ވާށެ އޯގާ ހިތާ 19
ޒީން އާއި އަރައި ހަމަވުމުން ޒިޔަމް އިތުރަށް ހިނިތުންވެލިއެވެ. ” އަހަރެން ޒީންގެ ހަސްބެންޑަށް ހަދައިދޭން ކެރިދާނެތަ” ޒިޔަމް އޭނާގެ އެދުން މިފަހަރު އިއްވާލީ ތަފާތު ބަސްތަކަކުންނެވެ.
ޒިޔަމްގެ މޫނަށް ބަލަން ހުރެފައި ޒީން ޒިޔަމްގެ މޭގައި ބޯއަޅައިލީ އެވަގުތު ލޮލުން އޮހެރެމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް ވަންހަނާ ކުރާނެ އިތުރު ގޮތެއް ނެތުމުންނެވެ. އަދި މަޑުމަޑުން ބޯ ޖަހައިލީ އާބަސް ބުނުމުގެ ގޮތުންނެވެ.
ޒީންގެ އެކުޑަ ހަރަކާތުން ޒިޔަމްއަށް ލިބުނު އުފާ އެތައް ހާސް ގުނައެއް އިތުރެވެ. ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާގެ ފައިދަށަށް އެއްފަހަރާ ޖަމާވިހެންނެވެ.
ޒިޔަމް އެއް އަތް މައްޗަށް ނަގައި ބޮޑުވައި އިގިލި މައްޗަށް ނަގައިލީ އޭނާގެ އުފާވެރިކަން އެހެން މީހުންނަށް އަންގައި ދިނުމުގެ ގޮތުންނެވެ. އެވަގުތު ހަމަހިމޭންކަން ވެރިވެފައި އޮތް ތަން އަތްތިލަ ބަޑީގެ ހޫނު މަރުހަބާއިން ގުގުމާލިއެވެ.
“ޒީ.. ދެން ނުރޮއި ޕްލީސް” ޒިޔަމް ޒީންގެ މޫނުގައި ދެއަތުން ހިފާލައި އިސްއުފުލައިދެމުން ބުނެލިއެވެ. އަދި ޖީބުގައި އޮތް ރުމާ ނަގައި ޒީންގެ ކަރުނަތައް ފުހެދޭން އުޅުނެވެ.
“ދެން ތި ރުމާ ދޭވަރު ކޮށްގެން ނުވާނެ އިނގޭ”ފަހަތުން ޒިޔަމްގެ ބުރަކަށީގައި ޖަހާލަމުން އެތަނަށް އައި ސާއިމް ބުނެލިއެވެ.
“ދުވަހަކުވެސް ނުކުރާނަން” ޒީންއަށް ބަލާލަމުން ޒިޔަމް ބުނެލިއެވެ.
“ވަރަށް ބޮޑަށް މަރުހަބާ” ދެއާއިލާގެ އެއްމެން އެތަނަށް ޖަމާވިއެވެ. އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
“ދެން ފަހަރި ދޯ ކިޔަންވާނީ” ޒައިނާ އައިސް ޒީންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
“ފަހަރިއޭ.. ތިވެސް މިހާރު ފަހަރިއެއްނުއް” ލޮލުން ވެރުނު ކަރުނަތައް ފުހެލައި ހިނިތުންވެލަމުން ޒީން ބުނެލިއެވެ.
“ދަރިފުޅާ ބައްޕަމެން ވަރަށް ހިތްހަމަޖެހޭ ދަރިފުޅުގެ ތި ނިއްމުމަށް. ދެކުދިންގެ ހަޔާތުގައި ބަރަކާތް ލެއްވެން އެދި ދުއާކުރަން” ފަރުހާދު ޒީންއަށް ފަހުރުވެރިވާކަން ހާމަކޮށްލިއެވެ.
އަލަށް ގުޅުނު ޖޯޑަށް ހިތުގެ އެއްމެ ފުންމިނުގައިވާ އުފާ ހިއްސާކުރަމުން ދިޔައިރު ޝަމްހާއާއި މޫސަގެ ދެމަފިރިންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ޝާހިދުއާއި ވާހަކަ ދައްކަން ނުކެރި ދުރުގައި މަންޒަރު ބަލަން ތިބީ މީހުން މަދުވާނެ އިރަކަށެވެ. ޝަމްހާ އޭނާގެ ދަބަސް ހާވާލައި ރިކޯޑާރ އަތަށް ހެޔޮވަރުކޮށްގެން ހުއްޓެވެ.
ޖަލްސާއަށް ހާޟިރުވި ހާއްސަ މެހުމާނުން ގޮސް މިހާރު އެތާނގައި ތިބީ ޝާހިދުގެ ކުންފުނީގެ މުވައްޒަފުންނާއި ކްލިނިކުގެ އެކި މަގާމްތަކުގައި މަސައްކަތް ކުރާ މަދު މީހުންނެވެ.
މީހުންގެ މަރުހަބާއަށް ފަހު ޒިޔަމްއާއި ޒީން އަނެއްކާވެސް އެކަނިވެރިވިއެވެ. ޒީން ލަދުން ހުރީ ޒިޔަމްއަށް އޭނާގެ ހިތުގެ ހާލަތު އެނގޭތީއެވެ. އިއްޔެ ރުޅިއައިސްގެން ހަޅޭއްލެވިއިރު މިއަދު އެހެރީ ޒިޔަމްގެ ހަޔާތުގެ ބައިވެރިޔާއަށް ވާން ވައުދުވެގެންނެވެ.
“ސަޕްރައިސް ވިތަ” ޒިޔަމް އަހާލިއެވެ.
“ޒީން ހީކުރީ ޝަމްހާކަމަށް” ޒީން ބުނެލީ މަޑުމަޑުންނެވެ.
“ތިހާ ޕާފެކްޓް ކުއްޖެއް ހުއްޓާ ޒިޔަމް މޮޔައެއްނޫން ޝަމްހާ ފަހަތުން އުޅޭކަށް” ދެޖީބަށް އަތް ޖަހާލަމުން ޒިޔަމް ބުނެލިއެވެ.
“އެކަމެއް ނޭނގެ ޝަމްހާ އަތު ހިފައިގެން މުޅިރޭ އުޅުނު އިރު” ޒީން ހިތްހަމަނުޖެހުމުގެ ރާގަކަށް ބުނެލުމުން ޒިޔަމް އަށް ހެވުނެވެ.
“ކިހެނެއްވީ” ދެބުމަ ކައިރިކޮށްލަމުން ޒީން އަހާލިއެވެ.
“ކަމެއް ނުވޭ. ޒިޔަމްއަށް އަދިކިރިޔާ މިއެގުނީ ޒީން ތިހާ ޖެލަސްވާކަން ޝަމްހާ އާއި މެދު” ހެމުން ޒިޔަމް އެހެންބުނެލީ ޒީން އިތުރަށް ރުޅިއަރުވާލުމަށެވެ. ވީވެސް އެހެންނެވެ.
“ޒީން ޖެލަސްނުވޭ. އެއީ މީހަކު ޖެލަސްވާވަރު މީހެއްތަ. އަބަދު ތުއި ދެއްކެން އުޅެނީ” ޝަމްހާ ދެކެ އަންނަ ރުޅި ޒީން ހާމަކޮށްލިއެވެ.
“ޖެލަސްނުވެޔޭ.. މިދެން ކޯއްޗެއް.. މިރޭ ވާރޭ ވެހުނު ކަމެއް ޒިޔަމްއަކަށް ނޭނގޭ” ޒީންގެ ކައިރިއަށް ޖެހިލައި ދެލޯ ކައިރީގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އަދި އިނގިލިކުރި ޒީންއަށް ދައްކާލަމުން ޒިޔަމް ބުނެލިއެވެ. އޭރު ރުއިމުގެ ސަބަބުން ދެލޯ ކައިރި އަދިވެސް ހުރީ ކުޑަކޮށް ތެމިފައެވެ. ޒީންއަށް ތިރީ ތުންފަތުގައި ދަތް އަޅައިގަނެވުނީ ޒިޔަމްގެ ސުވާލަށް ދޭންވީ ޖަވާބު ދުލުގެ ކުރިއަށް ނައުމުންނެވެ.
“ޒިޔަމް” ޒީން އާއި ޒިޔަމް ސިއްސައިގެން ދިޔައީ ފަހަތުން ޝަމްހާގެ އަޑު އިވުމުންނެވެ.
“ކިހިނެތް ވީ” ޒިޔަމް އަހާލީ ވެގެން އުޅޭގޮތް އެގޭ ހާލުގައެވެ.
“ކިހިނެތްވީ ހޭ.. އިންނަން އަހާނަމޭ ކިޔާފަ ކީއްތިކުރީ” ޝަމްހާގެ އަޑުގައި ހިތާމައަށް ވުރެ ބޮޑަށް ރުޅިވެރިކަން އެކުލެވިގެންވެއެވެ.
“އަހަރެން ބުނީ އިންނަން އަހާނަމޭ. އެއްފަހަރުވެސް ބުނިންތަ ޝަމްހާއާއިއޭ..އަހަރެން އިންނަން ގަސްދުކުރި ކުއްޖާ ކައިރިން އިންނަން އެހީ. ކޮބާ މައްސަލައަކީ” ޒިޔަމް ސީރިއަސް ރާގަކަށް ބުނި ނަމަވެސް އެއީ ކޮށްލި ސަމާސާއެކެވެ.
“މަޖަލެއް ނޫން އިނގޭ ޒިޔަމް. އެނގޭތަ އަހަރެން މި ރިކޯޑާރ އޮން ކޮށްފިއްޔާ ޒިޔަމް އާއި ޒީންގެ އަބުރު ގެއްލޭނެކަން. އޭރުން ތި އާއިލާގެ އިއްޒަތަށް ވަދާއީ ސަލާން ކުރަންޖެހޭނީ” ނުލަފާކޮށް ހިނިތުންވެލަމުން ޝަމްހާ ބުނެލީ ވަރުގަދަ އަޒުމަކާއި އެކީގައެވެ.
ޝަމްހާ އަތުގައި އޮތް ރިކޯޑާރ ފެނި ޒިޔަމް ދިޔައީ ހައިރާންވެގެންނެވެ. ޝަމްހާ އަތަށް ދެވަނަ ފަހަރަށް އެރިކޯޑާރ ދިޔަ ގޮތަކާއި މެދު ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. ކްލިނިކުން ވައްކަން ކުރި ގޮތަށް އަމިއްލަ ގޭގެ ކޮޓަރިންވެސް ވައްކަން ކުރީބާވައެވެ؟ ޒިޔަމްގެ ފަހަތުގައި ހުރި ޒީން އަށް ޒިޔަމްގެ ގަމީހުގައި ބާރަށް ހިފައިގަނެވުނީ ވާން މިއުޅޭ ކަންތަކުގެ ބޮޑުކަމުންނެވެ. ޒިޔަމް ޒީންގެ އަތުގައި ހިފާލިއެވެ. ޒީން ދިޔައީ ތުރުތުރު އަޅަމުންނެވެ. ޒިޔަމްގެ ހާލަކީވެސް މީއެވެ.
