Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ވިހިވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
July 16, 2017 4 Mins Read
33 Comments

 

ލައިތް ކޮންމެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައީތީ އަލާނިޔާ ގުދުވެލިއެވެ. މަޑުމަޑުން ލައިތްގެ އަޑު ފޯރިއެވެ.”ތި މޭކަޕް ތަށް ހުރި ފާޑުން ހީވަނީ ފުރޭތައެއްހެން. ޑޮކް ވެސް ލާނީ މިތަނަށް ވެއްދީ ތިހުރި ސިފައިން ބިރުން ކަންނޭންގެ.” ހެއުމުގެ ތެރެއިން އަލާނިޔާ ލައިތްގެ ކޮނޑުގައި މަޑުމަޑޫން ޖަހާލިއެވެ. އަދި ލޯނިބް ފުރިގެންވީ ބެލުމަކުން ބަލާލިއެވެ.

ކުއްލިއަކަށް ލައިތް ތެޅެން ފެށިއެވެ. އަދި ލައިތްގެ ލޯ މެރުނެވެ. މެށިނަތަކުން ވެސް ބާރު އަޑުތަކެއްގޮވަމުން ދިޔައެވެ. އަލާނިޔާއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ޑޮކްޓަރުންވެސް އެތަނަށް ވަނެވެ. އަދި ޔުސްރާ އައިސް އަލާނިޔާ އެތަނުން ނެރުނެވެ. އަލާނިޔާ ރޮވިފައި އިނީ ރަނގަޅަށް އޮވެފައި ލައިތްއަށް ކުއްލިއަކަށް އެހެން ވުމުންނެވެ. ފަސްވަރަކަށް މިނެޓު ފަހުން ޑޮކްޓަރުން މާޔޫސްވެފައި ތިބެ ނިކުތުމުން އަލާނިޔާވެސް ތެދުވެ އިސްޖަހާލިއެވެ.

“ހިތްވަރު ކުރޭ…ލައިތް ވަނީ ކޯމާއަކަށް ގޮ…” ޑޮކްޓަރުގެ ވާހަކަ ފުރިހަމަވެސް ނުވަނީސް އަލާނިޔާ މަޑުމަޑުން ހިނގައިގަތީ އެތަނުން ނިކުމެގެން ދާށެވެ. ޔުސްރާވެސް މާޔޫސް ވީވަރުން އެތާ އިށީންދެލިއެވެ.

އަލާނިޔާ މަޑުމަޑުން ހިނގަމުން ދިޔައީ ޕޮލިސްޓޭޝަނާ ދިމާއަށެވެ. އެންމެ ފުރަތަމަވެސް އެތަނުން ދިމާވީ އެތަނުގެ އިސްވެރިޔާ ތިހާމް އާއެވެ. އޭރު އޭނާއަށްވެސް ވަނީ ލައިތް ކޯމާއަށް ދިޔަ ހަބަރު ޝިފާންގެ ފަރާތުން ލިބިފައެވެ. އަލާނިޔާގެ ހާލު ފެނުމުން ތިހާމް އަލާނިޔާއަށް ގޮވާލިއެވެ. “އަލާނިޔާ. ރުއާ ހޭ އަރައިފި. ލައިތްގެ ބަދަލުގަ ދެން އެ މައްސަލަ އަލާނިޔާ ތަހުގީގު ކުރާގޮތަށް އަހަރެން ނިންމައިފިން. ދޭ.. ގޮސް އެންމެނަށް އިންސާފު ހޯދަދީ..” ތިހާމް ގެ ބަސްތަކުން އަލާނިޔާގެ މޫނުމައްޗަށް ވެރިވި ހިނިތުން ވުނި ފެނި ތިހާމް ހިތާހިތާ އަލާނިޔާގެ ހހިތްވަރު ގަދަކަމަށް ތައުރީފު ކޮށްލިއެވެ.

