Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (8)

Psenhi Level 410 Stories100 Comments100 Login
July 13, 2017 4 Mins Read
27 Comments

“ތިބުނާ ކުއްޖެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު މި ގަނޑުކޮޅުގައި ލިޔެލާ.” ބަކުރު ކަރުދާސްގަނޑަކާއި ގަލަމެއް އަމްޖަދުގެ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. އަމްޖަދު އޭގައި ހިފުމަށްފަހު ޖީބުން ނެގި ރުމާލުން އޭނާގެ ނިތްކުރިމަތީ ބަބުޅަމުންދިޔަ ދާތިކިތައް ފުހެލިއިރު އެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ.

“މިރޭ ޢިޝާގެ ފަހުން އާދޭ! އޭރުން ދެން ކުރިއަށް ގެންދާނެގޮތަކާއިމެދު މަޝްވަރާކުރާނީ” އަމްޖަދު ދިއްކޮއްލި ގަނޑަށް ބަލާލަމުން ބަކުރު ބުނެލިއެވެ.

އަމްޖަދު އިންތިޒާރު ކުރަމުންދިޔައީ އިޝާވަގުތަށެވެ. އިޝާ ނަމާދުން މީހުން ފައިބައިގެން ދިޔަ މަންޒަރު ބަލަން އަމްޖަދު ހުރީ އޭނާ ހުންނަ ހޮޓެލްގެ ބެލްކަނީގައެވެ. ނަމާދުކުރުމާއި ޤުރުއާންކިޔެވުންފަދަ ކަންކަމީ އޭނާ މާބޮޑު ސަމާލުކަމެއްދޭ ކަންކަމެއް ނޫނެވެ. ހުކުރު ނަމާދުފިޔަވައެވެ.

ބަކުރުމެންގޭގެ ބޭރަށް ހުރި ކޮޓަރީގެ ދޮރުގައި އަމްޖަދު ދެތިން ފަހަރު ޓަކި ޖަހާލުމުން ދޮރު ކުޑަކެަށް ހުޅުވާލުމަށްފަހު ބޭރުގައިހުރި ޖޯލިފަތީގައި މަޑުކޮށްލުމަށް އާދަނު ބުންޏެވެ. އާދަނަކީ ބަކުރުގެ އެއްއަތެވެ.

ޖޯލީގައި އިންއިރު އަމްޖަދުގެ ކަންފަތް ހުރީ ދޮރުން އަންނަ އަޑުތަކަށް ގެއްލިފައެވެ. އެތެރެން އިވެމުންދިޔައީ ފިރިހެނެއްގެ ހަޅޭކުގެ އަޑެވެ. އެއަޑުގައި އާދަޔާ ޚިލާފް ބަރުކަމެއް ހުއްޓެވެ. ދައްކަމުންދިޔަ ވާހަކައިން އެއީ އިންސާނެއްގެ އަޑު ނޫންކަން އަމްޖަދަށް ނަގައިގަނެވުނެވެ. އަމްޖަދުގެ ހިތް ބިރުން ތެޅިލިއެވެ. ކުރަން މިއުޅޭ ކަމުގެ ނުރައްކާތެރިކަން ވިސްނޭފަދައަކުންނެވެ. ނަމަވެސް އޭނާހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

“އެކުއްޖާ ވަނީ މީގެ މަސްތަކެއް ކުރިން ސިހުރުވެރިއެއްގެ ސިހުރުން މިދުނިޔެ ދޫކޮށްފަ. މިކަން އެންމެ ރަނގަޅަށް އެނގޭނެ އަމްޖަދަށް” ބަކުރު ހިތްހަމަނުޖެހިފައި ބުނެލިއެވެ. އަމްޖަދު އަވަސް އަވަހަށް އޭނާއަށް ފެނުނު އަންހެން ކުއްޖާގެ ވާހަކަ ކިޔައިދީ އެކުއްޖާގެ ހަޤީގަތް ހޯދަން ބޭނުންކަމަށް ބުންޏެވެ. ބަކުރު މާދަމާ އައުމަށް ބުނެ އަމްޖަދު ފޮނުވާލިއެވެ.