“ތިހާ ކެރެންޏާ ތި ޕްލޭ ކޮށްލަބަ. އެއްމެނަށް އަޑު އިއްވާލަބަލަ” ޝަމްހާގެ ބަސްތައް މާ ދުރުނޫން ހިސާބެއްގައި ހުރި ސާއިމްއަށް އަޑު އިވިގެން އެތަނަށް އައެވެ.ސާއިމްގެ ފަހަތުން ޒައިނާވެސް އައެވެ.
“ހީކުރީ އަހަންނަށް ނުކުރެނޭނެ ކަމަށްތަ.. ޒިޔަމް އަހަރެން އެންމެ ފަހު ފުރުސަތު މިދެނީ.. ޒީންއާއި ދުރުވޭ” ރިކޯޑާރ ގެ ބަޓަނަށް ފިއްތާލަން ތައްޔާރަށް ހުރެ ޝަމްހާ އިންޒާރު ދިނެވެ.
“ނޫން. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަރެން ޒީންއާއި ދުރުނުވާނަން” ޒިޔަމް ސާބިތުކަމާއި އެކީ ބުނެލިއެވެ. އޭގެން ޝަމްހާގެ ރުޅިގަނޑު ވީ އިތުރެވެ. އަވަސް އަވަހަށް ބަޓަނައް ފިއްތާލައި ވިހަކޮށް ހިނިތުންވެލަމުން ޒިޔަމްއަށާއި އެއްމެނަށް ބަލާލިއެވެ.
“ޒީން ހީކުރީތަ އޭނައަށް މާ މޮޅުވެގެން އުޅެވޭނެއޭ… އަހަރެން ދިރި ހުރިހާ ހިނދަކު އޭނައަށް ހަމަނޭވާއެއް ނުލެވޭނެ ޒިޔަމް އަހަރެންގެ މީހަކަށް ހެދުމަށްފަހުނޫނީ..ބޮޑު ހެދުންލައި ބުރުގާ އަޅައިގެން އެއުޅެނީ މާސާލިހު މީކަށްވެގެން. އަހަރެން ކުރަހާ މަންޒަރެއްގައި އޭނަ އުޅެންޖެހޭނީ..” އެހިސާބަށް ދެވުނުތަނާ ޝަމްހާ އަވަސް އަވަހަށް ރިކޯޑާރ އޮފްކޮށްލިއެވެ. އަދި ސުވާލުގެ ނަޒަރާއި ހައިރާންވެފައި ހުރެ އެއްމެނަށް ބަލައިލިއެވެ. ޒިޔަމްއާއި ޒީންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް އެއްމެންވެސް ތިބީ ޝަމްހާހެން ހައިރާންވެފައެވެ. ހީކުރި ގޮތަށް އިވުނު އަޑަށް ނުވުންނެވެ.
“މި ކޯއްޗެއް” ޝަމްހާއަށް ހީވީ ބިރެއް ފެނިގެން އުޅޭހެންނެވެ. ރިކޯޑާރ ޖެހިގެން ހުރި އޭނާގެ މަންމަގެ އަތަށް ދިނީ އަވަސްކަމާއި އެކީގައެވެ.
އެއްމެން ހައިރާންވެފައި ތިއްބަސް ސާއިމްއާއި ޒައިނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ޝަމްހާ ފޭހުނު އިލޮށި އެއްމެފަހުން އެހެރުނީ އޭނާގެ އަމިއްލަ ލޮލަށެވެ. ބަޔަކަށް ގެއްލުމެއް ދޭން އުޅެގެން ބޮޑި ލިބުނީ ތިމާއަށެވެ. ވެއްޔާއި އެމޮޑެވުނީ އަމިއްލަ އާއިލާގެ އިއްޒަތެވެ.
“ޝަމްހާ ތީ ކެރޭ މީހެއްކަން މިރޭ ސާބިތު ތިކޮށްދިނީ. އެކަމަކު ވަދާއީ ސަލާން ކުރަން ތިޖެހުނީ އަމިއްލަ އަބުރާއި އިއްޒަތަށް. އޭރުވެސް އަހަރެން ބުނީމެއްނު ޒައިނާ އާއި ޒީންއާއި ކައިރި ނުވާށޭ.” ސާއިމް ރުޅިވެރި ސަމާސާއެއް ކޮށްލިއެވެ.
ޝަމްހާ ހުރީ ބަސް ހުއްޓިފައެވެ. އޭގެން އިވުނީ އޭނާ ބުނެފައިވާ ބަސްތަކެވެ. އެއީ ޝަމްހާގެ އަޑުކަން އެއްމެނަށް މިހާރު އެގޭނެއެވެ. މޫސަގެ ދެމަފިރިންވެސް ދަރިފުޅުހެން އެއްމެންގެ މެދުގައި ބޭޒާރުވުމުން ހުރީ ކުރާނެ ކަމެއް ނޭނގިފައެވެ.
“ތީ ފޭކެއް. މިޒަމާނުގައި ކާކަށް އެއްޗެއް ހަދައިނުލެވޭނީ” މޫސަ އޭނަގެ ދަރިފުޅުގެ ހައްގުގައި ތެދުވިއެވެ.
“މީ ފޭކެއްތަ ޝަމްހާ. މީ އަދި މަދު މިންވަރެއް. އިތުރު ހެކި ބޭނުންތަ އަދި. ހާޝިމްއަށް ގުޅަންތަ މީ ކިހާވަރެއްގެ ހަގީގަތެއްކަން ސާބިތުކޮށްދޭން. ދެމީހުން އެއްބައިވެގެން ކަން ކޮށްފަ ޝަމްހާ ބޭނުންވާ ހިސާބަށް ކަންތައް ދެވުނީމަ ހާޝިމް ބޮލުގަ އެއްމެ ފަހުން ޒިންމާ އެޅުވީ. މާ ހެޔޮ އެދިގެން ކަމަށް އުޅެގެން އަހަރެން ކައިރިއަށް އައިސް މިބުނަނީ ޒީންއޭ ހުރިހާ ކަމެއް ކުރީ ހާޝިމްއާއި އެއްބައިވެގެން” ޝާހުދު އިސްނަގައި ވާހަކަ ދެއްކިއެވެ. އާއިލާގެ ހިމާޔަތުގައެވެ.
“ބައްޕާ ހިގާދާން” ޝަމްހާ ބިރުގަތެވެ. ހާޝިމްއަށް ގުޅައިފިއްޔާ އިތުރަށް ބޭޒާރުވާނެކަން އެނގޭތީއެވެ. އަވަސް ހިގުމެއްގައި މަންމަގެ އަތުގައި ހިފައިގެން ދޮރާއި ހަމައަށް ދިޔައީ އިސްޖަހައިގެންނެވެ. މީހުން ތުންތުންމަތިން ވާހަކަ ދައްކާކަން އެނގި މީހާ ލަދުންވިރިގެން ނުފޭބީ ކިރިޔާއެވެ. މިހާރު ޒީން ދެކެ ޝަމްހާ ބިރުގަނެއްޖެއެވެ. ހާއްސަކޮށް ސާއިމް ދެކެއެވެ. ސާއިމްއަށް އޭނގައި އޮތް އެއްޗެއް އެނގި ޕުލޭކުރަން ބުނީ ގަސްދުގައިކަން މިހާރު ވިސްނިއްޖެއެވެ.
“ސޭމް.. މިކިހިނެތްވީ ކަމެއް” ޒިޔަމްއަށް ހަމަޖެހުނަސް ލިބިފައިވާ ހައިރާންކަން ކުޑައެއް ނުވެއެވެ.
“އެ ސީކްރެޓެއް ދޯ ޒައި.. އަހަރަމެންގެ މާސްޓާރ ޕުލޭން އެއް”ޒައިނާގެ ކޮނޑުގައި ހިފައި ކައިރިކޮށްލައި އެއްލޯމަރާލަމުން ސާއިމް ބުނެލިއެވެ.
“ފަހުން ކިޔައިދޭނަން. އަޅުގަނޑު ވަރަށް ވަރުބަލިވެއްޖެ ޒީން ގޮވައިގެން އުޅެން ހަދައިގެން މިރޭ. އެއްތާކު މަޑުން ނުހުރެވޭ. އަބަދު ބޭބެ ފެންނަ ހިސާބުގައި ހުންނަން އުޅެނީ. އެކޭކް ޒީން އެކަނި ހުސްކޮށްލާފަ އެހެރީ.” ޒައިނާ އަތުން ދުރުގައި ހުރި ކޭކަށް އިޝާރަތްކޮށްލަމުން ބުނެލިއެވެ.
“މީ ހާސްވީމަ ފޮނި އެއްޗެހި ކާ ކުއްޖެއް ދޯ” ޒިޔަމް ޒީންގެ ކޮލުގައި ހިފާލަމުން ބުނެލލިއެވެ.
“ހާސްނުވާ ވަރަކަށްތަ ޒިމް އުޅުނީ. މަ ކައިރިއަށްވެސް ރުޅިއަންނަ ވަރު އެޝަމްހާ ކޮށްލިވިއްޔާ” ސާއިމް ހެމުން ބުނެލިއެވެ.
ސާއިމްއާއި ޒައިނާ އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު ގެޔަށް ދިޔައެވެ. ޒިޔަމްވެސް ޒީން ގޮވައިގެން ގެޔަށް ގެން ގޮސްދޭން ދިޔައެވެ.
ސައިކަލު ގޭގެ ދޮރު ކުރިމައްޗަށް މަޑުކުރުމުން ޒީން ފޭބިއެވެ.
“ސޯ މިރޭ މީ ޕުލޭނެއްތަ” ޒީން ނުކުރިހުރެ އަހާލިއެވެ.
“ޒައި އާއި ސޭމްގެ ޕުލޭނެއް ނޫން. މިހިތުގެ ޕްލޭނެއް. މިގަންނަން ދާން ޖެހިގެން ލަސްވީ” ޒިޔަމް ޒީންގެ އަތުގައި ހިފައި އިގިލީގައި އަޅާފައި އޮތް ނޫކުލައި އެސްޖެހި އަގޮނޓިއަށް އިޝާރަތްކޮށްލަމުން ބުނެލިއެވެ.
“ތޭކްސް. ވަރަށް ރީތި. ޖެލަސް ކުރީވެސް ޕްލޭންކޮށްގެންނޭތަ ތިބުނީ” ޒީން އަހާލިއެވެ.
