
އެއަށްފަހު އަރުޝީއަށް ބަލާލުމެއްވެސް ނެތި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މިމަންޒަރު އަރުޝީއަށް ފެނުނީ ފުސްކޮށެވެ. އެއަށްފަހުދެންވީ ގޮތެއް ނޭނގުނެވެ.
ދެފަހަރަކު ލޯތަޅުވާލުމަށްފަހު އަރުޝީ ލޯ ހުޅުވާލިއެވެ. މަޑު މަޑު އާހަކާއެކު ބޮލުގައި ހިފަހައްޓާލީ ބޮލުގައި ރިހުމެއް ހުރީމައެވެ. ތެދުވަން މަސައްކަތް ކުރުމަށް އަނެއް އަތް އެނދުގައި ވިއްދާލުމާއެކު އަތުގެ ވާގި ދޫވެ އަނެއްކާވެސް އެނދުމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ލޯމަރާލީ ބޮލަށް ބަރުވެ ރިއްސާލެއް ބޮޑުކަމުންނެވެ. ދެވަނަ ފަހަރަށް ލޯހުޅުވާލުމާއެކު ސިހިގެން ދިޔައީ ކައިރީގައި އިށީނދެގެން އިން ޒިވާން ފެނިފައެވެ.
” މޯވްނިންގ ވައިފީ” އަރުޝީ ކައިރިއަށް ޖެހިލާ ބޮލުގައި ފިރުމާލި ވަގުތު އަރުޝީ ޒިވާންގެ އަތް ދުރަށްލިއެވެ. އަދި އެނދުންތެދުވެވޭތޯ މަސައްކަތް ކުރިއެވެ.
” ކޮންތާކަށް ދާން ތިއުޅެނީ” ޒިވާން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. ނަމަވެސް އެވާހަކަ ދެއްކުމުގައި މަލާމާތުގެ ގޮތްގަނޑެއް ހުއްޓެވެ. އަރުޝީ ޖަވާބެއް ނުދީ އެނދުން ތެދުވެގެން ދޮރާ ދިމާއަށް ދާންފެށުމުން ޒިވާން ގޮސް އަރުޝީގެ ކުރިމައްޗަށް އެރިއެވެ. އަދި ނުލަފާ ވައްތަރަކަށް ހީލިއެވެ.
” މަންމަ ކައިރީގަ ބުނަން ދޯ ތިދަނީ… ދޭ.. ދޭ.. އަހަރެން ހިފަހައްޓާކަށް ނެތިން” އެއްކައިރިއަށް ޖެހިލާ އަރުޝީ ދާން ތަން ދައްކަމުން ޒިވާން ބުނެލިއިރު ހިޔާލެއް ފިކުރެއް ނެތް ކަހަލައެވެ. އަރުޝީވެސް ހައިރާންވިޔެއް ކަަމަކު އަވަހަށް ބެލީ ރައިހާނާއާއި ހަމައަށް ގޮސް ޒިވާންގެ ހަގީގަތް ބުނެދެވޭތޯއެވެ. ބާރަށް ހިނގާފައި ކޮޓަރިން ނިކުންނަމުން އަޑު ނެތްތާކަށް ރައިހާނާއަށް ގޮވަން ފެށިއެވެ. ނަމަވެސް ރައިހާނާގެ ހިލަމެއް ނުވިއެވެ. ރައިހާނާ ކޮޓަަރިވެސް ބެލިއެވެ. ބަދިގެއާއި ބަގީޗާވެސް ބެލިއެވެ. ނަމަވެސް އެއްވެސް ތާކުން ރައިހާނާގެ ހިލަމެއް ނުވިއެވެ. ރައިހާނާ ކީއްކުރަން ހެއްޔެވެ. އެގޭގެ އެއްވެސް ނޯކަރެއްގެ ހިލަމެއްވެސް ނުވިއެވެ. މުޅި ގެ އޮތީ ފަޅަށެވެ. އެއްވެސް ގޮތެއް ނެތޭ ހިތަށް އެރި ވަގުތު ސޯފާ ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ބަހައްޓާފައިވަ ލޭންޑްލައިން ފޯނު ފެނުނެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް ފޯނު އަތްގަނޑު ނެގުމާއެކު ކުރިމައްޗަށް އެރީ ޒިވާންއެވެ. ކަތުރެއް ހިފައިގެން ޒިވާން ފެނުމުން އަރުޝީ ގައިން ހީބިހި ނަގަިއގެން ދިޔައެވެ. އަތުގައި ތުރުތުރުލައިގަތް ވަގުތު އަތުން ފޯނު ދޫވިއެވެ. އެއަށް ފަހު ދެން ފެނުނީ ފޯނުގެ ވާގަނޑު ކަތުރުން ބުރިކޮށްލި ތަނެވެ. އެއަށްފަހު އަރުޝީއާއި ދިމާއަށް އަންނަން ފެށުމުން އަރުޝީއަށް ފަހަތަށް ދެފިޔަވަޅު އަޅާލެވުނެވެ.