އަލާނިޔާ އާ އެތަނުން ދިމާވީ ސިނާއާއެވެ. އޭނާޔާ އެކު ގޮސް އަލާނިޔާ ރުއާ ބައިންދާފާއިން ގޮޅިއާ ހިސާބަށް ދިޔައެވެ. އޭރު އިސްދަށަށް ޖަހާލައިގެން އިން ރުއާ ފެނުމުން ދެމީހުން އެކުގައި އުޅުނު ދުވަސްތައްމަތިން އަލާނިޔާ ހަނދާންވިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި އެތަނުގެ ދޮރު ކަހާލިއެވެ. ފަނޑު އަލީގެ އެންމެ ބޮތްކެއް ރުއާގެ ބޮލާދިމާއިން މަތީގައި ހުރިއިރު އެތަން ފުދޭވަރަކަށް އަނދިރިއެވެ. ދޮރު ހުޅުވުމާއެކު އިވިގެން ދިޔައީ ބާދަނގަޑު ކެހޭއަޑެވެ. އެ އާއެކު ވިހަ ހިނިތުން ވުމަކާއެކު ރުއާ އިސްއުފުލާ ބަލާލިއެވެ. އަލާނިޔާގެ ހިތް ތެޅިލީ މޭފަޅާލައިފައި ނިކުންނަން އުޅޭ ފަދައިންނެވެ.

“އަދޭ އަދޭ…ކަލޭ ތިހެން ހިތާމަ ކޮށްކޮށް ހުންނަހާ ހިނދަކު އަހަރެން އުޅޭނީ އުފަލުން.” ރުއާ އެހެން ބުނެލުމާއެކު އަލާނިޔާ ގާތަށްވެސް ރުޅިއައެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.”ބުނަން. މިތާނގަ ވާހަކަ ދައްކާނީ އަހަރެން. ކަލޭ އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދޭނީ. ހްމްމްމް…ފުރަތަމަ ސުވާލު. ކުރިން މެރި މީހުންތައް މެރީ ކީއްވެގެން؟” އަލާނިޔާ ހީވީ ތަގުރިބާ ހުރި މޮޅު ޕޮލިހެއްހެނެވެ.

“ކަލޭގެ ސަމާލުކަން ހޯދަން.” ރުއާ ހީލަމުން ބުނެލިއެވެ. “ނިހާޔޯ؟” އަލާނިޔާވެސް ހީލިއެވެ. އެއީ ރުއާ އާއި ވަރަށް ގާތްކޮށް އުޅުން ކުއްޖެއްކަން އަލާނިޔާއަށް ވެސް ވަނީ އިނގިފައެވެ. “އޭ..ކަލޭ.. އާހް. އޭނަޔަށް އަހަރެން ވަނުން މަނާކޮށްފަ އޮތް ކޮޓަރިއަކަށް ވަދެވުނީ.އެހެންވެ މަޖުބޫރު ވީ. އެއީ އަހަރެން ކޮއްކޮއެއް ފަދައިން ލޯބި ވީ ކުއްޖެއް. އޭނަ މަރާލަން ޖެހުނީ ކަލެޔާ ހެދި” ރުއާގެ މޫނުން ހިނިތުން ވުން ފިލާ ގޮސް ރުޅިވެރިކަން ފެންނަން ހުއްޓެވެ. އެޔާއެކު އަލާނިޔާ ހޭންފެށުމުން ރުއާ ގާތަށް އިތުރަށް ރުޅިއައެވެ. އެޔާއެކު އަލާނިޔާ އޭނާގެ މަގްސަދު ހާސިލްވުމުން ހަމަޖެހެން ބުނުމަށްފަހު އެ މީހުން މެރުމުގެ މަގްސަދަކީ ކޮބައި ތޯ އެއްސެވެ.

“އިނގޭތަ..އެދުވަހު އެކަކުވެސް އަހަރެން ހޯދާކަށް ނޫޅުނު. އެންމެނަށްވެސް އަބަދުވެސް މުހިއްމު ވަނީ ކަލޭ…މަގޭ މަންމަޔަށްވެސް. އޭނަގެ ނަސީބު އޭނަ މިހާރު ދުނިޔޭގަ ނެތްކަން. އާހް. އެ ނުލަފާ މުލައިލްވެސް އަހަރެން ހޯދާކަށްވެސް ނޫޅުނު. ކަލޭގެ ސުންޕާކަމުން މަށަށް މަގޭ އާއިލާ ގެއްލުނީ..ތީ ހަމަ ނުލަފާ މީހެއް. ކަލޭ ޖެހޭނީ މަރުވާން…” ރުއާއަށް ވަނީ ހަމަ ރަނގަޅަށްވެސް ހަގީގަތް އޮޅިފައިކަން އިނގުމާއެކު އަލާނިޔާ ދެރަވިއެވެ. ނަމަވެސް ހަގީގަތް ކިޔާދޭންވެސް އަލާނިޔާ ބޭނުމެއް ނުވިއެވެ.” މާދަމާ ހެނދުނު އަށެއް ޖަހާއިރު އަޑު އެހުން އޮންނާނެ. ކޯޓުން ދިމާވާނު” އެހެން ބުނުމަށް ފަހު އަލާނިޔާ އެތަނުން ނިކުމެގެން ދިޔައިރު ރުއާ ހަޅޭއްލަވާ އަޑު އިވެމުން ދިޔައެވެ. ނަމަވެސް އަލާނިޔާ ދެން އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން ގެޔަށް ގޮސް ފެންވަރާލައިގެން ހޮސްޕިޓަލަށް ގޮސް ޔުސްރާ ގެޔަށް ފޮނުވިއެވެ. ޔުސްރާވެސް އެތަނުން ދިޔައީ އަލާނިޔާ ހަމަޖެހިފައި ހުރުމުންނެވެ.