“ޔެސް…މިހާރު ޒިޔަމްއަށް އެނގޭ މިހިތުގެ ހާލަތު”ޝަހާދަތް އިނގިލި ޒީންގެ މެޔާއި ކައިރިކޮށްލަމުން ޒިޔަމް ހިނިތުންވެލަމުން ބުނެލިއެވެ.
“މަރުހަބާ އެހެންވީމަ. ކާމިޔާބީއަށް. ދެން ޒީން ދަނީ ނިދަން. ގުޑްނައިޓް” ޒިޔަމްގެ އަތުން ވީއްލެމުން ޒީން ބުނެލިއެވެ.
“ތޭންކްސް ކާމިޔާބުކޮށް ދިނީތީ..ގުޑް ނައިޓް މަލިކާ. އައި ލަވް ޔޫ” ޒިޔަމް ހިނިތުންވެލަމުން ބުނެލިއެވެ. ޒީން ޒިޔަމްއަށް ލުއި ހިނިތުންވުމެއް އަބުރާ ހަދިޔާކުރަމުން އެތެރެއަށް ދާން ހިގައިގަތެވެ. ޒީން ލޯކުރިމަތިން ގެއްލެން ދެން ޒިޔަމް ބަލަހައްޓައިގެން ހުއްޓެވެ. ހިތަށް ލިބިފައިވާ ހިތްހަމަޖެހުން އެއްވެސް މީހަކަށް ވަޒަންނުކުރެވޭނެކަން ކަށަވެރެވެ.
ބަދިގެ ތެރޭގައި ހޫނާއި މީރުވަސް އެކުލެވިގެން ދަނީ ޒީން އާއި ސާއިމްގެ ކެއްކުމުގެ މޮޅު ހުނަރުންނެވެ. ޒިޔަމްއާއި ޒައިނާ އެގެޔަށް އަންނާތީ ހަވީރުއްސުރެ ބަދިގޭގައި އެއުޅެނީ ރޭގަނޑުގެ މީރު ކެއުމެއް ތައްޔާރުކޮށްލުމުގައެވެ. ސާއިމްގެ އިރުޝާދުގެ ދަށުން ޒީން އެކި ކަންކަން ކުރުމުގައި އުޅުނެވެ. ކޮންމެ ކަމެއްވެސް އެއްމެ ފުރިހަމައަށް ކުރެވޭތޯ ދެމީހުންގެ އަޒުމުގައި ވާކަން ފާހަގަކުރެވެއެވެ.އެކި ރަހަތައް ހެޔޮވަރުތޯ ތަކުރާރުކޮށް ބެލެމުންދެއެވެ. ކެއްކުމަށްފަހު މޭޒުމަތީގައި ކެއުންތައް އަތުރާލާފައިވާ ހުރި ގޮތުން ބެލި ކޮންމެ މީހެއް ކުޅުދިޔާވާނެއެވެ. އެހާވެސް ފުރިހަމައެވެ.
“އޯކޭ ދޯ މިހާރު” މޭޒާއި ދުރަށްޖެހިލައި ބަލާލަމުން ސާއިމް ބުނެލިއެވެ.
“މިހާރު ރަގަޅު”ހުދު ކުލައިގެ ކުޑަ ލޮނުފުޅި މޭޒުގެ މެދުގައި ކަހަލަ ގޮތަކަށް ބަހައްޓަމުން ޒީން ސާއިމް ކައިރިއަށްޖެހިލައި ބުނެލިއެވެ.
ދެމީހުން ލަސްނުކޮށް ދިޔައީ ލޯބިވެރިން އަންނަން ވާއިރަށް ތައްޔާރުވެލުމަށެވެ.
ސާއިމް މިރޭ ލާން އިހްތިޔާރު ކުރީ އަތުގައި އޮތް ރީތި ގަމީހެއެވެ. ޑްރެސިން ޓޭބަލް ކައިރީގައި ހުރެ ގަމީހުގެ ގޮށް އަޅުވައި ވަސްގަދަ މީރު ސެންޓު ފުޅިން ބުރުވާލިއެވެ. އައިނު ލޮލަށް ހެޔޮވަރުކޮށް ލުމަށްފަހު މޭޒުމަތީގައި އޮތް ގަޑި އަތުރުކުރީގައި އަޅާލިއެވެ. ގަޑިއަށް ބަލާއިރު އަށެއް ޖަހަންދެން ބާކީ އޮތީ މަދު ސިކުންތުކޮޅެކެވެ. އެހެންކަމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން މީހާގެ ސޫރައަށް ބަލައި ބޭރަށް ދިޔައެވެ.
“ޔޫ ލުކް ޖޯޖަސް” އެތެރެއަށް ވަދެގެން އައި ޒައިނާ ފެނި ސާއިމް ތައުރީފުކޮށްލިއެވެ.
ޒައިނާ ފަހަތުން ވަން ޒިޔަމް ވަށައިގެން ހޯދައިލީ ޒީން ފެންނަން ހުރިތޯއެވެ.
“އެމަންޖެ އަދި ނުނިމޭ. އަންހެނުންނެއްނު ނުނިމާނެ އަވަހަކަށް” ސާއިމް ޖެއްސުންކޮށްލިއެވެ.
“އޭ.. ޒައިވެސް މީ އަންހެނެކޭ. ބަރާބަރު ގަޑިއަށް މިއައީ” ޒައިނާ ދެބުމަ ކައިރިކޮށްލައި ސާއިމްގެ އަތުކުރީގައި ހިފައި ގަޑިއަށް އިގިލި ދިއްކޮށްލަމުން ބުނެލިއެވެ.
“ވާވް” ކޮޓަރިން ނިކުމެގެން އައި ޒީން ފެނި ޒައިނާ ބުނެލިއެވެ. ރަތް ކުލައިގެ ޝޯލްއާއި އެކު ލައިގެން ހުރީ ހުދާއި ރަތް ކުލައިން މާޖަހައިފައިވާ ދިގު ހެދުމެކެވެ.
ޒިޔަމްއަށް ދުރުގައި ނުހުރެވުގެން ކައިރިއަށް ދެވުނެވެ. އަދި ޒީންގެ އަތުގައި ހިފައި ލޮބުވެތި ކަމާއި އެކީ ބޮސްދިނެވެ. ޝާހީކަން ފެންނަމުން ދިޔައެވެ.
“ސިފަނުކޮށްދެވޭހާ ރީތި. ފުރިހަމަ” ޒިޔަމް ބުނެލިއެވެ.
“ޒިޔަމްވެސް” ފުޅާކޮށް ހިނިތުންވެލަމުން ޒީން ބުނެލިއެވެ.
“ހޫ .. ދެން މާފޮޅުވާނީ ފަހުން. އާދޭ ކާން. ޒީން ވަރަށް ބުރަކޮށް ކައްކާފަ އެބަހުރި” ސާއިމް ޒައިނާ ގޮވައިގެން ކޭމޭޒާއި ދިމާލަށް ދިޔައެވެ. އެމީހުންގެ ފަހަތުން ޒިޔަމްއާއި ޒީންވެސް ގޮސް އިށީނެވެ.
އެކި ވާހަކަ ދައްކަމުން ގޮސް ޒިޔަމް އެރިކޯޑާރގެ ވާހަކަ ސާއިމްއާއި ޒައިނާ ކައިރިން އެހިއެވެ.
“އަޅުގަނޑު ބުނެގެން ބޭބެ ދިޔައިމެއްނު ޝަމްހާ އާއި ވާހަކަ ދައްކަން. އެރޭ އަޅުގަނޑު އެގެޔަށް ގޮސް ދައްތަ ކައިރީ ވަރަށް އާދޭސްކޮށް ދޮގު ހަދައިގެން އެތެރެއަށް ވަންނަން ހުއްދަ ދިނީ. އަޅުގަނޑު ބުނީ ޝަމްހާ ބުނެގެން އެއްޗެއް ބަލައޭ. ދައްތަ ވަރަށް ސުވާލުކުރި. ދެން ވަރަށް ނުކުރި ހުރެ ދޮގު މައްޗަށް ދޮގެއް ހަދަމުން އެތެރެއަށް ވަދެވޭ ވަރުވީ. ޝަމްހާ ހުރީ ހުރިހާ ތަނަކު ތަޅުލާފަ. ހީވަނީ އަހަރެމެން އަންނާނެކަން އެނގި ތަޅުލާފައި ހުރިހެން. ދެން އަޅުގަނޑު ކުރާނެ ކަމެއް ނޭނގިގެން ސާއިމްއަށް ގުޅީ” ޒައިނާ ކިޔާދިނެވެ.
“ދެން ސޭމް ތަ ދިޔައީ ތަޅުހުޅުވަދޭން” ޒިޔަމް ޒައިނާގެ ވާހަކަ މެދު ކަނޑާލުމަށްފަހު އަހާލިއެވެ.
“ނޫން. އެކަމަކު ސޭމްގެ ހެލްޕް އާއި އެއްކޮށް އަޅުގަނޑު ތަޅު ހުޅުވީ ފާޑެއްގެ ތޫނު ނަރު އެއްޗަކުން. ޝަމްހާ ނިކަން ރީތިވެލައިގެން ހުއްޓަސް ކޮޓަރި ހީވަނީ ގޮނޑެއްހެން. ހުރިހާ އެއްޗެއް އެތަނުން ލިބޭނެ.” އެއްމެނަށް އެއްފަހަރާ ހެވުނެވެ.
“އަދިވެސް ނުބުނަމެއްނު އެރިކޯޑާރ އޭނަ އަތަށް ދިޔަ ގޮތެއް. ބޭބެ އެރޭ ގެޔަށް ގޮސް ބެލިއިރު އަސްލު އެތި އޮތް ބޭއްވި ތާނގައި” ޒިޔަމް އަހާލިއެވެ.
“މި ސޭމް އަޅުގަނޑު ދިޔުމުގެ ކުރިން އެހެން ރިކޯޑަރެއް ދިނީ. އަޅުގަނޑު އަސްލު އެތި ނަގައިގެން ފޭކް އެތި ބޭއްވީ. އޭގައި ހުންނާނީ ސޭމް ފޯނުން އެމީހުން ކުރިން ދުވަހު ދެއްކި ވާހަކަ ރިކޯޑުކޮށްފައި. މޮޅު ދޯ” ދެބުމަ މައްޗަށް އަރުވާލަމުން ޒައިނާ ބުނެލިއެވެ.
“ޔެސް ވަރަށް މޮޅު. މަގޭ ކަބަޑުގައި އޮތް އާ ރިކޯޑާރ ނެގީދޯ އެހެންވީމަ. މީހުން ވައްކަން ކުރާވަރު ދޯ” ސާއިމްއަށް ލޯ އަޅައިލަމުން ޒިޔަމް ބުނެލިއެވެ.