” ބިރު ނުގަނޭ ދޫނީ… ޒިވާން ނޫޅެމޭ އަރުޝީ މަރާލާކަށް” އަރުޝީގެ މޫނުގައި ފިރުމާލަން ނެގިއަތް އަރުޝީ ފޮޅުވާލިއެވެ. ލޯބިން ވާހަކަ ދެއްކިޔަސް އެއަޑުގައިވަނީ ބިރުވެރިކަމެކެވެ.ޒިވާން ނުބައި ގޮތަކަށް ހޭންފެށިއެެވެ. އެއަޑުގައިވާ ބިރުވެރިކަން އިހްސާސް ކުރެވި ދެކަންފަތް މަތީ އަތް އަޅަމުން އަނެއް ފަރާތަށް އެނބުރުނެވެ. އަރުޝީގެ އެއްއަތުގައި ޒިވާން ބާރަށް ހިފެހެއްޓީ އަރުޝީ އެހެން ހުއްޓައެވެ. ޒިވާން އަރުޝީގެ އަތުގައި ހިފާ ދަމަމުން ގެންދާންފެށީ މަރިޔަމްއަށް އޮތް ކޮޓަރިއާ ދިމާއަށެވެ. އެކޮޓަރިއަށް ގޮސް ވަންއިރު ނިދާފައި އޮތް މަރިޔަމް ކައިރީގައި އިންޖެކްޝަނެއް ހިފައިގެން މައިރާ ހުއްޓެވެ.
” ފެނޭތަ މައި އަތުގަ އެއޮތް އިންޖެކްޝަން….” އަރުޝީއަށް އިންޖެކްޝަން ދައްކާލަމުން ޒިވާން އަހާލިއެވެ. އަރުޝީ އެއިންޖެކްޝަނާ ދިމާއަށް ބަލަން ހުރީ ބިރެއް ފެނިގެން ބަލާގޮތަށެވެ.
” އޭގައި އެވަނީ ބޭހެއް ނޫނޭ ޑިއަރެސްޓް ވައިފީ.. އޭގައި އެވަނީ ޒަހަރު.. އަހަންނޭ ކިޔައިގެން އެއްޗެއް ކިޔަން މަންމަ ކުރިމަތީ އަނގަ ހުޅުވާލިޔަސް މިއިންޖެކްޝަން މިއޮއް ފެންނަ އަރުޝީގެ މާމަ ގަޔަށް ޖަހާނީ.. އަޑު އިވިއްޖެތަ..” ޒިވާން އަޑަށް ބާރުލަމުން ބުންޏެވެ.
” ޒިވާން އަށް ތިގޮތަށް އަހަންނަށް ބިރެއް ނުދެއްކޭނެ… ޒިވާން އަަކަށް ނުކެރޭނެ މީހަކު މަރާލާކަށް” ތުރުތުރުލާ އަޑަކުން އަރުޝީ ބުންޏެވެ.