އާ ދުވަހަކަށް އިރު އެރީ ހަގީގަތް އެންމެންގެ ކުރިމަތީގައި ހާމަ ކުރަމުންނެވެ. އާ ހަބަރެއްވެސް ފަތުރަމުންނެވެ. ކުއްވެރިޔަކު ޖަލުގައި ދަންޖެހިގެން އަމިއްލަޔަށް މަރުވިވާހަކައެވެ. އާނ އެކެވެ. އެންމެ ފަހުން ރުއާ މިދުނިޔެއާ އަލްވަދާއުކީއެވެ. ޖޮނަތަންވެސް ހިތާމަތަކާއެކު އަނބުރާ ގައުމަށް ދާން ފުރީ އުފާވެރި ކަންކަން ހިތުގައި ރައްކާކުރަމުންނެވެ.

************************************************************

ދެ އަހަރަށް ފަހު އަލާނިޔާ މާލޭގެ ހަލަބޮލި ބިމުގައި ފައި ޖައްސާލުމާއެކު ކުރީގެ ހުރިހާ ހަނދާންތަކެއް އާވާން ފެށިއެވެ. ލައިތް ކޯމާގައި އޮތްތާ އެއްހަރު ފުރުން ތަނާ ލައިތްގެ މަންމަ ދުނިޔެއާ އަލްވަދާއު ކިޔުމުން އަލާނިޔާ އެކޮޅަށް ދިޔައީއެވެ. އަދި އެކޮޅުން އަލާނިޔާ އެކްސިރެންޓު ވުމާއެކު އަނެއްކާވެސް މަޑުކުރަން ޖެހުނީއެވެ. މިއަދު އަލާނިޔާ އެއައީ އަބަދައްޓަކާ ލައިތްގެ ގާތަށެވެ. އަލާނިޔާ ކާރަކަށް އެރުމަށްފަހު ޔުސްރާ މެސެޖުކޮށްފައިވާ އެޑްރެހަށް ދިޔައެވެ. ކާރުން ފޭބުމާއެކު ގޭގެ ދޮރުމަތިން އަލާނިޔާއަށް މަރުހަބާ ކީ ޝިފާންއަދި ޔުސްރާމެންގެ ދެމަފިރިންނެވެ. އެދެމީހުންގެ ކައިވެނީގެ ހަފްލާގައި އަލާނިޔާ ބައިވެރިވީ ލަންކާގައި ހުރެގެންނެވެ. ޝަކުވާތަކާއެކުވެ.

އަލާނިޔާ އެންމެ ފުރަތަމަ ވެސް އުޅުނީ ލައިތްގެ ގާތަށް ހޮސްޕިޓަލަށް ދާންށެވެ. ޔުސްރާ އެކަން މަނާކުރުމުން އަލާނިޔާވެސް ފަހުން ދާން ނިންމިއެވެ. އަދި ޔުސްރާމެން ދެމީހުން ލައިތްއަށް އެހާ ދުވަހު އަޅާލަދިނީތީ އެކަމަށް ޝުކުރު އަދާކުރިއެވެ. ކޮޓަރިއަށް ވަދެވުމާއެކު އަލާނިޔާއަށް ނިދުނު އިރެއްވެސް ނޭންގުނެވެ. ހޭލެވުނީ ޔުސްރާ ގޮވާތީއެވެ. އޭރު ގަޑިން އިރުއޮއްސި ހަތެއް ޖެހީއެވެ. ނަމާދުކޮށްލައިގެން އަލާނިޔާ ނިކުތުމާއެކު ޔުސްރާ އަލާނިޔާއަށް ވަރަށް ރިތި ނޫކުލައިގެ ހެދުމެއް ދިނެވެ. އަދި އަށެއްޖަހާއިރަށް ރިތިވުމަށް އެދުނެވެ. ޔުސްރާ ބުނި ގޮތުން ވެއްޖެޔާ ކޮންމެސް ޕާޓީއަކަށް ދާންށެވެ.

