

    6. song joong ki..KOREAN
      song joong ki..KOREAN

      🙂 😀

    7. .Noor
      song joong ki..KOREAN

      ☺

  53. ainthu

    Noor hama superb igey keepitup dhen konvaahakae othee

    1. .Noor
      ainthu

      Thi dhey love n supportah v.bodah thanQ dear..adhi nenge bunaakah….mind fresh kollaigen story egge main reason eh libeyny..but in sha Allah soon will b back..❤

  54. lol

    luv it! luv it! luv it!!! soooooo cute just the best noor…… awesome hehe…… whn can we read another story of urs

    1. .Noor
      lol

      In sha Allah will b back soon..but adhi dateh bunan dhathi..anyways v.v.v v.ufaavejje mi story thihaa kamudhiyaeema.. THANq dear..❤

  55. khajja

    Wow masha allah v rythi nimunves hama superb??? ur the bess writter noor gud job asluves v ruythi v furihama when nxt stry noor ehen stry akah v inthizaaru kuran noor ge ingey ly??????❤❤❤??????????????

    1. .Noor
      khajja

      Dhegotheh nuve story feshigen nimendhen kuramun thi dhiya loabi loabi comment thakah alhugandu mihury hama speechless vefa..varah varah ufaavey thikahala cute readers r dhimaavyma..bcs of ur cute comments it really helped me to bring an acceptable story…ThanQ khajja..hope i will b able to c ur comments frm my upcoming stories too..A big thanQ to the one if the most supporting reader..❤

    2. .Noor
      khajja

      *one OF the

    3. khajja
      khajja

      Ur most welcome n insha allah noor ge kuriyan huri strys thakugaves comments koh noor ah surport dhy hiyvarudheynan ok nu dhw gud nyt ly??❤❤❤???????

    4. .Noor
      khajja

      ???

  56. Reader

    Alhe kaya ah vee gotheh ingeytha?

    1. .Noor
      Reader

      Sorryyyy

  57. Zee

    Alhey vvv salhi.ma sha allah.thanx v furihama ninmaalunvs.waiting for next story.love it???????????

    1. .Noor
      Zee

      Varah varah bodah thanQ thihaa shauguga vaahaka feshigen nimendhen kiyaaleema..hope i will b able to c ur comments frm my upcoming stories too..Once Again a very big to the one of most supporting reader..ThanQ dear..❤

  58. Xna

    Nice stry. V kiaahithun hure kiaa ninmaali stry eh mi .Good?, Better?, Best? .never let it rest until ur good is better and ur better is best?.Will miss Noor,falak,n yool??. 4giveness 2shaiba z the sweetest revenge. and nooooooor?? believing ? trusting ? waiting ? hoping ? praying ?4 u.. come back soon with a fabulous stry??. Luv ur comments..??so many ❤❤s 4 u.it might b small.but it’s full of love and lots of best wishes..u r the ⭐??.Tata.?

    1. .Noor
      Xna

      Alheyyyyyy…no matter hw much i try…my words cant xpress how happy i am to read such a lovely cute encouraging comment..hope to c ur comments frm my upcoming stories too…A v.v v.v.v.v.big thanQ to the one of the most supporting sweet reader..ThanQ dear..UR WORDS REALLY TOUCHED MY HEART..❤❤

  59. Reader

    Alhe @kayashandy ah vee gotheh ingeytha ehves meehakah?

    1. .Noor
      Reader

      No idea dear..hope she is doing well..

  60. Hajja

    Vaahaka ves v reethi… Nimin ves v reethi

    1. .Noor
      Hajja

      Thi comment ves varah sweeeeeet…ThanQ dear..❤❤

  61. Amyy

    Mihaareethu vaahakaey nimunyma vvvv dheravey.ekam konmekamakahves nimun annaanedw. V vvvvvvvvvvvvvvvvvvvvvvvvvvvvvvvv salhu ninmun

    1. .Noor
      Amyy

      Ohhhhh..v.v.v v v.ufaavejje mi story thihaa kamudhiyaeema..hope i will b able to c ur comments frm my upcoming stories too..A very HUGE thanQ..❤❤

  62. Nazu

    It’s really nice story. I like it vry much ?

