ހިތް ބޭނުމޭ
ކްރައުން ޕްރައިވެޓް ލިމިޓެޑް އޮފީސް ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ޑްރައިވަރު ނުކުމެގެން ގޮސް ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. އަތުގައި އޮތް އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލަމުން ކާރުގައި އިން ޒުވާނާ އޮފީހުގެ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޮފީހަށް ވަދެވުމާއެކު ކޮންމެ މީހަކުވެސް އަދަބުވެރިކަމާއެކު ކޮއްޅަށް ތެދުވެ ގުޑް މޯނިންގ ސަރ އޭ ބުނަމުން ދެއެވެ. ބަދަލުގައި އެ ޒުވާނާ ވެސް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އޭނާއަށް ޚާއްސް ކުރެވިފައިވާ ކެބިނަށް ވަދެ ހަމަޖެހިލިއެވެ. ލޮލުގައިވާ އައިނު މޭޒުމަތީގައި ބޭއްވުމަށްފަހު ގޮނޑީގައި އިންއިރު ހީވަނީ ފުން ވިސްނުމަކަށް ގެއްލިފައި އިންހެންނެވެ.
” ރަޔާން. މިހިރީ މިއަދު އިންޓަވިއު ކުރާ ކުދިންގެ ލިސްޓު. ރަޔާން އަމިއްލައަށް މިކަން ކުރަން ބޭނުންވީމަ މި ހަވާލު ކޮށްލީ. ޝިނާން ހުރީ ހުރިހާ އެއްޗެއް ރެޑީ ކޮށްފަ.” ރަޔާން ގެ ދޮންބެ ރިވާއު ވަރަށް އަވަސް ކޮށްލާފައި ހުރިހާ ވާހަކައެއް ދައްކަމުން ދިޔައެވެ. ރަޔާން އާއި ރިވާއު އަކީ ކްރައުން ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ މުހައްމަދު ރަޝީދުގެ ދެދަރިންނެވެ. ރަޝީދުގެ ބަލި ހާލަތު ހުރި ގޮތުން ދެކުދިން ކޮމްޕެނީއާއި ހަވާލުވީ ރަޝީދުގެ އެދުމުގައި ކޮޅުފައިން ނުޖަހަންވެގެންނެވެ. ރަޝީދުއަކީ މާލޭގެ އެންމެ މުއްސަނދި އެންމެ ނުފޫޒު ގަދަ ވިޔަފާރިވެރިޔާއެވެ. ” ކަމޯން ދޮންބޭ. އަޅުގަނޑަށް އިތުބާރު ނުކުރެވެނީތަ؟ އައި ކޭން ހެންޑަލް ދިސް”. ރަޔާން އަށް ގުޑްލަކް އޭ ބުނެލަމުން ރިވާއު ނުކުމެގެން ދިޔައީ މުހިއްމު މީޓިންގ އެއް އޮތީމައެވެ. ރަޔާން އޮފީހަށް ނުކުތް ފުރަތަމަ ދުވަސް ކަމުން ރިވާއު ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. ކޮއްކޮ އަށް އިތުބާރު ނުކުރެވޭތީއެއް ނޫނެވެ. ރަޔާންގެ އުޅުން ހުންނަ ގޮތުން އޭނަގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލަން ފަސްޖެހެވެނީއެވެ.
ރިވާއު ދިޔުމުން އަތުގައި އޮތް ގަނޑަށް ރަޔާން ނަޒަރު ހިންގާލިއެވެ. ރަޔާންގެ ލޯ އަމާޒުވެފައި ހުރީ ލިސްޓުގައި ފަސްވަނައަށް އިން އަންހެން ކުއްޖާގެ ނަމަށެވެ. އައިޝަތު އާޝާން ޝަފީގު. އާޝާން. އާޝާން. އަނެއްކާ އޭޝް ބާ!! ސިކުނޑީގެ ކަނަކުން މާޒީގެ ޚިޔާލްތަކެއް ހަނދާންވެގެން ދިޔައެވެ. ރަޔާން ސިއަސައިގެން އޭނާގެ ފޯނު ރިންގު ވަމުން ދިޔަ އަޑަށެވެ. ނަމަވެސް އެއަށްވުރެ އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔަ ކަންތައް މާ ބޮޑެވެ. ގުޅަނީ މަންމަ ކަމަށްވުމުން ލަސްނުކޮށް ފޯނަށް ޖަވާބު ދިނެވެ. ” ކީކޭ މަންމާ”. ރަޔާން އެ ހުރި ގޮތަށް ހުރެ އަހާލިއެވެ. ” ދަރިފުޅާ. ބައްޕަ މާ ބޮޑަށް ގޯސްވެގެން. ޑޮކްޓަރ ލަފާ ދެއްވަނީ ބޭރަށް ދާން އަވަހަށް. ” ރޮވިފައިވާ އަޑުން ރަޔާންގެ މަންމަ މަރީނާ ވާހަކަދެއްކިއެވެ. ” މަންމާ . ހާސްނުވޭ ޓިކެޓު އޯކޭ މިކުރަނީ މިހާރު. މަންމަ އަވަހަށް ރެޑީ ވޭ. ދޮންބެ އާއި ދެމީހުން މިދަނީ މިހާރު. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ.” ފޯނު ބޭއްވުމަށްފަހު ރަޔާން އަވަސްވެގަތީ ޓިކެޓު ކަންތައް ހަމަޖެއްސުމަށްފަހު ރިވާއު އަށް ބައްޕަގެ ޚަބަރު ދިނުމަށެވެ. ހެނދުނު ދިހައެއްގެ ފްލައިޓުން ޖާގަ ހަމަޖެއްސުމަށްފަހު ޝިނާން އަށް ގުޅާލީ އިންޓަވިއު ކަންތައް ހަވާލު ކުރުމަށެވެ. ” ހަލޯ. ވަރަށް އަވަހަށް ކެބިންއަށް އައިސްދީ.” އިރުކޮޅެއްނުވަނީސް ޝިނާން އައެވެ. ” އިންޓަވިއުތައް ކުރިއަށް ގެންދައްޗޭ އިނގޭ. ވަރަށް އާޖެެންޓް ކަމެއް ވެގެން މެލޭ އަށް ދާން މިދަނީ.” ވަރަށް އަވަސް އަރުވާލަމުން ޝިނާން އާއި ހުރިހާ އެއްޗެއް ހަވާލުކުރަމުން ރަޔާން ބުންޏެވެ. ” ޔެސް ސަރ. ކުދިން އެބަ ތިބި އައިއްސް. އިރުކޮޅެއްތެރޭ ފަށާނަން.”. ރަޔާން އޯކޭ އޭ ބުނެލުމަށްފަހު ބޭރަށް ނުކުތީ ގެއަށް ދިޔުމަށެވެ. އޭރު ރިވާއު ހުރީ މީޓިން ކެންސަލް ކޮށްލުމަށްފަހު ގެއަށް ގޮހެވެ. ރަޔާން ނުކުންނަން ދިޔަ ގަޑީ އެތެރެއަށް ވަދެގެން އައި އަންހެންކުއްޖާ އަށް އަވަސް ނަޒަރެއް ދެވުނީ އޭނާއަށް އެންމެ މީރުވަސް ދުވާ އަންހެން ސެންޓުގެ ވަސް ނޭފަތުގައި ޖެހުމުންނެވެ. ނަމަވެސް އެކުއްޖާގެ ބުރުގާ އަޅައިގެން ހުރި ގޮތުން މޫނުމައަޗަށް އެއްބައި އޮތީ ވެއްޓިފައެވެ. އަނެއްކާ އާޝާން ބާވައެވެ. އެވަގުތުވެސް އެނަން ހިތަށް އެރުމުން ރަޔާންގެ މޫނުމަތި މިލައިގެން ދިޔައެވެ. ވަގުތުގެ ނާޒުކު ކަމުން ރަޔާން ބެލީ އެހެންކަމަކާ ނުވިސްނާ އަވަހަށް ގެއަށް ދިޔުމަށެވެ.
އިންޓަވިއު ރޫމްގެ ބޭރުގައި އިށީދެގެން އިން އަންހެން ކުއްޖާ އިނީ ދެއަތް ދެއަތާ މޮޑެލަމޮޑެލައެވެ. ފެންނަ ކޮންމެ މީހަކަށްވެސް އެ ކުއްޖާ ހާސްވެފައި އިންވަރު ސިއްރެއްނުވާނެއެވެ. ” އައިޝަތު އާޝާން ޝަފީގު. އެތެރެއަށް ދުރުވޭ.” އާޝާންގެ ނަން ގޮވުމުން ބިރުން ހުރެ އެތެރެއަށް ވަދެގެން ދިޔައެވެ. ” ރިޒަލްޓްސް ވަރަށް ރަނގަޅު. ޔޫ އާރ އޯވާ ކޮލިފައިޑް ފޮ ދިސް ޖޮބް. ސޯ ކީއްވެ މި ޖޮބަށް ކުރިމަތި ލީ؟؟” . ޝިނާންގެ ސުވާލު އާޝާން އާއި އަމާޒުވުމުން ހާސްކަން ފޮރުވަމުން ޖަވާބު ދެމުން ދިޔައެވެ. ދިހަ ވަރަކަށް މިނެޓަށް ދިގުދެމިގެން ދިޔަ އިންޓަވިއު ނިމުނީ އާޝާން އަށް އުފާވެރިކަން ގެނުވަމުންނެވެ. ” މި ޖޮބަށް ކުރިމަތިލި އެންމެ ޤާބިލް ކުއްޖާ. ކޮންގްރާ. ޔޫ އާރ އަ ޕާޓް އޮފް އަވަރ ޓީމް. މާދަމާ ހެނދުނު 9 އާދޭޭ. ޔޫ ކޭން ގޯ ނައު.” ލޯބި ހިނިތުންވުމެއް އެންމެނަށް ހަދިޔާ ކޮށްލަމުން އާޝާން ނުކުމެގެން ދިޔައީ ކުރިއަށް ވާނެ ކަންތައްތައް ނުވެސް އިގޭ ހާލުގައެވެ.