” ތިހަމަ ހީވާގޮތް… ގަބޫލު ނުކުރެންވެންޏާ މީތި ބަލާ” ފޯނުން ވީޑިއޯއެއް އަޅުވަމުން ޒިވާން އަރުޝީއަށް ދައްކާލިއެވެ. ފެންނަމުން ދިޔަ މަންޒަރުން އަރުޝީއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އެއީ ހުޅުމާލޭގައި ހުންނަ ޒިވާން ގެ ގެއެވެ. ކުރިމަތީގައި ދެކަކޫ ޖަހައިގެން ޒިވާންގެ ކުރިމަތީގައި އާދޭސް ކުރަމުން ދިޔައީ މުސްކުޅި ފިރިހެނެކެވެ. އެމީހާ ކުރަމުން ދިޔަ އާދޭސްތަކަށް ނުބަލާ ޒިވާން ރަހުމު ކުޑަގޮތަކަށް އެމީހާ މަރާލީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އެއަށް ފަހު އެމީހަގެ ހަށިގަނޑު ދަމަމުން ކަހަލަ ގޮތަކަށް އެގޭ ގޯތިތެރެއާ ދިމާއަށް ގެންދިޔައެވެ. ވީޑިއޯ ބަލާ ނިމުނުއިރު ބިރުން އަރުޝީ ތުރުތުރުލައެވެ. މުޅިމީހާ ދާހިއްލާ އަތްފައި ފިނިވިއެވެ.
” އެނގޭތަ އެއީ ކާކުކަން.. އެއީ އަހަރެންގެ ލޯބިވާ ބައްޕަ.. އެކަމަކު ކީއްކުރާނީ.. ބަސްނޭހީމަ ވީގޮތް އެއީ” ޒިވާންގެ ޖުމްލަތަކުން އަރުޝީއަށް ޒިވާން އާއި ދިމާއަށް ބަލާލެވުނީ ގަބޫލުނުކުރެވިހުރެއެވެ. އަމިއްލަ ބައްޕަ މަރާލިިއިރުގަ ޒިވާންގެ އަތުގައި ތުރުތުރެއްވެސް ނާޅާ ހެއްޔެވެ.
” ތީ ހާދަ ގޮތްކުޑަ ނުބައި މުޑުދާރު މީހެކޭ.. އަމިއްލަ ބައްޕަ މަރާލިއިރުގަ ހިތަކަށް ނާރާތަ އެއީ ކަލޭ މިދުނިޔެއަށް އުފަންވުމުގެ ސަބަބު ކަމެއް… ހިތަކަށް ނާރާތަ އެއީ ޒިވާންގެ މަންމަގެ ފިރިމީހާ ކަމެއް” އަރުޝީ ހަޅޭއްލަވައިގަތެވެ.
” އާން ހިތަކަށް ނާރާ… އެއީ އަހަރެންގެ ބައްޕައެއް ނޫން.. ބައްޕަ ކަމަށް ހެދިގެން އުޅުނީ.. އެއީ އާރާވްގެ ބައްޕަ.. އަހަންނަކީ މަންމަގެ ދައްތައެއްގެ ދަރިއެއް.. އަހަރެންގެ އަސްލު މަންމަ ނިޔާވީ އަހަރެން ބެލުމަށް ރައިހާނާ މަންމައަށް ވަސިއްޔަތް ކޮށްފަ.. އެކަން އަހަންނަށްވެސް އެނގުނީ މާފަހުން.. އަހަންނާ އާރާވްއާއި ބަލާ ބޮޑުކުރީ އެއްވެސް ތަފާތެއް ނުކޮށް.. އެކަމަކު އެންމެ ފަހު ވަގުތު ބައްޕަ އަހަރެން ދަށްކޮށްލީ.. މިގެއާއި ބައްޕަގެ ހުރިހާ މުދަލުގެ ހައްޤުވެރިއަކަށްވީ އާރާވް.. މިކުންފުންޏަކަށްޓަކައި އަހަރެން ނުކުރަނީ ކީއް.. އާރްވާން ކުންފުނި މިހިސާބަށް ނަގަން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ.. ކުންފުންޏަށްޓަކާ އަހަރެންގެ ނިދި ގެއްލުވާލީ އެއާރާވް އަރާމުގަ ނިދަން ބާއްވާފަ… އެކަމަކު ހުރިހާ މޮޅެއް ލިބުނީ އާރާވް އަށް… ކޮބާ އިންސާފު.. ” ރުޅިވެރި ކަމާއެކު ޒިވާން ވާހަކަ ދައްކަމުން ދިޔައިރު އަރުޝީގެ ބޮޑު ދެލޮލުން ޒިވާން އާއި ދިމާއަށް ބަލަން ހުރީ ފެންކަޅިވެފައެވެ.
” އެނގޭތަ ދެން އަހަރެންގެ ލިސްޓުގަ މަރާލަން އޮތީ ކާކުކަން” ކުއްލިއަކަށް އައިސް އަރުޝީގެ އަތުގެ ފަލަމަސްގަނޑުގައި ހިފާ ބާރުކޮށްލުމުން އަރުޝީ ސިހުނެވެ.
