ޒީން ސިއްސައިގެން ދިޔައީ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ހިތްތޮޅިލީ ފާރަލާންއޮވެ މީހަކަށް ފަޅާއެރީހެން ހީވަމުންނެވެ. އެކޮޅުން ގުޅަމުން ދިޔައީ ޔުމްނުއެވެ. މިއަދަކީ އެމީހުން ހަނީމޫނަށް ފުރަން އޮތް ދުވަސްކަމުން ފިހާރައަށް ދާން ޔުމްނު ވަނީ އެދިފައެވެ. އެހެންކަމުން ޒީން ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖަހަމުން ޒީންގެ ލޯ އަމާޒުކޮށްލީ ޒިޔަމްގެ ކެބިންއަށެވެ. އެޔާއި އެކު ފެނުނު މަންޒަރުން އަތުގައި އޮތް ފޯނު ނުވެއްޓުނީ ކިރިއާއެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ހިތް ތެޅިގަތެވެ. ޝަމްހާގެ މޫނުގައި […]
ޒީލް ޖަވާބެއްނުދީ ހުރުމުން ޔޫލްގެ ރުޅިގަނޑު ދިޔައީ ކޮންޓްރޯލުން ނައްޓަމުންނެވެ.އެވަގުތު ޒީލްގެ ފޯނުވެސް ރިންގުވާން ފެށިއެވެ.ޒީލް ޖީބުން ފޯނު ނަގައި ބަލައިމަށްފަހު ޝައިބާގެ ކޯލް ބިޒީ ކޮށްލިއެވެ.އަނެއްކާވެސް ޝައިބާ ގުޅަން ފެށުމުން ފޯނު ސައިލެންޓަށް ލާފައި ޖީބަށް ލިއެވެ. ***************** “ދަރިފުޅާ…މަންމައަށްވެސް އިނގޭ ތިވަރުގެ ބޮޑު ޙަޤީގަތެއް މިހާ ދުވަސްފަހުން ކުއްލިއަކަށް އެނގުނީމަ އެކަން ބަލައިގަންނަން ދަރިފުޅަށް އުނދަގޫ ވާނެކަން….އެކަމަކު އަފީއަކީ އެހާ ނުބައި މީހެއް ނޫން.. ..އޭނައާއި ދޭތެރޭ މާޒީގައި ކަންތައް ވެފައި އެވަނީިވެސް ރަނގަޅަކަށް […]
އޭގެ އަނެއް ދުވަހު އިރު އެރި އިރު އަހަރެން ހުރީ ވަރަށް ނުތަނަވަސް ވެފައެވެ. ޤާޒީ އަކަށް ގުޅާ ކައިވެނި ކޮށް ދިނުމަށް ގެ ކައިރީގައި ހުރި މަސްޖިދުއް ސަލާމް މިސްކިތަށް އައުމަށް އަހަރެން ބުނީމެވެ. އެއަށްފަހު ނުތަނަވަސް ކަމާއި އެކު، ތެޅި ތެޅި އޮތް ހިތަކާއި އެކު އަހަރެން ޖަލީނަށް ގުޅީމެވެ. ކަންދިމާ ކުރިގޮތުން ދެތިން ރިންގަށް ފަހު ޖަލީން ފޯނު ނެގިއެވެ. އަހަރެން ޖަލީން ގާތު ޤާޒީ ހަމަޖެއްސި ގަޑި ބުނުމަށް ފަހު ފޯނު […]
އަޔާން އާހިލް ތައާރަފް ކޮއްލަދިނެވެ. ޔާނިޝްއަށް އިނީ ދައްކާނެ ބަހަނާއެއްވެސް ނޭނގިފައެވެ. މީޝާއަށް އިދެވުނީ ޔާނިޝްގެ ހިމާޔަތަށް އެދިއެދިއެވެ. “މީޝާއަށް ކަމުދޭތަ އާހިލް………………..” މީޝާ ސިހުނީ އަޔާންގެ އަޑަށެވެ. މީޝާ އާހިލްއަށް ބަލާލިއެވެ. އާހިލްހުރީ ހިނިތުންވެލައިގެންނެވެ. މީޝާ އަނެއްކާވެސް ބަލާލީ ޔާނިޝްއަށެވެ. “ދެކުދިން އެކުގަ ދުވަސްކޮޅަކު އުޅެލީމަ އެނގޭނީދޯ…………..” މީޝާގެ ޖަވާބެއް ނުލިބުމުން އަކްރަމް ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުންބޯޖަހާ ލުމައްފަހު މީޝާ އިސްޖަހާލިއެވެ. “އާހިލްއަށް މީޝާ ކަމުދޭތަ………………….” ދަތްދޮޅީގަ އަތްވިއްދާލައިގެން އިނދެ ޔާނިޝް ސުވާލުކުރިއެވެ. […]
ޝައިބާ ފަލަކުގެ ދިރިއުޅުމާއި ކުޅެލިއިރު އޭނާގެ ޙަޔާތަށް މިވަރުގެ ބޮޑު ތޫފާނެއް އައިސްދާނެ ކަމަކަށް ކުޑަކޮށްވެސް އަންދާޒާވެސް ކޮށްލެވިފައެއް ނުވެއެވެ. ************** އެމީހުންނާއި ދިމާއަށް އައި ދެމީހުންކުރެ ކުރިއަަށްހުރި މީހާގެ ފޯނު ރިންގުވާން ފެށުމުން ފިޔަވަޅުތައް މަޑު ޖައްސާލުމަށްފަހު އެމީހާގެ ފޯނަށް ޖަވާބުދެމުން އެނބުރި ދަމުން ކައިރީގައި ހުރި މީހާއަށް އަތުން އަންނާށޭ ބުނާފަދަ ގޮތަކަށް އިޝާރާތް ކޮށްލާފައި ގޮސް ޖިޕަށް އެރިއެވެ.އެވަގުތު ޔޫލްއާއި ފަލަކުއަށް ދުރަށް ޖެހިލާފައި ހިންހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.އަދި އިށީނދެ ބިރުން […]
