އަށްގަޑި ބައިވިއިރު ނަލަމާ ގެއިން އިވެމުން ދިޔައީ ހޭއަޑާއި ވާހަކަ ދައްކާ އަޑެވެ. ޒިވާން އާއިލާ އަކީ ބޮޑު އާއިލާ އެއް ކަމުން ގޭތެރޭގައި ފުދޭ ވަރަކަށް މީހުން ގިނައެވެ. އަރުޝީގެ އިންތިޒާރުގައި ސޯފާގައި ކަރު އެލުވާލައިގެން ޒިވާން އިންއިރު އާރާވް ހުރީ ދެބޭންގެ ދެދަރި މީހެއް ކަމަށްވާ ކައިލްގެ ދެއަހަރުގެ ކުޑަ ދަރިފުޅު އުރައިގެންނެވެ. ކުޑަ ކުޑަ ޔަލާ އާއި އާރާވް ސަމާސަ ކުރަމުން ދިޔައިރު ކައިލް ކައިރީގައި ހޭން ހުއްޓެވެ. އިރުކޮޅަކުން ކައިލް އެއީ ކޮންބައެއްހޭ ބުނި އަޑަށް އާރާވް ވެސް ދޮރާ ދިމާއަށް ބަލާލިއެވެ. މުސްކުޅި އަންހެނެއް ގޮނޑިއަށް ލައިގެން އަންނަ އެއަންހެން ކުއްޖާ ފެނުމާއެކު ހިނދުކޮޅަކަށް އާރާވްގެ ނޭވާ ހުއްޓުނު ކަހަލައެވެ. ހިތް ތެޅެން ފެށިލެއް ބާރުކަމުން މޭގައި އަތްއަޅާލެވުނު އިރު ކަޅިޖަހާވެސް ނުލާ ބަލަން ހުރެވުނީ އެއަންހެން ކުއްޖާ އާއި ދިމާއަށެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެއަންހެން ކުއްޖާއާއި ވަރަށް ގާތް ގުޅުމެއްވާކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ.
ދުރުގައި މީހަކާ ވާހަކަ ދައްކަން ހުރި ރައިހާނާއަށް ވަދެގެން އަންނަ އަރުޝީ ފެނުމާއެކު އެމީހާ ކައިރިން ހުއްދަ ހޯދުމަށްފަހު ސޯފާގައި އިން ޒިވާން ކައިރިއަށް ޖެހިލިއެވެ. ޒިވާން އަށް ވަދެގެން އަންނަ އަރުޝީ ދައްކާލުމާއެކު އިންތަނުން ތެދުވީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ރައިހާނާވެސް މަޑުނުކޮށް އަރުޝީއަށް މަރުހަބާ ކިއުމަށްޓަކާ އެދިމާއަށް ދިޔައެވެ.
” ވަރަށް އުފާވެއްޖެ އަހަރެންގެ ހުށައެޅުން އަރުޝީ ގަބޫލުކުރީތީ… އަހަންނަށް އޭރުވެސް އެނގޭ އަރުޝީ އަންނާނެކަން.. އާދޭ އެތެރެއަށް” ރައިހާނާ އަރުޝީ ގޮވައިގެން އެތެރެއަށް ވަދެގެން ދިޔައިރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ އަރުޝީ އަށެވެ. އޭގެތެރޭގައި އާރާވް ވެސް ހިމެނެއެވެ. އަރުޝީ ފެނުނީއްސުރެ އާރާވްގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަނީއެވެ. އަރުޝީގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައި ހުރި އާރާވް ސިއްސައިގެން ދިޔައީ ކައިލް ލޯމަތީގައި އަތް ހުރަސްކޮށްލުމުންނެވެ.
” އަޅައިގަތީ ދޯ.. ވަރަށް ރީތި މަންޖެއެއް.. ބޮޑުދައިތަގެ ވަރަށް ގާތް މީހެއް ކަންނޭނގެ.. އާރާވް ދަންނަންތަ” އާރާވް އަތުގައި އިން ޔަލާ އުރާލަމުން ކައިލް އަހާލިއެވެ.