“ކަ.ކަ…ކާ..ކު.” ބިރުންގޮސް އަރުޝީގެ އަޑުވެސް ނިކުންނަނީ ހަމަ ކިރިޔާއެވެ.
” މައި ޑިއަރެސްޓް ވައިފްގެ ވަގު ލޯބިވެރިޔާ” ޒިވާން މަޑުމަޑުން ބުނެލި ގޮތުން އަރުޝީ ގައިން ހީބިހި ނަގައިގަތެވެ.
” އާ..ރާ..ރާވް” އަރުޝީ އަށް އާރާވްގެ ނަން ބުނެވުނީ ބޭއިހްތިޔާރުގައެވެ. ކުއްލިއަކަށް ޒިވާން އަރުޝީ ފަަހަތަށް ކޮއްޕާލުމާއެކު އަރުޝީގޮސް ޖެހުނީ ފާރުގައެވެ.
” ހުރި ގޮތްކުޑަކަން ދެކިބަލަ.. ލަދެއްވެސް ނުގަނޭތަ އަހަރެންގެ ކުރިމަތީ ވަގު ލޯބިވެރިޔާގެ ނަން ކިޔާކަށް.. އަދި އެވެސް އަހަރެންގެ ކޮއްކޮ… ” ޒިވާން އެދިޔަގޮތަށްގޮސް އަރުޝީ ބުރުގަލާ އެއްކޮށް އިސްތަށިގަނޑުގައި ހިފިއެވެ. ވީތަދުން އަރުޝީއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެވަގުތު އެސްފިޔަތައް ދޭތެރެއިން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ.
” އެއްވެސް މީހެއް ކައިރީ މިވާހަކަ ދެއްކިއްޔާ ހަނދާން ކުރާތި.. އާރާވް ވެސް މާމަވެސް މަރާލާނީ ބައްޕަ މަރާލިހާ ރަހުމުކުޑަކޮށް” މި އިންޒާރު ދިން އިރު އަރުޝީގެ ލޮލުގައި ޒިވާންގެ ޝަހާދަތް އިނގިލި ނުޖެހި ހުރީ ހަމަ ކިރިޔާއެވެ. ހީވަނީ ދެންމެ ދެންމެ ލޮލަށް އިނގިލި ކޮއްޕާލާފާނެ ހެންނެވެ. އެއަށްފަހު އެކޮޓަރިއަށް އަރުޝީ ދޫކޮށްލާފައި މައިރާގެ އަތުގައި ހިފައިގެން ޒިވާން ނިކުތީ އަތުގައި އޮތް ކަތުރުވެސް އަރުޝީއާއި ދިމާއަށް އެއްލާފައެވެ.
ރޮމުން ރޮމުން އަރުޝީ ހުރި ތަނަށް ތިރިވިއެވެ. ކުރިމަތިލާން މިޖެހެނީ ކޮންފަދަ އިމްތިހާނަކާ ހެއްޔެވެ. ނިދާފައި އޮތް މަރިޔަމް އަށް ބަލާލިއިރު މަރިޔަމްގެ މޫނުމަތިން ކައިސަން ސިފަވެގެން ދިޔަ ކަހަލައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަރުޝީގެ ދިރިއުޅުން އެފުށް މިފުށައް ޖެހިއްޖެއެވެ. މީ ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ. ކެތްތެރިވެ ﷲއަށް ދުއާ ދެންނެވުން ނޫން ގޮތެއް ނެތެވެ. ރޮއެ ރޮއެ ދެލޯ ދުޅަވަންދެން އަރުޝީ ރުޔެވެ. އެންމެން ފަހުން މަރިޔަމް އަށް ހޭލެވިދާނެތީ ރުއިން ހުއްޓާލުމަށްފަހު ފާހާނަ އަށް ވަދެ ފެންވަރާލިއެވެ. އެއަށްފަހު ފަތިސް ނަމާދު ގަޟާއަށް ކޮށްލުމަށްފަހު އަނެއްކާވެސް އެނދުގައި އޮށޯވެލީ ބޮލުގައި ރިއްސާވަރުންނެވެ.