އެއީ ވަރަށް ރީތި ދިގު ހެދުމެކެވެ. އަލާނިޔާ އެހެދު މުގައި ފެންނަނީ ނޫކޮކާލެއް ފަދައިންނެވެ. ރިހިކުލައިގެ ހާރެއް އަޅާފައި ވީއިރު ފުދޭވަރަކަށް ދިގު ވެފައިވާ އަލާނިޔާގެ އިސްތަށިގަނޑު އޮތީ ރީތިގޮތަކަށް ހަދާލާފައެވެ. އަލާނިޔާ ރީތިވެލައިގެން ނިކުތުމުން ޔުސްރާގެ އިތުރުން ޝިފާންވެސް އަލާނިޔާގެ ރީތިކަމަށް ތައުރީފު ކޮށްލިއެވެ.

މާބްލް ހޮޓާ އޮތީ ވަރަށް ރީތި ކޮށްލާފައެވެ. ނޫކުލައިން ޒީނަތްތެރި ކޮށްފައިވާ އެ ހިތްގައިމު މާހައުލަށް ދެވުމާއެކު އަލާނިޔާ އެތަނުގެ ރީތިވާހަކަ ޔުސްރާ ގާތު ދައްކަން ފެށިއެވެ. ދައްކަމުން ދިޔަ ވާހަކަ ހުއްޓުނީ ކުރި މަތީ ހުރި ލައިތް ފެނުމުންނެވެ. ކަޅު ސޫޓެއްލައިގެން ސްމާޓްގޮތަކަށް ހުރި ލައިތް ހުރީ ނޫކުލަޔާއި ކަޅުކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާއެއް ހިފައިގެނެވެ. އަލާނިޔާ ވީ އުފަލާއެކު ދިޔަގޮތަށް ގޮސް ލައިތްގެ ގައިގައި ބައްދާލިއެވެ. މީހުންނަށް ފަރުވާލެއްނެތިއެވެ. އެވަގުތު ލައިތް ޔުސްރާ އަދި ޝިފާންއަށް ބަލާލުމަށްފަހު ހީލިއެވެ.

ލައިތްގެ ގައިގައި ބައްދައިގަތުމަށްފަހު ރޯންފެށިއެވެ. އެޔާއެކު ލައިތް އަލާނިޔާ ދުރުކޮށްލުމަށްފަހު ކަރުނަތަށް ފޮހެދިނެވެ.”ލާނީ.. ވިލް ޔޫ މެރީ މީ؟” ލައިތް ކުރިންވެސް ދިން އަނގޮޓި ނެގުމަށްފަހު އަހާލިއެވެ. އެކަމާ ހައިރާންވެ ހުރެ އަލާނިޔާ ޔުސްރާއަށް ބަލާލުމަށްފަހު ހީލަމުން އާނ އެކޭ ކިޔާ އަތް ދިއްކޮށްލިއެވެ. އެވަގުތު އެންމެންގެ މަރުހަބާގެ ބަސްތަށް އޮއްސާލިއެވެ. ތިހާމްވެސް އައިސް ދެމީހުންނަށް މަރުހަބާ ކިޔެވެ.

“އައި ނޯ….ސޮރީ ކުރިން ނުބުނެވުނީމަ. ހެހެ.. އަސްލު ލާނީ އަންނަން އުޅޭ ވާހަކަ ބުނި ދުވަހު ލައިތް ހޭއެރީ.. ދެން އެހެންވެ ސަޕްރައިޒެއް ދޭންވެގެން ނުބުނީ..” ޔުސްރާ އެމީހުންގެ ގާތަށް އައިސް ކަންވީ ގޮތް އުޅުން ފިލުވާދިނުމުން އަލާނިޔާ ތޭންކްސް އޭ ކިޔާ ޔުސްރާގެ ގައިގައި ބައްދާލިއެވެ. އަދި ހަތަރު މީހުންވެސް ޕާޓީ އައިގެން މަޝްއޫލުވިއެވެ.