” ދަންނަންހެން ހީވަނީ.. ދެކެފަރިތަ މޫނެއް.. ނޭނގޭ ކިހިނެއް ކަމެއް” އާރާވް ރައިހާނާ އާއި އެއްކޮށް ވަދެގެން އަންނަ އަރުޝީގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ކައިލް ވަރަށް ފުންކޮށް އާރާވްގެ މޫނަށް ބަލާލިއެވެ. އަރުޝީއަށް ބެލުމުގައި އާރާވްގެ ބެލުން ތަފާތެވެ. އެއީ ހުދު ކައިލްއަށް އޭނާގެ އަންހެނުން ރިހާނީ އަށް ބަލާލެވޭ ގޮތެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އާރާވްގެ ހިތުގެ ހާލު ކައިލްއަށް ނަަގައިގަނެވުނެވެ.
އިރުކޮޅެއްގެ ތެރޭގައި އެންމެން ކަހަލަ ގޮތަކަށް އޮތީ ކާމޭޒު ދޮށައް ޖަމާވެފައެވެ. ބޮޑު މޭޒު ދޮށުގައި ފަންސަވީހަކަށް މީހުން ތިބިއިރު ރައިހާނާ އާއި އެންމެ ކައިރީގައި އިނީ އަރުޝީއެވެ. އަރުޝީގެ އަނެއް ފަރާތުގައި މަރިޔަމް އިން އިރު މަރިޔަމް އާއި ޖެހިގެން އިނީ ޒިވާން އެވެ. ޒިވާންގެ ކުރިމައްޗަށް ވާގޮތަށް އަނެއްފަރާތުގައި އިނީ އާރާވްއެވެ. އާރާވް އާއި ޖެހިގެން ކައިލް އިން އިރު ކައިލް އާއި ޖެހިގެން އިނީ ހުސްގޮނޑިއެކެވެ.
” ކައިލް ކޮބާ ރިހާނީ.. ރިހާނީ އައިމައެއްނު ހާއްސަ އެނައުންސްމެންޓްވެސް ކުރެވޭނީ” ރައިހާނާ ބުންޏެވެ.
” ރިހާނީ ދެންމެ ކުލާސް ނިމުނީ.. މިހާރު އެބައާދޭ ކާރުގަ” ކައިލް ބުނެލިއެވެ.
ދުވެފައި ކަހަލަ ގޮތަކަށް ކައިލްގެ އަންހެނުން ރިހާނީ ވަދެގެން އައީ އޭގެ ކުޑައިރުކޮޅެއްފަހުންނެވެ.
” ލަސް ވެއްޖެދޯ.. ވަރަށް ބޮޑަށް ސޮރީ.. ޓްރެފިކް އާއި ހެދި ލަސްވީ” މޭޒު ކައިރިއަށް އަންނަމުން ރިހާނީ ބުނެލިއެވެ. އަރުޝީއަށް މޭޒު ކައިރިއަށް އައިސް ހުއްޓުނު ރިހާނީ ފެނުމާއެކު ހުރިހާ ދަތެއް އެއްކޮށް ފެންނަވަރަށް ހީލެވުނެވެ. ރިނީއޭ ކިޔާފައި ގޮވާލެވުނީ ބޭއިހްތިޔާރުގައެވެ. ރިހާނީވެސް ބަލާލީ ސިހިފައެވެ. އެހެނީ އެނަމުން ރިހާނީ އާއި މުހާތަބުުރަނީ އެންމެ މީހެއްކަމަށްވީމައެވެ. ރައިހާނާ ކައިރީގައި އިން އަރުޝީ ފެނުމާއެކު ރިހާނީ އަށް ލިބުނީ ބަޔާން ކުރަން ދަތި އުފާވެރިކަމެކެވެ. އާރޫ އޭ ބުނެލިއިރު އަޑުގައިވި އުފާވެރިކަން އެތާ ތިބި އެންމެންނަށް ފާހަގަ ވެގެން ދިޔައެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް އަރުޝީ ގައިގާ ބައްދާލީ ހިޔާލެއް ފިކުރެއް ނެތިއެވެ.