    1. .Noor
      Nazu

      V.happy to know that dear..ThanQ..❤

  63. Rax

    V furihama vaahakaeih

    1. .Noor
      Rax

      THANq Rax..very happy to know that..❤❤

  64. Aisha

    It,s nice story,,,,,,,,varan reethi ninmun ….ekam so sad nimunyma…noor ge story akan wait…

    1. .Noor
      Aisha

      Alheyyyy…hama varah varah ufaavejje Aisha ah mi story reethi veema…thanQ dear..in sha Allah will b back with a new story..

  65. Naash

    Wow? It’s a really intresting and nice story. I really appreciate ur hard work. ??? Looking forward for your new story. ☺☺☺

    1. .Noor
      Naash

      Ohhhh..big big ThanQ..so happy to know that dear…in sha Allah will b back with a new story..hope i will b able to c u frm my upcoming stories too..❤

  66. Azu

    Ma sha allah….vaahaka vv reethi….nimun ves hama habeys….aa vaahaka ehge inthizaaruga huri vaahaka bunelan??

    1. .Noor
      Azu

      Oh..ThanQ Azu..v.v.v.happy to know that dear..in sha allah will b back soon..❤

  67. Fary

    Ey nimunee dhoo best waiting for nexr story ??vara furihama nimun?

    1. .Noor
      Fary

      ThanQ so so much Fary..very happy to c ur cute comment..hope i will b able to c ur comments frm my upcoming stories too..ThanQ..❤

  68. Falky

    Masha allah v furihama….. nimunvess v salhi?….noorge aavahakaeh kiyaalan libeyne kamah ummeedhu kuran…..thanq noor …. ?????????

    1. .Noor
      Falky

      ThanQ 4 the lovely comment dear..in sha Allah soon …❤❤❤

  69. Amoo

    Vvvvv nice story. I love it. And waiting for your next story.

    1. .Noor
      Amoo

      Ohhh..v.happy to know that dear..in sha Allah will b back with a new story..❤❤

  70. maroon

    Kykey bunaany.. speechless.. ehaaves furihama. Maroonge fav writersge listugai NOOR himeney.. plz be back soon. Loves ❤❤❤❤

    1. .Noor
      maroon

      So happy to c ur comment dear..ThanQ..❤❤❤

  71. Anonymous

    vaahaka feshigen mihaa hisaabah ves kee va shauguverikamaa ekee….ekam mipart kiyaafa heevanee vaahakaige konmeves baeh univi hen….vedhaane shaibaa aa zeelge love story kamah….edhemeehunge medhugaives attraction ufedhunu goiy genai nama v furihamavees….

    1. .Noor
      Anonymous

      V.happy to c ur comment dear..a good idea..but mifaharu vee goiy dhw…next time will think about those parts too..thanQ dear..❤❤❤

  72. Amy

    Oh thanks sam for a lovely story.??? v v v v perfect nimun ves. I just love it ❤❤❤ ??????. I’ll be waiting for your new story.????.Come back soon?????

    1. .Noor
      Amy

      V.happy to know that dear…A big big thanQ..❤❤❤

  73. Mazuw

    Alhe 20th part vx genesdhinnama…woahhh…thanks for the lovely stwrii love..! Btw this ending is amaaaxing..! Luuuuvvv it a lott

    Yours lovingly,
    Mazuw

    1. .Noor
      Mazuw

      Hey…happy to c ur comment dear..thanQ..❤❤❤

  74. Zee

    Ehaa lasnukoh anehvaahaka start kuraathi.abadhuvs thi kahala lobi vaahaka kiyaahivey.than u noor once again.hope next story also b nice n keep it up.in sha Allah ??????