***

ދުވަސްތައް މާޒީއާއި އެކުވަމުންދިޔައީ އަލްވިންއާއި ޝިމްލާގެ ގުޅުން އިތުރު ހަރުފަތްތަކަކަށް ބަދަލުކުރުވަމުންނެވެ. ޝިމްލާގެ ކިޔެވުން ފެށުނު ނަމަވެސް ކޮލެޖަށް ދާންޖެހެނީ މެންދުރުފަހު ކަމަށްވުމުން ގިނަވަގުތު ހޭދަކުރަނީ ގޭގައެވެ. އަލްވިންވެސް ކުރިއާއި ޚިލާފަށް ގޭގައި ހޭދަކުރާ ވަގުތު ގިނަކުރިއެވެ. ދެމީހުން އެކުގައި ވަގުތު ހޭދަކުރުން އިތުރުވިއެވެ. މިކަމުން ދެމީހުންނަށްވެސް ނުހަނު ބޮޑު އުފަލެއް ލިބެއެވެ. ދެމީހުންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވެއެވެ.

ކޮލެޖަށް ދާން ފެށުމުންނާއި ދީނީ ފޮތްތަކާއި ދުރުވުމުގެ ސަބަބުން ޝިމްލާގެ ދިރިއުޅުމުން ފެންނަންފެށީ ދީނީ ކަންކަމަށް ދެމުންއައި ސަމާލުކަން ކުޑަވަމުންދާތަނެވެ. ނަމާދުތަކަށް ކުރިންދޭ އަހަންމިއްޔަތުކަން ކުޑަވެ ބައެއްފަހަރު ޢުލްޔާއަށް ޝިމްލާ ނަމާދުނުކޮށް ހުރިކަން ހަނދާންކޮށްދޭން ޖެހެއެވެ. ކޮލެޖުގައި އުޅޭނަމަ ހަނދާނުން ކައްސާލައިގެން ނަމާދު ވަގުތު ފާއިތުވާއިރުވެސް ނަމާދު ނުކޮށް އެހެން ކަންކަމުގައި އުޅެއެވެ. މިކަމުގެ ސަބަބުން ޝިމްލާގެ އީމާންތެރިކަން ދުވަހެއް ދުވަހަކަށް ދަށަށްދާހެން އޭނާއަށް އަމިއްލައަށްވެސް ހީވާންފަށައިފިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޝިމްލާއިނީ ބެލްކަނީގައި އިނގިރޭސި ވާހަކަފޮތެއް ހިފައިގެން އެއަށް ގެއްލިފައެވެ. އެހެން އިންދާ ކޮޓަރިތެރެއިން އޭނާގެ ފޯން ރިންގުވާއަޑު އިވުމުން ކިޔަންއިން ގަނޑުގެ ކަން ލަންބާލަމުން ފޮތް ލައްޕާލުމަށްފަހު ގެންގޮސް ސައިޑް ކަބަޑްމަތީ ބޭއްވިއެވެ.

“އައްސަލާމް އަލައިކުމް!” ޝިމްލާ ހިނިތުންވުމަކާއިއެކު ފޯނު ކަންފަތުގައި ޖައްސާލަމުން ސަލާމްގޮވާލިއެވެ. އެކޮޅުން ވާހަކަދެއްކީ އޭނާ އެއަޑު އެހުމަށް އެންމެ ހިތްއެދޭ އަޑުގެ ވެރިޔާއެވެ.

ޝިމްލާ ދުވެފައި ކަހަލަ ގޮތަކަށް ތިރިއަށް ފޭބިއިރު ސިޓިންރޫމު ސޯފާގައި އޭނާއަށް ފުރަގަސްވާގޮތަށް އަލްވިން އިނެވެ. ޢުލްޔާއާ ދެމައިން ތިބީ އޮލަ ވާހަކައެއްގައެވެ.