” އަލްހަމްދުލިﷲ.. ވަރަށް އުފާވެއްޖެ އާރޫ ފެނުނީމަ.. ކޮންތާކު ތިއުޅެނީ.. ކޮބާ ކައިސަން.. މިގޭގަ ކީއްކުރަނީ” ރިހާނީ ކޮށްލި ސުވާލުން އަރުޝީގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެންދިޔައެވެ. އެމީހުންގެ ހަރަކާތްތަކަށް ބަލަން އިން ރައިހާނާއާއި ޒިވާންގެ މޫނުމަތީވެސް ކުލައޮއްސުނެވެ. މަރިޔަމް އަށް ކައިސަންގެ ނަން އިވުމާއެކު ރޯންފެށުނެވެ. މަގޭ ކައިސަންއޭ ކިޔާ ރޯންފެށުމުން އަރުޝީ މަރިޔަމް ހުއްޓާލެވޭތޯ އުޅުނެވެ. މީފަހަކަށް އައިސް ކައިސަންގެ ނަން އިވުމުން މަރިޔަމް އަށް ވާގޮތެވެ. ރިހާނީވެސް ހައިރާންވެ އަންތަރީސްވިއެވެ. މަރިޔަމް ކައިރީ އިށީންނަމުން ވީކިހިނެއްތޯ ސުވާލުކުރިއެވެ.
” ކައިސަން ހޭޒް ޕާސްޑް އަވޭ” ރިހާނީގެ ކަންފަތް ދަށައް ތިރިވެލަމުން މިހެން ބުނެލީ ޒިވާންއެވެ. ރިހާނީ އަށް އަނގަމަތީގައި އަތް އަޅާލެވުނީ ލިބުނު ހަބަރުންނެވެ. ދެރަވެ އަރުޝީއާއި ދިމާއަށް ބަލާލީ ބުނާނެ އެއްޗެއް ނޭނގި އިނދެއެވެ.
” ރިހާނީ.. އަވަހަށް ދޭ ގޮނޑިގައި އިށީންނަން.. ބޮޑުދައިތަ މިއުޅެނީ ވަރަށް އުފާވެރި ހަބަރެއް ދޭން ވެގެން” ވާހަކަ އޮޅުވާލުމުގެ މަގްސަދުގައި ރައިހާނާ ބުންޏެވެ. ރިހާނީވެސް ބަސްއަހައިގެން އަރުޝީގެ ކޮނޑުގައި ފިރުމާލުމަށްފަހު އައިސް ކައިލް ކައިރީގައި އިށީނެވެ. ހިނގައި ދިޔަ ކަންތަކަށް ފަހު އެންމެ ބޮޑަށް ހިތުގައި ސުވާލު އުފެދުނީ އާރާވްގެއެވެ. އަރުޝީއާއި ބެހޭގޮތުން ކަންތައްތައް އޮޅުންފިލުވުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިއްޖެއެވެ.
” މާތްﷲ ގެ އިރާދަފުޅުން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް.. ޒިވާން މީހަކާ އިނުމަށް ގަސްދުކޮށްފި.. އެނަސީބުވެރިޔަކީ އަރުޝީ.. ކުރިއަށް ދެހަފްތާއެއްހާ ދުވަސް ތެރޭގައި ޒިވާން އާއި އަރުޝީގެ ކައިވެނި ކުރެވިގެންދާނެ.. ” ރައިހާނާގެ އެހަބަރަށް ފަހު ގިނަ މީހުން އުފާކުރަމުން ދިޔައިރު އާރާވްގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. ލޮލުން ކަރުނަ ފާއްދާލީ އެންގުމަކާވެސް ނުލައެވެ. އެންމެ ލޯބިވާ ބޭބެގެ ކައިވެނި ހަމަޖެހުމުން ވާންވީ އުފަލެއް ނޫންހެއްޔެވެ. ނަމަވެސް އާރާވްއަށް މިވަނީ ކީއް ހެއްޔެވެ. އެހާ ބޮޑަށް ހިތުގައި ރިއްސަނީ ކީއްހެއްޔެވެ. ކައިލްއަށް އާރާވްގެ ހިތުގެ ހާލު އެނގި އާރާވްގެ ކޮނޑުގައި އަތް އަޅާލިއިރު ރިހާނީގެ ނަޒަރު ހުއްޓިފައިވަނީ އަރުޝީއަށެވެ. މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތް އިރު ގަދަކަމުން ހިނިތުންވާން ކުރާ މަސައްކަތް ރިހާނީއަށް ރަނގަޅަށް ފެނެއެވެ.