މާފުށީގެ ހިތްގައިމު ތުނޑިއެވެ. ކަޅާނުލުން މުޅި މާހައުލު ބަބުޅަމުން ދިޔައިރު އަލާނިޔާ ނޫލުކައިގެ ކައިވެނީގެ ހެދުމުގައި ހީވަނީ ޖަވާހިރެހެންނެވެ. ލައިތް ވެސް ކަޅާ ނޫ އެކުލެވޭ ސޫޓެއްގައި ހުރިއިރު އަންހެން ކުދިން ލައިތްއަށް ބެލުން ހުއްޓާނުލަން ހުވާކޮށްގެން ތިބިފަދައެވެ. އެ އުފާވެރި މާހައުލުގައި ދެމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވެމުން ދިޔައިރު އެތަނުގައި ތިބި ގިނަބަޔެއްގެ ހިތުގައި އެތަކެއް ސިއްރު ތަކެއް ފޮރުވިފައި ވިއެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެ ސިއްރުތަށް ވެލިއަޅާ ފޮރުވާފައި ވީއިރު އުފާވެރިކަން ފަތުރަމުންނެވެ.

އުފާވެރި އަދި މަޖާ ވަގުތު ކޮޅަކަށްފަހު އަލާނިޔާމެން އެމީހުންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ފުރިހަމަ ކަމުން ދެމީހުންވެސް ހައިރާންވެފައި ތިއްބެވެ. ނަމަވެސް ލައިތް އަލާނިޔާއަށް ބަލަމުން ދިޔައީ މާވަރަކަށެވެ. އެންމެ ފަހުން ލަދުން ގޮސް އަލާނިޔާ އިސްޖަހާލުމާއެކު ލައިތް އަލާނިޔާ ނަގައިގެން ކޮޓަރިޔަށް ވަންނަމުން ދޮރު ޖަހާލީ ބިރުވެރިކަމާ ހިތާމަޔާ ނާމާން ކަމަށް ވެސް ވަދާއީ ސަލާމް ކޮށްލާ ފަދައިންނެވެ. އުފާވެރިކަމަށް މަރުހަބާ ކިޔަމުންނެވެ.

ނިމުނީ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ކަޅު ވިލާގަނޑު

Next

ހިތުގެ މިލްކުވެރިޔާ ( ހަތްވަނަ ބައި)

Next
July 16, 2017

ހިތުގެ މިލްކުވެރިޔާ ( ހަތްވަނަ ބައި)

Previews
July 16, 2017

ކަޅު ވިލާގަނޑު

33 Comments!

  1. imagination ?? says:
    July 16, 2017 at 9:41 pm

    finallyy….aaaahhhh… so friday ga lap libunima mee veevaru ingey. so umm yeah.. buneba mi vaahaka yaamedhu hiyaaluthah. dhen hurihaa suvaalakah javaabu dhevun dhw..and sadly mee my last story for this yr. bye bye guyss.. love u a lottt.. v bodukoh..and plx comment…nyyttss <3 <3

  2. azeen says:
    July 16, 2017 at 9:50 pm

    v salhi ekam maa kahun dhw thi up kuree:)

    1. imagination ?? says:
      July 17, 2017 at 9:34 pm

      Sorry.. Ekm ehaa inthizaaru kohffa ves kiyaali ma v ufaavehje
      ?

  3. Reader says:
    July 16, 2017 at 9:59 pm

    Thank you so much

    1. imagination ?? says:
      July 17, 2017 at 9:36 pm

      Ur welcome. Infact thank you ?

  4. Reader says:
    July 16, 2017 at 10:04 pm

    I thought miahvure dhigu koh genesdheyne kamah ekam

    1. imagination ?? says:
      July 17, 2017 at 9:37 pm

      Alheyy.. Sorry dear. Aug first ga exams nimeythi aslu

  5. SHAAYAA♥ says:
    July 16, 2017 at 10:05 pm

    Orr dear this is so cute v loabiii …. but will miss u alot … ly♥♥♥ nyyyttttsss ♥♥♥♥

    1. imagination ?? says:
      July 17, 2017 at 9:38 pm

      Alheyy… Hehe.. Thanks for the loabi comment. Lym ??