“އަލްވިން ބުނީމެއްނު މިރެއޭ ފުރަނީ. ކީއްވެ މިހާ އަވަހަށް؟” ޝިމްލާއަށް ފުރަތަމަވެސް ކޮށްލެވުނީ ޝަކުވާއެވެ. އެހާ އަވަހަށް އަލްވިން އޭނާއާއި ދުރަށްދާން އޭނާ ބޭނުންނެތީއެވެ. ޝިމްލާގެ އަޑަށް އަލްވިން ފަހަތަށް އެނބުރި ބަލާލިއެވެ. އަދި ފުޅާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

ޝިމްލާއަށް ހުރެވުނީ ކަޅިޖަހާނުލާ ބަލަހައްޓައިގެންނެވެ. އަލްވިންގެ އެރީތި ބޮޑު ދެލޮލުގައި މިއަދު ތަފާތުކަމެއް ވެއެވެ. އަލްވިން އާންމުކޮށް އަޅާ ނަންބަރު އައިނެއް ފެންނާކަށް ނެތެވެ. އެ ދެލޮލުގެ ތެރެއިން ފެންނަ އަޅިކުލައިގެ ކަޅީގެ ބަދަލުގައި މިހާރުވަނީ ކަޅުކަންގަދަ ލެންސެއް ސައްވާފައެވެ. ޝިމްލާ ސުވާލުގެ ނަޒަރަކުން ބަލާލަމުން ބުމަހިއްލާލުމުން އޮފީސްދަތުރުތަކުގައި ޢާންމުކޮށް އުޅެނީ ލެންސް ލައްވައިގެންކަމަށް އަލްވިން ބުނެލީ ޝިމްލާގެ ހިތުގައިވާ ސުވާލު ފަހުމުވާތީއެވެ. ޝިމްލާ ބަދަލުގައި ހިނިތުންވުމެއް ހަދިޔާކުރަމުން ކަނާތުގެ ބޮޑުވާއިނގިލި ދައްކާލިއެވެ. އަލްވިންގެ ވާހަކައިން އޭނާ ދާން އޮތް ރޭގަނޑުގެ ފްލައިޓް ކެންސަލްވުމާއި ގުޅިގެން ހަވީރު ފުލައިޓަކުން ޖީގަ ކަށަވަރުކުރީކަން އެނގުނެވެ. އަލްވިން އޮފީހުގެ މުހިއްމު ބައްދަލުވުމަކަށް ސިންގަޕޫރަށް ދާވާހަކަ ބުނީއްސުރެ ޝިމްލާ ހުރީ ދެރަވެފައެވެ. ނުވިތާކަށް ހިތަށް ނޭނގޭ ބިރުވެރިކަމެއް އިޙްސާސްވަނީއެވެ.

“އައިލް މިސް ޔޫ” ޝިމްލާ އޭނާގެ ފޯނަށް އައި މެސެޖް ކިޔާލިއެވެ. އަދި ހިނިތުންވެލަމުން އެއަށް ރިޕްލައި ކޮށްލިއެވެ. “ވިލް މިސް ޔޫ ޓޫ. ވައިބަރއިން ޚަބަރެއްވާނަންދޯ އެކޮޅަށް ގޮއްސަ؟” ޝިމްލާގެ މެސެޖް ކިޔާލުމަށްފަހު އަލްވިން “ޔެސް” ޖަހާ މެސެޖެއް ފޮނުވާލުމަށްފަހު ފޯން ނިއްވާލިއެވެ.

ގަޑިން ދަންވަރު އެކެއް ޖެހީއެވެ. ޝިމްލާއަށް ނުނިދިގެން ދެފަރާތައް ފުރޮޅިލަ ފުރޮޅިލާ އޮތެވެ. އަލްވިންގެ ޚިޔާލުތައް އޭނައަށް އުނދަގޫކުރަނީއެވެ. އޭނާގެ ހިތް އެދެނީ އަލްވިންގެ ސޫރަ ދެކެލުމަށެވެ. ނަމަވެސް އަލްވިން ވަނީ އޭނާއާއި އެތަށް މޭލެއް ދުރުގައެވެ. އެންމެފަހުން އެނދުންތެދުވެ ހޭވިފައިވާ ބުޅި ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު ބުރުގާއަކުން ބޯނިވާކޮށްލަމުން ކޮޓަރިން ނިކުމެއްޖެއެވެ.

ޓެރެސްއަށް އަރާ ވަށައިގެން ހޯދާލެވުނީ ކީއްވެކަމެއް ޚުދު ޝިމްލާއަކަށްވެސް ނޭނގެއެވެ. ނޭނގޭ ބާރަކުން އޭނާ އެތަނަށް ގެންދިޔަކަމުގެ އިޙްސާސް ކުރެވުނެވެ. ނަމަވެސް އެތަނުގައި އެއްވެސް މީހަކު ނެތެވެ.

ޝިމްލާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ރޭލިންގެ ކައިރީ ހުއްޓެލިއެވެ. އަދި ފަޅުކަން ވެރިވެފައިވާ މަގުތަކަށް ނަޒަރުހިންގާލިއެވެ. އެވަގުތު ޝިމްލާއަށް ދާދި ކައިރިން އަޑެއް އިވުނެވެ. ޝިމްލާއަށް އުނދޯއްޔާއި ދިމާއަށް ބަލާލެވުނީ އެއީ އުނދޯލި ހެއްލާ އަޑުކަމަށް ހީވާތީއެވެ. ނަމަވެސް އުނދާލި ހުރިގޮތަށް ހުއްޓެވެ. އެތަނުގައި މީހެއްގެ ހިލަމެއްވެސް ނެތެވެ. ޝިމްލާ އުޑުގައިވާ ތަރިތަކަށް ނަޒަރު ހިންގާލަމުން ހިނިތުންވެލިއެވެ. އެއީ އޭނާއަށް އަބަދުވެސް ކަމުދާ މަންޒަރެކެވެ.

އެވަގުތު އަނެއްކާވެސް އެއްކަލަ އަޑު އައިސް ކަންފަތުގައި ޖެހުނެވެ. ޝިމްލާއަށް މިފަހަރު އެދިމާއަށް ބަލާލެވުނީ ހާސްކަމާއި އެކުއެވެ. އޭރު އުނދޯލި ހެއްލެމުންދެއެވެ. ނަމަވެސް ފެނުން މަންޒަރުން ޝިމްލާގެ ހިތަށް ބިރުވެރިކަން ވަނެވެ. އުނދޯލީގައި އެއްވެސް މީހަކުނެތި އުނދޯލި ހެއްލެމުންދާތީއެވެ.

“ސާޝާ!” ޝިމްލާއަށް ކުއްލިއަކަށް ކަމެއް ހަނދާންވާފަދަ ގޮތަކަށް ބުނެލެވުނެވެ. އެއާއިއެކު އޭނާއާއި ދާދި ގާތުގައި މީހަކު ހުރިހެން ހީވުމުން އެދިމާއަށް އެނބުރި ބަލާލިއެވެ.

“ވަރަށް އިންތިޒާރު ކުރަންތަ؟” ސާޝާގެ އަޑު ކަންފަތުގައި ޖެހުމުން ޝިމްލާގެ ހިތުގައިވާ ބިރުވެރިކަމަށް ކުޑަ ލުޔެއް ލިބުނެވެ.

“ވަރަށް ވަރަށް އިންތިޒާރު ކުރިން.” ޝިމްލާ ޖަވާބުދިނީ ހިތުގައިވާ ގޮތަށެވެ.

“ތީގެ މާނައަކީ މިހާރަކު ނުކުރަމޭތަ؟ ތިއީ އަބަދުވެސް އަހަރެންގެ މީހެއް.” ސާޝާގެ އަވަސް ހަރަކާތަކާއިއެކު އޭނާގެ ކަނާތުން ޝިމްލާގެ އުނަގަނޑުގައި އަތްވަށާލަމުން ވާތުން ޝިމްލާގެ ދަތްދޮޅީކޮޅުގައި ހިފާ ހިއްލާލިއެވެ. ޝިމްލާއަށް ހީވީ އޭނާ ލާންއުޅުނު ނޭވާވެސް ކަރުގައި ތާށިވީހެންނެވެ. ސާޝާގެ ހޫނު ނޭވާތައް އެދޮން މޫނަށް އެޅެމުންދިޔައިރު އެހެންފަހަރު ފަހަރަށް އެމޫނަށް އަރާ ފައިބާ ކުލަތަކެއް މިފަހަރަކު ނުފެނެއެވެ. ޝިމްލާ ނޫނެކޭ ބުނެ ސާޝާ ދުރަށް ކޮށްޕާލިއެވެ. އާއެކެވެ! އޭނާ ދެން ސާޝާއާއި އެފަދަ ގުޅުމަކުން ގުޅޭކަށް ބޭނުމެއްނޫނެވެ. އެސޫރައަކީ އޭނާ އެންމެ ހިތްއެދޭ ސޫރައަށް ވިޔަސް އެއީ ޖިންނިއަކަށްވުމުން އެހިތުގައި ހިނގާ ބިރުވެރިކަމަށް ދެވަނަ ފުރުޞަތެއް ދޭކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާގެ ހިތަކީ މިހާރު އަލްވިން މިލްކެކެވެ.