ރައިހާނާއަށް ގެއަށް އައިސް ވަދެވުނީ ހަވީރުވާން އުޅެނިކޮށެވެ. ސައިހާނާއާއި އެއްކޮށް ހޮސްޕިޓަލަށް ގޮސްފައި އައިއިރު އަރުޝީ ފެންނާން ނެތުމުން ދެތިން ފަހަރަކު އަރުޝީ އަށް ގޮވާލިއެވެ. އަރުޝީގެ ހަބަރެއް ނުވުމުން އެކޮަޓަރީގެ ދޮރު ހުޅުވާފައި ބަލާލިއިރު އަރުޝީ އެނދުގައި އޮށޯވެލައިގެން އޮތެވެ. އަރުޝީއަށް ރައިހާނާ ފެނުމާއެކު ރޮވުނެވެ. މަންމާއޭ ކިޔާ ގިސްލާފައި ރޯންފެށުނީ ކުޑަކުއްޖަކު ފަދައިންނެވެ. އަރުޝީ އެގޮތަށް ރޯތަން ފެނުމުން ރައިހާނާގެ ފައިދަށުން ބިންގަޑު ދެމިގެން ދިޔަ ކަހަލައެވެ. ބާރަށް ހިނގާފައި ގޮސް އަރުޝީ ކައިރީގައި އިށީނެވެ. ރޫރު އަޅަމުން ދިޔަ ހަށިގަނޑު ހޫނު ރައިހާނާއަށްވެސް އިހުސާސްވެގެން ދިޔައެވެ. ނިތްކުރީގައި އަތް ޖަހާލުމާއެކު ހޫނު ކަމުން ރައިހާނާއަށް އަތް ދުރަށް ލެވުނެވެ. އަވަހަށް އާއިލީ ޑަކުތަރު މަނާފް އަށް ގުޅާ ވީހާވެސް އަަވަހަކަށް ގެއަށް އައިސް ދިނުމަށް އެދުނެވެ. އެއަށް ފަހު ޒިވާން އަށް ގުޅައިގެން ޒިވާންވެސް ގެނައެވެ. ޒިވާން ފެނުމާއެކު އަރުޝީ ހަނދާނެވެގެން ދިޔައީ ޒިވާން ދީފައިވާ އިންޒާރެވެ. މަނާފާއި ރައިހާނާގެ ފަހަތުގައި ހުރެ އަރުޝީއަށް ފެންނަހެން ޒިވާންގެ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލީ ޒިވާންގެ އިންޒާރު ހަނދާންކޮށްލަދޭ ފަދައަކުންނެވެ.
މަނާފް ދިން ނިދާ އިންޖެކްޝަނާއެކު އަރުޝީއަށް ދާދި ފަސޭހައިން ނިދިއްޖެއެވެ. އެއަށްފަހު ޒިވާން ރައިހާނާ ގޮވައިގެން ނިކުތީ ސިޓިންގރޫމަށެެވެ.
” އަރުޝީ އެހާލުގަ އޮތް އިރު ޒިވާން ކޮންތާކު އުޅުނީ.. އެހެން ނޫނަސް ކޮބާ ރާޖާ އާއި ތާރާ” އަހަރެން އައިއިރު ގާޑުންވެސް ނެތް.. އެހާލުގަ އަރުޝީ އެކަނިން ދޫކޮށްލަން ވެދާނެތަ” ރައިހާނާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.
” މާފްކުރޭ މަންމާ.. މިގޭ އުޅޭ މަސައްކަތް ކުރާ މީހުންނަށް މިއަދު އަޅުގަނޑު ޗުއްޓީ ދިނީ އެމީހުން ބޭނުންވެގެން ބުނީމަ.. އަޅުގަނޑު ދިޔައިރު އަރުޝީ ހުރީ ރަނގަޅަށް.. ފަހުން އަޅުގަނޑު ގުޅާވެސްލިން އަރުޝީއަށް ބުނީ ހުރިހާ ކަމެއް ރަނގަޅޭ… އަޅުގަނޑުވެސް ވަރަށް ދެރަވެއްޖެ އަރުޝީއަށް އެހެންވީމަ” ޒިވާން ކުށްވެރިއަކު ފަދައިން ވާހަކަދެއްކިއެވެ.