އިމެޖެންސީކޮށް މެލޭޝިއާ ތައިވޫ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަ ރަޝީދު އަދިވެސް ހޭ ނާރައެވެ. ކުއްލިއަކަށް ޖެހުނު ހާޓްއެޓެކްގެ ސަބަބުން ރަޝީދުގެ ހާލަތު އަދިވެސް ދަނީ ގޯސްވަމުންނެވެ. ހަތަރު ގަޑިއިރު ވެގެން ދިޔައިރުވެސް އެއްވެސް ގޮތެއް ނުވުމުން ޑޮކްޓަރުން ނިންމީ ހިތުގެ އޮޕަރޭޝަނެއް ކުރުމަށެވެ. މާތްﷲ އާއި ވަކީލުކުރަމުން ރިވާއު ހުރިހާ ފޯމެއްގައި ސޮއެ ކޮށްލީ ބައްޕަގެ ފުރާނަ ސަލާމަތްކުރާނެ އިތުރު ގޮތެއް ނެތިގެންނެވެ. އޭރުވެސް މަރީނާ ގިސްލަމުން ދިޔައެވެ. ހަގަޑި އިރުގެ އޮޕަރޭޝަނަށްފަހު ޑޮކްޓަރ ޓީމް ބޭރަށް ނުކުތް އިރު ރިވާއު ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މަރީނާގެ ހާލު ބޯޑުވަމުން ދާތީ ނިދާ އިންޖެކްޝަން ޖަހާ މަރީނާ ވަނީ ނިނަދަވާފައެވެ. އެވަގުތަކީ ރަޔާންވެސް އައިސް ރިވާއު ކައިރީ މަޑުކުރި ވަގުތެވެ. ” އައި އެމް ސޮރީ މިސްޓަރ ރިވާއު. ހީ އިޒް އިން ކޯމާ. ވީ ކާންޓް ސޭ އެނީތިންގ ޓިލް ހީ ވޭކްސް އަޕްް.”..
30 Comments!
Comments are closed.

Nice story?gaivaidhun genesdheyne kamah unmiidhu kuran. Waiting for the next part
thanks
mi part reethi.. heevey varah reethi vaahaka yakah vaanehen ..
Hi siya.. v reethi first part.. and v reethi story akah vaane hn hyvanyy… avahah next part upkohladhehcheyy… waiting and gud luck ??
thanks ram. this is my first story so there will be mistakes. i hope everyone will like it
v reethi feshun. ummeedhu kuran dailykoh up khladheyne kamah. vaahaka v reethi vaanehen hyvany
thanks 🙂 thursday sunday and tuesday ga up kohdheynan
vahakayakah inthizaar koh koh varubalivi fahun vahaka eh up vejje mihar mi site deke foohi vejje vahaka liyaakudhin alhe reders ufaakohla dheebala
Vara reethi.kon kon dhuvahega up vanee mi story
thursday, sunday and tuesday
nice.
reethi vaane hen heevaney. all the best. looking forward for this story.
thanks baby
Salhi. When next part?
Nice when next part?
thanks kamana. thursday sunday and tuesday ga insha allah
Reethi vaanehen heevany..?? kn dhuvas thakehgaa genesdheny?¿?
Varah reethi feshumeh.. mi story varah reethi vaanehen heevey❤??
thanks adha <3
Masha allah feshun v rythi mistry ge ummydhukuran nimendhen genesdheyne kamah n kon dhuvas thakegga up koh dheveyny waitin keep it up❤❤❤???????????
Awwwn, plxx avahah up kohdhdhy i think it will be nice …
thanks sinaa
Mihaaru esfiya gea dhirun othy genlifa.vahakatha nimuneema.ma vahaka gea sababun esfiya yan ahn dhirumen anaNeakaman unmeedhukuran.varan reethi feshun.
thanks nicky.. this is my first story and i will continue this story till end 🙂
Feshun v attractive. Waiting for other parts. Good luck
v reethi fashun…heevey kuriyah ohna baa reethi vane hen..
vvvv salhi mi part .gavaidhun up kuranya v salhi vane 🙂
Sorry readers connection problem eh ulheythee upload nuvi v v try kohfin as soon as it becomes okay I will upload .. E part liyefa othy vx . hope all will understand ???
OK. V reethi story
OK. V reethi story