“ވައްކަން ކޮށްގެންވެސް ތިހިރީ އެއްތަން ކޮށްފައެއްނު. ޝުކުރު އަދާކޮށްބަލަ” ސާއިމް ބުނެލިއެވެ.
“ތޭކްސް ބޭބޭ” ޒީން ބުނެލިއެވެ.
“އެނީތިން ފޯ ޔޫ.. ދެން ނުބުނާތި ޑްރީމްސް އާރ ޑެޑް އޭ..” ސާއިމް ހިނިތުންވެލަމުން ބުނެލިއެވެ.
ކެއުން ނިއްމާލުމަށްފަހު ޒިޔަމް ޒީންގެ އަތުގައި ހިފައިގެން ބެލްކަންޏަށް ނުކުތެވެ. މަޑުރޯޅިތައް ޖައްވުގައި ދަތުރުކުރަމުންދާ ރެއެއް ކަމުން ފިނިކަމެއް އެކުލެވިގެންވެއެވެ.
“އަދިވެސް އެހާ ލަދުގަނޭތަ” ބެލްކަންޏަށް ނުކުތުމާއި އެކު ޒިޔަމް އަހާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒީންއަށް އިސްޖަހައިލެވުނެއެވެ. ޒިޔަމް ޒީން ކައިރިއަށް ޖެހިލައި ދެއަތް ފާރުގައި ޖައްސާލީ ޒީން ގައިދުކޮށްލަމުންނެވެ. ޒީންއަށް ބަލާލެވުނީ ޒިޔަމްއަށެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެހެން ތަނެއް އެހެން ހިޔާލެއް ހިތު ތެރޭގައި ނުވާ ފުންމިން ނޭނގޭ ލޯބީގެ ވަޅުގަނޑަކަށް ދެމީހުންނަށް ވެއްޓުނެވެ.
“ކޮން ދުވަހަކުން ލޯބިވާ ވާހަކަ ބުނެލާނީ” ޒީންގެ ތުންފަތް މަތީގައި އިނގިލި ޖައްސާލަމުން ޒިޔަމް ލޯތްބާއި އެކު އަހާލިއެވެ. ޒިޔަމްގެ ކައިވެނީގެ ހުށަހެޅުމަށް އާބަސް ބުނެ އެއްހަފުތާ ފާއިތުވެގެން ދާއިރު ޒީން ލޯބިވާ ވާހަކަ ޒިޔަމް ގާތުގައި ހާމައެއް ނުކުރެއެވެ. ޒީން އޭނާ ދެކެ ލޯބިވާކަން އެނގިވެސް ޒިޔަމް އިންތިޒާރު ކުރަމުން އެދަނީ ޒީންގެ ދުލުން އެބަސްތައް ބޭރުވާނެ ދުވަހަކަށެވެ. އަމަލުންނާއި ބަހުން ޒިޔަމް ދެކެ ލޯބިވާކަން އެނގެން ބޭނުމެއެވެ.
ޒީން އިހްތިޔާރު ކުރީ ހަމަހިމޭންކަމެވެ. މަޑުމަޑުން ޒިޔަމްގެ މޭގައި ބޯއަޅައިލިއެވެ. އަދި އަތް ޒިޔަމްއާއި ވަށާލިއެވެ. އެހެން މީހުންނަށް އަނެކާ ދެކެ ލޯބިވަމޭ ފަސޭހައިން ބުނެވުނަސް ޒީންއަށް އެކަން ކުރަން ދައްޗެވެ. ދުލު ކުރީގައި އޮތަސް އަރު ތެރެއިން އަޑު ނުނިކުންނަނީއެވެ. ހިތް ބިރު ގަންނަނީ ޒިޔަމް އަތުން ބީވެދާނެކަމުގެ ބިރު އޮންނާތީއެވެ. ތަގުދީރުގެ ސަމާސާއެއް އަނެއްކާވެސް ދެމީހުން ދުރުކޮށްފައި ނެތީއެވެ. ޒިޔަމް ޒީންގެ ބޮލުގައި ފިރުމާލަމުން ދިޔައެވެ. އަހަރުތަކެއްގެ ހިތި ވޭނެއްގައި އުޅުމަށްފަހު އެއްމެ ފަހުން ހަޔާތުގެ ފޮނިކަން އިހްސާސްކުރެވެން ފެށުނެވެ. ލޯބީގެ ހަގީގީ އާލަމަށް ތަރިތަކުގެ ހާޟިރުގައި ދެމީހުން ދަތުރުކުރަމުން ދިޔައެވެ. ފޮނި ބަސްތަކުން އަނެކާގެ ހިތް އުފަލުން ފޮޅުވަމުންނެވެ.
“ޒީން.. އަހަންނަށް މާފުކޮށްދީ” އިސްކޮޅުން ޒީންއަށް ވުރެ ދިގުކަމުން ޒިޔަމްގެ މޫނު ޒީންގެ ބޯ މަތީގައި ރީތިކޮށް ބޭއްވެއެވެ. “ޒިމް” ޒީން ދުރަށްޖެހިލަމުން ޒިޔަމްގެ މޫނަށް ބަލައިލިއެވެ.
“މާފުކޮށްފިން.. އަދި އެކަން މަތިން ހަނދާންވެސް ނައްތައިލައިފިން. ޒީން ބޭނުމީ ޒިމް.. މުޅި އުމުރަށްވެސް ތިލޯބި ބޭނުމީ” ލުއިކޮށް ހިނިތުންވެލަމުން ޒީން ބުނެލިއެވެ.
“އިން ޝާ ﷲ ދެދުނިޔޭގައިވެސް ހަމައެކަނި ޒީންގެ މިލްކެއްގެ ގޮތުގައި ހުންނާނަން. ސުވާލެއް ކޮށްލަންތަ” ޒިޔަމް އަހާލުމާއިއެކު ޒީން ބޯޖަހައިލިއެވެ.
“ކީއްވެ ޒިޔަމް ދެކެ ތި ލޯބިވަނީ. ޒިޔަމް ޒީންއަށް ދިނީ ހުސް އަނިޔާ. އެކަމަކު ޒީން އެއްމެ ފަހުން ޒިޔަމް ދެކެ ތިލޯބިވީ” ހިތުގައި އޮތް އެއްމެ ބޮޑު ސުވާލު ޒިޔަމް އަމާޒުކޮށްލިއެވެ.
“ނޭނގެ ޒިޔަމް. ސަބަބެއް ނޭނގެ. ޒީންއަށް އަބަދު ހޯދެނީ ޒިޔަމް. އުފާ ވިޔަސް ދެރަވިޔަސް ވާހަކަ ހިއްސާކޮށްލަން ބޭނުންވަނީ ޒިޔަމްއާއި. ޔުމް އަށް ކިޔައި ދިނަސް ޒިޔަމްއަށް ކިޔައިދިނުމުން ނޫނީ ހިތްހަމަޖެހުމެއް ނުލިބޭ. ހީވަނީ ޒިޔަމް ތީ ޒީންގެ ހަށިގަނޑުގެ އެއްބައިހެން. ޒިޔަމް އަށް އެގުން މަޖުބޫރުހެން. ޒިޔަމް، ޒީން އަށް ސަބަބެއް ނޭނގޭ އެގޭ މިންވަރަކީ މިއީ..މި އިހްސާސަކީ ކުށެއްހެން ކުރިން ހީވިޔަސް މިއަދު މިކަމަށް ފަހުރުވެރިވަން. އުފާވަން” ޒީންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ބަބުޅާލިއެވެ.
“ހާދަ ހިތްބަލި ކުއްޖެކޭ ދޯ. ނުރޮއްޗޭ.. ސޭމްއަށް އެގިއްޖެއްޔާ ޒިޔަމް މަރާލަފާނެ” ތަނަށް ވެރިވެފައިވާ ސީރިއަސްކަން ކަނޑުވާލުމަށް ޒިޔަމް ބުނެލިއެވެ. ޒީންއަށް ހެވެންފެށުނެވެ. ޒީންގެ ހިނިތުންވުން ފެނި ޒިޔަމް ހުއްޓުން އަރައިގެން ދެވުނެވެ. ދެކޮލަށް ވެރިވެފައިވާ ކުޑަ އަޑިކޮޅުން ޒިޔަމްގެ ހިތް މަސްތުކުރުވިއެވެ.
ޒިޔަމްގެ ނަޒަރު އެހެން ދިމާލަކަށް ނުގެންދާތީ ޒީން ލަދުގަތެވެ. އެހެންކަމުން އަވަހަށް އެތަނުން ދިޔައެވެ. ޒިޔަމްވެސް ޒީންގެ ފަހަތުން ސިޓިންރޫމަށް ނިކުތެވެ. އެވަގުތު ސޯފާގައި ދެއަތް ޖޯޑުކޮށްގެން ވާހަކަ ދައްކަން ތިބި ސާއިމްއާއި ޒައިނާ ފެނި ކަރުކެހިލިއެވެ.
“މާފޮޅުވަ ނިމުނީމަ އެހެންމީހުންނަށް އުދަގޫކުރަން އައީ ދޯ” ސާއިމް ދިމާކޮށްލިއެވެ.
“ތިވާހަކައެއްނޫނޭ.. ވެޑިންގެ ކުލަ ޗޫސްކުރަން މިއުޅެނީ. ޒައި ބުނަނީ މެރޫން ކުލައޭ.. ޒީން ކޮން ކުލައެއް ރީތިވާނީ” ހަތަރު މީހުން ދެން މަޝްއޫލްވެ އުޅުނީ ކައިވެނީގެ ތައްޔާރީތަކުގެ ވާހަކައިގައެވެ.
ރޭގަނޑުގެ ހިތްގައިމުކަން ކާއިނާތުގައިވެއެވެ. ޖެހިގެން އޮތް ކަނޑުގައި ބީހިލާފައި އަންނަ ވައިރޯޅީގައި ތާޒާކަން އެކުލެވިގެންވެއެވެ. ގަސްގަހާއި މާމެލާމެލި ފޮޅިވެ ފަރިވަމުން ދަނީ މިރޭ އަލަތު ކައިވެނި ކުރެވޭ ދެޖޯޑަށް މަރުހަބާ ކިޔުމަށެވެ. މިރޭ ފެށޭ ހަޔާތުގެ އައު ބާބަށެވެ. އެބާބުގައި ލިވެޔޭ ކޮންމެ ސަފްހާއެއް އުފާވެރިކަމުން ފުރުމަށް އަޒުމް ކަނޑައަޅަމުން އެއްމެ ފުރަތަމަ ކައިވެނީގެ ގޮށް ޖެހުމަށް މޭޒަށް ހާޟިރުވެ ތިބީ ސާއިމް އާއި ޒައިނާއެވެ. ދެއަތް މައްޗަށް ނަގައި އެކައިވެންޏަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރުމަށްފަހު ދެން އެ ގޮނޑީގައި އިށީނީ ޒީންއާއި ޒިޔަމް އެވެ. ޒީންގެ ހިތް ހީވަނީ ދެންމެ ދެންމެ އަކު ނިކުމެދާނެހެންނެވެ. ބިސްމީގެ ބަރަކާތުން ގާޟީ ރަސްމިއްޔާތު ފެށުމުން ޒިޔަމް ތިރިން ޒީންގެ އަތުގައި ހިފާލީ ޒީންއަށް ލިބިފައިވާ ހާސްކަން ކުޑަ ކުރެވޭތޯއެވެ. ޒީން ދެތިން ފަހަރު ފުން ނޭވާއެއް ލުމަށްފަހު ހަމަޖެހިލިއެވެ.