“އޭނާއާއި އަހަންނާ ކޮން ތަފާތެއްތަ ހުރީ؟ ޝިމްލާ ފުރަތަމަވެސް ލޯބިވީ އަހަރެންދެކެ. ދެން މިއަދު ކީއްވެ އޭނާފެނުމުން އެލޯބި ކުއްލިއަކަށް ބަދަލްވީ. އަހަރެން ތިހެން ވިޔަކަ ނުދޭނަން. ރުހުމުގަ ހާޞިލްނުވާ އެއްޗެތި އަހަރެމެން ހޯދަނީ އެހެން ގޮތްގޮތުން. ހައްހައްހައްހަހަހަ!” ސާޝާ އެބުނި އެއްޗެއްގެ މާނަ ޝިމްލާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޝިމްލާގެ ހިތް އެވަގުތު ބިރުން ތެޅިގަތެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތެއްކަމަކު ނެގުނީ ދެފިޔަވަޅެވެ. ބުޑުން ކަނޑާލުމުން ބިޔަގަހެއް ބިންމައްޗަށް ވެއްޓޭބީދައިން ޝިމްލާ އެހުރިގޮތައް ބަންޑުން ވެއްޓުނެވެ.

ޝިމްލާ އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ. އޭރު އޭނާއަށް އޮވެވުނީ ކޮޓަރީގައެވެ. ކައިރީގައި ޢުލްޔާއާއި ލާރާ ތިއްބެވެ. ޢުލްޔާ ޝިމްލާގެ މަގަތުގައި އިށީނދެލައިގެން އިނދެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ކިހިނެތް ވީކަމެއްތޯ ސުވާލުކޮށްލިއެވެ.

“ކިހިނެތްވީ؟ ކޮންއިރަކު އަޅުގަނޑު ކޮޓަރިއަށް އައީ؟ ކާކު ގެނައީ؟” ޝިމްލާގެ ބޮލުގައި އަތް އަޅައިގެން އިނދެ ސުވާލަކަށްފަހު ސުވާލެއް ކުރަމުންދިޔައެވެ. އޭނާގެ ބޮލަށް އާދަޔާ ޚިލާފް ބަރުކަމެއް އިޙްސާސްވަނީއެވެ. ހީވަނީ ބޯމަތީ ބަރު ހިލަގަނޑެއް ބާއްވާފައި އޮތްހެނެވެ.

ޢުލްޔާ ޝިމްލާ ޓެރެސްމަތީ ވެއްޓިފައި އޮއްވާ ހެނދުނު ޔޫސުފްއަށް ފެނިގެން ޢުލްޔާއަށް ގޮވުމުން ޔޫސުފްއާއި ދާއޫދުގެ އެހީގައި ކޮޓަރިއަށް ގެނައި ވާހަކަ ބުންޏެވެ. އަދި އޭގެފަހުން މިހާރު ބައިގަޑިއިރު ވެދާނެކަމާއި މޫނުމަތީ ފެން އުނގުޅައިގެންވެސް ހޭނޭރުމުން މިހާރު ފެމިލީ ޑޮކްޓަރަށް ގުޅައިފިކަމަށްވެސް ބުންޏެވެ. އެވަގުތަކީ ޑޮކްޓަރ ފަރްހީން ޓަކިޖެހުމުން ލާރާ ދޮރު ހުޅުވާލުމުން ޑޮކްޓަރ ކޮޓަރިއަށް ވަންވަގުތެވެ.

ޓެސްޓުތައް ހަދަން ލޭ ނެގުމަށްފަހު ގިނައިން ދިޔާއެއްޗެހިބޮއި ގައިގާ ވަރުޖެއްސުމަށް ލަފާދީ ޑޮކްޓަރު ނިކުމެގެންދިޔައީ ޝިމްލާ ރެސްޓް ކޮށްލަން ބާއްވާށޭބުނެފައެވެ.