    1. .Noor
      Zee

      Ohhhh…so happy to c ur sweeeeeet sweeeet comment Zee…ThanQ dear..in sha Allah will b back with a new story..❤❤❤

  75. Naakko

    Nooru nooney nooney hadha salhi story yekey miee vvv salhi noor v molhey mifrusathugai bunelan v beynun

    1. .Noor
      Naakko

      & i want to thank u thihaa shauguveri kamaaeku mivaahaka kiyaa ninmaaleethee….so happy to c ur comment dear..thanQ..❤❤❤

  76. Arisal

    Waaaa.. Varah salhi story eh. Kuhjaku bunegen mi vaahaka mi kiyaaly.. Dhen Kon irakun next story fahtan iny?

    1. .Noor
      Arisal

      Ohhh..so happy to c ur comment dear…can u plz tell me who askd u to read this story..im v.interested abt tht.anyways thank U n the one who told..❤❤❤

    2. .Noor
      Arisal

      & abt next story…not decided the date yet dear..

  77. Khadheeja

    Masha allah Vv salhi

    1. .Noor
      Khadheeja

      ThanQ dear..❤❤❤

  78. Rai

    Sorry nimmun iru nuves ingey nimuny Kameh v kadakoh nimmaalaafa iny

    1. .Noor
      Rai

      Ohh…sorry to disappoint u dear…anyways story nimendhen kiyaalyma thanQ Rai..❤

  79. isq

    varah varah reethi

    1. .Noor
      isq

      ThanQ isq…happy to c ur comment dear..❤❤

  80. Dhaan

    Wow varah reethi vaahaka eh nimun ves varah salhi

    1. .Noor
      Dhaan

      ThanQ Dhaan..happy to c ur comment dear..❤

  81. Shim

    One Of The Best Story I’ve Ever Read… ????
    Warah Dhera Weii Nimuneema… ??
    But Hope Kuran Noor Ge New Story Eh Warah Awahah Kiyan Libeyne Kamah… ❤❤❤
    Will Miss You… ❤?

    1. .Noor
      Shim

      Ohhhh..alhe varah ufaavejje Shim ah mi story thihaa kamudhiyaeema.. thanQ dear..in sha Allah soon will b back with a new story..❤❤❤

    2. Shim
      Shim

      Your Most Welcome Noor… ❤?
      Waiting Waiting…❤❤❤❤

    3. .Noor
      Shim

      ❤❤☺☺☺❤

  82. Xahsha

    Reethi story eh,ekm Shaiba ah baby eh nulibunyma v sad? I will be waiting 4 ur new story

    1. .Noor
      Xahsha

      ThanQ dear..

  83. Ainth

    Masha Allah v furihama. Kiyaahithun indhe kiyaa mi ninmaaly. Ehaaves furihama

    1. .Noor
      Ainth

      ThanQ dear..so happy to know that..❤

  84. Shafu

    Awsome story….waitin for another one….????

    1. .Noor
      Shafu

      ThanQ dear..so happy to know that..❤

  85. unknown

    wow beautiful…. keep it up… waitin for another one….. thnkoo

    1. .Noor
      unknown

      ThanQ dear..very happy to know that..❤

  86. Ainth

    Mee Ethan faharakuves kiyaa hithun kiyaaleveyne vaahakaeh. Ehaaves rythi n v hiy gaimu. Adhives noor he mikahala rythi vaahakeh v beynun

    1. .Noor
      Ainth

      ThanQ dear..very happy to know that.in sha allah will b back with a new story.❤

  87. boabi

    nice 🙂 hope to see a new story of yours, good luck

    1. .Noor
      boabi

      ThanQ..❤❤

  88. c

    noor ah contact vaane gotheh bunedheefanan….haadha lahun aneh story up kollaneee.

  89. ivoo

    maasha allah vvv nice

Comments are closed.