  6. Blume says:
    July 16, 2017 at 10:35 pm

    Nooooo…imagination plx ehn vaahaka eh genes dhehchey…???u r one of my fav writers …byw v rythi mi stwry???

    1. imagination ?? says:
      July 17, 2017 at 9:40 pm

      Alheyy.. Sorry v bodah. Ekm alhuganduge exams August first ga feshey… In sha allah next year nooni eyah vire kurin ves hama fenidhaane. Okey? ???

    2. imagination ?? says:
      July 17, 2017 at 9:42 pm

      Vure*

  7. song joong ki..KOREAN says:
    July 16, 2017 at 10:37 pm

    vvv reethi mi storyy. hama best. ekamu dhn nimunyy dhw alheyyy so sad

    1. imagination ?? says:
      July 17, 2017 at 9:43 pm

      Yeah nimuni.. Thanks. Aslu v ufaavehje abadhuves fenna faraathehgge comment fenunima.. Really blessed. ?

    2. song joong ki..KOREAN says:
      July 17, 2017 at 11:10 pm

      hehe imagination ge mi story vvv kiyaa hithun knme part ehvx kiyayy. hama ehaa interesting vefa reethi v ma. by the way, thakss so much mihaa reethi story eh genesdhinythy, n gud luck for ur exams. my exam is also on august 🙂 TC . may god bless u

  8. luhan says:
    July 16, 2017 at 10:57 pm

    V v v reeethi..

    1. imagination ?? says:
      July 17, 2017 at 9:45 pm

      Thanks. Luhan ge comment mi bain fenunima varah happy… ??

  9. Adha? says:
    July 16, 2017 at 11:03 pm

    Dhera dw stories thah nimeythy.. vvvvvv reethi mi story.. hope to see more from you dear..?tc loves?❤

    1. imagination ?? says:
      July 17, 2017 at 9:48 pm

      Alhey… Dhera dhw… Thankss ingey… Abadhuves comment kuraathan fennathi m really happy ?

  10. Shi says:
    July 16, 2017 at 11:09 pm

    Wow vsalhi

  11. aysh says:
    July 16, 2017 at 11:24 pm

    vaahka nimuny dhw…will miss u a lot…
    bt ummeedhu kuran imagination ge vaahka adhives kiyaalan libeyne kamah…
    gud nyt…tc…

  12. aysh says:
    July 16, 2017 at 11:24 pm

    stry hama vrh nice

  13. khajja says:
    July 16, 2017 at 11:46 pm

    Wow masha allh v loabi stry will wait nxt stry ummydhukuran v avahah ehen stry eh kiyaalan libeyne kamah gud nyt ly????❤❤❤❤❤???????????????????

  14. Psenhi says:
    July 16, 2017 at 11:51 pm

    Alhey reethivegen kiya huriha story thah mioh nimeny. Hope 2 c a new story of u like this 1

  15. nux says:
    July 17, 2017 at 12:12 am

    alhey haadha reachay nimun out standing well done image ??v thoughting mi story hama????????? hope kuran new story eh kiyaalan libeynekamah

  16. ROMAN REGINS says:
    July 17, 2017 at 12:46 am

    Wow nice

  17. Moya naasira says:
    July 17, 2017 at 6:37 am

    Wow. Nice. See yah next year ?. And good luck for ur O’level exams. May Allah bless you dear ?tc

  18. Reader says:
    July 17, 2017 at 7:48 am

    Enmen maruveema varah dhera vi. Specially Mulail. Ekam vaahaka habeys

  19. Aashoo says:
    July 17, 2017 at 1:14 pm

    Mi story furathama v interesti g kon dhiyaee..but nimun eha reehcheh noon. Maa easy kon ruaa hayyaruves kurevuny. I athriller for more thriller

  20. Monica Geller says:
    July 17, 2017 at 1:41 pm

    Imagination has mock exam I guess

    1. Rachel Green says:
      July 17, 2017 at 4:12 pm

      Monica Geller My foot

  21. Elly says:
    July 17, 2017 at 9:01 pm

    Story v nice and endgin varah laobi igey fainally alaaniya men ruaa ge kibain salaamay vee and i hope imagination ge new stry eh fenaane kamah☺

  22. Mai says:
    August 11, 2017 at 8:32 am

    Vrh salhi… thafaathu vaahakaeh…

Comments are closed.



All Right Reserved!