ޑޮކްޓަރު ދިއުމުން ޢުލްޔާގެ ސުވާލުތައް އަނެއްކާވެސް ޝިމްލާއާ ކުރިމަތިވިއެވެ. ޢުލްޔާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ޝިމްލާ ރޭގައި ނުނިދިގެން ޓެރެސްއަށް ގޮސްލީކަމާއި އެނބުރި އަންނަނިކޮށް އަނބުރައިގަތީކަމަށް ބުނީ ސާޝާގެ ވާހަކަ ދެއްކުން އެހާ ބުއްދިވެރިކަމަށް ނުފެންނާތީއެވެ. ސާޝާގެ ޢަމަލުތައް ހުރިގޮތުން ޝިމްލާހުރީ ހައިރާންވެ ޖެހިލުންވެފައެވެ. އެއީ އޭނާއާ އޯގާތެރިވެ އަޅާލީ ސާޝާއެއް ނޫނޭ އޭނާގެ ހިތް ބުންޏެވެ.

***

އެރެއަށްފަހު ޝިމްލާގެ އުޅުން ވަރަށް ބޮޑަށް ބަދަލުވާކަން ޚުދު އޭނާއަށްވެސް އެނގެއެވެ. މީހުންނާއި ވާހަކަދައްކާހިތްކެނޑި ކެއިން ބުއިމާއި ދުރުވެފާވެއެވެ. ނަމާދުކުރުމާއި ކުރިއަށްވުރެވެސް ދުރުވިއެވެ. ވޭތުވެދިޔަ ދެދުވަހުވެސް ނަމާދުކޮށް ނިމޭވަގުތު އެނބުރުން އަރާ ބައެއްފަހަރު ހޭވެސްނެތެއެވެ. ތިންވަނަ ދުވަހު ޢުލްޔާގެ ގާތުގައި މިވާހަކަ ބުނަން ޝިމްލާ ދިޔައީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް ކާކޮޓަރިއަށް ވަނުމާއިއެކު ޚިޔާލް ބަދަލުވީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ.

“މަންމާ!”

ކާކޮޓަރީގައި ތަށިތައް ދޮންނަން ސިންކުކައިރީގައިހުރި ޝިމްލާ ސިއްސައިގެންގޮސް ހަޅޭއްލަވައިގަތެވެ. ދެލޯމަރާ ތަގުޅިކޮށްގެން އިރުކޮޅަކު ހުރުމަށްފަހު ލޯހުޅުވާލިއެވެ.

އަލްވިން ބާރުބާރަށް ހެމުން ގެންދިޔައިރު ޝިމްލާގެ މޫނުމަތީގައި އަދިވެސްވަނީ ބިރުވެރިކަމެވެ. ކުރިމަތީ ފެންނަން އެހުރީ އަލްވިންކަމާއިމެދު ޝައްކުވަނީއެވެ. ޝިމްލާ އަލްވިންގެ ލޮލަށް ފުންކޮށް ބަލާލިއެވެ. އަދި ލޯހަނިކޮށްލިއެވެ.

ޝިމްލާގެ ސީރިއަސްކަންފެނި އަލްވިން ހީކުރީ ޝިމްލާއަށް ޖެއްސުންކޮށްލުމުން އޭނާ ރުޅިއައީ ކަމަށެވެ. އެހެންކަމުން އަތުގައި އޮތް ޕްލާސްޓިކް ކުރަފި ޑަސްބިނަށް ލިޔެވެ. އަދި ޝިމްލާއާއި ދާދި ގާތަށް އައުމަށްފަހު ޝިމްލާގެ ކަންފަތްދޮށުގައި ވައިއަޑުން ސޮރީއޭ ބުނެލިއެވެ. ޝިމްލާގެ ގައިގަވާ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ހަމަ އެސިކުންތުގައި ޝިމްލާ ޚަބަރު ހުސްވެގެން ވެއްޓުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

އައިރީން…(9)

Next

ވާށެ އޯގާ ހިތާ 18

Next
July 14, 2017

ވާށެ އޯގާ ހިތާ 18

Previews
July 13, 2017

އައިރީން…(9)

27 Comments!

  1. Psenhi says:
    July 13, 2017 at 6:58 pm

    Sry readers. Thankolheh lasvejje dhw? I was bxy

  2. maroon says:
    July 13, 2017 at 7:00 pm

    Wow… amazing dear ?