އަރުޝީ މަރިޔަމް އަށް ކާންދެމުން ދިޔައިރު ހިތުގައިވަނީ ހައިޖާނު ގަނޑެއް އުފެދިފައެވެ. ޒިވާން އާއި ކައިވެނި ކުރަން އަރުޝީ ނިންމީ ވަރަށް ވިސްނާފައެވެ. އެކަނި އުޅުމަށްވުރެ މީހެއްގެ ހިމާޔަތް ލިބިގެން އުޅުނިއްޔާ މާރަނގަޅުވާނެއެެވެ. އެހެން ނޫނަސް ޒިވާން އަކީ ރަނގަޅު އިންސާނެކެވެ. އަރުޝީ މަސައްކަތް ކޮށްފިއްޔާ މިކައިވެނި ކާމިޔާބު ކައިވެންޏަކަށް ހެދިދާނެއެވެ. ނަމަވެސް ހިތް ނުތަނަވަސް ވަނީ ކީއްވެ ހެއްޔެވެ. އަނެއްކާ އަރުޝީ އަށް މި ނިންމުނީ ރަނގަޅު ނިންމުމެއް ބާވައެވެ. ޒިވާން ހިތްހަމަޖެހޭ ފަދަ ގޮތަކަށް އަރުޝީއަށް އުޅެވިދާނެ ހެއްޔެވެ. ކައިސަން މަތިން ހަނދާން ނައްތާލެވޭނެ ބާއެވެ. މާތްﷲއާއި ވަކީލެވެ. އަރުޝީއަށް އޮތީ ހަމަޖެހޭ ދިރިއުޅުމަކަށް އެދި ދުއާ ކުރުމެވެ. ކެއުން ނިންމާލުމަށްފަހު އަރުޝީ މަރިޔަމް ގޮވައިގެން އަތްދޮންނަ ސިންކާ ދިމާއަށް ދާންފެށުމުން ރައިހާނާ އަމިއްލައަށް އެދިގެން މަރިޔަމް އާއި ހަވާލުވިއެވެ. ރައިހާނާގެ ހިތްހެޔޮކަން ފެނި އަރުޝީއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
އައިކޮޅަށް ދާން އެނބުރުނު ވަގުތު ކުރިމަތީ އައިސް ހުއްޓުނީ ރިހާނީއެވެ. އަރުޝީ އަތުގައި ހިފައިގެން ގޮސް ގޭގޭ ޕޯޓިކޯއަށް ނިކުތީ އަރުޝީއާއި ވާހަކަދައްކާލަން ބޭނުން ވެފައި ހުރީމައެވެ. އެންމެ ފުރަތަމަވެސް ރިހާނީ އަރުޝީ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ.
” ވަރަށް ބޮޑަށް ސޮރީ އާރޫ.. އަހަންނަށް އެއްގޮތަކަށްވެސް ނޭނގޭ ކައިސަންގެ ވާހަކައެއް..” މިހެން ބުނިއިރު ރިހާނީގެ މޫނުމަތިން އޭނާ ދެރަވެފައި ހުރިވަރު އެނގެއެވެ.
” އޯކޭއޭ ރިނީ.. އަސްލު ވަރަށް ގިނަ ވާހަކަ ދައްކަންވެފަ އެބަހުރި.. އެކަމަކު މިވަގުތު ނެތް ހުރެވޭކަށް މާމަ އިންނާނީ ނިދިވެސް އައިސްފަ… ދެން އިންޝާﷲ ވަރަށް ގިނައިން ދިމާވާނެއްނު” ރިހާނީގެ އަތުގައި ހިފާލަމުން އަރުޝީ މިހެން ބުނީ ހިނިތުންވެލަމުންނެވެ.