” އަނބި ގަބޫލުކޮށްފިން” ޒިޔަމްގެ އަޑު އިވުމާއި އެކީ އިސްޖަހައިގެން އިން ޒީންއަށް ޒިޔަމްއަށް ބަލާލެވުނެވެ. ޒިޔަމްގެ ލޮލުގައި ވި ލޯބި ފެނި މީހާގެ ހާސްކަން އެހިނދާއި އެކީ އެއްކޮށް ފިލައި ދިޔަކަހަލައެވެ.
“ތެންކްޔޫ” ވައިއަޑުން ޒީން ބުނެލީ އޭނާއަށް ލިބިފައިވާ އުފާވެރިކަން އަންގައިދޭނެ އިތުރު ގޮތެއް މިވަގުތު ނެތުމުންނެވެ.
ދެ ކައިވެނި ކުރެވުމާއި އެކު ދެޖޯޑު ގޮސް ހުއްޓިލީ އެމީހުންނަށް ހާއްސަކުރެވިފައިވާ މަގާމުގައެވެ. ޒީންއާއި ޒައިނާ އެއް ޑިސައިނެއްގެ ހެދުމެއްގައި ތިއްބެވެ. ލޭސް ފޮތިންނާއި މިނާ އޮށްތަކުން ދެ ހެދުންވެސް ވަނީ ޖަރީކުރެވިފައެވެ. ހެދުމުގެ ފަސްބައި ފަރުމާ ކުރެވިފައިވަނީ މެރޫން ކުލައާއި އަދި ކުޑަކޮށް ވިއްސާރަ ދުނީގެ ކުލަތައް އެކުލެވިފައިވާ ގޮތަށެވެ. ދެމީހުންގެ ހެދުމުގެ ތަފާތަކީ ޒީން އަޅައިގެން ހުރި ޝޯލްއެވެ. ހުދުކުލައިގެ އެސްތަކުން ގަހަނާކުރެވިފައެވެ.
ސާއިމްއާއި ޒިޔަމް އެތަނަށް ވަންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލަމުން ދިޔައެވެ. މެރޫން ކުލައާއި ކަޅު ކުލައިގެ ކޯޓެއްގައި ދެމީހުންވެސް ތިބީ ހަރުދަނާކަން މަތީގައެވެ. ބައިވެރިޔާގެ އަތުގައި ހިފައިގެން މެހުމާނުންގެ ސުވާސްތީގެ ބަސްތައް ހިނިތުންވުމާއި އެކީ ބަލައިގަންނަމުން ދިޔައެވެ. “ބާޖަވެރި ކައިވެންޏަކަށް، އެފާވެރި ހަޔާތަކަށް” ފަދަ ބަސްތަކެވެ.
ޝާހިދުއާއި ފަރުހާދުގެ އާއިލާ ދުރުގައި މަންޒަރު ބަލަން ތިބީ ފަޑުވުމެއް ނެތް ހިނިތުންވުމަކާއި އެކީގައެވެ. ތަނަށް އަންނަ މެހުމާނުންނަށް އިސްތިގުބާލުކޮށް އެމީހުންގެ އުފަލުގައިވެސް ބައިވެރިކުރަމުންނެވެ.
ހަފްލާ އޮތީ ބީޗްގައެވެ. ކަނޑުން އަންނަ މަޑު ވައިރޯޅި ތަން ފަރުމާކުރަން އެލުވައިފައިވާ ކުޑަކުޑަ ބިއްލޫރި ކަހަލަ އެއްޗެހީގައި ޖެހޭއިރު ހިތްގައިމު މިއުޒިކެއް ކުޅެމުން ދެއެވެ. ތަން ތަރުތީބު ކުރެވިފައިވަނީ ދިގު ފުޅާ ތިން މޭޒުންނެވެ. އެއްމެން އެއްކޮށް އެއްމޭޒެއްގައި ކެވޭނެ ގޮތަށެވެ. މޭޒުތަކުގެ މަތިންނާއި އަދި މުޅި ހޯލުވަނީ ކުޑަ ވަށް އޮރެންޖުކުލައިގެ ބޮކިތަކުން ޖަރީކުރެވިފައެވެ. އެބޮކިތައް ވަނީ މުޅިތަން ފަނޑުއަލިން ދިއްލައިދީފައެވެ. ކޯޅިއަށް އަދި ގުރޫޕް ގުރޫޕަށް މީހުން އެއްވެ ދައްކަމުން ދަނީ ދެޖޯޑުގެ ފުރިހަމަކަމުގެ ވާހަކައެވެ.
ސާއިމް ޒައިނާގެ ކަންފަތް ބުޑުގައި ދޭތެރެ ދޭތެރިން ސިއްރުން އެއްޗެއް ބުނެލައެވެ. ކޮންމެ ފަހަރަކު ޒައިނާ އަތުގައި އޮތް އެކި ކުލައިންގެ މާތަކުގެ ބުކޭއިން ސާއިމް ގައިގައި ޖަހާލައެވެ. ނަމަވެސް މިއާއި ހިލާފަށް ޒީންއާއި ޒިޔަމް އެކަކު އަނެކަކާއި ވާހަކަ ދައްކަމުން ދިޔައީ ލޮލުގެ އިޝާރާތުންނެވެ. ކޮންމެ ބެލުމަކުން އެތައް އިހްސާސަކާއި ހިތުގެ ބަސްތައް ރައްދުވަމުން ދިޔައެވެ.
“މަރުހަބާ މަރުހަބާ މަރުހަބާ… އެއްފަހަރާ ނިއްމާލީ ދޯ” ޝާހު އަޑު ބާރުކޮށް އަތް ޖަހަމުން އައިސް މެދަށް ހުއްޓިލިއެވެ.
“ފުރަތަމަ ސަލާން ކުރަންވީ ކާކާ” ޝާހު ހެވިފައި ހުރެ އަހާލީ ދެފަރާތަށް ބޯ ހޫރާލަމުންނެވެ.
ސާއިމްއާއި ޒިޔަމް އެކަކު އަނެކަކަށް ބަލާލުމަށްފަހު ޝާހު ގައިގައި ބާރަށް ބައްދައިގަތެވެ.
“ސާބަސް މިކުދިން ޖެލަސްވެދާނޭ” ޝާހު ބުނެލިއެވެ. ޒީންއާއި ޒައިނާއަށް ހެވުނެއެވެ.
“ދެން ބަހަނާ ދައްކާނެ ކަމެއް ނެތް. ބުނެބަލަ ކޮންތާކު ފިލައިގެން އުޅެފަ ތިއައީ. މަ ގައިމު ދައުވަތެއްވެސް ނުފޮނުވަން”
“ޔަގީން އެހާ ދުރުން ކާއެއްޗެހީގެ ވަސްދުވީކަން މާކުންބެޔަށް” ސާއިމް ޒިޔަމްއާއި ބައިވެރިވެ ޝާހުއާޢި ދިމާކޮށްލިއެވެ.
ހަފްލާއަށް ހާޟިރުވި އެއްމެ މެހުމާނުން ގޮސް ގެޔަށް ދެވޭވަރުވީ ބާރަ ޖަހަން މަދު މިނިޓް ކޮޅަކަށް ވެފައިވަނިކޮށެވެ. ފަރުހާދާއި ހަދީޖާ މާކޯނި ގެޔަށް ބަދަލުވީ އަމީރާއާއި ޝާހިދުގެ އެދުމުގެ މަތިންނެވެ. އޭރުން އެއްމެން އެއްކޮށް އެއް ފުރާޅެއްގެ ދަށުގައި ހަޔާތުގެ ބާކީ އޮތްބައި ހޭދަކުރެވޭނެތީއެވެ.
ޒައިނާގެ ފަހަތުން ސާއިމް ދެމީހުންނަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށް ވަނެވެ. މުޅި ކޮޓަރި ވަނީ މީރު ހުވަދަކުން ވަސްހިފާލާފައެވެ. އުއްބައްތިތައް އެކި ދިމާލުގައި ބެހެއްޓިފައިވާ އިރު ރަތް ފިނިމެންމާތައް އައު ދެމަފިރިންގެ ފުރަތަމަ ރޭ ހާއްސަކޮށްދެމުންދެއެވެ. ސާއިމް ކޮޓަރިއަށް ވަދެ ދޮރުގައި ތަޅުލި އަޑު އިވި ޒައިނާއަށް ދެލޯބޮޑުކޮށް ބަލާލެވުނެވެ. ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ސާއިމް ލާނެތް ގޮތަކަށް ހިނިތުންވެލީ ޒައިނާ އިތުރަށް ލަދުގަންނަވާލުމަށެވެ.
“މިރޭ ނުދެވޭނެ އެއްވެސް ތާކަށް” ދެއަތް ޒައިނާގެ މެޔާއި އެއްކޮށް ބުރަކަށީގައި ވަށާލަމުން ސާއިމް ބުނެލިއެވެ.
“ނޫޅެމޭ ދާކަށް” ގަދަ ހަދާލާފައި ބުންޏަސް ޒައިނާގެ ހިތް ހީވަނީ މޭ ފަޅައިފައި ނުކުމެދާނެހެންނެވެ. ދެފައިޔާއި އަތް ފިނިވެގެންދިޔައެވެ.
ސާއިމް ޒައިނާގެ މޫނުގައި ހިފައިލިއެވެ. އަދި މަޑުމަޑުން އޭނާގެ މޫނާއި ކައިރިކުރަމުން ދިޔައެވެ. ޒައިނާއަށް ލޯމަރައިލެވުނީ ސާއިމް ކުރަން އުޅޭ ކަންތައް އެގުމުންނެވެ. އޭނާގެ ދޫވެފައިވާ ހިތްވެސް އެދެމުން ދިޔައީ ސާއިމްގެ ލޯބި ތުންފަތުގައި ބޮސްދިނުމަށް ކަމަށް ވާތީއެވެ.