    1. maroon says:
      July 13, 2017 at 7:01 pm

      Me first ?

    2. Psenhi says:
      July 13, 2017 at 7:29 pm

      Thnkyou maroon. Hmm mifahar you got first

  3. iru says:
    July 13, 2017 at 7:16 pm

    Wow super ingey

    1. Psenhi says:
      July 13, 2017 at 7:30 pm

      Thnkx iru

  4. SHAAYAA♥ says:
    July 13, 2017 at 7:24 pm

    Wow ghost story eh dhww … hama v loabiii

    1. Psenhi says:
      July 13, 2017 at 7:31 pm

      Thnkx SHAA. Hmm dhw

  5. ROMAN REGINS says:
    July 13, 2017 at 7:43 pm

    Wow nice

    1. Psenhi says:
      July 13, 2017 at 8:24 pm

      Thnkx

    2. Psenhi says:
      July 13, 2017 at 8:27 pm

      Thnkx ROMAN

  6. shan says:
    July 13, 2017 at 7:44 pm

    Wow varah reethi

    1. Psenhi says:
      July 13, 2017 at 8:26 pm

      Thnkx shan

  7. Adha? says:
    July 13, 2017 at 8:06 pm

    Alhe saasha kn iraku ehaa goasvee.. annehkaa ehen jinni eh tha e aa saasha ah vegen… psenhi shimlaa nd Alvin ingey gulhuvaany..❤
    Varah reethi mi part ves ?waiting 4 next part ??

    1. Psenhi says:
      July 13, 2017 at 8:28 pm

      Thnkx Adha. Let’s c dhw

  8. Xna says:
    July 13, 2017 at 9:24 pm

    ??ur stry?nice

  9. Shabyyy says:
    July 13, 2017 at 11:06 pm

    Reethi.. ekamaku haadha kurey.

  10. nux says:
    July 13, 2017 at 11:11 pm

    alhey????haadha reehchey mi stry v interesting can’t waiting ????well done psenhi
    dhen kihinehbaa vaan miulheny shimlaa ah dhera eh nudhehchey ?v eba inthizaaru kurevay next partah avass kohla dhehchey dear lvu?????????

  11. Sweetie says:
    July 14, 2017 at 12:00 am

    Lasviyas busy ey sorry ey nukiyabala. Ok ey lasviyas. Continue kurangnaa ok hama.

  12. khajja says:
    July 14, 2017 at 12:52 am

    Masha allah v rythi??? alhe anekkaa emyhaagandu shimla maraalan fanditha hadhdhaigen anekkaa shimla aa jinni eh faakurytha???? shimla ge kanthah ulyaa mihaaru dhen ruguyaakuraamyhakah dhakkabala noony geyga ruguyaa noony quraa jahaabala eyrunves shimlaa ah luyeh libi rangalhuvedhaane ennu stry v rythi shimlaa ah dhersgothevviyanudhy shimla n alvin gulhuvahchchey gud nyt ly???❤❤❤❤❤??????????

  13. Hudher says:
    July 14, 2017 at 1:49 am

    Wow nice…plx next part avahah up kolladheythi….i am waiting waiting ?

  14. who am i? says:
    July 14, 2017 at 5:29 am

    wow❣❣❣ v salhi vhk..
    alhe e vany kihinaii? ei hama shaasha thr?

    1. who am i? says:
      July 14, 2017 at 5:32 am

      waiting for nxt ep °,° ?

  15. Moya naasira says:
    July 14, 2017 at 12:56 pm

    ?

  16. Shii says:
    July 14, 2017 at 1:39 pm

    V salhi

  17. Psenhi says:
    July 14, 2017 at 2:30 pm

    Comment kuri hurihaa kudhinnah thank you. Psenhi balikoh ulheythy reply nukurevuny. BT will try 2 write at least a lil bit of da story

  18. Vishaam says:
    October 18, 2018 at 10:51 am

    V Reethi

Comments are closed.

Next Episodeއެ ތޫފާނީ ރޭ (9)←


All Right Reserved!