” އަދި އަހަރެންގެ ފިރިމީހާއާއި ދަރިފުޅުވެސް ތައާރަފް ނުކޮށްދެމެއްނު” މިހެން ބުނެ ރިހާނީ އަނެއްކާވެސް އަރުޝީ އަތުގައި ހިފައިގެން ގޭތެރެއަށް ވަދެ ޔަލާ އުރާލައިގެން ހުރި ކައިލް ކައިރިއަށް ދިޔައެވެ.
” ކައިލް.. މީ އަހަރެންގެ ބެސްޓީ.. އަބަދުވެސް ދައްކަމެއްނު އާރޫއެއްގެ ވާހަކަ.. މީ އާރޫ.. އާރޫ މީ އަހަރެންގެ ފިރިމީހާ ކައިލް ދެން މީ އަހަރެންގެ ދަރިފުޅު ޔަލާ” ރިހާނީ ކައިލް އާއި އަރުޝީ އެކަކު އަނެކަކަށް ތައާރަފްކޮށްދިނެވެ.
” ރިހާނީ ވަރަށް ދައްކާނެ އަރުޝީގެ ވާހަކަ.. ކައިވެނި ކުރަން އުޅުނުއިރުވެސް ވަރަށް އުޅުނު އަރުޝީ ހޯދަން… ވަރަށް އުފާވެއްޖެ ރިހާނީގެ އަރުޝީ އާއި ދިމާވީމަ..” ކައިލް މިހެން ބުނެލީ ރިހާނީ ގަޔާކައިރިކޮށްލަމުންނެވެ. އަރުޝީގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ގުޅަނީ ނަދީމާ ކަމުން އެއްކައިރިއަށް ޖެހިލުމަށްފަހު އަރުޝީ ފޯނުނެގިއެވެ. އެކޮޅުން ނަދީމާ ބުނި އެއްޗަކުން އަރުޝީއަށް ލިބުނީ ޝޮކެކެވެ. ބޮލަށް އެނބުރުން އަރާ ފޯނު އަތުން ދޫވިއެވެ. މިއަޑަށް ކައިލްއާއި ރިހާނީއަށް ބަލާލެވުނެވެ. ތަންކޮޅެއް ދުރުގައި ފޯނާ ކުޅެން ހުރި އާރާވްއަށްވެސް މި މަންޒަރު ފެނުނެވެ. ރިހާނީ ބާރާށް ހިނގާފައި އަރުޝީ ކައިރިއަށް ދިޔައިރު އަރުޝީ އަށް ރޮވެނީއެވެ. ކިހިނެއްވީތޯ ސުވާލުކުރުމުންވެސް އަރުޝީއަަކަށް ވާހަކައެއް ނުދެއްކުނެވެ. އާރާވް ވެސް ކައިރިއަށް އައީ ވެގެން އުޅޭ ގޮތެއް ބަލާލުމަށެވެ. އަރުޝީ ރޯތަން ފެނުމުން އާރާވްގެ ހިތުގައި ރިއްސާލިއެވެ. ނުރޯށޭ ބުނެ ދެލޯ ފޮހެލަދޭން ބޭނުންވިއެވެ. ތިރީގައި ވެއްޓިފައި އޮތް ފޯނު އާރާވްގެ ލޮލުގައި އަޅައިގަތެވެ. ގުދުވެލާ ފޯނު ނަގަން އުޅުނު ވަގުތު ޒިވާން އައިސް އެފޯނު ނަގާ ހަލޯއޭ ބުނެލިއެވެ. އެކޮޅުން ބުނި އެއްޗަކުން ޒިވާން މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވާން ފެށިއެވެ. އެބަދަމޭ ބުނުމަށްފަހު ފޯނުކަނޑާލަމުން އަރުޝީ ކައިރިއަށް ޖެހިލިއެވެ. ރިހާނީ ކިހިނެއްވީތޯ ސުވާލުކުރުމުން އަރުޝީ އުޅޭ ގޭގަ އަލިފާން ރޯވެގެން އުޅޭ ވާހަކަ ބުންޏެވެ.