ނޭވާ އެކަކު އަނެކެއްކެ މޫނާއި ޖެހޭ ވަރަށް ސާއިމް ޒައިނާ ކައިރިކުރިއެވެ.
“ދަނީ ފެންވަރަން” ސިއްރު ސިއްރުން ޒައިނާގެ ކަންފަތް ބުޑުގައި އެހެން ބުނުމަށްފަހު ސާޢިމް ފަސް އެބުރި ނުބަލައި ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ. ޒައިނާގެ ބަހާއި އަމަލްތައް ހުއްޓުވާފައެވެ. ޒައިނާއަށް ރަކި ގޮތަކަށް ހީލެވުނީ ސާއިމްގެ ސަމާސާކަން އަދިވެސް ނުކެޑޭތީއެވެ.
ސާއިމް ފެންވަރައިގެން ފާހަނައިން ނިކުތްއިރު ޒައިނާ ޑްރެސިންޓޭބަލް ކައިރީ އިށީދެގެން އިނދެ ހެދުމުގެ ޒިބު ނައްޓަން އުޅުނެވެ. އެކި ގޮތްގޮތަށް އަތް ހަރަކާތް ކުރިއަސް އަތް ފޯރާ ވަރެއް ނުވިއެވެ. ސާޢިމް އެތަން ނުފެންނަ ކަމަށް ހަދައި ގޮސް އެނދަށް އަރައި ލޯ މަރައިލިއެވެ. ޒައިނާ ގާތަށް ރުޅިއައީ ސާއިމްއަށް އޭނާ އުޅޭ ހާލު ފެނި އެހީ ވެދޭން ނައުމުންނެވެ. ގައިމު އަތް ވާނެ ވާނެކަން ސާއިމްއަށްވެސް އެނގޭނެކަން ޔަގީނެވެ.
“ހާދަ ގޯހޭ” ޒައިނާ ކުނި މޫނު ހަދައި އެނދުގެ މަގަތުގައި އިށީނެވެ. އަދި އެތާގައި އޮތް އެންމެ ބޮޑު ބާލީސް ނަގައި ސާއިމް ގައިގައި ޖަހައިގަތެވެ.
“ފިރިމީހާއަށް އަނިޔާ ނުކުރާށޭ ނުބުނޭތަ މިރޭ” ސާޢިމް ޒައިނާ އަތުން ބާލީސް ޖަހައިގަތެވެ.
“ކިސް އެއް ނުދިނީމަތަ ތިވަރު ތިކޮށްލަނީ… އަހަރެންނަކަށް ނޭނގެ ޒައި ތިހާ..” ސާއިމް ހިނިތުންވެލަމުން ބުނެލީ ޒައިނާ ކައިރިއަށް ޖެހިލަމުންނެވެ.
“ޒިބު ނުނެއްޓިގެންނޭ މިއުޅެނީ. ސާޢިމްއަށް ހެވެއްނު.. ޒައި ހިގައިދާނަން މަންމަ ކައިރިއަށް” ޒައިނާ ދާން ހިގައިގަތުމުން ސާޢިމް ޒައިނާގެ އަތުގައި ހިފައި ދަމައިގަތެވެ. އެބާރު މިނުގައި ޒައިނާ އެދުމައްޗަށް ވެއްޓުނެވެ. އެދުގައި ބުރަކަށި ޖެހުމާއި އެކު ޒައިނާ އަނެއް ފަރާތަށް އެބުރެނެވެ. ސާއިމް އެއްކައިރީގައި އިށީދެގެން އިނދެ މަޑު މަޑުން ޒައިނާގެ ޒިބު ނައްޓަމުން ދިޔައެވެ. އެޔާއެކު ކަޝްފުވަމުން ދިޔަ ޒައިނާގެ ދޮން އޮމާން ހަށިގަނޑު ފެނި މީހާގެ ހިއްސުތައް މަތަކުރެވޭ ވަރެއް ނޫނެވެ. ގުދުވެލައި ޒައިނާގެ ކަދުރާގައި ބޮސްދެވެން ފެށުނެވެ. ޒައިނާއަށް ހަށިގަނޑުގައި ކަރަންޓު އޮއިވަރެއް ޖެހުނު ކަހަލައެވެ. އަވަހަށް އެދުގައި ކޮޅަށް އިށީދެވުނެވެ. ލައިގެން ހުރި ބޮޑު ހެދުމާއި އެކު މީހާ ނުވެއްޓުނީ ކިރިއާއެވެ.ސާޢިމްގެ ކުޅަދާނަކަން ޒައިނާ ހިމާޔަތްކޮށްދިނެވެ. ޒައިނާގެ އަތުގައި ހިފައި ގަޔާއި ދިމާލަށް ދަމައިގަނެވުނެވެ. ޒައިނާ ގޮސް ޖެހުނީ ސާއިމްގެ މޭމަތީގައެވެ. ސާޢިމް ޒައިނާގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލަ ދިނެވެ. އަދި މަޑުމަޑުން ޒައިނާގެ ތުންފަތުގައި ބޮސްދެވެން ފެށުނެވެ. ޒައިނާވެސް އޭނާގެ ހިތުގެ ވިންދުތަކުގެ ހައްގުގައި ތެދުވިއެވެ. ސާއިމްގެ ކޮންމެ ބީހުލުމަކަށް އުފަލާއި އެކު މަރުހަބާ ކިޔަމުން ތަބާވަމުން ދިޔައެވެ. ކޮންމެ ބީހުލުމަކާއި އެކު ދެފުރާނައަށް ލިބޭ އުފާވެރިކަން އެތައް ހާސް ގުނަ އިތުރެވެ. އިޝްގުން ފުރިގެންވާ ބަސްތައް އެކަކު އަނެކަކަށް އިއްވަމުން ދިޔައެވެ. އެތައް އަހުދުތަކާއި ވައުދުތަކެއް ވަމުންނެވެ.
ޒިޔަމްއާއި ޒީންގެ ކޮޓަރިވެސް ތައްޔާރު ކުރެވިފައިވަނީ އަލަތު ކައިވެނީގެ ފުރަތަމަ ރެއަށް އެއްމެ އެކަށީގެންވާ ގޮތަށެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ޒީންއަށް ވަށައިގެން ހޯދައިލެވުނީ ތަނުގެ ފުރިހަމަކަމުންނެވެ. އޮރެންޖު ކުލައިގެ ބޮކިތައް ސީލިންއިން ފެށިގެން ތިރިއަށް އެލުވާފައި ހުރީ ކައިވެނީގެ ހަފުލާވެސް ތައްޔާރުކޮށްފައިވާ ގޮތަށެވެ. އެހެންނަމަވެސް އެޔަށް ވުރެ މާ ފުރިހަމަކޮށެވެ.
“ކަމުދޭތަ” ކޯޓުގެ އަތުކުރީ ގޮށް ނައްޓާލަމުން ޒިޔަމް އަހާލިއެވެ. ޒީންއަށް ބޯޖަހައިލެވުނެވެ. އަދިވެސް ހޯދެނީއެވެ. ބަލާ ވަރަކަށް ރީތިކަން އިތުރުވާހެން ހީވަނީއެވެ. ޒިޔަމްއަށް ބެލެމުން ދިޔައީ ޒީންއަށެވެ. ހިތުގެ މަލިކާ އޭނާގެ ފުރިހަމަ މިލްކަކަށްވީއެވެ.
“ވަރަށް ރީތި” ޒީން ޒިޔަމް އާޢި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ޒިޔަމް ގަމީސް ނުލައި ހުރުމުން އަވަހަށް އިސްޖަހައިލެވުނެވެ. “ސޮރީ” ޒީން އަނެއް ފަރާތަށް އެބުރުނެވެ.
“ޑޯންޓް ބީ ސޮރީ. މީ ޒީންގެ ހައްގެއް” ޒިޔަމް ޒީންގެ ކުރިމައްޗަށް އަރައި އަތުގައި ހިފާލަމުން ބުނެލިއެވެ.
ޒީން ލޯހުޅުވާލުމާއި އެކު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ޒިޔަމް ޒީންގެ މޫނުގައި ހިފައި ނިތްކުރީގައި ބޮސްދިނެވެ.
“ފެންވަރާލަން ދާންވީނު. ވަރަށް ވަރުބަލިވެފައެއްނު ތިހިރީ” ކާރުގައި އައިއިރުވެސް ޒީން ދިޔައީ ހުއްޓުމެއް ނެތި ފެންބޮމުންނެވެ. ޒިޔަމްގެ އަމިއްލަ އެދުމަށް ވުރެ ޒީންގެ ސިއްހަތާއި ހަމަޖެހުން މާ މުހިއްމެވެ.
ޒިޔަމް ތުވާލި ދިނުމުން ޒީން ހެދުން ހިފައިގެން ފެންވަރަން ވަނެވެ. ޒިޔަމް އެވަގުތު ކުއްލިކަމެއް ހަދާންވުމުން އަވަހަށް ކްލިނިކަށް ދިޔައީ ޒީން ނިމުމުގެ ކުރިން ކޮޓަރިއަށް އަބުރައި އައުމަށެވެ. މިރޭ ކޮންމެހެންވެސް ޒީންއަށް ދޭން ޖެހޭ އެއްޗެއް ޒިޔަމް އަތުގައި އެބައޮތެވެ.
ޒިޔަމް ކްލިނިކުން އަބުރައި ކޮޓަރިއަށް އައިއިރު ޒީން އޮތީ ނިދާފައެވެ. ބްލޭންޓެކް ގައިގައި އަޅައިގެން އޮތް އިރު ވަރުބަލިވެފައިވާ މިންވަރު މޫނުމަތިން ދައްކުވައިދެއެވެ. ޒީންގެ މައުސޫމް މޫނަށް އެތައް އިރެއް ވަންދެން ބެލުމަށްފަހު ޒިޔަމް ފެންވަރަން ވަނެވެ.