” އެވެސް އެކުއްޖާގެ މައުސޫމުކަން.. ދެންވެސް ހަނދާންކުރާތި އެކުއްޖާ އެކަނިކޮށްފަ ނުދަން.. ދެންވެސް ދޭ އަރުޝީ ކައިރިއަށް.. ތާރާއާއި ރާޖާ އަށް ގުޅާފަ ބުނޭ ދެން ގެއަށް އަންނަން.. މަންމަވެސް މިދަނީ އަރާމުކޮށްލަން” މިހެން ބުނެ ރައިހާނާ ފަސްދިނުމާއެކު ޒިވާން ދެބުމަ ގޮށްޖަހާލިއެވެ. އެއަށް ފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ރޭގަނޑު އިޝާ ނަމާދުކޮށްލައިގެން އެއަށްފަހު ތާރާ ބޭސް ގެނެސް ދިނުމުން އެބޮއެގެން އަރުޝީ އެނދުގައި ޖައްސާލީ އަދިވެސް ވަރުބަލިކަން ހުރީމައެވެ. އިރުކޮޅަކުން ޒިވާން އާއި މައިރާ އައިސް ކޮޓަރިއަށް ވަނުމާއެކު އަރުޝީއަށް ތެދުވެވުނީ ބިރެއް ފެނިގެން ތެދުވާހެނެވެ.
” އޭ.. އަހަރުން މިކޮޓަރި ބޭނުންވެއްޖެ.. ކެ ދޭ އެހެން ކޮޓަރިއަކަށް” މައިރާ އަމުރު ކޮށްލަމުން ބުނެލިއެވެ.
” މައިރާ ޕްލީޒް” އަރުޝީއަށް ބުނެވުނީ މިވަރަށެވެ. އިތުރު ބަހެއް ބުނެވުމުގެ ކުރިން ޒިވާން ބާރަށް ހިނގާފައި އައިސް އަރުޝީގެ އަތުގައި ހިފައި ދަމަމުން ކޮޓަރިން ބޭރަށްލާ ތަޅުލީ އަރުޝީގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުންނެވެ.
21 Comments!
Comments are closed.
vvv inthizaaru kohfin mi vaahaka ah
yey first libunee
finally dhw.. heheh
sooo intresting…waiting.. 🙂 🙂
jazakallah khair aloo.. keep waiting 🙂
Zivaan?????story is as usual v.interesting n nice dear.. waiting 4 next part????
jazakallah kahir.. keep waiting next part soon in sha allah 🙂
Someone pls kill that zivan.ladhehves nuganey.. yagyn arushyge x ves maraaly mynakan.. Thats too much..
Dhuvahakuves real life gaves myhakaai dhimaalah nubunaa ehcheh mibuny. Zivan hama goas kamun. Eww. So disgusting..
…. ekam azza story is amazing.. hurt vias ?
rulhi madukurey maroon hehe.. ewww dhw.. jazakallah khair maroon 🙂
Awwnnn… v rythii.. and for god damn sake kill that zivaan!! Keep it up???
jazakallah khair raiya 🙂
Chee zivaan. …thee rahumeh neh meeheh. …amilla edhun boduviyas thee boduvaru. …Aarav ais zivaan hey aruvaalaane. …story v obi
lets see dhw sidhu.. eheh.. jazakallah khair 🙂
Alhey zivaan myhaadha rahumkuda gothevves neiy myhekey dhw ? edhunbodu viyas thidhen boduvaru??alhe aaraav ah aadheveyne nama ennu noony raikhaanaa ah fennaane nama dhw?? stry v v rythi when nxt prt avahah up kolladhybala plx gud nyt ly??❤❤❤???????
Kobaa Zivaan ulunu dheen veri goi neehun maraa iru.. Haadhaha rahum kuda meehekey dhw.. Story vvvvvv nice.. Waiting for the next part….
Meehun*
Thee hama hurihaa iringeves vahtharutha.
Mashaa thi zivaan nikan havaalu kollabala. Aniyaa akee kobaikan ragalhah dhakkaalaanan. Inthihaa dharaja ah zivaan gandu dheke rulhi aissi. Magey pressure high vaane mi zivaan gandu miulhey gothakun.. ekam story is habeys ingey..
??
Zivaan gandu.. varah foohi ulhey gotheh.. thy dhen bodu varu dw…. axxa varah reethi mi part ves..?
Waitingss ❤❤❤❤