” އަރުޝީ ހާސްނުވޭ އަހަރެން މިދަނީ އެތަނަށް.. ރިހާނީ އަރުޝީއަށް ބަލައްޗެ..” މިހެން ބުނެ ޒިވާން ދާން ހިނގައިގަތެވެ. އާރާވް ވެސް އަންނަން ބޭނުންވާކަމަށް ބުނުމުން ޒިވާން ކާރަށް އަރާ ނައްޓާލީ އާރާވް ވެސް ގޮވައިގެންނެވެ. އަރުޝީ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ރިހާނީ އަރުޝީ ގޮވައިގެން އެތެރެއަށް ވަދެ ސޯފާގައި ބޭންދިއެވެ. ރައިހާނާ އަށް މިމަންޒަރު ފެނި ވެގެން އުޅޭ ގޮތެއް އެހުމުން ރިހާނީ ކިޔައިދިނެވެ. އަރުޝީ އެދުނީ މަރިޔަމް ކައިރީ އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ.
ޒިވާން އާއި އާރާވް އަށް އެހިސާބަށް ދެވުނުއިރު ހުޅުގަނޑު ބޮޑުވެ ގެ އަނދަމުން ދަނީއެވެ. ފުލުހުންނާއި ސިފައިން ވެގެން އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަމުން ދެއެވެ. ގެއަނދަމުންދާ މަންޒަރު ބަލަން އާރާވް އަށް ނުހުރެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ގެއާ ދިމާއަށް ދުއްވައިގަނެވުނީ ބޭއިހްތިޔާރުގައެވެ. ޒިވާން އާއި ފުލުހުން ނުހުއްޓުވިނަމަ އާރާވް އަލިފާނުން އަނދަމުންދާ އެގެއަށް ވަނީހެވެ. އާރާވް އަށް ހޭވެރިކަމެއްވީ ދެނެވެ. މިރޭ އާރާވްއަށް މިވަނީ ކީއް ހެއްޔެވެ. ނޭނގޭ އިހްސާސްތަކެއް މިވަނީ ކީއްވެ ހެއްޔެވެ. ހިތަށް މިހާ އަސަރެއް މިކުރަނީ ކީއްވެ ހެއްޔެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ އަތުގެ އިނގިލިތައް ފަންއިސްތަށިގަނޑުގައި ހިންގާލަމުން ބާރުހިނގުމެއްގައި އާރާވް ގޮސް ކާރަށް އަރާ އިށީނެވެ. އާރާވްގެ މިއާދަޔާ ހިލާފް އަމަލާ ހެދި ހައިރާންވެފައި އާރާވް ދިޔަ ދިމާއަށް ބަލަހައްޓައިގެން ޒިވާން ހުއްޓެވެ. އެތަނުން ފުލުހަކު އައިސް ޒިވާން އާއި ވާހަކަ ދައްކަންފެށީ އެހެން ހުއްޓައެވެ.
………………………………………
މެހުމާނުންގެ ކޮޓަރިން ރައިހާނާ ނިކުމެ މަޑުން މަޑުން ދޮރު ލައްޕާލީ އެތެރޭގައި ނިދާފައި އޮތް މަރިޔަމްއަށް ހޭލެވިދާނެތީއެވެ. ސޯފާގައި އިށީނދެގެން އިން އަރުޝީ އިނީ ޒިވާންގެ އިންތިޒާރުގައެވެ. ރިހާނީވެސް އެތައް އިރަކު އިނުމަށްފަހު ގެއަށް ދިޔައީ ޔަލާ ނިދަންވެގެން ރޯންފެށުމުންނެވެ. ރައިހާނާ އައިސް އަރުޝީ ކައިރީ އިށީންނަމުން ދެރަނުވުމަށް ނަސޭހަތްތެރިވިއެވެ.
ޒިވާން އާއި އާރާވް އައިސް ވަންތަން ފެނި އަރުޝީއަށް އިންތަނުން ތެދުވެވުނެވެ. ޒިވާންގެ މޫނު މަތިން މާޔޫސްކަން ފެންނަމުން ދިޔައިރު އާރާވްގެ މޫނުމަތިވެސް ވަނީ މިލާލާފައެވެ.