” ސަރ ސަރ.. އާރަވް ސަރ.. ކޮޓަރިން ބޮޑު ބާރު އަޑުއިވެނީ” މާނޭވާ އަޅަމުން ރާޖާ މިހެން ބުނުމުން ރައިހާނާއާއި ޒިވާން ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ވަންނާން ދިޔައެވެ. ރާޖާ ބުނިހެން އާރާވްގެ ކޮޓާރިން އިވެމުން ދިޔައީ އެއްޗެހިތައް ފުނޑި ފުނޑިކުރާ އަޑެވެ. ރައިހާނާ އާއި ޒިވާން އާރާވްގެ ކޮޓަރީ ދޮރުގައި ޓަކިޖަހަމުން އާރާވްއަށް ގޮވަމުންދިޔައެވެ. ނަމަވެސް އާރާވް ދޮރެއް ނުހުޅުވައެވެ. ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ އަޑުގަދަވަމުންނެވެ. އެެންމެ ފަހުން އާރާވް ދޮރު ނުހުޅުވުމުން […]
“ސާޝާ!” ލިފްޓުގެ ދޮރު ހުޅުވުމާއިއެކު ކުރިމަތީހުރި ޒުވާނާގެ މެދުހަށީގައި އޮޅުލައިގަންނަމުން ޝިމްލާއަށް ބުނެވުނެވެ. ކުރެވުނު ކަންތައް ރޭކަލުމުން ޝިމްލާއަށް ގަތްލަދުން ސާޝާގެ ގަޔާދުރުވެލަމުން ފަހަތަށް ޖެހެލެވުނެވެ. އަދި ފުންކޮށް އެފިރިހެންވަންތަ މޫނަށް ނަޒަރުހިންގާލިއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑުވަނީ ތިރިއަށް ވައްޓާލެވިފައެވެ. އަޅާފައިވާ ނަންބަރުއައިނުގެ ތެރެއިން އެ ޖާދުވީ ދެލޮލުގައިވާ އަޅިކުލައިގެ ކަޅި މިހާރު ފެންނަނީ ކުރިއަށްވުރެވެސް ފުރިހަމަކޮށެވެ. މޫނުގެ ކުލަ ކުރިއަށްވުރެ އަލިވެފާ ދަތްދޮޅީގެ ވަށައިގެން ލާފައިވާ ތުނބުޅި ކުރިއަށްވުރެ ދިގުވެފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދޭހެން ހީވެއެވެ. ކަޅިޖަހާނުލާ […]
އަރުޝީއަށް ބަލަން ކެތް ނުވެގެން އެތަނުން ތެދުވެގެން ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. އައިދަންގެ ފޯނުން ދެންމެ ފެނިގެން އެދިޔަ މަންޒަރުން އަރުޝީގެ ހިތް ކަތިލެވިއްޖެއެވެ. ކައިސަން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަރުޝީ އަށް ޤަބޫލުކުރަން ދަތިވަނީީއެވެ. ނަމަވެސް އެ ފޯނުން އެ ފެނުނީ ހަމަ އަރުޝީ ގެ ކައިސަން އެވެ. ކައިސަން ދުވަހަކުވެސް އަރުޝީ އަކަށް ނޯޅޭނެއެވެ. އަރުޝީ އަށް ބާރަށް ރޮވެން ފެށުނެވެ. ހުރި ތަނަށް ތިރިވެ އިށީނދެވުނެވެ. ވީޑިއޯއިން ފެނުނު މަންޒަރު […]
ސާއިމް އަދި ޒިޔަމް ކޮފީއަކަށް ރެސްޓޯރެންޓަކަށް ދިޔައީ ކްލިނިކު ޑިޔުޓީ ނިއްމާފައެވެ. އެމީހުންނާއި އެކު ޝާހުވެސް ބައިވެރިވިއެވެ. ޝާހު ބުރަކޮށް އުޅޭތީ ބައްދަލުވެވެނީ މިހެން ދިމާވާ ދެތިން ކޮފީއަކުންނެވެ. “ޒައި އަށް އެކަން ކުރި މީހެއް އެގިއްޖެތަ މިހާރު” ޝާހުކޮށްލި ސުވާލުން ސާއިމްއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. “ތިވާހަކައެއް ނޫނޭ. މީނަ މީހަކާއި އިންނަން މިއުޅެނީ. މަގޭ ކޮއްކޮއާއި” އެއީ ދެމީހުންވެސް މާ ގަޔާވާ މައުޟޫ އަކަށް ނުވާތީ ބަދަލުކޮށްލިއެވެ. “ސެޓުކޮށްލީ ދޯ އެއްމެ ފަހުން..” […]