ޒީންއަށް ލޯ ހުޅުވައިލެވުނީ ޒިޔަމް ފާހަނައިގެ ދޮރުގައި ތަޅުލި އަޑަށެވެ. އަވަހަށް ތެދުވެ މޫނު ފުހެލައި ނިދީގެ އަސަރު ފުހެލަން އުޅުނެވެ. ފެން ބޯން ޑްރެސިންޓޭބަލް ކައިރިއަށް ދިޔައިރު ޒީންގެ ލޮލުގައި އަޅައިގަތީ އެތާގައި ރީއްޗަށް އަތުރާފައި އޮތް ކެވެލިކޮޅު ފެނުމުންނެވެ. އެނަގައި ހިނިތުންވެ ބަލަމުން ދިޔައީ އެތައް ހަދާންތަކެއް އޭގައި އެކަނިވެސް އެކުލެވިގެންވާތީއެވެ. ހިޔާލީ އޮއިވަރުގައި ޖެހި ބެހެމުން ދިޔަ ޒީން ސިއްސައިގެން ދިޔައީ ފަހަތުން އަޑެއް އިވުމުންނެވެ. ހިތް ތޮޅިލައި ފަހަތް ބަލާލިއިރު ޒިޔަމް ހުއްޓެވެ. ހަމައެކަނި ތުވާލި އަދެގެން ހުރިއިރު ފެންތިކިތައް ތެމި ފޯކޮށްފައިވާ އިސްތަށިގަނޑުން ފައިބަމުންދިޔައެވެ. ބައިމަތި ފުޅާ އެހަށިގަނޑަކީ ކޮންމެ ފިރިހެނަކަށް ލިބޭނެ ނަސީބެއް ނޫނެވެ. ޒީންގެ ހިތުގައި ޖަޒުބާތުތައް އުތުރި އަރައިގެންދިޔައެވެ.
ޒިޔަމްވެސް ހުއްޓުމެއްނެތި ބެލުމުން ދިޔައީ ޒީންއަށެވެ. އެނުހަނު ރީތި ސޫރައަށެވެ. ހުދުކުލައި ކަކުލާ ހަމައަށް ހުންނަ ހެދުމުން ޒިޔަމްގެ ހިތާއި ކުޅެމުންދިޔައެވެ. ޒިޔަމް ޒީންގެ ޖާދޫގައި ޖެއްސި ދިގު ރާޅުބާނި މެރޫން ކުލައިގެ އިސްތަށިގަނޑުން މިއަދުވެސް ޒިޔަމްގެ ހިތް ފިދާކޮށްލައިފިއެވެ. އުއްބައްތީގެ ރަންއަލި ޒީންގެ ކަނދުރާއާއި މޫނަށް އަރަމުން ދާއިރު އެފަދަ ދެވަނަ މިސާލެއް ނުދެއްކޭނެކަން ކަށަވަރެވެ.
ޒިޔަމް މަޑު ހިގުމެއްގައި އައިސް ޒީންގެ އަތުގައި ހިފާލިއެވެ. އަދި ޒީންގެ އަތުގައި އޮތް ކެވެލި ކޮޅު ނަގައި ތިރިވެލަމުން ޒީންގެ ފައިގައި އަޅުވައިދިނެވެ.
“އައި އޭމް ސޮރީ އަދިވެސް އެއްފަހަރު. ޒީންގެ ހުއްދަނެތި ދެން ދުވަހަކުވެސް ތިހަށިގަނޑުގައި ނުބީހޭނަން. މިރޭ ގާޟީގެ ހުއްދައާއި ބައްޕަގެ ހުއްދަ ލިބުނުކަމުގެ ވިޔަސް” ތެދުވުމަށްފަހު ޒިޔަމް ބުނެލިއެވެ.
ޒީން ޒިޔަމްގެ ބަސް ހުއްޓުވީ ޝަހާދަތް އިނގިލި ޒިޔަމްގެ ތުންފަތްމަތީ ޖައްސާލަމުންނެވެ.
“އެރޭގެ ވާހަކަ ދެން ދުވަހަކުވެސް ނުދައްކާތި. ޒިމް އައި ލަވް ޔޫ.. އެވަރު ހުއްދައަކަށް ފުދޭތަ” ޒީންގެ ލޮބުވެތި ބަސްތައް އިވުމާއި އެކީ ޒިޔަމްއަށް ހިނިތުންވެވުނެވެ. ޒިޔަމް އޭނާގެ ބާރުގަދަ އަތުން ޒީންގެ އުނަގަނޑުގައި ހިފައި ޑްރެސިންޓޭބަލް މަތީގައި ބޭންދިއެވެ. އަދި މޫނު ކައިރިކޮށްލައި ޒީންގެ ތުންފަތުގައި ލޯބިން ބޮސްދިނެވެ. އެޔާއި އެކު ދެމީހުންގެ އެއްމެ ހިމަ ނާރުގެވެސް ހަރަކާތް ފެށުނެވެ. ޒީން ޒިޔަމްގެ ތެމި ފޯވެފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. ޒިޔަމް ޒީން އޭނާއާއި އިތުރަށް ކައިރިކޮށްލިއެވެ. ދެމީހުން މަސްތުގެ ވަގުތުތައް ގުނަމުން ވަކި ހިސާބަކަށް ދެވުނުތަނާ ސިއްސައިގެން ދިޔައީ ޑްރެސިންޓޭބަލް މަތީގައި ހުރި ބިއްލޫރި ތަށި ވެއްޓި ތަޅައިގެން ދިޔަ އަޑަށެވެ. އެކަކު އަނެކެއްގެ މުށުތެރެއިން ދޫވެވި ހަމަހޭވެރިކަން ވެރިވިއެވެ. އެމަދު ވަގުތު ކޮޅުގައިވެސް ނޭވާ ވަނީ އުތުރި އަރައިގެން ގޮސްފައެވެ. ޒީން މާނޭވާ ލަމުން ޒިޔަމް އަށް ބަލާލިއެވެ. ނަމަވެސް އިތުރު ހަރަކާތެއް ކުރުމުގެ ކުރިން ޒިޔަމް އަތްދަނޑި މައްޗަށް ލައިގެން ގޮސް އެދުމަތީގައި ބޭއްވިއެވެ.
ދެމީހުންގެ ހަށިގަނޑުގައި ހިފައިފައިވާ މަސްތުގެ ހޫނުކަން އެތާގައި ވާ އުއްބަތްތީގެ ހުޅުގަނޑުގެ ހޫނަށް ވުރެ ގަދަކަން ޔަގީނެވެ. ޒިޔަމް ޒީންގެ ކަރުގައި ބޮސްދެމުން ދާއިރު ޒީން ޒިޔަމްގެ ގައިގައި ފިރުމަމުން ދިޔައީ ލޮބުވެތިކަމާއި އެކީގައެވެ. ކުރިން އެ އިހްސާސްވެފައި ވީ ނަމަވެސް ދެމީހުންނަށްވެސް ކުރެވެމުން ދަނީ އަލަތު ގުޅުމެއްގެ މީރުކަމެވެ. އިއްޔެ އަނިޔާ އަކަށްވި ބީހިލުންތައް މިރޭ ވެގެން އެދަނީ އެލަކުނުތަކާއި ޒަހަމްތައް ފިލުވައިދޭ ފިރުމުންތަކަކަށެވެ. ލޯތްބާއި އަޅާލުމާއި އެކީ ޒީން ދިޔައީ ރަނިކަން ކުރަމުންނެވެ.
އައު ބާބު ގެ ފުރަތަމަ ސަފްހާ ވަރަށްވެސް ފޮންޏެވެ.
ދެއަހަރު ފަސް
ޒީން ދޮރާއި ދިމާލަށް ބަލަމުން ދިޔައީ ޒިޔަމް އަންނާނެ އިރަކަށެވެ. އިރު ކޮޅުކޮޅާއި ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލަމުން ދިޔައީ ކޮންމެ ސިކުންތެއްވެސް ހަސްވަމުން ދާހެން ހީވާތީއެވެ.
“ގްޑް މޯނިން މަންމާ” އެތެރެއަށް ވަދެގެން އައި ޒިޔަމްގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ޒިޔަމްގެ އަތުތެރޭގައި ރަޖާގަނޑެއްގައި އަރާމުކޮށް ނިދާފައި އެ އޮތީ ރޭ ދަންވަރު ދުނިޔެއަށް ނޭވާލި ދެމީހުންގެ ކުޑަ ދަރިފުޅެވެ. ޒިޔަމްގެ ފަހަތުން ސާއިމްއާއި ޒައިނާވެސް އެތެރެއަށް ވަނެވެ.
“ކޮބާ ކޮއްކިގެ ކަޒިން” ދެއަހަރަށް ދާ ޒައިން އައި ގޮތަށް އައިސް ފުންމާލީ އެނދަށެވެ.
“މިއޮތީނު.. ދަރިފުޅާ ބަސްއަހައިގެން އުޅޭނީ އިނގޭ” ސާއިމް ޒައިންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
ޒީން ޒިޔަމްއަށް ބަލާލިއެވެ. “ޒިމް ތެންކްޔޫ ޒީން ދެކެ ތިހާ ލޯބިވާތީ. އަދި މިހިތަށް އޯގާވެދޭތީ” ކައިރީގައި އިން ޒިޔަމްގެ ކޮނޑުގައި ބޯއަޅާލަމުން ޒީން ބުނެލިއެވެ.
“ކޮބާ ކޮން ނަމެއް ކިޔަނީ މިފުށްގަނޑަށް” ޒައިނާ ބުނެލިއެވެ.
“ޒަރާ… ޒުކާ… ޒަވީ… ދެން ކޮންމެވެސް ނަމެއް ދޯ” ޒީންގެ ނިތްކުރީގައި ބޮސްދެމުން ޒިޔަމް ބުނެލިއެވެ.
94 Comments!
Comments are closed.







Final episode. Hope you guys will like it. V v bodah thank you hurihaa kudhinna. Dhn thikudhin ziyam and zeenge baby ah name dhee. And heekuran ekudhinge life thi kudhinge hiyaalugai ufaaveri dhuvasthakah vaane kamah.
Once again thanku for the support
Loves from maroon komme reader akah..
And sorry lasvyma kudakoh
❤❤❤❤
Wow.vvv salhi.mikudhin mikondhey bura mashan kathunney mi balan luenves libenee.dhuvaalu hatharu dhamu thelhi thelhi varubalivegen asfiya balaaleemaa hadha salhi ey
Thanku naz.. glad u like it ?❤❤❤
Nimuny tha?
Alheyyyy..WOW..Superb.. varah varah furihama reethi vaahakaeh..u really r a great writer dear..May Allah bless u always..waiting 4 ur next stories…❤❤❤❤
Noor so happy to read ur comment… take care dear. Hope to see a beautiful story of urs ❤❤❤❤
Wow?
Thanku love ❤❤❤
Varah reethi.. loved this story a lot.. but shamha ah fahun v goii genesdhin nama ithurah furihama vees.. varah avahah maroon ge ehen story eh kiyaalan libeyne kamah heekuran.. 🙂
Thanku addu manje.. shamha dhn hiyeh nuvey dhw emyhunah udhagu kuran aisfaanehen. Thanku so much ❤❤❤
Varah reethi
??❤️??
Thanku nakko ❤❤❤
Superb. Nice ending. Keep it up
Thanku psenhi… ❤❤❤
Wow wow wow??? Super duper?? love this story… varan varan reethi❤️️???