” ވަަރަށް ބޮޑަށް ސޮރީ އަރުޝީ.. ގެ ވަނީ އަނދާ އަޅިޔަށް ވެފަ.. ގެއެކޭ ބުނާނެ ތަންކޮޅެއް އެގެޔަކު ނެތް..” ޒިވާން މިހެން ބުނުމާއެކު އަރުޝީއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އެގެއެއްގެ ތެރޭގައި ކައިސަން އާއި އެކު ދޮޅު އަހަރު ހޭދަކުރެވި އެގެއެއްގެ ތެރޭގައި އަރުޝީ އަށް އެތައް ލޯތްބެއް ލިބުނު ގެ މިއަދު ނެތިދިޔަ ހަބަރު ލިބުމުން އަރުޝީއަށް ވަރަށް އަސަރުކޮށްފިއެވެ. އެގޭގައި ކައިސަން އާއި ގުޅިފައިވާ އެތައް ހަނދާނެއް ވާނެއެވެ. އެނގޭގައި ހޭދަކުރެވުނު ކޮންމެ ސިކުންތެއް އަރުޝީގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ބޮލުގައި އަތް އަޅާލެވުނީ ބޮލަށް ބަރުވާން ފެށުމުންނެވެ. މުޅިތަން އެނބުރޭހެން ހީވުމާއެކު އަރިއަޅާލައިގެން ވެއްޓޭން ދިޔައެވެ. މިމަންޒަރު ފެނުނީ އާރާވް އާއި ޒިވާން އަށް އެއްކޮށެެވެ. އަރުޝީއާއި ދިމާއަށް ދުއްވައިގަނެވުނީވެސް ދެމީހުންނަށް އެއްކޮށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.



Me fisrt right?kiyaalafa comment kohlaanan❤❤
First*
ok 🙂
Nice story :please
jazakallah khair reem 🙂
# :p
Mee second v v v v reethi
jazakallah khair ainth 🙂
Maasha allah v reethi?? wen nxt part?
jazakallah khair shahoo :* :* next part in sha allah in three days 🙂
WOW..very nice..keep it up dear..
jazakallah khair noor 🙂
Mi part ves hama superb dear.. umm..axxa…new entry was rihaanee dw..❤ kiyaa hithun indha e nimuny… pls up soon.. waiting??
yeah rihaanee.. alhamdulillah!! jazakillah khair.. in sha allah avahah up kureveytho balaanan <3
Superb dear.. love this so much.. waiting ❤❤❤
Masha allah haadha reechcheyyy????? alhe aaraav ves arusheedheke maakurissure lobivaahen hyvany edhemyhun kommesvarakah dhimaave ge avves dhiyahen hyvsny stry kiyaalaafa arushee ah dhera ennu dheh chchey plx plx thankolhen avahah nxt prt up kolla dhybala plx plx plx gud nyt ly???❤❤❤????????????
Dhen engidhaanethaa dhw waagotheh in sha Allah.. Let’s see dhw.. In sha Allah v avahah up kureveytho Balaaanan jazakallah khair ❤️❤️❤️❤️??
Ehves meehakah ingeytha kayashandy ah vee gotheh? I really miss her story kakuni.
Kuhjaku bunedhyba reader ah vegen ulhey gotheh
Vara furihama keep it up??
Jazakallah khair fary
Mi vaahaka v.reethi dear.. waiting 4 next part..????keep it up
Jazakallah khair Xxxx
?
Don’t make fun of the dead.. She didn’t like calling her by that name when she was alive.. Respect.
varsh reethi mi part ves. waiting for the next part.
Jazakallah khair annoying reader
Hey azza.. kon dhuvahakun next episode up vany… waiting eagerly
mireyves kureveytho miulheny.. in sha allah kurevunuhaa vahakah up kuraanan.. keep waiting :*
Comment kuran v beynun. But mihaaru v foohivejje.. Cooment kuraathaa 3-5days fahun approve kurany.. Btw mi parts ves v reethi
I thought Aaraav is a girl kamah.