Thanku aamin ❤
Thi kudhin supportaai eky story reethikoh genesdhevuny ❤❤
Habeys varah varah.????????????????????????????????????????????????????❣❣❣❣❣❣❣?????????????????????????????????????????????????????????????????
Meekail.. haadha baivaru hearteh ❤❤❤
Yellow hearts ??? thanku
N maroon wow ur best … i love it … waiting for a new storyy from u … i really love it … wow love it … will miss u alot .. ly ♥♥♥ nyyyttss♥♥♥
Thanku shaayaa ❤❤❤
Will miss u too.. loves nyty nyt ❤
varah reethi mi story ves. finally a happy ending for zeen and ziyam. love it. poor shamha. waiting eagerly for a new story maroon. all the best ?
Thanku annoying reader… yes finally dhw ❤❤❤
Thanku lots for ur support ❤?❤
Hama habeys….. ekam maa avahy nin maalileh…… will miss you maroon… waiting for another lovely story…… gdnyt… tgc… ly….
Thanku chum handi.. will miss u too.. gdnt . Tc loves ❤❤❤
Reethi❤
Thanku sama ❤❤❤
zeen aa ziyam first meet vi reay ge aslu veegoi liyunu nama varah salhi vees
Thihen liyan ulhunin. But i thought it would spark a bad memory. Ehenve thafaathu kolly..thanku baby ❤❤❤
vvv nice story
Thanku shafu ❤❤❤
Its nice woww
Thanku sinaa❤❤❤
A very nice story..i hope that i get another story to read soon..keep up the good work..i love your work❤❤
Thanku ilut ❤❤
In sha allah… loves tc ❤?❤
Nimunytha?
Varah reethi igeyy?
Thanku sham ❤❤❤
Yh nimuny dhn
Hey Baby was a girl or boy? Anyways xim xeen xai nd saaee have a happy blessed life❤? hehe..Maroon dear mivareh neh. ?Ninmunves hama fabb! ?Enme reethi story thaku thereyn story eh mee.. ?will never ever forget it.. nd u too…? ur a very cute person.. through this story and the comments alhugandah sifavany maroon thy varah rangalhu kujjeh hen..❤ as a author too.. hurihaa kudhinnah ves ‘oagaatheri’ comments thah heyohithun balaiganna kujjeh..? thanks 4 been u.. ?i admire your hardwork dear..? thanks a lot for the very lovely story.. nd im gonna miss u a lots..? love u dear?… hope to see u soon… tc?❤
Adha..my favourite readers therein kujjeh.. abadhuves thi loabi commentah inthizaaru kuran. I will miss u a lot ❤
They got a girl ❤
Love u so much ❤
Tgc
Adha thy maroonge vaahaka liyumah libumah libunu v v v bodu hivvareh. Even if i dnt knw u there is a huge connection.. will miss u. Love u ❤❤❤❤❤❤❤❤
Masha allah❤
Vrh rythi vahaka eh…
maroon ge ehn vahaka akah inthixaar kuran….
gudluck…
Thanku naana ❤❤❤
Loves tc ❤❤
Thak u.
Thanku sweetie ❤❤❤
Masha Allah. V v v furihama vaahakaeh. V happy mi part kiyaalaafa. Adhives ummeedh kuran maroon ge mikahala reethi reethi story eh avahah kiyaalan libeynekamah. Love u
Masha Allah. V v v v furihama. V ufaavejje mi part kiyaalaafa. Adhives ummeedhu kuran maroon ge mikahala reethi reethi story eh kiyaalan libeyne kamah. Love u n miss u…………
Thanku ninni ❤❤❤
M so glad u like it ?
In sha allah libeyne
Loves tc
. Will miss u too ❤?❤
Wow nice story. Awsam… baby ah kiyany zavy dhw?
Thanku shaai ❤❤❤
Zavy is a great name ?
Wow masha allah v rythi v loabi stry alhe samhaa ah v gotheh fahunneyngunyma v dhera ? eyna ah visnigen ais maafah edhun namaves v furihamavaane dhw samhaa n shaah gulhuvaalinama ennu eyrah v perfect vaane anyway stry v touching dhen kon irakun maroonge stry eh kiyaalan libeyny v inthizaarukuran ingey luv gud nyt ly????❤❤❤❤❤???????????????
Thanku khajja v miss vaane ngey
Abadhuves v v molhu idea dhey kujjeh thy… ❤❤❤
Maroonge imaginationga shah is married.. dhn khajjage khiyaaly beynun koggen kuriah gendhey ngey ❤❤❤
Love u.. tc…have a great day dear?❤?❤
Alheyyy V vvvv salhi maroon Koba Shamha fakeeru????????❤❤❤??????????????????????????????????????????????Shamhaa ge hart broken ????
Shamha ulheyne dhw ladhun hehehe ❤
Use your imagination and build the future
Thanku axu lots ❤?❤??
woow.. vvvvv reeeethi mi story ????❣❣❣❣❤
waiting for ur another beautiful story… btw kon irakun maroon ge new story eh kiyan libeyny,?? loves> will miss you.. ?
Thanku who i am ❤
You are a wonderful reader.. a great support ❤
Neyge kon dhuahakun kan bunelaakah.. in sha allah soon ngey ❤❤❤
Loves tc already missing u ?❤
wow wow wow…. alhey rooon haaadha lobii ey zim n zee
n
sam n zaee …. wow so cute n lovely … ♡♡♡
keep itup roon waiting next stry …. love u so much …. this stry is awsome ..heheh:-):-):-):-)
love u roon ♥
Thanku sam so much ❤❤
For the cover pic and for the unlimited support ?❤?❤
Loves.. tc
Wow..vaahaka v reethi
Thanku aish ❤❤❤
Sorry. Comment lassveema. Reyga 11:50 haairu story kiyaifin ekam ulhe ulhe commenteh nukurevunu. Maroon. Vaahaka v salhi. Ekam Zim aa Zeen kuryga vee kanthah, Shamhaa Zim ah like baarugadha beyheh dhygen hutta kuri kamakah hedhi nama miahvure salhi vys. Ebai genesdheyne kamah unmeedhu koggen hury
Sorry to disappoint u dear.. dhn mifaharu v goiy dhw ?
Anyway thanku for the unlimited support ❤❤❤
Loves tc dear ❤
Awwwn.. Loabi vaane… Thank u dear. Bala bala indhaa up v.. Iru kolhakaa balailevey.. Claahuga kiyava dheyn hurefa ves hama kuda break eh libunas balailan up v thoa…
Alhey so happy to read ur beautiful comment ?
Thanku lots aashaa v bodah ❤❤❤❤??
Maroon get ehn story eh kiyaalan libeyne kamah unmiidhu kuran. Mi waahaka nimuniima v dheravejje
Thanku only ❤
In sha allah ❤❤❤
Wow❤❤ don’t know how to mention ??.. twinkle twinkle Little ?,hw I wonder wat u r?, dh stry wz outstanding ?,like a ? everybody search ?.
Peoples knw u 4 wat u hv done dear.. v vvv cute and naughty these buddies r??.. all thnx 2 the mind-blowing, lovly cuteist writer.
Awww., Sooo many ❤❤ u earned frm readers..
Xna.. one of my fav readers ❤
You are a bright twinkling reader ❤?⭐?
Always love ur comment. M gonna miss u lots ❤❤❤ tc dear
I cnt describe how happy i am ❤❤?❤❤
Wowwww story was amazing?????????? comment nukureveythy sry bt i just luv da story.??
i m sure i won’t get bored even if i read it every day??
Luv u
Gonnaa miss u
Waiting for a new story frm u.
Thanku shahooo… so glad u like it.. loves tc… in sha allah will meet soon ❤❤❤❤?❤
Dear story is just awesome,superp.etc.etc????????????????☺??????????????????nice ending….keep it up.. good job…???????sooooo???????lovely….just woooooowww
Thanku xxxx ❤
A wonderful reader ❤
Loves ❤❤❤
vvv reethi ………..:)
Thanku azeen ❤❤❤
Story vrh vrh rythi …. Vrh awahah ehen story eh kiyaalan libeyne kamah ummeedhu mikurany ..?????❤️
Thanku tutee.. in sha allah
❤❤❤
Wow!!!!v salhi!!! Bt xiin ge bayyah vii goiy nethehnu! Thnkolheh dhigukohli nama salhi viis xiin n xiyam ge lv story! Btw maruun ge nxt story akhinthixaaru kiran!
Thanku some one ❤
Sorry 9 ge kurin upnukoh dhevunyma…
Mifaharu vee goiy dhw dhnn
Thanku again for the support ❤❤❤
Wow… Varah rythi…. Story varah rythi and cover pic too… ?? mikahala rythi vahaka kiyaalan libeythii varah happy???… Maroon ge story thah alhugandah varah rythi.. Love it ??
Thanku suwa ❤❤❤
Cover pic ge credits sam ah..❤
Tc dear ❤
Alhey nimuneetha.haadha reechey.mi vaahaka hama habeys.dhen mihaa reethi ehen vaahaka kiyaalan libeyne kamah heekuran.thanx love it.????❤️❤️❤️❤️????????????
Yes nimuny dhn…Thanku zeee … ❤
In sha allah ❤
Loves tc.. ❤❤❤❤
Wow wow wow… vvvv salhi
Thanku kamana ❤❤❤
Lahun dhotho mi comment kureveyne?and this story is amazing ?one of my best stories.i mean this one is in the top I just luv it??and don’t forget that I will miss this story and u maroon?I want you to write more stories..I appreciate your talent maroon❤??love you alotttt
? hehe miss u and luv u a lot????
Thanku yaanaa …will miss u too.. in sha allah will come back soon.. thanku for the huge support
Loves tc ❤❤❤❤❤
comment nukurevunas regularly kh mi story kiyan, mi vaahaka vvv reethi. i loved it,really. vv interesting story eh mee. hope i could get a chance to read a new sweet story like this. u’re very talented writer, masha allah. GOOD LUCK. TC 🙂 🙂 🙂 🙂 😀
Thanku song joog ki.. in sha allah
Thanku lots ? ❤❤❤ tc
Ziny , warah salhi name eh
Warah reethi mi part . Beynun wany adhiwes eh part???????????❤❤??????????????
Thanku aferrr.. yh v looabi nameh
Adhi eh part liyan v dhw ?
Tc loves ❤❤❤❤
koba vaahaka
Xaan mi story nimijje. But m currently thinking of a twisted and a complicated idea for the next story…dnt have any yet ?
Idea eh libunyma liyan fashaanan.. if u have one comment one ☺
Thanku lots ❤❤❤
Wow ???????
????
Mi vaahaka kiyunu adhadheh ves neynge… Kiyaa foohi nuvi vaahaka eh…
ކޮބާ ޔުމް…